މަސްވެރިކަމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2019-14)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗަރގެ ސިނާއަތް ކުރިއަރުވައި، ތަރައްގީކޮށް، އެ ސިނާއަތް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކުރާ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
(ހ) މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެ ވެ.
- ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުން؛
- ހަމަހަމަކަމާއި ހެޔޮވެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ރައްކާތެރިކޮށް، ހިންގައި ބެލެހެއްޓުމާގުޅޭ އޮނިގަ ނޑެއް އެކަށައެޅުން؛
- އެކުއަކަލްޗަރގެ ސިނާއަތު ތަރައްގީކޮށް، ހިންގައި ބެލެހެއްޓުމަށްޓަކައި ފުރިހަމަ ނިޒާމެއް އެކުލަވާލައި، އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުން؛
- ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން (އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް) އައި.ޔޫ.ޔޫ (ފިށިންގ) ހުއްޓުވުމާގުޅޭ އުސޫލުތައް އެކަށައެޅުން؛
- މަސްވެރިކަމާއި، މަސްވެރިކަ މާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގެ ގޮތުން ދިވެހިރާއްޖެއިން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމާގުޅޭ ގާނޫނީ އޮނިގަ ނޑު އެކުލަވާލުން؛
- މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާއި ނަފާ ހޯދުމަށް އެހީތެރިވެދިނުން؛
- މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދީ، އެ ފަރާތްތަކަށް އިޖްތިމާއީ ރައްކާތެރިކަމާއި، ޕެންށަން ކަށަވަރުކުރުން؛
- ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުވައި، އެ ފަރާތްތައް މަސްވެރިކަމަށް ނެރުމަށް ހިތްވަރުދިނުން؛
- މަސްވެރިކަމުގެ ސިނާއަތުގައި ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއެކު ހަރަކާތްތެރިވުމަށް ބާރުއަޅައި، އެކަމަށް މަގުފަހިކުރުން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ މަސްދޯނިފަހަރު ދިވެހިރާއްޖެއިން ބޭރަށްގޮސް ބޭރުގެ ބާޒާރުތަކުގައި މަސްވިއްކުމުގެ ފުރުސަތު ހޯދައިދިނުން؛
- ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ގާއިމުކުރުމަށް މަގުފަހިކުރުން؛
- ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްށޯ ޕްލެޓްފޯމް ގާއިމުކުރުމަށް ފުރުސަތު ހޯދައިދިނުން؛ އަދި
- ރާއްޖޭގައި މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމަށް މަގުފަހިކުރުން.
ދެވަނަ ބާބު
ގާނޫނު ހިންގުން
3 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތުތައް
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގެމަތިން ރާވައި، ހިންގައި ބަލަހައްޓައި، އަދި ތަރައްގީކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވަނީ މިނިސްޓްރީއަށެވެ.
(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާގުޅޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.
(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިރައްޔިތުން ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާގުޅޭ ގަވާއިދުތައް، ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަދައި ތަންފީޒުކުރުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.
(ރ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައާއި، ދިވެހިރާއްޖޭގެ އެއްގަމު ސަރަހައްދުތަކުގައި ކުރާ އެކުއަކަލްޗަރއާގުޅޭ އެންމެހައި ހަރަކާތްތައް ކުރިއަރުވައި، ހިންގައި، ބަލަހައްޓައި، ވިލަރެސްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަ ނޑު މިނިސްޓްރީގެ ފަރާތުން އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ.
(ބ) މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާއި އެކުއަކަލްޗަރކުރުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ކުރާ މިނޫންވެސް މި ގާނޫނުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ހިމެނޭގޮތުން، ބުނެވިދިޔަ ކަންކަމާގުޅޭ، ދާހިލީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކާއި، އިންތިޒާމްތަކާއި، ޖަމްއިއްޔާތަކާގުޅޭ އެންމެހައި ކަންކަމުގައި ދިވެހިސަރުކާރު ތަމްސީލުކުރާނީ މިނިސްޓްރީންނެވެ. އަދި އެފަދަ އެއްބަސްވުންތަކާއި އިންތިޒާމްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ތަންފީޒުކުރަންވާނެއެވެ.
(ޅ) އަންނަނިވި ކަންކަމާގުޅޭ ސިޔާސަތުތަކާއި، ގަވާއިދުތަކާއި އުސޫލުތައް އެކަށައަޅައި، އަދި އެ ކަންކަން ތަންފީޒުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ހިންގައި ބެލެހެއްޓުން؛
- ޕްރިކޯށަނަރީ" އަދި "އިކޯސިސްޓަމް އެޕްރޯޗް" އަށް ބިނާކޮށް ދިވެހިންނަށް އެންމެ ފައިދާކުރާނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލުތައް ބެލެހެއްޓުން؛
- ދެމެހެއްޓެނިވި މަސްވެރިކަމާއި އެކުއަކަލްޗަރކުރުން ކުރި އެރުވުން؛ އަދި
- ދިވެހިރައްޔިތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ބަލަހައްޓައި، ކަމާގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރުން.
4 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މި ގާނޫނު ހިންގޭނެއެވެ.
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައިނަމަ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަންނަ، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުތަކާއި، އެ އުޅަނދުފަހަރުތަކުގައި ހިމެނޭ ދިވެހި އަދި ބިދޭސީ އެންމެހައި ފަރާތްތަކުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ. އެގޮތުން، އެފަދަ އުޅަނދުތަކުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް، އަދި މި ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ އެނޫންވެސް ކަންކަމުގެ މައްޗަށް މި ގާނޫނު ހިންގޭނެއެވެ.
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައިނަމަ، އަންނަނިވި ފަރާތްތަކުގެ މައްޗަށް މި ގާނޫނު ހިންގޭނެއެވެ.
i .ދިވެހިރާއްޖޭގެ އުޅަނދުފަހަރުތައް؛ އަދި
ii .މި އަކުރުގެ (2) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުތަކުގައިވާ ދިވެހި އަދި ބިދޭސީ އެންމެހައި ފަރާތްތަކަށް. - މި ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި މީހުންނާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެއްގަމު އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރާ ތަންތަނާއި، ނުވަތަ އެނޫންވެސް އުޅަނދުފަހަރާއި، ނުވަތަ އެފަދަ މަސައްކަތެއް ހިންގައި، ނުވަތަ މި ގާނޫނުގެ އިމުގެ ތެރެ އަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ތަންތަނުގެ މައްޗަށެވެ.
(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ބާރު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ހިނގާނެއެވެ.
(ނ) މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމަށް މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެ ވެ.
(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމާ ގުޅޭގޮތުން ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރު، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ އެހެނިހެން ގަވާއިދުތައް، ނުވަތަ އެފަދަ ގަވާއިދުތަކުގައިވާ ބައެއް މާއްދާތަކަކީ އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމުގެ މައްޗަށް ހިނގާނެ ގަވާއިދެއްކަން ނުވަތަ މާއްދާތަކެއްކަމުގައި ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ މަގްސަދުތަކާއި އުސޫލުތައް
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މިނިސްޓްރީއަށް ލިބިދޭ ބާރުތައް ބޭނުންކުރުމުގައާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މިނިސްޓްރީންނާއި، މި ގާނޫނު ތަންފީޒުކުރާ އެންމެހައި ފަރާތްތަކުން ތިރީގައިވާ މަގްސަދުތަކާއި އުސޫލުތަކަށް ރިއާޔަތްކުރަންވާނެއެވެ.
(ހ) މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގެ ފިޔަވަޅުތައް އެކަށައަޅައި އަދި އެ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ބާރުއެޅުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފިޔަވަޅުތައް ބިނާކޮށްފައިވަނީ ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް މައުލޫމާތުތަކުގެ މައްޗަށްކަމާއި، އެ ފިޔަވަޅުތައް ފަރުމާކޮށްފައިވަނީ އަމާޒުކުރެވޭ މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި އެންމެ މަތީ މިންވަރަށް (މެކްސިމަމް ސަސްޓައިނަބަލް ޔީލްޑް) ދެމެހެއްޓޭގޮތަށް ނުވަތަ އެ މިންވަރަށް އަނބުރާ ގެނެވޭނެ ގޮތަށްކަން ޔަގީންކުރުމަށާއި، އެ ފިޔަވަޅުތައް ފަރުމާކޮށްފައިވަނީ އެކަށީގެންވާ ހާލަތްތަކުގައި ކަމާގުޅޭ ތިމާވެއްޓާއި އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމަށާއި، މަސްވެރިކަމުގެ އާދަކާދައާއި ވައްޓަފާޅިއަށާއި، މަހުގެ އެއް ސްޓޮކް އަނެއް ސްޓޮކަށް ބަރޯސާވާ މިންވަރަށާއި، އާންމުގޮތެއްގައި ބޭނުންކުރުމަށް ބާރުއަޅާ ބައިނަލްއަގްވާމީ މިންގަ ނޑުތަކަށް ރިއާޔަތްކުރުން؛
(ނ) މި ގާނޫނާއި ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްވާ ބައިނަލްއަގްވާމީ އިލްތިޒާމްތަކާ އެއްގޮތްވާ ގޮތުގެމަތިން "ޕްރިކޯށަނަރީ އެޕްރޯޗް" ބޭނުންކުރުން؛
(ރ) އަމާޒުކުރާ މަހުގެ ސްޓޮކަށާއި، އަމާޒުނުކުރާ ބާވަތްތަކަށާއި އެ ވެއްޓަކަށް ނިސްބަތްވާ އެހެން ބާވަތްތަކަށް، ނުވަތަ އަމާޒުކުރާ މަހުގެ ސްޓޮކަށް ބަރޯސާވާ ނުވަތަ ސްޓޮކާ ގުޅުންހުރި އެހެން ބާވަތްތަކަށް، މަސްވެރިކަމުންނާއި، އިންސާނުންގެ އެނޫންވެސް ހަރަކާތްތަކުންނާއި ތިމާވެއްޓާ ގުޅިފައިވާ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، އަސަރުކުރާ މިންވަރު ކުޑަކުރުން ؛
(ބ) ކަނޑުގެ ތެރެއަށް ގެއްލޭ ނުވަތަ ދޫކޮށްލާ އާލާތްތަކުގައި ހިފޭ މަހާއި، އަމާޒުނުކުރާ މަހުގެ ބާވަތްތަކާ ގުޅުންހުރި ނުވަތަ ބަރޯސާވާ ބާވަތްތައް، އަދި ހާއްސަކޮށް ނެތިހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ބާވަތްތަކާއި، ހިމާޔަތްކުރެވިފައިވާ ބާވަތްތައް ހިފޭ މިންވަރު މަދުކުރުމަށް ފިޔަވަޅުތައް އެކަށައެޅުމާއި، ތިމާވެއްޓާ ރައްޓެހި މަސްވެރިކަމުގެ އާލާތްތަކާއި އުކުޅުތައް ތަރައްގީކޮށް ކުރިއެރުވުން ؛
(ޅ) މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ރައްކާތެރިކުރުން؛
(ކ) މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި، އެކަށީގެންވާ މިންވަރެއްގައި މަސްވެރިކަންކުރާކަން ކަށަވަރުކުރުން؛
(އ) މަސްވެރިކަން ރާވައި، ހިންގައި އަދި ބެލެހެއްޓުމުގައި އެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ ބޭނުމަށް މަސްވެރިކަންކުރާ މަސްވެރިންނާއި، މަސްވެރި މުޖްތަމައުތަކުގެ މަސްލަހަތުތަކަށް ރިއާޔަތްކުރުމާއެކު، މަސްވެރިކަން ރާވައި، ހިންގައި އަދި ބެލެހެއްޓުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން ޔަގީންކުރުން؛
(ވ) ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން، ޒަމާނުއްސުރެ ގެންގުޅެމުންދާ ގޮތްތައް ދެމެހެއްޓުމަށް އިސްކަންދިނުން؛
(މ) ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމުގައި ވީހާވެސް ގިނަ ދިވެހިރައްޔިތުންގެ ބައިވެރިވުން ޔަގީންކުރުން؛
(ފ) މަސްވެރިކަމުގެ ހަރަކާތްތަކާގުޅޭ މައުލޫމާތުގެ ތެރެއިން މަސްވެރި އުޅަނދުފަހަރުގެ ޕޮޒިށަނާއި، އަމާޒުކުރާ މަހުގެ ބާވަތްތަކާއި، އަމާޒުނުކޮށް ހިފޭ ބާވަތްތަކާއި، މަސްވެރިކަންކުރާ މިންވަރާއި ގައުމީ އަދި ބައިނަލްއަގްވާމީ ދިރާސާތަކުގެ މައުލޫމާތު ހިމެނޭނެ ފަދައިން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމާގުޅޭ ސައްހަ މައުލޫމާތު އެއްކޮށް، އެ މައުލޫމާތު ހިއްސާކުރުން؛ އަދި
(ދ) މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ބައިނަލްއަގްވާމީ ގާނޫނުތަކާއި، މުއާހަދާތަކާއި ގަރާރުތައް ތަންފީޒުކުރުމަށްޓަކައި އެކަށީގެންވާ މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސާގުޅޭ ނިޒާމެއް ގާއިމުކުރުން.
6 ވަނަ މާއްދާ - މަސްވެރިންގެ ދުވަސް
ދިވެހި މަސްވެރިންނާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހާއްސަ ދުވަހެއް ގައުމީ ފެންވަރުގައި އަހަރަކު 1 (އެކެއް) ފަހަރު ފާހަގަކުރަންވާނެއެވެ.
7 ވަނަ މާއްދާ - ހެޔޮވެރިކަމުގެ އުސޫލާ އެއްގޮތަށް ކަންކުރުން
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވަސީލަތްތައް ރާވައި، ހިންގައި ބެލެހެއްޓުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ، ހެޔޮވެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ ދެފުށް ފެންނަ ނިޒާމެއް މިނިސްޓްރީން ގާއިމުކޮށް ކުރިއަރުވަންވާނެއެވެ.
8 ވަނަ މާއްދާ - ޖިންސީ ހަމަހަމަކަމުގެ އުސޫލުތައް ނެގެހެއްޓުން
މިނިސްޓްރީން އަދި މި ގާނޫނުގެ ދަށުން ބާރު ލިބިދޭ އެހެން ފަރާތްތަކުން އަޅާ ފިޔަވަޅުތައް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާގުޅޭ ޖިންސީ ހަމަހަމަކަމުގެ ސިޔާސަތުތަކާ އެއްގޮތްވާންވާނެއެވެ.
9 ވަނަ މާއްދާ - މަސްވެރިކަމާގުޅޭ ދަފްތަރު
(ހ) މި ގާނޫނުގެ ދަށުން މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކުރާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ލޯކަލް ކައުންސިލްތައް މެދުވެރިކޮށް މިނިސްޓްރީއަށް ހޯދިދާނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 100 (ސަތޭކަ) ދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކުރާ ދަފްތަރު މިނިސްޓްރީން އެކުލަވާލަންވާނެއެވެ.
10 ވަނަ މާއްދާ - މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަމާއި ޕެންށަން ކަށަވަރުކޮށްދިނުން
މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެ ފަރާތްތަކަށް ހައްގުވެގެންވާ އިޖްތިމާއީ ރައްކާތެރިކަމާއި ޕެންށަން ކަށަވަރުކޮށްދިނުމަށްޓަކައި މަސްވެރިންނަށް ޕެންށަނާއި ޑިސްއެބިލިޓީ އިންށުއަރެންސް ލިބިދެވޭނެ ސްކީމެއް، މިނިސްޓްރީގެ މަށްވަރާގެ މަތިން މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން އެކުލަވާލަންވާނެއެވެ.
11 ވަނަ މާއްދާ - މަސްވެރިކަމާގުޅޭ ތައުލީމާއި ތަމްރީން ހޯދައިދިނުން
މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް ކުރިއަރުވައި، އެ ސިނާއަތުގެ ތައުލީމާއި ތަމްރީން ޒަމާނާއެއްގޮތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި މަސްވެރިކަމާގުޅޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމުކޮށް ތަރައްގީކުރަންވާނެއެވެ.
12 ވަނަ މާއްދާ - މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުން
މަސްވެރިކަންކުރުމަށް ބޭނުންކުރާ މަސްދޯނިފަދަ މަސްވެރި އުޅަނދުތައް އުފެއްދުމުގައި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން އެކުލަވާލާފައިވާ ހާއްސަ ބޯޓު ބިލްޑިންގ ކޯޑު ތަންފީޒުކުރުމަށް މިނިސްޓްރީން ބާރުއަޅައި، ބޯޓުބަނުމުގެ ސިނާއަތް ކުރިއަރުވައި މާކެޓުކޮށް، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ބޭރުގެ ބާޒާރުތަކުގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، އެކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭންވާނެއެވެ.
13 ވަނަ މާއްދާ - މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ބާރު ލިބިގެން ނުވަތަ ހުއްދަ ލިބިގެން ކުރިއަށް ގެންދާ ހަރަކާތްތަކަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، އެ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން އެކަށައަޅާފައިވާ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި، ގުޅުންހުރި ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި ފިޔަވަޅުތަކަށް ރިއާޔަތްކޮށްގެން ކުރިއަށްގެންދެވޭ ހަރަކާތްތަކެއްކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.
14 ވަނަ މާއްދާ - އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ހިމާޔަތްކުރުން
ދިވެހިރާއްޖޭގައި އައިންމަތި ދޫނި ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ހިމާޔަތްކޮށް، އެފަދަ ތަންތަން އިތުރުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށްޓަކައި މިނިސްޓްރީއާއި ތިމާވެށީގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާ ގުޅިގެން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެނ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެކްށަން ޕްލޭނެއް އެކުލަވާލަންވާނެއެވެ.
15 ވަނަ މާއްދާ - ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއެކު މަށްވަރާކުރުން
(ހ) މި ގާނޫނު ތަންފީޒުކުރުމުގައާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވާލުމުގައި، މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ ދާއިރާތަކާ ގުޅޭގޮތުން އެ ފަރާތްތަކާ މިނިސްޓްރީން މަށްވަރާކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި، ތިރީގައިވާ ކަންކަން މިނިސްޓްރީއަށް ކުރެވިދާނެއެވެ.
- ކަމާގުޅޭ ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއެކު އެއްބަސްވުންތައް )މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ( ގާއިމުކުރުން؛
- ކަމާގުޅޭ ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރާނެ ކޮމިޓީތައް ގާއިމުކުރުން؛
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން މިނިސްޓްރީއަށް ލިބިފައިވާ ބާރުތައް އެހެން ފަރާތްތަކާ ހަވާލުކުރުން؛ އަދި
- މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން ކަމާގުޅޭ ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ވިލަރެސްކުރުމަށްޓަކައި، ސްޓޭންޑަ ރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް އެކުލަވާލައި ތަންފީޒުކުރުން.
16 ވަނަ މާއްދާ - މިނިސްޓަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އެހެން ފަރާތަކާ ހަވާލުކުރުން
(ހ) މި ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ވަގުތަކު ވަކި އިދާރާއަކާ ހަވާލުވެހުރި ނުވަތަ އެ އިދާރާއެއްގެ ހިންގުމާ ހަވާލުވެހުރި ނުވަތަ ވަކި މަގާމެއް ފުރަމުންދާ ފަރާތަކާ އަންނަނިވި ގޮތުގެމަތިން މިނިސްޓަރަށް ހަވާލުކުރެވިދާނެއެވެ.
- ހަވާލުކުރެ ވޭ ކަންކަމާއި، އެކަންކަން ހަވާލުކުރެވޭ މުއްދަތު ލިޔުމުން ބަޔާންކޮށްފައި އޮތުން؛
- އެއްވެސް ށަރުތަކާ ނުލައި ނުވަތަ ށަރުތުތަކަކާއެކު ހަވާލުކުރުން؛
- އެ ކަމަކާ ގުޅޭގޮތުން މިނިސްޓަރަށް ލިބިދޭ ފިޔަވަޅުއެޅުމުގެ ބާރު ކެނޑިގެން ނުދާގޮތަށް ހަވާލުކުރުން؛
- މިނިސްޓަރު ބޭނުންވެއްޖެނަމަ، އެ ހަވާލުކުރުން ނިމުމަކަށް ގެނައުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރެވޭ ކަންކަމުގެ ތަފްސީލު ހިމެނޭ، މިނިސްޓަރު ސޮއިކޮށްފައިވާ ލިޔުމަކީ އެނޫންގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެކަމެއް ހަވާލުކޮށްފައިވާކަމުގެ ހެއްކެއްކަމަށް ބަލަންވާނެއެވެ.
ތިންވަނަ ބާބު
މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުން
17 ވަނަ މާއްދާ - މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުން
(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން ހުއްދަ މަސްވެރިކަމުގެ ބާވަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން؛
- ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން؛
- ލޭނުގެ މަސްވެރިކަން؛
- ހިބަރުގެ މަސްވެރިކަން؛
- ވަދު ނަނުގެ މަސްވެރިކަން؛
- ފާނައިގެ މަސްވެރި ކަން؛
- އެންވެރިކަން؛
- ދިރޭކުދިމަހުގެ މަސްވެރިކަން (އެކުއޭރިއަމް ފިށަރީ)؛
- ތުތި ބޯވަދިލަމަހުގެ މަސްވެރިކަން؛
- ފަރުމަހުގެ މަސްވެރިކަން؛
- ފަޅުތެރޭގައި ކުރާ މުށިމަހުގެ މަސްވެރިކަން؛
- ހުއިފިލަ ނޑައާއި އިހިފަދަ ތަކެތި ނެގުމުގެ މަސްވެރިކަން؛
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި، ހިފާ ބާވަތްތަކާއި މަސްވެރިކަންކުރާ ބޭނުމަށާއި، އެނޫންވެސް ކަންކަމަށް ރިއާޔަތްކޮށް، އެ އަކުރުގައި ބަޔާންކޮށްފައިނުވާ ވަކި ބާވަތެއްގެ މަސްވެރިކަން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން ހުއްދަކަމަށް ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން އަލަށް ކަނޑައަޅާ މަސްވެރިކަމުގެ ބާވަތްތައް ދިވެހިސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރަންވާނެއެވެ.
18 ވަނަ މާއްދާ - މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް
(ހ) މި ގާނޫނުގެ މަގްސަދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ވަކިވަކި މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށްޓަކައި އެ މާއްދާގެ ދަށުން ކަނޑައަޅާ ކޮންމެ މަސްވެރިކަމަކަށް، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށް، އެކަށީގެންވާ ގޮތެއްގެމަތިން މުރާޖައާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު އެ ޕްލޭންތައް ތަންފީޒުކުރާކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮންމެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަކީ އަންނަނިވި ކަންކަން ހިމެނިފައިވާ މެނޭޖްމަންޓް ޕްލޭނަކަށް ވާންވާނެއެވެ.
- އެ މަސްވެރިކަމުގައި އެ ވަގުތަކު މަސް ބާނަމުންދަނީ ކިހާ މިންވަރަކަށްކަން؛
- އެ މަސްވެރިކަމެއް އަމާޒުކުރެވިފައިވާ މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން، ނުވަތަ އެ މަސްތަކާ ގުޅިފައިވާ، ނުވަތަ އެ މަސްތަކަށް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން؛
- އެ މެނޭޖްމަންޓް ޕްލޭނަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ކޮބައިކަން؛
- އެ މަސްވެރިކަމެއް ބެލެހެއްޓުމަށާއި ތަރައްގީކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން؛
- އެ މަސްވެރިކަމަކަށް ލައިސަންސް ދިނުމާގުޅޭ ކަންކަން އިންތިޒާމްކުރާނެ ގޮތް؛
- އެ މަސްވެރިކަމެއްގެ ސަބަބުން އުޅަނދުތަކަށް މަސްބޭނޭނެ މިންވަރަށް އެއްވެސް ގައިދުތަކެއް އަންނަނަމަ، އެފަދަ ގައިދުތަކަކީ ކޮބައިކަން؛ އަދި
- އެ މެނޭޖްމަންޓް ޕްލޭންގެ މުއްދަތަކީ ކޮބައިކަމާއި މުރާޖައާކުރެވޭނެ އުސޫލާއި އިސްލާހުކުރެވޭނެ އުސޫލު.
19 ވަނަ މާއްދާ - މެނޭޖްމަންޓް ޕްލޭނަށް އަމަލުކުރަން ފެށުން
(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ހަދާ ކޮންމެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކަށެވެ.
(ށ) ކޮންމެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ދިވެހިސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރަންވާނެއެވެ.
(ނ) ކޮންމެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމުގައާއި މުރާޖައާކުރުމުގައި، އަންނަނިވި ފަރާތްތައް ހިމެނޭނެ ފަދައިން، އެ ޕްލޭނަކުން އަސަރުފޯރާނެ އެންމެހައި ފަރާތްތަކާއެކު މިނިސްޓްރީން މަށްވަރާކުރަންވާނެއެވެ.
- އެ މެނޭޖްމަންޓް ޕްލޭންތަކުން އަސަރުކުރާނެ ދައުލަތުގެ އިދާރާތައް؛
- އެ މަސްވެރިކަމެއް ކުރާ މަސްވެރިންނާއި، އެ މަސްވެރިކަމަކުން އަސަރުކުރާނެ އެނޫން ފަރާތްތައް؛ އަދި
- ދިވެހިރާއްޖެ ހިމެނޭގޮތަށް އެހެން ގައުމުތަކާ ހިއްސާވާ މަހުގެ ސްޓޮކަކުން ކުރާ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން އަޅާ ފިޔަވަޅުތައް އެއްހަމަކުރުމަށްޓަކައި އެކަށީގެންވާ ހާލަތްތަކުގައި އެ ގައުމެއް ނުވަތަ އެ ގައުމުތަކާއި، ކަމާގުޅޭ ސަރަހައްދީ ޖަމްއިއްޔާތައް.
(ރ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ މަސްވެރިކަމުގެ ބާވަތްތަކާ ގުޅޭގޮތުން މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ މެނޭޖްމަންޓް ޕްލޭނެއް މިނިސްޓްރީން އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތުގެ ފަހުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ވިޔަފާރީގެ ބޭނުމަށް އެއްވެސް މަސްވެރިކަމެއް ކުރުމުގެ ހުއްދަ ދެވޭނީ، އެ މަސްވެރިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް އޮތްކަމުގައިވާނަމައެވެ.
(ޅ) މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންގައި ހިމެނޭ މާއްދާއެއް ނުވަތަ މާއްދާތަކެއް މި ގާނޫނާ ތައާރުޒުވާނަމަ، ތައާރުޒުވާ މާއްދާއެއް ނުވަތަ މާއްދާތަކަށް އަމަލެއް ނުކުރެވޭނެއެވެ.
(ކ) މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއްގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން، އެ ޕްލޭނަކުން އަސަރުކުރާ ފަރާތްތަކާ މަށްވަރާކުރުމަށްފަހު، އެ ޕްލޭނެއް އިސްލާހުކުރުމަކީ ނުވަތަ ބާތިލުކުރުމަކީ އެ ހާލަތުގައި ރަނގަޅުގޮތްކަމަށް މިނިސްޓަރަށް ގަބޫލުކުރެވޭނަމަ، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އިސްލާހުކުރުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
20 ވަނަ މާއްދާ - މެނޭޖްމަންޓް ޕްލޭނަށް ލަފާދޭ ކޮމިޓީ
(ހ) މަސްވެރިކަމުގެ ކޮންމެ މެނޭޖްމަންޓް ޕްލޭނެއްގައި، އެ މެނޭޖްމަންޓް ޕްލޭނެއް ތަންފީޒުކޮށް އަދި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލަފާދޭ ކޮމިޓީތައް އެކުލަވާލާނެ ގޮތާއި، އެ ކޮމިޓީތަކުގެ މަސައްކަތާއި، އެ ކޮމިޓީތައް ހިންގާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.
21 ވަނަ މާއްދާ - މަސްވެރިކަމާގުޅޭ އެހެނިހެން ޕްލޭންތައް
މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ މެނޭޖްމަންޓް ޕްލޭންގެ އިތުރުން، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، މި ގާނޫނުގެ ދާއިރާގެ ތެރޭގައި މަސްވެރިކަމާގުޅޭ އެހެނިހެން ޕްލޭންތައް މިނިސްޓްރީއަށް އެކުލަވާލެވިދާނެއެވެ.
22 ވަނަ މާއްދާ - މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ގަވާއިދުތައް
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ބޭނުންވާ ގަވާއިދުތައް، ލޯކަލް ކައުންސިލްތަކާއި މި ގާނޫނުގައި ބަޔާންކުރާ ތަންފީޒީ އިދާރާތަކާއި އެ ނޫންވެސް ކަމާގުޅޭ އިދާރާތަކުގެ މަށްވަރާގެމަތިން އެކުލަވާލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ދަށުން ހަދާ ގަވާއިދުތަކުގައި، އަންނަނިވި ކަންކަން ހިމެނިދާނެއެވެ.
- ކުޅިތަކުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އޭގެ މާހައުލު، ތިމާވެށީގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ މަށްވަރާގެ މަތިން ބެލެހެއްޓުން؛
- މަސްވެރިކަންކުރުމުގައާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމުގައި ބޭނުންކުރުން މަނާ އާލާތްތަކާއި ސާމާނުތަކާއި، ކެމިކަލްތަކަކީ ކޮބައިކަން ކަނޑައެޅުން؛
- މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ހާއްސަކުރާނެ އުސޫލު ކަނޑައެޅުން، އަދި އެފަދަ ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކަށް ވަނުން މަނާ އުޅަނދުފަހަރުތަކާއި އެ ސަރަހައްދުތަކަށް ވަންނަ އުޅަނދުފަހަރުތަކުން ކުރުން މަނާ ކަންތައްތައް ކަނޑައެޅުން؛
- ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމުގެ ގޮތުން ވަކި ބާވަތެއްގެ މަސްވެރިކަންކުރުން މަނާކުރުން، ނުވަތަ ވަކި ދުވަސްވަރަކަށް އަމާޒުކޮށް މަސްވެރިކަން ހުޅުވާލުން، ނުވަތަ ބޭނޭނެ މަހުގެ އަދަދާއި ބަރުދަން ނުވަތަ ބޮޑުމިން ކަނޑައެޅުން؛
- ހިމާޔަތްކުރެވިފައިވާ މަހުގެ ބާވަތްތަކަކީ ކޮބައިކަމާއި، އެކަންކަމާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ކަނޑައެޅުމުގެ ގޮތުން އެހެން ގާނޫނަކުން ހިމާޔަތްކޮށްފައިވާ ދިރުންތައް ފިޔަވައި، މަސްވެރިކަމާ ގުޅުންހުރި މަހުގެ ބާވަތެއް ހިމާޔަތްކުރުމުގެ ނުވަތަ ރާވައި، ހިންގައި ބެލެހެއްޓުމުގެ މަގްސަދުގައި އެ ބާވަތެއްގެ މަހުގެ އެކްސްޕޯޓް ނުވަތަ އިމްޕޯޓް ނުވަތަ ވިޔަފާރިކުރުން މަނާކުރުން؛
- ބޭރުގެ މަސްވެރި އުޅަނދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޓްރާންސިޓްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ހުރަސްކުރާ އެފަދަ އުޅަނދުތަކުގައި މަސްވެރިކަމަށް ބޭނުންކުރާ އާލާތްތައް ރައްކާކޮށްފައި ހުންނަންޖެހޭ މިންގަ ނޑުތަކާއި، ހުރަސްކުރުމުގައި ނުވަތަ ޓްރާންސިޓްކުރުމުގައި އެފަދަ އުޅަނދުފަހަރުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން؛
- ދޫކުރެވިފައިވާ ލައިސަންސަށް ބަލާއިރު، އަމާޒުނުކޮށް ބޭނޭ މަހާމެދު އަމަލުކުރެވޭނެ އުސޫލުތައް ކަނޑައެޅުން؛
- މަސްވެރިކަންކުރާ އުޅަނދުތަކުގައި މަސް ގެންގުޅުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން މަހާއި މަހުގެ ބާވަތްތައް ރައްކާކުރުމާއި، ބޭނުންކުރެވޭނެ ގޮތާއި، އެކަންކަމާގުޅޭ މައުލޫމާތުތައް ރެކޯޑުކުރުމާއި އެ ރެކޯޑުތައް ހިއްސާކުރުމާ ގުޅޭ ކަންކަން؛
- މަސްވެރިކަމާ ގުޅުންހުރި މައުލޫމާތުތައް ގަވާއިދުން ރެކޯޑުކުރުމާއި އެ މައުލޫމާތުތައް މިނިސްޓްރީއާ ހިއްސާކުރަންޖެހޭ ގޮތް ކަނޑައެޅުން؛
- މަސްކިރުމާގުޅޭ ގަވާއިދުތައް ކަނޑައަޅައި، މަސްކިރޭނެ ބަނދަރުތައް ނުވަތަ އެނޫންވެސް ސަރަހައްދުތަކަކީ ކޮބައިކަމާއި، މަހާއި މަހުގެ ބާވަތްތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް؛
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް މިނިސްޓްރީއަށް ރިޕޯޓުކުރުމާގުޅޭ ގަވާއިދުތައް ހެދުން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސް ބޯޓުތަކަށް ތެޔޮ އެޅުމުގައި ނުވަތަ ތެޔޮ ފޯރުކޮށްދިނުމުގައި އަމަލުކުރަ ންޖެހޭ މިންގަ ނޑުތައް؛
- ދިގު މުއްދަތަކަށް މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، ނުވަތަ ދިވެހިރާއްޖޭގެ މައްޗަށް އޮތް ބައިނަލްއަގްވާމީ އިލްތިޒާމްތައް އަދާކުރުމަށް ބޭނުންތެރިކަމަށް މިނިސްޓަރަށް ފެންނަ އެނޫންވެސް ފިޔަވަޅުތައް؛
- ދުނިޔޭގެ މަސްވެރިކަމާގުޅޭ ބާޒާރުތައް ދިރާސާކޮށް، މަސްވެރިންނަށް އެންމެ ރަނގަޅު އަގު ހޯދައިދިނުމާގުޅޭ އުސޫލުތައް ކަނޑައަޅައި އެކަމަށް މަސައްކަތްކުރުން؛ އަދި
- ދިވެހިރާއްޖޭގައި ބާނާ މަހާއި މަހުން އުފައްދާ ބާވަތްތައް ދުނިޔޭގެ ބާޒާރުގައި އިށްތިހާރުކުރުން.
ހަތަރުވަނަ ބާބު
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް
23 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގަންވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
24 ވަނަ މާއްދާ - އެކްސްޕްލޮރޭޓަރީ މަސްވެރިކަން
(ހ) ވަކި ބާވަތެއްގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތައާރުފުކުރުމުގެ ކުރިން، އެ ބާވަތުގެ މަސްވެރިކަމަކީ އިގްތިސާދީ ގޮތުން ފައިދާހުރި މަސްވެރިކަމެއްތޯ ބެލުމަށް އެކްސްޕްލޮރޭޓަރީ މަސްވެރިކަމުގެ އޮޕަރޭށަންތައް ހިންގުމާގުޅޭ އުސޫލުތައް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެކްސްޕްލޮރޭޓަރީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކީ މި ގާނޫނުން އިސްތިސްނާ ލިބިގެންވާ ފަރާތެއް ނޫނެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ އެކްސްޕްލޮރޭޓަރީ މަސްވެރިކަން ކަނޑައެޅުމާއި، އެކްސްޕްލޮރޭޓަރީ މަސްވެރިކަންކުރާނެ ގޮތާއި، އެކްސްޕްލޮރޭޓަރީ މަސްވެރިކަންކުރުމުގެ ހުއްދަ ދޭނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.
25 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރުމަށް ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން
(ހ) ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހުއްދަ، ދުރާލާ ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތާގުޅޭ ގަވާއިދެއް މިނިސްޓްރީން އެކުލަވާލަންވާނެއެވެ. އަދި މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައި، އަންނަނިވި ކަންކަން ހިމެނިދާނެއެވެ.
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ބޭރުގެ މަސްވެރި އުޅަނދުތައް ވަނުމާއި، އެ ސަރަހައްދުތަކުން ނިކުތުން ރިޕޯޓުކުރުން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަންނަ ބޭރުގެ މަސްވެރި އުޅަނދުތަކުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ބޭރުގެ މަސްވެރި އުޅަނދެއް ވާހިނދު، އެ އުޅަނދެއްގެ އާލާތްތައް ރައްކާކުރުމާގުޅޭ ށަރުތުތައް؛ އަދި
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ މަސްވެރި އުޅަނދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަނުމާއި، އެ ސަރަހައްދުތަކުން ނިކުތުން ރިޕޯޓުނުކުރާ ބޭރުގެ މަސްވެރި އުޅަނދުތަކާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތައް.
(ނ) މިގޮތަށް ވަންނަ އެއްވެސް އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާކަމެކެވެ.
26 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަރަހައްދުގައި ބޭރުގެ އުޅަނދުފަހަރު މަސްވެރިކަންކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުން
(ހ) އެނޫންގޮތަކަށް ސާބިތުނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދައެއް ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކަށް ބޭރުގެ އެއްވެސް މަސްވެރި އުޅަނދެއް ވަދެއްޖެނަމަ ބެލެވޭނީ، އެ އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ، މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ކަމުގައެވެ.
(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަންނަ ބޭރުގެ މަސްވެރި އުޅަނދުތަކުން އަމަލުކުރަންވާނީ ކަނޑުގެ ވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެފަދަ އުޅަނދުތަކުން، މި ގާނޫނުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން މި ގާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިދީފައިވާ ފަރާތަކުން ދޭ އެންމެހައި އިރުށާދުތަކަށް އަމަލުކުރަންވާނެއެވެ.
27 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަންނަނިވި ބާވަތްތަކުގެ މަސްވެރިކަންކުރުމަކީ މަނާކަމެކެވެ.
(ހ) ބޮޑު ދަލުގެ (ޕަރސް ސެއިން) މަސްވެރިކަން؛
(ށ) އޮޔާދާ ދަލުގެ (ގިލް ނެޓް) މަސްވެރިކަން؛
(ނ) ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަން؛
(ރ) އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަންކުރުން؛
(ބ) ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަންކުރުން.
28 ވަނަ މާއްދާ - ބޭރުގެ މަސްވެރި އުޅަނދުތަކަށް މަސް ވިއްކުން
(ހ) މަސްވެރިކަންކުރާ ދިވެހި އުޅަނދުފަހަރުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށް މަސް ވިއްކަންވާނީ، މިނިސްޓްރީން އެކަމަށް ދޫކުރާ ހުއްދައެއް ލިބިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރުމާގުޅޭ އިޖުރާއަތުތަކާއި، އެ މާއްދާގެ ދަށުން މަސްވިއްކާ އަދި މަސްގަންނަ އުޅަނދުފަހަރުތަކުގައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި މިންގަނޑުތަކާއި، އެފަދަ އުޅަނދުތައް މަސްވިއްކުމުގައި ހަރަކާތްތައް ހިންގޭނެ ސަރަހައްދުތަކަކީ ކޮބައިކަމާއި، މަސްވިއްކޭނެ އުސޫލުތަކާއި، އަދި މިގޮތަށް ވިއްކޭ މަސް ރާއްޖެއިން ބޭރުކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މަސް ގަންނަން އަންނަ ބޭރުގެ އުޅަނދުފަހަރުތަކުން، މި ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދައެއްގެ އިތުރުން، އެހެން ގާނޫނެއްގެ ދަށުން ނަގަންޖެހޭ ހުއްދަތައްވެސް ނަގަންވާނެއެވެ.
29 ވަނަ މާއްދާ - މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް
(ހ) ދިވެހިރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނީ އަދި މަސް ރައްކާކުރުމަށްޓަކައި ބޭނުންވާ އައިސް އުފައްދާ އައިސްޕްލާންޓްތައް ގާއިމުކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ގިންތިތަކަށް ނިސްބަތްވާ ފެކްޓްރީތައް ގާއިމުކުރުމުގެ ހުއްދަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަ ތިން ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ދޫކުރުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކުރާ މަސްޕްރޮސެސްކުރާ ތަންތަނުގެ ތެރޭގައި ހިމެނޭ ގޭދޮށު މަސްފެކްޓްރީތައް ގާއިމުކުރުމަށް ހުއްދަ ދޫކުރެވޭނީ ހަމައެކަނި މީހުން ދިރިއުޅޭ ރަށްރަށުގައި އެފަދަ ފެކްޓްރީތައް ގާއިމުކުރުމަށެވެ. ނަމަވެސް، މި މާއްދާގެ ދަށުން އިންޑަސްޓްރިއަލް ފެންވަރުގައި ގާއިމުކުރާ މަސް ޕްރޮސެސްކުރާ ތަންތަން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މީހުން ދިރިއުޅޭ ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ގާއިމުކުރުމުގެ ހުއްދަ ދޫކުރަންވާނީ އެފަދަ ފެކްޓްރީތައް އަންނަނިވި ފަދައިން ގިންތިކުރެވިގެންނެވެ.
- ދުވާލަކު 5 (ފަހެއް) ޓަނަށްވުރެ މަދުން މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި؛
- ދުވާލަކު 5 (ފަހެއް) ޓަނާއި 10 (ދިހައެއް) ޓަނާ ދެމެދުގެ މިންވަރަކަށް މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި؛ އަދި
- ދުވާލަކު 10 (ދިހައެއް) ޓަނަށްވުރެ ގިނަ އަދަދަކަށް މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ގޭދޮށު މަސްފެކްޓްރީ ގާއިމުކުރުމުގެ ހުއްދަ ދޫކުރުމުގައި، އެ ފެކްޓްރީއެއް ނިސްބަތްވާ ގިންތިއަށް ބަލައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އެ ފެކްޓްރީއަކަށް ބޭނުންކުރާނެ ހަކަތައިގެ މިންވަރު ؛
- އެ ފެކްޓްރީއަކަށް ބޭނުންކުރާނެ ފެނުގެ މިންވަރު؛
- އެ ތަނެއްގައި މަސައްކަތްކުރާނެ މުވައްޒަފުންގެ އަދަދު؛
- ފެކްޓްރީގެ ކެޕިޓަލް ހަރަދާއި، ރިކަރަންޓް ހަރަދު؛
(ބ) މި މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ގޭދޮށު މަސްފެކްޓްރީތަކުގެ ގިންތިތަކުގެ ތެރެއިން ކޮންމެ ގިންތިއަކަށް ނިސްބަތްވާ ފެކްޓްރީތަކުގައި ރައްކާކުރެވޭނެ މަހުގެ ވަކި މިންވަރެއް މިނިސްޓްރީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އިއުލާނެއްގެ ދަށުން އާންމުންނަށް އަންގަންވާނެއެވެ.
(ޅ) މީހުން ދިރިއުޅޭ ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ގާއިމުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ބިން، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ރަށެއްގެ ރަށު ކައުންސިލުން، ނުވަތަ ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ދޫކުރަންވާނެއެވެ. އެގޮތުން، ގޭދޮށު މަސްފެކްޓްރީ ގާއިމުކުރުމަށް އެކަށީގެންވާ ބިމެއް، މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކުން ދޫކުރަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ގާއިމުކުރެވޭ ގޭދޮށު މަސްފެކްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަދުވެގެން %55 (ފަންސާސް ފަހެއް) އިންސައްތަ މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންކަމުގައި ވާންވާނެއެވެ.
(އ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ބަލާނެ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ވ) މި މާއްދާގައި ބަޔާންކުރާ މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތަކުގައި ބަހައްޓަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، އެފަދަ ތަންތަނުގައި އުފައްދާ މަހުގެ އުފެއްދުންތަކުގައި ހުންނަންޖެހޭ ފެންވަރާއި މިންގަނޑުތައް ކާބޯތަކެތީގެ ރައްކާތެރިކަމާގުޅޭ މިންގަނޑުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅައި، އެ ވުޒާރާއިން އެކުލަވާލާ ގަވާއިދެއްގައި ބަޔާންކުރަންވާނެއެވެ. އަދި އެ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ފެކްޓްރީތަކުގެ ސާފުތާހިރުކަމުގެ މިންގަނޑު ދާއިމީކޮށް އެ ވުޒާރާއިން ބަލަހައްޓަމުން ގެންދަންވާނެއެވެ.
30 ވަނަ މާއްދާ - މަސް ޕްރޮސެސްކުރާ ތަން ތަނާއި ގޭދޮށު މަސްފެކްޓްރީތަކުން އުފައްދާ މަހުގެ އުފެއްދުންތަކުގެ ވިޔަރާފިކުރުން
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ މަސް ޕްރޮސެސްކުރާ ތަންތަނުން އުފައްދާ މަހުގެ އުފެއްދުންތަކުގެ ވިޔަފާރިކުރެވޭނީ، އިގްތިސާދީ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގައި ބަޔާންކުރާ ވިޔަފާރީގެ ހުއްދަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ ފަރާތްތަކަށް ދޫކުރެވިދާނެއެވެ. އޮފްށޯރ ޕްލެޓްފޯމްތައް ގާއި މުކުރުން
(ނ) ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރައްހައްދުގައި މަސްވެރިކަންކުރާ ދިވެހި އުޅަނދުތަކަށް މަސްވެރިކަންކުރުމުގައި ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި މިނިސްޓްރީން ކަނޑައަޅާ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮފްށޯރ ޕްލެޓްފޯމްތައް ގާއިމުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްލެޓްފޯމްތައް ގާއިމުކުރާނެ ފަރާތްތައް ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަމުގެ އުސޫލުންނެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލެޓްފޯމުތައް ގާއިމުކުރާނެ ގޮތާއި، އެފަދަ ޕްލެޓްފޯމްތައް ހިންގުމަށް ލައިސަންސް ދޫކުރާނެގޮތާއި، އެފަދަ ޕްލެޓްފޯމްތަކުގައި ވިއްކޭނެ ތަކެއްޗާއި ކުރެވޭނެ މަސައްކަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
31 ވަނަ މާއްދާ - އޮފްށޯރ ޕްލެޓްފޯމްތައް ގާއި މުކުރުން
(ހ) ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރައްހައްދުގައި މަސްވެރިކަންކުރާ ދިވެހި އުޅަނދުތަކަށް މަސްވެރިކަންކުރުމުގައި ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި މިނިސްޓްރީން ކަނޑައަޅާ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮފްށޯރ ޕްލެޓްފޯމްތައް ގާއިމުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްލެޓްފޯމްތައް ގާއިމުކުރާނެ ފަރާތްތައް ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަމުގެ އުސޫލުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލެޓްފޯމުތައް ގާއިމުކުރާނެ ގޮތާއި، އެފަދަ ޕްލެޓްފޯމްތައް ހިންގުމަށް ލައިސަންސް ދޫކުރާނެގޮތާއި، އެފަދަ ޕްލެޓްފޯމްތަކުގައި ވިއްކޭނެ ތަކެއްޗާއި ކުރެވޭނެ މަސައްކަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
32 ވަނަ މާއްދާ - ބޭޭރު ގައުމުތަކަށް މަސް ވިއްކުން
(ހ) ދިވެހި މަސްވެރި އުޅަނދުތަކުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާނާ މަސް، ބޭރު ގައުމުތަކަށް ގޮސް ވިއްކޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބޭރު ގައުމަކަށް ސީދާ މަސް ވިއްކޭނީ، ދިވެހިރާއްޖެއާއި އެ ގައުމަކާ ދެމެދު ކަމާގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެފަދަ އެއްބަސްވުންތަކުގައި ބައިވެރިވާ ގައުމުތަކަށެވެ.
33 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާ ގުޅޭ ގަވާއިދުތައް
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
(ށ) މި މާއްދާގެ ދަށުން ހަދާ ގަވާއިދުތަކުގައި، އަންނަނިވި ކަންކަން ހިމެނިދާނެއެވެ.
- މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ހުއްދަ ނުވަތަ ލައިސަންސް ދޫކުރުމާއި، ހުއްދަ ނުވަތަ ލައިސަންސްގައި ހިމަނަންޖެހޭ ށަރުތުތަކާއި، ހުއްދަ ނުވަތަ ލައިސަންސް ހިފެހެއްޓުމާއި، ބާތިލުކުރުމާއި، އާކުރުމާގުޅޭ ކަންކަން؛
- ލައިސަންސް ނުވަތަ ހުއްދަ ނުދިނުމަށް، ނުވަތަ ލައިސަންސް އާކޮށް ނުދިނުމަށް، ނުވަތަ ލައިސަންސް ބާތިލުކުރުމަށް ނިންމާ ނިންމުންތައް މުރާޖައާކުރުމާއި އިސްތިއުނާފުކުރުމާ ގުޅޭ އިޖުރާއަތުތައް ؛
- މަސްވެރިކަންކުރާ އުޅަނދުގެ ވެރިފަރާތް ނުވަތަ ކެޔޮޅު ނުވަތަ މާސްޓަރު ނުވަތަ އޮޕަރޭޓަރުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު؛
- ލައިސަންސް ނުވަތަ ހުއްދައަށް ދައްކަންޖެހޭ ފީތައް؛
- އިންޓެގްރޭޓެޑް ފިށަރީޒް ޓޫރިޒަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި، އެ ސިނާއަތް ކުރިއަރުވައި އިށްތިހާރުކުރުމާގުޅޭ އުސޫލުތައް؛
- މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާގުޅޭ ތަހުލީލުތަކާއި ދިރާސާތައް؛
- މަސްވެރިކަންކުރާ ދިވެހި އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅެވޭނެ އަދަދާއި، އެ ބިދޭސީން ލައްވާ ކުރުވޭނެ މަސައްކަތްތައް؛
- މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ވަކި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަ ޅާފައިވާ މަސްވެރިކަމެއްގައި ބާނާ، ނުވަތަ ހިފާ މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައަޅައި ހިންގުމާގުޅޭ އުސޫލުތައް؛ އަދި
- މަސްވެރިކަންކުރާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރާއިރު އެ އުޅަނދުފަހަރުތަކުގައި ފުރިހަމަވެފައި ހުންނަންޖެހޭ އިންތިޒާމްތައް. އެގޮތުން، އެ އުޅަނދުފަހަރުތަކުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ނިދުމާއި، ކެއިން ބުއިމާއި ފާހަނާކުރުންފަދަ އިންތިޒާމްތައް ހުންނަންޖެހޭ މިންގަ ނޑުތަކާއި އުސޫލުތައް.
ފަސްވަނަ ބާބު
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަންކުރުން
34 ވަނަ މާއްދާ - ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ދިވެހި އުޅަނދުފަހަރު ބޭނުންކުރުން
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަންކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް އެއްވެސް ފަރާތަކުން ދިވެހި އުޅަނދެއް ބޭނުންކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ދޫކުރާ ސައްހަ ލައިސަންސް ނުވަތަ ހުއްދައާއެކު؛
(ށ) މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައިގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން؛
(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން؛
(ރ) މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ގަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން
35 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ކުރާ މަސްވެރިކަމާގުޅޭ ގަވާއިދުތައް
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ދިވެހި އުޅަނދުފަހަރުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ މަށްވަރާގެ މަތިން ގަވާއިދުތައް އެކުލަވާލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ދަށުން ހަދާ ގަވާއިދުތަކުގައި ތިރީގައިވާ ކަންކަމާއި، އޭގެ އިތުރުންވެސް ކަންކަން ހިމެނިދާނެއެވެ.
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަންކުރުމަށް ލައިސަންސް ނުވަތަ ހުއްދަދީފައިވާ މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ރެކޯޑެއް ގާއިމުކުރުން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަންކުރުމަށް ލައިސަންސް ނުވަތަ ހުއްދަތައް ދޫކުރުން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަންކުރުމަށް ދެވޭ ލައިސަންސް ނުވަތަ ހުއްދައިގައި ހިމަނަންޖެހޭ ށަރުތުތައް؛
- ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ އާ ކުރުން؛
- ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުން؛
- ލައިސަންސް ނުވަތަ ހުއްދަ ނުދިނުމަށް، ނުވަތަ ލައިސަންސް އާކޮށް ނުދިނުމަށް، ނުވަތަ ލައިސަންސް ބާތިލުކުރުމަށް، ނުވަތަ ދީފައިވާ ހުއްދަ އަނބުރާ އަތުލުމަށް ނިންމާ ނިންމުން އިސްތިއުނާފުކުރުން؛
- ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ރެކޯޑުގައި ހިމެނުމަށްޓަކައި މަސްވެރިކަންކުރާ އުޅަނދުތަކުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު؛
- މަސްވެރިކަންކުރާ އުޅަނދުތަކުގެ ރެކޯޑާއި ކަމާގުޅޭ އެނޫން ކަންކަމާ ގުޅޭގޮތުން، މަސްވެރިކަން ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމްއިއްޔާތައް ހިމެނޭގޮތުން، ބޭރު ގައުމުތަކާއި، މަސްވެރިކަމާގުޅޭ ސަރަހައްދީ އިދާރާތަކަށް އެއްބާރުލުންދިނުމާގުޅޭ ކަންކަން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަންކުރުމުގައި މަނާ ކަންކަން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަންކުރުމުގައި ކަނޑައެޅިގެން ކުރުން މަނާކޮށްފައިވާ ކަންކަމަށް ދެވޭ އަދަބު.
ހަވަނަ ބާބު
ލައިސަންސް ދިނުމާގުޅޭ އުސޫލުތައް
36 ވަނަ މާއްދާ - ލައިސަންސް ދިނުމާގުޅޭ އުސޫލު
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ހޯދުމަށްފަހުގައެވެ.
(ށ) މި ގާނޫނުގެ ދަށުން މަސްވެރިކަމަށް ދޫކުރާ ލައިސަންސްތައް ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ދޫކުރުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަންކުރުމުގެ ލައިސަންސް ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދަކަށް ދޫކޮށްގެން ނުވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވިފައިވާ އެއްވެސް ދިވެހިއުޅަނދެއްގެ ރަޖިސްޓްރޭށަން ކަމާގުޅޭ އިދާރާއަކުން ބާތިލުކޮށްފިނަމަ، ނުވަތަ ވަގުތީގޮތުން ހިފަހައްޓައިފިނަމަ، އެ އުޅަނދަކަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްވެސް އެ އިދާރާގެ ނިންމުމާ އެއްގޮތަށް ބާތިލުކުރަންވާނެއެވެ. ނުވަތަ ވަގުތީގޮތުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ އުޅަނދެއްގެ ރަޖިސްޓްރޭށަން ބާތިލުކުރުމަށް ކަމާގުޅޭ އިދާރާއިން ނިންމި ނިންމުން މުރާޖައާކޮށް، ރަޖިސްޓްރޭށަން ވަގުތީގޮތުން ހިފަހައްޓަން ނުވަތަ ބާތިލުކުރަން ނުފެންނަ ކަމަށް ނިންމައިފިނަމަ، އެ ނިންމުމާ އެއްގޮތަށް މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސާ މެދުވެސް އަމަލުކުރަންވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން ދޫކުރެވޭ އެއްވެސް ލައިސަންސެއް މިނިސްޓްރީގެ ހުއްދަ ނެތި ތިންވަނަ ފަރާތަކަށް ބަދަލުކޮށްގެން ނުވާނެއެވެ.
37 ވަނަ މާއްދާ - ލައިސަންސް އޮންނަންވީ ގޮތް
މަސްވެރިކަންކުރުމަށް ދޫކުރެވޭ ކޮންމެ ލައިސަންސަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތަކުގެ މަތިން މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސަކަށް ވާންވާނެއެވެ.
38 ވަނަ މާއްދާ - ފީ ނެގުން
މަސްވެރިކަމަށް ދޫކުރެވޭ ކޮންމެ ލައިސަންސެއް ދޫކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ލައިސަންސް ދޫކުރުމަށް މިނިސްޓްރީން ކަނޑައަޅާ ފީ ދެއްކުމުންނެވެ.
39 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުމާ އި ވަގުތީގޮތުން ހިފެހެއްޓުން
(ހ) މި ގާނޫނުގެ ދަށުން މަސްވެރިކަންކުރުމަށް ދޫކުރެވޭ ލައިސަންސެއް ބާތިލުކޮށް، ނުވަތަ ވަގުތީގޮތުން ހިފަހައްޓަންވާނީ އަންނަނިވި ހާލަތްތަކުގައެވެ.
- ވަކި ބާވަތެއްގެ މަސްވެރިކަމެއް ހިންގައި ބެލެހެއްޓުމަށްޓަކައި ލައިސަންސް ބާތިލުކުރުން ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމަކީ މުހިންމު ކަމެއްކަމުގައިވުން؛
- ލައިސަންސް ދޫކޮށްފައިވާ އުޅަނދަކީ މި ގާނޫނާ ހިލާފަށް ބޭނުންކޮށްފައިވާ އުޅަނދަކަށްވުން ނުވަތަ އެ އުޅަނދަކީ ލައިސަންސް ދޫކޮށްފައިވާ ށަރުތަކާ ހިލާފުވެފައިވާ އުޅަނދަކަށްވުން؛
- އެ އުޅަނދަށް ކަމާގުޅޭ އިދާރާއިން ދޫކޮށްފައިވާ ރަޖިސްޓްރޭށަން ބާތިލުކުރުން ނުވަތަ ވަގުތީގޮތުން ހިފެހެއްޓުން؛
- ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން ލައިސަންސް ބާތިލުކުރުމަށް ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމަށް ލާޒިމްކުރާ ހާލަތަކަށްވުން.
(ށ) މި ގާނޫނުގެ ދަށުން މަސްވެރިކަންކުރުމަށް ދޫކުރެވޭ ލައިސަންސެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަގުތީގޮތުން ހިފަހައްޓާނަމަ ނުވަތަ ބާތިލުކުރާނަމަ ލައިސަންސް ދޫކޮށްފައިވާ ފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ލައިސަންސެއް ވަގުތީގޮތުން ހިފަހައްޓައިފިނަމަ ނުވަތަ ބާތިލުކޮށްފިނަމަ އެ ލައިސަންސާ ގުޅިގެން މިނިސްޓްރީއަށް ދައްކާފައިވާ އެއްވެސް ފީއެއް މިނިސްޓްރީން އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ.
40 ވަނަ މާއްދާ - ނޯޓިސް
(ހ) މި ގާނޫނުގެ ދަށުން ބޭރުގެ މަސްވެރި އުޅަނދުތަކަށް އަންގާ އެންގުންތައް ވާންވާނީ ލިޔުމުން ނުވަތަ ޓެލެކްސްއިން ނުވަތަ ރޭޑިއޯ ނުވަތަ އީ -މެއިލް ނުވަތަ މިނިސްޓަރަށް އެކަށީގެންވާކަމަށް ގަބޫލުކުރެވޭ އެނޫންވެސް އެހެން ގޮތަކަށް އަންގާފައިވާ އެންގުމަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމުން އެންގެން ނެތް ހާލަތުގައި، އެފަދަ އެންގުންތައް ޓެލެކްސްއިން ނުވަތަ ރޭޑިއޯ ނުވަތަ އީ -މެއިލް ނުވަތަ މިނިސްޓަރަށް އެކަށީގެންވާކަމަށް ގަބޫލުކުރެވޭ އެނޫންވެސް އެފަދަ އެހެން ގޮތަކަށް އަންގައި އެކަން ރެކޯޑުކުރަން ވާނެއެވެ.
41 ވަނަ މާއްދާ - މިނިސްޓަރަށް އިލްތިމާސްކުރުން
މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އަންގާ އެންގުމަކާ ހިތްހަމަ ނުޖެހޭ ފަރާތްތަކުން އެފަދަ އެންގުމެއް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އެންގުން މުރާޖައާކުރުމަށް އެދި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އެގޮތުން، މުރާޖައާކުރުމަށް އެދި މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުމާމެދު 21 (އެކާވީސް) ދުވަހުގެ ތެރޭގައި މިނިސްޓަރު ގޮތެއް ނިންމައި، އެކަން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެ ހުށަހެޅުމާ ގުޅިގެން މިނިސްޓަރު ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، ކަމާބެހޭ ކޯޓަށް އެ މައްސަލައެއް ހުށަހެޅިދާނެއެވެ.
42 ވަނަ މާއްދާ - ލައިސަންސް އާކުރުން
(ހ) މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން ކަނޑައެޅިފައިވާ ފޯމެއް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ފީއެއް ނެގުމަށްފަހު، އެ ލައިސަންސެއްގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސްގެ މުއްދަތު އިތުރުކޮށްދެވޭނީ ލައިސަންސް ދޫކޮށްފައިވާ ށަރުތުތަކާ ހިލާފުވެފައިނުވާނަމައެވެ.
ހަތްވަނަ ބާބު
ގާނޫނާ ހިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުން
43 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ރިޕޯޓުކުރުމެއް އަދި ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން (އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައި.ޔޫ.ޔޫ) ފިށިންގ) ހުއްޓުވުން
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު، ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓުކުރުމެއްނެތި އަދި ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ދިވެހިރައްޔިތުން ކުރާ އެފަދަ މަސްވެރިކަން ހުއްޓުވައި، މަދުކޮށް އަދި ހުއްޓުވުމަށް ބޭނުންވާ ފިޔަވަޅުތައް މިނިސްޓްރީން އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި، ބޭރު ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި، އަމިއްލަ ޖަމްއިއްޔާތަކަށް މިނިސްޓްރީން އެއްބާރުލުން ދީ، ގާނޫނާ ހިލާފަށް ރިޕޯޓު ކުރުމެއް އަދި ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވައި، މަދުކޮށް އަދި އެކަން ހުއްޓުވުމަށް މަގުފަހިވާނެ އެންމެހައި މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
(ނ) ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަންކުރުމުގައި ހަރަކާތްތެރިވުމުގެ ސަބަބުން އެއްވެސް އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައި.ޔޫ.ޔޫ) ލިސްޓެއްގައި ހިމަނާފައިވާ އުޅަނދަކަށް މިނިސްޓްރީން ދޭ އެއްވެސް ބާވަތެއްގެ ސަބްސިޑީއެއް ނުވަތަ އެހެންވެސް މާލީ އެހީއެއް ނުވަތަ ތަކެތީގެ އެހީއެއް ފޯރުކޮށްދީގެން ނުވާނެއެވެ.
44 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމާގުޅޭ ގަވާއިދުތައް
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ގާނޫނާ ހިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ދިވެހިރައްޔިތުން ކުރާ އެފަދަ މަސްވެރިކަން ހުއްޓުވުމަށް ބޭނުންވާ ގަވާއިދުތައް ހެދުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ދަށުން ހަދާ ގަވާއިދުތަކުގައި ތިރީގައިވާ ކަންކަމާއި، ކަމާގުޅޭ އެނޫންވެސް ކަންކަން ހިމެނިދާނެއެވެ.
- ގާނޫނާ ހިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމުގެ ގޮތުގައި ހިމެނޭ ހަރަކާތްތައް؛
- މަސްވެރިކަންކުރާ އުޅަނދެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމުގެ ކުރިން މަސްވެރިކަންކުރާ އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ ށަރުތުތައް؛
- ރަޖިސްޓަރީ ބާތިލުކުރުން ހިމެނޭގޮތުން، ގާނޫނާ ހިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދިވެހިރާއްޖޭގެ މަސްވެރިކަންކުރާ އުޅަނދުތަކާ ގުޅޭގޮތުން އަޅާނެ ފިޔަވަޅުތައް ؛ އަދި
- ބޭރު ގައުމުތަކާއި، ގައުމުތަކުގެ މެދުގައި އުފެދިފައިވާ ޖަމްއިއްޔާތަކާއި އަމިއްލަ ޖަމްއިއްޔާތަކާއެކު އެއްބާރުލުން ދިނުމާގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް.
އަށްވަނަ ބާބު
އެކުއަކަލްޗަރކުރުން
45 ވަނަ މާއްދާ - އެކުއަކަލްޗަރ ތަރައްގީކުރުމުގެ އުސޫލުތައް
ދިވެހިރާއްޖޭގައި އެކުއަކަލްޗަރ ތަރައްގީކުރުމާގުޅޭ އެންމެހައި ހަރަކާތްތައް ކުރިއެރުވުމާއި، ވިލަރެސްކުރުމާއި ބެލެހެއްޓުމާގުޅޭ ކަންކަން ކުރުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.
46 ވަނަ މާއްދާ - އެކުއަކަލްޗަރކުރެވޭ ސަރަހައްދުތައް ކަނޑައެޅުން
(ހ) ސައިންޓިފިކް، އިޖްތިމާއީ، އިގްތިސާދީ، މާހައުލީ، އަދި އެނޫންވެސް ކަންކަމަށް ރިއާޔަތްކޮށް، ވަކި ސަރަހައްދަކީ އެކުއަކަލްޗަރކުރުމަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރާ އިއުލާނަކުން މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަކި ސަރަހައްދަކީ އެކުއަކަލްޗަރކުރެވޭ ސަރަހައްދެއްކަމަށް މިނިސްޓްރީން ކަނޑައަޅައިފިނަމަ، އެ ސަރަހައްދަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތައް ހިނގާނެ ސަރަހައްދެއްކަމަށް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
(ނ) އެކުއަކަލްޗަރކުރުން މަނާ ސަރަހައްދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރާ އިއުލާނަކުން މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
(ރ) އެކުއަކަލްޗަރކުރުމާއި، އެކުއަކަލްޗަރކުރުމާ ގުޅުންހުރި ހަރަކާތްތައް ހިންގުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި އެއްވެސް ފަރާތަކުން އެކުއަކަލްޗަރކުރުމުގެ މަސައްކަތެއް ކޮށްގެންނު ވާނެއެވެ.
47 ވަނަ މާއްދާ - އެކުއަކަލްޗަރ މެނޭޖްމަންޓް ޕްލޭން
(ހ) މި ގާނޫނުގެ މަގްސަދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެކުއަކަލްޗަރކުރުން ތަރައްގީކުރުމާއި ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ މެނޭޖްމަންޓް ޕްލޭންތައް ތައްޔާރުކޮށް، އެކަށީގެންވާ ގޮތެއްގެމަތިން މުރާޖައާކޮށް ތަންފީޒުކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.
(ށ) ކޮންމެ އެކުއަކަލްޗަރ މެނޭޖްމަންޓް ޕްލޭނަކީ އަންނަނިވި ކަންތައްތައް ހިމެނޭ މެނޭޖްމަންޓް ޕްލޭނަކަށް ވާންވާނެއެވެ.
- އެކުއަކަލްޗަރގެ ހަރަކާތްތަކާ ގުޅިގެން ތަރައްގީކުރަންޖެހޭ ދާއިރާތަކަކީ ކޮބައިކަމާއި އެކުއަކަލްޗަރކުރުން މަނާ ސަރަހައްދުތަކަކީ ކޮބައިކަން؛
- ދިރާސާކުރުން މުހިންމު ދާއިރާތަކާއި އެކުއަކަލްޗަރކުރާނެ ބާވަތްތަކަކީ ކޮބައިކަން؛
- އެކުއަކަލްޗަރގެ ހަރަކާތްތައް ތަރައްގީކޮށްގެން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ކޮބައިކަން؛
- އެކުއަކަލްޗަރ ބަލަހައްޓައި ތަރައްގީކުރުމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން؛ އެގޮތުން، އެކުއަކަލްޗަރ ސައިޓްތަކުގެ ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގެ ކައިރީގައި ކުރުން މަނާ ކަންތައްތަކަކީ ކޮބައިކަން؛ އަދި
- އެ މެނޭޖްމަންޓް ޕްލޭން ދެމިގެންދާނެ މުއްދަތަކީ ކޮބައިކަމާއި އެ ޕްލޭން މުރާޖައާކުރުމާއި އިސްލާހުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް.
(ނ) ކޮންމެ އެކުއަކަލްޗަރ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމުގައާއި މުރާޖައާކުރުމުގައި، އެ ޕްލޭނަކުން އަސަރުކުރާނެ މިނިސްޓްރީތަކާއި، އެކުއަކަލްޗަރކުރުމަށް ރާވާފައިވާ ރަށްރަށުގެ ކައުންސިލްތަކާއި ކަމާގުޅޭ އިދާރާތަކާއި، އެ ޕްލޭނަކުން އަސަރުކުރާނެ އެނޫންވެސް ފަރާތްތަކާއެކު މިނިސްޓްރީން މަށްވަރާކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮންމެ އެކުއަކަލްޗަރ މެނޭޖްމަންޓް ޕްލޭނަކަށް އެ ޕްލޭނެއް ހިންގުމުގައި ޒިންމާވާންޖެހޭ ފަރާތްތަކުންނާއި، އެ ޕްލޭންގައި ހިމެނޭ ކަންކަންކުރާ އެންމެހައި ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން އެކުލަވާލާ އެކުއަކަލްޗަރ މެނޭޖްމަންޓް ޕްލޭނަށް އަމަލުކުރަން ފަށާނީ އެ ޕްލޭން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.
48 ވަނަ މާއްދާ - އެކުއަކަލްޗަރކުރުމުގެ ލައިސަންސް
(ހ) މިނިސްޓްރީން ދޭ ލައިސަންސެއްގެ ދަށުން ހުއްދަ ލިބިގެން މެނުވީ، އެއްވެސް ފަރާތަކުން އެކުއަކަލްޗަރކޮށްގެން ނުވާނެއެވެ.
(ށ) އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވާކަން ޔަގީންވުމުން މެނުވީ، އެކުއަކަލްޗަރކުރުމުގެ ލައިސަންސް ދޫކޮށްގެން ނުވާނެއެވެ.
- ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކާ އެއްގޮތަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓެއް ހަދާފައިވުން؛
- އެކުއަކަލްޗަރކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުން އެ ސަރަހައްދުގައި ކުރިއަށް ގެންދާ އެހެނިހެން އިގްތިސާދީ މަސައްކަތްތަކަށް ބުރޫ ނޭރުން؛
- އެކުއަކަލްޗަރކުރުމަށް ހުއްދަ ދިނުމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމެއް މެދުވެރިނުވުން؛
- އެކުއަކަލްޗަރކުރުމަށް ދޫކުރެވިފައިވާ ސަރަހައްދަކީ އެކުއަކަލްޗަރކުރުމަށް ނުވަތަ ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ މަސް އެކުއަކަލްޗަރކުރުމަށް އެކަށޭނަ ތަނެއް ކަމުގައިވުން.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެކުއަރކަލްޗަރކުރުމަށް ހާއްސަ ބާވަތެއް ނުވަތަ ވަކި ހާއްސަ ބާވަތްތަކެއް މިނިސްޓްރީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، މިނިސްޓްރީން ކަނޑައަޅާފައިނުވާ ބާވަތެއް އެއްވެސް ފަރާތަކުން އެކުއަކަލްޗަރކުރުމަށް ބޭނުންވެއްޖެނަމަ އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން އެކަމަށް ހުއްދަ ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އެގޮތުން އެކުއަކަލްޗަރކުރުމަށް އަލަށް ހުއްދަ ދޫކުރެވޭ ބާވަތްތައް މި މާއްދާގެ (ނ) ގައިވާ ފަދައިން ދިވެހިސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރަންވާނެއެވެ.
49 ވަނަ މާއްދާ - އެކުއަކަލްޗަރކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަދީގެން ކުރެވޭ އެކުއަކަލްޗަރކުރުމުގެ މަސައްކަތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ ނިޒާމެއް މިނިސްޓްރީން ހަދައި ތަންފީޒުކުރަންވާނެއެވެ.
50 ވަނަ މާއްދާ - އެކުއަކަލްޗަރކުރާނެ ސަރަހައްދު ކުއްޔަށް ދޫކުރުން
(ހ) ކަނޑު ނުވަތަ އެއްގަމުގެ ސަރަހައްދުން ބައެއް މި ގާނޫނުގެ ދަށުން އެކުއަކަލްޗަރކުރުމަށްޓަކައި މިނިސްޓްރީއަށް ކުއްޔަށްދޫކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޔަށް ދޫކުރާނެ ސަރަހައްދު ކަނޑައެޅުމުގައި ބިމާބެހޭ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި ލޯކަލް ކައުންސިލްތަކާއި، ކަމާގުޅޭ ސަރުކާރުގެ އެހެން އިދާރާތަކާއެކު މިނިސްޓްރީން މަށްވަރާކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ސަރަހައްދެއް ކުއްޔަށް ދޫކުރަންވާނީ ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޔަށް ދޫކުރެވޭ ސަރަހައްދުތަކަކީ ކޮބައިކަމާއި އެ ސަރަހައްދުތައް އާންމުންގެ ބޭނުމަށް ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އިއުލާނެއްގެ ދަށުން އާންމުންނަށް އަންގަންވާނެއެވެ.
51 ވަނަ މާއްދާ - ފީ ނެގުން
އެކުއަކަލްޗަރކުރުމަށް ދޫކުރެވޭ ކޮންމެ ލައިސަންސެއް ދޫކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ލައިސަންސް ދޫކުރުމަށް މިނިސްޓްރީން ކަނޑައަޅާ ފީ ދެއްކުމުންނެވެ.
52 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުމާއި ވަގުތީގޮތުން ހިފެހެއްޓުން
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ އެކުއަކަލްޗަރކުރުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވިދާނެއެވެ. ނުވަތަ ވަގުތީގޮތުން ހިފެހެއްޓިދާނެއެވެ.
(ހ) އެކުއަކަލްޗަރކުރުމަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް، ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ސަރަހައްދެއް ކުއްޔަށް ހިފާފައިވާ ފަރާތަށް، ދޫކޮށްފައިވާ ލައިސަންސްގައި ހިމެނޭ އެއްވެސް ށަރުތަކާ ހިލާފުވުން، ނުވަތަ އެފަދަ ހިލާފުވުމެއް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަނގަޅުކޮށްފައި ނުވުން؛
(ށ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ލައިސަންސްގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެކުއަކަލްޗަރކުރުމުގެ މަސައްކަތް ނުފެށުން؛
(ނ) ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށާއި އިކޯސިސްޓަމްގެ ޖެނެޓިކް ޑައިވާސިޓީ ދެމެހެއްޓުމަށްޓަކައި ލައިސަންސް ބާތިލުކުރުން، ނުވަތަ ބާތިލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިވުން؛
(ރ) އެއްވެސް ބައްޔެއް ނުވަތަ އިންފެކްޓެޑް އޯގަނިޒަމެއް ހުރިނަމަ، އެކަމާގުޅޭ މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓުކުރުމަށް ލައިސަންސް ދޫކޮށްފައި ނުވުން، ނުވަތަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ބައްޔެއް ނުވަތަ އިންފެކްޓެޑް އޯގަނިޒަމެއް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމަށް ނުކުޅެދުން؛
(ބ) ބަލިޖެހިފައިވާ ނުވަތަ ޖަރާސީމެއް އެކުލެވޭ އެއްވެސް އެކުއަޓިކް އޯގަނިޒަމެއް ވާނަމަ، އެފަދަ އޯގަނިޒަމް ނައްތާލުމަށް ނުވަތަ ފަރުވާކުރުމަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ނުކުޅެދުން. ކާނާ.
53 ވަނަ މާއްދާ - ޑްރަގް އަދި ޑިސްއިންފެކްޓަންޓް ބޭނުންކުރުން
(ހ) އެކުއަކަލްޗަރކުރުމުގައި ކާނާގެ ބާވަތްތަކާއި، ޑްރަގް އަދި ޑިސްއިންފެކްޓަންޓް ބޭނުންކުރެވޭނެ އާންމު މިންގަ ނޑުތަކަކީ ކޮބައިކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އާންމު މިންގަ ނޑުގެ އިތުރުން، އެކުއަކަލްޗަރކުރުމުގައި ދޫކުރެވޭ ލައިސަންސްގައި ހާއްސަ މިންގަނޑުތަކެއް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
54 ވަނަ މާއްދާ - ބަލިޖެހުމާއި އިންފެކްޓުވުން
(ހ) އެކުއަކަލްޗަރ ފެސިލިޓީއެއްގައި އެއްވެސް ބައްޔެއް ނުވަތަ އިންފެކްޓެޑް އެކުއަޓިކް އޯގަނިޒަމެއްވާނަމަ، ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ލަސްނުކޮށް މިނިސްޓްރީއަށް ރިޕޯޓުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ ރިޕޯޓަކާ ގުޅިގެން މިނިސްޓްރީން އަންގާ އެންގުންތަކަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކުން ތަބާވާންވާނެއެވެ.
(ނ) ބަލި ފެތުރުމާއި އިންފެކްޓެޑް އޯގަނިޒަމް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް ލައިސަންސް ދޫކުރެވިފައިވާ ފަރާތުން އަޅަންވާނެއެވެ. އެގޮތުން، އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެކުއަޓިކް އޯގަނިޒަމްތައް ނައްތާލުމާއި އެކުއަކަލްޗަރގެ އުފެއްދުންތައް ނައްތާލުމާއި އެކުއަކަލްޗަރ ފެސިލިޓީ ޑިސްއިންފެކްޓްކުރުން ހިމެނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް "އިންފެކްޓުވުން" ކަމަށް ބުނެފައި އެވަނީ، ޖަރާސީމު ނުވަތަ އެނޫންވެސް އެފަދަ އެހެން ދިރޭ އެއްޗެއްގެ ސަބަބުން މަސްވެރިކަމުގެ ދިރުންތަކުގެ ގުދުރަތީ އެނަޓޮމީ ނުވަތަ ފިޒިއޮލޮޖީއަށް ޓްރާންސްމިއުޓޭށަންއެއް ކުރިމަތިވުމަށެވެ.
55 ވަނަ މާއްދާ - އެކުއަކަލްޗަރކުރުމާގުޅޭ ގަވާއިދުތައް
(ހ) ދިވެހިރާއްޖޭގައި ހިންގޭ އެކުއަކަލްޗަރކުރުމާގުޅޭ އެންމެހައި ހަރާކާތްތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް، ކަމާގު ޅޭ ވުޒާރާތަކާއި ސަރުކާރުގެ އިދާރާތަކުގެ މަށްވަރާއާއެކު މިނިސްޓްރީއަށް ހަދައި ހިންގިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ހަދާ ގަވާއިދުތަކުގައި އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.
- އެކުއަކަލްޗަރކުރެވޭ ސަރަހައްދުތަކުގެ ށަރުތުތައް؛
- އެކުއަކަލްޗަރ އެސްޓަބްލިށްމަންޓްތައް ބިނާކުރުމުގައި ގެންގުޅެންޖެހޭ ޑިޒައިނާއި މެޓީރިއަލް އަދި އެ ތަންތަން ބިނާކުރަންޖެހޭ ގޮތް؛
- އެކުއަކަލްޗަރކުރެވޭ މަހުގައި ބަހައްޓަންޖެހޭ ސިއްހީ މިންގަ ނޑުތައް؛
- އެކުއަކަލްޗަރކުރުމަށް ދިވެހިރާއްޖެ ގެނެވޭ މަހުގެ ބާވަތްތައް ދޫވެގެން ދިޔުން ހުއްޓުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް؛
- ސްޓޮކްތަކަށްޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، އެފަދަ ބަލިތައް މިނިސްޓްރީއަށް ރިޕޯޓުކުރުމުގެ މިންގަ ނޑުތައް؛
- އެކުއަކަލްޗަރކުރެވޭ މަހާއި މަހުގެ ބާވަތްތައް ބާޒާރަށް ނެރޭނެ ގޮތްތައް؛
- އެކުއަކަލްޗަރކުރުމުގެ ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން؛
- އެކުއަކަލްޗަރކުރާ ތަންތަނަށް ލައިސަންސްދިނުމާއި، އެކުއަކަލްޗަރކުރުމުގެ ލައިސަންސްގައި ހިމެނޭނެ މައުލޫމާތު؛
- އެކުއަކަލްޗަރކުރާ ތަންތަނާ ގުޅިގެން މަސްވެރިކަންކުރުން؛
- ދިވެހިރާއްޖޭގައި އަމަލުކުރެވޭ އެހެން ގާނޫނުތަކާ ތައާރުޒުނުވާ ގޮތުގެމަތިން އާ ދިރޭ ބާވަތްތައް ތައާރުފުކުރުން؛
- އެކުއަކަލްޗަރކުރާ މާހައުލީ ނިޒާމު ރައްކާތެރިކުރުން؛
- އެކުއަކަލްޗަރގެ އުފެއްދުންތައް އެއްތަނުން އަނެއް ތަނަށް ބަދަލުކުރުން؛
- މަރުވާ މަހާގުޅޭ މައުލޫމާތު ރިޕޯޓުކުރުމާއި އެކަމާގުޅޭ ފިޔަވަޅުތައް؛
- އެކުއަކަލްޗަރކުރުމުގެ ބޭނުންތަކަށް ދިރޭ މަސް އެތެރެކުރުން؛
- އެކުއަކަލްޗަރގެ އުފެއްދުންތައް ވިއްކުން؛
- އެކުއަކަލްޗަރކުރުމުގެ ހަރަކާތްތަކުން ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ހަދަންޖެހޭ އެސެސްމަންޓް ހެދުން؛
- އެކުއަކަލްޗަރކުރުމަށް ދޫކުރެވޭ ލައިސަންސްތަކާއި ހުއްދަތަކުގެ ރެކޯޑުތައް ގާއިމުކުރުން؛
- އެކުއަކަލްޗަރކުރުމާގުޅޭ މަށްވަރާގެ މައްޗަށް ބިނާވާ ލަފާދޭ އޮނިގަ ނޑެއް ގާއިމުކުރުން؛ އަދި
- ތަންފީޒީ އިދާރާތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ގޮތްތައް.
ނުވަވަނަ ބާބު
މޮނިޓަރކުރުމާއި ކޮންޓްރޯލްކުރުމާއި ސަރވޭލަންސްއާބެހޭ ނިޒާމު
56 ވަނަ މާއްދާ - މޮނިޓަރކުރުމާއި ކޮންޓްރޯލްކުރުމާއި ސަރވޭލަންސްއާބެހޭ ނިޒާމު
މި ގާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި،މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސް އާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޒުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
57 ވަނަ މާއްދާ - ތަންފީޒު ކުރުން
(ހ) ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ހަވާލުކޮށްފައިވާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ އިދާރާތަކަށް މި ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި ތަންފީޒުކުރުމަށް ހަވާލުކުރެވޭ އެންމެހައި ގަވާއިދުތައް ތަންފީޒުކުރުމަކީ އެ ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ.
(ށ) ސިފައިންގެ ކޯސްޓްގާޑްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަމާގުޅޭ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ކޮންމެ އޮފިސަރެއް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އައްޔަންކުރެވިފައިވާ ތަންފީޒީ އޮފިސަރެއްގެ ގޮތުގައެވެ.
58 ވަނަ މާއްދާ - ރޭންޖަރުން
(ހ) މި ގާނޫނާއި މި ގާނޫނާ ގުޅިގެން ހަދާ ބައެއް ގަވާއިދުތައް ތަންފީޒުކުރުން ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް މަތިކުރެވިފައިވީ ނަމަވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކޮށް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީގެ މުވައްޒަފަކު، ނުވަތަ އެހެން ވުޒާރާއެއްގެ، ނުވަތަ ސަރުކާރުގެ އިދާރާއެއްގެ، ނުވަތަ ލޯކަލް ކައުންސިލެއްގެ މުވައްޒަފަކު ރޭންޖަރެއްގެ ގޮތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އައްޔަންކުރެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން މިނިސްޓްރީން އައްޔަންކުރާ ރޭންޖަރުންގެ މަސްއޫލިއްޔަތުތަކާއި ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން އައްޔަންކުރެވޭ ރޭންޖަރުން މަސައްކަތްކުރަންވާނީ ލޯކަލް ކައުންސިލްތަކާއި، މި ގާނޫނުގައި ބަޔާންކުރާ ތަންފީޒީ އޮފިސަރުންނާ ގުޅިގެންނެވެ.
59 ވަނަ މާއްދާ - މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަންފީޒީ އޮފިސަރުންގެ ބާރުތައް
މި ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަންފީޒީ އޮފިސަރުންނަށް ކޯޓު އަމުރަކާ ނުލައި އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އެންމެހައި އުޅަނދުފަހަރުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ބެލުމަށްޓަކައި އެ އުޅަނދުތައް ހުއްޓުވުމާއި، މަސްވެރިކަމާގުޅޭ ލައިސަންސް ނުވަތަ ހުއްދަ ނުވަތަ އެނޫންވެސް އެފަދަ ލިޔެކިޔުމެއް ދެއްކުމަށް އެންގުމާއި، އެފަދަ ލިޔެކިޔުންތައް ބަލައި ފާސްކުރުމާއި، ނުވަތަ ކޮޕީ ހެއްދުމާއި، ނަކަލުކުރުން؛
(ށ) އެފަދަ އުޅަނދެއްގައި ހުރިކަމަށް ބެލެވޭ، އެއްވެސް ބާވަތެއްގެ މަސްހިފަން ބޭނުންކުރާ ދާ ނުވަތަ އެނޫންވެސް އާލާތެއް ދެއްކުމަށް އެންގުމާއި އެ ތަކެތި ބަލައި ފާސްކުރުމާއި، ގާނޫނާ ހިލާފް އަމަލުކުރުމަށް ބޭނުންކޮށްފައިވާ ނުވަތަ ބޭނުންކޮށްފާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ތަންފީޒީ އޮފިސަރަށް ގަބޫލުކުރެވޭ، ނުވަތަ ބެލެވޭ ތަކެތި ތަހްގީގުގެ ބޭނުމަށް ހިފެހެއްޓުން؛
(ނ) މި ގާނޫނާ ހިލާފަށް ކުށެއް ކުރިކަން އަންގައިދޭ ހެއްކެއްކަމަށް ތަންފީޒީ އޮފިސަރަށް އެކަށީގެންވާ ސަބަބުތަކަށް ބިނާކޮށް ގަބޫލުކުރެވޭ ކޮންމެ ރެކޯޑެއް، ލިޔެކިޔުމެއް ނުވަތަ އެއްޗެއް ހިފެހެއްޓުން.
60 ވަނަ މާއްދާ - ސިފައިންގެ ކޯސްޓްގާޑްގެ ތަންފީޒީ އޮފިސަރުންގެ ބާރުތައް
މި ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ސިފައިންގެ ކޯސްޓްގާޑްގެ ތަންފީޒީ އޮފިސަރުންނަށް ކޯޓު އަމުރަކާ ނުލައި އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
(ހ) މި ގާނޫނުގެ ދަށުން، ބޭރުގެ މަސްވެރި އުޅަނދެއްނަމަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހުއްޓުވައި، އެ އުޅަނދަށް އަރައި، ބަލައި ފާސްކުރުން އަދި މަސްވެރިކަންކުރާ ދިވެހި އުޅަނދެއްނަމަ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްޓުވައި، އެ އުޅަނދަށް އަރައި، ބަލައި ފާސްކުރުން؛
(ށ) މަސްވެރިކަންކުރާ ދިވެހި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި އަންނަނިވި ހާލަތްތަކުގައި ހުއްޓުވައި، އެ އުޅަނދުތަކަށް އެރުން؛
- އުޅަނދުގެ ސީވަރދިނަސް ފުރިހަމަވާކަން ކަށަވަރުކުރުމަށްޓަކައި ސީވަރދިނަސް ސެޓްފިކެޓް ނުވަތަ ސަރވޭ ރިޕޯޓު އޮތްތޯ ބެލުމަށް؛
- އުޅަނދާއި އުޅަނދުގައި ބޭނުންކުރާ އެންމެހައި އާލާތްތަކަކީ ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހުރި އާލާތްތަކެއްކަން ކަށަވަރުކުރުމަށް؛ އަދި
- އެ އުޅަނދަކީ މަސްވެރިކަންކުރުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމަށް.
(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައިވާ އެކުއަކަލްޗަރ ފެސިލިޓީތަކަށް ވަދެ، އެ ތަންތަން ބަލައި ފާސްކުރުން؛
(ރ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ދިވެހިމަސްވެރި އުޅަނދުތަކަށް އެއްވެސް ބާވަތެއްގެ މަސްބާނަން ބޭނުންކުރާ ދާ، ނުވަތަ އެފަދަ އެނޫންވެސް އާލާތެއް ދެއްކުމަށް އަންގައި، ބަލައި ފާސްކުރުން؛
(ބ) އިމްޕޯޓްކޮށްފައިވާ ނުވަތަ އިމްޕޯޓްކުރުމަށްޓަކައި ބަހައްޓާފައިވާ ދިރޭ އެކުއާޓިކް އޯގަނިޒަމްތައް، މިނިސްޓްރީގެ ލަފާގެމަތިން ހިފެހެއްޓުން، ނުވަތަ ކަރަންޓީނުކުރުން ނުވަތަ ޑިސްއިންފެކްޓަންޓްކުރުން ނުވަތަ ނައްތާލުން؛
(ޅ) މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ނުވަތަ އެކުއަކަލްޗަރ ފެސިލީޓީއެއް ބޭނުންކުރަމުންދާކަން ނުވަތަ ބޭނުންކޮށްފައިވާ ކަމަށް ގަބޫލުކުރެވޭނަމަ އެފަދަ އުޅަނދެއް އާލާތާއި މުދަލާއެކު، އަދި އެކުއަކަލްޗަރ ފެސިލިޓީއެއްގައިނަމަ އެފަދަ ފެސިލިޓީއެއް މުދަލާއެކު ހިފެހެއްޓުން؛
(ކ) ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، "ހޮޓް ޕަރސޫޓް" ގެ އުސޫލުން ބޭރުގެ އުޅަނދުތަކާއި އެ އުޅަނދުތަކާ ގުޅިފައިވާ އެހެނިހެން އުޅަނދުތަކާމެދު އަމަލުކުރުން؛ އެގޮތުން، އެ "ހޮޓް ޕަރސޫޓް" އަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގެ ތެރެއިން ފެށިފައިވާ، އަދި އެއްވެސް މެދުކެނޑުމެއްނެތި ދެމިގެންދާ "ހޮޓް ޕަރސޫޓް" އަކަށް ވާންވާނެއެވެ. އަދި އެހެން އެއްވެސް ގައުމެއްގެ ސަރަހައްދީ ކަނޑުގެ ތެރެއަށް އެ އުޅަނދެއް ވަންނަ ހިސާބުން އެ "ހޮޓް ޕަރސޫޓް" ނިމުމަކަށް އަންނާނެއެވެ. އަދި "ހޮޓް ޕަރސޫޓް" ހިންގަން ބޭނުންކުރާ ތަންފީޒީ އިދާރާގެ އުޅަނދަކީ ސިފައިންގެ ކޯސްޓްގާޑް އުޅަނދަކަށް ވާންވާނެއެވެ.
(އ) ދިވެހިރާއްޖޭގެ ކަނޑު ގެ ސަރަހައްދުތަކުގައިވާ މަސް ޕްރޮސެސްކުރާ ތަންތަނާއި އޮފްށޯރ ޕްލެޓްފޯމުތަކާއި އައިސްޕްލާންޓްތަކަށް ވަދެ، އެ ތަންތަން ބަލައި ފާސްކުރުން.
(ވ) ކަނޑުގައި ދުއްވާ އުޅަނދެއް، ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރާ އެނޫން އެއްޗެއް، މަސްވެރިކަމުގައި ބޭނުންކުރާ އާލާތެއް، މުދަލެއް، ސާމާނެއް ނުވަތަ މި ގާނޫނާ ހިލާފަށް ކުށެއް ކުރުމަށް ނުވަތަ ކުށެއް ކުރަން އުޅުމަށް އެ އެއްޗެއް ބޭނުންކޮށްފައިވާކަމަށް އެކަށީގެންވާ ސަބަބުތަކަށް ބިނާކޮށް ތަންފީޒީ އޮފިސަރަށް ގަބޫލުކުރެވޭ އެނޫންވެސް އެއްޗެއް ނެގުން؛
(މ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފަހައްޓާ ނުވަތަ ބަލައި ފާސްކުރާ އުޅަނދެއްގައި ބާނާފައިވަނީ، ނުވަތަ ނަގާފައިވަނީ، ނުވަތަ ހިފާފައިވަނީ، ނުވަތަ މަރާފައިވަނީ، ނުވަތަ ގެނެސްފައިވަނީ، ނުވަތަ ގަނެފައިވަނީ، ނުވަތަ ވިއްކާފައިވަނީ، ނުވަތަ އެއްވެސް މީހެއްގެ އަތުން ފެނިފައިވަނީ މި ގާނޫނާ ހިލާފަށްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތަންފީޒީ އޮފިސަރަށް ގަބޫލުކުރެވޭ މަސް ނެގުން އަދި އެފަދަ މަހުގެ ސާމްޕަލް ނެގުން؛
(ފ) މި ގާނޫނާ ހިލާފަށް ކުށެއް ކޮށްފައިވުމުގެ ސަބަބުން ނުވަތަ ކުރަމުންދިޔުމުގެ ސަބަބުން ހިފެހެއްޓިފައިވާ އުޅަނދުގެ މާސްޓަރު، ވެރިފަރާތް، ނުވަތަ އޮޕަރޭޓަރު ނުވަތަ އެ އުޅަނދުގައި ކުށް ކުރިކަމަށް ނުވަތަ ކުށްކުރުމުގައި ބައިވެރިވިކަމަށް ބެލެވޭ އެންމެހައި ފަރާތްތައް ހައްޔަރުކުރުން؛ އަދި މި ގާނޫނާ ހިލާފަށް ކުށެއް ކޮށްފައިވަނީ ނުވަތަ ކުރަމުންދަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައިވާ މަސް ޕްރޮސެސްކުރާ ތަނެއް، ނުވަތަ އޮފްށޯރ ޕްލެޓްފޯމެއް ނުވަތަ އައިސްޕްލާންޓެއްގައިނަމަ، އެފަދަ ތަންތަން ހިންގާ ފަރާތާއި އެ ތަންތަނުގެ އެންމެހައި މުވައްޒަފުން ހައްޔަރުކުރުން.
61 ވަނަ މާއްދާ - ކަސްޓަމްސްގެ ތަންފީޒީ އޮފިސަރުންގެ ބާރުތައް
މި ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަންފީޒީ އޮފިސަރުންނަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެ އަންނަ ކޮންމެ އުޅަނދެއް ދިވެހިރާއްޖޭގެ ބަނދަރަކަށް އައުމާއެކު އިންވާރޑް ކްލިއަރެންސް ދިނުމުގެ ކުރިން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުން؛
(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ދިވެހިރާއްޖެއިން ބޭރަށް ފުރާ އުޅަނދުފަހަރަށް އައުޓްވާރޑް ކްލިއަރެންސް ދިނުމުގެ ކުރިން ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެންގުން؛
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެ އަންނަ އުޅަނދުފަހަރާއި ދިވެހިރާއްޖެއިން މަސް ބަރުކޮށްގެން ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރަށް ނުކުންނަ އުޅަނދުފަހަރުގައި ހުންނަ މުދަލާއި، މީހުންނާއި އެހެނިހެން ތަކެތި، ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ބަލައި ފާސްކުރުން؛ އަދި
(ރ) މިނިސްޓްރީގެ ހުއްދައިގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުކުންނަ އުޅަނދުފަހަރުން ފެންނަ ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ހިފަހައްޓައި، އެފަދަ މައްސަލަތައް ތަހްގީގު ކުރުން. .
62 ވަނަ މާއްދާ - ހިފެހެއްޓުމާއި ހައްޔަރުކުރުން
(ހ) މި ގާނޫނުގެ 60 ވަނަ މާއްދާގެ (ފ) ގެ ދަށުން، ސިފައިންގެ ކޯސްޓްގާޑްގެ ތަންފީޒީ އޮފިސަރަކު އެއްވެސް ފަރާތެއް ހައްޔަރުކޮށްފިނަމަ، ނުވަތަ އެއްވެސް މުދަލެއް ހިފަހައްޓައިފިނަމަ، ވީއެންމެ އަވަހަކަށް އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި، އެ ފަރާތެއް ނުވަތަ އެ މުދަލެއް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީހުން ހައްޔަރުކުރުމުގައާއި މުދާ ހިފެހެއްޓުމުގައި ސިފައިންގެ ކޯސްޓްގާޑްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަންފީޒީ އޮފިސަރުން އަމަލުކުރާނެ ސްޓޭންޑަ ރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް، އެ ދެ އިދާރާ ގުޅިގެން އެކުލަވާލަންވާނެއެވެ.
63 ވަނަ މާއްދާ - ހައްޔަރުކުރެ ވޭ ނުވަތަ ހިފެހެއްޓޭ އުޅަނދުތަކާއި މީހުންނާމެދު އަމަލުކުރާނެ ގޮތް
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދެއް ނުވަތަ އެ އުޅަނދުގައި ތިބި ފަރާތްތައް ހިފެހެއްޓިއްޖެނަމަ، ނުވަތަ ހައްޔަރުކުރެވިއްޖެނަމަ، އެ ހިފެހެއްޓުނު ނުވަތަ ހައްޔަރުކުރެވުނު ސަރަހައްދަކާ އެންމެ ކައިރި ނުވަތަ އެންމެ ފަސޭހައިން ކައިރިކުރެވޭނެ ބަނދަރަކަށް ގެންދަންވާނެއެވެ. އަދި މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ނުވަތަ މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޮންޑެއް ނުވަތަ އެ ނޫންވެސް އެހެން ސެކިއުރިޓީއެއް ޑިޕޮޒިޓްކުރަންދެން އެފަދަ އުޅަނދެއް ހިފަހައްޓާފައި ބާއްވަންވާނެއެވެ.
64 ވަނަ މާއްދާ - ހަލާކުވެދާނެ ފަދަ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް
(ހ) މި ގާނޫނުގެ ދަށުން ހިފެހެއްޓޭ މަސް ނުވަތަ އެނޫންވެސް އެހެން އެއްޗަކީ ހަލާކުވެދާފަދަ ބާވަތުގެ އެއްޗެއްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެ ތަކެތި ވިއްކާލެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވިއްކާލެވޭ ތަކެއްޗާ ގުޅިގެން ލިބޭ ފައިސާއާއި، ވިއްކާލަން މަސައްކަތްކުރުމަށްފަހު ވިއްކާނުލެވޭ ތަކެއްޗާ ގުޅޭގޮތުން އަމަލުކުރާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.
65 ވަނަ މާއްދާ - އެކަށީގެންވާ ބޮންޑެއް ބެހެއްޓުމަށްފަހު އުޅަނދު ނުވަތަ ހިފެހެއްޓުނު އެއްޗެއް ދޫކޮށްލުން
(ހ) މި ގާނޫނުގެ ދަށުން ހިފެހެއްޓޭ އުޅަނދެއް ނުވަތަ އެކުއަކަލްޗަރ ފެސިލިޓީއެއް ނުވަތަ މަސްވެރިކަމުގައި ބޭނުންކުރާ އާލާތެއް ނުވަތަ އެ ނޫންވެސް އެހެން އެއްޗެއް ދޫކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުން، އެކަމަށް އެދި ހުށަހަޅާ ފަރާތެއްގެ ކިބައިން އެކަށީގެންވާ ބޮންޑެއް ނުވަތަ އެފަދަ އެހެން ސެކިއުރިޓީ ޑިޕޮޒިޓެއް ނެގުމަށްފަހު އެ ހިފެހެއްޓުނު އެއްޗެއް ދޫކޮށްލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ދަށުން ނަގާ ބޮންޑް ނުވަތަ ސެކިއުރިޓީ ޑިޕޮސިޓް ނެގުމާގުޅޭ އުސޫލުތައް، މި ގާނޫނުގައި ބަޔާންކުރާ ތަންފީޒީ އިދާރާތަކުގެ މަށްވަރާއާއެކު މިނިސްޓްރީން އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
66 ވަނަ މާއްދާ - ބޮންޑްކުރެވޭނެ ށަރުތުތައް
މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެގޭ ބޮންޑް ނުވަތަ ސެކިއުރިޓީއެއްގައި އަންނަނިވި ށަރުތުތައް ހިމަނަންވާނެއެވެ.
(ހ) އެ ފަރާތާމެދު ތުހުމަތުކުރެވޭ ކުށް ސާބިތުނުވެއްޖެނަމަ، ބޮންޑް ނުވަތަ ސެކިއުރިޓީ ފައިސާ އަނބުރާ އެ ފަރާތަކަށް ރައްދުކުރުން؛
(ށ) އެ ފަރާތާމެދު ތުހުމަތުކުރެވޭ ކުށް ސާބިތުވެގެން އެއްވެސް ފައިސާއެއް ދައުލަތަށް ދައްކަންޖެހިއްޖެނަމަ، އެ ފައިސާއެއް ދައްކާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ބޮންޑް ނުވަތަ ސެކިއުރިޓީ ފައިސާ އަނބުރާ އެ ފަރާތަކަށް ރައްދުކުރުން؛ އަދި
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ފައިސާއެއް ދައްކަންޖެހި ނުދައްކައިފިނަމަ، އެ ފަރާތުން ދައްކަންޖެހޭ އަދަދު ބޮންޑް ފައިސާއިން އުނިކުރެވޭނެކަން.
67 ވަނަ މާއްދާ - ބޭރުގެ އުޅަނދާއި އެ އުޅަނދުފަހަރުގައިވާ މުދާ ދައުލަތަށް ނެގުން
ބޭރުގެ އުޅަނދަކުން މި ގާނޫނާ ހިލާފުވާ އެއްވެސް އަމަލެއް ކޮށްފައިވާކަން ކޯޓެއްގައި ސާބިތުވެއްޖެނަމަ، މި ގާނޫނުގެ ދަށުން އެޅޭ އެހެނިހެން ފިޔަވަޅުތަކާއި ޖޫރިމަނާގެ އިތުރުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގައި ކޯޓަށް ހުކުމްކުރެވިދާނެއެވެ.
(ހ) ކުށްކުރުމުގައި ބޭނުންކުރި ބޭރު ގެ އުޅަނދާއި، އެ އުޅަނދުގެ ވަސީލަތްތަކާއި އާލާތްތަކާއި މުދަލާއެކު، އަދި އެނޫންވެސް އެހެން އާލާތެއް އަދި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެއްޗެއް ދައުލަތަށް ނެގުމަށް؛
(ށ) ކުށްކުރުމުގައި ބޭނުންކުރި އުޅަނދުގައިވާ އެންމެހައި މަހުގެ ބާވަތްތައް ނުވަތަ އެ މަހުގެ ބާވަތްތައް ވިއްކައިގެން ލިބޭ ފައިސާ އަދި އެ އުޅަނދުގައިވާ އެންމެހައި ގޮވާތަކެތި، ވިހަ، ނުވަތަ އެހެނިހެން އެފަދަ މާއްދާތައް ދައުލަތަށް ނެގުމަށް؛
(ނ) މި މާއްދާގެ (ހ)، ނުވަތަ (ށ) ގެ ދަށުން ދައުލަތަށް ނެގޭ އުޅަނދާއި މުދަލާމެދު އަމަލުކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިންނެވެ.
68 ވަނަ މާއްދާ - އެއްވެސް ފިޔަވަޅެއް ނާޅާނަމަ ހިފެހެއްޓޭ އުޅަނދާއި ތަކެތި ދޫކޮށްލުން
މި ގާނޫނުގެ ދަށުން ހިފެހެއްޓޭ އުޅަނދަކާމެދު ނުވަތަ ތަކެއްޗާމެދު 14 (ސާދަ) ދުވަހުގެ ތެރޭގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއް ވެސް އިޖުރާއަތެއް ހިންގަން ފައްޓާފައިނުވާނަމަ، އެ އުޅަނދެއް ނުވަތަ އެއްޗެއް ދޫކޮށްލަންވާނެއެވެ.
69 ވަނަ މާއްދާ - އޮބްޒާވަރުން
(ހ) މި ގާނޫނުގެ ދަށުން ހުއްދައެއް ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ އުޅަނދުތަކުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ކަނޑަ އަޅާފައިވާ އެނޫންވެސް އުޅަނދުތަކުގައި، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަނޑައަޅާ ފަރާތްތައް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ އިއުލާނަކުން މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި، އޮބްޒާވަރުންގެ ގޮތުގައި ބޭރު ގައުމުތަކުގެ ރައްޔިތުން ހަރަކާތްތެރިވުމަށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ އިއުލާނަކުން މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
(ނ) ސައިންޓިފިކް ކަންކަމަށާއި، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެނޫން ބޭނުމަށްޓަކައި، އިތުބާރު ހުރި ސައްހަ މައުލޫމާތު އެއްކުރުމާއި، ރެކޯޑުކުރުމާއި ރިޕޯޓުކުރުމަކީ މި ގާނޫނުގެ ދަށުން ކަނޑައަޅާ އޮބްޒާވަރުންގެ މަސްއޫލިއްޔަތެކެވެ.
(ރ) މި މާއްދާގެ ދަށުން އޮބްޒާވަރުންގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކުގެ ށަރުތުތަކާއި އެ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކަކީ ކޮބައިކަން މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ހިމަނަންވާނެއެވެ.
70 ވަނަ މާއްދާ - ތަންފީޒީ އޮފިސަރުންނާއި ރޭންޖަރުންނަށް އެއްބާރުލުން ދިނުން
މަސްވެރިކަންކުރާ އުޅަނދުފަހަރުގެ އޮޕަރޭޓަރު، މާސްޓަރު، ފަޅުވެރިން ނުވަތަ މަސްވެރިކަންކުރުމުގައި ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގައި ނުވަތަ އެކުއަކަލްޗަރކުރުމުގެ މަސައްކަތް ހިންގާ ފަރާތްތަކުން، ކަންކުރާނެ ގޮތާ ގުޅޭގޮތުން ތަންފީޒީ އޮފިސަރުންނާއި ރޭންޖަރުން ދޭ މައުލޫމާތާއި، އިރުށާދުތަކާ އެއްގޮތަށް ވަގުތުން އަމަލުކުރަންވާނެއެވެ.
71 ވަނަ މާއްދާ - މަސްވެރިކަން މޮނިޓަރކުރުމާއި، ކޮންޓްރޯލްކުރުމާއި ސަރވޭލަންސްއާގުޅޭ ގަވާއިދުތައް
މަސްވެރިކަން މޮނިޓަރކުރުމާއި، ކޮންޓްރޯލްކުރުމާއި ސަރވޭލަންސްއާގުޅޭ އަންނަނިވި ގަވާއިދުތައް ކަމާގުޅޭ އިދާރާތަކުގެ މަށްވަރާގެމަތިން މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދަންވާނެއެވެ.
(ހ) މޮނިޓަރިންގ ކޮންޓްރޯލިން އަދި ސަރވޭލަންސާގުޅޭ މިންގަ ނޑުތައް އެކުލަވާލުމަށް ބޭނުންވާ، މައުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، ވަޒަންކުރުމާއި ފޯރުކޮށްދިނުމާގުޅޭ؛
(ށ) މި ގާނޫނުގެ ދަށުން މަސްވެރިކަންކުރާ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާގުޅޭ؛
(ނ) އެހެން ގައުމުތަކާއެކު މައުލޫމާތު ބަދަލުކުރުމާގުޅޭ؛
(ރ) ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އޮޕަރޭޓަރުންނާއި އޮބްޒާވަރުންގެ ހައްގުތަކާއި އިލްތިޒާމްތައް ހިމެނޭގޮތުން، އޮބްޒާވަރުންނާގުޅޭ ޕްރޮގްރާމްތަކާއި އޮބްޒާވަރުންނާގުޅޭ؛
(ބ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ދިވެހި އުޅަނދުފަހަރުތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ކުރާ މަސްވެރިކަމާއި، ހިންގާ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް، ސެޓަލައިޓް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މޮނިޓަރކުރުމާގުޅޭ ؛
(ޅ) ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން "ހޮޓް ޕަރސޫޓް" އަދި "ކޮންސްޓްރަކްޓިވް ޕްރެސެންސް" ގެ ޑޮކްޓްރިން ހިންގުމާގުޅޭ؛
(ކ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ކުރެވޭ ގާނޫނާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން މަދުކުރުމަށާއި، އެފަދަ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ބޭރުގެ ދައުލަތްތަކަށާއި، ގައުމުތަކުގެ މެދުގައި އުފެދިފައިވާ ޖަމްއިއްޔާތަކަށާއި އަމިއްލަ ޖަމްއިއްޔާތަކަށް އެއްބާރުލުން ދިނުމާގުޅޭ؛
(އ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަންނަ ބޭރުގެ މަސްވެރި އުޅަނދުފަހަރު މޮނިޓަރކުރުމާއި ކޮންޓްރޯލްކުރުމާގުޅޭ؛
(ވ) ބޭރުގެ މަސްވެރި އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގެ ފަޅުވެރިން ހައްޔަރުކުރުމާގުޅޭ؛
(މ) ތަންފީޒީ އޮފިސަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތާގުޅޭ؛
(ފ) މަސްވެރިކަންކުރާ އުޅަނދުފަހަރަށް އެރުމާގުޅޭ؛
(ދ) ވަނުމާއި ބަލައި ފާސްކުރުމުގެ ބާރުތަކާއި ހައްޔަރުކުރުމުގެ އިޖުރާއަތުތަކާގުޅޭ؛
(ތ) މަސްވެރިކަންކުރާ އުޅަނދުފަހަރު ބެލުމުގެ ދަށަށް ގެނައުމާއި ދޫކޮށްލުމާގުޅޭ؛
(ލ) އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ގެންގުޅުމާއި ވިއްކުމާގުޅޭ؛
(ގ) މަސްވެރި އުޅަނދުތަކާ ގުޅިގެން "ފްލެގް ސްޓޭޓް" ގެ ކޮންޓްރޯލް ހިންގުމާގުޅޭ؛ އަދި
(ނ) މަސްވެރި އުޅަނދުތަކާ ގުޅިގެން "ޕޯޓް ސްޓޭޓް" ގެ ކޮންޓްރޯލް ހިންގުމާ ގުޅޭ.
ދިހަވަނަ ބާބު
ކުށާއި އަދަބު
72 ވަނަ މާއްދާ - މަނާ ކަންތައްތަކާއި މަދަނީ ހިލާފުވުންތައް
(ހ) މި ގާނޫނާ ހިލާފުވާ ބޭރުގެ އުޅަނދުފަހަރުތަކަށް އަދަބު ކަނޑައަޅާނީ މި ބާބުގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދުތަކަށްވުރެ 20 (ވިހި) ގުނަބޮޑުކޮށެވެ.
(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާގެ އަދަބު ކަނޑައަޅާއިރު، އުޅަނދުގެ މާސްޓަރު، ވެރިފަރާތް އަދި އޮޕަރޭޓަރު، މިއިން ކޮންމެ ފަރާތަކަށް ވަކިވަކިން ޖޫރިމަނާ ކަނޑައެޅިދާނެއެވެ.
73 ވަނަ މާއްދާ - ލައިސަންސް ނެތި ނުވަތަ ލަ އިސަންސްގެ ށަރުތުތަކާ ހިލާފަށް މަސްވެރިކަންކުރުން
(ހ) މިނިސްޓްރީން ދޫކުރާ ލައިސަންސް ނެތި ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފަށް އެއްވެސް އުޅަނދަކުން މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ކުށެއްކުރި އުޅަނދުގެ މާސްޓަރު، ވެރިފަރާތް އަދި އޮޕަރޭޓަރުވެސް ހިމެނޭ ގޮތުން، އެއިން ކޮންމެ ފަރާތެއް ވަކިވަކިން 400،000 (ހަތަރުލައްކަ) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
74 ގަވާއިދާ ހިލާފަށް އެހެން ފަރާތެއް ލައްވައި މަސްވެރިކަންކުރުވުން
(ހ) މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހިންގުމަށް ހުއްދަ ދިނުމުގެ ބާރު ލިބިފައިނުވާ ފަރާތަކުން އެހެން އެއްވެސް ފަރާތަކަށް ދިނުން ނުވަތަ އެފަދަ ކަމެއް އެހެން އެއްވެސް ފަރާތެއް ލައްވާ ކުރުވުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހަކު 200،000 (ދެލައްކަ) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
75 ވަނަ މާއްދާ - ލައިސަންސް ނެތި ނުވަތަ ލައިސަންސްގައިވާ ށަރުތުތަކާ ހިލާފަށް އެކުއަކަލްޗަރކުރުން
(ހ) މިނިސްޓްރީން ދޫކުރާ ލައިސަންސް ހޯދުމެއްނެތި ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފަށް އެކުއަކަލްޗަރކުރުމަކީ ނުވަތަ އެކުއަކަލްޗަރއާ ގުޅުންހުރި ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހަކު 200،000 (ދެލައްކަ) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
76 ވަނަ މާއްދާ - ދިވެހިރާއް ޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތަކުގައި ހަރަކާތްތެރިވުން
(ހ) މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްގައި ހަރަކާތްތެރިވުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހަކު 2،000،000 (ދެމިލިއަން) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
77 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާފައިވާ ކުށެއްކުރުން
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއް ގައި ކުށެއްކަމަށް ކަނޑައަޅާފައިވާ އެއްވެސް އަމަލެއް ކޮށްފި މީހަކު 5،000 (ފަސްހާސް) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
78 ލައިސަންސް ނެތި ނުވަތަ ލައިސަންސްގައިވާ ށަރުތަކާ ހިލާފަށް މަސް ޕްރޮސެސްކު ރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި، އައިސްޕްލާންޓްތަކާއި، އޮފްށޯރ ޕްލެޓްފޯމް ހިންގުން
(ހ) މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެތި ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފަށް މަސް ޕްރޮސެސްކުރާ ތަނެއް، ގޭދޮށު މަސްފެކްޓްރީއެއް، ނުވަތަ އޮފް ށޯރ ޕްލެޓްފޯމެއް ނުވަތަ އައިސްޕްލާންޓެއް ގާއިމުކުރުމަކީ ނުވަތަ ހިންގުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ކުށެއްކުރި މަސް ޕްރޮސެސްކުރާ ތަނެއް ނުވަތަ އޮފްށޯރ ޕްލެޓްފޯމެއް ނުވަތަ އައިސްޕްލާންޓެއްގެ ވެރިފަރާތް އަދި އޮޕަރޭޓަރުވެސް ހިމެނޭ ގޮތުން، އެއިން ކޮންމެ ފަރާތެއް ވަކިވަކިން 400،000 (ހަތަރުލައްކަ) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
79 ވަނަ މާއްދާ - ޖޫރިމަނާ ކަނޑައެޅުމުގެ ގަވާއިދު
މި ގާނޫނުގެ 73 ވަނަ މާއްދާއިން 78 ވަނަ މާއްދާގެ ނިޔަލަށް ހިމަނާފައިވާ ޖޫރިމަނާތައް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
80 ވަނަ މާއްދާ - ޖަވާބުދާރީވުމަށް ފުރުސަތު ދިނުން
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވިކަމަށް ތުހުމަތުކުރެވިފައިވާ ފަރާތަށް ނޯޓިސް ދީ، އެކަމާ ގުޅިގެން އެ ފަރާތުން ޖަވާބުދާރީވުމަށް ފުރުސަތުދިނުމަށްފަހުގައި މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޑުއެހުމެއް ބޭއްވުމަށްފަހު މެނުވީ، މި މާއްދާގެ ދަށުން އެއްވެސް މަދަނީ އަދަބެއް ކަނޑައަޅައިގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަދަބުގެ މިންވަރު ކަނޑައެޅުމުގައި، ކުރި ކުށުގެ ބާވަތާއި، ކުށްކުރި ހާލަތާއި، ކުށުގެ މިންވަރާއި އެ ކުށުގެ ކުޑަބޮޑު މިނާއި، އަދި ކުށްކުރި ފަރާތުން އެ ކުށަށް ޒިންމާވާންޖެހޭ މިންވަރަށް މިނިސްޓްރީން ރިއާޔަތްކުރަންވާނެއެވެ.
(ނ) މި މާއްދާގެ )ހ( ގެ ދަށުން ދެވޭ ނޯޓިސްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުށް ކުރި ތާރީހާއި އެ ކުށުގެ ބާވަތް؛
- ކުރި ކުށަކީ، ނުވަތަ މަނާކަމަކީ ކޮބައިކަން؛ އަދި
- އެ ކުށަށް އަދަބު ކަނޑައެޅުމުގައި މިނިސްޓްރީން ރިއާޔަތްކުރި އެންމެހައި ކަންކަން. އެގޮތުން، އެ ކުށަށް އަދަބު ކަނޑައެޅިފައިވަނީ މި ގާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަން .
(ރ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ނޯޓިސްއާމެދު އެ ނޯޓިސް ރައްދުވާ ފަރާތުން ހިތްހަމަނުޖެހިއްޖެނަމަ، އެ ނޯޓިސްއެއް ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް އެ މައްސަލައެއް އެ ފަރާތުން ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންނުވާ ފަރާތަކުންނަމަ، އެ ފަރާތަށް ނޯޓިސް ދޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނޯޓިސްގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ މިނިސްޓްރީއަށް ދައްކައި ހަލާސްކުރަންވާނެއެވެ. އަދި މި ހާލަތުގައި ނޯޓިސްގައިވާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްކަމުގައި ބަލައި، އެ މުއްދަތުގައި އެ ފަރާތުން އެ ފައިސާ ދައްކާފައިނުވާނަމަ، މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.
އެގާރަވަނަ ބާބު
އިހްތިސާސް އަދި އެހެންގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު ގަބޫލުކުރަންޖެހޭ ހަމަތައް
81 ވަނަ މާއްދާ - އިހްތިސާސް
(ހ) މި ގާނޫނުގެ އެއްވެސް މާއްދާއަކާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މި ގާނޫނުގެ ބާރު ހިނގާ އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާމެދު އަމަލުކުރެވޭނީ، އެފަދަ އަމަލެއް ހިންގީ ނުވަތަ ނުކޮށް ދޫކޮށްލީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިންގި ނުވަތަ ނުކޮށް ދޫކޮށްލި ކަމެއް ފަދައިންނެވެ.
(ށ) ދިވެހި އުޅަނދުތަކާއި، އެ އުޅަނދުގައި ތިބި ފަރާތްތައް ނުވަތަ އެ އުޅަނދާ ގުޅިފައިވާ ފަރާތްތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ހިންގާ އަމަލަކީ ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކީ، މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކުށެއް ކަމަށް ކަނޑައަޅާފައިވާކަމެއްނަމަ، އެފަދަ އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމެއް ބެލެވޭނީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ކޮށްފައިވާ އަދި ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ގޮތުގައެވެ.
(ނ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާ އިދުތަކާ ހިލާފަށް ކުރާ އަމަލުތަކާ ގުޅިގެން، އެ އަމަލެއް ހިންގާތާ 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި އެ އަމަލަކާ ގުޅިގެން ފިޔަވަޅު އަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތަކާ ގުޅިގެން އަމަލުކުރެވޭނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
82 ވަނަ މާއްދާ - އެހެންގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު ގަބޫލުކުރަންޖެހޭ ހަމަތައް
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް ބޭނުންކޮށްފައިވާ މަސްވެރި އުޅަނދަކުން ފެންނަ މަސް، އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު ބެލެވޭނީ މި ގާނޫނާ ހިލާފު އަމަލެއް ހިންގުމުގެ ތެރޭގައި ހިފާފައިވާ މަސްކަމުގައެވެ.
(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ހިންގާއެއްވެސް ށަރީއަތެއްގަ އި، ތުހުމަތުކުރެވޭ އަމަލު ހިންގި ތަނާމެދު ސުވާލު އުފެދިފައިވާނަމަ، ތަންފީޒުކުރުމުގެ މަސައްކަތްކުރާ އުޅަނދު ނުވަތަ އެއަރކްރާފްޓްގެ ކަމާގުޅޭ ލޮގް ފޮތުގެ އެންޓްރީގައިވާ ތަން ނުވަތަ ތަންފީޒީ އުޅަނދެއް ނުވަތަ އެއަރކްރާފްޓެއްގައިވާ ރަސްމީ ރެކޯޑުތަކުގައި ބަޔާންކޮށްފައިވާ ތަން ބެލެވޭނީ އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު، އެ އަމަލެއް ހިނގި ތަން ކަމުގައެވެ.
(ނ) ލޮގް ފޮތުގެ އެންޓްރީ ނުވަތަ ތަންފީޒުކުރުމުގެ މަސައްކަތްކުރާ އުޅަނދު ނުވަތަ އެއަރކްރާފްޓްގެ އެނޫންވެސް ރަސްމީ ރެކޯޑެއްގެ ކޮޕީއެއް، ނުވަތަ ތަންފީޒީ އޮފިސަރު ތައްގަނޑުޖަހައި ސައްހަކަމަށް ބަޔާންކޮށްފައިވާ އެންޓްރީގެ ބައި މި ގާނޫނުގެ ބޭނުމަށް ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ދަށުން ހިންގޭ އެއްވެސް ށަރީއަތެއްގެ ބޭނުމަށްޓަކައި، އުޅަނދަކާ ގުޅިގެން، މަސްވެރިކަމުގެ ހަރަކާތްތަކުގައި ހިންގާ އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ބެލެވޭނީ، އެ އުޅަނދުގެ ވެރިފަރާތާއި އޮޕަރޭޓަރާއި މާސްޓަރުވެސް ހިންގި އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ގޮތުގައެވެ. މި ގާނޫނުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބެހެއްޓުމަށް ލާޒިމްވާ ލިޔުމެއް ލިޔަންޖެހޭ އެންޓްރީއެއް ނުވަތަ އެނޫންވެސް ފާހަގައެއް ނުވަތަ ލޮގެއް، ޗާޓެއް ނުވަތަ އެނޫން ލިޔެކިޔުމެއް ނުވަތަ މަސްވެރި އުޅަނދުގެ ހަރަކާތްތައް ރެކޯޑުކުރުމަށް ބޭނުންކޮށްފައިވާ ތަކެތި ބެލެވޭނީ، އެ އުޅަނދެއްގެ ވެރިފަރާތާއި އޮޕަރޭޓަރާއި މާސްޓަރުގެ ތަކެތި ކަމުގައެވެ.
(ބ) މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވުމުން ހިންގޭ އެއްވެސް އިޖުރާއަތެއްގައި ބެލެވެމުންދާ މައްސަލައިގައި ހިމެނޭ މަސް ނަގާފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކުންކަމަށް ގަބޫލުކުރެވޭގޮތަށް، ތަންފީޒީ އޮފިސަރު އެކަށީގެންވާ ސަބަބުތަކަށް ބިނާކޮށް ހެކިބަސްދިނުމުން، އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު، ބެލެވޭނީ އެ މަހެއް ނަގާފައިވަނީ އެ ސަރަހައްދަކުންކަމުގައެވެ.
(ޅ) މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވުމުން ހިންގޭ އިޖުރާއަތެއްގައި، އެ ފަރާތަކީ އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު ނުވަތަ މާސްޓަރުކަން ނުވަތަ ނޫންކަމަށް ބަޔާންކޮށް މައުލޫމާތ ުފޯރުކޮށްދޭ ފަރާތުން ދޭ މައުލޫމާތަކީ އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު، ތެދު މައުލޫމާތުކަމަށް ބެލެވޭނެއެވެ.
(ކ) އެއްވެސް މީހަކު ނުވަތަ އެއްވެސް މީހެއްގެ ފަރާތުން ހަދާފައިވާކަން، ބެހެއްޓިކަން ނުވަތަ އުފެއްދިކަމަށް ދައްކުވައިދޭ ލޮގެއް، ރެކޯޑެއް ނުވަތަ އެނޫންވެސް މައުލޫމާތެއް، މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ބޭނުމަށްޓަކައި، އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު ބެލެވޭނީ، އެ މީހަކު ނުވަތަ އެ މީހެއްގެ ހުއްދައާއެކު ހަދާފައިވާ، ބަހައްޓާފައިވާ ނުވަތަ އުފައްދާފައިވާ ތަކެތި ކަމުގައެވެ.
ބާރަވަނަ ބާބު
އެހެނިހެން
83 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އުވުނީއެވެ.
84 ވަނަ މާއްދާ - އިންތިގާލީ މާއްދާތައް
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ އެންމެހައި ލައިސަންސްތަކާއި ހުއްދަތަކަކީ، މި މާއްދާގެ (ށ) އަށް އުނިކަން ނާންނާނެ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަކާއި ހުއްދަތައްކަމުގައި ބަލައި، އެ ލައިސަންސަތަކާއި ހުއްދަތަކުގެ ބާކީ އޮތް މުއްދަތަށް ދެމިއޮންނާނެ ލައިސަންސަތަކާއި ހުއްދަތަކެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ނުވަތަ ހުއްދައެއް، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ އެއްވެސް ގަވާއިދަކާ ހިލާފުކަމަށް، ނުވަތަ އެ ލައިސަންސެއް ނުވަތަ ހުއްދައެއް އިސްލާހުކުރަންޖެހޭކަމަށް ނުވަތަ އެ ލައިސަންސަށް ނުވަތަ ހުއްދައަށް އެއްވެސް ށަރުތުތެއް އިތުރުކުރަންޖެހޭކަމަށް މިނިސްޓްރީއަށް ފެނިއްޖެހިނދެއްގައި، އަންނަނިވި ކަންކަން ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އިސްލާހުކުރެވޭ ނުވަތަ އިތުރުކުރެވޭ ށަރުތުތައް، އެ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ ފަރާތަކަށް އެންގުން؛ މިގޮތުން އިތުރުކުރެވޭ ށަރުތުތަކަށް އަމަލުކުރަން ފެށޭނީ އެކަން އެ ފަރާތަށް އަންގާ ތާރީހުން ފެށިގެންނެވެ.
- އެ ލައިސަންސެއް ނުވަތަ ހުއްދައެއް ބާތިލުކުރުމުގެ ނިޔަތް އޮތްކަން އެ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތަށް އެންގުމާއި، މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން އެ ކަމަކާގުޅޭ ލައިސަންސަށް ނުވަތަ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅަންޖެހޭނެކަން އެންގުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރާނެކަން މިނިސްޓްރީން އަންގައިފިނަމަ، ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ތިރީގައިވާ ހާލަތްތަކު ގައި ބާތިލުވާނެއެވެ.
- މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މިނިސްޓްރީން އެންގުން އަންގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާއިރު، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭށަން ހުށަހަޅާފައިނުވާނަމަ؛ ނުވަތަ
- މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެޕްލިކޭށަން ހުށަހެޅުމުން، އެ އެޕްލިކޭށަން މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ގަބޫލުނުކުރާކަން އެންގުމުން؛ ނުވަތަ
- މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެޕްލިކޭށަން ހުށަހެޅުމުން، މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމުން.
(ރ) ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އަށް އަމަލުކުރެވޭގޮތަށް ހަދާފައިވާ އެއްބަސްވުންތަކަކީ އެ އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން އުވާނުލާހާހިނދަކު، މި ގާނޫނުގެ ދަށުން އަމަލުކުރެވޭނެ އެއްބަސްވުންތަކެކެވެ.
85 ވަނަ މާއްދާ - ގުދުރަތީ ދިރުންތައް ހޯދައި އެއިން މަންފާ ލިބިގަތުމުގެ ސިޔާދަތީ ހައްގު ލި ބިދޭ ސަރަހައްދުތަކަށް ގާނޫނު ހިނގުން
ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އެ ސަރަހައްދުން ގުދުރަތީ ދިރުންތައް ހޯދައި އެއިން މަންފާ ލިބިގަތުމުގެ ސިޔާދަތީ ހައްގު ދިވެހިރާއްޖެއަށް ލިބިފައިވާ ކޮންމެ ސަރަހައްދަކަށް މި ގާނޫނު ހިނގާނެއެވެ.
86 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓްރީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، "ފްލެގް ސްޓޭޓް" އާއި "ޕޯޓް ސްޓޭޓް" ގެ ކޮންޓްރޯލް ހިންގުމުގެ ގަވާއިދުތައް ހަދާނީ ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ. އަދި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި މަސްވެރި އުޅަނދުތަކަށް ތެޔޮ އެޅުމާއި، ތެޔޮ ފޯރުކޮށްދިނުމާގުޅޭ ގަވާއިދުތައްފަދަ، ތިމާވެށި ހިމާޔަތްކުރުމާގުޅޭ އެންމެހައި ގަވާއިދުތަކެއް ހަދާނީ ތިމާވެށީގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.
(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
87 ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެ ޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
88 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ:
- މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް، ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް (ޓްރާންށިޕްކުރުން)؛
- މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުން، ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކާކުރުމަށް؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެނެވޭ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކާކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛
- މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛
- މަސްވެރިކަންކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުކޮށްދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް؛ އަދި
- މި މާއްދާގެ (1) ވަނަ ނަންބަރުން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.
(ށ) "އެކުއަކަލްޗަރކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި، ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކޮށް، ގެންގުޅެ ބޮޑުކުރުމަށެވެ.
(ނ) "އެކުއަކަލްޗަރގެ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރި އެކުއަކަލްޗަރކުރާ ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާލާކުރަމުންގެންދާ، ނުވަތަ އާލާކޮށްފައިވާ ދިރޭ ނުވަތަ މަރުވެފައިވާ މަސް، ނުވަތަ މަހާ ގުޅިފައިވާ ބާވަތްތަކަށެވެ.
(ރ) "އެކުއަކަލްޗަރކުރާ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އެއްގަމާއި ކަނޑު ހިމެނޭ ގޮތުން، އެ ސަރަހައްދުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި އެކުއަކަލްޗަރކުރުންކަމަށް ކަނޑައަޅާފައިވާ، އަދި އެ ސަރަހައްދުގައި އެކުއަކަލްޗަރކުރުން ތަރައްގީކުރުމަށް ބާރުއެޅުމަށް ވަކި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ، ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދަކަށެވެ.
(ބ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކޮންމެ އޮފިސަރަކަށެވެ.
(ޅ) "އެކްސްޕްލޮރޭޓަރީ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަކި މަސްވެރިކަމެއް ތައާރުފުކުރުމުގެ ކުރިން، އެ ބާވަތުގެ މަސްވެރިކަމަކީ އިގްތިސާދީގޮތުން ފީސިބަލް މަސްވެރިކަމެއްތޯ ޓެސްޓުކުރުމަށް ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ކުރާ މަސްވެރިކަމަށެވެ.
(ކ) "މަސް" ނުވަތަ "މަސްވެރިކަމުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭ ގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި،ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.
(އ) "މަސް ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި:
- މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
- ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަ ނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.
(ވ) "ގޭދޮށު މަސްފެކްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަރުދެއް ނުވަތަ ރައްޔިތުން ރަށު ފެންވަރުގައި ހިންގާ މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނަށެވެ.
(މ) "މަހާއި މަހުގެ އުފެއްދުންތައް" ކަމަށް ބުނެފައި އެވަނީ، ފިނިކޮށްފައިވާ، ފިނިކޮށް ގަ ނޑުކޮށްފައިވާ، ދަޅުގައި ބަންދުކޮށްފައިވާ، ހިއްކާފައިވާ، ލޮނު އަޅާފައިވާ، ފިނިކޮށްފައިވާ، ނުވަތަ އެނޫންވެސް ގޮތަކަށް އުފައްދާފައިވާ މަހުގެ ނުވަތަ އެކުއަކަލްޗަރގެ އުފެއްދުމަށެވެ.
(ފ) "މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:
- ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުން؛
- މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
- އެކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
- "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
- މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި މި މާއްދާގެ (ހ) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.
(ދ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ތިން ވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި އަދި ތަރައްގީކުރުމާގުޅޭ ޕްލޭނަށެވެ.
(ތ) "މަސްވެރިކަން ރާވައި ހިންގުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ފެނުގެ ނުވަތަ ލޮނުގެ ނުވަތަ ކަނޑުގެ ދިރުންހުރި ވަސީލަތްތައް ބެލެހެއްޓުމާއި، ހިމާޔަތްކުރުމާއި، ބޭނުންކުރުމާއި އަދި ތަރައްގީކުރުމަށެވެ.
(ލ) "މަސްވެރިކަންކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
(ގ) "ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ:
- ބޭރު ގައުމެއްގައި އެ ގައުމެއްގެ ކަމާގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއް ގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލާޒިމްނުވާ އުޅަނދު.
(ޏ) "ބޭރުގެ މަސްވެރި އުޅަނދު" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިކަންކުރާ، ނުވަތަ އެއް ތަނުން އަނެއް ތަނަށް މަސް އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ.
(ސ) "މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭން ބައިވެރިވެފައިވާ ނުވަތަ މެންބަރެއްކަމުގައި ނުވިޔަސް ދިވެހިރާއްޖޭން އެއްބާރުލުން ދޭ، ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ ޖަމްއިއްޔާ ނުވަތަ އިންތިޒާމެއް ނުވަތަ އެރޭންޖްމަންޓަކުން، މަސްމަހާމެހި ހިމާޔަތްކުރުމާ ގުޅޭގޮތުން ނުވަތަ ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން އެކަށައަޅާފައިވާ ނުވަތަ އަމަލުކުރާ ފިޔަވަޅުތަކަށެވެ.
(ޑ) "އިލީގަލް، އަންރިޕޯޓެޑް، އަންރެގިއުލޭޓެޑް ފިށިންގ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި މާނަކުރެވިފައިވާ ގޮތަށް، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތަކާ ހިލާފަށް ކުރާ އެންމެހައި މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.
(ޒ) "ދިވެހިރައްޔިތުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހިރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.
(ޓ) "ދިވެހި އުޅަނދު" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި އެ ގައުމެއްގައި އަމަލުކުރެވޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިނުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދަށެވެ.
(ޔ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގްތިސާދީ ކަނޑަށެވެ.
(ފ) "މާސްޓަރު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
(ޖ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމާގުޅޭ އެންމެހައި ކަންކަމުގެ ޒިންމާ ހަވާލުވެފައިވާ ވަޒީރަށެވެ.
(ޗ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ހހ) "އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތް، ޗާޓަރަރ، މާސްޓަރު އަދި އެ އުޅަނދު ދުއްވައިގެން ހޯދާ އިގްތިސާދީ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ހިމެނޭގޮތުން، އެ އުޅަނދާ ހަވާލުވެހުރި، އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ ނުވަތަ އުޅަނދަށް އިރުށާދުތައް ދޭ ނުވަތަ ކޮންޓްރޯލްކުރާ ކޮންމެ ފަރާތަކަށެވެ.
(ށށ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ، ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައިވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް، ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރ، ޑިރެކްޓަރ ނުވަތަ ސެކްރެޓަރީއަށެވެ.
(ނނ) "މީހުން" ނުވަތަ "ފަރާތް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ނުވަތަ ގާނޫނީ ށަހްސަށެވެ. "ދިވެހިރައްޔިތުން" ނުވަތަ "ދިވެހިން" އަށް ހަވާލާދެވޭއިރު ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭނެއެވެ.
(ރރ) "މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބޭނުމަށާއި އިގްތިސާދީ ގޮތުން މަންފާ ހޯދުމަށްޓަކައި ވިއްކުން، އެކްސްޕޯރޓުކުރުންފަދަ ބޭނުމެއް ނުހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ގޮތުންނާއި ކުޅިވަރެއްގެ ގޮތުން ކުރާ މަސްވެރިކަމަށާއި އާމްދަނީ ހޯދުމުގެ ގޮތުން، ސީދާ މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރަށް އަމާޒުކޮށްގެން އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.
(ބބ) "މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ދުރު ހިސާބުތަކަށް ހިޖުރަކުރާ މަހުގެ ސްޓޮކްތަކާއި، ގައުމީގޮތުން މަސްވެރިކަން ބެލެހެއްޓޭ ސަރަހައްދުގެ ތެރޭގައި އަދި މާކަނޑުގައިވެސް އުޅޭ މަހުގެ ސްޓޮކާއި، އަދި މާކަނޑުގައި އުޅޭ އެނޫން ބާވަތްތައް ހިމާޔަތްކުރުމާއި، ބެލެހެއްޓުމާގުޅޭ ފިޔަވަޅުތައް އެކަށައެޅުމާއި، އަދި ބެލެހެއްޓުން ވިލަރެސްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ތިނެއް ނުވަތަ އެއަށްވުރެ ގިނަ ގައުމުތައް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަށެވެ.
(ޅޅ) "އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ބާނާ ނުވަތަ ހިފާ މަހަކީ މަސް ބާނާ ފަރާތް ނުވަތަ ފަރާތްތަކުގެ އާއިލާއިން ސީދާ ކެއުމަށް މަސް ބޭނުންކުރާ، އަދި އަމިއްލަ ގޮތުން ނުވަތަ މެދުވެރިއެއް މެދުވެރިކޮށްނަމަވެސް ވިޔަފާރީގެ ނުވަތަ އުފެއްދުންތެރިކަމުގެ އެއްވެސް ބޭނުމަކަށް އެ މަސްވެރިކަމުން ބާނާ މަސް ވިއްކާ ނުލާ މަސްވެރިކަމަށެވެ.
(ކކ) "ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، މީހުންނަށް އެމީހުންގެ އިޖްތިމާއީ، އިގްތިސާދީ އަދި ސަގާފީ ދުޅަހެޔޮކަން ލިއްބައިދިނުމަށްޓަކައި، ތިރީގައިވާ ކަންކަން ކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބަލަހައްޓައި، ބޭނުންކޮށް، އިތުރުކޮށް އަދި ތަރައްގީކުރުމަށެވެ.
- މުސްތަގުބަލުގެ ޖީލުތަކުގެ ބޭނުންތައް ފުއްދޭނެ ގޮތަށް ކަނޑުގެ މުއްސަނދިކަން ދެމެހެއްޓުން؛
- ކަނޑުގެ މާހައުލުން މަސްވެރިކަންކުރުމުން ދިމާވެދާނެ ނުރައްކާތެރި އަސަރުތަކުން އެއްކިބާވުމާއި، އެފަދަ ކަންކަމަށް ފަރުވާ ހޯދައިދިނުން ނުވަތަ އެފަދަ އަސަރުތައް ކުޑަކުރުން؛
- ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެ މީހުންގެ އިޖްތިމާއީ، އިގްތިސާދީ އަދި ސަގާފީ ދުޅަހެޔޮކަން ލިއްބައިދިނުމަށްޓަކައި، ކަނޑުގެ ވަސީލަތްތައް ބަލަހައްޓައި، ބޭނުންކޮށް، އިތުރުކޮށް އަދި ތަރައްގީކުރުން.
(އއ) "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.
(ވވ) "ކުށް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ، އިދާރީ ކުށްތަކަށެވެ.
(މމ) "މަސް ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަކަށްޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.
(ފފ) "އައިސްޕްލާންޓް" ކަމަށް ބުނެފައި އެވަނީ، މަސް ރައްކާތެރިކޮށް ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި ބޭނުންވާ އައިސް ތައްޔާރުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ށަރުތު ފުރިހަމަވާ ތަންތަނަށެވެ.
(ދދ) "އޮފްށޯރ ޕްލެޓްފޯމް" ކަމަށް ބުނެފައި އެވަނީ، މަސްވެރިންގެ އަތުން މަސް ގަތުމަށް، ނުވަތަ މަސް ޕްރޮސެސްކުރުމަށް ނުވަތަ މަސްވެރިކަންކުރާ އުޅަނދުފަހަރަކަށް ބޭނުންވާ އެހެންވެސް ހިދުމަތެއް ދިނުމަށްޓަކައި އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައިވާ ކަނޑުގެ ސަރަހައްދުގައި ގާއިމުކުރާ ވަސީލަތަށެވެ.
(ތތ) "ޕްރިކޯށަނަރީ" ކަމަށް ބުނެފައި އެވަނީ، ކަމަކާގުޅޭ ފުރިހަމަ ސާފު މައުލޫމާތު ނެތި، އެ ކަމެއް ބޭނުންވާ ގޮތް ނޫން ގޮތަކަށް ހިނގާފާނެކަމަށްޓަކައި ކުރާ ކަންތަކަށެވެ.
(ލލ) "ޕްރިކޯށަނަރީ އެޕްރޯޗް" ކަމަށް ބުނެފައި އެވަނީ، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ފުރިހަމަ މައުލޫމާތު ނެތް ހާލަތުގައި ނުވަތަ ވަކި ކަމެއް ޔަގީންކުރެވިފައިނުވާ ހިނދުގައި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށް ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
(ގގ) "އިކޯސިސްޓަމް އެޕްރޯޗް" ކަމަށް ބުނެފައި އެވަނީ، ގުޅިލާމެހިފައިވާ ރާވައި، ހިންގައި އަދި ބެލެހެއްޓުމުގެ ނިޒާމެއްގެ ތެރެއިން އައްސޭރިފަށާއި ކަނޑުގެ ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތައް އަދި މާހައުލީ ނިޒާމު ރައްކާތެރިކޮށް އެ ވަސީލަތްތަކުގެ ދެމެހެއްޓެނި ބޭނުން ހިފުމަށެވެ.
(ޏޏ) "އިކޯސިސްޓަމްގެ ޖެނެޓިކް ޑައިވަރސިޓީ" ކަމަށް ބުނެފައި އެވަނީ، މާހައުލީ ނިޒާމުގައިވާ ދިރުންތަކުގައި ޖެނެޓިކް ނުވަތަ ޖީންތަކުގެ ސިންދަފާތުކަމަށެވެ.
(ސސ) "ހޮޓް ޕަރސޫޓް" ކަމަށް ބުނެފައި އެވަނީ، ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ހިފެހެއްޓުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތަކުން ކުށުގެ ތުހުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތައް ފަހައި ދުއްވުމަށެވެ.
(ޑޑ) "ޑޮކްޓްރިން އޮފް ކޮންސްޓްރަކްޓިވް ޕްރެސެންސް" ކަމަށް ބުނެފައި އެވަނީ އައްސޭރިފަށުގެ ގައުމެއް (ކޯސްޓަލް ސްޓޭޓް) ގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުން ބޭރުގައި އޮތް ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ހަރަކާތްތެރިވަމުންދަނީ، އެ އައްސޭރިފަށުގެ ގައުމުގެ އުޅަނދަކާ ނުވަތަ މަތިންދާ ބޯޓަކާ ގުޅިގެން ކަމުގައިވާނަމަ، ބޭރު ގައުމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ މައްޗަށް އެ އައްސޭރިފަށުގެ ގައުމުގެ ގާނޫނީ ބާރު ހިންގުމުގެ ހަމައަށެވެ.
(ޒޒ) "ފްލެގް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމަށެވެ.
(ޓޓ) "ޕޯޓް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ބަނދަރުގެ ހިދުމަތް ފޯރުކޮށްދޭ ނުވަތަ އެ އުޅަނދެއްގެ އެ ވަގުތަކު ބަނދަރުވެފައިވާ ގައުމަށެވެ
މައި ގާނޫނު
މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 14/2019)
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު/އުސޫލު
- ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-02)
- ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 62/2021)
- ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ގައުމީ ޕްލޭން (ޕްލޭން - 27 ޖެނުއަރީ 2021)
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 100/2020)
- އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 94/2020)
- މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 93/2020)
- މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 92/2020)
- މަސްވެރިކަމުގެ މަށްރޫއުތައް ގާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 91/2020)
- މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 75/2020)
- ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 4/2020)
ކިޔުންތެރިންގެ ހިޔާލު