-

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-19)

(މި ގާނޫނުގެ 1 ވަނަ މާއްދާ ވަނީ ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 74 ވަނަ މާއްދާއިން އުވާލެވިފައި)

ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ސިންގަލް -ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން 1-8

(ހ) ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު، އެކި މަރުހަލާތަކަކަށްބަހާލައިގެންކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފުރަތަމަ ލިސްޓު، 1 ޖަނަވަރީ 2022 ގެ ކުރިން ކަނޑައަޅައި، ދިވެހިސަރުކާ ރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް  އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައަޅާފައި 
އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެފަދަ ތަކެތި ދިވެހިރާއްޖޭގައި އެހާތަނަށް އުފައްދައި ބޭނުން ނުކޮށްހުރި މިންވަރާއި އެފަދަ ތަކެތި ދިވެހިރާއްޖޭގައި ބޭނުންކުރަމުންދާ ނިސްބަތް؛ 
    އަދި
  2. އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ އުފެއްދުން ނުވަތަ 2 ބާޒާރަށް ނެރުން މަނާކުރުމުން، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެންހުރި މިންވަރު.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި:

  1. "ސިންގަލް-ޔޫސް ޕްލާސްޓިކް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއް 1 އެކުގައި ނުވަތަ އޭގެ ބައެއް ޕްލާސްޓިކުން ހަދާފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދާފައިވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭގެ ބޭނުންކުރެވޭ ގޮތަށް ކަމުގައިނުވާ، ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކުރެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެނޫން ކޮންމެ އެއްޗަކާއި އެފަދަ އެއްޗެއް އުފެއްދުމަށް ބޭނުންކުރާ ރޯމެޓީރިއަލް އަށެވެ.
  2. "އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ސިންގަލް-ޔޫސް ޕްލާސްޓިކްގެ 2 ބާވަތެއް ބާޒާރަށް ނެރުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމެއްކުރުމަށްޓަކައި އުފެއްދުމަށެވެ.
  3. "ބާޒާރަށް ނެރުން" ކަމަށް ބުނެފައި އެވަނީ، އަގު އަދާކުރުން ހިމެނޭގޮތަށް 3 ނުވަތަ އަގު އަދާކުރުމަކާ ނުލައިވިޔަސް ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތެއް، ޑިސްޓްރިބިއުޓްކުރުމަށްޓަކައި ނުވަތަ ގަތުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ބާޒާރަށް ނެރުމަށެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

 

އުވި ގާނޫނު

މި ގާނޫނުގެ 1-8 ވަނަ މާއްދާ ވަނީ ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 74 ވަނަ މާއްދާއިން އުވާލެވިފައި

 

ކޮންސޮލިޑޭޓެޑް ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1993-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު