-

މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-75) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-123)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ޖޫން 2023 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ބާބު 2 ގެ ނަން އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަސްވެރިކަމުގައި ދައު ބޭނުންކުރުން

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަސްވެރިކަމުގައި ދައު ބޭނުންކުރުން 5.

(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަ ހައްދުގައި ވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައި ދައު ބޭނުންކުރަންވާނ،ީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަހައްދުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭގޮތަށް ރަށުފެންވަރުގައި ސަގާފީގޮތުން ކުރާ މަސްވެރިކަމުގައި ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރެވޭނ،ީ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ތައާރުޒު ނުވާ ގޮތުގެ މަތީން، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުއްދަ ލިބިގެންނެވެ. މިގޮތަށް ކުރެވޭ މަސްވެރިކަމުގައި ދައު ބޭނުންކުރަންވާނ،ީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

(ނ) މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައ،ި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުފަޅުންނާއ،ި މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުންނާއި ދައުލަތުގެ އެހެން އިދާރާއެއްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށުގެ ފަޅުންވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައި ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރަންވާނީ އެ ރަށެއްގެ ބެލެނިވެރި ފަރާތުގެ ހުއްދަ ލިބިގެން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާގޮތުގެ މަތީންނެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ކައުންސިލްތަކުންނާއި އެ ރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުން ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުން ދޫކުރާ ހުއްދައިގެ މައުލޫމާތު (ހުއްދަދެވޭ ފަރާތާއ،ި ހުއްދަދެވޭ ހަރަކާތާއ،ި ހުއްދައިގެ މުއްދަތު ހިމެނޭހެން) މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ބ) ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދައު އަޅައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް އޮތް އުޅަނދަކުން އެންވެރިކަން ކުރުމަށް ދައު ބޭނުންކުރުން މި މާއްދާގެ ދަށުން އިސްތިސްނާވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

މަސްވެރިކަންކުރުމުގައި ކުރުން މަނާ ކަންތައްތައް 12.

(ހ) މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި އެ ސަރަހައްދަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މަސްވެރިކަން ކުރުން.

(ށ) މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރުގެ ބާވަތެއް ހޯދުމަށް ނުވަތަ ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން.

(ނ) ރޮދުލުން.

(ރ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރުން.

(ބ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން. 

(ޅ) އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިންގާ ސަރަހައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން.

(ކ) ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައްޔާއި ވަކި އަތޮޅެއްގެ ގޮތުގައި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލުގެ ސަރަހައްދުން ބޭރުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގެ ހަރަކާތެއް ހިންގުން.

(އ) ކަނޑުގެ މާހައުލުގެ މައުލޫމާތު އެއްކުރުމަށް ޓަކައި ކަނޑަށް ދޫކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ ބޮއެއް (ޑޭޓާ ބޮއި) ގެ ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލަށްވުރެ ކައިރިން މަސްވެރިކަން ކުރުން، ނުވަތަ ޑޭޓާ ބޮއެއްގައި ނުވަތަ ބޮއިގެ ނަގިލި ވަލުގައި އުޅަނދު ނުވަތަ މަސްވެރިކަމުގެ އާލާތެއް އެއްސުން ނުވަތަ ހަރުކުރުން ނުވަތަ އެފަދަ ބޮއެއްގެ ނަގިލި ވައު ކަނޑައިލުން ނުވަތަ ޑޭޓާ ބޮއިގެ އެއްވެސް ބަޔަކަށް ގެއްލުމެއް ދިނުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން 14.

ގައުމީގޮތުންނާއި ބައިނަލްއަގުވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮޑިވެރިޔާ އާއި އޮޕަރޭޓަރުގެ މަސްއޫލިއްޔަތުތައް 15.

މިނިސްޓްރީން މަސްވެރިކަން ކުރުމަށް ދޫކުރާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ފީނުމަށް ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ރައްކައުތެރި އާލާތްކަން ކަށަވަރު ކުރުމަށް ޓަކައި އެ ތަކެތި ގަވާއިދުން ސަރވިސްކޮށް ބެލެހެއްޓުމަކީ އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރުގެ މަސްއޫލިއްޔަތެކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކެޔޮޅު ނުވަތަ މާސްޓަރ، ކުރުން މަނާ ކަންތައްތައް 16.

(ހ) މި ގަވާއިދުގެ ދަށުން، އަންނަނިވި ކަންކަން، އުޅަނދުގެ ކެޔޮޅު ނުވަތަ މާސްޓަރު ކުރުމަކީ މަނާކަމެކެވެ.

  1. މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ނެތް މީހަކު އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުން؛
  2. މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ މިންގަނޑާ ހިލާފަށް އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުން؛
  3. މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނާ މީހުންނަކީ އެފަދަ ފީނުމުގެ ހަރަކާތެއް ހިންގޭނެފަދަ ހާލަތެއްގައި ހުރި މީހެއްކަން ކަށަވަރުނުކޮށް ފީނުވުން؛
  4. ފީނުމަށް ރައްކައުތެރި ނޫން ނުވަތަ ގަވާއިދުން ސަރވިސްކޮށްފައި ނުވާ އާލާތެއް ބޭނުންކޮށްގެން ފަޅުވެރިއަކު ލައްވައި ފީނުވުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން މަނާ ބާވަތްތައް ކަނޑައެޅުން 17.

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ހިފުން،ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން ނުވަތަ އެފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް އުޅަނދެއްގައި ނުވަތަ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވާ ދިވެހި އެއްވެސް އުޅަނދަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން، ނުވަތަ އެފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް އުޅަނދެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ލިބިގެން ހިންގާ މަށްރޫއެއްގެ ނުވަތަ ދިރާސާއެއްގެ ދަށުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް ނެގުން ނުވަތަ ހިފުން މި މާއްދާ ގެ (ހ) އާއި (ށ) އިން އިސްތިސްނާ ވާނެއެވެ.

(ރ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ ބާވަތުގެ އެއްޗެއް މަސްވެރިކަމުގެ ހަރަކާތެއްގެ ތެރޭގައި ނެގިއްޖެނަމަ، އެ ބާވަތަކަށް ވީހާވެސް ގެއްލުން ކުޑަވާނޭހެން، ލަސްނުކޮށް ދޫކޮށްލަންވާނެއެވެ. އަދި އެ ފަރާތަކީ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިގެން މަސްވެރިކަމުގައި 
ހަރަކާތްތެރިވާ ފަރާތެއް ނަމަ، އެ މަސްވެރިކަމަކަށް ކަނޑައެޅިފައިވާ ލޮގުފޮތް މެދުވެރިކޮށް އެކަން މިނިސްޓްރީއަށް ރިޕޯޓު ކުރަންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި އެ ފަރާތެއް މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ބާވަތެއް ދޫކޮށްލައިފައި ނުވާނަމަ ބެލެވޭނީ، އެއީ ގަސްތުގައި ހިފައިފައިވާ ނުވަތަ ނަގައިފައިވާ ނުވަތަ ބާނައިފައިވާ ބާވަތެއް ކަމަށެވެ.

(ޅ) މަސްވެރިކަމުގައި ނުވަތަ އެހެން ބޭނުމެއްގައިވިޔަސް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތަކަށް ގެއްލުންދިނުން ނުވަތަ ގޯނާކުރުން ނުވަތަ ދިއްލައިގެން ތިލަކުރުން ނުވަތަ އެފަދަ ކަމެއް ކުރަން މަސައްކަތްކުރުމަކީ މަނާކަމެކެވެ.

(ކ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބާވަތްތައް، ތިރީގައިވާ ގޮތުގެ މަތީން ބޭނުންކުރުމަކީ މަނާ ކަމެކެވެ.

  1. އެ ބާވަތްތަކާއި އެ ބާވަތެއްގެ ބައިތަކުން ހަދައިފައިވާ ތަކެތީން ވިޔަފާރިކުރުން، ނުވަތަ އެފަދަ ވިޔަފާރިއެއް ކުރުމަށް އިސްތިހާރުކުރުން، ނުވަތަ ވިޔަފާރިކުރާ ތަނެއްގައި ނުވަތަ އާންމު ތަނެއްގައި ޑިސްޕްލޭކޮށްފައި ބެހެއްޓުން، ނުވަތަ އެފަދަ ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް ވިއްކުމަށް އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރުން؛
  2. އެ ބާވަތްތަކާއ،ި އެ ބާވަތްތަކުގެ ބައިތަކާއ،ި އެ ބާވަތެއްގެ ބައިތަކުން ހަދައިފައިވާ ތަކެތި އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުން ނުވަތަ އިމްޕޯޓުކުރުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް މަސައްކަތްކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އިތުރުކުރުން.

ކަނދުފަތި ދޫކުރުން ނުވަތަ އެޅުން 20.

(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައ،ި އެއްވެސް ފަރާތަކުން، އޮޔާދާ ކަނދުފަތި (ޑްރިފްޓިންގ ފެޑް) ދޫކުރުމަކީ ނުވަތަ އެޅުމަކީ މަނާކަމެކެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަނދުފަތި ކައިރިން މަސްވެރިކަންކުރުން 22.

(ހ) ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 (ތިނެއް) މޭލު ސަރަހައްދުގައި ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

(ށ) މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 1 (އެކެއް) މޭލު ސަރަހައްދުގައި ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅައިފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ 3 (ތިނެއް) މޭލުގެ ސަރަހައްދުގައި އަންނަނިވި ހަރަކާތްތައް ހިންގުމަކީ މަނާކަމެކެވެ.

  1. ދިރޭ އެންޖަހައިގެން އަޑިއަށް ފެއްތުން؛
  2. ވަދު ދެމުމާއި ވަދު ފެއްތުން؛
  3. ނަނު ނުވަތަ ރޯލު ދޫކުރުން؛
  4. އެމުގެ ގޮތުގައި ތާވަޅަ ބޭނުން ކުރުން؛
  5. ކަނދުފަތީގެ އެއްވެސް ބައެއްގައި ވައު އަޅުވައ،ި ނުވަތަ ވައު އައްސައ،ި އޭގައި އުޅަނދުފަހަރު އަޅައިގެން ތިބުން؛
  6. އޮއިވާލި ކަނދުފައްޗަށް ނުވަތަ ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް އަމަލެއް ހިންގުން؛
  7. ވައިފުޅި އަޅައިގެން ފީނުން.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިނިސްޓްރީގެ ފަރާތުން މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ހާއްސަކޮށްގެން އަޅައިފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ 1 (އެކެއް) މޭލުގެ ސަރަހައްދުގައި އަންނަނިވި ހަރަކާތްތައް ހިންގުމަކީ މަނާކަމެކެވެ.

  1. ކަނދުފަތީގެ އެއްވެސް ބައެއްގައި ވައު އަޅުވައ،ި ނުވަތަ ވައު އައްސައ،ި އޭގައި އުޅަނދުފަހަރު އަޅައިގެން ތިބުން؛
  2. ވައިފުޅި އަޅައިގެން ފީނުން؛
  3. އޮއިވާލި ކަނދުފައްޗަށް ގެއްލުންވާނެ އެއްވެސް އަމަލެއް ހިންގުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާއަށް އަންނަނިވި މާނަކުރުންތައް، އަންނަނިވި ގޮތަށް އިތުރުކުރުން.

މާނަކުރުން .35

(ލ) "ކުށް" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައްޔާއ،ި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި މަނާކަމެއް ކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ.

(ގ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނ،ީ މަސްވެރިކަން ކުރާ އުޅަނދެއްގައ،ި އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

(ޏ) "އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނ،ީ އެއް ސަރަހައްދަކަށް މަސް ޖަމާކުރުމުގެ ނުވަތަ އަވަލެއްވުމުގެ މަގުސަދުގައި ކަނޑުގައި ނަގިލި ލައިގެން ފެންމަތީގައި އޮޔާދެމޭގޮތަށް ހަރުކުރާ ބޮޔަށް ނުވަތަ އެފަދަ އެހެން އެއްޗަކަށާއި އެ ބޮއި ނުވަތަ އެ އެއްޗަކާ ގުޅިފައިވާ ބައިތަކަށެވެ.

(ސ) "އޮޔާދާ ކަނދުފަތި ނުވަތަ "ޑްރިފްޓިންގ ފެޑް" ކަމަށް ބުނެފައި އެވަނ،ީކަނޑުގައި ނަގިލި ލައިގެން ހަރުކޮށްފައި ނުވ،ާ އެއް ސަރަހައްދަކަށް މަސް ޖަމާކުރުމުގެ ނުވަތަ އަވަލެއްވުމުގެ މަގުސަދުގައި ދޫކުރާ ބޮޔަށް ނުވަތަ އެފަދަ އެހެން އެއްޗަކަށާއި އެ ބޮއި ނުވަތަ އެ އެއްޗަކާ ގުޅިފައިވާ ބައިތަކަށެވެ.

(ޑ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނ،ީ ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނ،ާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް، ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމުތައް ގަބޫލުކުރާ ފަރާތާއ،ި ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް، ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް، ނުވަތަ ޑިރެކްޓަރަށ،ް ނުވަތަ ސެކްރެޓަރީއަށެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ދައު ހުންނަންވާނެ ގޮތާއި ދައު ބޭނުންކުރަންވާނެ ގޮތުގެ އުސޫލު

(ހ) ދަލުގެ ބޮޑުމިން

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދައު 300 (ތިންސަތޭކަ) ފޫޓަށް ވުރެ ދިގުވެގެން ނުވާނެއެވެ.

(ށ) ދައު ބޭނުންކުރަންވާނެ ގޮތުގެ އުސޫލު 

    • މަސްވެރިކަންކުރުމަށް ދައު ދެމުމަށްފަހ،ު ދައު ދޫކޮށްލައިފައި ނުދިއުން.
    • މަސްވެރިކަން ކުރުމަށް ދައު ބޭނުންކުރާއިރު ފަރަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުން.

2 (ދޭއް) ގަޑިއިރަށް ވުރެ ގިނައިރު ދައު ދަމައިފައި ނުބޭއްވުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ ނަންބަރު 6 އާއި 10 އުނިކޮށ،ް ނަންބަރުތައް ތަރުތީބުކުރުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 7 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކޮށ،ް ނަންބަރުތައް ތަރުތީބުކުރުން.

މަސްވެރިކަމުގައި ދިރޭ އެމަށް ބޭނުމަށްކުރާ އަންނަނިވި ބާވަތްތައް:

(ހ) ބޯދި، ފަތާ Cardinal fishes
(ށ) މުގުރާން Fusiliers (Caesionidae)
(ނ) ނިލަމެހި Blue green damselfish (Chromis viridis)
(ރ) ބުރެކި Fusilier damselfish (Lepidozygous tapeinosoma)
(ބ) ރެހި Silver sprat (Spratelloides gracilisi)
(ޅ) ހޮނޑެލި Blue spart (Spratelloides delicatulus)
(ކ) މޔަރެން Anchovey (Encrasicholina heteroloba)
(އ) މުށިމަސް Bigeye scad (Selar crumenophthalmus)
(ވ) ރިތްމަސް Mackerel scad (Decapterus macarellus)
(މ) ކަޅުރޮނޑު Black triggerfish (Melichthys niger)

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 4 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

# ކުށް ޖޫރިމަނާކުރެވޭ ފަރާތް ޖޫރިމަނާ (ޖޫރިމަނާކުރެވޭ ކޮންމެ ފަރާތަކަށް) ކުށް ތަކުރާރުކޮށްފި ނަމަ
1. މި ގަވާއިދާ ހިލާފަށް މީހުން  ދިރިއުޅޭ ރަށްރަށުގެ ފަޅުގެ  ސަރަހައްދުގައި ދައު އަޅައިގެން މަސްވެރިކަންކުރުން ކުށް ކުރި ފަރާތް ނުވަތަ ފަރާތްތައް 2،000 ރުފިޔާ

- އެންމެ ފަހުން ކޮށްފައިވާ  ޖޫރިމަނާގެ އަދަދަށް 500
ރުފިޔާ އިތުރުކޮށްފައި  ޖޫރިމަނާކުރުން.

- ގިނަވެގެން 5،000 ރުފިޔާއާ ހަމަޔަށް.

2. މި ގަވާއިދާ ހިލާފަށް ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދައު އަޅައިގެން މަސްވެރިކަންކުރުން

- ވަކި ފަރުދެއް ނަމަ، ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، އުޅަނދުގެ 
ކެޔޮޅު ނުވަތަ ވެރިފަރާތް

3،500 ރުފިޔާ

- އެންމެ ފަހުން ކޮށްފައިވާ 
ޖޫރިމަނާގެ އަދަދަށް 500
ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން.

- ގިނަވެގެން 5،000 ރުފިޔާއާ ހަމަޔަށް.

3.  3 ވަރުވާއަށް ނުވަތަ ދިގު  މުއްދަތަށް ކުށްޔަށް ދީފައިވާ  ރަށެއްގެ އިހްތިސާސްގެ  ތެރޭގައިވާ ސަރަހައްދަކުން  ހުއްދަ ނެތި މަސްވެރިކަން  ކުރުން ކުށް ކުރި ފަރާތް ނުވަތަ ފަރާތްތައް 3،000 ރުފިޔާ

- އެންމެ ފަހުން ކޮށްފައިވާ  ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން. 

- ގިނަވެގެން 5،000 ރުފިޔާއާ ހަމަޔަށް.

4. މަސްވެރިކަން ކުރަން ހުއްދަ  ސަރަހައްދެއްގައ،ި މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މަސްވެރިކަން  ކުރަމުންދާ ބަޔަކަށް ދަތިވާފަދަ ގޮތަކަށް ނުވަތަ މަސްވެރިކަން ކުރުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ހަރަކާތްތެރިވުން

- ވަކި ފަރުދެއް ނަމަ، ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، އުޅަނދުގެ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ

 

5. ޓޫރިސްޓް ރިސޯޓެއްގެ ފަޅުގެ ސަރަހައްދުގެ ތެރެއިން  މަސްވެރިކަން ކުރުން

- ވަކި ފަރުދެއް ނަމަ، ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، އުޅަނދުގެ ކެޔޮޅު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ

-

6. މަސްވެރިކަމުގެ ބޭނުމަށް  ކަނޑުމަހުގެ ބާވަތެއް ނުވަތަހިބަރުގެ ބާވަތެއް ހޯދުމަށް  ނުވަތަ ހިފުމަށް ޑްރޯން  ނުވަތަ ވައިގެ އުޅަނދެއް  ބޭނުންކުރުން އުޅަނދުގެ ކެޔޮޅު ނުވަތަ ވެރިފަރާތް 2،500 ރުފިޔާ

- އެންމެ ފަހުން  ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން. 

- ގިނަވެގެން 5،000 ރުފިޔާއާ ހަމަޔަށް.

7. ބޮޑު ދަލުގެ (ޕަރސްސެއިން) މަސްވެރިކަން ކުރުން 

- އުޅަނދުގެ ކެޔޮޅު

- އުޅަނދުގެ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

400،000 ރުފިޔާ

8. އޮޔާދާ ދަލުގެ (ޑްރިފްޓް  ނެޓް) މަސްވެރިކަން ކުރުން

- އުޅަނދުގެ ކެޔޮޅު އުޅަނދުގެ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

400،000 ރުފިޔާ

-

9. ދަމާ ދަލުގެ (ޓްރޯލް ނެޓް) 
މަސްވެރިކަން ކުރުން 
   400،000 ރުފިޔާ

-

10. 10 އަމިއްލަ ބޭނުމަށް ކުރާ 
މަސްވެރިކަމާއި އެންވެރިކަމަށް ފިޔަވައި ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރުން

- ވަކި ފަރުދެއް ނަމަ، ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، އުޅަނދުގެ ކެޔޮޅު ނުވަތަ ވެރިފަރާތް

100،000 ރުފިޔާ

-

11. ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް 
އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން

- ވަކި ފަރުދެއް ނަމަ ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، އުޅަނދުގެ ކެޔޮޅު ނުވަތަ ވެރިފަރާތް

100،000 ރުފިޔާ

- އެންމެ ފަހުން 
ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 30,000 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން.

ގިނަވެގެން 400,000 ރުފިޔާއާ ހަމަޔަށް

12. މަސްވެރިކަން ކުރުމުގައި 
ގަވާއިދާ ހިލާފަށް ބިދޭސީން 
ބޭނުންކުރުން (ކޮންމެ 
ބިދޭސީއަކަށް)

- ކެޔޮޅު

- އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ

-

13. މަސްވެރިކަމުގެ ބޭނުމަށް 
ފީނުމުގައި އެކަމުގެ ސެޓުފިކެޓެއް ނެތި ހަރަކާތްތެރިވުން 

ކުށް ކުރި ފަރާތް

5،000 ރުފިޔާ

-

14. ފީނުމުގެ ސެޓުފިކެޓެއް  ލިބިފައި ނެތް ނުވަތަ ފީނުމުގެ ހަރަކާތެއް ހިންގޭނެ  ފަދަ ހާލަތެއްގައި ނެތް ފަރާތެއް ފީނުމުގެ  ހަރަކާތެއްގައި ބައިވެރިވެރިކުރުވުން

- ކެޔޮޅު

-  އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ

-

15. މަސްވެރިކަމުގެ ބޭނުމަށް  ފީނުމުގައި ރައްކައުތެރި ނޫން  ނުވަތަ ގަވާއިދުން  ސަރވިސްކޮށްފައިނުވާ އާލާތް ހުރުން

އުޅަނދުގެ ވެރި ފަރާތް ނުވަތަ އޮޕަރޭޓަރު

5،000 ރުފިޔާ

-

16. މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ރައްކައުތެރި ނޫން ނުވަތަ ގަވާއިދުން ސަރވިސްކޮށްފައިނުވާ އާލާތެއް ބޭނުންކުރުން

- ކެޔޮޅު

- އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ

-

17. ހުއްދަ ނެތި ލޮނުފެނުގެ  ދިރުމެއް އެތެރެކުރުން ނުވަތަ 
އެތެރެކުރުމަށް މަސައްކަތްކުރުން

ކުށް ކުރި ފަރާތް

3،000 ރުފިޔާ

- އެންމެ ފަހުން ކޮށްފައިވާ  ޖޫރިމަނާގެ  އަދަދަށް 1,000 ރުފިޔާ  އިތުރުކޮށްފައި  ޖޫރިމަނާކުރުން.

- ގިނަވެގެން 
5,000 ރުފިޔާއާ 
ހަމަޔަށް.

18. ކަނދުފައްޗެއް ކައިރިން، މި ގަވާއިދާ ހިލާފަށް  މަސްވެރިކަންކުރުން

- ވަކި ފަރުދެއް ނަމަ، ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، ކެޔޮޅު ނުވަތަ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ

19. 19 ދިވެހިރާއްޖޭގެ ކަނޑުގެ 
ސަރަހައްދުގައި އޮޔާދާ ކަނދުފަތި (ޑްރިފްޓިންގ ފެޑް) ދޫކުރުން ނުވަތަ އެޅުން

- ކެޔޮޅު

- އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ - އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް  5,000 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން. ގިނަވެގެން 
100,000 ރުފިޔާއާ ހަމަޔަށް
20. އަމިއްލަ ފަރާތަކުން  ކަނދުފަތި އެޅުން

ކުށް ކުރި ފަރާތް

5،000 ރުފިޔާ

-

21. ޑޭޓާ ބޮއެއްގެ ކައިރިން،  މި ގަވާއިދާ ހިލާފަށް  މަސްވެރިކަން ކުރުން ނުވަތަ  މަސްވެރިކަމާ ގުޅުން ހުރި  ހަރަކާތެއް ހިންގުން

- ވަކި ފަރުދެއް ނަމަ، ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، ކެޔޮޅު ނުވަތަ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

5،000 ރުފިޔާ

-

22. މިނިސްޓްރީއަށް ފޯރުކޮށްދިން  މައުލޫމާތަކީ ދޮގު ނުވަތަ  ސައްހަ ނޫން މައުލޫމާތަކަށް  ވުން

ކުށް ކުރި ފަރާތް

5،000 ރުފިޔާ

-

23. ދިވެހިރާއްޖޭގެ ކަނޑުގެ  ސަރަހައްދުން ބޭރުގައި  ހުއްދަނެތި ދިވެހިރާއްޖޭގެ  މަސްވެރި އުޅަނދެއް  ހަރަކާތްތެރިވުން

- އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު

- ކެޔޮޅު 

75،000 ރުފިޔާ

-

24. އެހެން ގައުމެއްގެ ސިޔާދަތީ 
ބާރު ހިނގާ ސަރަހައްދެއްގައި 
ދިވެހިރާއްޖޭގެ މަސްވެރި  އުޅަނދެއް ހަރަކާތްތެރިވުން

- އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު

- ކެޔޮޅު 

150،000 ރުފިޔާ

-

25. ދިވެހިރާއްޖޭގެ ކަނޑުގެ  ސަރަހައްދުގެ އެތެރެވަރިން  ބޭރު ސަރަހައްދުގައި އެއް  އުޅަނދުން އަނެއް އުޅަނދަށް  މަސް ބަދަލުކުރުމުގެ  ހަރަކާތެއް ހިންގުން

- އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު

- ކެޔޮޅު

5،000 ރުފިޔާ

26. މިނިސްޓްރީން އައްޔަނުކުރާ  ފިށަރީޒް ރޭންޖަރުންނާއި  އޮބްޒާވަރުންނަށް މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގާ ފަރާތަކުން އެއްބާރުލުން ނުދިނުން

- ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، ކެޔޮޅު ނުވަތަ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

1،000 ރުފިޔާ

- އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން.

ގިނަވެގެން 5,000 ރުފިޔާއާ ހަމަޔަށް

27.

ހިމާޔަތްކޮށްފައިވާ ބާވަތެއް (ޖަދުވަލު 2) ގައިވާ  ބާވަތަކަށް ގެއްލުން ދިނުން ނުވަތަ ގޯނާކުރުން

- ވަކި ފަރުދެއްނަމަ ކުށް ކުރި ފަރާތް

- އުޅަނދެއް ނަމަ، ކެޔޮޅު ނުވަތަ އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

10،000 ރުފިޔާ

- އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން.

- ގިނަވެގެން 400,000
ރުފިޔާއާ ހަމަޔަށް. 

ލައިސަންސް ނަގަންޖެހޭ ފަރާތެއް ނޫން ނަމަ،  ގިނަވެގެން 5,000 ރުފިޔާ

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ޖޫރިމަނާ ހިސާބުކުރެވޭ ކުށް ތައް 

 

#

ކުށް

ޖޫރިމަނާކުރެވޭ ފަރާތްތައް

ޖޫރިމަނާ ހިސާބުކުރުމުގައި ރިއާޔަތް  ކުރަންޖެހޭ ކަންތައްތައް

1.

 ހިމާޔަތްކޮށްފައިވާ ބާވަތެއް (ޖަދުވަލު 2 ގައި  ބަޔާންކޮށްފައިވާ ބާވަތެއް) ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން ނުވަތަ މެރުން

 - ވަކި ފަރުދެއްނަމަ، ކުށް ކުރި ފަރާތ.ް

އުޅަނދެއް ނަމަ، ކެޔޮޅު ނުވަތަ 
އޮޕަރޭޓަރު ނުވަތަ ވެރިފަރާތް.

- ހިފައިފައިވާ ބާވަތުގެ މާކެޓް އަގު ނުވަތަ ކަޅު ބާޒާރުގެ އަގު.

- ހިފައިފައިވާ ބާވަތުގެ މުހިން މުކަން މާހައުލީ ނިޒާމަށް އޮތް މިންވަރު.

- ހިފައިފައިވާ މިންވަރު ނުވަތަ ބަރުދަން.

ޖޫރިމަނާކުރާނީ މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ހިސާބުކުރެވޭ  އަދަދުގެ 4 (ހަތަރެއް) ގުނައަށްވާ މިންވަރަށެވެ.

ލައިސަންސެއް ލިބިފައިވާ ފަރާތެއްނަމަ، ގިނަވެގެން 400,000 ރުފިޔާ އަދި  އެހެނިހެން ފަރާތްތަކުން ގިނަވެގެން 5,000 ރުފިޔާ. 

2.

 ހިމާޔަތްކޮށްފައިވާ ބާވަތެއް (ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބާވަތެއް) ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބަޔަކުން ހަދައިފައިވާ އެއްޗެއް ނުވަތަ އުފައްދައިފައިވާ އުފެއްދުމެއް އުޅަނދުގައި ބެހެއްޓުން ނުވަތަ އޭގެ ވިޔަފާރިކުރުން ނުވަތަ ވިޔަފާރިއަށް ޑިސްޕްލޭކުރުން ނުވަތަ ބެހެއްޓުން ނުވަތަ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން ނުވަތަ އިމްޕޯޓުކުރުމާއި  އެކްސްޕޯޓުކުރުމަށް މަސައްކަތްކުރުން

 

- ކުށް ކުރި ފަރާތް

އުޅަނދެއް ނަމަ، ކެޔޮޅު ނުވަތަ  އޮޕަރޭޓަރު ނުވަތަ ވެރިފަރާތް

- ބާވަތުގެ މާކެޓް އަގު ނުވަތަ ކަޅު ބާޒާރުގެ އަގު.

- ބާވަތުގެ މުހިންމުކަން މާހައުލީ ނިޒާމަށް އޮތް މިންވަރު.

- މިންވަރު ނުވަތަ ބަރުދަން

- ހަރަކާތް ހިންގާ އުޅަނދުގެ ބާވަތް

ޖޫރިމަނާކުރާނީ މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ހިސާބުކުރެވޭ އަދަދުގެ 4 (ހަތަރެއް) ގުނައަށްވާ މިންވަރަށެވެ.

ލައިސަންސް ނަގަންޖެހޭ ފަރާތެއްނަމަ، ގިނަވެގެން 400,000 ރުފިޔާ އަދި އެހެނިހެން ފަރާތްތަކުން ގިނަވެގެން 5,000 ރުފިޔާ،

3. ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުން މަނާ ބާވަތެއް ނުވަތަ އެފަދަ ބާވަތެއް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއް (ޖަދުވަލު 3) އެކްސްޕޯޓްކުރުން ނުވަތަ  އެކްސްޕޯޓްކުރަން މަސައްކަތްކުރުން

- ވަކި ފަރުދެއްނަމަ، ކުށް ކުރި  ފަރާތް

ކުންފުންޏެއް ނަމަ، އެ ކުންފުނި

- އެކްސްޕޯޓް ކޮށްފައިވާ ނުވަތަ  އެކްސްޕޯޓް ކުރުމަށް މަސައްކަތް  ކޮށްފައިވާ ބާވަތުގެ މާކެޓް އަގު ނުވަތަ  ކަޅު ބާޒާރުގެ އަގު.

- އެ ބާވަތުގެ މުހިންމުކަން މާހައުލީ ނިޒާމަށް އޮތް މިންވަރު.

- އެކްސްޕޯޓް ކޮށްފައިވާ ނުވަތަ 
އެކްސްޕޯޓް ކުރުމަށް މަސައްކަތް 
ކޮށްފައިވާ ބާވަތުގެ މިންވަރު ނުވަތަ ބަރުދަން.

ޖޫރިމަނާކުރާނީ މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ހިސާބުކުރެވޭ އަދަދުގެ 4 (ހަތަރެއް) ގުނައަށްވާ މިންވަރަށެވެ.

ލައިސަންސް ނަގަންޖެހޭ ފަރާތެއް ނޫން ނަމަ، ގިނަވެގެން 5,000 ރުފިޔާ. 

4. މިނިސްޓްރީގެ ފަރާތުން ހަރުކުރާ ކަނދުފައްޗަކަށް ގެއްލުން ދިނުން، ނުވަތަ ކަނދުފައްޗަށް އުނިއިތުރެއް ގެނައުން.

- ވަކި ފަރުދެއްނަމަ، ކުށް ކުރި 
ފަރާތ.ް

- އުޅަނދެއް ނަމަ، ކެޔޮޅު ނުވަތަ ވެރި ފަރާތް ނުވަތަ އޮޕަރޭޓަރު

އާންމު މިންގަނޑަށް ކަނދުފަތި ގެނައުމަށް ކުރަންޖެހޭ ހަރަދު

ލައިސަންސް ނަގަންޖެހޭ ފަރާތެއްނަމަ، ގިނަވެގެން 400,000 ރުފިޔާ އަދި އެހެނިހެން ފަރާތެއްނަމަ، ގިނަވެގެން 5,000 ރުފިޔާ.

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-75)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު