-

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2016-80)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ – ތައާރުފު

މި ގަވާއިދަކީ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 37 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ "މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު"އެވެ

 

3 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ޖެހޭ ފަރާތްތައް

ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި، އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ބޭންކު-ނޫން މާލީ އިދާރާތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ. އަދި، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކާއި ބޭންކް-ނޫން މާލީ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ވެސް މި ގަވާއިދު ހިނގާނެއެވެ.

 

5 ވަނަ މާއްދާ – އެޕްލިކޭށަން ފީ

(ހ) ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ދަށުން ދިވެހިރާއްޖޭގެ ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކުންނާއި ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން ދިވެހިރާއްޖޭގައި ބޭންކު-ނޫން މާލީ ވިޔަފާރިއެއް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކުން، ލައިސަންސަށް އެދި ހުށަހެޅުމާއި އެކު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފީ، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް އެ ފަރާތަކުން ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައްކާ އެޕްލިކޭށަން ފީ އަކީ، ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމެއް އަނބުރާ ގެންދިޔުމަކުން ނުވަތަ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމެއް އަނބުރާ ގެންދިއުމަކުން ނުވަތަ ލައިސަންސް ދޫނުކުރުމަށް އޮތޯރިޓީން ނިންމުމަކުން، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ނޫނެވެ.

(ނ) ބޭންކުތަކުން ނުވަތަ ބޭންކު-ނޫން މާލީ އިދާރާތަކުން، އޭ.ސީ.އެޗް. ސިސްޓަމް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް. ސިސްޓަމް ނުވަތަ ކްރެޑިޓް އިންފޮމޭށަން ސިސްޓަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބައިވެރިވުމު ފީ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާ – ފީ އާއި ޗާޖު

(ހ) ބޭންކުތަކުންނާއި ބޭންކު- ނޫން މާލީ އިދާރާތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެ އިދާރާއަކުން ދައްކަންޖެހޭ ފީތައް، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އަހަރީ ފީތައް، އޮތޯރިޓީން އެހެންގޮތަކަށް ކަނޑައަޅައި ނާންގާހައި ހިނދަކު، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ފަހުން އޮތޯރިޓީން ލައިސަންސް ދޫކުރާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކުން، ލައިސަންސް ލިބުނު އަހަރަށް ދައްކަންޖެހޭ އަހަރީ ފީއަކީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެ އިދާރާއަކުން ދައްކަންޖެހޭ އަހަރީ ފީގެ އަދަދު 12 (ބާރަ) މަސްދުވަހަށް ބަހާލުމުން ޖެހޭ އަދަދުގެ ނިސްބަތުން އެ އަހަރުގެ ބާކީ އޮތް މަސްތަކަށް ޖެހޭ މިންވަރެވެ.

(ރ) ބޭންކްތަކުންނާއި ބޭންކް-ނޫން މާލީ އިދާރާތަކުން، އޭ.ސީ.އެޗް. ސިސްޓަމް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް. ސިސްޓަމް ނުވަތަ ކްރެޑިޓް އިންފޮމޭށަން ސިސްޓަމް ބޭނުންކުރުމަށް އޮތޯރިޓީން ކަނޑައަޅައި އަންގާ ފީ، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް ދައްކަން ވާނެއެވެ.

 

7 ވަނަ މާއްދާ – އިދާރީ ފިޔަވަޅު

އެއްވެސް ބޭންކަކުން ނުވަތަ ބޭންކް-ނޫން މާލީ އިދާރާއަކުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހުގެ ކުރިން ނުވަތަ އޮތޯރިޓީން އަންގާ ތާރީހުގެ ކުރިން ދައްކާފައި ނުވާނަމަ، އެ ބޭންކެއް ނުވަތަ އެ ބޭންކު-ނޫން މާލީ އިދާރާއެއް، ޖުރިމާނާކުރެވިދާނެއެވެ. އަދި، ޖޫރިމަނާ ކުރުމުގައި ފީ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހެއްގެ މައްޗަށް 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ އިތުރު ނުވާނެ އަދަދެއްގެ ޖޫރިމާނާއެއް ކަނޑައެޅިދާނެއެވެ.

 

8 ވަނަ މާއްދާ – ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި އިބާރާތްތަކާއި ލަފުުޒުތަކަށް ދެވިފައިވަނީ ތިރީގައި ދީފައިވާ މާނަކުރުމެވެ.

"އޭ.ސީ.އެޗް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ގާއިމްކޮށް ހިންގާ އޮޓޮމޭޓެޑް ކްލިއަރިންގ ހައުސް އަށެވެ.

"އެނުއަލް ގްރޮސް ޕްރިމިއަމް" ކަމަށް ބުނެފައި އެވަނީ، އަހަރުގެ ތެރޭގައި ލިބިފައިވާ ޖުމުލަ ޕްރިމިއަމް އަށެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި އެނުއަލް ގްރޮސް ޕްރިމިއަމްގެ އަދަދު ބިނާ ވާންވާނީ ފީ ދައްކާ އަހަރުގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތަކަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ގާއިމްކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށެވެ.

"ބޭންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީ ދޫކުރާ ލައިސަންސް ލިބިފައިވާ ބޭންކަކަށެވެ.

"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި މާނަކޮށްފައިވާ ބޭންކިންގ ވިޔަފާރިއަށެވެ.

"ކޮމްޕަލްސަރީ އިންށުއަރަންސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނެއްގެ ދަށުން ނެގުމަށް ލާޒިމުކޮށްފައިވާ އިންށުއަރަންސް ކަވަރތަކަށެވެ.

"ކޮމްޕަލްސަރީ އިންށުއަރަންސް އޭޖެންޓުން" ކަމަށް ބުނެފައި އެވަނީ، އިންށުއަރަންސް ކުންފުންޏެއްގެ ފަރާތުން ހަމައެކަނި ކޮމްޕަލްސަރީ އިންށުއަރަންސްއަށް ކޮންޓްރެކްޓް ވިއްކުމަށާއި، އުފެއްދުމަށާއި، ބަދަލުގެނައުމަށާއި، ބާޠިލު ކުރުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކެވެ.

"ކްރެޑިޓް އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2022-120 (ކްރެޑިޓް އިންފޮމޭށަން ސިސްޓަމްގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ކްރެޑިޓް އިންފޮމޭށަން ސިސްޓަމަށެވެ. (އިސްލާހު ކުރެވިފައި)

"ފައިނޭންސް ކުންފުނި" (އުނި ކުރެވިފައި)

"އިންށުއަރެންސް އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، އިންށުއަރަންސް ކުންފުންޏެއްގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތޯރިޓީން ހުއްދަދީފައިވާ ފަރާތަކަށެވެ.

"އިންށުއަރަންސް ބްރޯކަރ" ކަމަށް ބުނެފައި އެވަނީ، އިންށުއަރަންސް ނަގާ ފަރާތްތަކުގެ ނުވަތަ އިންށުއަރަންސް ނެގުމަށް ގަސްދުކުރާ ފަރާތްތަކުގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތޯރިޓީން ހުއްދަދީފައިވާ ފަރާތަކަށެވެ.

"އިންށުއަރަންސް ކުންފުނި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އިންށުއަރެންސް ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.

"ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތައް" (އުނި ކުރެވިފައި)

"ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ރެމިޓެންސް ވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ. 

"ނެޓް އެސެޓްސް" ކަމަށް ބުނެފައި އެވަނީ، ޖުމުލަ އެސެޓުން 'ޑިޕްރިސިއޭށަން' އާއި 'ލޯން ލޮސް ޕްރޮވިށަންސް (ޖެނެރަލް އަދި ސްޕެސިފިކް)' ކެނޑުމަށްފަހު އަންނަ އެސެޓްގެ އަދަދަށެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި ނެޓް އެސެޓުގެ އަދަދު ބިނާ ވާންވާނީ ފީ ދައްކާ އަހަރުގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތަކަށެވެ. 

"ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 1981-06 (މޯލްޑިވްސް ަމނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން ބޭންކ-ުނޫން މާލީ ވިޔަފާރިއަށް ދެވިފައިވާ މާނައިގައެވެ.

"ބޭންކު-ނޫން މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކ-ުނޫން މާލީ ވިޔަފާރިއެއް ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ އިދާރާއަކަށެވެ. މީގެ ތެރޭގައި، ފައިނޭންސިންގ ކުންފުނިތައް، އިންށުއަރެންސް ކުންފުނިތައް، އިންށުއަރެންސް އޭޖެންޓުނ،ް ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓުނ،ް އިންށުއަރެންސް ބްރޯކަރުނ،ް އަދި ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތައް ހިމެނޭނެއެވެ. (އިސްލާހު ކުރެވިފައި)

"އެމ.ްއާރ.ްޓ.ީޖ.ީއެސް." ކަމަށް ބުނެފައި އެވަނ،ީ އޮތޯރިޓީގައި ޤާއިމުކޮށްފައިވާ ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމަށެވެ. 

"ފައިނޭންސިންގ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ފައިނޭންސިންގ ވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ. (އިތުރު ކުރެވިފައި)

---------------

 

(ޖަދުވަލު 1) (އިސްލާހު1، އިސްލާހުކުރެވިފައި)

އެޕްލިކޭށަން ފީ

ލައިސަންސް ނުވަތަ ހުއްދައިގެ ބާވަތް

އަދަދު ރުފިޔާއިން

ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް 150،000
ލިީސިންގ ވިޔަފާރި އަދި ހައުސިންގ ފައިނޭންސް ކުރުމުގެ ވިޔަފާރި ހިމެނޭ ގޮތުން ކޮންސިޔުމަރ ފައިނޭންސް ވިޔަފާރިކުރުމުގެ ލައިސަންސް 50،000 (އިސްލާހުކު ކުރެވިފައި)
އިންށުއަރަންސް ވިޔަފާރިކުރުމުގެ ލައިސަންސް 50،000
އިންށުއަރަންސް ބްރޯކަރގެ ލައިސަންސް 30،000
ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓުން ފިޔަވައި އެހެން އިންށުއަރެންސް އޭޖެންޓުންގެ ލައިސަންސް 500 (އިސްލާހު ކުރެވިފައި)
ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓުންގެ ލައިސަންސް 200 (އިސްލާހު ކުރެވިފައި)
ރެމިޓެންސް ވިޔަފާރި ނުވަތަ މަނީ ރެމިޓެންސް ވިޔަފާރިކުރުމުގެ ލައިސަންސް 30،000 (އިސްލާހުކު ކުރެވިފައި)

 

ސިސްޓަމްތަކުގައި ބައިވެރިވުމުގެ ފީ

ސިސްޓަމް

އަދަދު (ރުފިޔާއިން)

އ.ޭސީ.އެޗް. ސިސްޓަމް 50،000
އެމް.އާރް.ޓީ.ޖީ.އެސް. ސިސްޓަމް 50،000
ކްރެޑިޓް އިންފޮމޭށަން ސިސްޓަމް 50،000

 

---------------

 

(ޖަދުވަލު 2) (އިސްލާހުއިސްލާހު2 ކުރެވިފައި)

 

ބޭންކުތަކުން ދައްކަންޖެހޭ ފީތައް

 1.1 ބޭންކް އަހަރީ ފީ (ނަގާނީ ބޭންކުގެ ޖުމުލަ ނެޓް އެސެޓްސްއަށް ބިނާކޮށް ތިރީގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ).  އަދަދު (ރުފިޔާއިން)
ބޭންކެއްގެ ޖުމަލް ނެޓް އެސެޓްސް: 
500 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ، 100،000
500 މިލިއަން ރުފިޔާއިން ފެށިގެން – 01 ބިލިއަން ރުފިޔާއާ ދެމެދު ނަމަ،  150،000
01 ބިލިއަން ރުފިޔާއިން ފެށިގެން – 05 ބިލިއަން ރުފިޔާއާ ދެމެދު ނަމަ،  300،000
05 ބިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ ނަމަ، 500،000

1.2 (އުނި ކުރެވިފައި)

 

 

ފައިނޭންސް ކުންފުނިތަކުން ދައްކަންޖެހޭ ފީތައް

2.1 ފައިިނޭންސް ކުންފުނިތަކުގެ އަހަރީ ފީ (ނަގާނީ ކުންފުނީގެ ޖުމުލަ ނެޓް އެސެޓްސްއަށް ބިނާކޮށް ތިރީގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ).  އަދަދު (ރުފިޔާއިން)
ކުުންފުންޏެއްގެ ޖުމުލަ ނެޓް އެސެޓްސް: 
100 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ،  10،000
100 މިލިއަން ރުފިޔާއިން ފެށިގެން – 250 މިލިއަން ރުފިޔާއާ ދެމެދު ނަމަ،  20،000
250 މިލިއަން ރުފިޔާއިން ފެށިގެން – 500 މިލިއަން ރުފިޔާއާ ދެމެދު ނަމަ،  50،000
500 މިލިއަން ރުފިޔާއިން ފެށިގެން - 01 ބިލިއަން ރުފިޔާއާ ދެމެދު ނަމަ،  75،000
01 ބިލިއަން ރުފިޔާއިން ފެށިގެން – 05 ބިލިއަން ރުފިޔާއާ ދެމެދު ނަމަ،  150،000
05 ބިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ ނަމަ،  250،000
ކްރެޑިޓް އިންފޮމޭށަން ސިސްޓަމްގެ އަހަރީ ފީ (އުނި ކުރެވިފައި)  

 

އިންށުއަރެންސް ކުންފުނިތަކާއި އިންށުއަރެންސް ބްރޯކަރުން ދައްކަންޖެހޭ ފީ (ސުރުހީއާއި މުޅި ބައި އިސްލާހު ކުރެވިފަިއ)

     

އަހަރީ ފީ  

 އަދަދު (ރުފިޔާއިން)

(1) ޖެނެރަލް އިންށުއަރަންސް ކުންފުނިތައް (ފީ ނަގާނީ، ކުންފުނީގެ އެނުއަލް ގްރޮސް ޕްރީމިއަމް އަށް ބިނާކޮށް ތިރީގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.)

އެގޮތުން ކުންފުނީގެ އެނުއަލް ގްރޮސް ޕްރީމިއަމް:

100 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ، 35,000
100 މިލިޔަން ރުފިޔާއިން ފެށިގެން – 250 މިލިޔަން ރުފިޔާއާ ދެމެދު ނަމަ، 60,000
250 މިލިޔަން ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ ނަމަ، 100,000
(2) ލައިފް އިންށުއަރަންސް ވިޔަފާރި ކުންފުނިތައް 20,000
(3) އިންށުއަރަންސް ބްރޯކަރުން  5,000

 

 

ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތަކުން ދައްކަންޖެހޭ ފީ

އަހަރީ ފީ އަދަދު (ރުފިޔާއިން)
އަހަރީ ފީ 15،000

 

ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ދައްކަންޖެހޭ ފީ (އުނި ކުރެވިފައި)

 

މައި ގަވާއިދު

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06)

ކިޔުންތެރިންގެ ހިޔާލު