-

ޖަމްއިއްޔާ، ކްލަބް، ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު (ނަންބަރ 1982-26) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1995-03)

ސުރުހީގައިވާ ގާނޫނުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާއެއް، ކްލަބެއް، ޕާޓީއެއް ނުވަތަ އެފަދަ ޖަމާއަތެއް ރަޖިސްޓަރީ ކުރެވޭ މީހުންގެ އުމުރު 25 އަހަރުން 21 އަހަރަށް ހަމަޖެއްސުން.

 

މި ގާނޫނު މިގޮތަށް އިސްލާހު ކުރެވުނު ސަބަބު

ގައުމުގެ އިޖްތިމާއީ މައިދާނުގައި ގިނަ ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ލިބޭނެ ގޮތެއް ހަމަޖެއްސުމަށާއި، އެކަށީގެންވާ ޅައުމުރެއްގައި އަމިއްލަ ވިސްނުމާއި އަމިއްލަ މަސައްކަތުން މުޖްތަމައުގެ ފައިދާއަށާއި އަނެކުންގެ ހެވާއި މަންފާއަށްޓަކައި މަސައްކަތް ކުރުމުގެ ރޫހު ޒުވާނުންގައި އަށަގެންނެވުމަށް ބޭނުންވުން. 

 

އުވި ގާނޫނު

ޖަމްއިއްޔާތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2003-01)

 

މައި ގާނޫނު

ޖަމްއިއްޔާ، ކްލަބް، ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1982-26)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު