ޖިނާއީ މައްސަލަތަކުގައި ގާނޫނު އެހީތެރިކަން ބަދަލުކުރުމުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2018-130)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
ފުރަތަމަ ބައި
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން، ބޭރު ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގައި އަމަލުކުރާނެ ތަފުސީލީ އިޖުރާއަތުތައް ބަޔާންކުރުމަށާއި، ކަމާގުޅޭ ފޯމުތައް ކަނޑައެޅުމަށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދު އެކުލަވައިލައިފައިއެވަނ،ީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) އިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުންނެވެ.
(ނ) މި ގަވާއިދަށް ކިޔާނީ "ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ފޯމުތައް
(ހ) ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް ކަނޑައަޅައިފައިވާ ފޯމުތަކުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލުތަކުގައި އެވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނަމޫނާ ފޯމުތައް ބޭނުންކުރުމުގައި ހުށަހެޅޭ ހުށަހެޅުމަކަށް ރިއާޔަތްކޮށް ބަދަލު ގެނައުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
3 ވަނަ މާއްދާ - އަމަލުކުރާނެ އިޖުރާ އަތު
(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމުގައި އަމަލުކުރާނީ ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުތަކަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސ،ް ބޭރު ގައުމަކުން ޖިނާއީ މައްސަލައެއްގައި އެހީތެރިކަން ފޯރުކޮށްދިނުން އެދި ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުމެއްގައި އެ ހުށަހެޅުމަކަށް އަމަލުކުރުމުގައި ރާއްޖެއިން ކަނޑައެޅިގެން ވަކި އިޖުރާއަތަކަށް އަމަލުކުރުމަށް އެ ގައުމަކުން އެދިއްޖެ ހާލަތެއްގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަ ކާ ތައާރަޒުނުވާ ގޮތުގެ މަތިން، އެ ގައުމަކުން އެދުނު އިޖުރާއަތަށް އަމަލުކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
ދެވަނަބައި
ދިވެހިރާއްޖެއިން އެހީއަށް އެދި ހުށަހެޅުން
4 ވަނަ މާއްދާ - ދިވެހިރާއްޖެއިން ހުށަހެޅުން
(ހ) ޖިނާއީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިނަ ލްއަގްވާމީ އެހީއަށް އެދޭނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
(ށ) ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ އެހީއަށް އެދި ހުށަހަޅަން ބޭނުންވަނީ ތަހުގީގީ އިދާރާއަކުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްވާނަމ،ަ އެ އިދާރާއަކުން ހޯދަން ބޭނުންވާ މައުލޫމާތުތަކާއި ލިޔެކިޔުމާއެކު ހުށަހަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ ހިނގައިފައިވާ ހާދިސާ އެނގޭނެ މިންވަރަށް އެ ހާދިސާއާ ގުޅުވައިލެވޭ މިންވަރަށް ތަފުސީލުކޮށެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމުގައި ސޮއިކުރަންވާނީ އެ އިދާރާއެއްގެ އެންމެ އިސްވެރިޔެކެވެ.
(ނ) ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނ،ީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކީގައެވެ.
5 ވަނަ މާއްދާ - ހެއްކާއި ލިޔެކިޔުމާއި އެހެނިހެން ތަކެތި ހޯދުމަށް ހުށަހެޅުމުގެ ކުރިން އެންގުން
ހެކި ނުވަތަ ލިޔެކިޔުން ނުވަތަ ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ އެއްޗެއް ހޯދުމަށް އެދި ބޭރު ގައުމަކަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމ،ަ އެ ހުށަހެޅުން ހުށަހެޅުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފައިވާ ފަރާތަކުން، އަންނަނިވި ފަރާތްތަކަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ހ) އެހީއަށް އެދެނީ ހިނގަމުންދާ ޖިނާއީ ތަހުގީގެއްގެ ބޭނުމަކަށްނަމ،ަ ތުހުމަތުކުރެވޭ ފަރާތަށް؛ އަދ/ިނުވަތަ
(ށ) އެހީއަށް އެދެނީ ހިނގަމުންދާ ޖިނާއީ ށަރީއަތެއްގެ ބޭނުމަކަށްނަމ،ަ ދައުވާލިބޭ ފަރާތަށ.ް
6 ވަނަ މާއްދާ - ހެކިންނާ ސުވާލުކުރުމަށް ފުރުސަތު ދިނުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އެންގުމެއް އަންގަ އިފައިވާ ފަރާތުން ހެކިބަސްދޭ ފަރާތާ ވީޑިއޯ ލިންކެއް ނުވަތަ އިންޓަނެޓް ލިންކެއް މެދުވެރިކޮށް ސުވާލުކުރަން ބޭނުންނަމ،ަ އޭނާއަށް އެ އެންގުން އެންގި ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީފައިވާ ފަރާތަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ށ) ހެކިބަސްދޭ ފަރާތާ ވީޑިއޯ ލިންކެއް ނުވަތަ އިންޓަނެޓް ލިންކެއް މެދުވެރިކޮށް ސުވާލުކުރުމަށް އެދޭކަން، ތުހުމަތުކުރެވޭ ނުވަތަ ދައުވާލިބޭ ފަރާތުން އަންގައިފިނަމ،ަ ބޭރު ގައުމުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެފަރާތަށް ނުވަތަ އެފަރާތެއްގެ ގާނޫނީ ވަކީލަށް ހެކިންނާ ސުވާލުކުރުމަށް ފުރުސަތު ދިނުމަށް އެދޭކަން، ބޭރު ގައުމުގެ ކަމާބެހޭ ފަރާތަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމުގައި ހިމަނަންވާނެއެވެ.
7 ވަނަ މާއްދާ - ރާއްޖެ ގެނެވޭމީހާ ބަންދުގައި ބެހެއްޓުން
(ހ) ގާނޫނުގެ ފަސްވަނަ ބާބުގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުމަކަށް ބޭރު ގައުމެއްގައި ބަންދުގައި ހުރި މީހަކު،ހެކިބަސްދިނުމަށް ނުވަތަ ޖިނާއީ މައްސަލައެއްގައި އެހީތެރިކަން ދިނުމަށް ދިވެހިރާއްޖެއަށް ގެނައުމަށް އެދޭނަމ،ަ ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުން އޭނާ އެ ގައުމުން ދިވެހިރާއްޖެއަށް ގެނެސ،ް އޭނާ ހާޒިރުކުރި ބޭނުން ފުރިހަމަވެއްޖެކަމަށް ކަމާބެހޭ އިދާރާއަކުން ނުވަތަ ކޯޓަކުން ނިންމަންދެން، ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގައި އޭނާ ބެހެއްޓުމަށް، ކޮމިށަނަރ އޮފް ޕޮލިސްއަށް އިރުށާދުދިނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލަށް ނިންމިދާނެއެވެ.
(ށ) ބަންދުގައި ބަހައްޓައިގެން ދިވެހިރާއްޖެއަށް ގެނައި މީހާ ގެނައި ބޭނުން ފުރިހަމަވެއްޖެކަމަށް ކަމާބެހޭ އިދާރާއަކުން ނުވަތަ ކޯޓަކުން ނިންމުމުން، އަންނަނިވި ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް އަމަލުކުރަންވާނެއެވެ.
- ބޭރު ގައުމުގެ ކަމާބެހޭ އިދާރާއަށް ލިޔުމުން އެކަން އެންގުން؛ އަދި
- ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުން އެމީހާ ބޭރު ގައުމަށް ގެންގޮސް އޭނާއާ ހަވާލު ވުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތުން ކަނޑައަޅައިފައިވާ އިދާރާއާ އޭނާ ހަވާލުކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް އިރުށާދުދިނުން.
(ނ) ބަންދުގައި ހުރި މީހަކު، ބޭރު ގައުމުގެ ހުއްދަދީފައިވާ އޮފިސަރެއްގެ ހާޒިރުގައި ދިވެހިރާއްޖެ ގެނެސ،ް އޭނާ ދިވެހިރާއްޖޭގައި ހުންނަ މުއްދަތުގައި، ހުއްދަދީފައިވާ އޮފިސަރު އޭނާއާއެކު ދިވެހިރާއްޖޭގައި މަޑުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
8 ވަނަ މާއްދާ - ދިވެހިރާއްޖެ ގެނެވޭ މީހާ ދިވެހިރާއްޖޭގައި މަޑުކުރުމަށް އެންގުން
ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ގެންނަ މީހަކު ނުވަތަ ދިވެހިރާއްޖޭގައި ހިނގަމުންދާ ށަރީއަތެއްގައި ހެކިދިނުމަށްޓަކައި ނުވަތަ ޖިނާއީ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިނގަމުންދާ ތަހުގީގެއްގައި އެހީތެރިވެދިނުމަށްޓަކައި ދިވެހިރާއްޖެ ގެންނަ މީހަކު ދިވެހިރާއްޖޭގައި މަޑުކުރާ ހާލަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުން އޮންނަންވާނީ ޖަދުވަލު 2 ގައިވާ ފޯމުގައިވާ ނަމޫނާއާ އެއްގޮތަށެވެ.
9 ވަނަ މާއްދާ - ގާނޫނުގެ ދަށުން ހޯދާ ތަކެތި ބޭރު ގައުމަށް ރައްދުކުރުން
(ހ) ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ހެކީގެގޮތުގައި އެއްވެސް އެއްޗެއް ފޮނުވައިފައިވާނަމ،ަ އެ އެއްޗެއް ރައްދުކުރުމަށް ބޭރު ގައުމުގެ ކަމާބެހޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބޭރު ގައުމަކަށް އެއްޗެއް ރައްދުކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތުން އަންގައިފައިވާނަމ،ަ އެ އެއްޗެއް ދިވެހިރާއްޖެއަށް ގެނައި ބޭނުން ފުރިހަމަކޮށް ނިމުމުން، އެ އެއްޗެއް އަނބުރާ ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޕްރޮސިކިއުޓަރ ޖެނެރަލ،ް ކޮމިށަނަރ އޮފް ޕޮލިސްއަށް އަންގަންވާނެއެވެ.
ތިންވަނަ ބައި
ދިވެހިރާއްޖެއަށް ހުށަހެޅުން
ފުރަތަމަ ބާބު
އާންމުބައި
10 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ހުށަހެޅުން
(ހ) ބޭރު ގައުމަކުން ޖިނާއީ މައްސަލައެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ދިވެހިރާއްޖެއަށް ހުށަހަޅަންވާނީ ޖަދުވަލު 3 ގައިވާ ފޯމުގެ ނަމޫނާއާއެއްގޮތްވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، ޖަދުވަލު 3 ގައިވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމަ، އެ ހުށަހެޅުން ހުށަހަޅާ ގައުމެއްގެ އެމްބަސީ، ނުވަތަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒ،ް ނުވަތަ ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް އެ ހުށަހެޅުން ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިސްލާހު ކުރެވިފައި)
(ނ) ގާނޫނުގެ ދަށުން އެހެން ގައުމަކުން ދިވެހިރާއްޖެއަށް ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނ،ީ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހ،ު އެ ފޯމާއެކީގައެވެ.
11 ވަނަ މާއްދާ - ބޭރު ގައުމަކުން ފަހުން އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދިނުން
ބޭރު ގައުމަކުން ދިވެހިރާއްޖޭގެ އެހީތެރިކަމަށްއެދި ހުށަހަޅާ ހުށަހެޅުމެއްގެ އަސާސަކީ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ނުވަތަ އެ ގައުމަކާ ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއް ނޫންނަމ،ަ ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެއިން އެފަދަ އެހީތެރިކަމަކަށް އެދިއްޖެނަމ،ަ އެ ގައުމެއްގެ އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ދޭންވާނެއެވެ.
12 ވަނަ މާއްދާ - އެދިފައިވާ އެހީތެރިކަން ބޭނުން ނުވާކަން އެންގުން
ގާނޫނުގެ ދަށުން ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތުން ހުށަހަޅާ ހުށަހެޅުމެއްގެ ދަށުން އެހީތެރިކަން އިތުރަށް ބޭނުންނުވާނަމ،ަ އެ ގައުމުގެ ކަމާބެހޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ވަގުތުން އެކަން އަންގަންވާނެއެވެ.
13 ވަނަ މާއްދާ - ތަކެތި ރާއްޖެއަށް ރައްދުކުރުން
ގާނޫނުގެ ދަށުން ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ހެކީގެ ގޮތުގަ އި ފޯރުކޮށްދޭ އެއްޗެއް ދިވެހިރާއްޖެއަށް އަނބުރާ ރައްދުކޮށްދިނުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތަށް އެންގުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
ދެވަނަ ބާބު
ހެކި ހޯދުން
14 ވަނަ މާއްދާ - ބަޔާން ނުވަތަ ހެކިބަސް ނެގުން
(ހ) ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ހުރި މީހެއްގެ ބަޔާން ނުވަތަ ހެކިބަސް ނެގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފިނަމ،ަ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހުންގެ އޮފިސަރަކު އެމީހެއްގެ ބަޔާން ނެގުމަށް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުން އެމީހަކު ކޯޓަށް ހާޒިރުކޮށް އެމީހެއްގެ ހެކިބަސް ނަގައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އިރުށާދުދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދަ އޮންނަންވާނ،ީ ޖަދުވަލު 4 ގައިވާ ފޯމުގައިވާ ނަމޫނާއާ އެއްގޮތަށެވެ.
15 ވަނަ މާއްދާ - ލިޔެ ކިޔުމާއި އެހެނިހެން ތަކެތި ހޯދުން
(ހ) ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައިވާ ލިޔުމެއް ނުވަތަ އެއްޗެއް ހޯދުމަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއްގައިވާ ކަންކަން ހަމަޖައްސައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހު އްދަ ދީފިނަމ،ަ ކަމުގެ އިހްތިސާސް ލިބިފައިވާ ކޯޓެއްގެ އަމުރެއްގެ ދަށުން އެ ލިޔުމެއް ނުވަތަ އެއްޗެއް ހޯދުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދަ އޮންނަންވާނ،ީ ޖަދުވަލު 4 ގައިވާ ފޯމުގައިވާ ނަމޫނާއާ އެއްގޮތަށެވެ.
(ނ) ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން ހޯދާ ލިޔުމެއް ނުވަތަ އެއްޗެއް ލިބުމާއެކު، ކޮމިށަނަރ އޮފް ޕޮލިސ،ް ޕްރޮސިކިއުޓަރ ޖެނެރަލަށް އެކަން އަންގަންވާނެއެވެ. އަދި އެ ގައުމަށް ހެކި ފޮނުވުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލް ދިނުމުން، ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުން އެ ތަކެތި އެ ގައުމަށް ފޮނުވަންވާނެއެވެ.
16 ވަނަ މާއްދާ - ހެކި ފޯރުކޮށްދިނުމަށްޓަކައި ދެވޭ ހުއްދަ
ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްދޭ ހުއްދަ އޮންނަންވާނ،ީ ޖަދުވަލު 5 ގައިވާ ފޯމުގެ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ތިންވަނަ ބާބު
ބަލަ އި ފާސްކޮށް ހިފެހެއްޓުން
17 ވަނަ މާއްދާ - ބަލައި ފާސްކޮށް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް އެންގުން
ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުން އޮންނަންވާނ،ީ މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމުގެ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ހަތަރުވަނަ ބާބު
ދިވެހިރާއްޖޭގައި ހުރި މީހަކު ހާޒިރުކުރުމާބެހޭ
18 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ހުރި މީހަކު ހާޒިރުކުރުމަށް އެދުން
(ހ) ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދުގައިވާ މީހަކު ހާޒިރުކޮށްދިނުމަށް ބޭރު ގައުމަކުން އެދިއްޖެނަމ،ަ އެމީހަކު މި މާއްދާގެ
(ށ) ގެ ބޭނުމަށް ޕޮރޮސިކިއުޓަރ ޖެނެރަލާ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީފައިވާ ފަރާތަކާ ބައްދަލުކުރުމަށް ހާޒިރުކުރުމަށް އަންގާ އެންގުން އޮންނަންވާނ،ީ މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ފޯމުގައިވާ ނަމޫނާއާ އެއްގޮތަށެވެ.
(ށ) ގާނޫނުގެ 28 ވަނަ މާއްދާގެ ބޭނުމަށް، ބޭރު ގައުމަކުން ދިވެހިރާއްޖޭގައި ހުރި މީހަކު އެ ގައުމަށް ހާޒިރުކޮށްދިނުމަށް އެދުމުން، ހާޒިރުކުރަން އެދިފައިވާ މީހާ ޕޮރޮސިކިއުޓަރ ޖެނެރަލާ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީފައިވާ ފަރާތަކާ ބައްދަލުކުރުމަށް ހާޒިރުވުމަށް އެ މީހާއަށް އަންގައި، އެ ގައުމަކަށް ދަތުރުކުރުމަށް އެމީހާގެ އިއުތިރާޒެއް އޮތްތޯ ޔަގީންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕޮރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފައިވާ ފަރާތަކާ ބައްދަލުކުރުމަށް އަންގައިފައިވާ ތާރީހާއި ވަގުތަށް އެމީހާ ހާޒިރުވުމުން ނުވަތަ ހާޒިރު ކުރެވުމުން، އެމީހާގެ ގާނޫނީ ވަކީލެއް ހުރިނަމަ ގާނޫނީ ވަކީލުގެ ހާޒިރުގައި، އެމީހާ އެ ގައުމަށް ދަތުރުކޮށް ހެކިބަސް ދިނުމަށް ނުވަތަ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރުހޭކަމަށް ބަޔާންކުރާނަމ،ަ އަންނަނިވި ކަންކަން ހިމެނޭގޮތުން، އެމީހަކަށް އެކަމާ ގުޅިގެން ލިބިދެވޭނެ އެންމެހައި ހައްގުތަކާއި އުފުލަންޖެހޭނެ ޒިންމާތަކަކީ ކޮބައިކަން ކިޔައިދީ އޮޅުންފިލުވައިދޭންވާނެއެވެ.
- އެމީހަކާ ގުޅުންހުރި މިންވަރަކަށް ބޭރު ގައުމަށް އޭނާ ދަތުރުކުރަން ހުށަހަޅައިފައިވާ ގޮތުގެ ތަފުސީލު؛
- ބޭރު ގައުމުގައި އޭނާ މަޑުކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އޭނާ ހުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު؛
- ބޭރު ގައުމުގައި އޭނާ މަޑުކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އޭނާއަށް ލިބެންޖެހޭ ފީއެއް ނުވަތަ އިނާޔަތެއް ނުވަތަ ހަރަދެއް ވާނަމަ އޭގެ ތަފުސީލު؛
- އޭނާ އެ ގައުމަށް ދިއުމުގައްޔާއި، އެނބުރި އައުމުގައްޔާއި، އެ ގައުމުގައި އޭނާ މަޑުކުރަން ހަމަޖެހިފައިވާ މުއްދަތުގައި އޭނާގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭގޮތުން އެއްވެސް ހިދުމަތެއް ފޯރުކޮށްދޭނަމަ އެކަމުގެ ތަފުސީލު؛
- ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅޭ ކަންކަމުގައި ހެކިބަސް ދިނުމުގައި ނުވަތަ އެހީތެރިވުމުގައި އޭނާއަށް ލިބިދެވޭނެ ހައްގުތަކާއި އުފުލަންޖެހޭ ޒިންމާތައް؛
- އޭނާ އެކަމަށް ރުހުންދިނުމުގެ ސަބަބުން ކުރިމަތިލާން ޖެހިދާނެ ކަންތައްތަކާއި ކުރާނެ އަސަރ.ު
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހާޒިރުކޮށްދޭންޖެހޭ މީހާއަކީ ބަންދުގައި ހުރި މީހެއްނަމ،ަ އަންނަނިވި ކަންކަން އެމީހަކަށް ކިޔައިދީ، އެކަންކަން އެމީހަކަށް އޮޅުންފިލުވައިދޭންވާނެއެވެ.
- ބޭރު ގައުމުގެ ބަންދަށް އޭނާ ބަދަލުކުރުމުން އޭނާގެ ބަންދަށް ކުރާނެ އަސަރު؛
- އޭނާ ވާނީ ބޭރު ގައުމުގެ ބަންދަށް ގާނޫނީގޮތުން ބަދަލުކުރެވޭ މީހެއްކަމުގައިކަން؛
- ބޭރު ގައުމުގެ ބަންދުގައި ހުންނަ މުއްދަތުގައި އޭނާގެ މައްޗަށް އެ ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ހިނގާނެކަން.
(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށް މީހެއްގެ ރުހުން ދޭންވާނީ އެމީހަކު އަމިއްލަޔަށެވެ. ރުހުން ދޭންވާނީ ލިޔުމުންނެވެ.
19 ވަނަ މާއްދާ - ބޭރު ގައުމަށް ދިޔުން
(ހ) ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ބޭރު ގައުމަށް ދިޔުމަށް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ފަރާތުން ރުހުން ދީފިނަމަ އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ހުށަހެޅުމުގައި ބަޔާންކޮށްފައިވާ އިންތިޒާމްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލް އޭނާއާ ހަވާލުކުރުން؛ އަދި
- ލިޔެކިޔުންތައް ލިބުމުން ހުށަހެޅުމުގައި ބަޔާންކޮށްފައިވާ އިންތިޒާމްތަކާ އެއްގޮތަށް އެމީހަކު އެ ގައުމަކަށް ގޮސް، ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުން؛
(ށ) ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއްގައި ބަޔާންކޮށްފައިވާ ފަރާތަކީ ބަންދުގައި ހުރި މީހެއްނަމ،ަ ކޮމިށަނަރ އޮފް ޕޮލިސް ހުއްދަދީފައިވާ އޮފިސަރަކު އޭނާއާއެކު އެ ގައުމަށް ގޮސ،ް އެ ގައުމުގައި އޭނާ ހޭދަކުރާ މުއްދަތުގައި އޭނާއާއެކު މަޑުކުރަންވާނެއެވެ. އަދި މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުން އެންގުމުން،ބަންދުގައި ހުރި މީހާއާއެކު ދިވެހިރާއްޖެއަށް އެނބުރި އަންނަންވާނެއެވެ.
20 ވަނަ މާއްދާ - ބަންދުގައިހުރި މީހަކު އަނބުރާ ގެނައުން
(ހ) ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހުށަހެޅުމަކަށް ބޭރު ގައުމަކަށް މައްސަލައެއްގައި ހެކިބަސް ދިނުމަށް ނުވަތަ ޖިނާއީ މައްސަލައެއްގައި އެހީތެރިވެދިނުމަށް ބަންދުގައިހުރި މީހަކު ފޮނުވާނަމ،ަ އޭނާ އެ ބޭނުމަކަށް ބޭރު ގައުމަށް ހާޒިރުކުރި ބޭނުން ފުރިހަމަވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާ ނުވަތަ ކޯޓުން ނިންމުމުން، އެ ގައުމުގެ ކަމާބެހޭ ފަރާތުން އެކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބޭރު ގައުމުގެ ކަމާބެހޭ ފަރާތުން އެންގުމުން، ޕްރޮސިކިއުޓަރ ޖެނެރަލ،ް އެމީހާ ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ބަންދުން ރާއްޖެއަށް އަނބުރާ ގެނައުމަށް އަންގައި، އޭނާ ރާއްޖެއަށް ގެނެސް އޭނާ އެ ގައުމަށް ފޮނުވުމުގެ ކުރިން ހުރި ބަންދު ތަންފީޒުކުރުމަށް އަންގަންވާނެއެވެ.
ފަސްވަނަ ބާބު
ބަންދުގައިހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓް ކުރުމާބެހޭ
21 ވަނަ މާއްދާ - ބަންދުގައިހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓް ކުރުމާބެހޭ
(ހ) ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ލިބިގެން، ބަންދުގައިހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓްކުރާ ހާލަތުގައި އެމީހާގެ ދަތުރު ކުރިއަށް ގެންދަންދެން ނުވަތަ އެ ގައުމަށް އަނބުރާ ފޮނުވައިލަންދެން އެމީހަކު ބަހައްޓަންވާނީ ކަމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުގައެވެ.
(ށ) ބަންދުގައި ހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓްކުރުގެ ހުއްދަ ހޯދުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅަންވާނީ ހުއްދައަށް އެދޭ ގައުމަކުން، އެފަރާތުގެ ވަނަވަރާއި، އެފަރާތް ގެންދާ ގައުމާއި، ގެންދާ ބޭނުމާއި، އެފަރާތުގެ ދަތުރު ހަމަޖެހިފައިވާ ވަގުތާއި ތަފުސީލު އެނގޭގޮތަށް، ޖަދުވަލު 8 ގައިވާ ފޯމު މެދުވެރިކޮށެވެ.
(ނ) ބަންދުގައި ހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، އެ ހުށަހެޅި ގައުމުގެ ކަމާބެހޭ އިދާރާއެއްގެ ގާނޫނީގޮތުން ހުއްދަލިބިފައިވާ ފަރާތެއްގެ ނަމާއި، ސޮއި އޮންނަންވާނެއެވެ. އަދި އެ އިދާރާއެއްގެ ތައްގަނޑު ވެސް ޖަހައިފައި އޮންނަންވާނެއެވެ.
(ރ) ބަންދުގައި ހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދި ބޭރު ގައުމަކުން ހުށަހެޅުމުން، އެކަމާ ގުޅިގެން ނިންމާ ނިންމުމެއ،ް އެ ހުށަހެޅި ގައުމަކަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ޖަދުވަލު 9 ގައިވާ ފޯމު މެދުވެރިކޮށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.
ހަވަނަ ބާބު
ދައުލަތަށް މުދާނެގުމަށް ކުރެވޭ އަމުރު ތަންފީޒުކުރުން
22 ވަނަ މާއްދާ - ބޭރު ގައުމުގެ ކަމާބެހޭ ފަރާތުން ދޫކުރާ ސެޓުފިކެޓު
(ހ) ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށް އެދި ހުށަހަޅާނ،ީ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، ބޭރު ގައުމުގެ ކަމާބެހޭ ފަރާތުން ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކުން ދޫކޮށްފައިވާ ލިޔުމަކާއެކުގައެވެ.
- ބޭރު ގައުމުން ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ އަމުރަކީ އިސްތިއުނާފުކުރުމުގެ އިހްތިމާލް އޮތް އަމުރެއް ނޫންކަން؛
- ބޭރު ގައުމުން ދިވެހިރާއްޖޭގައި ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ އަމުރުގައި ދައުލަތަށް ނެގުމަށް ކަނޑައަޅައިފައިވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނަގައިފައިނުވާކަން؛
- އަމުރު ނެރުމުގެ ކުރިން ބޭއްވި ށަރީއަތެއް އެގޮތަށް ހިނގައިފައިވާކަން، އެ ގައުމުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންއަންގަންޖެހޭ ފަރާތެއް ހުރިނަމަ އަންގައިފައިވާކަން.
(ށ) ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން މުދަލަކުން ނުވަތަ ފައިސާއަކުން މުއާމަލާތްކުރުން ހުއްޓުވުމަށް އެދި ހުށަހަޅާނ،ީ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، ބޭރު ގައުމުގެ ކަމާބެހޭ ފަރާތުން ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކުން ދޫކޮށްފައިވާ ލިޔުމަކާއެކުއެވެ.
- މުދަލާ ނުވަތަ ފައިސާއާ ގުޅުންހުރި ށަރީއަތް ބޭރު ގައުމުގައި ފަށައިފައިވާކަމާއި، އެ ށަރީއަތް އަދި ނިމުމަކަށް ނާންނަކަމާއި، އަދި ށަރީއަތް ފެށުމަށް ހަމަޖެހިފައިވާނަމަ ފަށާނެކަމަށް ބެލެވޭ ތާރީހު؛
- އެކަމަށް ބޭނުންޖެހޭ ހާލަތްތަކުގައި، އެ ގައުމުގައި ހިންގޭ ށަރީއަތަކުން، އެ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރޭނެކަމަށް ބެލެވޭ ސަބަބުތައް؛
- ނެރެފައިވާ އަމުރު ނިސްބަތްވާ މުދާ ނުވަތަ ފައިސާގެ ތަފުސީލާއި، އެ މުދާ ނުވަތަ ފައިސާގެ އަސްލު ވެރިޔަކީ ކޮބައިކަން؛
- ނެރެފައިވާ އަމުރު ނިސްބަތްވާ މުދާ ނުވަތަ ފައިސާއާއި، އެ ގައުމުގައި ހިންގާ ށަރީއަތުގައި ދައުވާ ލިބޭ ފަރާތާ އޮތް ގުޅުން؛
- މި މާއްދާގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދައުވާލިބޭ ފަރާތާ ދެކޮޅަށް، މުއާމަލާތްކުރުން ހުއްޓުވުމަށް އެދިފައިވާ މުދާ ނުވަތަ ފައިސާއާ ގުޅިގެން، އެ ގައުމުގެ ކޯޓުތަކުން ނެރެފައިވާ އެންމެހައި ކޯޓު އަމުރުތަކުގެ ތަފުސީލާއި، އެ އަމުރުތައް ނެރެންޖެހުނު ސަބަބުތަކާއި މަސްދަރުތަކުގެ ބަޔާންތަކާއި މައުލޫމާތު.
23 ވަނަ މާއްދާ - ބޭރު ގައުމަކުން އަމުރު ނެރެފައިވާކަމުގެ ހެކި
(ހ) ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގެ ބޭނުމަށް، ބޭރު ގައުމަކުން އަމުރު ނެރެފައިވާކަމުގެ ހެކި ބަލައިގަތުމުގައި، ބޭރު ގައުމެއްގެ ކޯޓަކުން ނެރޭ އަމުރެއް ނުވަތަ ކުރާ ހުކުމެއްގައި އެ ކޯޓުގެ ސިއްކަ ޖަހައިފައިވާނަމަ ނުވަތަ އަމުރު ނެރުނު ކޯޓުގެ ފަނޑިޔާރެއް ނުވަތަ މެޖިސްޓްރޭޓެއް ނުވަތަ ކޯޓުގެ އޮފިސަރެއް ސޮއިކޮށްފައިވާނަމ،ަ އެއީ ހަގީގަތުގައިވެސް އެ ކޯޓަކުން ޖަހައިފައިވާ ސިއްކައެއްކަން ނުވަތަ އިސްވެ ބުނެވުނު ފަރާތަކުން ކޮށްފައިވާ ސޮއިކަމަށް އިތުރު ހެތްކެއް ނެތި ގަބޫލުކުރަންވާނެއެވެ . އަދި ބޭރު ގައުމެއްގެ ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ކޮށްފައިވާ ހުކުމެއްގެ އަސްލާ އެއްގޮތް ސައްހަ ކޮޕީއެއްކަމަށް ބަޔާންކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތް ތަމްސީލުކުރާ މީހަކު ސޮއިކޮށް ތައްގަނޑު ޖަހައިފައިވާ ލިޔުމެއް އިތުރު ހެތްކެއް ނެތި ބަލަންވާނީ އަސްލާ އެއްގޮތް ލިޔުމެއްކަމަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ލިޔުމެއް ސައްހަކަމުގައި ބެލޭނ،ީ އަމުރު ނެރުނު ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ނުވަތަ މެޖިސްޓްރޭޓެއްގެ މަގާމުގައި ހުރި މީހަކު ނުވަތަ ކޯޓު އޮފިސަރެއްގެ މަގާމުގައި ހުރި މީހަކު ނުވަތަ އެ ގައުމުގެ ކަމާބެހޭ ފަރާތް ތަމްސީލުކުރާ މީހަކު ސޮއިކޮށް ތައްގަނޑު ޖަހައިފައިވާނަމައެވެ.
24 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ތަންފީޒުކޮށްދިނުމަށް އެދި ބޭރު ގައުމަކުން ހުށަހަޅާ އަމުރެއް ރަޖިސް ޓަ ރީކުރުން
(ހ) ބޭރު ގައުމަކުން ދި ވެހިރާއްޖޭގައި ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާ އަމުރެއް ރަޖިސްޓަރީކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމައެވެ.
- އެ އަމުރަކީ ދެމިއޮތް އަދި އިސްތިއުނާފުކުރުމުގެ އިހްތިމާލް ނެތް އަމުރަކަށްވުން؛
- އެ އަމުރަކުން އަސަރުކުރާ މީހާ އެ އަމުރު ނެރުމުގެ ކުރިން ބޭއްވި ށަރީއަތަށް ހާޒިރުވެފައިނުވާނަމ،ަ އޭނާ ދިފާއުވުމަށް އެކަށީގެންވާ ވަގުތުލިބޭގޮތަށް އެ ށަރީއަތް ހިންގާނެކަން އޭނާއަށް އަންގައިފައިވުން؛
- އެ އަމުރު ދިވެހިރާއްޖޭގައި ތަންފީޒުކުރުމުން އަދުލު އިންސާފުގެ ހަމަތަކާ ހިލާފުނުވުން.
(ށ) ތަންފީޒުކުރުމަށް އެދި ހުށަހަޅައިފައިވާ އަމުރުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާ އެ އަމުރު ރައްދުވާ މީހާ މުދާ އަނބުރާ ހަވާލުކޮށްފައިވާނަމ،ަ ނުވަތަ ފައިސާ ދައްކައި ހަލާސްކޮށްފައިވާނަމ،ަ ނުވަތަ އޭގެ ބަދަލުގައި ޖަލު ހުކުމެއް ތަންފީޒުކޮށްފައި، ނުވަތަ އެނޫންވެސް އުގޫބާތެއް ލިބިފައިވާނަމ،ަ މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމުރުގެ ރަޖިސްޓަރީ ބާތިލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.
(ނ) ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް ބޭރު ގައުމަކުން ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ހުށަހަޅާ އަމުރެއ،ް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމުގައި އަމަލުކުރާނ،ީ ކަމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކުން ކަނޑައަޅައިފައިވާ އުސޫލެއްގެ ދަށުންނެވެ. އަދި އެފަދަ އަމުރުތައް ރަޖިސްޓަރީކުރެވޭނީ އަދި އެފަދަ އަމުރުތައް ބާތިލުކުރެވޭނީ އަދި އެފަދަ އަމުރުތައް އިސްލާހުކުރެވޭނ،ީ އެފަދަ އަމުރެއް ހުށަހަޅާ ކޯޓަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށެވެ.
25 ވަނަ މާއްދާ - ދައުލަތަށް ނެގޭމު ދަލާއި ފައިސާގެ މިލްކުވެރިކަން
ކުށް ކޮށްގެން ހޯދައިފައިވާ މުދަލެއް ދައުލަތަށް ނެގުމަށް ބޭރު ގައުމަކުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އޭގެ ބައެއްގެ މިލްކުވެރިކަން އެހެން އެންމެހައި ފަރާތެއްގެ ހައްގަކުން ނުވަތަ މަސްލަހަތަކުން މިނިވަންވ،ެ ދިވެހި ދައުލަތަށް ބަދަލުވާނެއެވެ. އެހެންނަމަވެސ،ް ދިވެހިރާއްޖޭގެ ގާނޫނުތަކުން ބާތިލްނުވާގޮތަށް ހެޔޮ ނިޔަތުގައި އެ މުދަލަކަށް ނުވަތަ ފައިސާއަކަށް އަގުހުރި ބަދަލެއް ދިނުމަށްފަހު އެހެން ފަރާތަކު ން އެ މުދަލަކުން ހޯދައިފައިވާ ހައްގެއް ނުވަތަ މަސްލަހަތެއް އިސްތިސްނާވާނެއެވެ.
26 ވަނަ މާއްދާ - ހެޔޮނިޔަތުގައި މުދަލުން ހައްގު ހޯދަ އި ފައިވާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުން
ގާނޫނާއި މި ގަވާއިދުގެ ދަށުން މުއާމަލާތްކުރުން ހުއްޓުވި މުދަލެއްގެ ނުވަތަ ފައިސާއެއްގެ ނުވަތަ ދައުލަތަށް ނެގި މުދަލެއްގެ ނުވަތަ ފައިސާއެއްގެ މަސްލަހަތު އޮތްކަމަށް ބަޔާންކޮށް ތިންވަނަ ފަރާތަކުން،އަންނަނިވި ކަންކަމަށް އަމުރެއް ހޯދުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ހ) އޭނާ އެ މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އޭގެ ބައެއް ހޯދައިފައިވަނީ ހެޔޮ ނިޔަތުގައިކަމަށް ކަނޑައެޅުމަށް؛ އަދ/ިނުވަތަ
(ށ) އެ މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އޭގެ ބައެއް އަނބުރާ އޭނާއަށް ރުޖޫއަކޮށްދިނުމަށ.ް
ހަތްވަނަ ބާބު
ށަރުއީ ލިޔުން ރައްދުކުރުން
27 ވަނަ މާއްދާ - ށަރުއީ ލިޔުން ރައްދުކުރުމަށް އެންގުން
(ހ) ގާނޫނުގެ ދަށުން ށަރުއީ ލިޔުން ރައްދުކުރުމަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވާ ށަރުއީ ލިޔެކިޔުންތައ،ް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ފަރާތަށް އަނބުރާ ރައްދުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގިދާނެއެވެ.
(ށ) ގާނޫނުގެ ދަށުން ށަރުއީ ލިޔުން ރައްދުކުރުމަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން، ޕޯސްޓުގެ ޒަރީއާއިން ނުވަތަ އެނޫންވެސް ގޮތަކުން އެ ލިޔުން ރައްދުކުރުމުގެ އިންތިޒާމ،ް ދިވެހިރާއްޖޭގެ ގާނޫނުތައް މަނާނުކުރާ ގޮތެއްގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލަށް ހަމަޖެއްސިދާނެއެވެ.
(ނ) ގާނޫނުގެ ދަށުން ށަރުއީ ލިޔުން ރައްދުކުރުމަށް ހުށަހެޅޭ ހުށަހެޅުމެއްގައި ބަޔާންކޮށްފައިވާގޮތަށް އެ ލިޔުން ރައްދުކުރެވުނުކަމުގެ ހެކި ޕްރޮސިކިއުޓަރ ޖެނެރަލް ރައްދުކުރަންވާނެއެވެ. އަދި އެ ލިޔުން ރައްދުކުރެވިފައި ނުވާނަމ،ަ ރައްދުނުކުރެވުނު ސަބަބ،ު ބޭރު ގައުމަށް އަންގަންވާނެއެވެ.
ހަތަރުވަނަ ބައި
އާންމުބައި
28 ވަނަ މާއްދާ - ރަޖިސްޓަރީ
ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭގޮތުން، ގާނޫނުގެ ދަށުން ބަދަލުކުރާ އެހީއާ ގުޅޭ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއެއް ގާއިމްކޮށްގެން، އެ ރަޖިސްޓަރީ ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީ ގާއިމްކޮށް ބަލަހައްޓާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
(ހ) ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ބޭރު ގައުމުތަކަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް؛
(ށ) ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ބޭރު ގައުމުތަކަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ ނަތީޖާ؛
(ނ) ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ބޭރު ގައުމަކަށް ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅިގެން ހިފެހެއްޓިފައިވާ ތަކެތީގެ ތަފުސީލާއި، އެ ގައުމުގެ ކަމާބެހޭ އިދާރާއަކަށް ރައްދުކުރަންޖެހޭ ހާލަތްތަކުގައި، ރައްދުކޮށްފައިވާ ތަކެތީގެ ތަފުސީލު؛
(ރ) ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ހުށަހެޅުމަށް ދިވެހިރާއްޖެއަށް ގެންނ،ަބަންދުގައި ތިބޭ މީހުންގެ ތަފުސީލު؛
(ބ) ގާނޫނުގެ ދަށުން ދައުލަތަށް މުދާ ނެގުމުގެ އަމުރެއް ތަންފީޒުކުރުމުގެގޮތުން ދިވެހިރާއްޖޭގެ ހުށަހެޅުމަށް ޓްރޭސްކުރާ މުދަލާއި، ހިފަހައްޓާ މުދަލާއި، ހޯދާ މުދަލުގެ ތަފުސީލު؛
(ޅ) ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ހުށަހެޅުމަށް ހޯދާ މީހުންގެ ތަފުސީލު؛
(ކ) ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ހުށަހެޅުމަށް، ބޭރު ގައުމެއްގައި ރައްދުކޮށްފައިވާ ށަރުއީ ލިޔުންތަކުގެ ތަފުސީލު؛
(އ) ގާނޫނުގެ ދަށުން ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް؛
(ވ) ގާނޫނުގެ ދަށުން ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ ނަތީޖާ؛
(މ) ގާނޫނުގެ ދަށުން ބޭރު ގައުމަކުން ދިވެހިރާއްޖެއަށް ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅިގެން ހިފެހެއްޓި ތަކެތީގެ ތަފުސީލާއި، ދިވެ ހިރާއްޖެއަށް ރައްދުކުރަންޖެހޭ ހާލަތްތަކުގައި، ރައްދުކޮށްފައިވާ ތަކެތީގެ ތަފުސީލާއި، ބޭނުންޖެހޭ ހާލަތުގައި އެތަކެތީގެ ވެރިފަރާތަށް ރައްދުކޮށްފައިވާ ތަކެތީގެ ތަފުސީލު؛
(ފ) ގާނޫނުގެ ދަށުން ބޭރު ގައުމެއްގެ ހުށަހެޅުމަށް އެ ގައުމަށް ދިވެހިރާއްޖެއިން ދަތުރުކުރާ މީހުންނާއި، ބަންދުގައި ބަހައްޓައިގެން ފޮނުވާ މީހުންގެ ތަފުސީލު؛
(ދ) ގާނޫނުގެ ދަށުން ދައުލަތަށް މުދާ ނެގުމުގެ އަމުރެއް ތަންފީޒުކުރުމުގެގޮތުން ބޭރު ގައުމެއްގެ ހުށަހެޅުމަށް ދިވެހިރާއްޖޭގައިޓްރޭސްކުރާ މުދަލާއި، ހިފަހައްޓާ މުދަލާއި، ހޯދާ މުދަލާއި، އެއާމެދު އަމަލުކުރިގޮތުގެ ތަފުސީލު؛
(ތ) ގާނޫނުގެ ދަށުން ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަށް ހޯދޭ މީހުންގެ ތަފުސީލު؛
(ލ) ގާނޫނުގެ ދަށުން ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަށް ދިވެހިރާއްޖޭގައި ރައްދުކޮށްފައިވާ ށަރުއީ ލިޔުންތަކުގެ ތަފުސީލު؛ އަދި
(ގ) ޕްރޮސިކިއުޓަރ ޖެނެރަލަށް މުހިންމުކަމަށް ފެންނަ އެހެން މައުލޫމާތުތައް.
29 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނ،ީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) އަށެވެ.
"ޖިނާއީ މައްސަލަ" ކަމަށް ބުނެފައި އެވަނ،ީ ދިވެހިރާއްޖޭގައި ނުވަތަ ބޭރު ގައުމެއްގައި ހިނގާ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގެއް ނުވަތަ ޖިނާއީ ށަރީއަތެއް ނުވަތަ އެފަދަ ތަހުގީގަކާ ނުވަތަ ށަރީއަތަކާ ގުޅުން ހުރި ކަމަކަށެވެ.
"ކޯޓު" ކަމަށް ބުނެފައި އެވަނ،ީ ކަމުގެ އިހްތިސާސް ލިބިފައިވާ ކޯޓަށެވެ.
"ކޮމިށަނަރ އޮފް ޕޮލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ކޮމިށަނަރ އޮފް ޕޮލިހަށެވެ.
"ފުލުހުންގެ އޮފިސަރެއް" ކަމަށް ބުނެފައި އެވަނ،ީ ފުލުހުންގެ ޔުނީފޯމުއެޅި ހުރިހާ ރޭންކެއްގެ ފުލުހުންވެސް ހިމެނޭ ގޮތަށެވެ.
"މިނިސްޓްރީ އޮފް ފޮރިން އެފެއާޒް" ކަމަށް ބުނެފައި އެވަނ،ީ ފޮރިން އެފެއާޒުގެ ކަންކަން ހިންގުމާއި، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
"މީހެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިންނާއި ބިދޭސީން ހިމެނޭގޮތަށް، އިންސާނީ ނަސްލު ތަފާތުކުރުމެއްނެތި، ކޮންމެ އިންސާނަކަށެވެ.
"އެއްޗެއް" ކަމަށް ބުނެފައި އެވަނ،ީ ފޮތ،ް ލިޔެކިޔުން ނުވަތަ ކޮންމެ ސިފައެއްގައިނަމަވެސް ރެކޯޑުކޮށްފައިވާ މެޓީރިއަލްތަކާއި، އެއާ ގުޅުންހުރި ތަކެއްޗަށެވެ.
30 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގަވާއިދު ހަދައި ހިންގާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
31 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ކަވަރ ނޯޓު
(ހުށަހަޅާ ފަރާތުން ފުރިހަމަކުރުމަށް)
- މައްސަލަ.
- މައްސަލަ ނަންބަރު.
- ތުހުމަތުކުރެވޭ ފަރާތްތަކުގެ ނަން.
ހުށަހެޅުމާ ގުޅިގެން ގުޅާނެ ފަރާތުގެ މައުލޫމާތު.
- އޮގަނައިޒޭށަން.
- ތަން.
- ގައުމު.
- ނަން.
- މަސައްކަތް.
- ވާހަކަދައްކާ ބަސް.
- ފޯނު ނަންބަރު.
- ފެކްސް ނަންބަރު.
- އީމެއިލް އެޑްރެސް.
މުއްދަތުހަމަވާ ތާރީހު.
މި ރިކުއެސްޓަކީ އަވަސް (އަރޖެންޓް) ރިކުއެސްޓެއް.
މި ރިކުއެސްޓާ ގުޅިގެން ހޯދަން އެދިފައިވާ މައުލޫމާތު ފޯރުކޮށްދި ނުން އެދޭ އެންމެ ފަހުގެ ތާރީހު.
ވަކި މުއްދަތެއް ދީފައިވާ ސަބަބު.
ތާރީހު.
ސޮއ:
އެހީތެރިކަމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިގަތްކަން އަންގައިދޭ ލިޔުން
(ހުށަހެޅުން ލިބިފައިވާ ގައުމުގެ ފަރާތުން ފުރިހަމަކުރުމަށް)
ރެޖިސްޓްރޭށަން
ރެޖިސްޓްރޭށަން ނަންބަރު.
ތާރީހު
ހުށަހެޅުން ލިބުނު އިދާރާ.
- އޮގަނައިޒޭށަން:
- ތަން. ގައުމު:
- ނަން:
- މަސައްކަތް:
- ވާހަކަދައްކާ ބަސް:
- ފޯނު ނަންބަރު:
- ފެކްސް ނަންބަރު:
- އީމެއިލް އެޑްރެސް:
ހުށަހެޅުމާ ގުޅިގެން ގުޅާނެ ފަރާތުގެ ތަފުސީލު.
މަތީގައި ބަޔާންކޮށްފައިވާ ފަރާތަށް:
ތިރީގައި ބަޔާންކޮށްފައިވާ ފަރާތަށް:
- އޮގަނައިޒޭށަން:
- ތަން:
- ގައުމު:
- ނަން:
- މަސައްކަތް:
- ވާހަކަދައްކާ ބަސް:
- ފޯނު ނަންބަރު:
- ފެކްސް ނަންބަރު:
- އީމެއިލް އެޑްރެސް:
މުއްދަތުހަމަވާ ތާރީހު:
ބަޔާންކޮށްފައިވާ މުއްދަތުގައި:
ނިންމޭނެކަމަށް ފެނޭ:
ނިންމޭނެކަމަކަށް ނުފެނޭ:
ސަބަބު:
ތާރީހު:
ސޮއި:
(ގާނޫނުގެ ދަށުން ހުށަހަޅައިފައިވާ ހުށަހެޅުން ލިބުމުން، މި މައުލޫމާތު ފުރިހަމަކުރުމަށްފަހު، ފެކްސް ނުވަތަ އީމެއިލްކޮށްދިނުމަށް އެދި)
ޖަދުވަލު 2
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) (2) (ii) ގެ ދަށުން ޕްރޮސިކި އުޓަރ ޖެނެރަލް އަންގާ އެންގުން
ލިބެންވީ ފަރާތް:
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (2) (ii) ގެ ދަށުން، އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، އަހުރެން، ،............... ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލ،ް އަންނަނިވި ކަންކަން ކަށަވަރުކޮށްދެމެވެ.
(ހ) ...............(ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގެއް/ *ށަރީއަތެއް ދިވެހިރާއްޖޭގައި ފެށިފައިވާތީއާއި،
(ށ) ބުނެވިދިޔަ ޖިނާއީ *ތަހުގީގުގައި/ *ށަރީއަތުގައި *ބަޔާން/ *ހެކިބަސް/ *އެހީތެރިކަން ދިނުމަށް §.................. ގައި ހުރި ................ (ނަމާއި، މިހާރު އުޅޭ އެޑްރެސް) ދިވެހިރާއްޖެއަށް އައުން މުހިންމުކަމަށްވާތީ،
(ނ) ...............(ނަން) ވަނީ އެއްވެސް މަޖުބޫރުކަމެއްނެތި ބުނެވިދިޔަ ޖިނާއީ *ތަހުގީގުގައި/ *ށަރީއަތުގައި *ބަޔާން/ *ހެކިބަސް/ *އެހީތެރިކަން ދިނުމަށް .....................(މުއްދަތު) ދިވެހިރާއްޖެއަށް އައުމަށް އެއްބަސްވެފައެވެ. އެހެންކަމުން، (..................) (ހިނގަމުންދާ ނުވަތަ ކުރިޔަށް ތާވަލްކޮށްފައިވާ ށަރީއަތުގެ ތަފުސީލު) ގައި ..................... (ނަން) ހެކިބަސް ދިނުން މުހިންމުކަމަށްވާތީ، އެ ށަރީއަތުގައި ހެކިބަސް ދިނުމަށް ދިވެހިރާއްޖޭގައި މަޑުކުރުމުގެ ހުއްދަ ދީފީމެވެ.
ތާރީހު:
ސޮއި:
ޕްރޮސިކިއުޓަރ ޖެނެރަލް
* ބޭނުންނުވާ އިބާރާތް އުނިކުރުމަށް
§ ބޭރު ގައުމުގެ ނަން
ޖަދުވަލު 3
ލިބެންވީ ފަރާތް: ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް
ފޮނުވާ ފަރާތް: ބޭރުގައުމުގެ ކަމާބެހޭ އިދާރާގެ ނަން/ ހުށަހަޅާ ގައުމުގެ މައި އިދާރާ
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަ މަށް އެދި ހުށަހެޅުން
ތައާރަފު
1. ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުން ނުހަނު އިހްތިރާމާއެކު އަހުރެން (ނަން، މަގާމ،ު ހައިސިއްޔަތު)، (ހުށަހަޅާ ބޭރުގައުމުގެ ނަން) ގެ ފަރާތުން، މި ޒިންމާ ނެގުމަށް ހަވާލުވެހުރި ފަރާތުގެ ހައިސިއްޔަތުންނާއި (ޒިންމާ ބަޔާންކުރުމަށް، މިސާލު. ޖިނާއީ ދައުވ،ާ ތަހުގީގު) ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީއަށް އެދުމަށް ހުއްދަ ލިބިގެންވާ ފަރާތުގެ ހައިސިއްޔަތުން، (ކަމާބެހޭ އިދާރާގެ ނަން) ފަރާތުން އެހީތެރިކަމަށް އެދޭކަން ކަށަވަރުކޮށްދެމެވެ.
ހުށަހެޅުން
2. (ހުށަހަޅާ ބޭރުގައުމުގެ ނަން) ގެ ފަރާތުން ގާނޫނު ނަންބަރު: 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން އެއްބާރުލުން ދިނުމަށް އެދި ހުށަހަޅަމެވެ. އަދި މި ހުށަހެޅުން، ހުށަހަޅައިފައިވަނީ ގާނޫނު ނަންބަރު: 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) އާއި، އޭގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ.
ހުށަހެޅުމުގެ ބާވަތް
3.1 މި ހުށަހެޅުން ހުށަހަޅައިފައިވަނީ (ޖިނާއީ މައްސަލަ) ގެ (ޖިނާއީ މައްސަލަ ބިނާވެފައިވަނީ ކޮން ކަމަކަށްކަން) ގުޅިގެންނެވެ. އަދި އެ މައްސަލަ ހިންގުމުގެ ބާރު ލިބިފައިވަނީ (ކޮން އިދާރާއެއްކަން ބަޔާންކުރ/ޭތަފުސީލު ކުރޭ).
ހުށަހެޅުން ބިނާކޮށްފައިވާ ބައިނަލްއަގްވާމީ އަސާސްގެ ތަފުސީލު.
(ބައިލެޓަރަލް ޓްރީޓީ ނުވަތަ މަލްޓިލެޓަރަލް ކޮންވެންށަން ނުވަތަ ސްކީމްއާ ގުޅޭ މައުލޫމާތު ހިމެނުމަށް)
3.2 ހުށަހެޅުން ބިނާވެފައިވާ ފަރާތުގެ ތަފުސީލު ތިރީގައި ބަޔާންކުރަމެވެ.
ނަން/ތަފުސީލު.
އުފަން ތާރީހު:
އުމުރު:
މަސައްކަތް:
ގައުމީ ނިސްބަތް:
ޕާސްޕޯޓް ނަންބަރު:
އެޑްރެސް/ތަން:
3.3 ޓްރޭސްކުރުމަށް ބޭނުންވާ/ ހިފެހެއްޓުމަށް ބޭނުންވާ/ ދައުލަތަށް ނެގޭ މުދަލުގެ ތަފުސީލު ތިރީގައި ބަޔާންކުރަމެވެ.
(ބޭނުންވާނަމަ ފުރުމަށް):
ސިފަ:
ތަން:
މިނޫންވެސް މުހިންމު ތަފުސީލު.
3.4 ދިވެހިރާއްޖޭގައި އެފަރާތް ނުވަތަ އެ މުދާ ވާކަމަށް ށައްކުކުރެވޭ ސަބަބުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ބޭނުންވާނަމަ ފުރުމަށް):
ކަންހިނގައިފައިވާ ގޮތުގެ ބަޔާން
4. (ޖިނާއީ މައްސަލައިގެ ވަގާއިއު ތަފުސީލުކޮށް، ހާއްސަކޮށް ދިވެހިރާއްޖެއިން ހޯދޭ އެހީތެރިކަމާއި މައްސަލައާ ގުޅިފައިވާގޮތާއި، ބޭރުގައުމުގައި ހިނގާ ޖިނާއީ މައްސަލައާއި ރާއްޖެއިން ހޯދޭ ހެއްކާ ހުރި ގުޅުން) ޖިނާއީ ކުށްތައް/ ގުޅުންހުރި ގާނޫނު/ އަދަބު
5.1 (ތުހުމަތުކުރެވިފައިވާ ކުށްތަކާއި، ކުށް ބަޔާންކުރާ ގާނޫނީ އަސާސްތަކާއި، ގާނޫނުން އެ ކުށަށް ކަނޑައެޅިފައިވާ އަދަބުތަކާއި، ތުހުމަތުކުރެވޭ ފަރާތުގެ ވަނަވަރ/ު ދައުވާ ލިބޭ ފަރާތުގެ ވަނަވަރ،ު އެނގޭނަމަ)
(ނުވަތަ)
5.1 ދައުލަތަށް މުދާ ނެގުމުގެ އަމުރެއް (ނެރެފައިވަނ/ީ ނެރެވެނީ) (ބޭރުގައުމުގެ ނަން) ހިނގާ ދައުވާއަކާ ގުޅިގެންނެވެ. (ދައުލަތަށް މުދާ ނެގުމުގެ އަމުރު ނެރެވޭ ސަބަބު ބަޔާންކުރޭ).
ބޭރުގެ ދައުލަތަށް މުދާ ނެގުމުގެ އަމުރުނެރެވެނީ (ބޭރުގެ ދައުލަތުގެ ނަން) ހިނގި (ކޮން ކުށެއްކަން ބަޔާންކުރޭ) މި ކުށުގެ
އަދަބަކީ (ކުށަށްދެވޭ އެންމެ މަތީ އަދަބާއި، ކޮން ގާނޫނަކުންކަން ބަޔާންކުރޭ).
5.2 ހުށަހެޅުމާއެކު ބަޔާންކުރި ގާނޫނުގެ ގުޅުންހުރި ބައިގެ ކޮޕީއެއް "އެޓޭޗްމަންޓް އޭ" ނަމުގައި އެއްކަރުދާސް ކުރަންވާނެއެވެ.
ހުށަހެޅުމުގެ މަގްސަދު
6. މި ހުށަހެޅުމުގެ ބޭނުމަކީ (ބޭނުން ބަޔާންކުރ.ޭ މިސާލު: ދައުވާ ރައްދުވާފަރާތާ ދެކޮޅަށް ކާފީ ހެކި ހޯދުމަށް،
މަތީގައި ބަޔާންކުރ،ި ދައުލަތަށް މުދާ ނެގުމުގެ އަމުރު ތަންފީޒުކުރުމަށް)
ކޮންމެހެން ދޭންޖެހޭ ޔަގީންކަން
7.1 މި ހުށަހެޅުމާއެކު އަންނަނިވި ކަންކަން ކަށަވަރުކޮށްދެމެވެ.
(ހ) މި ހުށަހެޅުން ގުޅިފައިވ،ާ ހިންގި ނުވަތަ ހިންގިކަމަށް ދައުވާކުރާ ޖިނާއީ ކުށަކީ ސިޔާސީ ކުށަކާ ގުޅިގެން ހިންގާ ތަހުގީގަކަށް، ދައުވާއަކަށް ނުވާކަމަށް؛
(ށ) ހުށަހެޅުން ބިނާވެފައިވަނީ ދިވެހިރާއްޖޭގައި ހިނގިނަމަ ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ފަދަ ކުށަކަށް އަދި ދިވެހިރާއްޖޭގެ އާންމު ޖިނާއީ ގާނޫނުތަކުގެ ދަށުން އެއީ ކުށެއްކަމަށް ބަޔާންވެފައިނުވާ ކުށަކަށް ނުވަތަ އިހުމާލަކާ ގުޅިގެން ހިންގޭ ތަހުގީގަކަށް ނުވަތަ ދައުވާއަކަށް ނުވަތަ އަދަބު ދިނުމަކަށް ކަމުގައި ނުވާކަމަށް؛
(ނ) ހުށަހެޅުން ހުށަހަޅަނީ މީހެއްގެ ނަސްލަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ސިޔާސީ ވިސްނުމުގެ ސަބަބުން ތަފާތުކުރުމުގެގޮތުން ހިންގޭ ތަހުގީގަކަށް ނުވަތަ ދައުވާއަކަށް ނުވަތަ އަދަބުދިނުމަކަށް ކަމުގައި ނުވާކަމަށް؛
(ރ) ހުށަހެޅުން ބިނާވެފައިވާ ތަހުގީގަކީ ނުވަތަ ދައުވާއަކީ ނުވަތަ އަދަބު ދިނުން ގުޅިފައިވަ ނީ އަންނަނިވި ހާލަތުގައި ނޫންކަމަށް؛
- ތުހުމަތުކުރެވޭ/ ދައުވާ ލިބޭ މީހާގެ މައްޗަށް ވަނީ ކުށް ސާބިތުވާކަމަށް، ނުވަތަ ނުވާކަމަށް ކަ ނޑައެޅިފައި ނުވަތަ އޭނާގެ މައްޗަށް ސާބިތުވި ކުށަށް މައާފު ދެވިފައި؛
- ތުހުމަތުކުރެވޭ/ ދައުވާ ލިބޭ މީހާ ކުރި އަމަލަށް، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް ނުވަތަ އެ އަމަލަށް ބިނާކޮށް އެހެން ކުށަކަށް (ބޭރު ގައުމުގެ ނަން) ގެ ގާނޫނުގެ ދަށުން އަދަބު ދީފައިކަން.
(ބ) ކުށްވެރިޔާ ކުރިކަމަށް ތަހުގީގުކުރާ ނުވަތަ ދައުވާ އުފުލައިފައިވާ ކުށަކީ ދިވެހިރާއްޖޭގައި ހިނގައިފިނަމ،ަ ދިވެހިރާއްޖޭގެ ގާނޫނުގައިވެސް ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްކަން.
7.2 (ހުށަހަޅާ ބޭރު ގައުމުން) އިތުރަށް ކަށަވަރުކޮށްދެނ-ީ
(ހ) އެދިފައިވާ ތަކެތި، ހަވާލާދީފައިވާ ޖިނާއީ މައްސަލަ ފިޔަވައި އެހެން މައްސަލައެއްގައި ބޭނުންނުކުރާނެކަން؛
(ށ) ޖިނާއީ މައްސަލަ ނިމުމަށްފަހ،ު ޖިނާއީ މައްސަލައަކާ ގުޅިގެން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ހޯދޭ ތަކެތި
ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް އެދިއްޖެނަމަ ރައްދުކުރުމަށް؛
(ނ) (ބޭރު ގައުމުގެ ނަން) އަށް ހާޒިރުވާ (މީހާގެ ނަން) ފަރާތާމެދު އަންނަވިގޮތަށް އަމަލުކޮށްގެން ނުވާނެކަމަށް:
- އޭނާ ދިވެހިރާއްޖެއިން ފުރުމުގެ ކުރިން އޭނާ ކުރި ނުވަތަ ކުރިކަމަށް ތުހުމަތުކުރެވޭ ކަމަކަށް (ހުށަހެޅުން ހުށަހެޅި ބޭރުގެ ގައުމު) ގެ ގާނޫނުގެ ދަށުން ދައުވާ އުފުލައިފައިވާ ކުށަކާ ގުޅިގެން، ހައްޔަރުކޮށް، ދައުވާކޮށް، އަދަބުދިނުން؛
- އޭނާ ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލައިފައިވާ ކަމަކާ ގުޅިގެން މަދަނީ ދައުވާއެއް ކުރުން؛
- އޭނާއަށް (ބޭރު ގައުމުގެ ނަން) ދޫކޮށް ދިއުމުގެ ފުރުސަތު ލިބ،ި އޭނާ (ބޭރު ގައުމުގެ ނަން) އަށް ދިޔަ ބޭނުން ނޫން އެހެން ބޭނުމަކަށް މަޑުކޮށްފައިވާ ހާލަތުގައި ފިޔަވައި އެހެން ހާލަތްތަކުގައި، (ބޭރު ގައުމުގެ ނަން) އިން ހުށަހަޅައިފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކުށުގެ އިތުރަށް އެހެން ކުށަކާ ގުޅިގެން ހެކިދިނުމަށް ނުވަތަ އެއްބާރުލުން ދިނުމަށް އެ ގައުމުގައި އޭނާގެ ކިބައިން އެދުން.
(ރ) ކޯޓުގެ ހުރުމަތް ކަނޑައިލުން ނުވަތަ ދޮގުހެކިދިނުން ފިޔަވައި އެހެން ކުށަކާ ގުޅިގެން، ހުށަހެޅުމުގައިވާ ޖިނާއީ މައްސަލައާ ގުޅިގެން (މީހާގެ ނަން) ދޭ ހެކިބަހެއް (މީހާގެ ނަން) މައްޗަށް ކުރެވޭ ދައުވާއެއްގައި ކޯޓުން ގަބޫލުނުކުރާނެކަމަށާއި ބާތިލުކުރާނެކަމަށް؛
(ބ) ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް އެއްބަސްވާ އުސޫލަކުން (މީހާގެ ނަން) ދިވެހިރާއްޖެއަށް އަނބުރާ ފޮނުވުމަށް؛
(ޅ) (ޕްރޮސިކިއުޓަރ ޖެނެރަލް މުހިންމުކަމަށް ކަނޑައަޅާ އެހެނިހެން ކަންކަން)
އެދިފައިވާ އެހީގެ ތަފުސީލު
8. އަންނަނިވި ކަންކަން ފުރިހަމަކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅަމެވެ.
(ހ) މީހެއްގެ ބަޔާން ނެގުމަށް؛
މިސާލު: އަލްފާޒިލް x
ހށނ ކޮމްޕެނީ ލިމިޓެޑް
(އެޑްރެސް)
އަންނަނިވި ކަންކަމާ ގުޅިގެން އިންޓަވިއުކޮށް ބަޔާން ނެގުމަށް:
(ޖިނާއީ ތަހުގީގ/ު ށަރީއަތަށް ބޭނުންވާ ބަޔާންކުރި މީހާގެ ކިބައިން ސާފުކުރުމަށް އެދޭ ކަންކަން/ ނުވަތަ ގުޅުންހުރި ސުވާލުތަކުގެ ލިސްޓެއް ދިނުން)
(ށ) ފަނޑިޔާރެއްގެ ކުރިމަތީގައިދޭ ހެކިބަސް ނެގުމަށް؛
މިސާލު: އަލްފާޒިލް x
ހށނ ކޮމްޕެނީ ލިމިޓެޑް
(އެޑްރެސް)
ހުވާކޮށްގެން ހުރެ އަންނަނިވި ކަންކަމާ ގުޅޭގޮތުން ހެކިބަސް ދިނުމަށް:
(ޖިނާއީ ތަހުގީގ/ު ށަރީއަތަށް ބޭނުންވާ ބަޔާންކުރި މީހާގެ ކިބައިން ސާފުކުރުމަށް އެދޭ ކަންކަން/ ނުވަތަ ގުޅުންހުރި ސުވާލުތަކުގެ ލިސްޓެއް ދިނުން)
(ނ) ލިޔުން ނުވަތަ އެއްޗެއް ހޯދުމަށް (އަދި ލިޔުން ނުވަތަ އެއްޗެއް ކޯޓަށް ގެނައި ފަރާތުގެ ހެކިބަސް ނެގުމަށް)؛
މިސާލު: ޑިރެކްޓަރ
ހށނ ކޮމްޕެނީ ލިމިޓެޑް
(އެޑްރެސް)
ބޭނުންވ،ާ އަންނަނިވި ލިޔުން ނުވަތަ އެއްޗެއް (ހެކީގެ ބާވަތުގެ ތަފުސީލ.ު މިސާލު: "ސަރޓިފައިޑް ކޮޕީސް") މި މުއްދަތުގައި (މުއްދަތު ބަޔާންކުރުމަށް):
(ލިޔެކިޔުންތައް ބަޔާންކުރުމަށް)
ލިޔުން ނުވަތަ އެއްޗެއް އެއީ ކޮން އެއްޗެއްކަން ދެނެގަތުމަށާއި، އެކަން ކަށަވަރުކުރުމަށް، މަތީގައި ބަޔާންކުރި (މީހާގެ ނަން) ގެ ކިބައިން އަންނަނިވި ކަންކަން ސާފުކުރުމަށް:
(ގުޅުންހުރި ކަންކަން ބަޔާންކުރޭ)
(މިސާލު)
ކުންފުނީގައި އޭނާގެ މަގާމަކީ ކޮބައިކަން ޔަގީންކޮށްދިނުން/ އޮފީސް އަދި އޭނާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތ/ު ތަހުގީގާ ގުޅުންހުރި ލިޔުން ނުވަތަ އެއްޗެއް އޭނާ ބަލަހައްޓާތޯ؛އެމީހަކީ ބޭރު ގައުމުގެ ގާނޫނުގެ ދަށުން ބަޔާންދިނުމުގެ ހުއްދަ ލިބިފައިވާ މީހަކަށްވޭތޯ؛
އެމީހަކަށް ތަހުގީގާ ގުޅުންހުރި ކަންތައްތަކާބެހޭ ރިކޯޑުތަކަށް ވަދެވުމުގެ ޔަގީންކަން ދޭތޯ؛
ލިޔެކިޔުންތަކުގެ ކޮޕީތަކުގެ ސައްހަކަން ކަށަވަރުކޮށްދޭތޯ؛
ލިޔެކިޔުންތައް ތައްޔާރުކޮށްފައިވަނީ އާންމު އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދޭތޯ؛
(ރ) މީހުންނާއި/ ތަންތަން ބަލައި ފާސްކުރުމަށް؛
މިސާލު: ހށނ ކޮމްޕެނީ ލިމިޓެޑް (އެޑްރެސް)
ކޯޓު އަމުރެއްގެ ދަށުން ކުންފުނީގެ ފަރާތުން އަންނަނިވި ކަންތައްތައް ބަލައިފާސްކުރުން:
(ބަލައިފާސްކުރަން ބޭނުންވާ ތަކެތީގެ ތަފުސީލު ދިނުން)
(ހިފެހެއްޓޭ ތަކެތި ހޯދުމަށްޓަކައި އެ ތަކެތި ހޯދަން އެދޭ ސަބަބާއެކު ބަޔާންކުރުން)
(ބ) ޖިނާއީ މައްސަލައެއްގައި އެހީތެރިވުމަށް ރާއްޖެއިން ދަތުރުކުރާ މީހެއްގެ ދަތުރުގެ ކަންތައް ހަމަޖެއްސުމަށް؛މިސާލު: އަލްފާޒިލް x އަށް ދަތުރުގެ ކަންތައް ހަމަޖެއްސުން
(އެޑްރެސް)
(ޖިނާއީ މައްސަލަ) ގައި، އެހީތެރިވެދިނުމަށް (ބޭރު ގައުމުގެ ނަން) އަށް ދަތުރުކުރުމަށް އަންނަނިވި ކަންކަން ހަމަޖެއްސުމަށް:
(ބޭނުންވާ އެހީތެރިކަމުގެ ތަފުސީލު)
(ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ކަންތައްތައް ބަޔާންކުރުން)
(ބޭރުގައުމަކުން އެދިގެން އެމީހަކު ހުންނަ މުއްދަތުގައި އެމީހަކަށް ލިބެންޖެހޭ އިތުރު އިނާޔަތްތަކާއި، އެމީހެއްގެ ހުރުމާއި ސެކިއުރިޓީގެ އިންތިޒާމް ހަމަޖެއްސުން)
(ޅ) ބޭރު ގައުމަކުން ދައުލަތަށް މުދާ ނެގުމަށް/ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ތަންފީޒުކުރުމަށް؛
(ބޭރުގައުމުން ތަންފީޒުކުރަން ބޭނުންވާ އަމުރުގެ ތަފުސީލު / މިހާރުގެ ހާލަތު ބަޔާންކުރުން)
(ކ) ށަރުއީ ލިޔުން ރައްދުކުރުމަށް؛
މިސާލު: މިސްޓަރ x
(އެޑްރެސް)
އަންނަނިވި ލިޔުންތަކާއެކު ހުށަހެޅުމަށް:
(ހުށަހަޅަން ބޭނުންވާ ލިޔުންތަކުގެ ތަފުސީލު)
(ލިޔުން ރައްދުކުރާނެ ގޮތާއި، ރައްދުކުރާނެ މުއްދަތު)
(ލިޔުން ރައްދުކުރިކަން އެނގޭނެ ހެތްކެއްގެގޮތުގައި ބޭނުންވަނީ ކޮން އެއްޗެއްކަން)
ހުށަހެޅުން ތަންފީޒުކުރުން:
(ހ) ސިއްރުހިފެހެއްޓުން
9.1 ހުށަހެޅުން ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މިންވަރަށް ފިޔަވައި ހުށަހެޅުމާބެހޭ އެންމެހައި ކަންތައްތައް ސިއްރުކުރަން އެދެމެވެ. އެއީ (ސަބަބު ބަޔާންކުރުމަށް: މިސާލު: ހެކިންނަށް ނުފޫޒު ފޯރުވައިފާނެކަމަށްޓަކައި/ ހެކި ނެއްތައިލައިފާނެކަމަށްޓަކައި)
9.2 ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މީހާގެ ހެކިބަސް ބަންދުކޮށްފައިވާ މަޖިލީހެއްގައި ނަގައިދިނުން އެދެމެވެ. އެހެނ،ީހެކިބަސްދޭ މީހާއަށް މަސްލަހަތު އެންމެ ރަނގަޅީ ބަންދުކޮށްފައިވާ މަޖިލީހެއްގައި އޭނާގެ ހެކިބަސް ނެގުންކަމުގައި ގަބޫލުކުރާނެ އެކަށީގެންވާ ސަބަބުތަކެއް ހުރީމައެވެ. އެއީ (ސަބަބު ބަޔާންކުރުމަށް) ހުޅުވައިލެވިފައިވާ މަޖިލީހެއްގައި ހެކިބަސް ނަގައިފިނަމ،ަ ހުށަހެޅުމާ ގުޅޭ ޖިނާއީ މައްސަލައަށް އެކަށީގެންވާ ނޭދެވޭ އަސަރެއް ކުރާނެކަމަށް ބެލޭ ތީއެވެ. އެއީ (ސަބަބު ބަޔާންކުރުމަށް)
(ށ) އަމަލުކުރަންޖެހޭ ހާއްސަ އިޖުރާއަތުތައް
10. ހުށަހެޅުމުގައިވާ ކަންކަން ފުރިހަމަކުރުމުގައި، އަންނަނިވި އިޖުރާއަތަށް އަމަލުކުރުން އެދެމެވެ.
(ހެކި ހޯދާނެ އިޖުރާއަތުގެ ތަފުސީލާއި ހޯދޭ ހެކި ބޭރު ގައުމަށް ފޮނުވުމުގައި އަމަލުކުރާނެގޮތުގެ ތަފުސީލު) (ލިޔުންތަކުގެ ސައްހަކަން ޔަގީންކުރާނެގޮތް ބަޔާންކުރުމަށް)
(ބޭރު ގައުމުގެ ކަމާބެހޭ ފަރާތް ތަމްސީލުކުރާ މީހެއްގެ ހާޒިރުގައި ހެކީގެގޮތުގައި ހުށަހަޅާ މީހާގެ ހެކިބަސް ނަގަން އެދޭނަމ،ަ ތަމްސީލުކުރާ މީހާގެ މަގާމް ބަޔާންކުރުމަށް)
(ނ) ހުށަހެޅުން ފުރިހަމަކުރުމަށް ބޭނުންވާ މުއްދަތު
11. ހުށަހެޅުމުގައިވާ ކަންކަން ވީހައިވެސް އަވަހަކަށް ފުރިހަމަކޮށްދިނުން އެދެމެވެ/. މި މުއްދަތުގައި (މުއްދަތު ބަޔާންކުރުމަށާއި، އެ މުއްދަތުގައި ފުރިހަމަކުރުމަށް އެދޭ ސަބަބުތައް ބަޔާންކުރުމަށ.ް މިސާލު: ހުށަހެޅުމާ ގުޅިގެން ބޭރު ގައުމުގައި ބާއްވާ އަޑުއެހުމެއްގެ ތާރީހު ނުވަތަ އެނޫންވެސް ތާރީހެއް ބަޔާންކުރުމަށް) ހުށަހެޅުން ފުރިހަމަކޮށްދިނުން އެދެމެވެ.
(ރ) ލިބިފައިވާ މައުލޫމާތާއި ތަކެތި ފޯރުކޮށްދިނުން
12.1 ހުށަހެޅުމާ ގުޅިގެން ހޯދޭ ލިޔުންތަކާއި، މައުލޫމާތާއި، ބަޔާންތަކާއި، އެއްޗެހި ފޮނުވަންވާނީ އަންނަނިވި އެޑްރެހަށެވެ.
(ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ އެޑްރެސް)
(ފޯނުނަންބަރ/ުފެކްސްމެއިލް/ އީމެއިލް އެޑްރެސް ބަޔާންކުރުމަށް)
12.2 (ބޭރު ގައުމުގެ ކަމޭބެހޭ ފަރާތުން) ތަކެތި އެ ގައުމުގެ (ހެކި ހޯދުމަށް ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގައި އެދުނު އިދާރާ) އަށް ފޮނުވާނެއެވެ.
(ބ) އިނާޔަތްތަކާއި، ހުރުމުގެ އިންތިޒާމްތަކާއި ސެކިއުރިޓީގެ ތަފުސީލު (ބޭނުންނުވާނަމަ އުނިކުރުމަށް)
13.1 (މީހާގެ ނަން) އަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި:
(އިނާޔަތްތަކުގެ ތަފުސީލު)
13.2 (މީހާގެ ނަން) އަށް ލިބޭ ސެކިއުރިޓީގެ ތެރޭގައި:
(ސެކިއުރިޓީގެ ކަންތައްތައް އިންތިޒާމްކޮށްފައިވާގޮތުގެ ތަފުސީލު)
13.3 (މީހާގެ ނަން) ހުރުމުގެ އިންތިޒާމްތަކުގެ ތެރޭގައި:
(ހުރުމުގެ އިންތިޒާމުގެ ތަފުސީލު)
ލިއޭސަން
14.1 (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) ގެ ކޭސް އޮފިސަރަކީ:
(ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ އޮފިސަރުގެ ނަމާއި، ފޯނު ނަންބަރާއި، ފެކްސްމެއިލް ނަންބަރާއި، އީމެއިލް އެޑްރެސް)
14.2 (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) ގެ އޮފިސަރަކަށް ދިވެހިރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާނަމ،ަ އެ އޮފިސަރަކީ (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ އޮފިސަރުގެ ނަން)
އިތުރު ހުށަހެޅުން ހުށަހެޅުމާ ގުޅޭ
15. (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ބޭނުންވާ ހާލަތްތަކުގައި މި މައްސަލައާ ގުޅޭގޮތުން އިތުރު އެހީތެރިކަމަކަށް އެދި ހުށަހަޅައިފާނެއެވެ.
ދިވެހިރާއްޖެއިން އެހީއަށް އެދުމުން އެހީ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން
16. ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރިއަށް އޮތްތަނުގައި (ބޭރު ގައުމުގެ ނަން) އަށް މި ބާވަތުގެ ކުށާ އެއްގޮތް ކަމެއްގައި އެހީތެރިކަން ހޯދަން އެދިއްޖެނަމ،ަ (ބޭރު ގައުމުގެ ނަން) ގެ ގާނޫނުތަކާ ތައާރަޒުނުވާ ގޮތަށް (ބޭރު ގައުމުގެ ނަން) އިން ދިވެހިރާއްޖެއަށް އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދެމެވެ.
17. އަހުރެން (މީހާގެ ނަން)، (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ކަނޑައަޅައިފައިވާ އޮފިސަރުގެ ހައިސިއްޔަތުން، (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އަށް (ބޭރު ގައުމުގެ ގާނޫނުގެ ނަމާއި މާއްދާތައް) އިން ލިބިދޭ ބާރުތަކުގެ ދަށުން، ޖިނާއީމައްސަލަތަކުގައި ބޭރުގައުމުތަކުން އެހީތެރިކަމަށް އެދުމުގެ މަސްއޫލިއްޔަތުގެ ދަށުން، (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ކަނޑައަޅައިފައިވާގޮތާ އެއްގޮތްވާގޮތުގެމަތިން ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލަށް މި ހުށަހެޅުމުގައިވާ އެހީތެރިކަން ފޯރުކޮށްދިނުން އެދި ހުށަހަޅަމެވެ.
ސޮއިކޮށްފައިވަނީ:
ނަން--------------------
އޮފީސް------------------
ތާރީހް-------------------
ޖަދުވަލު 4
ހެކި ނެގުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދަ
ލިބެންވީ ފަރާތް:
(ހ) §.................. ގެ ................... (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ................... (ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގަކަށް/ *ށަރީއަތަކަށް ބޭނުންވާ ދިވެހިރާއްޖޭގައި ހުރި ހެކި ހޯދުމަށް އެދި ހުށަހަޅައިފައިވީ ހިނދު؛
(ށ) ބުނެވިދިޔަ ޖިނާއީ *ތަހުގީގަށް *ށަރީއަތަށް ބޭނުންވާ ހެކީގެ މައުލޫމާތު އެނގޭ ނުވަތަ އެ ހެކިހުރި (މީހާގެ ނަން)....................... ދިވެހިރާއްޖޭގައި ހުރިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ހިނދު؛
(ނ)................... (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ބުނެވިދިޔަ މީހާގެ ކިބައިން .....................¥ *ސާފުކޮށްދިނުމަށް/ *ނަގައިދިނުމަށް އެދި ހުށަހަޅައިފައިވީ ހިނދު؛
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އަހުރެން،................ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް، ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބުނެވިދިޔަ ހެކ،ި §.................. އަށް ބުނެވިދިޔަ ................... (ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގުގެ/ *ށަރީއަތުގެ ބޭނުމަށް ފޮނުވުމަށްޓަކައި ނެގުމުގެ ހުއްދަ ދީފީމެވެ.
.......................
(ތާރީހު)
......................
ޕްރޮސިކިއުޓަރ ޖެނެރަލް
* ބޭނުންނުވާނަމަ ފުހެލުމަށް
§ ބޭރު ގައުމުގެ ނަން
¥ ހެކީގެ ތަފުސީލު
ޖަދުވަލު 5
ހެކި ފޯރުކޮށްދިނުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދަ
ލިބެންވީ ފަރާތް:
(ހ) §.................. ގެ ................... (ބޭރު ގައުމުގެ ކަމާބެ ހޭ ފަރާތުގެ ނަން) އިން ................... (ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގަކަށް/ *ށަރީއަތަކަށް ބޭނުންވާ ދިވެހިރާއްޖޭގައި ހުރި ހެކި ހޯދުމަށް އެދި ހުށަހަޅައިފައިވީ ހިނދު؛
(ށ) ................... (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ބުނެވިދިޔަ މީހާގެ ކިބައިން .....................¥ *ސާފުކޮށްދިނުމަށް/ *ނަގައިދިނުމަށް އެދި ހުށަހަޅާފައިވީ ހިނދު؛
(ނ) ބުނެވިދިޔަ *ހެކ/ި *ހެކީގެ ބައެއް ނަގައިފައިވާކަމަށް ..................... (ތާރީހު) ގައި ކޮމިށަނަރ އޮފް ޕޮލިސް އަންގަވައިފައިވީ ހިނދު؛
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އަހުރެން،.................ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލ،ް ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބުނެވިދިޔަ ހެކި،ި §.................. އަށް ބުނެވިދިޔަ ................... (ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގުގެ/ *ށަރީއަތުގެ ބޭނުމަށް ފޮނުވުމުގެ ހުއްދަ ދީފީމެވެ.
...........................
(ތާރީހު)
....................
ޕްރޮސިކިއުޓަރ ޖެނެރަލް
* ބޭނުންނުވާނަމަ ފުހެލުމަށް
§ ބޭރު ގައުމުގެ ނަން
¥ ހެކީގެ ތަފުސީލު
ޖަދުވަލު 6
*ބަލައި ފާސްކުރުމުގެ / *ހިފެހެއްޓުމުގެ އަމުރަށް އެދުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުން
(ހ) §.................. ގެ ................... (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އަށް ................... (ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގަކަށ/ް *ށަރީއަތަކަށް ބޭނުންވާ .....................¥ ދިވެހިރާއްޖޭގައި ހުރިކަމަށް އެކަށީގެންވާ ގޮތެއްގައި ބެ ލޭތީ އެތަކެތި *ބަލައި ފާސްކުރުމަށް/ *ހިފެހެއްޓުމަށް ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އެ ގައުމުން އެދި ހުށަހަޅައިފައިވީ ހިނދު؛
(ށ) ބުނެވިދިޔަ ޖިނާއީ *ތަހުގީގަކަށް/ *ށަރީއަތަށް ބޭނުންވާ .....................¥ އަކީ .................. *(މީހާގެ ނަން) ގެ ބެލުމުގެ ދަށުގައ/ި *(ތަނުގެ ނަން) ގައި ހުރި ތަކެތިކަމަށް ބެލޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ހިނދު؛
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން އަހުރެން،.................. ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލ،ް §.................. އިން އެދިފައިވާ .....................¥ *ބަލައި ފާސްކުރުމުގެ/ *ހިފެހެއްޓުމުގެ
އަމުރަކަށް އެދި އިހްތިސާސް ލިބިފައިވާ ކޯޓަކަށް ހުށަހެޅުމަށް .......................... (ހުއް ދަދެ ވޭ ފަރާތުގެ ނަން) އަށް އަންގަމެވެ.
.....................
(ތާރީހު)
......................
ޕްރޮސިކިއުޓަރ ޖެނެރަލް
* ބޭނުންނުވާނަމަ ފުހެލުމަށް
§ ބޭރު ގައުމުގެ ނަން
¥ ހެކީގެ ތަފުސީލު
ޖަދުވަލު 7
ބަންދުގައި ހުރި މީހާ ހާޒިރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުން
އެހެންކަމުން:
(ހ) ................... (ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގެއް/ *ށަރީއަތެއް § .................. ގައި ފަށައިފައިވީ ހިނދު؛
(ށ) *.................. ކޯޓުން ..................... (ތާރީހު) ގައި ޖަލަށްލުމަށް ހުކުމްކުރުމުން .................... (ތަނުގެ ނަން) ގައި އެ ހުކުމް ތަންފީޒުކުރަމުންދާ/ * ..................... (ކުށުގެ ތަފުސީލު) ގެ ތުހުމަތުގައި .........................(ތަނުގެ ނަން) ބަންދުކޮށްފައިވާ .................. (މީހާގެ ނަން) އަކީ ބުނެވިދިޔަ ޖިނާއީ *ތަހުގީގަށް/ *ށަރީއަތަށް ބޭނުންވާ .....................¥ *އެހީތެރިކަން/ *ހެކިބަސް ދެވޭނެ މީހެއްކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް ހުރި ހިނދު؛
(ނ) ................... (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ބުނެވިދިޔަ މީހާ §.................. އަށް ބުނެވިދިޔަ ޖިނާއީ *ތަހުގީގުގައި/ *ށަރީއަތުގައި *އެހީތެރިކަން/ *ހެކިބަސް ދިނުމަށް §.................. އަށް ވަގުތީގޮތުން ފޮނުވައިދިނުމަށް އެދި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން އެދި ހުށަހަޅައިފައިވީ ހިނދު؛
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން، ........................... (މީހާގެ ނަން) §.................. އިން އެދިފައިވާގޮތަށް އެ ގައުމަށް ދިއުމަށް ރުހޭތޯ ކަށަވަރުކުރުމަށް ..................... (ތާރީހު) ގެ .................. (ގަޑި) އަށް ...................... (ތަނުގެ ނަން) އަށް ........................... (މީހާގެ ނަން) ހާޒިރުކުރުމަށާއ،ި ........................... (މީހާގެ ނަން) §.................. އަށް ދިއުމަށް ރުހޭނަމ،ަ އޭނާ އެ ގައުމަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަހުރެން ............................... ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް އަންގަމެވެ.
...........................
(ތާރީހު)
...........................
ޕްރޮސިކިއުޓަރ ޖެނެރަލް
* ބޭނުންނުވާނަމަ ފުހެލުމަށް
§ ބޭރު ގައުމުގެ ނަން
¥ ހެކީގެ ތަފުސީލު
ޖަދުވަލު 8
ބަންދުގައި ހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓް ކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާ ފޯމު
ބަންދުގައި ބަހައްޓައިގެން ގެންނަ މީހާގެ ނަން............................ އުމުރު: ...................
އުފަން ތާރީހު....................... ޖިންސް: .............. ގައުމު: ............................................
ބަންދުގައި ބަހައްޓައިގެން ގެންދާ ގައުމު:...................................
ބަންދުގައި ބަހައްޓައިގެން ގެންދާ ބޭނުން....................................................................................................
ބަންދުގައި ހުރި މީހާ ބަންދުގައި ހުންނަންޖެހުނު ސަބަބު: ................................................
ޓްރާންޒިޓްކުރެވޭ މުއްދަތު: ....................... އިން ............................... އަށް..............
ރާއްޖެ ގެންނަ ގޮތާއ،ި ގެންނަ އުޅަނދުގެ ތަފުސީލު:
.......................................................................................................................................................
.......................................................................................................................................
ރާއްޖެއިން ގެންދާ ގޮތާއ،ި ގެންދާ އުޅަނދުގެ ތަފުސީލު:
.......................................................................................................................................................
.................................................................................................................................................
ބަންދުގައި ބަހައްޓައިގެން ގެންނަ މީހާއާ ހަވާލުވެގެން އަންނަ މީހުންގެ ނަމާއި މަގާމް:
.......................................................................................................................................................
.......................................................................................................................................................
..............................................................................................................................................
ހުއްދައަށް އެދޭ ފަރާތުގެ ނަމާއި މަގާމް: ............................................. ސޮއ:ި .........................
ހުއްދައަށް އެދޭ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާގެ ތައްގަނޑު (ސީލް):
ޖަދުވަލު 9
ބަންދުގައި ހުރި މީހަކު ރާއްޖޭގައި ޓްރާންޒިޓްކުރުމާ ގުޅޭގޮތުން ނިންމާ ނިންމުން
ލިބެންވީ ފަރާތ:ް (މޯލްޑި ވްސް ޕޮލިސް ސަރވިސް) (ހުށަހެޅި ގައުމުގެ ކަމާބެހޭ އިދާރާ) އަށް.
(ހ) §.................. ގެ ................... (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ................... (ކުށުގެ ތަފުސީލު) އާ ގުޅުންހުރި ޖިނާއީ *ތަހުގީގަކަށް/ *ށަރީއަތަކަށް ބޭނުންވާ (ބަންދުގައި ހުރި މީހާގެ ގައުމާއި ނަން) ރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅައިފައިވީ ހިނދު؛
(ށ) ................... (ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ނަން) އިން ބުނެވިދިޔަ މީހާގެ ކިބައިން .....................¥ *ސާފުކޮށްދިނުމަށް/ *ނަގައިދިނުމަށް އޭނާ ..................... (ރާއްޖެ ގެންނަ ތާރީހު) އިން ................. (ރާއްޖެއިން ގެންދާ ތާރީހު) ރާއްޖޭގައި ޓްރާންސިޓްކުރުމަށްފަހު ............................. (ގެންދާ ގައުމުގެ ނަން) އަށް ގެންދިޔުމާ ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށު ގައި ބެހެއްޓުމަށް ނިންމައ،ި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން އަހުރެނ،.................. ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލ،ް ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ބުނެވިދިޔަ މީހާ، ރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދަ ދީފީމެވެ.
...........................
(ތާރީހު)
....................
ޕްރޮސިކިއުޓަރ ޖެނެރަލް
* ބޭނުންނުވާނަމަ ފުހެލުމަށް
§ ބޭރު ގައުމުގެ ނަން
¥ ހެކީގެ ތަފުސީލު
މައި ގަވާއިދު
ޖިނާއީ މައްސަލަތަކުގައި ގާނޫނު އެހީތެރިކަން ބަދަލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-130)
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-02)
ކިޔުންތެރިންގެ ހިޔާލު