މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-12)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ފެބުރުއަރީ 2020 ގައި)
ގަވާއިދު ނަންބަރު 2016-80 (މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ، އެޕްލިކޭށަަން ފީ އަންނަނިވި ގޮތަށް އިސްލާހުުކުރުން.
އެޕްލިކޭށަަން ފީ
ލައިސަންސް ނުވަތަ ހުއްދައިގެ ބާވަތް |
އަދަދު (ރުފިޔާއިން) |
ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް |
150,000 |
ލީސިންގ ވިޔަފާރިއާއި ހައުސިންގ ފައިނޭންސް ކުރުމުގެ ވިޔަފާރި ހިމެނޭ ގޮތުން ފައިނޭންސިންގ ވިޔަފާރިކުރުމުގެ ލައިސަންސް |
50,000 |
އިންށުއަރަންސް ވިޔަފާރިކުރުމުގެ ލައިސަންސް |
50,000 |
އިންށުއަރަންސް ބްރޯކަރގެ ލައިސަންސް |
30,000 |
ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓް ފިޔަވައި އެހެން އިންށުއަރެންސް އޭޖެންޓުންގެ ހުއްދަ |
500 |
ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓުންގެ ހުއްދަ |
200 |
ރެމިޓެންސް ވިޔަފާރި ނުވަތަ މަނީ ރެމިޓެންސް ވިޔަފާރިކުރުމުގެ ލައިސަންސް |
30,000 |
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، އިންށުއަރެންސް ކުންފުނިތަކާއި އިންށުއަރެންސް ބްރޯކަރުން ދައްކަންޖެހޭ އަހަރީ ފީތަކުގެ ތާވަލު އަންނަނިވި ގޮތަށް އިސްލާހުުކުރުން.
އިންށުއަރެންސް ކުންފުނިތަކާއި އިންށުއަރެންސް ބްރޯކަރުން ދައްކަންޖެހޭ ފީ
އަހަރީ ފީ |
އަދަދު (ރުފިޔާއިން) |
(1) ޖެނެރަލް އިންށުއަރަންސް ކުންފުނިތައް (ފީ ނަގާނީ، ކުންފުނީގެ އެނުއަލް ގްރޮސް ޕްރީމިއަމް އަށް ބިނާކޮށް ތިރީގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.) އެގޮތުން ކުންފުނީގެ އެނުއަލް ގްރޮސް ޕްރީމިއަމް: |
100 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ، | 35,000 |
100 މިލިޔަން ރުފިޔާއިން ފެށިގެން – 250 މިލިޔަން ރުފިޔާއާ ދެމެދު ނަމަ، | 60,000 |
250 މިލިޔަން ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ ނަމަ، | 100,000 |
(2) ލައިފް އިންށުއަރަންސް ވިޔަފާރި ކުންފުނިތައް | 20,000 |
(3) އިންށުއަރަންސް ބްރޯކަރުން | 5,000 |
3 ވަނަ މާއްދާ - މި ގަވާއިދަށް އަަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށަާއިއަުކުރާ ތާރީހުުން ފެށިގެންނެވެ.
މައި ގާނޫނު
މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80)
ކޮންސޮލިޑޭޓެޑް ގަވާއިދު
މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-80)
ކިޔުންތެރިންގެ ހިޔާލު