-

ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-168)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ނޮވެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2022-01 (ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.

ހިދުމަތް ދިނުމުގެ ލައިސަންސް 5.

(ހ) އަމިއްލަ ބޭނުމަށް ފިޔަވައި، ދިވެހިރާއްޖޭގައި އެއްވެސް ތަނެއްގައި ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، އެކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ކޮމިށަނުން ދޫކުރާ "ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ލިބިގެން ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއް މެދުވެރިކޮށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް، އެ އަކުރަކީ އެ މާއްދާގެ (ށ) ގެ ގޮތުގައި ހަމަޖައްސައި، އެ އަކުރުން ފެށިގެން ތިރިއަށް ތަރުތީބުވެގެން އަންނަ އަކުރުތައް ތާނަ އަކުރުން ތަރުތީބުކުރުމަށް.

ހިދުމަތް ދިނުމުގެ ލައިސަންސް 5.

(ށ) މި މާއްދާގެ (ހ) ގައި އަމިއްލަ ބޭނުމަށް ކަމުގައި ބަޔާންކޮށްފައި އެވަނީ، ގޭބިސީ އެއްގައި މިފަދަ ހިދުމަތެއް ބޭނުންކުރުމަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަށް ތިރީގައިމިވާ ގޮތަށް ނަންބަރެއް އިތުރުކުރުން.

ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ށަރުތުތައް 8.

(ހ) (6) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އެއް ކަމުގައި ނުވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ބ) ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.

ލައިސަންސް ފީ 14.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުނ،ް ކޮންމެ މީލާދީ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް އެ އަހަރެއްގެ އަހަރީ ފީ ދައްކައިފައި ނުވާނަމ،ަ މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ. މި ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނ، އެ ފަރާތުގެ ލައިސަންސްގެ މުއްދަތު ހަމަވުމާ ހަމަޔަށް ކޮންމެ އަހަރަކަށް ވަކިންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ޅ) އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.

ލައިސަންސް އައު ކުރުން 15.

(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އައުކުރުމަށް ބޭނުންވާނަމ،ަދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިނ،ް ލައިސަންސް އައުކުރުމަށް މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު" އިން ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، މި އަކުރަށް (3) ވަނަ ނަންބަރު އިތުރުކުރުން.

ލައިސަންސް އައު ކުރުން 15.

(ށ) ލައިސަންސް އައުކޮށްދޭއިރ،ު މި ގަވާއިދުގެ 8 ވަނަ މާއްދާގައި ހިމެނޭ ށަރުތުތައް ފުރިހަމަވޭތޯ ކަށަވަރުކުރުމާއެކު، ތިރީގައިވާ ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ.

  1. ކޮމިށަނަށް ދައްކަންޖެހޭ ފީ އެއް ނުވަތަ ޖޫރިމަނާއެއް ދައްކަން އޮތް ފަރާތެއްކަމުގައި ނުވުން؛
  2. ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކ،ާ ލައިސަންސްގެ މުއްދަތުގެ ތެރޭގައި ހިލާފުވެފައިވާފަރާތެއްކަމުގައި ނުވުން؛
  3. ލައިސަންސްގައި ކަނޑައަޅައިފައިވާ ސަރަހައްދުގެ މަދުވެގެން %80 (އަށްޑިހަ އިންސައްތަ) އަށް، ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައި ވުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލައިސަންސް އައު ކުރުން 15.

(ނ) މި މާއްދާގެ ދަށުން އައުކުރުމަށް ހުށަހަޅާ ލައިސަންސް އައުކުރުމަށް ނިންމުމުނ،ް މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ އަހަރީ ފީ، ލައިސަންސް މުއްދަތު ހަމަވާ ދުވަހުން ފެށިގެން އެ އަހަރުގެ ބާކ އޮތް މުއްދަތަށް ދައްކަންވާނެއެވެ. އަދި އެ ފީ ދެއްކުމަށް ކޮމިށަނުން މުއްދަތެއް ދޭންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ ދަށުން ކޮމިށަނުން ދޭ މުއްދަތުގެ ތެރޭގައި ފީ ދައްކައިފައި ނުވާނަމ،ަ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން ބާތިލުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ބ) އާއި، (ޅ) އާއި، (ކ) އުނިކުރުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން.

ލައިސަންސް ބާތިލުކުރުން 17.

(ހ) (6) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަހަރީ ފީ، ޖެހިޖެހިގެން 2 (ދޭޢް) އަހަރުދުވަހު ދައްކައިފައިނުވުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހްކުރުން.

ޗެނަލް ރައިޓްސް 21.

(ހ) ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ތެރެއިން އެއްވެސް ޗެނަލެއް ފޮނުވަންވާނީ، ޗެނަލުގެ ވެރިފަރާތް ނުވަތަ ޗެނަލުގެ ވެރިފަރާތުން ޗެނަލުގެ ރައިޓްސް ދިނުމަށް އެކަށައަޅައިފައިވާ ފަރާތާއި ރީ ބްރޯޑްކާސްޓްކުރާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.

 

13 ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިވެހި ޗެނަލްތަކަށް އިސްކަން ދިނުން 27.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޗެނަލް ރޭޓިންގ ލިސްޓު އެކުލަވައިލުމުގެ އުސޫލު" އެކުލަވައިލައި، އެ އުސޫލު ށާއިއު ކުރަންވާނެއެވެ. އަދި މި އުސޫލާ އެއްގޮތަށް އެކުލަވައިލާ ޗެނަލް ރޭޓިންގ ލިސްޓު، ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އާންމު ކުރަންވާނެއެވެ. އަދި މަދުވެގެން 2 (ދޭޢް) އަހަރުން 1 (އެކެއް) އަހަރ،ުއެ ލިސްޓު މުރާޖާ ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ފީ

ކޮންވެންށަނަލް ރީ ބްރޯޑްކާސްޓް

ރަޖިސްޓްރޭށަން ފީ

1،000 (އެއްހާސް ރުފިޔާ)

އަހަރީ ފީގެ ތާވަލު

ނަންބަރު އާބާދީ އަހަރީ ފީ
1 1 - 1000 500 (ފައްސަތޭކަ) ރުފިޔާ
2 1001 - 5000 3،500 (ތިންހާސް ފަސްސަތޭކަ) ރުފިޔާ
3 5001 - 20000 9،000 (ނުވަހާސް) ރުފިޔާ
4 2001 އިން މަތި 20،000 (ވިހިހާސް) ރުފިޔާ
5 މާލެ ސިޓީ 150،000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ
6 ދިވެހިރާއްޖޭގެ ސަރަހައްދު 200،000 (ދެލައްކަ) ރުފިޔާ

ނަންބަރު

ކޮޓަރި

އަހަރީ ފީ

7 1 - 200 ކޮޓަރިއާ ދެމެދު 6،000 (ހަހާސް) ރުފިޔާ
8 ޓޫރިސްޓް ރިޒޯޓު 201 - 300 ކޮޓަރިއާ ދެމެދު 9،000 (ނުވަހާސް) ރުފިޔާ
9 ޓޫރިސްޓް ރިޒޯޓު 301 - 500 ކޮޓަރިއާ ދެމެދު 12،000 (ބާރަހާސް) ރުފިޔާ
10 ޓޫރިސްޓް ރިޒޯޓު 5001 އިން މަތި 15،000 (ފަނަރަހާސް) ރުފިޔާ

ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓިންގ ފީ

ރަޖިސްޓްރޭށަން ފީ

1،000 (އެއްހާސް ރުފިޔާ)
1. ދިވެހިރާއްޖޭގެ ސަރަހައްދު 75،0000 (ހަތްދިހަ ފަސްހާސް) ރުފިޔާ
މި ފީ ތާވަލުގައި ހިމަނައިފައި ނުވާ ތަނެއްގައި ދެވޭ ހިދުމަތެއްނަމ،ަ މި ފީ ތާވަލު އަސްލަކަށް ބަލައިގެން އަދި އެ ތަނެއްގައި ހިދުމަތް ފޯރުކޮށްދޭ ގޮތަކަށް ބަލައިގެނ،ް އެ ތަނަކަށް ދައްކަންޖެހޭ ފީ ކަނޑައެޅުމުގެ އިހްތިޔާރ،ު ކޮމިށަނަށް ލިބިގެންވެއެވ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކޮށް، (4) ވަނަ ނަންބަރު  އުނިކޮށް، އެ ޖަދުވަލުގެ (5) ވަނަ ނަންބަރަކީ (4) ވަނަ ނަންބަރު ކަމުގައި ހަމަޖައްސައި، އެ ނަންބަރުން ފެށިގެން ތިރިއަށް ތަރުތީބުވެފައިވާ އަކުރުތައް، ހިސާބު އަކުރުން ތަރުތީބު ކުރުމަށް. 

 

ޖޫރިމަނާ ފީގެ ތާވަލު

# ހަވާލާދޭ މާއްދާ އަރިމަތީ ސުރުހީ ތަފްސީލު ޖޫރިމަނާ ދައްކަންޖެހެ އުސޫލު ޖޫރިމަނާގެ އަދަދު
1. 5 ވަނަ މާއްދާގެ (ބ) ހިދުމަތް
ދިނުމުގެ 
ލައިސަންސް
ރީ ބްރޯޑްކާސްޓްކުރުމުގެ 
ލައިސަންސް ނެތި ހިދުމަތް
ދިނުނ.
ފާއިތުވާ ކޮންމެ ދުވަހަކަށް 2،000 (ދެހާސް) ރުފިޔާއަށް ބުރ ބޮޑުނުވާ އަދަދެއް
2. 11 ވަނަ މާއްދާ  މުއާމަލާތް 
ކުރާނެ އިސް 
ފަރާތެއް 
ކަނޑައެޅުނ
މުއާމަލާތްކުރާނެ އިސް ފަރާތުގެ 
މައުލޫމާތު މި ގަވާއިދުގެ 11
ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ
މަތީން ކޮމިށަނަށް އަންގައިފައި
ނުވުން.
ކޮންމެ ފަހަރަކު 2،000 (ދެހާސް) ރުފިޔާ
3. 14 ވަނަ މާއްދާގެ (ބ) ލައިސަންސް ފީ ކަނޑައަޅައިފައިވާ މުއްދަތުގައި 
ލައިސަންސް ފީ ނުދެއްކުނ
ލައިސަންސްގެ 
މުއްދަތު ހަމަވާ 
ތާރ ހާ ހަމަޔަށް ނުވަތަ
ބާތިލުކުރުމަށް އެދި 
ހުށަހަޅާ ތާރ ހާ
ހަމަޔަށް ފާއިތުވާ 
ކޮންމެ ދުވަހަކަށ
ނުދައްކާ އޮތް 
ފ ގެ %0.05
(ސުމެއް 
ޕޮއިންޓް ސުމެއް 
ފަހެއް 
އިންސައްތަ(
4. 20 ވަނަ މާއްދާ ލައިސަންސް 
ލިބިފައިވާ 
ފަރާތުގެ ހިއްސާ 
ބަދަލުކުރުން
ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް 
ދިނުމުގެ ލައިސަންސް ލިބިފައިވާ 
ފަރާތަކުން ހިއްސާ 
ބަދަލުކޮށްފިނަމ،ަ ބަދަލުކުރާތާ 
ގިނަވެގެން 7 (ހަތެއް) ދުވަހުގެ 
ތެރޭގައި އެ ބަދަލެއްގެ ތަފްސީލު 
ކޮމިށަނަށް ލިޔުމުން އަންގައިފައި 
ނުވުން. 
ފާއިތުވާ ކޮންމެ ފަހަރަކަށް 2،000 (ދެހާސް) ރުފިޔާ 
5. 21 ވަނަ މާއްދާގެ (ނ) ޗެނަލް ރައިޓްސް 
އެއްބަސްވުނ
ރީ ބްރޯޑްކާސްޓްކުރުމުގެ ހައްގު 
ލިބިފައި ނެތް ޗެނަލެއް 
ރީ ބްރޯޑްކާސްޓްކުރުން
  2،000 (ދެހާސް) ރުފިޔާ 
6. 24 ވަނަ މާއްދާގެ (ހ) ހިދުމަތް 
މެދުކަނޑައިލުނ
ވަގުތ ގޮތުން ހިދުމަތް 
މެދުކަނޑައިލާ ތާރ ހ،ު
ކަނޑައަޅައިފައިވާ މުއްދަތުގައި 
ކޮމިށަނަށް އަންގައިފައި
ނުވުން. 
  2،000 (ދެހާސް) ރުފިޔާ 
7. 24 ވަނަ މާއްދާގެ (ށ) ހިދުމަތް މެދުކަނޑައިލުން ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން 
ހިދުމަތް މެދުކެނޑުނު ނަމަވެސް 
ކޮމިށަނަށް އެކަން އަންގައިފައި
ނުވުން.
ކޮންމެ ފަހަރަކު 1،000 (އެއްހާސް) ރުފިޔާ
8. 27 ވަނަ މާއްދާގެ (ހ) އާއި (ށ) ދިވެހި ޗެނަލްތަކަށް އިސްކަން ދިނުން ޕަބްލިކް ސަރވިސް 
ބްރޯޑްކާސްޓަރުގެ ޗެނަލް 
ނުހިމެނުން ނުވަތަ ކަނޑައިލުމާއި 
'ޗެނަލް ރޭޓިންގ ލިސްޓް' އާ 
އެއްގޮތަށް އަމަލުނުކުރުން. 
ފާއިތުވާ ކޮންމެ ދުވަހަކަށް 2،000 (ދެހާސް) ރުފިޔާ
9. 31 ވަނަ މާއްދާގެ (ނ) ކޮންޓެންޓަށް އުނިއިތުުރު ގެނައުން ބްރޯޑްކާސްޓްކުރުން މަނާ 
ކޮންޓެންޓް ފޮނުވުން.
މަނާ ކޮންޓެންޓެއް 
ރީ ބްރޯޑްކާސްޓްކުރާ 
ކޮންމެ މިނެޓަކަށ
2،000 (ދެހާސް) ރުފިޔާ
10. 32 ވަނަ މާއްދާގެ (ށ) ގެ (2 ވަނަ ނަންބަރު ނަމާދު ވަގުތު ގަަވާއިދާ އެއްގޮތަށް ނަމާދު ވަގުތު 
އަންގައިދޭ ލިޔުންކޮޅު ގެނެސް
ނުދިނުން. 
ކޮންމެ ފަހަރަކު 2،000 (ދެހާސް) ރުފިޔާ
11. 35 ވަނަ މާއްދާގެ (ރ) ޗެނަލް ޕެކޭޖް ކޮމިށަނުގެ ހުއްދަނެތި ޗެނަލް ކޮންމެ ފަހަރަކު 2،000 (ދެހާސް) ރުފިޔާ
12. 36 ވަނަ މާއްދާގެ (ރ) ހިިދުމަތުގެ 
ބާވަތްތަކާއި އަގު 
ފާސްކުރުން 
ކޮމިށަނުން ފާސްކޮށްފައިވާނުވާ އަގެއް، ހިދުމަތަކަށް ނެގުން ކޮންމެ ފަހަރަކު 2،000 (ދެހާސް) ރުފިޔާ

 

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު