-

ޔޫނިއަންތައް ރަޖިސްޓަ ރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-56) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-94)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 އޮކްޓޫބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2024-56 (ޔޫނިއަންތައް ރަޖިސްޓަ ރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޔޫނިއަކީ، މަސައްކަތްތެރީންގެ ޔޫނިއަނެއްގެ ގޮތުގައި ނުވަތަ ވަޒީ ފާދޭ ފަރާތްތަކުގެ ޔޫނިއަނެއް ގޮތުގައި ހާއްސަކޮށްފައިވާ ޔޫނިއަނަކަށް ވާންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ބ) އާއި (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާ ނަމަ ނުވަތަ ހުށަހަޅާ ހުށަހެޅުމުގައި ވަކި ކަމެއް އިސްލާހުކުރުމަށް އެންގުމަށް ރަޖިސްޓްރާރއަށް ފެނިއްޖެ ނަމަ، އެ ކަމެއް ނުވަތަ އެ ކަންތައްތަކެއް ފުރިހަމަކުރުމަށް ނުވަތަ އިސްލާހުކުރުމަށ،ް ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމު ރަޖިސްޓްރާރއަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅި ފަރާތްތަކަށް އަންގަންވާނެއެވެ. އަދި އެ ކަމެއް ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމަށ،ް މަދުވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް، އެ ޔޫނިއަން ރަޖިސްޓަރީ ކޮށްދިނުމަށް އެދުނު ފަރާތަށް ދޭންވާނެއެވެ. އަދި ދެވިފައިވާ މި މުއްދަތުގެ ތެރޭގައި އިސްލާހުކުރުމަށްފަހު ނުވަތަ ފުރިހަމަކުރުމަށްފަހު އަލުން ފޯމު ހުށަހަޅައިފައި ނުވާ ނަމަ، ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅައިފައިވާ ފޯމު ބާތިލުވާނެއެވެ.

(އ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބާވަތެއްގެ 5 (ފަހެއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެކުގައި ފެޑަރޭށަނެއް އުފެއްދި ކަމުގައި ވިޔަސ،ް އެ ޔޫނިއަންތަކުގެ ވަކިވަކި ގާނޫނީ ށަހްސިއްޔަތަކަށް ބަދަލެއް ނާންނާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (2) އާއި، އެ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) ކުންފުންޏަކަށް ނުވަތަ ޕާރޓްނަރށިޕަކަށް ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ޓްރޭޑްމާކަކަށް ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ނަމަކަށް ނުވަތަ އެހެން ވެސް ގާނޫނީ ށަހްސަކަށް ނުވަތަ ތަނަކަށް ދިވެހިރާއްޖޭގައި ކިޔައިފައިވާ ނަމަކަށް ވުން ނުވަތަ އެފަދަ އެއްގޮތްކަމަކުން އެއ އެއްތަނެއް ކަމުގައި ބެލެވިދާނެ ފަދަ ނަމަކަށް ވުން؛

(ށ) ޔޫނިއަންއާއި ފެޑެރޭށަން ރަމްޒުކޮށްދޭ ކުރުނަމުގެ ގޮތުގައި ޔޫނިއަންއާއި ފެޑެރޭށަންގެ ނަމާ ގުޅޭ އަދި ޔޫނިއަންއާއި ފެޑެރޭށަންގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ ކުރުނަމެއް ޔޫނިއަކުން ކިޔަން ބޭނުންވާ ނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ޔޫނިއަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާއިރ،ު އެފަދަ ކުރުނަމެއް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅަންވާނެއެވެ. އަދި އެފަދަ ހުށަހެޅުމަކަށް ރަޖިސްޓްރާރ އޮފް ޔޫނިއަންސް ހުއްދަ ދޭންވާނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އާއި، އެ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނިށާނާއި، ދިދައާއި، މޮޓޯ ދުސްތޫރުގައި ހިމެނުން 14.

(ހ) ޔޫނިއަނެއްގެ ނުވަތަ ފެޑަރޭށަނެއްގެ ނިށާނާއި ދިދައާއި މޮޓޯ ބޭނުންކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު، މި ގަވާއިދުގެ ދަށުން ހުށަހަޅާ ޔޫނިއަންގެ ދުސްތޫރުގައި ހިމެނުމަށްފަހުގައެވެ. 

(ށ) ޔޫނިއަންއަކުން ނުވަތަ ފެޑަރޭށަނަކުން ނުވަތަ އެހެން ގާނޫނަކުން އުފެދިފައިވާ ގާނޫނީ ށަހްސެއް ރަޖިސްޓަރީީ ކޮށްގެން ބޭނުންކުރަމުން އަންނަ ނިށާނާއި ދިދައާއި މޮޓޯ ނުވަތަ އެފަދަ އެއްޗަކާ އޮޅުންއަރާ ނިށާނެއް ނުވަތަ ދިދައެއް ނުވަތަ ކުލައެއް ނުވަތަ މޮޓޯއެއް އެހެން ޔޫނިއަނަކަށް ނުވަތަ ފެޑަރޭށަނަކަށް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ އަރިމަތ ސުރުހީ އާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނިށާނާއި ދިދައާއި މޮޓޯއަށް ދުސްތޫރުން ބަދަލުގެނައުން 15.

(ހ) ޔޫނިއަންއަކުން ނުވަތަ ފެޑަރޭށަނަކުން ރަޖިސްޓަރީ ކޮށްފައިވާ ނިށާނާއި ދިދައާއި މޮޓޯ ބަދަލުކުރެވޭނީ، ޔޫނިއަންގެ ނުވަތަ ފެޑަރޭށަނުގެ ދުސްތޫރުގައިވާ ގޮތުގެ މަތީން ބާއްވާ އާންމު ޖަލްސާއެއްގައި ފާސްކުރާ ހާއްސަ ގަރާރަކުންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. ޔޫނިއަންތަކާއި ފެޑަރޭށަންތަކުގެ ހިންގާ ކޮމިޓީ ބޭއްވޭނީ، ޔޫނިއަންތަކާއި ފެޑަރޭށަންތަކުގެ ދުސްތޫރުގައިވާ ގާނޫނީ އަދަދު ހަމަވުމުންނެވެ. ހިންގާ ކޮމިޓީ ގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވާނީ، މަދުވެގެން ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) އުނިކުރުމަށްފަހު އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

20. ޔޫނިއަނާއި ފެޑެރޭށަންގެ ހިންގާ ކޮމިޓީ ގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އެ ޔޫނިއަނެއްގެ ނުވަތަ ފެޑަރޭށަނެއްގެ ދުސްތޫރުގައި ހިމަނަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ރ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) އާއި، (ވ) އާއި، (މ) އާއި، (ފ) އާއި، (ދ) ގައި ކަނޑައަޅައިފައިވާ ފީ ތައް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މަސައްކަތްތެރީންގެ ވާރކް ޕްލޭސް ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 500 (ފަސްސަތޭކަ) ރުފިޔާއާއި، މަސައްކަތްތެރީންގެ އިންޑަސްޓްރ ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 1,000 (އެއްހާސް) ރުފިޔާ. 

(ށ) ވަޒީ ފާދޭ ފަރާތްތަކުގެ ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ.

(ނ) 2 (ދޭއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލުމަށް 1,000 (އެއްހާސް) ރުފިޔާ.

(ރ) ޔޫނިއަން ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީ އަށް އެއްވެސް ބަދަލެއް ގެނައުމަށް 500 (ފަސްސަތޭކަ) ރުފިޔާ.

(ބ) ޔޫނިއަންގެ ރަޖިސްޓަރީ ގެއްލިގެން އައު ރަޖިސްޓަރީ އެއް ހެއްދުމަށް 500 (ފަސްސަތޭކަ) ރުފިޔާ.

(ޅ) މަސައްކަތްތެރީންގެ ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ.

(ކ) ވަޒީ ފާދޭ ފަރާތްތަކުގެ ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށް 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ.

(އ) ފެޑަރޭށަން ރަޖިސްޓަރީ ކުރުމަށްފަހ،ު ރަޖިސްޓަރީ އަށް އެއްވެސް ބަދަލެއް ގެނައުމަށް 500 (ފަސްސަތޭކަ) ރުފިޔާ.

(ވ) ފެޑަރޭށަނުގެ ރަޖިސްޓަރީ ގެއްލިގެން އައު ރަޖިސްޓަރީ އެއް ހެއްދުމަށް 500 (ފަސްސަތޭކަ) ރުފިޔާ.

(މ) ނޭށަނަލް ޔޫނިއަން ސެންޓަރ ރަޖިސްޓަރީ ކުރުމަށް 5,000 (ފަސްހާސް) ރުފިޔާ.

(ފ) ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަން ރަޖިސްޓަރީ ކުރުމަށް 5,000 (ފަސްހާސް) ރުފިޔާ.

(ދ) ނޭށަނަލް ޔޫނިއަން ސެންޓަރ ނުވަތަ ނޭށަނަލް އެމްޕްލޯޔަރޒް ޔޫނިއަންގެ ރަޖިސްޓަރީ އަށް އެއްވެސް ބަދަލެއް ގެންނަ ނަމަ ނުވަތަ ގެއްލިގެން އައު ރަޖިސްޓަރީ އެއް ހައްދާ ނަމަ، 500 (ފަސްސަތޭކަ) ރުފިޔާ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސިއްރު ވޯޓު 23.

ޔޫނިއަންތަކާއި ފެޑެރޭށަންތަކުގައި ނަގާ ސިއްރު ވޯޓު ނަގަންވާނީ، ޔޫނިއަން ހިންގުމުގެ އުސޫލުތަކާއި ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީން މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓެއްގައި، އެ ޔޫނިއަންގެ ޖުމުލަ މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ޅ) އިސްލާހުކޮށ،ް އެ މާއްދާއަށް (ކ) އިތުރުކުރުން.

(ޅ) "ވަޒީ ފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ވަޒީ ފާދޭ ކޮންމެ މީހަކަށް ނުވަތަ ފަރާތަކަށެވެ.

(ކ) "ޔޫނިއަންގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންގެ މާނައި ގައި ހިމެނޭ ވަޒީ ފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި މަސައްކަތްތެރީންގެ ޔޫނިއަންތަކަށެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޔޫނިއަންތައް ރަޖިސްޓަ ރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-56)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޔޫނިއަންތައް ރަޖިސްޓަ ރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-56)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު