-

ޔޫނިއަންތައް ރަޖިސްޓަ ރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2024-56)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

އެއްވަނަ ބާބު: އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޔޫނިއަންތަކާއި، ފެޑެރޭށަންތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ އެންމެހައި އުސޫލުތަކާއި، އެ ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިބިދޭ އިހްތިޔާރުތައް ބޭނުންކުރުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި، 53 ވަނަ މާއްދާގެ (ހ) އާއި، 36 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.ެ

(ށ) މި ގަވާއިދަށް ކިޔަނީ، "ޔޫނިއަންތައް ރަޖިސްޓަރީކުރުމާއި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އެއް މިންގަނޑެއްގެ ދަށުން މަސައްކަތްތެރީންގެ ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި، ފެޑަރޭށަންތަކާއި ފެޑަރޭށަން ސެންޓަރުތައް އުފައްދައި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވައިލުމުގައި އަމަލުކުރާނެ އުސޫލުތައްބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން 

މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ، މަސައްކަތްތެރީންނާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއެވެ.

 

 

ދެވަނަ ބާބު: ޔޫނިއަންތައް ރަޖިސްޓަރީކޮށް ހިންގުން

 

4 ވަނަ މާއްދާ - ރަޖިސްޓަރީކުރުން

(ހ) މަސައްކަތްތެރީންގެ ޔޫނިއަން ތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ހިންގަންވާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައި، މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރަޖިސްޓަރީނުކޮށް ހިންގަމުންގެންދާ މަސައްކަތްތެރީންގެ ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުންއައި މަސައްކަތްތެރީންގެ ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން ށަރުތުތައް ފުރިހަމަކޮށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ޔޫނިއަންތައް ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) މަސައްކަތްތެރީންގެ ޔޫނިއަނެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، އެކަމަށް ހާއްސަކޮށް މިނިސްޓްރީން އާންމުކުރާ ފޯމު ފުރިހަމަކޮށް، މަދުވެގެން 7 (ހަތެއް) ފަރާތުގެ ސޮޔާއެކުގައެވެ.

(ށ) ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، އެކަމަށް ހާއްސަކޮށް މިނިސްޓްރީން އާންމުކުރާ ފޯމު ފުރިހަމަކޮށް، މަދުވެގެން 3 (ތިނެއް) ފަރާތުގެ ސޮޔާއެކުގައެވެ.

(ނ) އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޔޫނިއަންއެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުން، ލިޔެކިޔުންތައް ފުރިހަމަތޯ ބެލުމަށްފަހުމ ޔޫނިއަން އެއް ރަޖިސްޓަރީކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަކޮށްފައިވާ ނަމަ، ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާ ނަމަ، ނުވަތަ ވަކި ކަމެއް އިސްލާހުކުރުމަށް އެންގުމަށް ރަޖިސްޓްރާރއަށް ފެނިއްޖެނަމަ، އެ ކަމެއް ފުރިހަމަ ކުރުމަށް ނުވަތަ އިސްލާހުކުރުމަށް، ޔޫނިއަން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު ރަޖިސްޓްރާރއަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޔޫނިއަން ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެ ކަމެއް ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް ނުވަތަ އިސްލާހުކޮށް އަލުން ރަޖިސްޓަރީކުރުމަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީކޮށްދީ،ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށްފައިވާ ސެޓުފިކެޓު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޔޫނިއަނެއް ރަޖިސްޓަރީކުރުމާމެދު، ރަޖިސްޓްރާރ އޮފް ޔޫނިއަންސް ގޮތެއް ނިންމައިފައި ނުވާ ނަމަ، އަދި އެ ހުށަހެޅުމުގައި އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޔޫނިއަނެއް ރަޖިސްޓަރިކުރުމަށް ޓަކައި ހުށަހަޅަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ނަމަ، އެ ޔޫނިއަނެއް ރަޖިސްޓަރީކުރެވުނީކަމަށް ބެލެވޭނެއެވެ. އަދި މި ހާލަތުގައި ޔޫނިއަން ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށްފައިވާ ސެޓުފިކެޓު އެ ޔޫނިއަންއަކަށް ދޫކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ޔޫނިއަންގައި ހުންނަންވާނެ ސިފަތައް

ޔޫނިއަންއެއްގައި އަންނަނިވި މައިގަނޑު ސިފަތައް ހުންނަންވާނެއެވެ.

(ހ) ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޔޫނިއަކީ، މަސައްކަތްތެރީންގެ ޔޫނިއަނެއްގެ ގޮތުގައި ނުވަތަ ވަޒީ ފާދޭ ފަރާތްތަކުގެ ޔޫނިއަނެއް ގޮތުގައި ހާއްސަކޮށްފައިވާ ޔޫނިއަނަކަށް ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މަސައްކަތްތެރީންގެ ޔޫނިއަންއެއްގެ އާންމު މެންބަރުންގެ ގޮތުގައި މަދުވެގެން 7 (ހަތެއް) މެންބަރުން ހިމެނެންވާނެއެވެ.

(ނ) ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންއެ އްގެ އާންމު މެންބަރުންގެ ގޮތުގައި މަދުވެގެން 3 (ތިނެއް) މެންބަރުން ހިމެނެންވާނެއެވެ.

 

7 ވަނަ މާއްދާ - ޔޫނިއަންގެ މެންބަރުންގެ ސިފަތައް

(ހ) ޔޫނިއަންގެ އާންމުމެންބަރަކަށް ވެވޭނީ، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ފަރާތްތަކަށެވެ. ނަމަވެސް 16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިން ޔޫނިއަންއެއްގައި ރަޖިސްޓަރީކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ބެލެނިވެރިޔާގެ އިއުތިރާ ޒެއް ނެތްކަމުގެ ލިޔުމަކާއެކުގައެވެ.

(ށ) އުމުރުން 18 (އަށާރަ) އަހަރުނުވާ ފަރާތްތަކަށް ޔޫނިއަންގެ އޮފިސަރަކަށް ނުވެވޭނެއެވެ.

(ނ) ވަރކް ޕަރމިޓްގެ ދަށުން ވަކި ހާއްސަ ދާއިރާއަކަށް މަސައްކަތްކުރަން އެތެރެވާ ފަރާތްތަކަށް އެ ދާއިރާއިން މެނުވީ ޔޫނިއަނެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

(ރ) ޔޫނިއަންގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަ ތީން، ޔޫނިއަން ހިންގުމުގެ ބޭނުމަށް ޔޫނިއަންއަކު ން ހަރަދުކުރާގޮތަށް، އެ ޔޫނިއަންއަކަށް މުވައްޒަފުން އައްޔަނު ކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ޔޫނިއަންތައް އެއްކޮށްލުން

(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރިކޮށްފައިވާ އެއް ބާވަތެއްގެ 2 (ދޭއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލައިގެން ވަކި ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ށ) އެއް ބާވަތެއްގެ 2 (ދޭއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަންއެއްކޮށްލައިގެން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، އެކަމަށް ހާއްސަކޮށް މިނިސްޓްރީން އާންމުކުރާ ފޯމު ފުރިހަމަކުރުމަށްފަހުގައެވެ.

(ނ) އެއް ބާވަތެއްގެ 2 (ދޭއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަންއެއްކޮށްލައިގެން ވަކި ޔޫނިއަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުން، ލިޔެކިޔުންތައް ފުރިހަމަތޯ ބެލުމަށްފަހުމ ޔޫނިއަނެއް ރަޖިސްޓަރީކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަކޮށްފައިވާ ނަމަ، ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޔޫނިއަންތައް އެއްކޮށްލައި ވަކި ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާ ނަމަ، ނުވަތަ ވަކި ކަމެއް އިސްލާހުކުރުމަށް އެންގުމަށް ރަޖިސްޓްރާރއަށް ފެނިއްޖެނަމަ، އެ ކަމެއް ފުރިހަމަކުރުމަށް ނުވަތަ އިސްލާހުކުރުމަށް، ރަޖިސްޓްރާރއަށް ފޯމު ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޔޫނިއަންތައް އެއްކޮށްލައި ވަކި ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެ ކަމެއް ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް ނުވަތަ އިސްލާހުކޮށް ޔޫނިއަންތައް އެއްކޮށްލައި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ވަކި ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ،ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށްފައިވާ ސެޓުފިކެޓު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޔޫނިއަންތައް އެއްކޮށްލައި ވަކި ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅުމާމެދު ރަޖިސްޓްރާރ އޮފް ޔޫނިއަންސް ގޮތެއް ނިންމައިފައި ނުވާ ނަމަ، އަދި އެ ހުށަހެޅުމުގައި އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ޔޫނިއަންތައް އެއްކޮށްލައި ވަކި ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ޓަކައި ހުށަހަޅަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާނަމަ، ޔޫނިއަންތައް އެއްކޮށްލައި ވަކި ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުނީކަމަށް ބެލެވޭނެއެވެ. އަދި މި ހާލަތުގައި ޔޫނިއަން ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށްފައިވާ ސެޓުފިކެޓު އެ ޔޫނިއަންއަކަށް ދޫކުރަންވާނެއެވެ.

(ކ) މި މާއްދާގައިވާ ގޮތަށް އެއް ބާވަތެއްގެ 2 (ދޭއް) ޔޫނިއަންއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލުމަށްފަހު އާ ޔޫނިއަންއެއް ރަޖިސްޓަރީވުމުގެ ނަތީޖާއަކަށްވާނީ، އެއްކޮށްލި ޔޫނިއަންތަކުގެ މެންބަރުން، އަލަށް ރަޖިސްޓަރީކުރި ޔޫނިއަންގެ މެންބަރުންކަމުގައި ވުމާއި، އެއްކޮށްލި ޔޫނިއަންތަކުގެ މުދަލާއި ދަރަނ،ި އައު ޔޫނިއަންގެ މުދަލާއި ދަރަންޏަށް ބަދަލުވުމާއި، އެއްކޮށްލި ޔޫނިއަންތަކާ ދެކޮޅަށް އުފުލައިފައިވާ ދައުވާއެއް އޮތް ނަމަ އެ ދައުވާއެއްގެ ޒިންމ،ާ އަލަށް ރަޖިސްޓަރީކު ރި ޔޫނިއަނުން އުފުލަންޖެހުމެވެ.

(އ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް 2 ) ދޭއް( ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަންތައް އެއްކޮށްލައިފި ނަމަ، އެ ޔޫނިއަންތަކުގެ ވަކިވަކި ގާނޫނީ ށަހްސިއްޔަތު ނެތިގެންދާނެއެވެ.

(ވ) އެއް ބާވަތެއްގެ 2 (ދޭއް) ޔޫނިއަންއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލައި އައު ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީކުރާއިރު މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށްފައި، ޔޫނިއަންގެ ނަން ފާސްކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ފެޑަރޭށަންތައް އުފެއްދުން

(ހ) އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތަކުގެ ތެރެއިން 5 (ފަހެއް) ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން ގުޅިގެން މަސައްކަތްކުރުމަށް ޓަކައި ފެޑަރޭށަނެއް އުފައްދައި ރަޖިސްޓަރީކުރެވިދާނެއެވެ.

(ށ) ފެޑަރޭށަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅޭނީ އެއް ބާވަތެއްގެ ޔޫނިއަންތަކަށެވެ.

(ނ) ފެޑަރޭށަންތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، އެކަމަށް ހާއްސަކޮށް މިނިސްޓްރީން އާންމުކުރާ ފޯމު ފުރިހަމަކުރުމަށްފަހުގައެވެ.

(ރ) ފެޑަރޭށަނެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުން، ލިޔެކިޔުންތައް ފުރިހަމަތޯ ބެލުމަށްފަހުމ ފެޑަރޭށަން ރަޖިސްޓަރީކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަކޮށްފައިވާ ނަމަ، ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާ ނަމަ ނުވަތަ ހުށަހަޅާ ހުށަހެޅުމުގައި ވަކި ކަމެއް އިސްލާހުކުރުމަށް އެންގުމަށް ރަޖިސްޓްރާރއަށް ފެނިއްޖެ ނަމަ، އެ ކަމެއް ނުވަތަ އެ ކަންތައްތަކެއް ފުރިހަމަކުރުމަށް ނުވަތަ އިސްލާހުކުރުމަށ،ް ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމު ރަޖިސްޓްރާރއަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅި ފަރާތްތަކަށް އަންގަންވާނެއެވެ. އަދި އެ ކަމެއް ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމަށ،ް މަދުވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް، އެ ޔޫނިއަން ރަޖިސްޓަރީ ކޮށްދިނުމަށް އެދުނު ފަރާތަށް ދޭންވާނެއެވެ. އަދި ދެވިފައިވާ މި މުއްދަތުގެ ތެރޭގައި އިސްލާހުކުރުމަށްފަހު ނުވަތަ ފުރިހަމަކުރުމަށްފަހު އަލުން ފޯމު ހުށަހަޅައިފައި ނުވާ ނަމަ، ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅައިފައިވާ ފޯމު ބާތިލުވާނެއެވެ. (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް ނުވަތަ އިސްލާހުކޮށް ފެޑަރޭށަންތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ފެޑަރޭށަނެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށްފައިވާ ސެޓުފިކެޓުދޭންވާނެއެވެ.

(ކ) މި މާއްދާގެ (ރ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފެޑަރޭށަން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅުމާމެދު ރަޖިސްޓްރާރ އޮފް ޔޫނިއަންސް ގޮތެއް ނިންމައިފައި ނުވާ ނަމަ، އަދި އެ ހުށަހެޅުމުގައި އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި މި ގަވާއިދުގައި ފެޑަރޭށަން ރަޖިސްޓަރީކުރުމަށް ޓަކައި ހުށަހަޅަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ނަމަ، ޔޫނިއަންތައް އެއްކޮށްލައި ފެޑަރޭށަންގެ ގޮތުގައި ރަޖިސްޓަރީ ކުރެވުނީކަމަށް ބެލެވޭނެއެވެ. އަދި މި ހާލަތުގައި ފެޑަރޭށަން ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށްފައިވާ ސެޓުފިކެޓު އެ ފެޑަރޭށަނަކަށް ދޫކުރަންވާނެއެވެ.

(އ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބާވަތެއްގެ 5 (ފަހެއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެކުގައި ފެޑަރޭށަނެއް އުފެއްދި ކަމުގައި ވިޔަސ،ް އެ ޔޫނިއަންތަކުގެ ވަކިވަކި ގާނޫނީ ށަހްސިއްޔަތަކަށް ބަދަލެއް ނާންނާނެއެވެ. (އިސްލާހު ކުރެވިފައި)

(ވ) ފެޑަރޭށަން ރަޖިސްޓަރީކުރާއިރު، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށް، ޔޫނިއަންގެ ނަން ފާސްކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ނޭށަނަލް ޓްރޭޑް ޔޫނިއަން ސެންޓަރ

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ދަށުން މަސައްކަތްތެރީންގެ ޔޫނިއަންތަކުން 2 (ދޭއް) ފެޑަރޭށަން ނުވަތަ އެއަށްވުރެ ގިނަ ފެޑަރޭށަން ރަޖިސްޓަރީކޮށްފި ނަމަ، "ނޭށަނަލް ޓްރޭޑް ޔޫނިއަން ސެންޓަރ" އެއް އުފެއްދިދާނެއެވެ.

(ށ) "ނޭށަނަލް ޓްރޭޑް ޔޫނިއަން ސެންޓަރ" އުފެއްދުމާއި ރަޖިސްޓަރީކޮށް ހިންގުމުގައި އަމަލުކުރަންޖެހޭނީ، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި، މި ގަވާއިދުގެ ދަށުން ހެދޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ނޭށަނަލް ޓްރޭޑް ޔޫނިއަން ސެންޓަރުގައި ރަޖިސްޓަރީވުމަށްއެދި ހުށަހަޅާނީ، އެކަމަށް ހާއްސަކޮށް މިނިސްޓްރީން އާންމުކުރާ ފޯމަކުންނެވެ.

 

11 ވަނަ މާއްދާ - ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ސެންޓަރ

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުން 2 (ދޭއް) ފެޑަރޭށަން ނުވަތަ އެއަށްވުރެ ގިނަ ފެޑަރޭށަން ރަޖިސްޓަރީކޮށްފި ނަމަ، "ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ސެންޓަރ" އެއް އުފެއްދިދާނެއެވެ.

(ށ) "ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ސެންޓަރ" އުފެއްދުމާއި ރަޖިސްޓަރީކޮށް ހިންގުމުގައި އަމަލުކުރަންޖެހޭނީ، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި، މި ގަވާއިދުގެ ދަށުން ހެދޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

 

ތިންވަނަ ބާބު: ޔޫނިއަންތަކުގެ ނަމާއި، ނިށާނާއި، ދިދައާއި، ކުލަޔާއި، މޮޓޯއާއި، ސިފަތައް

 

12 ވަނަ މާއްދާ - ޔޫނިއަންތަކާއި ފެޑަރޭށަންގެ ނަން

(ހ) ޔޫނިއަންއެއްގެ ނަމުގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ނަމެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

  1. ޔޫނިއަންއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީފައިވާ އެހެން ނަމަކާ އެއްނަމަކަށް ވުން ނުވަތަ އެއްވައްތަރެއްގެ ނަމަކަށް ވުން؛
  2. ކުންފުންޏަކަށް ނުވަތަ ޕާރޓްނަރށިޕަކަށް ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ޓްރޭޑްމާކަކަށް ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ނަމަކަށް ނުވަތަ އެހެން ވެސް ގާނޫނީ ށަހްސަކަށް ނުވަތަ ތަނަކަށް ދިވެހިރާއްޖޭގައި ކިޔައިފައިވާ ނަމަކަށް ވުން ނުވަތަ އެފަދަ އެއްގޮތްކަމަކުން އެއ އެއްތަނެއް ކަމުގައި ބެލެވިދާނެ ފަދަ ނަމަކަށް ވުން؛ (އިސްލާހު ކުރެވިފައި)
  3. ދިވެހިރާއްޖެއިން ބޭރުގައި މަށްހޫރު ނަމަކަށް ވެފައި، އެ ނަން ދިވެހިރާއްޖޭގެ ޔޫނިއަންއަކުން ބޭނުންކޮށްގެން ކުރާ މުއާމަލާތަކީ ދިވެހިރާއްޖެއިން ބޭރުގައި މަށްހޫރުކަން ލިބިފައިވާ ފަރާތުން ކުރާ މުއާމަލާތެއްކަމަށް ގަބޫލުކުރެވުމުގެ ފުރުސަތު އޮތް ނަމަކަށް ވުން؛
  4. ދިވެހި ދައުލަތުގެ ނުވަތަ ދިވެހި ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއްނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފާނޭ ފަދަ ނަމަކަށް ވުން؛
  5. އިސްލާމްދީނުގެ އަދަބުތަކާ ހިލާފު ނަމެއް ނުވަތަ ސަލާމަތީގޮތުން ނުވަތަ އަހްލާގީގޮތުން ނޭދެވޭ މާނައެއް ދޭހަވާ ނަމެއް؛
  6. ޣައިރުގާނޫނީ ހަރަކާތަކަށް ނުވަތަ އަމަލަކަށް ނުވަތަ ކަމަކަށް އިށާރާތްކުރާ ނުވަތަ ވާގިދޭ ނުވަތަ ހިތްވަރުދޭ ނަމަކަށް ވުން، ނުވަތަ އެ ނަމަކީ ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ކުށްކުރާ ޖަމާއަތެއް ރަމްޒުކޮށްދޭ ނަމަކަށް ވުން؛
  7. މީހުންގެ މެދުގައި ނަފުރަތު އުފެދޭ ބާވަތުގެ ނުވަތަ ވަކި ނަސްލަކަށް ނުވަތަ ގައުމަކަށް ނުވަތަ ކުލަޔަކަށް ނުވަތަ ޖިންސަކަށް ނުވަތަ އުމުރުފުރާއަކަށް ނުވަތަ ވަކި ދީނަކަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނިކަމެތިކަމެއް ނުވަތަ ދެރައެއް ނުވަތަ މަލާމާތެއް ރައްދުވާ ޒާތުގެ ނަމަކަށް ވުން؛
  8. ޔޫނިއަންއެއް ނުވަތަ ފެޑަރޭށަނެއްގެ ނަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ނަމެއް ކަމުގައި ށަރުއީ ކޯޓެއްގެ ހުކުމެއްގައި ކަނޑައަޅައިފައިވާ ނަމަކަށް ވުން؛
  9. ރަޖިސްޓްރާރ އޮފް ޔޫނިއަންސް ރަޖިސްޓަރީކޮށް ނުދިނުމަށް ނިންމާ ނަންތައ.ް

(ށ) ޔޫނިއަންއާއި ފެޑެރޭށަން ރަމްޒުކޮށްދޭ ކުރުނަމުގެ ގޮތުގައި ޔޫނިއަންއާއި ފެޑެރޭށަންގެ ނަމާ ގުޅޭ އަދި ޔޫނިއަންއާއި ފެޑެރޭށަންގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ ކުރުނަމެއް ޔޫނިއަކުން ކިޔަން ބޭނުންވާ ނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ޔޫނިއަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާއިރ،ު އެފަދަ ކުރުނަމެއް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ. އަދި އެފަދަ ހުށަހެޅުމަކަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސް ހުއްދަ ދޭންވާނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)

 

13 ވަނަ މާއްދާ - ޔޫނިއަން އެއް ގެ ނުވަތަ ފެޑަރޭށަނެއްގެ ނަން ބަދަލުކުރުން

(ހ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޔޫނިއަން އެއްގެ ނުވަތަ ފެޑަރޭށަނެއްގެ ނަން ބަދަލުކުރަންވާނެއެވެ.

  1. ޔޫނިއަންއެއްގެ ނުވަތަ ފެޑަރޭށަނެއްގެ ނަން ބަދަލުކުރުމަށް އެ ޔޫނިއަންއެއްގެ ނުވަތަ ފެޑަ ރޭށަނެއްގެ އަންމު ޖަލްސާއެއްގައި ފާސްކުރާ ހާއްސަ ގަރާރަކުން އެ ބަދަލު ގެނައުމަށް ނިންމައި، އެ ނިންމުން ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނަން ބަދަލުކުރުމަށް އެދި ރަޖިސްޓްރާރއަށް ހުށަހެޅުން؛
  2. ޔޫނިއަންއެއްގެ ނުވަތަ ފެޑަރޭށަނެއްގެ ނަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން އަމުރުކުރުން؛
  3. އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރ އޮފް ޔޫނިއަންސް، 
    ނަން ބަދަލުކުރަން އެންގުށް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ޔޫނިއަން އެއްގެ ނުވަތަ ފެޑަރޭށަނެއްގެ ނަން ބަދަލުކޮށްފި ނަމަ، ނަން ބަދަލުކުރާ ތާރީ ހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ނިންމުން ލިޔުމުން ރަޖިސްޓްރާރ އޮފް ޔޫނިއަންއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ޔޫނިއަން ގެ ނުވަތަ ފެޑަރޭށަނުގެ ނަން ބަދަލުކުރުމަށް ށަރުއީ ކޯޓަކުން އަމުރުކޮށްފި ނަމަ ނުވަތަ ރަޖިސްޓްރާރ އޮފް ޔޫނިއަންސް އަންގައިފި ނަމަ، ޔޫނިއަންގެ ނުވަތަ ފެޑަރޭށަނުގެ ދުސްތޫރުގައިވާ ގޮތަށް ނަން ބަދަލުކުރުމަށްފަހު، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅާންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ މުއަދަތުގައި ޔޫނިއަންއެއްގެ ނުވަތަ ފެޑަރޭށަނެއްގެ ނަން ބަދަލުކުރަން ހުށަހަޅައިފި ނަމަ، އަދި ބަދަލުކުރަން ހުށަހަޅާނަމަކީ އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި މި ގަވާއިދުގެ ދަށުން ކިޔުން ހުއްދަ ނަމެއް ނަމަ، ހުށަހަޅާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނަން ބަދަލުކޮށް، އައު ރަޖިސްޓްރޭށަން ސެޓުފިކެޓު، ޔޫނިއަންއަކަށް ނުވަތަ ފެޑަރޭށަނަކަށް ކުރިން ކިޔުނު ނަން އެނގޭނޭހެން ސެޓުފިކެޓުދޫކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ނިށާނާއި، ދިދައާއި، މޮޓޯ ދުސްތޫރުގައި ހިމެނުން (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) ޔޫނިއަނެއްގެ ނުވަތަ ފެޑަރޭށަނެއްގެ ނިށާނާއި ދިދައާއި މޮޓޯ ބޭނުންކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު، މި ގަވާއިދުގެ ދަށުން ހުށަހަޅާ ޔޫނިއަންގެ ދުސްތޫރުގައި ހިމެނުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)

  1. ރަޖިސްޓަރީކުރުމަށް އެދޭ ނިށާނާއި، ދިދައާއި، ކުލަ ކޯޑާއި، ސައިޒްޕްރޮޕޯށަން އެނގޭނޭހެން ކުރަހައިފައިވާ ކުރެހުމާއި، ސޮފްޓް ކޮޕީ ؛
  2. ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯރަމްޒުކުރާ މާނައާއި ތަފުސީލ.ު

(ށ) ޔޫނިއަންއަކުން ނުވަތަ ފެޑަރޭށަނަކުން ނުވަތަ އެހެން ގާނޫނަކުން އުފެދިފައިވާ ގާނޫނީ ށަހްސެއް ރަޖިސްޓަރީީ ކޮށްގެން ބޭނުންކުރަމުން އަންނަ ނިށާނާއި ދިދައާއި މޮޓޯ ނުވަތަ އެފަދަ އެއްޗަކާ އޮޅުންއަރާ ނިށާނެއް ނުވަތަ ދިދައެއް ނުވަތަ ކުލައެއް ނުވަތަ މޮޓޯއެއް އެހެން ޔޫނިއަނަކަށް ނުވަތަ ފެޑަރޭށަނަކަށް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) އިސްލާމްދީނުގެ އަދަބުތަކާ ހިލާފުވ،ާ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނ،ެ ނުވަތަ އަހްލާގީގޮތުން ނޭދެވޭ މާނައެއް ދޭހަވ،ާ ނުވަތަ މީހުންގެ މެދުގައި ނަފުރަތު އުފެދޭ ކަމެއް ދޭހަވާ ނުވަތަ އަނިޔާވެރިކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިމެނޭ ނިށާނެއް، ނުވަތަ ދިދައެއް ނުވަތަ މޮޓޯއެއް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

 

15 ވަނަ މާއްދާ - ނިށާނާއި ދިދައާއި މޮޓޯއަށް ދުސްތޫރުން ބަދަލުގެނައުން (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) ޔޫނިއަންއަކުން ނުވަތަ ފެޑަރޭށަނަކުން ރަޖިސްޓަރީ ކޮށްފައިވާ ނިށާނާއި ދިދައާއި މޮޓޯ ބަދަލުކުރެވޭނީ، ޔޫނިއަންގެ ނުވަތަ ފެޑަރޭށަނުގެ ދުސްތޫރުގައިވާ ގޮތުގެ މަތީން ބާއްވާ އާންމު ޖަލްސާއެއްގައި ފާސްކުރާ ހާއްސަ ގަރާރަކުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ކަމަކަށް ބަދަލެއް ގެނައުމަށް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ގެނައި ބަދަލު އެނގޭނޭހެން ލިޔެކިޔުންތަކާއެކު ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ލިޔެކިޔުންތައް ލިބުނު ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޔޫނިއަނުން ނުވަތަ ފެޑަރޭށަނުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު: ދުސްތޫރު

 

16 ވަނަ މާއްދާ - ޔޫނިއަން އާއި ފެޑަ ރޭށަންގެ ދުސްތޫރު

(ހ) ޔޫނިއަންތަކާއި ފެޑަރޭށަންތައް ހިންގަންވާނީ، ޔޫނިއަންގެ ނުވަތަ ފެޑަރޭށަންގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ޔޫނިއަންގެ ދުސްތޫރުގައި، ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

  1. ޔޫނިއަންގެ ނަމާއި ނިށާން؛
  2. ޔޫނިއަންގެ އެޑްރެސް؛
  3. ޔޫނިއަންގެ މަގުސަދުތައް؛
  4. ޔޫނިއަންގެ އޮފިސަރުން؛
  5. ޔޫނިއަންގެ ދާއިރާ/ ސިނާއަތް؛
  6. އާންމު މެންބަރުންގެ ދަފުތަރު،
  7. މެންބަރުން ބެހިގެންވާ ގޮތް/ އޯގަނައިޒޭށަނަލް ސްޓްރަކްޗަރ
  8. ޔޫނިއަން އުފެއްދުމާއި، މެންބަރުކަން ބަލައިގަތުމާއި، މެންބަރުކަމުން ވަކިވުމުގެ ށަރުތުތަކާއި އުސޫލުތައް؛
  9. ޔޫނިއަންގެ މެންބަރުންގެ ހައްގުތަކާއި ވާޖިބުތައް؛
  10. ޔޫނިއަންގެ އޮފިށަލުކަމަށް ނަން ހުށަހެޅުމާއި، އިންތިހާބުކުރުމާއި، އައްޔަނުކުރުމާއި، އޮފިށަލްކަން ކުރެވޭނެ މުއްދަތު ބަޔާންކޮށްފައިވާ  އުސޫލުތައް؛
  11. ރަސްމީ އެކިއެކި ކޮމިޓީތަކުގައި ޔޫނިއަން ތަމްސީލުކުރުމަށް ނަން ހުށަހެޅުމާއި، އިންތިހާބުކުރުމާއި، އައްޔަނުކުރުމުގެ އުސޫލުތައް؛
  12. ޔޫނިއަންގެ އެކިއެކި މަގާމު އަދާކުރާ ފަރާތްތަކާއި، އޮފިށަލުންނާއި، ޔޫނިއަންއެއްގެ މަންދޫބެއްގެ ގޮތުގައި ޔޫނިއަން ތަމްސީލުކުރާ ފަރާތްތައް މަގާމުން ވަކިކުރެވޭނެ ހާލަތާއި ގޮތްތަކުގެ އުސޫލު؛
  13. ޔޫނިއަންގެ އަހަރީ އާންމު ޖަލްސާއާއި، ޔޫނިއަންގެ ހާއްސަ އާންމު ޖަލްސާއާއި، މެންބަރުންގެ ބައްދަލުވުންތަކާއި، މެން ބަރުންގެ މަންދޫބުންގެ ބައްދަލުވުންތައް ބާއްވައި ހިންގުމުގެ އުސޫލުތަކާއި، އެ ބައްދަލުވުންތަކަށް ބޭނުންވާ ކޯރަމާއި، އެޖެންޑާއާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓޭނެ އުސޫލު؛
  14. ޔޫނިއަން މެމްބަރށިޕް ފީއާއި، މެންބަރުންގެ ފަރާތުން މެމްބަރށިޕް ފީއާއި އެހެނިހެން ފައިސާ ދައްކާނެ ގޮތުގެ އުސޫލު؛
  15. ޔޫނިއަންގެ އާމްދަނީއާއި މުދާ ބަލަހައްޓާނެ ގޮތުގެ އުސޫލު؛
  16. ޔޫނިއަންގެ މެންބަރުން ހަޅުތާލެއް ނުވަތަ ލޮކްއައުޓަކަށް ގޮވައިލުމުގެ އުސޫލު؛
  17. ޔޫނިއަންގެ ދުސްތޫރު އިސްލާހުކުރުން؛
  18. ޔޫނިއަން އުވައިލެވޭނެ ގޮތުގެ އުސޫލު؛
  19. ޔޫނިއަންގެ ކަންކަން ނިންމުމަށް ނަގާ އާންމު ވޯޓާއި، ސިއްރު ވޯޓު ނެގޭނެ ގޮތުގެ އުސޫލ.ު

 

17 ވަނަ މާއްދާ - ދުސްތޫރަށް ބަދަލު ގެނައުން

(ހ) ޔޫނިއަންގެ ނުވަތަ ފެޑަރޭށަންގެ ދުސްތޫރަށް ބަދަލުގެންނަން ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ގެނައި ބަދަލު އެނގޭނޭހެން، އައު ދުސްތޫރުގެ ކޮޕީއެއް، ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށްލިޔެކިޔުންތައް ލިބުނު ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޔޫނިއަނުން ނުވަތަ ފެޑަރޭށަނުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ނ) ދުސްތޫރަށް ގެންނަ ބަދަލުތަކުގެ މައުލޫމާތ،ު އެ ބަދަލެއް ގެނައި ތާރީހު ސާފުކޮށް އެނގޭގޮތަށް ޔޫނިއަންތަކުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ރ) ދުސްތޫރަށް ގެނައި ބަދަލު އާންމު މެންބަރުންނަށް އަންގައި، އެ ބަދަލާ އެއްގޮތަށް ޔޫނިއަންގެ ހިންގުން ކުރިޔަށްގެންދާކަން ކަށަވަރުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ގާނޫނީ އަދަދު 

ޔޫނިއަންތަކާއި ފެޑަރޭށަންތަކުގެ ހިންގާ ކޮމިޓީ ބޭއްވޭނީ، ޔޫނިއަންތަކާއި ފެޑަރޭށަންތަކުގެ ދުސްތޫރުގައިވާ ގާނޫނީ އަދަދު ހަމަވުމުންނެވެ. ހިންގާ ކޮމިޓީ ގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވާނީ، މަދުވެގެން ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ. (އިސްލާހު ކުރެވިފައި)

 

19 ވަނަ މާއްދާ - ހިންގާ ކޮމިޓީ ގެ މެންބަރުންގެ ށަރުތު

ހިންގާ ކޮމިޓީގެ މެންބަރުކަމަށް އައްޔަނުކުރާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުށް.

(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއްކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުށް.

(ނ) ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި، ދިވެހި ފުލުހުންގެ ހިދުމަތް ތަމްސީލުކުރާ ފަރާތެއް ކަމުގައި ނުވުމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މަގާމެއްގައި ހުރި ފަރާތެއް ކަމުގައި ނުވުމާއި، އިންތިހާބީ މަގާމެއް ފުރާ ފަރާތެއް ކަމުގައި ނުވުން.

 

20 ވަނަ މާއްދާ - ޔޫނިއަން އާއި ފެޑަ ރޭށަނުގެ ހިންގާ ކޮމިޓީ ގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ޔޫނިއަނާއި ފެޑެރޭށަންގެ ހިންގާ ކޮމިޓީ ގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އެ ޔޫނިއަނެއްގެ ނުވަތަ ފެޑަރޭށަނެއްގެ ދުސްތޫރުގައި ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ހ) (އުނި ކުރެވިފައި)

(ށ) (އުނި ކުރެވިފައި)

 

 

ފަސްވަނަ ބާބު: އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމާއި ހަޅުތާލު ކުރުން

 

21 ވަނަ މާއްދާ - އިންޑަސްޓްރިއަލް ފިޔަވަޅު އެޅުން ނުވަތަ ހަޅުތާލު ކުރުން

ޔޫނިއަންގެ ހުރިހާ މެންބަރުންނަށް ނުވަތަ އޭގެ ތެރެއިން ބައެއް މެންބަރުންނަށް އަސަރުކޮށްފާނެ ފަދަ އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅޭނީ ނުވަތަ ހަޅުތާލެއް ކުރެވޭނީ، އަންނަނިވި ގޮތުގެ މަތީ ންނެވެ.

(ހ) ޔޫނިއަންގެ ހުރިހާ މެންބަރުންނަށް ނުވަތަ އޭގެ ތެރެއިން ބައެއް މެންބަރުންނަށް އަސަރުކޮށްފާނެ ފަދަ އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅޭނީ ނުވަތަ ހަޅުތާލެއް ކުރެވޭނީ، ޔޫނިއަންގެ ހާއްސަ ޖަލްސާއެއްގައި، އެ ޔޫނިއަންގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި، ޔޫނިއަންގެ މެންބަރުންގެ އަޣްލަބިއްޔަތުން އެފަދަ ފިޔަވަޅެއް އެޅުމަށް ނުވަތަ ހަޅުތާލެއް ކުރުމަށް ފާސްވުމުންނެވެ.

(ށ) އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ 113 ވަނަ މާއްދާގައިވާ ފަދަ އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅުމަށް ނުވަތަ ހަޅުތާލެއް ކުރުމަށް ނިންމައިފި ނަމަ، އެ ގާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެކަން ކުރުމަށް ނިންމި ނިންމުން އެ ހަރަކާތެއް ހިންގުމުގެ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ކުރިން އެ އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅުމަށް ނުވަތަ ހަޅުތާލެއް ކުރުމަށް ނިންމައިފައިވާ ގޮތުގެ ތަ ފުސީލު، ވަޒީފާދޭ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ނ) އިންޑަސްޓްރިއަލް ފިޔަވަޅެއް އަޅައިފި ނަމަ ނުވަތަ ހަޅުތާލެއް ކޮށްފި ނަމަ، އެ ފިޔަވަޅެއް އަޅައި ނިމޭތާ ނުވަތަ ހަޅުތާލެއް ކޮށް ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހަރަކާތެއް ހިނގައިދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓެއް، މިނިސްޓްރީން އާންމުކުރާ ފޯމެޓާ އެއްގޮތަށް، ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ހުށަހަޅަންވާނެއެވެ.

 

 

ހަވަނަ ބާބު: އެހެނިހެން ކަންކަން

 

22 ވަނަ މާއްދާ - ރަޖިސްޓްރޭށަން ފީ

ޔޫނިއަންއާއި ފެޑަރޭށަންތައް ރަޖިސްޓަރީ ކުރުމާއި އެހެނިހެން ކަންކަމަށް އިދާރީ ފީގެ ގޮތުގައި ތިރީގައިވާ ގޮތުގެ މަތީން ފީ ދައްކަންވާނެއެވެ.

(ހ) މަސައްކަތްތެރީންގެ ވާރކް ޕްލޭސް ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 500 (ފަސްސަތޭކަ) ރުފިޔާއާއި، މަސައްކަތްތެރީންގެ އިންޑަސްޓްރ ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 1,000 (އެއްހާސް) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ށ) ވަޒީ ފާދޭ ފަރާތްތަކުގެ ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ނ) 2 (ދޭއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލުމަށް 1,000 (އެއްހާސް) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ރ) ޔޫނިއަން ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީ އަށް އެއްވެސް ބަދަލެއް ގެނައުމަށް 500 (ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ބ) ޔޫނިއަންގެ ރަޖިސްޓަރީ ގެއްލިގެން އައު ރަޖިސްޓަރީ އެއް ހެއްދުމަށް 500 (ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ޅ) މަސައްކަތްތެރީންގެ ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ކ) ވަޒީ ފާދޭ ފަރާތްތަކުގެ ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

(އ) ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށްފަހ،ު ރަޖިސްޓަރީ އަށް އެއްވެސް ބަދަލެއް ގެނައުމަށް 500 (ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ވ) ފެޑަރޭށަނުގެ ރަޖިސްޓަރީ ގެއްލިގެން އައު ރަޖިސްޓަރީ އެއް ހެއްދުމަށް 500 (ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

(މ) ނޭށަނަލް ޔޫނިއަން ސެންޓަރ ރަޖިސްޓަރީ ކުރުމަށް 5,000 (ފަސްހާސް) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ފ) ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 5,000 (ފަސްހާސް) ރުފިޔާ. (އިސްލާހު ކުރެވިފައި)

(ދ) ނޭށަނަލް ޔޫނިއަން ސެންޓަރ ނުވަތަ ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަންގެ ރަޖިސްޓަރީ އަށް އެއްވެސް ބަދަލެއް ގެންނަ ނަމަ ނުވަތަ ގެއްލިގެން އައު ރަޖިސްޓަރީ އެއް ހައްދާ ނަމަ، 500 (ފަސްސަތޭކަ) ރުފިޔާ. (އިސްލާހު ކުރެވިފައި)

 

23 ވަނަ މާއްދާ - ސިއްރު ވޯޓު

ޔޫނިއަންތަކާއި ފެޑެރޭށަންތަކުގައި ނަގާ ސިއްރު ވޯޓު ނަގަންވާނީ، ޔޫނިއަން ހިންގުމުގެ އުސޫލުތަކާއި ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީން މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓެއްގައި، އެ ޔޫނިއަންގެ ޖުމުލަ މެންބަރުންގެ އަގްލަބިއްޔަތުންނެވެ. (އިސްލާހު ކުރެވިފައި)

(ހ) (އުނި ކުރެވިފައި)

(ށ) (އުނި ކުރެވިފައި)

 

24 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ހިމެނޭ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކަށް މި ގަވާއިދުގައި ދީފައި އެވަނީ އެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި އަންނަނިވި ލަފު ޒުތަކާއި އިބާރާތްތަ އް ބޭނުންކޮށްފައި އެވަނީ ތިރީގައިވާ އަކުރުތަކުގައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރީންނާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި މަސައްކަތްތެރީންގެ ޔޫނިއަންތަކަށެވެ.

(ނ) "ފެޑަރޭށަން" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންތަކުގެ ތެރެއިން 5 (ފަހެއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން ގުޅިގެން އުފައްދާ ފެޑަރޭށަންތަކަށެވެ. 

(ރ) "ޔޫނިއަންތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން އާންމުކޮށްފައިވ،ާ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތަކުގެ ލިސްޓަށެވެ.

(ބ) "ފެޑަރޭށަން ސެންޓަރ" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރީންގެ ޔޫނިއަންތަކުންނާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަން އުފައްދާ ރަޖިސްޓަރީކޮށްފައިވާ ފެޑަރޭށަންތަކުގެ މައްޗަށް އެކުލެވޭ ސެންޓަރުތަކަށެވެ.

(ޅ) "ވަޒީ ފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ވަޒީ ފާދޭ ކޮންމެ މީހަކަށް ނުވަތަ ފަރާތަކަށެވެ. (އިސްލާހު ކުރެވިފައި)

(ކ) "ޔޫނިއަންގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންގެ މާނައި ގައި ހިމެނޭ ވަޒީ ފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި މަސައްކަތްތެރީންގެ ޔޫނިއަންތަކަށެވެ. (އިތުރު ކުރެވިފައި)

 

25 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޔޫނިއަންތައް ރަޖިސްޓަ ރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-56)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު (ގާނޫނު ނަންބަރު 2024-01)

ކިޔުންތެރިންގެ ހިޔާލު