ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2022-01)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ރީ ބްރޯޑްކާސްޓްކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، އެ އުސޫލުތައް ތަންފީޒުކުރުމާއި، އެ ހިދުމަތްދޭނެ އުސޫލުތައް ކަނޑައަޅައި ބެލެހެއްޓުމާއި، ހިދުމަތްދޭ ފަރާތްތަކާއި އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް މަންފާހުރި ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ވާދަވެރިކަމާއި އިންސާފުވެރިކަމާއެކު ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމާއި، އެ ކަންކަން ކުރިއެރުވުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަމަށް މަގުފަހިކުރުމުގެގޮތުން ދިވެހިރާއްޖޭގަ އި ރީ ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތެއް އެކަށައަޅައި، އެކަން ތަރައްގީކޮށް ހިންގުމެވެ.
(ހ) ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް އެންމެންނަށް ހަބަރާއި މައުލޫމާތު ފެތުރުމާއި، އުނގެނުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ފުރުސަތު އިތުރުކޮށްދިނުން؛
(ށ) ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި އެ ހިދުމަތް ލިބޭނެ ވާދަވެރި މާހައުލެއް އުފެއްދުމާއި، ވަކި ބަޔަކު އެ ހިދުމަތް ކޮންޓްރޯލްކުރުމަށް މަގުފަހިނުވާނެ އުސޫލުތައް ކަނޑައެޅުން؛
(ނ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާއިރު، އުފެދޭ ށަކުވާތައް ބަލައި، އެކަންކަން ހައްލުކޮށްދިނުމުގެ ނިޒާމެއް އެކަށައެޅުން؛
(ރ) ރީ ބްރޯޑްކާސްޓްކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން؛
(ބ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ކޮންޓެންޓް ހިދުމަތްދޭ ފަރާތްތަކަށް އިންސާފުވެރި އުސޫލަކުން ލިބޭނެ މަގު ފަހިކޮށްދިނުމާއި، މި ދާއިރާގައި އެކްސްކުލޫސިވިޓީއަށް ފުރުސަތު ނުދިނުމުގެ އުސޫލުތައް ކަނޑައެޅުން؛
3 ވަނަ މާއްދާ - ހިދުމަތުގެ ބާވަތްތައް
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ބެހިގެންވަނީ 2 (ދޭއް) ބަޔަށެވެ.
- ޑިޖިޓަލް ޓެރެސްޓީރިއަލް ޓެކްނޮލޮޖީ މެދުވެރިކޮށް ރީ ބްރޯޑްކާސްޓްކުރުން.
- ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުން
(ށ) ޑިޖިޓަލް ޓެރެސްޓީރިއަލް ޓެކްނޮލޮޖީ މެދުވެރިކޮށް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދެވޭނީ ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެކުލަވައިލައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތީންނެވެ.
(ނ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުން ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓް ސިގުނަލް ، ފޯރުކޮށްދިނުމަށް ބޭނުންކުރާ އާލާތްތަކުގެ ތެރެއިން މި މާއްދާގެ (ށ) ގެ ތެރޭގައި ނުހިމެނޭޓެކްނޮލޮޖީއެއް މެދުވެރިކޮށް ސިގްނަލް ފޮނުވުމަށެވެ.
4 ވަނަ މާއްދާ - ލައިސަންސްގެ ބާވަތްތައް
ހިދުމަތްދިނުމުގެ ސަރަހައްދަށް ބަލައި ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް 3 (ތިނެއް) ބަޔަކަށް ބެހިގެންވެއެވެ.
(ހ) މުޅި ރާއްޖެއަށް ރީ ބްރޯޑްކާސްޓްކުރުން.
(ށ) ވަކި ރަށަކަށް ނުވަތަ ވަކި ރަށްތަކަކަށް ރީ ބްރޯޑްކާސްޓްކުރުން.
(ނ) ޓޫރިސްޓް ރިސޯޓް އަދި އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަން.
5 ވަނަ މާއްދާ - ހިދުމަތް ދިނުމުގެ ލައިސަންސް
(.ހ) ދިވެހިރާއްޖޭގައި ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، އެ ކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ދޫކުރާ 'ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް' ލިބިގެންނެވެ.
(ށ) ދިވެހިރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް ޓެކްނޮލޮޖީ މެދުވެރިކޮށް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، މި ގަވާއިދުގައިވާގޮތަށް ކޮމިށަނުން ދޫކުރާ 'ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް' ލިބިގެންނެވެ.
(ނ) ދިވެހިރާއްޖޭގައި ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، އެ ކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ކޮމިށަނުން ދޫކުރާ 'ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް' ލިބިގެންނެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2012-20 (ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ދޫކޮށްފައިވާ ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތައް ހިމެނޭނީ ،ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ގޮތުގައެވެ. އަދި، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތަށް އެ ލައިސަންސްތައް ދެމިއޮންނާނެއެވެ.
(ބ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުވައިދޭ ފަރާތްތައް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
6 ވަނަ މާއްދާ - ޑިޖިޓަލް ޓެރެސްޓީރިއަލް ނެޓްވާރކުގައި ދިވެހި ޗެނަލްތައް ހިމެނުން
ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، ޑިޖިޓަލް ޓެރެސްޓީރިއަލް ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ނެޓްވާރކުގައި ދިވެހި ޗެނަލްތައް ހިމަނަންވާނީ ،މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 'ޗެނަލް ރޭޓިންގ ލިސްޓް' ގެ ތަރުތީބުންނެވެ.
7 ވަނަ މާއްދާ - ހިދުމަތް ދެވޭނެ ފަރާތްތައް
މި ގަވާއިދުގެ ދަށުން ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.
8 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ށަރުތުތައް
(ހ) މި ގަވާއިދުގެ ދަށުން ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ރީ ބްރޯޑްކާސްޓްކުރުމަށް އެދޭ ފަރާތަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ، އެ ފަރާތުގެ ހިންގާ ގަވާއިދުގެ މަގްސަދުތަކުގެ ތެރޭގައި ރީ ބްރޯޑްކާސްޓްކުރުން ހިމެނޭ ފަރާތަކަށްވުން؛
- ކޮމިށަނުގެ އެއްވެސް މުވައްޒަފެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްކަމުގައި ނުވުން؛
- ކޮމިށަނަށް ދައްކަންޖެހޭ އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހި ނުދައްކައި އޮތް ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން
- ކޮމިށަނަށް ދައްކަންޖެހޭ އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހި ނުދައްކައި އޮތް ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ހިއްސާ އޮތް ފަރާތެއް ކަމުގައި ނުވުން؛
- ރީ ބްރޯޑްކާސްޓްކުރުމަށް އެދޭ ފަރާތަކީ، %100 (ސައްތަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏެއް ކަމުގައިވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގަވާއިދަށް އަމަލުކުރަންފަށާއިރު، ދޫކޮށްފައިވާ ލައިސަންސްތައް އެ ލައިސަންސުގެ މުއްދަތުގައި ދެމިއޮންނާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ދިވެހިރާއްޖޭގައި އާންމުކޮށް ހުޅުވައިލައިގެން ހިއްސާ ވިއްކާ ޕަބްލިކް ލިމިޓެޑް ކުންފުނިތަކަކީ މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހިއްސާ އޮތް ފަރާތްތަކެއް ކަމަށް ނުބެލެވޭނެއެވެ.
9 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ ހާއްސަ ށަރުތުތައް
ލައިސަންސް ދިނުމުގެ ހާއްސަ ށަރުތުތަކަކީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 35 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާ ލައިސަންސް ދިނުމުގެ ހާއްސަ ށަރުތުތަކެކެވެ.
10 ވަނަ މާއްދާ - ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ލައިސަންސަށް އެދުން
(ހ) 'ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު' އިންނެވެ.
(ށ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފަރާތުން އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ 'ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު'؛
- ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ޕްރޮފައިލް؛
- ހިދުމަތް ދިނުމަށް ރޭވިފައިވާ ޓެކްނިކަލް ޕްލޭން؛
- މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި މުއާމަލާތްކުރާނެ އިސް ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ނަކަލަކާއި، އެ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
(ނ) ލައިސަންސަށް އެދި ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ޕްރޮފައިލް ހުށަހަޅާއިރު ތިރީގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު (ކަމާބެހޭ އިދާރާއަކުން، އަސްލެއްކަން އެނގޭނެ ތައްގަނޑު ޖަހާފައި)؛
- ރަޖިސްޓަރީގެ ނަކަލު؛
- ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ މައުލޫމާތު؛
- ހިއްސާދާރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
- ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން؛ އެހެންނަމަވެސް، ލައިސަންސަށް އެދޭ ފަރާތަކީ ދިވެހިރާއްޖޭގައި އާންމުކޮށް ހުޅުވައިލައިގެން ހިއްސާ ވިއްކާ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ނަމަ، ކުންފުނީގެ ޖުމްލަ ހިއްސާގެ %5 (ފަހެއް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ ގަނެފައިވާ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ،ކަމާބެހޭ އިދާރާގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ހިދުމަތް ދިނުމުގައި ބޭނުންކުރާނެ ވިޔަފާރި ނަމާއި ނިށާން ރަޖިސްޓަރީކޮށް، އެ ކަމަށް ދޫކުރި ލިޔުމުގެ އަސްލާ އެއްގޮތް ނަކަލަކާއި، ކުލަކޮށް ތައްޔާރުކޮށްފައިވާ ނިށާނުގެ ނަކަލަކާއި، އެ ތަކެތީގެ ސޮފްޓް ކޮޕީ؛
- ޗެނަލް އައިޑެންޓިފިކޭށަން ލޯގޯގެ ސޮފްޓް ކޮޕީއާއި ހާޑްކޮޕީ (ކުލަކޮށް ތައްޔާރުކޮށްފައިވާ)؛
- އިދާރީ އޮނިގަނޑާއި، ހިންގުމުގެ އޮނިގަނޑާއި، ހިއުމަން ރިސޯސް ޕްލޭން؛
- ފައިސާ ހޯދާ ގޮތާއި، ލައިސަންސްގެ މުއްދަތަށް އެކުލަވައިލައިފައިވާ ބިޒްނަސް ޕްލޭން؛
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ މާލީ ހިސާބު؛
- ޕްރޫފް އޮފް ފައިނޭންސް؛ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ، މާލީ އިދާރާއަކުން ދޫކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ، ޖުމްލަ އިންވެސްޓްމަންޓުގެ %25 (ފަންސަވީސް އިންސައްތަ)
(ރ) ހިދުމަތްދިނުމަށް ރާވައިފައިވާ ޓެކްނިކަލް ޕްލޭނާއި ބޭނުންކުރާނެ އާލާތްތަކުގެ ތަފުސީލު ހިމަނަންވާނެއެވެ. މި ޓެކްނިކަލް ޕްލޭނުގައި އަންނަނިވި ކަންކަން ކުރުމަށް ރާވާފައިވާގޮތްތަފުސީލުކޮށް ހިމަނަންވާނެއެވެ.
- ހިދުމަތްދިނުމުގައި ސެންސަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާގޮތުގެ ތަފުސީލު؛
- ނަމާދުވަގުތު އަންގައިދޭ ލިޔުން ނުވަތަ ބަންގީގެ އަޑު ގެނެސްދޭނެ އިންތިޒާމުހަމަޖައްސައިފައިވާގޮތުގެ ތަފުސީލު؛
- ޑިލޭ؛
(ބ) ޓޫރިސްޓް ރިސޯޓެއްގައި ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭނަމަ، ތަން ހިންގުމަށް ދޫކޮށްފައިވާ ރަސްމީ ހުއްދައިގެ އަސްލެއްކަން އަންގައިދޭ، ތައްގަނޑު ޖަހައިފައިވާ ނަކަލަކާއި ޕްރޮފައިލް ހުށަހަޅަންވާނެއެވެ.
(ޅ) ޑިޖިޓަލް ޓެރެސްޓްރިއަލް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފަރާތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯޒަލެއް ތައްޔާރުކޮށްފައި ހުށަހަޅަންވާނެއެވެ.
- ފްރީކުއެންސީ ލައިސަންސް؛
- ހިދުމަތް ފޯރުވައިދެވޭނެ ސަރަހައްދު ލަފާކުރާ ޗާޓު؛
(ކ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު ހުށަހަޅާއިރު، ލައިސަންސަށް އެދި ހުށަހަޅަންޖެހޭކަމަށް މި ގަވާއިދުގައި ބަޔާންކުރާ ލިޔުމެއް ހުށަހަޅައިފައިނުވާނަމަ، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ކޮމިށަނުން އެކަން އަންގައި، އަދި އެ ފަރާތުން އެ ލިޔެކިޔުންތައް ފުރިހަމަކޮށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(އ) ލައިސަންސަށް އެދި ހުށަހަޅާ ހުރިހާ ފަރާތަކަށްވެސް ކޮމިށަނުގެ ނިންމުން ލިޔުމަކުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. ލައިސަންސެއް ދޫނުކުރުމަށް ކޮމިށަނުން
ނިންމައިފިނަމަ، ލައިސަންސް ދޫނުކުރަން ނިންމި ސަބަބު، އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
(ވ) ކޮމިށަނުން ވަކި ފަރާތަކަށް ލައިސަންސް ދޫކުރުމަށް ނިންމައިފައިވާކަން އެ ފަރާތަށް އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތުން، ލައިސަންސް ފީ ކޮމިށަނަށް ދައްކަންވާނެއެވެ.
(މ) މި މާއްދާގެ (އ) ގައިވާ ގޮތަށް އަމަލުކޮށްފައި ނުވާނަމަ، އެ ފަރާތުން ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުން ބާތިލުވާނެއެވެ.
11 ވަނަ މާއްދާ - މުއާމަލާތް ކުރާނެ އިސް ފަރާތެއް ކަނޑައެޅުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބޭ ކޮންމެ ފަރާތަކުންވެސް، ކޮމިށަނާ މުއާމަލާތްކުރާނެ ފަރާތެއް ކަނޑައަޅައި، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "މުއާމަލާތްކުރާނެ އިސް ފަރާތުގެ މައުލޫމާތު ފޯމު" ފުރިހަމަކޮށްފައި، ކޮމިށަނަށް އެކަން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ކަނޑައަޅާ ފަރާތް ޖަވާބުދާރީވުމަށް އުޒުރުވެރިވެއްޖެނަމަ، ނުވަތަ މުއާމަލާތްކުރާ ފަރާތް ބަދަލުކުރާނަމަ، ވަގުތީގޮތުން މި މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރަންވާނީ ނުވަތަ މުއާމަލާތްކުރާ ފަރާތް ބަދަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "މުއާމަލާތްކުރާނެ އިސް ފަރާތުގެ މައުލޫމާތު ފޯމު" މެދުވެރިކޮށް ކޮމިށަނަށް އެންގުމަށްފަހުގައެވެ.
(ނ) މުއާމަލާތްކުރުމަށް ލައިސަންސް ލިބޭ ފަރާތުން ކަނޑައަޅައިފައިވާ ފަރާތް 14 (ސާދަ) ދުވަހަށްވުރެ ދިގުމުއްދަތަކަށް ދިވެހިރާއްޖެއިން ބޭރަށްދާނަމަ، ނުވަތަ އެ ފަރާތާ ގުޅޭ ނަންބަރު ބަދަލުވެއްޖެނަމަ، ލިޔުމަކުން ކޮމިށަނަށް އެ ކަން އަންގަންވާނެއެވެ.
(ރ) ލައިސަންސް ލިބޭ ފަރާތުން މުއާމަލާތްކުރުމަށް ކަނޑައަޅައިފައިވާ ފަރާތް ކޮމިށަނުގެ އެންގުންތަކަށް ޖަވާބުދާރީނުވާ ހާލަތުގައި، ކުންފުނި ހިންގުމާ ހަވާލުވެހުންނެވި އެންމެ އިސްފަރާތެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ ޒިންމާވާ ފަރާތް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ބ) ރީ ބްރޯޑްކާސްޓްކުރާ ފަރާތުން މި މާއްދާއާ ހިލާފުވެއްޖެނަމަ، ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ.
12 ވަނަ މާއްދާ - ލައިސަންސް ދޫކުރުން
ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަކޮށް، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސްފީ ދެއްކުމުންނެވެ.
13 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
(ހ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހެވެ.
(ށ) ޑިޖިޓަލް ޓެރެސްޓީރިއަލް މެދުވެރިކޮށް ރީ ބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހެވެ. އަދި ފްރީކުއެންސީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ލައިސަންސް އައުކުރުމަކީ ލައިސަންސް ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ.
14 ވަނަ މާއްދާ - ލައިސަންސް ފީ
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ފީ 2) ދޭއް) ބަޔަކަށް ބެހިގެންވެއެވެ.
- ލައިސަންސް ދޫކުރާއިރު ދައްކަންޖެހޭ ރަޖިސްޓްރޭށަން ފީ
- ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް ދައްކަންޖެހޭ އަހަރީ ފީ
(ށ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތަށާއި، ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްތަކަށް ދައްކަންޖެހޭ ރަޖިސްޓްރޭށަން ފީއާއި އަހަރީ ފީ ދައްކަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެމަތިންނެވެ.
(ނ) ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ދައްކަންޖެހޭ އަހަރީފީ، ކޮންމެ އަހަރެއްގެ މާރިޗުމަހުގެ ނިޔަލަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އަލަށް ލައިސަންސް ހޯދާ ފަރާތްތަކުން އެ އަހަރުގެ ބާކީ އޮތް މުއްދަތަށް ދައްކަންޖެހޭ އަހަރީ ފީއާއި ރަޖިސްޓްރޭށަންފީ ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު އަހަރީ ފީ ދައްކައިފައިނުވާނަމަ ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމާ ހަމައަށް، އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ނުދައްކާ އޮތް ފަރާތްތަކުން، ފައިސާ ދައްކާ ދުވަހާ ހަމައަށް އަރާފައިވާ ޖޫރިމަނާގެ ޖުމުލަ އަދަދު ކޮމިށަނަށް ދައްކަންވާނެއެވެ. އަދި މި އަދަދު 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، ދައްކަން ޖެހޭނީ 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއެވެ.
15 ވަަނަ މާއްދާ - ލައިސަންސް އައު ކުރުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އައުކުރުމަށް ބޭނުންވާނަމަ، ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން، ލައިސަންސް އައުކުރުމަށް ލިޔުމުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި، ލައިސަންސް އައުކުރަން ބޭނުންނުވާނަމަ، އެކަންވެސް މި މުއްދަތުގައި ކޮމިށަނަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ލައިސަންސް އައުކުރަން ހުށަހަޅައިފައިނުވާނަމަ، ލައިސަންސް އައުކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފީ ދެއްކުމަށްފަހު، ލައިސަންސް އައުކުރުމަށް އެދި ހުށަހެޅުމުންނެވެ.
(ނ) ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އައުކުރަން ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
(ރ) ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކާ، ލައިސަންސްގެ މުއްދަތުގެ ތެރޭގައި ހިލާފުވެއްޖެނަމަ، ލައިސަންސް އައުކޮށެއް ނުދެވޭނެއެވެ.
(ބ) ލައިސަންސްގައި ކަނޑައަޅާފައިވާ ސަރަހައްދުގެ މަދުވެގެން %80 (އަށްޑިހަ އިންސައްތަ) އަށް ހިދުމަތް ފޯރުކޮށްދީފައިވާންވާނެއެވެ.
(ޅ) ލައިސަންސް އައުކޮށްދޭއިރު މި ގަވާއިދުގެ 8 ވަނަ މާއްދާގައި ހިމެނޭ ށަރުތުތައް ފުރިހަމަވޭތޯ ކަށަވަރުކުރަންވާނެއެވެ.
(ކ) ލައިސަންސް އައު ކޮށްދެވޭނީ ކޮމިށަނަށް ދައްކަން ޖެހޭ ފީ އެއް ނުވަތަ ޖޫރިމަނާއެއް އޮތް ނަމަ އެ ފީއެއް ނުވަތަ ޖޫރިމަނާއެއް ދެއްކުމުންނެވެ.
16 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގައި، ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ގާނޫނާއި ގަވާއިދާ ތަކުރާރުކޮށް ހިލާފުވާނަމަ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އިން ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުން ވަގުތީގޮތުން ލައިސަންސް ހިފަހައްޓަންވާނެއެވެ. ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމަށް ނިންމޭނީ ކޮމިށަންގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން އަންނަނިވި ގޮތުގެ މަތިންނެވެ.
(ށ) ލައިސަންސް ހިފަހައްޓަންވާނީ އެއް ބާވަތެއްގެ ކުށަކާ ގުޅިގެން ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ފިޔަވަޅުތައް އެޅުމަށް ފަހު އަދި (ނ) ގައި ބަޔާންކުރާ ފަދައިން ޕްރޮގްރާމުގެ ށެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގުމަށްފަހުގައެވެ.
- ފުރަތަމަފަހަރު ލައިސަންސް ހިފެހެއްޓޭނީ ގިނަވެގެން 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާ މުއްދަތަކަށެވެ؛
- ދެވަނަފަހަރު ލައިސަންސް ހިފެހެއްޓޭނީ ގިނަވެގެން 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާ މުއްދަތަކަށެވެ؛
- ތިންވަނަފަހަރު، ލައިސަންސް ހިފެހެއްޓޭނީ ގިނަވެގެން 30 (ތިރީސް) ދުވަހަށްވުރެ އިތުރުނުވާ މުއްދަތަކަށެވެ؛
- ހަތަރުވަނަފަހަރު، ލައިސަންސް ހިފެހެއްޓުމަށްފަހު، 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ލައިސަންސް ހިފަހައްޓައިފައިވަނިކޮށް ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅިއްޖެނަމަ، ކޯޓުން ވަކިގޮތެއް ނިމެންދެން ލައިސަންސް ހިފެހެއްޓޭނެއެވެ.
17 ވަނަ މާއްދާ - ލައިސަންސް ބާތިލު ކުރުން
(.ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، އެ ލައިސަންސް ބާތިލުކުރުމަށްޓަކައި ކޯޓަށް ހުށަހެޅޭނެއެވެ.
- ލައިސަންސް ލިބިފައިވާ ގާނޫނީ ށަހްސު އެދިގެން އުވައިލުން ނުވަތަ ރަޖިސްޓްރަރ އޮފް ކޮމްޕެނީ އެ ށަހްސު އުވައިލުން ނުވަތަ ށަރުއީ ކޯޓަކުން އުވައިލުން.
- ރަސްމީކޮށް ރީ ބްރޯޑްކާސްޓްކުރަން ފެށުމަށްފަހު، ކޮމިށަނުގެ ހުއްދައަކާ ނުލައި ރީ ބްރޯޑްކާސްޓްނުކޮށް 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވުން؛
- ލައިސަންސް ލިބިފައިވާ ފަރާތުން، ހުށަހަޅާ ހުށަހެޅުމެއްގައި ނުވަތަ ފޯރުކޮށްދޭ މައުލޫމާތެއްގައި މި ގަވާއިދުގެ ދާއިރާގެ ތެރެއިން ކަމެއް ކޮމިށަނަށް އޮޅުވައިލައިފައިވާކަން ސާބިތުވުން؛
- އެއްވެސް ސަބަބަކާހުރެ ކޮމިށަނުން ލައިސަންސް ހިފަހައްޓައިފައިވަނިކޮށް ރީ ބްރޯޑްކާސްޓްކުރުން؛
- މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވުން؛
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޯޓަށް ހުށަހެޅުމަކާ ނުލައި، ލައިސަންސް ބާތިލުވާނެއެވެ.
- ކޮމިށަނުން ށާއިއުކޮށްފައިވާ "ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސާ ގުޅޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ލިބިފައިވާ ފަރާތުން އެދިގެން ލައިސަންސް ބާތިލުކުރުން؛
- މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު ލައިސަންސް އައުކުރަން ހުށަހަޅައިފައި ނުވުން؛
- މި ގަވާއިދުގެ 22 ވަނަ މާއްދާއާ ހިލާފުވުން؛
- މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތް މެދުވެރިވުން؛
(ނ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ހިދުމަތް ލިބޭ ފަރާތަށް ސީދާގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ ރީ ބްރޯޑްކާސްޓްކުރުމުގެ ލިބިފައިވާ ފަރާތުންނެވެ.
(ރ) ލައިސަންސް ލިބިފައިވާ ފަރާތުން އެދިގެން ލައިސަންސް ބާތިލުކުރާ ހާލަތުގައްޔާއި، މި މާއްދާގެ ދަށުން އެއްވެސް ލައިސަންސެއް ބާތިލުކުރެވޭ ހާލަތުގައި، ލައިސަންސް ބާތިލުކުރާ ދުވަހާ ހަމައަށް ދައްކަންޖެހޭ އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއްވާނަމަ އެ ފީއެއް ކޮމިށަނަށް ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ފީތަކުގެ ތެރެއިން މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ އަހަރީފީ ކޮމިށަނަށް ނަގަންވާނީ ލައިސަންސް ބާތިލުކުރުމަށް އެދި ކޮމިށަނަށް ހުށަހަޅާ ދުވަހާ ހަމައަށެވެ.
18 ވަނަ މާއްދާ - ލައިސަންސަށް ބަދަލު ގެނައުން
ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދަށް އަންނަ ބަދަލަކާ ގުޅިގެން ނުވަތަ ކޮމިށަނުން ކަނޑައަޅައިފައިވާ ސިޔާސަތަށް އަންނަ ބަދަލަކާ ގުޅިގެން ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - އަހަރީ ފީ
ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ދައްކަންޖެހޭ އަހަރީ ފީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ މާރިޗުމަހުގެ ނިޔަލަށް، ކޮމިށަނުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު ދައްކަންވާނެއެވެ.
20 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުން
ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިއްސާ ބަދަލުކޮށްފިނަމަ، އެ ބަދަލެއް ކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ ތަފުސީލު ،ކޮމިށަނަށް ލިޔުމުން އަންގަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެކަން އަންގައިފައިނުވާނަމަ ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ޗެނަލް ރައިޓްސް
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލެއް ފޮނުވަންވާނީ، ޗެނަލުގެ ވެރިފަރާތް ނުވަތަ ޗެނަލުގެ ވެރިފަރާތުން ޗެނަލުގެ ރައިޓްސް ދިނުމަށް އެކަށައަޅައިފައިވާ ފަރާތާއި ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.
(ށ) ކޮމިށަނަށް ހުށަހަޅާ ޗެނަލް ރައިޓްސް އެއްބަސްވުން ނުވަތަ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ޗެނަލް ނުވަތަ ޗެނަލްތަކުގެ ނަން
- އެއްބަސްވުން ނުވަތަ ލިޔުމުގެ މުއްދަތު
- ރައިޓްސް ދޭ ފަރާތް (ނަން، ވެބްސައިޓް އެޑްރެސް، އީ މެއިލް އެޑްރެސް، ކޮންޓެކްޓް ނަންބަރު)
- ރައިޓްސް ދޭ ފަރާތުގެ ރަޖިސްޓަރީ ނަންބަރު
- ރައިޓްސް ދެވިފައިވާ ފަރާތުގެ ނަން
- ދިވެހިރާއްޖެ ސަރަހައްދަށް ރީ ބްރޯޑްކާސްޓްކުރުމަށް ހުއްދަ ދީފައިވާކަން
- ރައިޓްސްގެ ބާވަތް
- ރައިޓްސް ދޫކޮށްފައިވަނީ ނޮން އެކްސްކްލޫސިވްކޮށްކަން
(ނ) ރައިޓްސް ހޯދަނީ ޑިސްޓްރިބިއުޓަރެއްގެ ފަރާތުން ކަމުގައިވާނަމަ، މި މާއްދާގެ (ށ) ގައިވާ މައުލޫމާތު ހިމެނޭހެން، ޗެނަލްގެ ވެރިފަރާތުން ޑިސްޓްރިބިއުޓަރަށް ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ރ) ޑިސްޓްރިބިއުށަން ރައިޓްސް އޮތް ފަރާތުން ހުއްދަ ދޭނަމަ، އެ ފަރާތަކީ ޗެނަލުގެ ވެރިފަރާތުން ޑިސްޓްރިބިއުޓިންގ ރައިޓްސް ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް، ރީ ބްރޯޑްކާސްޓްކުރި ފަރާތުން ކޮމިށަނަށް ހުށަހަޅަންޖެހޭނެއެވެ.
22 ވަނަ މާއްދާ - ހިދުމަތް ފެށުން
(ހ)ލައިސަންސް ލިބުމަށްފަހު ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މި ގަވާއިދު 34 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޕެކޭޖު ފާސްކުރުމަށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބުމަށްފަހު، އެ ލައިސަންސް ލިބުނު ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހިދުމަތް ފަށަންޖެހޭނެއެވެ. ލައިސަންސް ލިބޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ހިދުމަތް ފެށުމަށް ކަނޑައަޅާ މުއްދަތު 180 (ސަތޭކަ އަށްޑިހަ) ދުވަހަށް ވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން ކަނޑައެޅުމަށް ފަހު، ކޮމިށަނަށް ލިޔުމަކުން އަންގަންވާނެއެވެ.
23 ވަނަ މާއްދާ - ސްޓޭށަން އައިޑެންޓިފިކޭށަން
ލޯގޯ ނުވަތަ ސްޓޭށަން އައިޑެންޓިފިކޭށަން ހުރިހާ ވަގުތެއްގައިވެސް ވޯޓަރމާކެއްގެގޮތުގައި ސްކްރީނުން ފެންނަން ހުންނަންވާނެއެވެ. މި ވޯޓަރމާކު ހިމަނަންވަނީ، ބްރޯޑްކާސްޓްކުރާ ޗެނަލް އައިޑެންޓިފިކޭށަނާ ފުށުނާރާ ގޮތަށެވެ.
24 ވަނަ މާއްދާ - ހިދުމަތް މެދުކަނޑައިލުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލާނަމަ، އެ ކަމަށް ކަނޑައަޅައިފައިވާ ތާރީހުގެ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން، މެދުކަނޑައިލާ ސަބަބާއި، އަލުން ރީ ބްރޯޑްކާސްޓްކުރަން ފަށާނެ ތާރީހު ބަޔާންކޮށް، ލިޔުމަކުން ކޮމިށަނަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. އަދި މިގޮތަށް ވަގުތީގޮތުން މެދުކަނޑައިލާނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ކުރިން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
(ށ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއްގެ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން
އެއްވެސް ހިދުމަތެއް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ލިޔުމަކުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ހައްލުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވެންހުރި އެންމެހައި މަސައްކަތްތަކާއި ،ކޮމިށަނަށް ކުރެވިދާނެ އެހެނިހެން ކަންކަންވެސް މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުން ކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާ ފައިސާ ކޮމިށަނަށް ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް މެދުކަނޑައިލައިފައި ބޭއްވޭނީ، ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށެވެ. ހިދުމަތް މެދުކަނޑައިލުމަށްފަހު ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހިދުމަތް ފަށައިފައިނުވާނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ.
25 ވަނަ މާއްދާ - ޗެނަލް އުނިކުރުން
(ހ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނިކޮށްފިނަމަ، އެ އުނިކުރި ޗެނަލަކާބެހޭ މައުލޫމާތު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނިކޮށްފިނަމަ، ހިދުމަތް ލިބިގަންނަ ފަރާތާއި ހިދުމަތްދޭ ފަރާތާ ދެމެދު އެއްބަސްވެވޭ އަދުލުވެރި ބަދަލެއް ދޭންވާނެއެވެ.
26 ވަނަ މާއްދާ - ހިދުމަތް ހުއްޓައިލުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުންގެންދާ ހިދުމަތް ހުއްޓައިލާނަމަ، ހިދުމަތް ހުއްޓައިލަން ގަސްތުކުރާ ތާރީހުގެ 30 (ތިރީސް) ދުވަހުގެ ކުރިން ލިޔުމަކުން ކޮމިށަނަށް އެ ކަން އަންގަންވާނެއެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކަށްވެސް ، މި މުއްދަތުގެ ކުރިން އެކަން އަންގަންވާނެއެވެ.
(ށ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުންގެންދާ ހިދުމަތް ހުއްޓައިލާނަމަ، އެ ހިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތުގެ އަގު ނަގަންޖެހޭނީ ހިދުމަތް ހުއްޓައިލަން ކަނޑައަޅައިފައިވާ ތާރީހާ ހަމައަށެވެ.
(ނ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުންގެންދާ ހިދުމަތް ހުއްޓައިލާއިރު، ހިދުމަތް ހޯދަމުން ގެންދިޔަ ފަރާތްތަކުން މި މާއްދާގެ (ށ) ގައި ބަޔާންކުރާ ތާރީހަށްވުރެ އިތުރަށް ފީ ދައްކައިފައިވާނަމަ، އިތުރަށް ދައްކައިފައިވާ ފައިސާ، ހިދުމަތް ހުއްޓައިލާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ފަރާތްތަކާ އަނބުރާ ހަވާލުކުރަންވާނެއެވެ.
(ރ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ފީނަގައިފައިވާ ހިދުމަތެއް ނުފެށުމުގެ ސަބަބުން ނުވަތަ ދެމުން ގެންދިޔަ ހިދުމަތެއް ހުއްޓައިލުމުގެ ސަބަބުން ހިދުމަތް ހޯދަމުން ދިޔަ ފަރާތަކަށް ސީދާގޮތުން މާލީ ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ބަދަލު، ހިދުމަތް ފޯރުކޮށްދޭ ފަރާތުން ދޭން ޖެހޭނެއެވެ.
27 ވަނަ މާއްދާ - ދިވެހި ޗެނަލްތަކަށް އިސްކަން ދިނުން
(ހ) ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން "ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު" ހުރިހައި ޕެކޭޖެއްގައިވެސް ހިލޭ ހިމަނަންވާނެއެވެ. ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު، އެއް ޗެނަލަށްވުރެ ގިނައިން ބްރޯޑްކާސްޓްކުރާނަމަ، ހިމަނާނެ ޗެނަލެއް ކަނޑައަޅާނީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެވެ. އަދި ނެޓްވާރކުގެ ހިދުމަތުގެ ތެރެއިން މެދުކެނޑުމެއްނެތި މި ޗެނަލް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދޭންވާނެއެވެ.
(ށ) ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ ތެރެއިން މި ކޮމިށަނުން އެކުލަވައިލައިފައިވާ 'ޗެނަލް ރޭޓިންގ ލިސްޓް' ގެ ތަރުތީބުން މަދުވެގެން (ތިންބައި ކުޅަ އެއްބައި) ޗެނަލް އެއްވެސް އަގަކާ ނުލައި މުޅި ރާއްޖެއަށް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ނެޓްވާރކުގައި ހިމަނަން ވާނެއެވެ. (ތިންބައި ކުޅަ އެއްބައި) ކަނޑައެޅުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލް އިސްތިސްނާވާނެއެވެ. އަދި، މި މާއްދާއަށް އަމަލު ކުރުމުގައި މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް އިސްތިސްނާވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 'ޗެނަލް ރޭޓިންގ ލިސްޓު އެކުލަވައިލުމުގެ އުސޫލު' އެކުލަވައިލައި ށާއިއުކުރަންވާނެއެވެ. އަދި މި އުސޫލާ އެއްގޮތަށް އެކުލަވައިލާ ޗެނަލް ރޭޓިންގ ލިސްޓު ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ. އަދި މަދުވެގެން އަހަރަކު އެއް ފަހަރު ލިސްޓު މުރާޖައާކުރަންވާނެއެވެ.
(ރ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބްރޯޑްކާސްޓަރެއްގެ އަތުން އެއްވެސް ބާވަތެއްގެ ފީއެއް ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ނަގަންވާނީ ކޮމިށަނަށް ހުށަހަޅައި ފާސްކުރުމަށް ފަހުގައެވެ.
(ބ) މި ގަވާއިދުގެ 37 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ވަކި ފެންވަރެއްގެ ހިދުމަތެއްގެގޮތުގައި ދިނުމަށް ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން އެދިއްޖެނަމަ، އެ ފެންވަރުގެ ހިދުމަތެއްގެ ގޮތުގައި ރީ ބްރޯޑްކާސްޓްކުރެވޭ ބޭރުގެ ޗެނަލްތަކާ އެއް ހަމައެއްގައި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށްވެސް ފުރުސަތު ދޭންޖެހޭނެއެވެ.
28 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތާ ގުޅިގެން ށަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުމުގައި އަމަލުކުރާނީ، ކޮމިށަނުން ގާއިމުކޮށްފައިވާ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު" ގައި ކަނޑައަޅައިފައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާ ށަކުވާއަކީ އަސްލެއް ނެތި ހުށަހަޅައިފައިވާ ށަކުވާއެއް ކަމުގައި ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި މެނުވީ، އެފަދަ ކޮންމެ ށަކުވާއެއް ކޮމިށަނުން ބަލަންވާނެއެވެ.
(ނ) ރީ ބްރޯޑްކާސްޓަރަކާ ގުޅޭގޮތުން ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ށ) އާއި (ބ) އިން ލިބިދޭ ބާރުގެ ދަށުން، ކަމާ ގުޅުންހުރި މުއައްސަސާތަކުން މައުލޫމާތު ހޯދައި، ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކޮށް މައުލޫމާތު ހޯދިދާނެއެވެ.
29 ވަނަ މާއްދާ - ށަކުވާގެ ނިޒާމު
ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ މަރުކަޒުގައި، ށަކުވާއާއި މައްސަލަ ބަލައި، އެކަންކަން ރަނގަޅުކުރެވޭނެ ނިޒާމެއް، އެ ފަރާތަކުން ގާއިމުކުރަންވާނެއެވެ.
30 ވަނަ މާއްދާ - ކޮންޓެންޓަށް ޒިންމާވުން
ދިވެހިރާއްޖެއިން ބޭރުގެ ޗެނަލެއް ރީ ބްރޯޑްކާސްޓްކުރުމުގެ ސަބަބުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ނުވަތަ އެނޫންވެސް ގާނޫނަކާ ތައާރަޒުވާނަމަ، އެކަމުގެ ފުރިހަމަ ޒިންމާ އުފުލަންވާނީ، އެ ކޮންޓެންޓެއް ފޮނުވި ރީ ބްރޯޑްކާސްޓަރެކެވެ.
31 ވަނަ މާއްދާ - ކޮންޓެންޓަށް އުނިއިތުރު ގެނައުން
(ހ) ރީ ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ، މި ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ގިންތިކުރެވިފައިވާ ކޮންޓެންޓު ކަމުގައި ވާންވާނެއެވެ.
(ށ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލް ފޮނުވަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑަށް ފެއްތުމަށްޓަކައި އުނިކުރެވޭ އުނިކުރުމާއި، މި ގަވާއިދުގެ 30 ވަނަ މާއްދާއަށް ފެތޭގޮތަށް އުނިކުރެވޭ އުނިކުރުން ފިޔަވައި، އިތުރު އެއްވެސް ބަދަލެއްނުގެނެސް އެ ކޮންޓެންޓުގެ ފީޑް ލިބެމުންދާ ގޮތަށެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މިންގަނޑަށާއި، މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ނަމާދުވަގުތު ގެނެސްދިނުމާއި، މި ގަވާއިދުގެ 41 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޓެންޓް ފިޔަވައި، އެހެން އެއްވެސް ކޮންޓެންޓެއް ފޮނުވުމަކީމަނާކަމެކެވެ.
32 ވަނަ މާއްދާ - ނަމާދު ވަގުތު
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާ ވަގުތުތަކުގައި އަންނަ ނަމާދު ވަގުތުތައް އަންގައިދިނުމުގެގޮތުން، މަދުވެގެން 10 (ދިހައެއް) ސިކުންތު ވަންދެން ލިޔުންކޮޅެ އް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލު ކޮށްފައިނުވާނަމަ، އެ ރީ ބްރޯޑްކާސްޓަރަކާމެދު ،އަންނަނިވި އުސޫލުން ފިޔަވަޅު އެޅޭނެއެވެ.
- ފުރަތަމަ ފަހަރު ނަމަ، ނަސޭހަތްދިނުން؛
- (1) އެކެއް) ފަހަރަށްވުރެ ގިނަވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުން؛
33 ވަނަ މާއްދާ - ޗެނަލް ގިންތި ކުރުން
(ހ) ރީ ބްރޯޑްކަސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ރީ ބްރޯޑްކާސްޓްކުރާ ޗެނަލްތަކަކީ، ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ގިންތިކޮށް ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ޗެނަލްތަކެއްކަމުގައި ވާންވާނެއެވެ.
(ށ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ރީ ބްރޯޑްކާސްޓްކުރާ ޗެނަލްތައް ގިންތިކުރެވިފައިވާ ގޮތުގެ މައުލޫމާތު، ހިދުމަތް ލިބިގަންނަ ފަރާތަށް ފޯރުކޮށްދީ، ފަސޭހައިން އެ މައުލޫމާތު ލިބޭނެގޮތް، ރީ ބްރޯޑްކާސްޓްކުރާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޗެނަލްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ.
34 ވަނަ މާއްދާ - އަސާސީ ޕެކޭޖް
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގައި ތިރީގައި ބަޔާންކުރާގޮތަށް އަސާސީ ޕެކޭޖު ހިމަނަންވާނެއެވެ.
- މުޅި ރާއްޖެއަށް ރީ ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ނަގައިފައިވާ ފަރާތްތައް ނޫން އެހެން ފަރާތްތަކުގެ އަސާސީ ޕެކޭޖުގައި، މި ގަވާއިދުގެ 27 ވަނަ މާއްދާގެ(ހ) ބަޔާންކުރާ ޗެނަލްގެ އިތުރުން މަދުވެގެން 3) ތިނެއް) ޗެނަލް؛
- މުޅި ރާއްޖެއަށް ރީ ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ނަގައިފައިވާ ފަރާތްތަކުގެ އަސާސީ ޕެކޭޖުގައި، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޗެނަލްތަކުގެ އިތުރުން މަދުވެގެން 3 (ތިނެއް) ޗެނަލް؛
(ށ) އަސާސީ ޕެކޭޖުގެ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ޗެނަލްތަކާއި، ގަންނަން ލިބެން ހުންނަ އިތުރު ޗެނަލްތަކުގެ މައުލޫމާތު، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭނެފަދަ އިންތިޒާމު،ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
35 ވަނަ މާއްދާ - ޗެނަލް ޕެކޭޖް
(ހ) މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޕެކޭޖުގެ އިތުރުން، ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ރީ ބްރޯޑްކާސްޓްކުރާ ޗެނަލްތައް، ޕެކޭޖުގެގޮތުގައި ބައިކުރުމުގެ އިހްތިޔާރު، އެ ފަރާތްތަކަށް ލިބިގެންވެއެވެ. ޕެކޭޖް ނުހަދައި ހިދުމަތްދޭނަމަ ބެލޭނީ، އެ ފަރާތުން ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ދޫކުރާ ހުރިހާ ޗެނަލްތައް އެއްކޮށް އެއް ޕެކޭޖެއްގެ ގޮތުގައި ދެނީކަމުގައެވެ.
(ށ) އަސާސީ ޕެކޭޖާއި އެހެނިހެން ޕެކޭޖުތައް ފާސްކުރުމަށާއި، ޕެކޭޖްތަކުގައި ހިމަނައިފައިވާ ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުން ކޮމިށަނަށް އެ ކަން ހުށަހަޅައި، ލިޔުމުން ހުއްދަ ލިބިގެންނެވެ.
(ނ) ރީ ބްރޯޑްކާސްޓަރުގެ އިހްތިޔާރުން ބޭރުން ހިނގާ ކަމެއްގެ ސަބަބުން ޗެނަލެއް އުނިވެއްޖެނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުން އެކަން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ރ) ބޭސިކް ޕެކޭޖާއި އެހެނިހެން ޕެކޭޖްތަކުގައި ހިމަނާ ޗެނަލްތަކުގައި، މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ތައްޔާރުކޮށްފައިވާ ޗެނަލް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޗެނަލްގެ ވެރިފަރާތުން ނުވަތަ ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް ލިބިފައިވާ ފަރާތުން، އެ ޗެނަލެއް ރީ ބްރޯޑްކާސްޓްކުރުމުގެ ހައްގު ދީފައިވާކަމުގެ ލިޔުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޮމިށަނަށް އެންގުމަކާ ނުލައި ޕެކޭޖަށް އުނި އިތުރު ގެނެސްފިނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
36 ވަނަ މާއްދާ - ހިދުމަތުގެ ބާވަތްތަކާއި އަގު ފާސްކުރުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިދުމަތް ލިބިގަންނަ ފަރާތު ންއަގެއް ނަގަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ 'އަގު ފާސްކުރުމަށް ހުށަހަޅާ ފޯމު' މެދުވެރިކޮށް އެ އަގެއް ހުށަހަޅައި، އެ އަގު ކޮމިށަނުން ފާސްކުރުމަށް ފަހުގައެވެ.
(ށ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން އެހެން ފަރާތަކަށް ޗެނަލް ވިއްކާނަމަ، ޗެނަލް ވިއްކަންވާނީ، އެއް އުސޫލެއްގެ މަތިން، އެއް އަގަކަށެވެ.
(ނ) ރީ ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ދޭ ރީ ބްރޯޑްކާސްޓިންގއާ ގުޅޭ ހިދުމަތެއް ފިޔަވައި އެހެން އެއްވެސް ހިދުމަތެއް، ރީ ބްރޯޑްކާސްޓިންގގެ ހިދުމަތާ އެއްކޮށްގެން (ޕެކޭޖްކޮށްގެން) ދޭނަމަ، އެ ހިދުމަތެއް ދިނުމުގެ ކުރިން ކޮމިށަނަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
(ރ) މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަގު ފާސްކުރުމެއްނެތި ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް
ދީފިނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތަށް 'އަގު ފާސްކުރުމަށްޓަކައި އަމަލުކުރާނެ ގޮތުގެ އުސޫލު' އެއް ކޮމިށަނުން އެކުލަވައިލައި އާންމުކުރަންވާނެއެވެ. މި އުސޫލު އެކުލަވައިލުމުގައި ރީ ބްރޯޑްކާސްޓްކުރުމުގެ ސިނާއަތުގެ ވާދަވެރިކަން ހިފަހައްޓައި އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން ކަށަވަރުކޮށްދިނުމުގެ ގޮތުން އަމަލުކުރަންޖެހޭ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ޅ) އަގު ފާސްކޮށްދިނުމުގައި، ސިނާއަތުގެ ވާދަވެރިކަން ގެއްލޭގޮތަށް ޕްރޮމޯށަން ހިންގުމާއި ،ނަހަމަ ވިޔަފާރީގެ މުއާމަލާތްތަކަށް މަގުފަހިނުވާކަން ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ.
37 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު
(ހ)
- ކޮންވެންށަނަލް ރީ ބްރޯޑްކާސްޓިންގ ހިދުމަތްދޭ ފަރާތުން ފޮނުވާ އަޑާއި މަންޒަރުތައް ހުންނަންވާނީ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- ޑިޖިޓަލް ޓެރެސްޓޭރިއަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތުން ފޮނުވާ އަޑާއި، މަންޒަރާއި، އައު ޓެކްނޮލޮޖީ މެދުވެރިކޮށް ފޮނުވާ ކޮންޓެންޓް ނުވަތަ ސިގްނަލް ހުންނަންވާނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން، ސްޓޭންޑަޑް ޑެފިނިށަން ނުވަތަ ހައި ޑެފިނިށަން ނުވަތަ ކަނޑައަޅައިފައި ހުންނަ މި ނޫންވެސް އޯޑިއޯވިޒުއަލް ސްޓޭންޑަޑެއްގެ ހިދުމަތެއްގެ ގޮތުގައި ތަފާތު އަގެއް ނަގައިގެން ދޭ ހިދުމަތްތަކުގައި، އެ ހިދުމަތެއްގެ ފެންވަރު ހުންނަންވާނީ، ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން، މަންޒަރާއި އަޑުގެ ކޮލިޓީ ނުގެއްލޭގޮތަށެވެ.
(ނ) ޑިޖިޓަލް ޓެރެސްޓޭރިއަލް ލައިސަންސް ލިބިފައިވާ ރީ ބްރޯޑްކާސްޓަރަކު، ޗެނަލެއްގައި ހިމެނޭ ތަފާތު ވައްތަރުގެ ޕްރޮގްރާމްތަކަށް މަލްޓިޕްލެކްސިންގ އޮޕަރޭށަން ފުރިހަމަކޮށްފައިވާނަމަ ، އަންނަނިވި މިންގަނޑުތަކަށް އަމަލުކުރަންވާނެއެވެ.
- މަލްޓިޕްލެކްސް ކޮންފިގަރޭށަންގެ ގޮތުގައި ހިމެނޭ ހައި ޑެފިނީށަނާއި ސްޓޭންޑަޑް ޑެފިނީށަން ކޮންޓެންޓް ގެނެސްދޭންވާނީ، މަލްޓިޕްލެކްސިންގ އޮޕަރޭށަން ގައިޑްލައިނާއެއްގޮތަށް، ކޮމިޔުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ ޓެކްނިކަލް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މަލްޓިޕްލެކްސް ސިސްޓަމް ބަލަހައްޓަންވާނީ، ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓްކުރުމަށް ފްރީކުއެންސީ ލިބިފައިވާ ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓަރެވެ.
- މަލްޓިޕްލެކްސިންގ އޮޕަރޭށަން ފަށާނަމަ، ނުވަތަ ބަދަލެއް ގެންނަނަމަ،އެ ބަދަލެއް ގެނައުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން، ލައިސަންސް ލިބިފައިވާ ޑިޖިޓަލް ޓްރެސްޓީރިއަލް ރީ ބްރޯޑްކާސްޓަރު، ކޮމިށަނަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
- ޑިޖިޓަލް ޓެރެސްޓޭރިއަލް ލައިސަންސް ލިބިފައިވާ ރީ ބްރޯޑްކާސްޓަރު، ހައި ޑެފިނީށަން ނުވަތަ ސްޓޭންޑަޑް ޑެފިނީށަން ނުވަތަ ޑޭޓާ ކާސްޓިންގ ނުވަތަ ވަން ސެގްގެ ހިދުމަތްތައް ބްރޯޑްކާސްޓަރުންނަށް ދޭންވާނީ، އޭގެ މަންފާ ބެލުންތެރިންނަށް އޭގެ އެންމެ ފުޅާދާއިރާއެއްގައި ލިބޭނެ އުސޫލެއްގެ މަތިންނެވެ. މި ހިދުމަތް ދިނުމުގެ ކުރިން ،ހިދުމަތް ދިނުމަށް ކަނޑައަޅާ އުސޫލު ކޮމިށަނަށް ހުށަހަޅާ ފާސްކުރަންވާނެއެވެ.
(ރ) އީ.ޕީ.ޖީ އޮޕަރޭށަން ފުރިހަމަކޮށްފައިވާނަމަ، ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ ހުންނަންވާނީ ،ކޮމިޔުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓަރުގެ ޕްރޮގްރާމް ގައިޑުގައިވާމައުލޫމާތު އެކުލަވައިލައިފައި ހުންނަންވާނީ، ބްރޯޑްކާސްޓް ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކުގެ ޕްރޮގްރާމް ގައިޑާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިން،މި ޕްރޮގްރާމް ގައިޑަކީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ޕްރޮޕޯޒަލުގައި ބަޔާންކޮށްފައިވާ ވަސީލަތްތައް މެދުވެރިކޮށް އެކުލަވައިލައިފައިވާ ގައިޑަކަށް ވާންވާނެއެވެ.
(ބ) "އާރލީ ވޯނިންގ ބްރޯޑްކާސްޓިންގ ސިސްޓަމް" އެއް ޑިޖިޓަލް ޓެރެސްޓީރިއަލް ލައިސަންސް ލިބިފައިވާ ރީ ބްރޯޑްކާސްޓަރަކު ގާއިމުކުރާނަމަ، އެ ސިސްޓަމެއް ހުންނަންވާނީ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެ ވަގުތަކު ބްރޯޑްކާސްޓް ކުރަމުންދާ ކޮންޓެންޓެއް"އާރލީ ވޯނިންގ ބްރޯޑްކާސްޓިންގ ސިސްޓަމް" މެދުވެރިކޮށް ފޮނުވާ ކޮންޓެންޓަށް ބަދަލުކުރެވޭ ގޮތަށެވެ.
(ޅ) "އާރލީ ވޯނިންގ ބްރޯޑްކާސްޓިންގ ސިސްޓަމް" ބޭނުންކުރަން ފެށުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން، އެކަމުގެ ހުއްދައަށް އެދި ކޮމިށަނަށް ލިޔުމުން ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.
(ކ) ފޮނުވާ މަންޒަރުތަކާއި އެ މަންޒަރުތަކާ ގުޅޭ އަޑުތައް ހުންނަންވާނީ، އަޑާއި މަންޒަރު ދިމާވާގޮތަށް ނުވަތަ ސިންކްރޮނައިޒްވެފައެވެ.
38 ވަނަ މާއްދާ - ޖޫރިމަނާ ކުރުން
މި ގަވާއިދުގެ ޖަދުވަލުގެ 2 ގައިވާ އަމަލެއް ކޮށްފިނަމަ، އެ ޖަދުވަލުގައިވާ ގޮތުގެމަތިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
39 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތްތަކެއް އެއްކޮށްލުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކެއް އެއް ލައިސަންސެއްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް އެދޭނަމަ، އެއް ލައިސަންސަކަށް ބަދަލުކުރެވޭނީ، އެކަމަށް އެދި ކޮމިށަނަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް އެ ހުރިހާ ފަރާތެއްގެ ކިބައިގައިވެސް ފުރިހަމަވާނަމަ، ކޮމިށަނުން ހުއްދަ ދޫކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) ގެ މަގްސަދު ދެމެހެއްޓުމަށްޓަކައި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ލިބިފައިވާ ފަރާތްތައް އިސްތިސްނާވާނެއެވެ.
40 ވަނަ މާއްދާ - ލައިސަންސް ބަދަލުކުރުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން އެހެން ފަރާތަކަށް އެ ލައިސަންސް ބަދަލުކުރަން ބޭނުންވެއްޖެނަމަ، ބަދަލުކުރެވޭ ލައިސަންސް ލިބޭ ފަރާތަކީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ. އަދި، އެކަން ކުރަންވާނީ އަންނަނިވި ލިޔުންތައް ކޮމިށަނަށް ހުށަހަޅައިގެންނެވެ.
- އެ ހިދުމަތް ބަދަލުކުރަން ނިންމިކަން އެނގޭނެ ލައިސަންސް ލިބިފައިވާ ފަރާތުގެ ބޯޑު ރިޒޮލިއުށަނެއް ނުވަތަ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ގަރާރެއް؛
- ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބަދަލުކުރަން ބޭނުންވާ ފަރާތަށް މި ހިދުމަތް ދިނުމަށްޓަކައި ދޫކޮށްފައިވާ ލައިސަންސާ ގުޅޭ އެންމެހައި ލިޔުންތައް؛
- ބަދަލުކުރެވޭ ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި ކޮމިށަނަށް މުއާމަލާތްކުރާނެ ފަރާތެއް ކަނޑައަޅައި، އެ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
(ށ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބަދަލު ކުރާއިރު، ކުރިން ދޫކޮށްފައިވާ ލައިސަންސާ ގުޅޭ ހުރިހާ ލިޔުންތައް، ފަހުން ހަވާލުވާ ފަރާތުގެ ނަމަށް ކޮމިށަނުން ބަދަލުކުރަންވާނެއެވެ.
(ނ) ލައިސަންސް ބަދަލުކޮށްދިނުމަށްފަހު، ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ލައިސަންސް ބަދަލުކުރަން އެދުނު ފަރާތުން، ކުރިން ވެފައިވާ އެއްބަސްވުންތަކާއި އެ ފަދަ އެހެން މުއާމަލާތްތައް، ލައިސަންސް ބަދަލުވި ފަރާތުގެ ނަމަށް ބަދަލުކޮށް ނިންމުމަށްފަހު ،ކޮމިށަނަށް ހުށަހަޅަންޖެހޭ ލިޔުންތައް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
41 ވަނަ މާއްދާ - ކުއްލި ހާލަތު އިއުލާން ކުރުން
(ހ) ގުދުރަތީ ކާރިސާއެއް ނުވަތަ ހަނގުރާމައެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކައުވެދާނެ ފަދަ ކަމެއް ކުރިމަތިވެގެން ނުވަތަ އެ ނޫންވެސް ކުއްލި ހާލަތެއް މެދުވެރިވެގެން އެކަން ސަރުކާރުން އިއުލާންކޮށްފިނަމަ، އެ އިރަކު ފޮނުވަމުންދާ ހުރިހާ ޗެނަލަކުންވެސް، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ކޮންޓެންޓް، ވީ އެންމެ އަވަހަކަށް ރީބްރޯޑްކާސްޓްކުރަން ފަށަންވާނެއެވެ.(ށ) މި މާއްދާގެ (ހ) ގައިވާ ކޮންޓެންޓް ރީ ބްރޯޑްކާސްޓްކުރަންވާނީ، އެ ފަދަ ހާލަތެއް މެދުވެރިވެއްޖެކަން ސަރުކާރުން އިއުލާންކުރާ ވަގުތުން ފެށިގެން، މަދުވެގެން 6 (ހައެއް) ގަޑިއިރު ވަންދެން، ކޮންމެ 15 (ފަނަރަ) މިނެޓަކުން 1 (އެކެއް) ފަހަރު މަދުވެގެން 5 (ފަހެއް) ސިކުންތު ވަންދެންނެވެ.
42 ވަނަ މާއްދާ - ހާއްސަ ށައުގެއް ހިމެނޭ އިވެންޓ
(ހ) ދިވެހި ރައްޔިތުންގެ ހާއްސަ ށައުގެއް ހިމެނޭ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެއްވެސް ރީ ބްރޯޑްކާސްޓަރެއް ހޯދައިފިނަމަ، ގާނޫނުން ކަނޑައަޅައިފައިވާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް، އެ ލިސްޓެޑް އިވެންޓް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެ ރީ ބްރޯޑްކާސްޓަރަކު އަގަކާނުލައި ފޯރުކޮށްދޭންވާނެއެވެ. ނަމަވެސް، ބްރޯޑްކާސްޓްކުރުން ފިޔަވައި ސްޕޮންސަރށިޕް ހޯދުމާއި، ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ބޭނުންކޮށްގެން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު އެއްވެސް ސިފައެއްގައި ވިޔަފާރިއެއް ކުރަންވާނީ، ލައިސަންސް ލިބިފައިވާ ފަރާތަކަށް އެފަދަކަމެއް ކޮށްގެން ހޯދޭ ޖުމްލަ އާމްދަނީ %50 (ފަންސަސް އިންސައްތަ) އަށް ވުރެ މަދު ނޫން ނިސްބަތަކުން ލައިސަންސް ލިބިފައިވަ ފަރާތާ ހިއްސާކުރެވޭ ގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އެކަންޏެވެ.
(ށ) އެއްވެސް ހާލެއްގައި، ލިސްޓެޑް އިވެންޓެއް ފޯރުކޮށްދިނުމުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މަހްރޫމްވާނޭ ފަދަ ގޮތަކަށް ނުވަތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ ޒަރީއާއިން ނުގެނެސްދެވޭފަދަ ގޮތަކަށް، ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ވަކި ހައްގުތަކެއް ރީ ބްރޯޑްކާސްޓަރު ހޯދުމަކީ މަނާކަމެކެވެ.
(ނ) ލިސްޓެޑް އިވެންޓެއް ފޯރުކޮށްދިނުމަށް ހިދުމަތް ލިބިގަންނަ ފަރާތުން ރީ ބްރޯޑްކާސްޓަރު ހާއްސަ އަގެއް ނަގައިގެން ނުވާނެއެވެ.
(ރ) ދިވެހިރާއްޖޭގައި ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓް ކުރެވޭނީ، މި ގަވާއިދުގައިވާ ގޮތުގެމަތިންކަން، އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު ވިއްކާ ފަރާތަށް ސާފުކޮށްދިނުމާއި ، ވިއްކާ ފަރާތާއެކު ކަމާ ގުޅޭގޮތުން ސޮއިކުރާ ކޮންޓްރެކްޓް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވައިލުމަކީ އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު ހޯދާ ރީ ބްރޯޑްކާސްޓަރެއްގެ ޒިންމާއެކެވެ.
43 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ކޮންމެ އަހަރެއްގެ 15 ޖުލައިގެ ނިޔަލަށް، އެ ފަރާތަކުން ފޯރުކޮށްދޭ ހިދުމަތާބެހޭ އަހަރީ ރިޕޯޓު އަންނަނިވި ބައިތައް ހިމެނޭނެހެން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން އޮޑިޓްކޮށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅާ މާލީ ބަޔާން؛
- މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ފޯމު ފުރިހަމަކޮށް ހުށަހެޅުން؛
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައިނުވާނަމަ، މިގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.
44 ވަނަ މާއްދާ - މިހާރު ހިދުމަތްދޭ ފަރާތްތައް
މި ގަވާއިދުގައި ވަކި މުއްދަތެއްގައި ކުރުމަށް ކަނޑައަޅައިފައިވާ ކަންތައްތައް ފިޔަވައި އެހެނިހެން ކަންކަން، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަންވާނެއެވެ.
45 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުންރީ ބްރޯޑްކާސްޓްކުރާ ކޮންޓެންޓެއް، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި މި ގަވާއިދާ ހިލާފުވެފައިވާކަމަށް ކޮމިށަނުން ނިންމައިފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތިރީގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅޭނެއެވެ.
- ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތްދިނުން؛
- މާފަށް އެދި ބަޔާނެއް ށާއިއުކުރަން އެންގުން؛
- އެއް ބާވަތެއްގެ ކުށެއް ކުރާ ދެވަނަފަހަރު، ކުށް ތަކުރާރުވިޔަ ނުދިނުމުގެގޮތުން ކުރަންޖެހޭ ކަންކަން އެންގުން؛
- އެއް ބާވަތެއްގެ ކުށެއް ތިންވަނަފަހަރު ތަކުރާރުކޮށްފިނަމަ، އިންޒާރުދިނުން؛
- ލައިސަންސް ދިނުމުގެ ށަރުތަކާ ދެފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ހިލާފުވެއްޖެނަމަ ، ވޭތުވެދިޔަ އަހަރު އެ ފަރާތަށް ލިބުނު އާމްދަނީގެ %2 (ދޭއް އިންސައްތަ) އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން؛
- ލައިސަންސް ހިފެހެއްޓުން؛
- ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުން؛
(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި ވީނަމަވެސް، ލައިސަންސްގެ ށަރުތަކާ ހިލާފުވެއްޖެކަމަށް ކޮމިށަނުން ކަނޑައަޅާ ހާލަތުގައި ފިޔަވަޅު އަޅަންވާނީ، މި ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން އެކުލަވައިލައި ށާއިއުކުރެވޭ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު" ގައި ބަޔާންކުރާ އިޖްރާއަތުތައް ފުރިހަމަކުރުމަށްފަހު،މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރާ ޖޫރިމަނާ ފީގެ ތާވަލާ އެއްގޮތަށެވެ.
(ނ) ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ލައިސަންސް ނެތި ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިންކަން ކޮމިށަނުގެ ތަހްގީގަށް ސާބިތުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރާ ޖޫރިމަނާ ފީގެ ތާވަލާ އެއްގޮތަށް ފިޔަވަޅު އަޅަންވާނެއެވެ.
46 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 5 ފެބުރުވަރީ 2019 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ، ނަންބަރު 179/2019 (ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އާއި، އެ ގަވާއިދުގެ އެންމެހައި އިސްލާހުތައްބާތިލުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ކޮމިށަނުން ލައިސަންސް ދޫކޮށްފައިވާ ރީ ބްރޯޑްކާސްޓަރުން، މި ގަވާއިދުގެ ދަށުން އަލަށް ކުރުމަށް ލާޒިމުކުރާ ތިރީގައިވާ އެންމެހައި ކަންކަން، މި ގަވާއިދު ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެއެވެ.
- މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ 2 ގެ (ބ) ގައި ބަޔާންކޮށްފައިވާ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން؛
- މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ނަންބަރުގައި ބަޔާންކޮށްފައިވާ ޗެނަލްތައް ރީ ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގެ ލިޔުން؛
- މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 'މުއާމަލާތްކުރާނެ އިސްފަރާތުގެ މައުލޫމާތު' ފޯމު؛
- މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއާމަލާތްކުރުމަށް ލައިސަންސް ލިބޭ ފަރާތުން ކަނޑައަޅައިފައިވާ ފަރާތް 14 (ސާދަ) ދުވަހަށްވުރެ ދިގުމުއްދަތަކަށް ދިވެހިރާއްޖެއިން ބޭރަށްދާނަމަ، ނުވަތަ އެ ފަރާތާ ގުޅޭ ނަންބަރު ބަދަލުވެއްޖެނަމަ، ކޮމިށަނަށް ލިޔުމުން އެންގުން.
- މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރީ ބްރޯޑްކާސްޓު ގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިއްސާ ބަދަލުކޮށްފައިވާނަމަ ، އެ ބަދަލެއްގެ ތަފުސީލު ކޮމިށަނަށް ލިޔުމުން އެންގުން؛
- މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންވެންށަނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނިކޮށްފައިވާނަމަ، އެ އުނިކުރި ޗެނަލަކާބެހޭ މައުލޫމާތު ކޮމިށަނަށް ހުށަހެޅުން؛
- މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭސިކްޕެކޭޖާއި އެހެނިހެން ޕެކޭޖްތަކުގައި ހިމަނާ ޗެނަލްތަކުގައި، ޗެނަލްގެ ވެރިފަރާތުން ނުވަތަ ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް ލިބިފައިވާ ފަރާތުން، އެ ޗެނަލެއް ރީ ބްރޯޑްކާސްޓްކުރުމުގެ ހައްގު ދީފައިވާކަމުގެ ލިޔުން ކޮމިށަނަށް ހުށަހެޅުން؛
(ނ) މި ގަވާއިދުގެ ދަށުން ށާއިއުކުރަން ކޮމިށަނުގެ މައްޗަށް ލާޒިމުވާ ތިރީގައިވާ އެންމެހައި އުސޫލުތައް، މި ގަވާއިދު ގެޒެޓުގައި ށާއިއުކުރާ ތާރީހުންފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެކުލަވައިލައި ށާއިއުކުރަންވާނެއެވެ.
- މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 'ޗެނަލް ރޭޓިންގ ލިސްޓުއެކުލަވައިލުމުގެ އުސޫލު'
- މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ "ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު"
- މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު"
- މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ "ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތަށް އަގު ފާސްކުރުމަށްޓަކައި އަމަލުކުރާނެ ގޮތުގެ އުސޫލު"
47 ވަނަ މާއްދާ - ލަފުޒުތަކާއި އޭގެ މާނަ
(ހ) މި ގަވާއިދަށް އަމަލުކުރުމުގައްޔާއި މި ގަވާއިދުގެ މާއްދާތައް މާނަކުރަންވާނީ، މި ގަވާއިދުގެ މަގްސަދު ހާސިލުވާ ގޮތަށެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކުގެ މާނަ ކުރާނީ ތިރީގައިއެވާ ގޮތަށެވެ.
- "ރީ ބްރޯޑްކާސްޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން އެ ހިދުމަތް ޑިޖިޓަލް ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގ ނުވަތަ މިހާރުވެސް ފޯރުކޮށްދޭ އެހެނިހެން ޓެކްނޮލޮޖީ (ކޮންވެންށަނަލް) ގެ ތެރެއިން އެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށެވެ.
- ".ކޮންވެންށަނަލް ރީ ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ފިޔަވައި، އެހެން އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ރީ ބްރޯޑްކާސްޓްކުރުމަށެވެ.
- "ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ބޭނުންކޮށްގެން އަދި ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ކަނޑައަޅައިފައިވާ ޑިޖިޓަލް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ރީ ބްރޯޑްކާސްޓްކުރުމަށެވެ.
- "ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ހިދުމަތް ދިނުމަށް ގާނޫނަކުން ކަނޑައަޅައިފައިވާ ފަރާތަކަށެވެ.
- "ހިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ހިދުމަތް ލިބިގަންނަ ކޮންމެ ފަރާތަކަށެވެ.
- "ރީ ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެހެން ބައެއްގެ ކޮންޓެންޓެއް، މި ގަވާއިދު ހުއްދަ ކުރެވިގެންވާގޮތް ފިޔަވައި، އެހެން އެއްވެސް އުނި އިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.
- "ފްރީކުއެންސީ" ކަމަށް ބުނެފައި އެވަނީ، ވަޔަރލެސްކޮށް ބްރޯޑްކާސްޓްކުރުމަށް ބޭނުންކުރާ ވަސީލަތަކަށެވެ.
- "ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތުން ފޮނުވާ ފަރާތްތަކަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ޕްރޮގްރާމްތަކުގެ މަންޒަރާއި އަޑަށެވެ.
- "ވަސީލަތް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓް ސިގުނަލް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެހައި އާލާތްތަކަށެވެ.
- "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނަށެވެ.
- "ޗެނަލް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ވަކި ޗެނަލެއް ދެއްކުމަށް ކޮމިށަނުން ދޫކުރާ ހުއްދައަށެވެ.
- "ޗެނަލް ޕެކޭޖް" ކަމަށް ބުނެފައި އެވަނީ، ތަފާތު ޗެނަލްތަކެއް އެއްކޮށްގެން ލިސްޓުކޮށް ،ވަކި ނަމެއްގެ ދަށުން އެއް އަގަކަށް ދޫކުރާ ޕެކޭޖަކަށެވެ.
- "ޗެނަލް" ކަމަށް ބުނެފައި އެވަނީ، ވަކި ސްޓޭށަނެއްގެ އައިޑެންޓިފިކޭށަންގެ ދަށުން ފޮނުވޭ ކޮންޓެންޓަށެވެ.
- "ނެޓްވާރކް" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދޭ ފަރާތްތަކުގެ މުޅި ވިއުގައަށެވެ.
- "ރޭޓިންގ" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ބަލައި، ކަނޑައަޅައި މިންކުރުމުގެ ތަރުތީބަށެވެ.
- "ޗެނަލް ރޭޓިންގ ލިސްޓު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ބަލައި، ކަނޑައަޅައި ތަރުތީބުކޮށް އާންމުކުރާ ލިސްޓަށެވެ.
- "ސެންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ފޮނުވާ އަޑު ނުވަތަ މަންޒަރު ކަނޑައިލުމަށްޓަކައި، މި ގަވާއިދުގައި ހުއްދަކުރެވިފައިވާ އުނިއިތުރު ގެނައުމަށެވެ.
- "ދިވެހި ޗެނަލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޗެނަލްތަކަށެވެ.
- "ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ކޮމިށަނުން ދޫކުރާ ލައިސަންސަށެވެ.
- "ޓެކްނޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގައި ބޭނުންކު ރެވޭ އެންމެހައި ޓެކްނޮލޮޖީއަށެވެ.
- "އެކްސްކުލޫސިވިޓީ" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތަކުން ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބާރަށެވެ.
- "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޓީ/ ރަށް ނުވަތަ އެ ސިޓީ/ އެ ރަށެއްގެ އަވަށަކަށެވެ.
- "ޕްލޭން" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް އެކަށައަޅައިފައިވާ ނެޓްވާރކް ކުރެހުމަށެވެ.
- "ޓޫރިސްޓް ރިސޯޓް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިސޯޓާއި އަދި ޓޫރިސްޓް ހޮޓަލުގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.
- "މަލްޓިޕްލެކްސިންގ އޮޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކުން ފޮނުވާ ކޮންޓެންޓް، އެއްކޮށް އެއް ސްޓްރީމެއްގެ ގޮތުގައި، އެއް ޗެނަލެއް މެދުވެރިކޮށް ފޮނުވުމަށެވެ.
- "ސްޓޭންޑަޑް ޑެފިނީށަން (އެސް.ޑީ)" ކަމަށް ބުނެފައި އެވަނީ، އެ ކޮންޓެންޓުގައި ދައްކާ މަންޒަރު އެނެލޮގް ބްރޯޑްކާސްޓިންގ ހިދުމަތާ އެއްގޮތަށް، ކޮންޓެންޓުގެ ކޮލިޓީއާއި ފޮޓޯ ކޮލިޓީ ހުންނަ މިންގަނޑަށެވެ.
- "ހައި ޑެފިނިށަން (އެޗް.ޑީ)" ކަމަށް ބުނެފައި އެވަނީ، އެ ކޮންޓެންޓުގައި ދައްކާ މަންޒަރުގެ ފެންވަރަކީ ސްޓޭންޑަޑް ޑެފިނީށަންގެ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި ހުންނަ މިންގަނޑަށެވެ.
- "ޑޭޓާ ކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޖިޓަލް ޓެލެވިޒަން ސިސްޓަމް މެދުވެރިކޮށް ޓެކްސްޓާއި ގްރެފިކްސް ފޮނުވުމަށެވެ.
- "ވަން ސެގް ބްރޯޑްކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، އިންޓަރގްރޭޓެޑް ސަރވިސް ޑިޖިޓަލް ބްރޯޑްކާސްޓިންގ ޓެކްނޮލޮޖީ (އައި.އެސް.ޑީ.ބީ.ޓީ) ގެ ސިގްނަލްގައި ބޭނުންކުރާ ސެގްމަންޓްތަކުގެ ތެރެއިން މޮބައިލް ފޯނަށް ލިބޭގޮތަށް ފަރުމާކޮށްފައިވާ ސެގްމަންޓަށެވެ.
- "އިލެކްޓްރޯނިކް ޕްރޮގްރާމް ގައިޑު (އީ.ޕީ.ޖީ)" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓުގެ މައުލޫމާތު ހޯދުމަށާއި، ކޮންޓެންޓް ރިކޯޑުކުރުމަށް ބޭނުންކުރެވޭނެ ޓީވީ ޕްރޮގްރާމް ށެޑިއުލް ދައްކުވައިދޭ އިލެކްޓްރޯނިކް ޕްރޮގްރާމް ގައިޑަށެވެ.
- "ޗެނަލް ރައިޓްސް" ކަމަށް ބުނެފައިއެވަނީ، ޗެނަލްގެ ވެރިފަރާތުން ޗެނަލް ރީބްރޯޑްކާސްޓްކުރުމަށް ދޭ ހުއްދައަށެވެ.
- "ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް" ކަމަށް ބުނެފައި އެވަނީ، ޗެނަލްގެ ވެރިފަރާތް ފިޔަވައި، އެހެން ފަރާތަކުން ޗެނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހައްގަށެވެ.
- "ލިސްޓަޑް އިވެންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންގެ ހާއްސަ ށައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި، އެފަދަ ކުޅިވަރު މުބާރާތްތަކާއި، ހަރާކާތްތަކަށެވެ.
- "ރަސްމީކޮށް ރީ ބްރޯޑްކާސްޓްކުރަން ފެށުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ދޫކުރާ ރީ ބްރޯޑްކާސްޓްކުރާ ލައިސަންސެއް ލިބިގެން، ކޮމިށަނުން ފާސްކޮށްދީފައިވާ ޕެކޭޖެއްގެ ހިދުމަތްދޭން ފެށުމަށެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
ޖަދުވަލު 1: ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ފީ
ޖަދުވަލު 2: ޖޫރިމަނާ ފީގެ ތާވަލު
ޖަދުވަލު 3: ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު
ޖަދުވަލު 4: މުއާމަލާތްކުރާނެ އިސްފަރާތުގެ މައުލޫމާތު
ޖަދުވަލު 5: އަގު ފާސްކުރުމަށް އެދޭ ފޯމު
ޖަދުވަލު 6: ކުއްލި ހާލަތު އިއުލާންކުރުން
ޖަދުވަލު 7: އަހަރީ ރިޕޯޓު
މައި ގަވާއިދު
ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު