މަސްވެރިކަމުގެ އާންމު ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2020-75)
(1ވަނަ އިސްލާހުގެ 10 ވަަނަ މާއްދާގެ ނިޔަލަށް ކޮންސޮލިޑޭޓް ކުރެވިފައި)
ބާބު 1
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) އާއި 76 ވަނަ މާއްދާގެ (ށ) އާއި، 86 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ އިހްްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދު ހިންގުން
މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި މީހުންނާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، މަސް ޕްރޮސެސްކުރާ ތަންތަނާއި، މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތްކުރާ ތަންތަނާއި، އެއްގަމު އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ނުވަތަ އެނޫންވެސް އުޅަނދުފަހަރާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ތަންތަނަށެވެ.
3 ވަނަ މާއްދާ - އިސްތިސްނާ ހާލަތު
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ދައުލަތުގެ ފަރާތުން އެކިއެކި ތަހުލީލުތައް ކުރުމަށް ހިންގާ ހަރަކާތްތަކާއި، އެހެނިހެން ފަރާތްތަކުން މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިންގާ އެކިއެކި ތަހުލީލުތައް ކުރުމުގެ ހަރަކާތްތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ.
4 ވަނަ މާއްދާ - އުމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އުމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއާުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ބ) ގެ (1) ތަންފީޒުުކުރަން ފަށާނީ، މި ގަވާއިދަށް އުމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
(ނ) މި ގަވާއިދުގެ 14 ވަނަ މާއްދާ ތަންފީޒުުކުރަން ފަށާނީ، މި ގަވާއިދަށް އުމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ހަމަވާ ދުވަހުން ފެށިގެންނެވެ.
ބާބު 2
މަސްވެރިކަމުގައި ދައު ބޭނުންކުރުން (ސުރުހީ އިސްލާހު ކުރެވިފައި)
5 ވަނަ މާއްދާ - މަސްވެރިކަމުގައި ދައު ބޭނުންކުރުން (ސުރުހީ އާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަ ހައްދުގައި ވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައި ދައު ބޭނުންކުރަންވާނ،ީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)
(ށ) މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަހައްދުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭގޮތަށް ރަށުފެންވަރުގައި ސަގާފީގޮތުން ކުރާ މަސްވެރިކަމުގައި ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރެވޭނ،ީ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ތައާރުޒު ނުވާ ގޮތުގެ މަތީން، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުއްދަ ލިބިގެންނެވެ. މިގޮތަށް ކުރެވޭ މަސްވެރިކަމުގައި ދައު ބޭނުންކުރަންވާނ،ީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)
(ނ) މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައ،ި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުފަޅުންނާއ،ި މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުންނާއި ދައުލަތުގެ އެހެން އިދާރާއެއްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށުގެ ފަޅުންވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައި ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރަންވާނީ އެ ރަށެއްގެ ބެލެނިވެރި ފަރާތުގެ ހުއްދަ ލިބިގެން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ކައުންސިލްތަކުންނާއި އެ ރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުން ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުން ދޫކުރާ ހުއްދައިގެ މައުލޫމާތު (ހުއްދަދެވޭ ފަރާތާއ،ި ހުއްދަދެވޭ ހަރަކާތާއ،ި ހުއްދައިގެ މުއްދަތު ހިމެނޭހެން) މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދައު އަޅައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް އޮތް އުޅަނދަކުން އެންވެރިކަން ކުރުމަށް ދައު ބޭނުންކުރުން މި މާއްދާގެ ދަށުން އިސްތިސްނާވާނެއެވެ. (އިތުރު ކުރެވިފައި)
ބާބު 3
ފަޅުފަޅުން މަސްވެރިކަންކުރުން
6 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރުން
ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ރަށްރަށުގެ އިހްްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުގެ ސަރަހައްދުގެ ތެރޭގައި ކުރެވޭ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ބެލެހެއްޓުމާ ގުޅޭގޮތުން، ހަދާ ގަވާއިދުތަކާއި އުސޫލުތައް ހަދަންވާނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ ތައާރުޒު ނުވާނޭހެންނެވެ.
7 ވަނަ މާއްދާ - ވަރުވާއަށް ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރުން
މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރަންވާނީ، އެ ރަށެއް އެގްރީމަންޓު ކުރެވިފައިވާ ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. އަދި މި ހުއްދަ ދޫކުރަންވާނީ، މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށެވެ.
8 ވަނަ މާއްދާ - ޓޫރިސްޓް ރިސޯޓުގެ ފަޅުން މަސްވެރިކަން ކުރުން
ޓޫރިސްޓް ރިސޯޓު ހަދައިފައިވާ ރަށްރަށުގެ އިހްްތިސާސްގެ ތެރޭގައިވާ ފަޅުގެ ސަރަހައްދުން، މަސްވެރިކަން ކުރަންވާނީ، އެ ރިސޯޓުގެ މެނޭޖްމަންޓުން ހުއްދަ ލިބިގެންނެވެ. އަދި މި ހުއްދަ ދޫކުރަންވާނީ، މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށެވެ.
ބާބު 4
ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުން
9 ވަނަ މާއްދާ - ފަޅުގެ ބޮޑުމިން ކަނޑައެޅުން
(ހ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލެވޭ އެންމެހައި ގަވާއިދުތަކުގެ ބޭނުމަށްޓަކައި ރިޒޯޓުތައް ފިޔަވައި އެހެނިހެން ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަމަށް ބަލާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
- ހޭޅިފަށުން ފެށިގެން އުރަފަށާ ދޭތެރޭގައިވާ ސަރަހައްދު 700 (ހަތް ސަތޭކަ) މީޓަރަށް ވުރެ ބޮޑު ނަމަ، އެ ރަށެއްގެ ހޭޅިފަށުން ފެށިގެން 700 (ހަތް ސަތޭކަ) މީޓަރާ ހަމައަށްވާ ސަރަހައްދު؛
- 700 (ހަތް ސަތޭކަ) މީޓަރު ހަމަނުވާނަމަ، އެ ރަށެއްގެ ހޭޅިފަށުން ފެށިގެން އުރަފަށާ ހަމައަށް؛
- އެއްފަޅު ތެރޭގައި އެއް ރަށަށްވުރެ ގިނަ ރަށް އޮވެފައި، އެއް ރަށާއި އަނެއް ރަށާ ދެމެދުގައި 1400 (ސާދަ ސަތޭކަ) މީޓަރު ހަމަނުވާނަމަ، އިން ކަނޑައަޅާނީ ކޮންމެ ދެ ރަށެއްގެ ދޭތެރޭގައި އޮންނަ ފަޅު، ދެ ރަށަށް އެއްވަރުވާ ގޮތަށެވެ.
- އެއް ފަޅުގެ ތެރޭގައި އެއް ރަށަށްވުރެ ގިނަ ރަށް އޮވެފައި، އެއް ރަށުގެ ހޭޅިފަށުން ފެށިގެން އަނެއް ރަށުގެ ހޭޅިފަށާ ދޭތެރޭގައި 1400 (ސާދަ ސަތޭކަ) މީޓަރަށް ވުރެ އިތުރު ވާނަމަ، އެ ރަށުގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ، ހޭޅިފަށުން ފެށިގެން 700 (ހަތް ސަތޭކަ) މީޓަރަށް ވުރެ އިތުރު ނުވާ ގޮތަށެވެ.
(ށ) ރިޒޯޓުތަކުގެ ފަޅުގެ ސަރަހައްދު ކަމަށް ބަލާނީ، ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދު) ގައި ފަޅުގެ ސަރަހައްދު ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.
ބާބު 5
މަސްވެރިކަން ކުރުމުގައި އުމަލުތައް ބަހައްޓަންވީ ގޮތް ނުވަތަ އުސޫލުތައް
10 ވަނަ މާއްދާ - މަސްވެރިކަން ކުރުމުގައި އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުތައް ނުވަތަ "ބެސްޓް ޕްރެކްޓިސް" ބޭނުން ކުރުން
(ހ) ދިވެހިރާއްޖޭގެ ގުދްރަތީ ތިމާވެށްޓާއި، ދިރޭ ތަކެތީގެ މުއްސަނދިކަމާއި، ގުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކައުތެރިކޮށް ދެމެހެއްޓުމަށް، މަސްވެރިކަން ކުރާ ފަރާތްތަކާއި، މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި، މަސްވެރިކަމާ ގުޅޭ ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން އަންނަނިވި ކަންކަން ކަށަވަރު ކުރަންވާނެއެވެ.
- ތިމާވެށްޓަށް ނޭދެވޭ އަސަރު ކުރާނެ އެއްވެސް ކަމެއް ނުކުރުން؛
- މަސްވެރިކަމުގައި ބޭނުންކުރާ ކަނޑުގެ ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުން؛
- މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ފިޔަވައި، ހިފޭ ނުވަތަ ބޭނޭ ނުވަތަ ނެގޭ ބާވަތްތަކުގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
- މަސްވެރިކަމުގައި އުފެދޭ ކުނި، ޒިންމާދާރު ގޮތެއްގައި ނައްތައިލުން.
(ށ) މަސްވެރިކަން ކުރާ އުޅަނދުފަހަރުން މަސްވެރިކަން ކުރުމުގައި، ކަނޑަށް ދޫކުރާ އެއްވެސް އާލާތެއް ބޭނުންކުރާނަމަ، މަސްވެރިކަމުގެ އެ ހަރަކާތެއް ނިމުމުން، އެ އާލާތެއް ކަނޑުން ނަގަންވާނެއެވެ. އަދި މިފަދަ އެއްވެސް އާލާތެއް ގަސްތުގައި ކަނޑަށް ދޫކޮށްލައިފައި ދިޔުމަކީ މަނާ ކަމެކެވެ.
11 ވަނަ މާއްދާ - މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ ފަރާތަކަށް ދަތިވާ ގޮތަށް ހަރަކާތްތެރިވުން
މަސްވެރިކަން ކުރަން ހުއްދަ ސަރަހައްދެއްގައި، މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސްވެރިކަން ކުރަމުންދާ ބަޔަކަށް ދަތިވާފަދަ ގޮތަކަށް ނުވަތަ މަސްވެރިކަން ކުރުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ހަރަކާތްތެރިވުމަކީ ނުވަތަ އުމަލުކުރުމަކީ މަނާ ކަމެކެވެ.
12 ވަނަ މާއްދާ - މަސްވެރިކަން ކުރުމުގައި ކުރުން މަނާ ކަންތައްތައް
(ފެށޭ އިބާރާތް އުނި ކުރެވިފައި)
(ހ) މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި އެ ސަރަހައްދަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މަސްވެރިކަން ކުރުން؛ (އިސްލާހު ކުރެވިފައި)
(ށ) މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރުގެ ބާވަތެއް ހޯދުމަށް ނުވަތަ ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން. (އިސްލާހު ކުރެވިފައި)
(ނ) ރޮދުލުން؛ (އިސްލާހު ކުރެވިފައި)
(ރ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރުން؛ (އިސްލާހު ކުރެވިފައި)
(ބ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން؛ (އިސްލާހު ކުރެވިފައި)
(ޅ) އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިންގާ ސަރަހައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން؛ (އިސްލާހު ކުރެވިފައި)
(ކ) ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައްޔާއި ވަކި އަތޮޅެއްގެ ގޮތުގައި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލުގެ ސަރަހައްދުން ބޭރުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގެ ހަރަކާތެއް ހިންގުން؛ (އިސްލާހު ކުރެވިފައި)
(އ) ކަނޑުގެ މާހައުލުގެ މައުލޫމާތު އެއްކުރުމަށް ޓަކައި ކަނޑަށް ދޫކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ ބޮއެއް (ޑޭޓާ ބޮއި) ގެ ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލަށްވުރެ ކައިރިން މަސްވެރިކަން ކުރުން، ނުވަތަ ޑޭޓާ ބޮއެއްގައި ނުވަތަ ބޮއިގެ ނަގިލި ވަލުގައި އުޅަނދު ނުވަތަ މަސްވެރިކަމުގެ އާލާތެއް އެއްސުން ނުވަތަ ހަރުކުރުން ނުވަތަ އެފަދަ ބޮއެއްގެ ނަގިލި ވައު ކަނޑައިލުން ނުވަތަ ޑޭޓާ ބޮއިގެ އެއްވެސް ބަޔަކަށް ގެއްލުމެއް ދިނުން؛ (އިސްލާހު ކުރެވިފައި)
(ވ) (އުނި ކުރެވިފައި)
(މ) (އުނި ކުރެވިފައި)
13 ވަނަ މާއްދާ - މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުން
މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެ ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ވޯކްޕާމިޓް ލިބިގެންނެވެ.
ބާބު 6
ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން
14 ވަނަ މާއްދާ - ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން
ގައުމީގޮތުންނާއި ބައިނަލްއަގުވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)
15 ވަނަ މާއްދާ - އޮޑިވެރިޔާގެ ނުވަތަ އޮޕަރޭޓަރުގެ މަސްއޫލިއްޔަތުތައް
މިނިސްޓްރީން މަސްވެރިކަން ކުރުމަށް ދޫކުރާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ފީނުމަށް ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ރައްކައުތެރި އާލާތްކަން ކަށަވަރު ކުރުމަށް ޓަކައި އެ ތަކެތި ގަވާއިދުން ސަރވިސްކޮށް ބެލެހެއްޓުމަކީ އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރުގެ މަސްއޫލިއްޔަތެކެވެ. (އިސްލާހު ކުރެވިފައި)
16 ވަނަ މާއްދާ - ކެޔޮޅު ނުވަތަ މާސްޓަރު، ކުރުން މަނާ ކަންތައްތައް
(ހ) މި ގަވާއިދުގެ ދަށުން، އަންނަނިވި ކަންކަން، އުޅަނދުގެ ކެޔޮޅު ނުވަތަ މާސްޓަރު، ކުރުމަކީ މަނާ ކަމެކެވެ.
- މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ނެތް މީހަކު އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުން؛ (އިސްލާހު ކުރެވިފައި)
- މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ މިންގަނޑާ ހިލާފަށް އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުން؛ (އިސްލާހު ކުރެވިފައި)
- މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނާ މީހުންނަކީ އެފަދަ ފީނުމުގެ ހަރަކާތެއް ހިންގޭނެފަދަ ހާލަތެއްގައި ހުރި މީހެއްކަން ކަށަވަރުނުކޮށް ފީނުވުން. (އިސްލާހު ކުރެވިފައި)
- ފީނުމަށް ރައްކައުތެރި ނޫން ނުވަތަ ގަވާއިދުން ސަރވިސްކޮށްފައި ނުވާ އާލާތެއް ބޭނުންކޮށްގެން ފަޅުވެރިއަކު ލައްވައި ފީނުވުން. (އިތުރު ކުރެވިފައި)
(ށ) (އުނި ކުރެވިފައި)
ބާބު 7
ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި، އެކްސްޕޯޓު އިމްޕޯޓުކުރުން މަނާ ބާވަތްތައް
17 ވަނަ މާއްދާ - ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން މަނާ ބާވަތްތައް ކަނޑައެޅުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ހިފުން،ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން ނުވަތަ އެފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް އުޅަނދެއްގައި ނުވަތަ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)
(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވާ ދިވެހި އެއްވެސް އުޅަނދަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން، ނުވަތަ އެފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް އުޅަނދެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ލިބިގެން ހިންގާ މަށްރޫއެއްގެ ނުވަތަ ދިރާސާއެއްގެ ދަށުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް ނެގުން ނުވަތަ ހިފުން މި މާއްދާ ގެ (ހ) އާއި (ށ) އިން އިސްތިސްނާ ވާނެއެވެ. (އިސްލާހު ކުރެވިފައި)
ދޫކޮށްލަންވާނެއެވެ. އަދި އެ ފަރާތަކީ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއް ނަމަ، އެ މަސްވެރިކަމަކަށް ކަނޑައެޅިފައިވާ ލޮގުފޮތް މެދުވެރިކޮށް އެކަން މިނިސްޓްރީއަށް ރިޕޯޓު ކުރަންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި އެ ފަރާތެއް މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ބާވަތެއް ދޫކޮށްލައިފައި ނުވާނަމަ ބެލެވޭނީ، އެއީ ގަސްތުގައި ހިފައިފައިވާ ނުވަތަ ނަގައިފައިވާ ނުވަތަ ބާނައިފައިވާ ބާވަތެއް ކަމަށެވެ. (އިސްލާހު ކުރެވިފައި)
(ޅ) މަސްވެރިކަމުގައި ނުވަތަ އެހެން ބޭނުމެއްގައިވިޔަސް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތަކަށް ގެއްލުންދިނުން ނުވަތަ ގޯނާކުރުން ނުވަތަ ދިއްލައިގެން ތިލަކުރުން ނުވަތަ އެފަދަ ކަމެއް ކުރަން މަސައްކަތްކުރުމަކީ މަނާކަމެކެވެ. (އިތުރު ކުރެވިފައި)
(ކ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބާވަތްތައް، ތިރީގައިވާ ގޮތުގެ މަތީން ބޭނުންކުރުމަކީ މަނާ ކަމެކެވެ. (އިތުރު ކުރެވިފައި)
- އެ ބާވަތްތަކާއި އެ ބާވަތެއްގެ ބައިތަކުން ހަދައިފައިވާ ތަކެތީން ވިޔަފާރިކުރުން، ނުވަތަ އެފަދަ ވިޔަފާރިއެއް ކުރުމަށް އިސްތިހާރުކުރުން، ނުވަތަ ވިޔަފާރިކުރާ ތަނެއްގައި ނުވަތަ އާންމު ތަނެއްގައި ޑިސްޕްލޭކޮށްފައި ބެހެއްޓުން، ނުވަތަ އެފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް ވިއްކުމަށް އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރުން؛ (އިތުރު ކުރެވިފައި)
- އެ ބާވަތްތަކާއ،ި އެ ބާވަތްތަކުގެ ބައިތަކާއ،ި އެ ބާވަތެއްގެ ބައިތަކުން ހަދައިފައިވާ ތަކެތި އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުން ނުވަތަ އިމްޕޯޓުކުރުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް މަސައްކަތްކުރުން. (އިތުރު ކުރެވިފައި)
18 ވަނަ މާއްދާ - ލޮނުފެނުގައި އުޅޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން
ލޮނުފެނުގައި އުޅޭ ބާވަތްތަކުގެ ތެރެއިން ދިރޭ ހާލަތުގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ މިނިސްޓްރީން އެކަމަށް ދޫކުރާ ހާއްސް ހުއްދައެއްގެ ދަށުންނެވެ.
19 ވަނަ މާއްދާ - ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުން މަނާ ބާވަތްތައް
(ހ) މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ އެ ބާވަތެއް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަކީ ނުވަތަ އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ދޫކުރާ ހާއްސް ހުއްދައެއްގެ ދަށުން، މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ބާވަތްތައް އެކުއަރކަލްޗަރ ކޮށްގެން އެކްސްޕޯޓް ކުރެވިދާނެއެވެ.
ބާބު 8
އޮއިވާލި ކަނދުފަތި އެޅުމާއި ކަނދުފަތީގެ މަސްވެރިކަން ބެލެހެއްޓުން
20 ވަނަ މާއްދާ - ކަނދުފަތި އެޅުން
(ހ) މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރުކުރެވޭނީ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ހަވާލުކުރާ ފަރާތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިނިސްޓްރީން ހަރުކުރާ ކަނދުފަތިތަކުގެ ލިސްޓެއް (ކަނދުފަތީގެ ޕޮޒިށަނާއި އެހެނިހެން ތަފުސީލު ހިމެނޭ ގޮތަށް) ބަލަހައްޓައި، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް އަދާހަމަކުރަމުން ގެންދަންވާނެއެވެ.
(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައ،ި އެއްވެސް ފަރާތަކުން، އޮޔާދާ ކަނދުފަތި (ޑްރިފްޓިންގ ފެޑް) ދޫކުރުމަކީ ނުވަތަ އެޅުމަކީ މަނާކަމެކެވެ. (އިތުރު ކުރެވިފައި)
21 ވަނަ މާއްދާ - ކަނދުފައްޗަށް ގެއްލުން ދިނުން
މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަރުކުރެވޭ ކަނދުފައްޗަށް ގެއްލުން ދިނުމަކީ، ނުވަތަ ކަނދުފަތީގެ އެއްވެސް ބައެއް ނެގުމަކީ، ނުވަތަ ކަނދުފައްޗަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ.
22 ވަނަ މާއްދާ - ކަނދުފަތިތައް ކައިރިން މަސްވެރިކަން ކުރުން
(ހ) ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 (ތިނެއް) މޭލު ސަރަހައްދުގައި ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. (އިސްލާހު ކުރެވިފައި)
(ށ) މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 1 (އެކެއް) މޭލު ސަރަހައްދުގައި ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅައިފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ 3 (ތިނެއް) މޭލުގެ ސަރަހައްދުގައި އަންނަނިވި ހަރަކާތްތައް ހިންގުމަކީ މަނާކަމެކެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
- ދިރޭ އެންޖަހައިގެން އަޑިއަށް ފެއްތުން؛
- ވަދު ދެމުމާއި ވަދު ފެއްތުން؛
- ނަނު ނުވަތަ ރޯލު ދޫކުރުން؛
- އެމުގެ ގޮތުގައި ތާވަޅަ ބޭނުން ކުރުން؛
- ކަނދުފަތީގެ އެއްވެސް ބައެއްގައި ވައު އަޅުވައ،ި ނުވަތަ ވައު އައްސައ،ި އޭގައި އުޅަނދުފަހަރު އަޅައިގެން ތިބުން؛
- އޮއިވާލި ކަނދުފައްޗަށް ނުވަތަ ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް އަމަލެއް ހިންގުން؛
- ވައިފުޅި އަޅައިގެން ފީނުން.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިނިސްޓްރީގެ ފަރާތުން މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ހާއްސަކޮށްގެން އަޅައިފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ 1 (އެކެއް) މޭލުގެ ސަރަހައްދުގައި އަންނަނިވި ހަރަކާތްތައް ހިންގުމަކީ މަނާކަމެކެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
- ކަނދުފަތީގެ އެއްވެސް ބައެއްގައި ވައު އަޅުވައ،ި ނުވަތަ ވައު އައްސައ،ި އޭގައި އުޅަނދުފަހަރު އަޅައިގެން ތިބުން؛
- ވައިފުޅި އަޅައިގެން ފީނުން؛
- އޮއިވާލި ކަނދުފައްޗަށް ގެއްލުންވާނެ އެއްވެސް އަމަލެއް ހިންގުން.
ބާބު 9
މަސްވެރިކަމުގެ މައާުލޫމާތު ދިނުމާއި، މައާުލޫމާތު ހޯދައި ބެލެހެއްޓުން
23 ވަނަ މާއްދާ - މަސްވެރިކަމުގެ މައާުލޫމާތު ދިނުން
(ހ) މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމާއި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ހަރަކާތްތަކާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފަރާތްތަކުން، މިނިސްޓްރީން ބޭނުންވާ މައާުލޫމާތު ނުވަތަ ތަފާސްހިސާބު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދޭންވާނެއެވެ.
(ށ) މައާުލޫމާތު ދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ، ނުވަތަ ފުރިހަމަކޮށްދޭ، ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައާުލޫމާތަކީ ތެދު، ފުރިހަމަ މައާުލޫމާތަށް ވާންވާނެއެވެ. މިގޮތުން ދޭ އެއްވެސް މައާުލޫމާތަކީ ސްއްހަ ނޫން ދޮގު މައާުލޫމާތު ކަމުގައި ވެގެން ނުވާނެއެވެ.
ބާބު 10
ފިށަރީޒް އޮބްޒާވަރުންނާއި ފިށަރީޒް ރޭންޖަރުން
24 ވަނަ މާއްދާ - މޮނިޓަރ ކުރުމަށާއި ގަވާއިދު ތަންފީޒު ކުރުމަށް މުވައްޒަފުން އުއްޔަނު ކުރުން
މިނިސްޓްރީގެ ފަރާތުން، މަސްވެރިކަން ކުރުމަށް ނުވަތަ މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް، ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް، ނުވަތަ އެކުއަކަލްޗަރ ކުރުމުގެ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކޮށްފައިވާ ފެސިލިޓީތަކާއި އުޅަނދުތައް މޮނިޓަރ ކުރުމަށާއި، މިނިސްޓްރީއަށް ބޭނުންވާ މައާުލޫމާތު އެއްކުރުމަށާއި، ރިޕޯޓްކުރުމަށާއި، މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތައް ތަންފީޒުުކުރުމަށް، ފިށަރީޒް އޮބްޒާވަރުންނާއި ފިށަރީޒް ރޭންޖަރުން އުއްޔަނު ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ފިށަރީޒް އޮބްޒާވަރުން
(ހ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތަކާއި މެނޭޖްމަންޓް ޕްލޭންތަކުގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި، އިތުބާރުހުރި ސްއްހަ މައާުލޫމާތު އެއްކުރުމަށް މިނިސްޓްރީގެ ފަރާތުން ފިށަރީޒް އޮބްޒާވަރެއް އުއްޔަނު ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިށަރީޒް އޮބްޒާވަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ މިނިސްޓްރީން ކަނޑައަޅާ ސަރުކާރުގެ އެހެން އިދާރާއެއްގެ މުވައްޒަފަކު ހަމަޖެއްސިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން މިނިސްޓްރީން އުއްޔަނުކުރާ ފިށަރީޒް އޮބްޒާވަރުންނަށް، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން އެއްބާރުލުން ދޭންވާނެއެވެ.
26 ވަނަ މާއްދާ - ފިށަރީޒް އޮބްޒާވަރުންގެ އަސާސީ ށަރުތުތައް
ފިށަރީޒް އޮބްޒާވަރުންގެ ގޮތުގައި އުއްޔަނު ކުރާ މުވައްޒަފުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުރިތޯ މިނިސްޓްރީގެ ފަރާތުން ކަށަވަރު ކުރަން ވާނެއެވެ.
- މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ވިޔަފާރީގެ ބޭނުމަށް ހިންގާ ފަރާތަކަށް ނުވުން، ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު އޮތް މީހެއް ކަމުގައި ނުވުން؛
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށެއް ނުވަތަ ކޮރަޕްށަނުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
- ސިޔާސީ މަގާމެއް ނުވަތަ އިންތިހާބީ މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
27 ވަނަ މާއްދާ - ފިށަރީޒް އޮބްޒާވަރުންގެ މަގާމުގެ މަސްއޫލިއްޔަތު
ފިށަރީޒް އޮބްޒާވަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- މަސްވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތާއި އެ އާލާތް ބޭނުންކުރާ ގޮތާ ބެހޭ މައާުލޫމާތު އެއްކުރުން؛
- މަސްވިއްކި ފަރާތްތަކާއި، ވިއްކި މަހުގެ ބާވަތްތަކާއި މިންވަރު ނުވަތަ ބަރުދަނާ ބެހޭ މައާުލޫމާތު އެއްކުރުން؛
- ބައިކެޗްގެ ގޮތުގައި ބޭނި ނުވަތަ ނެގި މަހުގެ މިންވަރާއި، ހިމާޔަތްކޮށްފައިވާ މަސްމަހާމެއްސާއި، މަންމަލި ޖަނަވާރާއި، ދޫނިސޫފާސޫތްޕާއި، ވެލާ، ކަހަނބު ފަދަ، ކަނޑުގެ ދިރުންހުރި ބާވަތްތައް ދިރިއޮއްވައި ދޫކުރިނަމަ އެ މައާުލޫމާތު އެއްކުރުން؛
- މަސްވެރިކަމުގައި ހަރަކާތްތެރިވާ ސަރަހައްދާ ބެހޭ މައާުލޫމާތު އެއްކުރުން؛
- އުޅަނދުފަހަރުގައި ކުރާ މަސްވެރިކަމުގެ ހަރަކާތުގެ ފޮޓޯއާއި ވީޑިއޯ ނެގުން؛
- މަސްވެރިކަން ރާވައި ހިންގާ ބެލެހެއްޓުމާ ގުޅޭ ސަރަހައްދީ ޖަމްއިއްޔާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތައް ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ފޮނުވަންޖެހޭ މައާުލޫމާތު ނެގުމާއި އެއްކުރުން؛
- މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތިން ފިށަރީޒް އޮބްޒާވަރުން އެއްކުރާ ނުވަތަ ރެކޯޑުކުރާ މައާުލޫމާތު މިނިސްޓްރީއަށް ގަވާއިދުން ރިޕޯޓްކުރުން.
28 ވަނަ މާއްދާ - ފިށަރީޒް ރޭންޖަރުން
ފިށަރީޒް ރޭންޖަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ މިނިސްޓްރީން ކަނޑައަޅާ ސަރުކާރުގެ އެހެން އިދާރާއެއްގެ މުވައްޒަފަކު ހަމަޖެއްސިދާނެއެވެ.
29 ވަނަ މާއްދާ - ފިށަރީޒް ރޭންޖަރުންގެ އަސާސީ ށަރުތުތައް
ފިށަރީޒް ރޭންޖަރުންގެ ގޮތުގައި އުއްޔަނު ކުރާ މުވައްޒަފުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަވާނެއެވެ.
(ހ) މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ވިޔަފާރީގެ ބޭނުމަށް ހިންގާ ފަރާތަކަށް ނުވުން ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު އޮތް މީހެއް ކަމުގައި ނުވުން؛
(ށ) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށެއް ނުވަތަ ކޮރަޕްށަނުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
(ނ) ސިޔާސީ މަގާމެއް ނުވަތަ އިންތިހާބީ މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
30 ވަނަ މާއްދާ - ފިށަރީޒް ރޭންޖަރުންގެ މަގާމުގެ މަސްއޫލިއްޔަތު
(ހ) ފިށަރީޒް ރޭންޖަރުންގެ ގޮތުގައި އުއްޔަނު ކުރާ މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- މަސްވެރިކަން ކުރުމަށް ނުވަތަ މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް، ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް، ނުވަތަ އެކުއަކަލްޗަރ ކުރުމަށް މިނިސްޓްރީގެ ފަރާތުން ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކޮށްފައިވާ އުޅަނދުފަހަރާއި ތަންތަން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން މޮނިޓަރކޮށް އިންސްޕެކްޓްކުރުން؛
- މިނިސްޓްރީގެ ފަރާތުން ކުރިޔަށްގެންދާ އިންސްޕެކްށަންތަކާ ގުޅިގެން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ރިޕޯޓްކުރުން؛
- ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މެނޭޖްމަންޓް ޕްލޭންތަކާ ހްިލާފަށް އެއްވެސް ފަރާތަކުން އުމަލުކުރާކަން ފާހަގަކުރެވިއްޖެ ނަމަ، މިނިސްޓްރީއަށް އެކަން ރިޕޯޓްކުރުން؛
- ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މެނޭޖްމަންޓް ޕްލޭންތަކާ ހްިލާފަށް އުމަލުކުރާ ފަރާތްތަކަށް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމުގެ ނޯޓިސް ދިނުން؛
- ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީއަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ފޮނުވަމުންދޭތޯ ޗެކްކުރުން.
- މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތް ނުވަތަ މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަން ނުވަތަ އެކުއަކަލްޗަރ ކުރާ ފެސިލިޓީތަކުގައި ހުންނަ މަސް ނުވަތަ މަހުގެ އުފެއްދުންތަކުގެ ސާމްޕަލް ނެގުމާއި، އެފަދަ ތަކެތި ތަހުލީލު ކުރުމުގެ މަސައްކަތް ކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިށަރީޒް ރޭންޖަރުންގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ތަންފީޒުު ކުރުމާ ގުޅޭ އެހެނިހެން ކަންކަން ހިމެނުމުގެ އިހްްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
31 ވަނަ މާއްދާ - ފިށަރީޒް އޮބްޒާވަރުންނާއި ފިށަރީޒް ރޭންޖަރުންގެ ސުލޫކީ މިންގަނޑު
ފިށަރީޒް އޮބްޒާވަރުންނާއި ފިށަރީޒް ރޭންޖަރުންގެ ގޮތުގައި އުއްޔަނު ކުރާ ފަރާތްތަކުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.
(ހ) މަގާމުގެ ހައިސިއްޔަތުން ހޯދާ ނުވަތަ ލިބޭ އެއްވެސް މައާުލޫމާތެއް، އަމިއްލަ މަސްލަހަތެއް ހާސިލުކުރުމަށް ނުވަތަ އާާއިލީ ގުޅުމެއް އޮތް، ނުވަތަ ރައްޓެހިކަމުގެ ގުޅުމެއް އޮތް، ނުވަތަ އެނޫން އެހެން ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލުކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި، މަގާމުގެ ހައިސިއްޔަތުން ހޯދައިފައިވާ ނުވަތަ ލިބިފައިވާ، އެއްވެސް މައާުލޫމާތެއް ނުވަތަ ލިޔުމެއް، މިނިސްޓްރީގެ ހުއްދަޔާ ނުލައި އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.
(ށ) ސަރުކާރުގެ އެއްވެސް މުދަލެއް، ނުވަތަ ފައިސާއެއް، ނުވަތަ ވަސީލަތެއް، މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ފިށަރީޒް އޮބްޒާވަރުންނާއި ފިށަރީޒް ރޭންޖަރުންގެ ގޮތުގައި އުއްޔަނު ކުރާ މުވައްޒަފުން، އެ މީހުންގެ މަސައްކަތުގެ މާހައުލުގައި ދިމާވާ އެންމެހައި ފަރާތްތަކާ މުއާާމަލާތު ކުރަންވާނީ އިހްތިރާމާއެކުގައެވެ.
(ރ) ނާޖާއިޒު ފައިދާއެއް ތިމާއަށް ލިބިދާނެ، ވަޒީފާގެ ރަސްމީ އެއްވެސް މަސައްކަތެއް ކުރުމުންނާއި ނިންމުންތައް ނިންމުމުގެ މަރުހަލާތަކުން ތިމާ އަމިއްލައަށް ތަނާޒިލްވެ، އެ ފަދަ އަމިއްލަ ފައިދާއެއް ހިމެނޭ ކަމެއް ނުވަތަ ތިމާގެ މަސްލަހަތާ ފުށުއަރާ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކަމެއް ވަންހަނާ ނުކޮށް، އެ ކަމެއް މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ބ) ފިށަރީޒް އޮބްޒާވަރުންނާއި ފިށަރީޒް ރޭންޖަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގައި އަމިއްލަ ފައިދާ ހޯދައި، އެކިއެކި ފަރާތްތަކުން ދޭ ރިށްވަތުގައި ނުވަތަ ހަދިޔާގައި ހިފައިގެން ނުވާނެއެވެ.
(ޅ) ރަސްމީ މަސައްކަތުގެ ބޭނުމަށް ހަވާލުކުރެވޭ އާލާތްތައް ނުވަތަ ފާސްތައް ނުވަތަ ޕާސްވޯޑްތައް ފަދަ ތަކެތި ރައްކައުތެރިކަމާއެކު ގެންގުޅެން ވާނެއެވެ.
(ކ) ފިށަރީޒް ރޭންޖަރުންގެ ފާސްތައް ނުވަތަ ބެޖް ރަސްމީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭނުންކޮށްގެން ނުވާނެއެވެ.
32 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތައް
މި ގަވާއިދުގެ ދަށުން އުއްޔަނު ކުރާ ފިށަރީޒް ރޭންޖަރުންނާއި ފިށަރީޒް އޮބްޒާވަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން މިނިސްޓްރީގެ ފަރާތުން ފުރިހަމަ ކުރަންވާނެއެވެ.
(ހ) މަސައްކަތުގައި ހަރަކާތްތެރިވާއިރު މަސައްކަތަށް ބޭނުންވާ އެންމެހައި އާލާތްތައް ދިނުން؛
(ށ) ފެސިލިޓީއަކަށް ނުވަތަ އުޅަނދަކަށް ދިއުމުގެ ދަތުރު ހަރަދާއި، ކޮއްތު ފައިސާ، މިނިސްޓްރީގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހަމަޖައްސައިދިނުން.
ބާބު 11
މަސްވެރިންގެ ދަފުތަރު
33 ވަނަ މާއްދާ - މަސްވެރިންގެ ދަފުތަރު އެކުލަވައިލުން
(ހ) ދިވެހިރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނޭ މަސްވެރިންގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި، އެ ދަފުތަރު އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު އެކުލަވައިލުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ރަޖިސްޓަރީ ވާންވާނެއެވެ.
(ނ) މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ބަލާނީ، މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައި މަސްވެރިކަން ކޮށްގެން ހޯދާ ފަރާތްތަކެވެ. މިގޮތުން، މަހެއްގެ މައްޗަށް އެ ފަރާތަކަށް ލިބޭ އާމްދަނީގެ ގޮތުގައި އެކިއެކި މަސައްކަތްތަކުން ނުވަތަ އާމްދަނީ ލިބޭ ފަދަ އެހެން ވަސީލަތަކުން ލިބޭ މިންވަރު، މަސްވެރިކަން ކޮށްގެން ލިބޭ މިންވަރަށްވުރެ ކުޑަވާންޖެހޭނެއެވެ.
ބާބު 12
ފިޔަވަޅުއެޅުން
34 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުމަކީ ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކޮށްފިނަމަ، އެ ކަމެއް ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހްިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާ ބެހޭ ގަވާއިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، ޖަދުވަލު 4 ގައިވާ ގޮތުގެ މަތިންނެވެ.
(ރ) މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، އެ ކުށެއް ކޮށްގެން ނުވަތަ އެ ހަރަކާތެއް ހިންގައިގެން ލިބުނު ނުވަތަ ލިބޭނެ ކަމަށް އަންދާޒާކުރާ މަންފާގެ މައްޗަށް ރިއާާޔަތްކޮށް، ޖަދުވަލު 5 ގައިވާ ގޮތުގެ މަތިންނެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމަށް އުޅަނދެއް ބޭނުންކޮށްފައިވާނަމަ، އެ އުޅަނދެއްގެ ވެރިފަރާތް، ނުވަތަ އޮޕަރޭޓްކުރާ ފަރާތް ނުވަތަ އުޅަނދުގެ މާސްޓަރު ނުވަތަ ކެޔޮޅު ވެސް، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހްިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާ ބެހޭ ގަވާއިދު) ގެ ދަށުން ޖޫރިމަނާ ކުރުމުގެ އިހްްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ބާބު 13
މާނަކުރުން
35 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، އެ އިބާރާތެއް ނުވަތަ ލަފުޒެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަމަށެވެ.
- ހިފުމަށާއި، ނެގުމަށާއި، މެރުމުގެ ބޭނުމަށް، މަސް ހޯދުން؛
- މަސް ހޯދުމަށް، ނުވަތަ މަސް ހިފުމަށް، ނުވަތަ މަސް ނެގުމަށް، ނުވަތަ މަސް މެރުމަށް މަސައްކަތްކުރުން؛
- އެ ކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން، ނުވަތަ މަސް ހިފުން، ނުވަތަ މަސް ނެގުން، ނުވަތަ މަސް މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
- "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ނުވަތަ ހޯދުން ނުވަތަ އަނބުރާ ހޯދުން؛
- މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.
(ނ) "މަސްވެރިކަމާ ގުޅުންހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ؛ ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަމަށެވެ.
- މަސް ނުވަތަ މަހުގެ އުފެއްދުންތައް، ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް ނުވަތަ މަސް ނުވަތަ އެހެން އުފެއްދުމެއް، ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް ޓްރާންށިޕްކުރުން)؛
- މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުމަށް، ނުވަތަ ހަލާކުނުވާ ގޮތަށް ރައްކައުކުރުމަށް؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެންނަ ވަގުތާ ހަމަޔަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކައުކުރުމާއި ގަތުމާއި ޕްރޮސެސް ކުރުމަށް؛
- މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް؛
- މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުވައިދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހްިދުމަތެއް ދިނުމަށް؛ އަދި
- މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.
(ރ) "އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ބާނާ މަހަކީ ނުވަތަ ނުވަތަ ހިފާ މަހަކީ، މަސް ބާނާ ފަރާތް ނުވަތަ ފަރާތްތަކުގެ އާާއިލާގެ މީހުން ކެއުމަށް އެކަނި މަސް ބޭނުންކުރާ، އަދި އަމިއްލަގޮތުން ނުވަތަ މެދުވެރިއެއް މެދުވެރިކޮށްގެން ނަމަވެސް ވިޔަފާރީގެ ނުވަތަ އުފެއްދުންތެރިކަމުގެ އެއްވެސް ބޭނުމަކަށް އެ މަސްވެރިކަމުން ބާނާ މަސް ވިއްކައިނުލާ މަސްވެރިކަމަށެވެ.
(ބ) "މަސް މަރާ ބަޑި" ކަމަށް ބުނެފައި އެވަނީ، މަސް މެރުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް، ރަބަރު ސާޅަނގަ ނުވަތަ ވައި ނުވަތަ ކެމިކަލެއް ބޭނުންކޮށްގެން، ކޮޅު ތޫނުކޮށްފައިވާ އާލާތެއް ފޮނުވައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.
(ޅ) "އުރަފަށް" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ ނުވަތަ ފަޅުފަޅުގެ ފަރުގެ ބޭރުފަރާތުން އަޑި އެނގޭފަށް ކެނޑި، ކަނޑަށް ފުންވެގެންދާ ހިސާބަށެވެ.
(ކ) "ފިށަރީޒް ރޭންޖަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން އުއްޔަނު ކުރާ ފަރާތްތަކަށެވެ.
(އ) "ފިށަރީޒް އޮބްޒާވަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އުއްޔަނު ކުރާ ފަރާތްތަކަށެވެ.
(ވ) "މާސްޓަރު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޔޮޅު ނުވަތަ ސްކިޕަރ ހިމެނެއެވެ.
(މ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ބަނދެފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
(ފ) "އެތެރެވަރި" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކުގެ އެތެރެ ކަނޑަށެވެ.
(ދ) "އެންވެރިކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އާންމުކޮށް ކުރާ ދޮށީގެ މަސްވެރިކަމުގައްޔާއި، އަތު ނަނުގެ މަސްވެރިކަމުގައްޔާއި، ފާނައާއި ފަރުމަހުގެ މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ އެމުގެ ބާވަތްތައް އެ މަސްވެރިކަމުގައި ބޭނުންކުރުމަށް (ދިއްލައިގެން ނުވަތަ ވައިފުޅި އަޅައިގެން ފީނުން ހިމެނޭ ގޮތަށް) ހިފުމަށެވެ.
(ތ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، އިގުތިސާދީ ހާއްސް ކަނޑަށެވެ.
(ލ) "ކުށް" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައްޔާއ،ި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި މަނާކަމެއް ކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ. (އިތުރު ކުރެވިފައި)
(ގ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނ،ީ މަސްވެރިކަން ކުރާ އުޅަނދެއްގައ،ި އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. (އިތުރު ކުރެވިފައި)
(ޏ) "އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނ،ީ އެއް ސަރަހައްދަކަށް މަސް ޖަމާކުރުމުގެ ނުވަތަ އަވަލެއްވުމުގެ މަގުސަދުގައި ކަނޑުގައި ނަގިލި ލައިގެން ފެންމަތީގައި އޮޔާދެމޭގޮތަށް ހަރުކުރާ ބޮޔަށް ނުވަތަ އެފަދަ އެހެން އެއްޗަކަށާއި އެ ބޮއި ނުވަތަ އެ އެއްޗަކާ ގުޅިފައިވާ ބައިތަކަށެވެ. (އިތުރު ކުރެވިފައި)
(ސ) "އޮޔާދާ ކަނދުފަތި" ނުވަތަ "ޑްރިފްޓިންގ ފެޑް" ކަމަށް ބުނެފައި އެވަނ،ީކަނޑުގައި ނަގިލި ލައިގެން ހަރުކޮށްފައި ނުވ،ާ އެއް ސަރަހައްދަކަށް މަސް ޖަމާކުރުމުގެ ނުވަތަ އަވަލެއްވުމުގެ މަގުސަދުގައި ދޫކުރާ ބޮޔަށް ނުވަތަ އެފަދަ އެހެން އެއްޗަކަށާއި އެ ބޮއި ނުވަތަ އެ އެއްޗަކާ ގުޅިފައިވާ ބައިތަކަށެވެ. (އިތުރު ކުރެވިފައި)
(ޑ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނ،ީ ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނ،ާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް، ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމުތައް ގަބޫލުކުރާ ފަރާތާއ،ި ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް، ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް، ނުވަތަ ޑިރެކްޓަރަށ،ް ނުވަތަ ސެކްރެޓަރީއަށެވެ.(އިތުރު ކުރެވިފައި)
ޖަދުވަލު 1
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދައު ހުންނަންވާނެ ގޮތާއި، ދައު ބޭނުންކުރަންވާނެ ގޮތުގެ އުސޫލު
|
(ހ) |
ދަލުގެ ބޮޑުމިން |
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދައު 100 (އެއްސަތޭކަ) ފޫޓަށް ވުރެ ދިގުވެގެން ނުވާނެއެވެ. |
| (ށ) |
ދަލުގެ ގޮޅިތަކުގެސައިޒު (މެށްސައިޒް) |
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައ ބޭނުންކުރާ ދަލުގެ ގޮޅިތައް ހުންނަންޖެހޭނެ އެންމެ ކުޑަ ސައިޒަކީ "4 (ހަތަރެއް) އިންޗިއެވެ. މި ގަވާއިދުގެ ބޭނުމަށް "މެށް ސައިޒް" ކަމަށް ބުނެފައި އެވަނ،ީ ތިރީގައިވާ ކުރެހުމުގައިވާ ގޮތަށ،ް ދަލުގެ ގޮޅިތައް ވަކިކުރުމަށް ޖަހައިފައި ހުންނ،ަ އެއް ގޮށާއި އަނެއް ގޮށާ ދޭތެރޭގައި ކަންކުތިކޮށް ހުންނަ މިނަށެވެ.
|
| (ނ) |
ދައު ބޭނުންކުރަންވާނެ ގޮތުގެ އުސޫލު |
|
ޖަދުވަލު 2
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއ،ި ބޭނުމާއ،ި ނެގުމާއ،ި މެރުން މަނާ ބާވަތްތައް
| ދިވެހި ނަން | އިނގިރޭސި ނަން | ސައިންޓިފިކް ނަން |
|
1. ބޮޑުމަހާއި ކޯމަހުގެ ހުރިހާ ބާވަތެއް |
Cetaceans | Infraorder: Cetacea |
|
2. ބަނޑު ދޮށުގައި ބިސް ހުންނަ އިހި* |
Lobsters Berried | Infraorders: Astacidea and Achelata |
|
3. އިހީގެ ތޮށިގަނޑުގައި 7.6 ސެންޓިމީޓަރު ހަމަނުވާ އިހި (ދިގުމިން ބަލާނ،ީ ލޮލުގެ ތިރީކައިރިން ފެށިގެން ބޮލާއި ނިގުލާ ދޭތެރޭގައިވާ ތޮށިގަނޑު (ކެރަޕޭސް) ނިމޭ ހިސާބަށް)* |
Lobsters with a carapace smaller than 7.6cm in length (length measured from the rear of the eye socket to the rear of the carapace on a line parallel to the center line of the body shell) | Genus: Panulirus |
|
4. ގާހަކަ |
Giant clam | Genus: Tridacna |
|
5. މިޔަރު |
Sharks | Super order: Selachimorpha |
|
6. މަޑި |
Rays | Super order: Batoidea |
|
7. ހިރ/ިގާ/މުރަކ/ަމާގަނޑު/ސޮފްޓް ކޮރަލް (ދިރޭ ހާލަތުގައްޔާއި މަރުވެފައިވާ ހާލަތުގައި) |
Corals | Phylum: Cnidaria, class: Anthozoa |
|
8. ސްކެރިޑޭ އާއިލާއަށް ނިސްބަތްވާ ލަނޑާގެ ހުރިހާ ބާވަތެއ |
Parrotfishes | Family: Scaridae |
|
9. މާހުޅުނބު ލަނޑާ |
Napoleon Wrasse | Cheilinus undulatus |
|
10. ވެލަޔާއި ކަހަނބާއި އޭގެ ބިސް |
Sea Turtles and their eggs | Superfamily: Chelonioidea |
|
11. އެނދެރި |
Black Coral | Order: Antipatharia |
|
12. ފެހުރިހި |
Whaleshark | Family: Rhinocodontdae |
|
13. ސަންގު |
Triton Conch | Charonia tritonis |
* މަރުވެފައިވާ ހާލަތުގައި އިމްޕޯޓް ކުރުން ހުއްދަ ބާވަތްތައް
ޖަދުވަލު 3
ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުން މަނާ ބާވަތްތައް
| ދިވެހި ނަން | އިނގިރޭސި ނަން | ސައިންޓިފިކް ނަން |
| އިއްސާއި އިހިމަސް | Lobster and lobster meat |
Infraorders: Astacidea and Achelata |
| ގޮނު ފޫއެނބުރު | Top shells / Trochus shells |
Genus: Trochus |
| 3 ހިރ/ި ގާ/ މުރަކަ/ މާގަނޑު (ދިރޭ ހާލަތުގައްޔާއި މަރުވެފައިވާ ހާލަތުގައި) | Corals and sea anemones |
Phylum: Cnidaria, class: Anthozoa |
| 4. ވެން | Eel | Order: Anguilliformes |
| 5. ކޮލި | Pufferfish | Family: Tetraodontidae |
| 6. އިތާގެ ހުރިހާ ބާވަތެއް | Oysters | Family: Pteriidae |
|
7. މަސްވެރިކަމުގައި ދިރޭ އެމަށް ބޭނުންކުރާ ހުރިހާ ބާވަތެއް |
||
| (ހ) ރެހި | Silver sprat | Spratelloides gracilisi |
| (ށ) ހޮނޑެލި | Blue sprat | Spratelloides delicatulus |
| (ނ) ބޯދި، ފަތް | Cardinal fishes | Apogonidae |
| (ރ) މިޔަރެން | Anchovy | Encruasicholina heteroloba |
| (ބ) މުގުރާން | Fusiliers | Caesionidae |
| (ޅ) މުށިމަސް | Bigeye Scad | Selar crumenophthalmus |
| (ކ) ނިލެމެހި | Chromis | Chromis sp |
| 8. ބޮޑެތި ބޮލި |
| (ހ) ރާކަނި | Chiragra spider conch | Harpago chiragra |
| (ށ) ރާކަނި | Spider conch | Lambis lambis |
| 9. ސަނދަރަ | Silver-mouthed turban | Turbo agyrostomas |
| 10. ބޯވަ | Octopus | Order: Octopoda |
ޖަދުވަލު 4
ޖޫރިމަނާ ކަނޑައެޅިފައިވާ ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް
# |
ހަރަކާތް |
ޖޫރިމަނާ |
ތަކުރާރު ކުރާ ކުށްތަކަށް ޖޫރިމަނާ ކަނޑައެޅުން |
| 1. |
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގައި ދައު އަޅައިގެން ހިފުން މަނާ ބާވަތެއް ހިފުން |
2،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
2. |
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދައު އެޅުން |
3،500 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
3. |
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ދައު ހަމަތަކާ ހިލާފަށް ދައު ބޭނުންކުރުން |
2،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
4. |
ވަރުވާއަށް ދީފައިވާ ފަޅުރަށަކުން ނުވަތަ ދިގު މުއްދަތަށް ކުށްޔަށް ދީފައިވާ ރަށަކުން އެ ފަރާތެއްގެ ހުއްދަ ނެތި މަސްވެރިކަން ކުރުން |
3،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
5. |
ޓޫޫރިސްޓް ރިސޯޓެއްގެ ފަޅުގެ ސަރަހައްދުގެ ތެރެއިން މަސްވެރިކަން ކުރުން |
5،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
6. |
އުޅަނދުގައި އުފެދޭ ކުނި ނައްތައިލުމަށް ނުވަތަ ރައްކައު ކުރުމަށް އެކަށީގެންވާ އިންތިޒާމު ހަމަޖައްސައިފައި ނެތުން |
3،00 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 100 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
7. |
މަސް ހިފުމަށް ނުވަތަ މަސް މެރުމަށ،ް މަސް މަރާ ބަޑި ބޭނުންކުރުން |
3،00 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
8. |
މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން |
3،500 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
9. |
މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން |
2،500 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
10. |
ބޮޑު ދަލުގެ (ޕަރސްސެއިން) މަސްވެރިކަން ކުރުން |
400،000 ރުފިޔާ |
- |
|
11. |
އޮޔާދާ ދަލުގެ (ޑްރިފްޓް ނެޓް) މަސްވެރިކަން ކުރުން |
400،000 ރުފިޔާ |
- |
|
12. |
ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަން ކުރުން |
400،000 ރުފިޔާ |
- |
|
13. |
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަމަށް ފިޔަވައި ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރުން |
10،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 10,000 ރުފިޔާ އިތުރުވާނެ (400,000 ރުފިޔާއާ ހަމަޔަށް) |
|
14. |
ގޮވާ އެއްޗެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން |
100،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 30,000 ރުފިޔާ އިތުރުވާނެ (400,000 ރުފިޔާއާ ހަމަޔަށް) |
|
15. |
ވިހައެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން |
100،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 30,000 ރުފިޔާ އިތުރުވާނެ (400,000 ރުފިޔާއާ ހަމަޔަށް) |
|
16. |
ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން |
1،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 700 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
17. |
މަސްވެރިކަން ކުރުމުގައި ގަވާއިދާ ހިލާފަށް ބިދޭސީން ބޭނުންކުރުން (ކޮންމެ ބިދޭސީއަކަށް) |
5،000 ރުފިޔާ |
- |
|
18. |
ފީނުމުގެ ހަރަކާތެއްގައ،ި އެކަމުގެ ސެޓުފިކެޓެއް ނެތި ހަރަކާތްތެރިވުން |
5،000 ރުފިޔާ |
- |
|
19. |
ހުއްދަ ނެތ،ި ލޮނުފެނުގެ ދިރުމެއް އެތެރެކުރުން |
3،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 ރުފިޔާ އިތުރުވާނެ (5,000 ރުފިޔާއާ ހަމަޔަށް) |
|
20. |
ކަނދުފަތީގެ ވަށައިގެން 3 (ތިނެއް) މޭލުގެ ސަރަހައްދުގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ކުރުން ނުވަތަ ގަވާއިދުގައި މަނާކަމަށް ކަނޑައަޅައިފައިވާ އެހެން ހަރަކާތެއް ހިންގުން |
5،000 ރުފިޔާ |
- |
|
21. |
އަމިއްލަ ފަރާތަކުން ކަނދުފަތި އެޅުން ނުވަތަ ދޫކުރުން |
5،000 ރުފިޔާ |
- |
|
22. |
މަސްދަތުރުގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންޖެހޭ އުސޫލުން ނުފޮނުވުން |
750 ރުފިޔާ |
- |
|
23. |
މިނިސްޓްރީއަށް ދިން މައުލޫމާތަކީ ދޮގު މައުލޫމާތަކަށް ނުވަތަ ޞައްހަ ނޫން މައުލޫމާތަކަށް ވުން |
5،000 ރުފިޔާ |
- |
|
24. |
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން |
75،000 ރުފިޔާ |
- |
|
25. |
އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން |
150،000 ރުފިޔާ |
- |
|
26. |
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެތެރެވަރިން ބޭރު ސަރަހައްދުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގެ ހަރަކާތެއް ހިންގުން |
5،000 ރުފިޔާ |
- |
|
27. |
މިނިސްޓްރީން އައްޔަނު ކުރާ ފިށަރީޒް ރޭންޖަރުންނަށާއި އޮބްޒާވަރުންނަށ،ް މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގާ ފަރާތަކުން އެއްބާރުލުން ނުދިނުން |
1،000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކ،ު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 5,00 ރުފިޔާ އިތުރުވާނެ (5,000- ރުފިޔާއާ ހަމަޔަށް) |
ޖަދުވަލު 5
ވަކި ޖޫރިމަނާއެއް ކަނޑައެޅިފައި ނުވާ ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް
# |
ހަރަކާތް |
ޖޫރިމަނާގެ އަދަދުތައް |
ޖޫރިމަނާ ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަން |
| 1. |
ފީނުމުގެ ސެޓުފިކެޓެއް ލިބިފައި ނެތް ފަރާތެއ،ް ފީނުމުގެ ހަރަކާތެއްގައި ބައިވެރިވެރިކުރުވުން |
- ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ނަމަ 5,000 ރުފިޔާ އަދި މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ 100,000 ރުފިޔާ - ފީނައިގެން ފަޅުވެރިއަކަށް ލިބޭ ގެއްލުން (މަރުވުން ނުވަތަ ދާއިމީ ހާނީއްކަ) |
- ފީނައިގެން ފަޅުވެރިއަކަށް ލިބޭ ގެއްލުން (މަރުވުން ނުވަތަ ދާއިމީ ހާނީއްކަ) - ހަރަކާތް ހިންގާ އުޅަނދުގެ ބާވަތް |
| 2. |
މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ރައްކައުތެރި ނޫން އަދި ގަވާއިދުން ސަރވިސްކޮށްފައި ނުވާ އާލާތަކަށް ވުން. |
- ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ނަމަ 5,000 ރުފިޔާ އަދި މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ 100,000 ރުފިޔާ |
- ފީނައިގެން ފަޅުވެރިއަކަށް ލިބޭ ގެއްލުން (މަރުވުން ނުވަތަ ދާއިމީ ހާނީއްކަ) - ކުރާ މަސްވެރިކަމުގެ ބާވަތް - ހަރަކާތް ހިންގާ އުޅަނދުގެ ބާވަތް |
| 3. |
ހިމާޔަތްކޮށްފައިވާ ބާވަތެއް (ޖަދުވަލު 2) ގައިވާ ބާވަތެއްގެ މަސް ހިފުން، ނުވަތަ މަސް މެރުން، ނުވަތަ މަސް ނެގުން ނުވަތަ އުޅަނދުގައި ބެހެއްޓުން ނުވަތަ ވިޔަފާރިކުރުން އަދި ވިޔަފާރިއަށް ޑިސްޕްލޭކުރުން ނުވަތަ ބެހެއްޓުން ނުވަތަ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން |
ލައިސަންސެއް ބޭނުންނުވާ ފަރާތެއް ނަމ،ަ ގިނަވެގެން 5,000 ރުފިޔާ އަދި އެހެނިހެން ފަރާތްތަކުން ގިނަވެގެން 400,000 ރުފިޔާ. ޖޫރިމަނާކުރާނީ ހިފައިފައިވާ ބާވަތުގެ މާކެޓް އަގުގެ 4 ގުނައަށްވާ މިންވަރަކަށެވެ. |
- ހިފައިފައިވާ ބާވަތުގެ މާކެޓް އަގު ނުވަތަ ކަޅު ބާޒާރުގެ އަގު - ހިފައިފައިވާ ބާވަތުގެ މުހިންމުކަން މާހައުލީ ނިޒާމަށް އޮތް މިންވަރު - ހިފައިފައިވާ މިންވަރު ނުވަތަ ބަރުދަން - ހަރަކާތް ހިންގާ އުޅަނދުގެ ބާވަތް |
| 4. |
ހިމާޔަތް ކޮށްފައިވާ ބާވަތަކަށް (ޖަދުވަލު 2 ގައިވާ ބާވަތަކަށް) ގެއްލުން ދިނުން ނުވަތަ ގޯނާކުރުން |
މަދުވެގެން 3,000 ރުފިޔާ ގިނަ ވެގެން 300,000 ރުފިޔާ. ޖޫރިމަނާ ކުރާނީ ހިފައިފައިވާ ބާވަތުގެ މާކެޓް އަގުގެ 2 ގުނައަށްވާ މިންވަރަކަށް |
- ހިފައިފައިވާ ބާވަތުގެ މުހިންމުކަން މާހައުލީ ނިޒާމަށް އޮތް މިންވަރު - ހިފައިފައިވާ ބާވަތުގެ މާކެޓް އަގު - ހަރަކާތް ހިންގާ އުޅަނދުގެ ބާވަތް |
| 5. |
ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުން މަނާ ބާވަތެއް ނުވަތަ އެފަދަ ބާވަތެއް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއް (ޖަދުވަލު 3) އެކްސްޕޯޓް ކުރުން ނުވަތަ އެކްސްޕޯޓް ކުރަން މަސައްކަތް ކުރުން |
މަދުވެގެން 5,000 ރުފިޔާ އަދި ގިނަވެގެން 400,000 ރުފިޔާ ޖޫރިމަނާކުރާނީ ހިފައިފައިވާ ބާވަތުގެ މާކެޓް އަގަގު 2 ގުނައަށްވާ މިންވަރަކަށް |
- އެކްސްޕޯޓްކުރާ ބާވަތުގެ މާކެޓް އަގަށް - ހިފައިފައިވާ ބާވަތުގެ މުހިއްމުކަން މާހައުލީ ނިޒާމަށް އޮތް މިންވަރު |
| 6. |
މިނިސްޓްރީގެ ފަރާތުން ހަރުކުރާ ކަނދުފައްޗަކަށް ގެއްލުން ދިނުން، ނުވަތަ ކަނދުފައްޗަށް އުނި އިތުރެއް ގެނައުން |
މަދުވެގެން 5,000 ރުފިޔާ އަދި ގިނަވެގެން 400,000 ރުފިޔާ |
އާންމު މިންގަނޑަށް ކަނދުފަތި ގެނައުމަށް ކުރަންޖެހޭ ހަރަދު |
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގަވާއިދު
މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-75)
ކިޔުންތެރިންގެ ހިޔާލު