ބާ އިމްތިހާނުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2024-16)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާއިން ބާރު ލިބިގެން، ބާ އިމްތިހާނާ ގުޅޭ މިންގަނޑުތަކާއި، ބާ އިމްތިހާނުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކޮށް އެކުލަވައިލައިފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ބާ އިމްތިހާނުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ށަރުތުތައް
ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގުރީއެއް ހާސިލުކޮށްފައިވުން.
(ނ) ބާ އިމްތިހާނުގައި ރަޖިސްޓަރީވުމަށް ފުރިހަމަވާންޖެހޭ އެންމެހައި ށަރުތުތައް ފުރިހަމަވުން.
(ރ) ބާ އިމްތިހާނުގެ ފީ ދެއްކުން.
3 ވަނަ މާއްދާ - އެސެސްމަންޓް ބޯޑު އެކުލެވިގެންވާ ގޮތް
ބާ އިމްތިހާނުގެ އެސެސްމަންޓް ބޯޑު އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
(ހ) އިމްތިހާނު ޑިވެލޮޕްކުރާ ފަރާތްތައް ތަމްސީލުކުރާ އަންނަނިވި ފަރާތްތައް:
- އެސެސްމަންޓް އެކްސްޕަރޓް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
- ސައިކޯމެޓްރީށަން ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
- ޗީފް އޮފް އެގްޒަމިނޭށަންސް؛ (އިތުރު ކުރެވިފައި)
- ބާ އެގްޒާމް ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ޗެއަރޕަރސަން ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް؛ (އިތުރު ކުރެވިފައި)
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް. (އިތުރު ކުރެވިފައި)
(ށ) އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި އައްޔަނުކުރަންވާނީ އެސެސްމަންޓް އެކްސްޕަރޓް ނުވަތަ އޭނާ އައްޔަނުކުރާ ފަރާތެކެވެ. (އިސްލާހު ކުރެވިފައި)
1. (އުނި ކުރެވިފައި)
2. (އުނި ކުރެވިފައި)
3. (އުނި ކުރެވިފައި)
(ނ) އެސެސްމަންޓް ބޯޑަށް ބޭނުންވާ ފަންނީ ލަފާ ހޯދުމާއި، އެފަދަ ލަފާ ހޯދުމުގެ ގޮތުން އެ ފަންނީ ލަފާދޭ ފަރާތެއް އެސެސްމަންޓް ބޯޑުގައި ބައިވެރިކުރުމުގެ އިހުތިޔާރު އެސެސްމަންޓް ބޯޑަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ރ) (އުނި ކުރެވިފައި)
4 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ކޯރަމް
އެސެސްމަންޓް ބޯޑުގެ ބައްދަލުވުންތަކުގެ ކޯރަމަކީ، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސް ނުވަތަ ޗީފް އޮފް އެގްޒަމިނޭށަންސް ހިމެނޭގޮތުން 3 (ތިނެއް) މެންބަރުންނެވެ. (އިސްލާހު ކުރެވިފައި)
5 ވަނަ މާއްދާ - އެސެސްމަންޓް ބޯޑުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް
އެސެސްމަންޓް ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ބާ އިމްތިހާނުން ފާސްވާ މާކްސް ކަނޑައެޅުމާއި، ބާ އިމްތިހާނުގެ ބައިވެރިންގެ ނަތީޖާއާ ގުޅުންހުރި ނިންމުންތައް ނިންމުން.
(ށ) މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅުންހުރި އެޕްލިކޭށަންތައް ރިވިއުކުރުމާއި، އެ އެޕްލިކޭށަންތަކާ ގުޅުންހުރި ނިންމުންތައް ނިންމުން.
(ނ) މެލްޕްރެކްޓިސްއާއި އިމްޕްރޮޕަރ ކޮންޑަކްޓްގެ ތުހުމަތުތައް ރިވިއުކުރުމާއި، އެފަދަ ތުހުމަތުތަކާ ގުޅުންހުރި ނިންމުންތައް ނިންމުން. (އިސްލާހު ކުރެވިފައި)
(ރ) ކޮމިޓީއަށް ފޮނުވާ އެހެނިހެން ކަންތައްތައް ރިވިއުކޮށް އެކަމާ ގުޅުންހުރި ނިންމުންތައް ނިންމުން.
6 ވަނަ މާއްދާ - ހާއްސަ އެކޮމޮޑޭށަންސް (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ފެށޭ އިބާރާތް (އުނި ކުރެވިފައި)
(ހ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަމެއް ރީޒަނަބަލް އެޖަސްޓްމަންޓްސް ހުންނަ ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ އެކަށީގެންވާ އިންތިޒާމުތައް (Reasonable Adjustments) ނުވަތަ ހާއްސަ އިންތިޒާމުތައް (special accommodations) ހަމަޖެއްސުމަށް އެދޭ ނަމަ، އެކަމަށް އެދި ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ. (އިތުރު ކުރެވިފައި)
(ށ) ސްޕެށަލް އެކޮމޮޑޭށަންސްއަށް އެދި ބާ ކައުންސިލަށް ހުށަހަޅާނެ އިޖުރާއަތު، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ސްޕެށަލް އެކޮމޮޑޭށަންސްއާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ. (އިތުރު ކުރެވިފައި)
6-1 ވަނަ މާއްދާ - ފިޓް ޓު ސިޓް (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)
މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ ކަމެއް ބާ ކައުންސިލަށް އަންގާހައި ހިނދަކު، އިމްތިހާނުގެ އެންމެހައި ބައިވެރިންނަކީ، އިމްތިހާނު ހެދުމަށް އެކަށީގެންވާ (fit to sit) ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ. އަދި މި ފަރާތްތަކަކީ މިޓިގޭޓިންގ ސަރކަމްސްޓެންސްއަށް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތް ފަރާތްތަކެއް ކަމަށް ބެލެވޭނެއެވެ.
7 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް
(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން، މިޓިގޭޓިންގ މިޓިގޭޓިންގ ސަރކަމްސްޓެންސްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ސަރކަމްސްޓެންސް ކަންތައްތަކެވެ. (އިސްލާހު ކުރެވިފައި)
- ބާ އިމްތިހާނު ބޭއްވުމުގައި ނުވަތަ އިންތިޒާމުކުރުމުގައި ހެދޭ ގޯސްތައް (mistake or irregularity) ނުވަތަ (އިތުރު ކުރެވިފައި)
- ބަލި ހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހުތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ ސަބަބުން، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތެއްގެ ނަތީޖާއަށް އަސަރުކުރާނެ ކޮންމެ ކަމެއް. (އިތުރު ކުރެވިފައި)
(ށ) މިޓިގޭޓިންގ ސަރކަމްސްޓެންސްއަށް އެދި، ބާ ކައުންސިލަށް ހުށަހަޅާނެ އިޖުރާއަތު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) (އުނި ކުރެވިފައި)
8 ވަނަ މާއްދާ - މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓް
(ހ) މި ގަވާއިދުގެ ބޭނުމަށް "މެލްޕްރެކްޓިސް" މި ލަފުޒު ބޭނުންކޮށްފައިވަނީ، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތަކުން، އިމްތިހާނު ފެށުމުގެ ކުރިން ނުވަތަ އިމްތިހާނުގެ ތެރެއިން ނުވަތަ އިމްތިހާނު ނިމުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކުރާ ޢަމަލެއްގެ ސަބަބުން އެ އިމްތިހާނުގައި ނުވަތަ ފަހުން ބޭއްވޭ އިމްތިހާނެއްގައި، އިމްތިހާނުގައި ބައިވެރިވާ ފަރާތަށް ނުވަތަ އިމްތިހާނުގައި ބައިވެރިވާ އެހެން ފަރާތަކަށް، ބާ އިމްތިހާނާ ގުޅުވައިގެން ނާޖާއިޒު ފައިދާއެއް ލިބިދާނެ ޢަމަލުތަކަށެވެ. "މެލްޕްރެކްޓިސް" ގެ ތެރޭގައި، ބާ އިމްތިހާނުގެ ކޮންޓެންޓާ ގުޅިގެން އެއްވެސް ފަރާތަކާ މަށްވަރާކުރުން ނުވަތަ ބާ އިމްތިހާނުގައި ހިމެނޭ ސުވާލުތަކުގެ ކޮޕީ ހޯދުމާއި، ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި ގަވާއިދުގައި "އިމްޕްރޮޕަރ ކޮންޑަކްޓް" މި ލަފުޒު މާނަކޮށްފައިވަނީ، ބާ އިމްތިހާނުގެ ކުރިން ނުވަތަ އިމްތިހާނުގެ ތެރެއިން ނުވަތަ އިމްތިހާނުގެ ފަހުން، އިމްތިހާނުގައި ބައިވެރިވާ ފަރާތަކުން، އެ އިމްތިހާނަށް ދަތިވާގޮތަށް ހިންގާ ކޮންމެ އަމަލަކަށެވެ.
(ނ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓްގެ ތުހުމަތު އިމްތިހާނުގެ ބައިވެރިއެއްގެ މައްޗަށް ކުރެވޭ ނަމަ، ވީ އެންމެ އަވަހަކަށް، އެ ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކަށް އެކަން އަންގަންވާނެއެވެ. މިފަދަ ހާލަތުގައި، ފުރަތަމަ ނަޒަރުން ބަލާ ބެލުމުން ތުހުމަތުކުރެވޭ ފަދަ ޢަމަލެއް އޮތްކަމަށް ނިންމާނީ ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކުންނެވެ. (އިސްލާހު ކުރެވިފައި)
(ރ) ފުރަތަމަ ނަޒަރުން ބަލާ ބެލުމުން މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓްގެ ޢަމަލެއް ހިންގައިފައިވާކަމަށް ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަށް ގަބޫލުކުރެވޭ ނަމަ، އެފަދަ މައްސަލަ އެސެސްމަންޓް ބޯޑަށް ފޮނުވަންވާނެއެވެ. އަދި އެސެސްމަންޓް ބޯޑުން މިފަދަ މައްސަލަތައް ބެލުމުގައި ތުހުމަތުކުރެވޭ ފަރާތަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް ހިންގައިފިކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފިނަމަ، ބާ ކައުންސިލަށް އެކަން އަންގަންވާނެއެވެ. އަދި މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް ހިންގައިފިކަމަށް ސާބިތުވާ ފަރާތް، ބާ އިމްތިހާނުން ފެއިލްކޮށް، އޭގެ ފަހުން ބާއްވާ ބާ އިމްތިހާނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމުގެ އިހްތިޔާރު،ބާ ކައުންސިލަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - އިސްތިއުނާފު ކުރުން
(ހ) އެސެސްމަންޓް ބޯޑުގެ ނިންމުންތައް އިސްތިއުނާފުކުރުމުގެ ހައްގު އިމްތިހާނުގެ ބައިވެރިންނަށް އަންނަނިވި ހާލަތްތަކުގައި ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
- އެސެސްމަންޓް ބޯޑުން މައްސަލަ ނިންމުމުގެ ކުރިން އެސެސްމަންޓް ބޯޑަށް ހުށަނޭޅޭ ފަދަ މިޓިގޭޓިންގ ސަރކަމްސްޓެންސެއް މެދުވެރިވުން. (އިސްލާހު ކުރެވިފައި)
- އެސެސްމަންޓް ބޯޑުގެ ނިންމުމަށް ވާސިލުވުމުގައި ބޮޑެތި އޮޅުންތަކެއް ހުރިކަމަށް ނުވަތަ ދެކޮޅުނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަވުން؛ ނުވަތަ
- މެލްޕްރެކްޓިސް ނުވަތަ އިމްޕްރޮޕަރ ކޮންޑަކްޓެއް އޮތްކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުމާ ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތުން ދެކޮޅުހެދުން. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ ދަށުން ހުށަހަޅާ އިސްތިއުނާފުތައް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައި ފައިވާ އިސްތިއުނާފު ކުރުމާގުޅޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
10 ވަނަ މާއްދާ - ބާ އިމްތިހާނުގައި ބައިވެރިވުން
ބާ އިމްތިހާނުން ފާސްވަންދެން އެ އިމްތިހާނުގައި ބައިވެރުވުމުގެ ހައްގު، އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ޖަދުވަލުތައް
މި ގަވާއިދާ އެކުގައިވާ ޖަދުވަލުތަކަކީ މި ގަވާއިދުގެ ބައެކެވެ.
12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1
އެސެސްމަންޓް ބޯޑުގެ ނިންމުން އިސްތިއުނާފުކުރުމާ ގުޅޭ އުސޫލު (ސުރުހީ އިސްލާހު ކުރެވިފައި)
1 ވަނަ މާއްދާ - އިސްތިއުނާފު ކުރުން
(ހ) އެސެސްމަންޓް ބޯޑުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ހައްގު، އިމްތިހާނުގެ ބައިވެރިންނަށް، އަންނަނިވި ހާލަތްތަކުގައި ލިބިގެންވެއެވެ.
- އެސެސްމަންޓް ބޯޑުން މައްސަލަ ނިންމުމުގެކުރިން، އެސެސްމަންޓް ބޯޑާ ހިއްސާނުކުރެވޭ ފަދަ މިޓިގޭޓިންގ ސަރކަމްސްޓަންސެއް މެދުވެރިވުން، ނުވަތަ (އިސްލާހު ކުރެވިފައި)
- އެސެސްމަންޓް ބޯޑުގެ ނިންމުމަށް ވާސިލުވުމުގައި ބޮޑެތި އޮޅުންތަކެއް ހުރިކަމަށް ނުވަތަ ދެކޮޅުނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަވުން؛ ނުވަތަ
- މެލްޕްރެކްޓިސް ނުވަތަ އިމްޕްރޮޕަރ ކޮންޑަކްޓެއް އޮތްކަމަށް، އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުމަށް، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތުން ދެކޮޅުހެދުން. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، އިމްތިހާނުން ލިބިފައިވާ ނަތީޖާ ނޭނގުމަކީ، މައްސަލަ ނިމުމުގެ ކުރިން މިޓިގޭޓިންގ ސަރކަމްސްޓެންސްއާބެހޭ މައުލޫމާތު އެސެސްމަންޓް ބޯޑާ ހިއްސާ ނުކުރެވުމަށް އޮތް މަގުބޫލު އުޒުރެއްކަމުގައެއް ނުބެލެވޭނެއެވެ.
2 ވަނަ މާއްދާ - އިސްތިއުނާފު ނުކުރެވޭނެ ހާލަތްތައް
އެސެސްމަންޓް ބޯޑުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ހައްގު، އިމްތިހާނުގެ ބައިވެރިންނަށް،
އަންނަނިވި ހާލަތް ތަކުގައި ލިބިގެ ނެއްނުވެއެވެ.
(ހ) އިލްމީ ނިންމުމެއް (އެކެޑަމިކް ޖަޖްމަންޓް) އިސްތިއުނާފުކުރުން.
(ށ) މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ މައްސަލައެއްގެ ނިންމުމެއް އިސްތިއުނާފުކުރުން.
(ނ) ބާ އިމްތިހާނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެފައި ނުވާކަމަށް ބަޔާންކޮށް އިސްތިއުނާފުކުރުން.
3 ވަނަ މާއްދާ - އިސްތިއުނާފު ކުރުމަށް އޮންނަ އިޖުރާއަތު
މި އުސޫލުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނުވަތަ ސަބަބުތަކެއްގެ މައްޗަށް ހުށަހަޅާ އިސްތިއުނާފުތައް، އެސެސްމަންޓް ބޯޑުގެ ނިންމުން އަންގާތާ ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން ހުށަހަޅާ އިސްތިއުނާފެއްގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހެޅޭ އިސްތިއުނާފެއް ކަމުގައިވުން.
(ށ) މައްސަލަގައި ކަން ހިނގައިފައިވާ ގޮތް ބަޔާންކުރުމުގެ ގޮތުން ބަޔާނެއް ހިމަނައިފައިވުން.
(ނ) މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅުން. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހެކި ހުށަނޭޅޭ ނަމަ، ފަހުން ހެކި ހުށަހަޅާގޮތަށް މި މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) އިސްތިއުނާފާ ގުޅިގެން ހުށަހަޅައިފައިވާ އެންމެހައި ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާނީ ކަންހިނގައިދިޔަގޮތުގެ ހަގީގަތްކަމާއި، އެނގިފައިވާ މިންވަރަކުން ސައްހަ މަޢުލޫމާތުކަމަށް އިގުރާރުވެ، ތާރީހު ޖަހައި، ސޮއިކުރުން. (އިސްލާހު ކުރެވިފައި)
4 ވަނަ މާއްދާ - އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލް
(ހ) މި އުސޫލުގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ބަލާނީ އިސްތިއުނާފުކުރާ ފަރާތުގެ އިމްތިހާނުގެ ނަތީޖާއާމެދު ގޮތް ކަނޑައެޅި އެސެސްމަންޓް ބޯޑުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ނުވަތަ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސީނިއަރ ގާނޫނީ ވަކީލުން ހިމެނޭގޮތުން އައްޔަނުކުރާ 3 (ތިނެއް) މެންބަރުންގެ ޕެނަލަކުންނެވެ. (އިސްލާހު ކުރެވިފައި)
(ށ) އިސްތިއުނާފުކުރާ މައްސަލައާ ނުވަތަ ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތާއި އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ މެންބަރުންނާ މަސްލަހަތު ފުށުއަރައިގެން ނުވާނެއެވެ. އަދި އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ މެންބަރުންނަކީ، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތުގެ ނަތީޖާ ކަނޑައެޅި އެސެސްމަންޓް ބޯޑުގައި ބައިވެރިވި ފަރާތްތަކަކަށް ވެގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
1. (އުނި ކުރެވިފައި)
2. (އުނި ކުރެވިފައި)
(ނ) އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން މައްސަލަ ނިންމުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- މި އުސޫލުގެ 1 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބަކަށް ޓަކައި ނުވަތަ ސަބަބުތަކަކަށް ޓަކައި ހުށަހަޅައިފައިވާ އިސްތިއުނާފެއް ކަމުގައިވުން. (އިތުރު ކުރެވިފައި)
- ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އިސްތިއުނާފު ސާބިތުވުން. (އިތުރު ކުރެވިފައި)
(ރ) މައްސަލައާ ގުޅުންހުރި ހެއްކާއި މަޢުލޫމާތު ހޯދުމަށް އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަނާއި އެސެސްމަންޓް ބޯޑުގެ މެންބަރުންނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކާ މަށްވަރާކުރުމަށް އެދުމުގެ އިހްތިޔާރު އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ބ) އެސެސްމަންޓް ބޯޑުގެ ނިންމުން ރަނގަޅުކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ފެންނަ ހާލަތުގައި، އިތުރު ފިޔަވަޅުތައް އެޅުމަށް ލަފާ ދިނުމުގެ އިހްތިޔާރު އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ޅ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް ކަމުގައި އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުން ރަނގަޅު ނޫންކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމައިފި ނަމަ، އެ އިސްތިއުނާފު ހުށަހެޅި ފަރާތް، ޖެހިގެން އަންނަ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ފީ ދައްކާކަށެއް ނުޖެހޭނެއެވެ. އަދި ބަލިހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހްތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ މައްޗަށް ރިއާޔަތްކޮށް ހުށަހަޅާ މައްސަލަތަކުގައި އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުން ރަނގަޅުނޫންކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމައިފި ނަމަ، އެ އިސްތިއުނާފީ މައްސަލަ ހުށަހެޅި ފަރާތުގެ ބާ އިމްތިހާނުގެ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ. (އިސްލާހު ކުރެވިފައި)
(ކ) ހާއްސަ ހާލަތްތަކުގައި މެނުވީ މި އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމާ ނިންމުންތައް ތަސްދީގުކުރަންވާނީ، އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަން ނިންމާ ނިންމުމަކުން ނުވަތަ އެސެސްމަންޓް ބޯޑުގެ ހާއްސަ ބައްދަލުވުމެއްގައި ބޯޑުން ނިންމާ ނިންމުމަކުންނެވެ. (އިސްލާހު ކުރެވިފައި)
(އ) އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ ނިންމުން އެސެސްމަންޓް ބޯޑުން ތަސްދީގުކުރުމަށްފަހު އެ ނިންމުން އިތުރަށް އިސްތިއުނާފުކުރުމުގެ ހައްގެއް ނޯންނާނެއެވެ. (އިތުރު ކުރެވިފައި)
ޖަދުވަލު 2
މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ އުސޫލު
1 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް
(ހ) މި އުސޫލުގެ ދަށުން މިޓިގޭޓިންގ ސަރކަމްސްޓެންސްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
- ބާ އިމްތިހާނު ބޭއްވުމުގައި ނުވަތަ އިންތިޒާމުކުރުމުގައި ހެދޭ ގޯސްތައް (mistake or irregularity) ނުވަތަ؛ (އިސްލާހު ކުރެވިފައި)
- ބަލި ހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހްތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ ސަބަބުން، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތެއްގެ ނަތީޖާއަށް އަސަރުކުރާނެ ކޮންމެ ކަމެއް.
(ށ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިޓިގޭޓިންގ ސަރކަމްސްޓެންސެއް އިމްތިހާނުގެ ކުރިން އިމްތިހާނުގެ ބައިވެރިއަކަށް ދިމާވެއްޖެ ނަމަ، އެފަދަ ފަރާތްތަކުން އިމްތިހާނުގެ އެހެން ބުރެއްގައި ބައިވެރިވުމުގެ ގޮތުން އިމްތިހާނުގައި ބައިވެރިވުން ފަސްކުރެވިދާނެއެވެ. އެ ހާލަތުގައި އިމްތިހާނުގައި ބައިވެރިވުމަށް ހުށަހަޅައިފައިވާ އެޕްލިކޭށަން އަނބުރާ ގެންދިއުމަށް ކަނޑައަޅައިފައިވާ ފޯމު، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ބާ އިމްތިހާނު ބޭއްވުމުގެ ކުރިން ދިމާވެފައިވާ ހާލަތަކަށް ރިއާޔަތްކޮށް ހުށަހަޅާ މިޓިގޭޓިންގ ސަރކަމްސްޓެންސްގެ މައްސަލައެއް އާންމު އުސޫލުން ބަލައެއް ނުގަނެވޭނެއެވެ. (އިސްލާހު ކުރެވިފައި)
2 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް ކަމުގައި ނުބެލޭނެ ހާލަތްތައް
މި އުސޫލުގެ ދަށުން މިޓިގޭޓިންގ ސަރކަމްސްޓެންސްގެ ގޮތުގައި އަންނަނިވި ހާލަތްތައް ފަދަ ހާލަތްތަކެއް ނުބެލޭނެއެވެ.
(ހ) އާންމު ދަތުރުފަތުރުގެ މައްސަލަތައް (މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަގުން ނުވަތަ ވައިގެ މަގުން ދަތުރުފަތުރުކުރުން) ހުއްޓައިލަންޖެހުމުގެ ސަބަބުން އިމްތިހާނު ބާއްވަން ހަމަޖެހިފައިވާ ތަނަށް ނާދެވުން ފަދަ ހާލަތްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ޗުއްޓީ/ އާއިލީ އެކި އިވެންޓުތައް.
(ނ) ބާ އިމްތިހާނު ބޭއްވޭ ތާރީހު އޮޅުން؛ ނުވަތަ
(ރ) ވަޒީފާ.
3 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސްއަށް އެދުމުގެ އިޖުރާއަތު
މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ބާ އިމްތިހާނުގެ ބައިވެރިއެއްގެ އިމްތިހާނުގެ ނަތީޖާއަށް އަސަރުކޮށްފިކަމަށް އެ ފަރާތަކަށް ގަބޫލުކުރެވޭނަމަ، ބާ އިމްތިހާނު ބާއްވާ ތާރީހުން ފެށިގެން މަދުވެގެން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިޓިގޭޓިންގ ސަރކަމްސްޓެންސް ކްލެއިމް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށް އެސެސްމަންޓް ބޯޑަށް ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހަޅާ ހުށަހެޅުމެއް ކަމަށް ބަޔާންކޮށްފައިވުން.
(ށ) މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ ބަޔާނެއް ހިމަނައިފައިވުން.
(ނ) އިމްތިހާނު ހޯލު ދޫކޮށް ދިޔުމުގެ ކުރިން އިންވިޖިލޭޓަރަކަށް އެކަން އަންގައިފައިވާނަމަ އެކަމުގެ ތަފުސީލު ބަޔާންކޮށްފައިވުން.
(ރ) މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅުން. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހެކި ހުށަނޭޅޭ ނަމަ، ފަހުން ހެކި ހުށަހަޅާ ގޮތަށް މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އިސްތިއުނާފު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) ހުށަހަޅައިފައިވާ ހުށަހެޅުމުގައި ހިމަނައިފައިވާ އެންމެހައި ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާނީ ކަންހިނގައިދިޔަ ގޮތުގެ ހަގީގަތްކަމާއި އެނގިފައިވާ މިންވަރަކުން ސައްހަ މަޢުލޫމާތުކަމަށް އިގުރާރުވެ ތާރީހުޖަހައި، ސޮއިކުރުން. (އިސްލާހު ކުރެވިފައި)
4 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް ކަނޑައެޅުން
(ހ) މި އުސޫލުގެ ދަށުން، މިޓިގޭޓިންގ ސަރކަމްސްޓެންސްތަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބަލާނީ، އެސެސްމަންޓް ބޯޑުންނެވެ. އަދި އެސެސްމަންޓް ބޯޑުން މިފަދަ މައްސަލަ ނިންމުމުގައި، އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހަޅައިފައިވާ މައްސަލައެއް ކަމުގައި ވުން؛
- ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މައްސަލަ ސާބިތުވުން.
(ށ) މި މާއްދާގެ (ނ) ގެ ދަށުން މައްސަލަތައް ބެލުމުގައި، މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހޯދުމުގެ އިހްތިޔާރު އެސެސްމަންޓް ބޯޑަށް ލިބިގެންވެއެވެ.
(އިސްލާހު ކުރެވިފައި)
(ނ) އެސެސްމަންޓް ބޯޑަށް ހުށަހެޅިފައިވާ މައްސަލައެއްގެ މާކިންގ ނިމުނުކަމަށް ބެލެވޭނީ، އެ މައްސަލައިގެ މާކިންގއާމެދު އެސެސްމަންޓް ބޯޑުން ވަކި ގޮތެއް ކަނޑައެޅުމުންނެވެ.
(އިސްލާހު ކުރެވިފައި)
(ރ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައަކާ ގުޅިގެން އެކަމަކީ، މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މިޓިގޭޓިންގ ސަރކަމްސްޓެންސެއް ކަމަށް އެސެސްމަންޓް ބޯޑުން ކަނޑައަޅައިފި ނަމަ، އެ މައްސަލަ ހުށަހެޅި ފަރާތަށް ބާ އިމްތިހާނުން އެއްވެސް މާކުހެއް ނުލިބޭނެއެވެ. މި ނޫން ހާލަތްތަކުގައި، އޮންނަ އާންމު އުސޫލުގެ މަތިން އިމްތިހާނު ކަރުދާސް މާކުކުރުމަށްފަހު، މާކްސް ދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި އުސޫލުގެ ދަށުން ހުށަހަޅާ މައްސަލައަކާ ގުޅިގެން އެ ކަމަކީ މިޓިގޭޓިންގ ސަރކަމްސްޓެންސެއް ކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފި ނަމަ، އެ މައްސަލަ ހުށަހެޅި ފަރާތުން ޖެހިގެން އަންނަ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ފީ ދައްކާކަށެއް ނުޖެހޭނެއެވެ. (އިސްލާހު ކުރެވިފައި)
ޖަދުވަލު 3
ހާއްސަ އެކޮމޮޑޭށަންސްއާ ގުޅޭ އުސޫލު (ސުރުހީ އިސްލާހު ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފު
ތަޢާރުފު: ދިވެހިރާއްޖޭގައި ބާއްވާ ބާ އިމްތިހާނަކީ، ކޮމްޕިޓެންސީ ބޭސްޑް އިމްތިހާނެކެވެ. އިމްތިހާނުގެ މުގައްރަރުގައްޔާއި، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިޢުކޮށްފައިވާ "ޑިސްކްރިޕްޓިވް ނެރެޓިވް އޮފް ކޮމްޕިޓެންސީ" ގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރިކަން ދެނެގަންނަ، އަދި އިމްތިހާނުގައި އެންމެހައި ބައިވެރިން އެ މައްޗަށް އިމްތިހާނުކުރާ ކަންތައްތަކެވެ. ނަމަވެސް، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަމެއް ހުރި ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް މަގުފަހިކުރުމުގެ ގޮތުން އެކަމަށް އެކަށީގެންވާ އިންތިޒާމުތައް (reasonable adjustments) ހަމަޖެއްސިދާނެއެވެ. (އިސްލާހު ކުރެވިފައި)
2 ވަނަ މާއްދާ - ހާއްސަ އެކޮމޮޑޭށަންސް
(ހ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަމެއް ހުރި ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާނެ ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް އެދޭކަމަށްވާ ނަމަ، އެކަން ބާ އިމްތިހާނު ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހުގެ ރަސްމީ ބަންދު ނޫން 14 (ސާދަ) ދުވަހުގެ ކުރިން، ހާއްސަ އެކޮމޮޑޭށަން ހަމަޖައްސައިދިނުމަށް ބާ ކައުންސިލުން ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށް، އެކަމާ ގުޅުންހުރި ލިޔުންތަކާއެކު ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ. (އިސްލާހު ކުރެވިފައި)
- ސިއްހީ ދާއިރާގެ މިނިވަން ފަންނުވެރިއަކު ފޯރުކޮށްދީފައިވާ ލިޔުމެއް ކަމުގައިވުން؛
- ނުކުޅެދުންތެރިކަމާ ގުޅޭ މަޢުލޫމާތު ހިމަނައިފައިވުން؛
- ނުކުޅެދުންތެރިކަމުގެ ސަބަބުން ބާ އިމްތިހާނުގައި ބައިވެރިވުމުގައި ދިމާވާނެ ދަތިތައް ބަޔާންކުރުން؛
- ނުކުޅެދުންތެރިކަމުގެ ސަބަބުން އިމްތިހާނުގައި ބައިވެރިވުމުގައި ދިމާވެދާނެ ދަތިތައް ހައްލުކުރާނެ ގޮތްތައް ބަޔާންކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ދިމާވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ ކަނޑައެޅިފައިވާ މުއްދަތުގައި އެކަމާ ގުޅުންހުރި ލިޔުންތަކާއެކު ބާ ކައުންސިލަށް ހުށަހެޅިފައިނުވާ ނަމަ، އެފަދަ ފަރާތްތަކަށް އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާނެ އެކަށީގެންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ބާ ކައުންސިލުން އެދެވޭގޮތެއްގައި މަސައްކަތްކުރަންވާނެއެވެ. އެހެންނަމަވެސް، ބާ އިމްތިހާނުގެ ރޫޓީން އޮޕަރޭށަންސްގެ ބޭރުން އިތުރު އިންތިޒާމުތައް ހަމަޖެއްސުމުގެ ޒިންމާ ބާ ކައުންސިލުން އުފުލާކަށެއް ނުޖެހޭނެއެވެ. (އިސްލާހު ކުރެވިފައި)
މައި ގަވާއިދު
ބާ އިމްތިހާނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-16)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު