ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2019-179)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، އެ އުސޫލުތައް ތަންފީޒުކުރުމާއި، އެ ހިދުމަތްދޭނެ އުސޫލުތައް ކަނޑައަޅައި ބެލެހެއްޓުމާއި، ހިދުމަތްދޭ ފަރާތްތަކާއި އެ ހިދުމަތްލިބިގަންނަ ފަރާތްތަކަށް މަންފާހުރިގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ވާދަވެރިކަމާއި އިންސާފުވެރިކަމާއެކު ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމާއި، އެ ކަންކަން ކުރިއެރުވުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަމަށް މަގުފަހިކުރުމުގެގޮތުން ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ސިޔާސަތެއް އެކަށައަޅައި، އެކަން ތަރައްގީކޮށް ހިންގުމެވެ.
(ހ) ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް އެންމެންނަށް ހަބަރާއި މައުލޫމާތު ފެތުރުމާއި، އުނގެނުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ފުރުސަތު އިތުރުކޮށްދިނުން؛
(ށ) ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި އެ ހިދުމަތް ލިބޭނެ ވާދަވެރިމާހައުލެއް އުފެއްދުމާއި، ވަކި ބަޔަކު އެ ހިދުމަތް ކޮންޓްރޯލްކުރުމަށް މަގުފަހިނުވާނެ އުސޫލުތައް ކަނޑައެޅުން؛
(ނ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާއިރު، އުފެދޭ ށަކުވާތައް ބަލައި، އެކަންކަން ހައްލުކޮށްދިނުމުގެ ނިޒާމެއް އެކަށައެޅުން؛
(ރ) ރީބްރޯޑްކާސްޓްކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން؛
(ބ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ކޮންޓެންޓް ، ހިދުމަތްދޭ ފަރާތްތަކަށް އިންސާފުވެރި އުސޫލަކުން ލިބޭނެ މަގު ފަހިކޮށްދިނުމާއި، މި ދާއިރާގައި އެކްސްކުލޫސިވިޓީއަށް ފުރުސަތު ނުދިނުމުގެ އުސޫލުތައް ކަނޑައެޅުން؛
3 ވަނަ މާއްދާ - ހިދުމަތުގެ ބާވަތްތައް
ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް 2 (ދޭއް) ބަޔަކަށް ބެހިގެންވެއެވެ.
(ހ) ޑިޖިޓަލް ޓެރެސްޓީރިއަލް ޓެކްނޮލޮޖީ މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުން ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެކުލަވައިލައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ޑިޖިޓަލް ޓެރެސްޓީރިއަލް ޓެކްނޮލޮޖީ މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުން.
(ށ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްނޮލޮޖީ ފިޔަވައި، އެހެން އެއްވެސް ޓެކްނޮލޮޖީއެއް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުން.
4 ވަނަ މާއްދާ - ލައިސަންސްގެ ބާވަތްތައް
ހިދުމަތްދިނުމުގެ ސަރަހައްދަށް ބަލައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް 2 (ދޭއް) ބަޔަކަށް ބެހިގެންވެއެވެ.
(ހ) މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުން.
(ށ) ވަކި ރަށަކަށް ނުވަތަ ވަކި ރަށްތަކަކަށް ރީބްރޯޑްކާސްޓްކުރުން.
5 ވަނަ މާއްދާ - ހިދުމަތް ދިނުމުގެ ލައިސަންސް
(ހ) ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، އެކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ދޫކުރާ "ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ލިބިގެންނެވެ.
(ށ) ދިވެހިރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް ޓެކްނޮލޮޖީ މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ މި ގަވާއިދުގައިވާގޮތަށް ކޮމިށަނުން ދޫކުރާ "ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ލިބިގެންނެވެ.
(ނ) ދިވެހިރާއްޖޭގައި ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، އެކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ކޮމިށަނުން ދޫކުރާ "ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ލިބިގެންނެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2012-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތައް ހިމެނޭނީ، ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ގޮތުގައެވެ. އަދި އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތަށް އެ ލައިސަންސްތައް ދެމިއޮންނާނެއެވެ.
(ބ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުވައިދޭ ފަރާތްތައް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
6 ވަނަ މާއްދާ - ޑިޖިޓަލް ޓެރެސްޓީރިއަލް ނެޓްވާރކް އޮޕަރޭޓް ކުރުމުގެ އުސޫލު
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، ޑިޖިޓަލް ޓެރެސްޓީރިއަލް ޓެކްނޮލޮޖީ މެދުވެރިކޮށް ހިދުމަތްދޭ ފަރާތްތަކުގެ ނެޓްވާރކް އޮޕަރޭޓްކުރުމާއި، އެ ނެޓްވާރކުގައި ބްރޯޑްކާސްޓަރުން ހިމަނާނެގޮތުގެ އުސޫލެއް، ކޮމިށަނުން ށާއިއުކޮށް، އެ އުސޫލަށް އަމަލުކުރަންވާނެއެވެ.
7 ވަނަ މާއްދާ - ހިދުމަތްދެވޭނެ ފަރާތްތައް
މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެވޭނީ، ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.
8 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ށަރުތުތައް
(ހ) މި ގަވާއިދުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ރީބްރޯޑްކާސްޓްކުރުމަށް އެދޭ ފަރާތަކީ، ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ނުވަތަ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ، އެ ފަރާތުގެ ހިންގާ ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ރީބްރޯޑްކާސްޓްކުރުން ހިމެނޭ ފަރާތަކަށްވުން؛
- ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ އެހެން ކުންފުންޏެއްގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ އެއްވެސް ހިއްސާއެއް ނުވަތަ މާލީ މަސްލަހަތެއް އޮތް މީހެއްގެ ހިއްސާ އޮތް ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްކަމުގައި ނުވުން؛
- ކޮމިށަނުގެ އެއްވެސް މުވައްޒަފެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްކަމުގައި ނުވުން؛
- ބްރޯޑްކާސްޓްކުރުމުގެ ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ކުންފުންޏެއްގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާއޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްކަމުގައި ނުވުން؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ، ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ގަވާއިދު ނަންބަރު 2012-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ "ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ބާތިލުކޮށްފައިވާ ކުންފުންޏެއްކަމުގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްކަމުގައި ނުވުން؛
- މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކުންފުންޏެއްގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާ އޮންނަ މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްކަމުގައި ނުވުން؛
(ށ) ދިވެހިރާއްޖޭގައި އާންމުކޮށް ހުޅުވައިލައިގެން ހިއްސާ ވިއްކާ ޕަބްލިކް ލިމިޓެޑް ކުންފުނިތަކަކީ މި މާއްދާގެ (ހ) ގެ (2)، (3)، (4)، (6) ވަނަ ނަންބަރުގެ ދަށުން ހިއްސާއޮތް ފަރާތްތަކެއްކަމަށް ނުބެލޭނެއެވެ.
9 ވަނަ މާއްދާ - ލައިސަންސަށް އެދުން
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު" އިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި، ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފަރާތްތައް،މި އަކުރުގެ (6)، (7)، (8) (10) އިން އިސްތިސްނާވާނެއެވެ.
- ކުންފުންޏެއްނަމަ، ކަމާބެހޭ އިދާރާއަކުން، އަސްލެއްކަން އެނގޭނެ ތައްގަނޑު ޖަހައިފައިވާ، ކުންފުނީގެ ހިންގާ ގަވާއިދުގެ ނަކަލަކާއި، އަސާސީ ގަވާއިދުގެ ނަކަލަކާއި، ރަޖިސްޓަރީގެ ނަކަލަކާއި، ކުންފުނީގެ ޕްރޮފައިލް؛
- ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން؛ އެހެންނަމަވެސް، ލައިސަންސަށް އެދޭ ފަރާތަކީ ދިވެހިރާއްޖޭގައި އާންމުކޮށް ހުޅުވައިލައިގެން ހިއްސާ ވިއްކާ ޕަބްލިކް ލިމިޓެޑް ކުންފުންޏެއްނަމަ، ކުންފުނީގެ ޖުމްލަހިއްސާގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ ހިއްސާ ގަނެފައިވާ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ، ކަމާބެހޭ އިދާރާއަކުން އަސްލެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައިވާ، ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ގަވާއިދުގެ ނަކަލަކާއި، ރަޖިސްޓަރީގެ ނަކަލަކާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޕްރޮފައިލް؛
- ޓޫރިސްޓް ރިސޯޓެއްގައި ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭނަމަ، ތަން ހިންގުމަށް ދޫކޮށްފައިވާ ރަސްމީ ހުއްދައިގެ އަސްލެއްކަން އަންގައިދޭ، ތައްގަނޑު ޖަހައިފައިވާ ނަކަލަކާއި ޕްރޮފައިލް؛
- ހިދުމަތްދިނުމުގައި ބޭނުންކުރާނެ ވިޔަފާރި ނަމާއި ނިށާން ރަޖިސްޓްރީކޮށް، އެކަމަށް ދޫކުރި ލިޔުމުގެ އަސްލާ އެއްގޮތް ނަކަލަކާއި، ނިށާނުގެ ކުލައިގެ ނަކަލަކާއި، އެ ތަކެތީގެ ސޮފްޓް ކޮޕީ؛
- ހިދުމަތްދިނުމަށް ރާވައިފައިވާ ޓެކްނިކަލް ޕްލޭނާއި ބޭނުންކުރާނެ އާލާތްތަކުގެ ތަފުސީލު (ހިދުމަތްދިނުމަށް ރާވައިފައިވާ ޓެކްނިކަލް ޕްލޭނާއި، ސެންސަރުކުރުމަށާއި، ނަމާދުވަގުތު އެރުވުމަށާއި، އެމަރޖެންސީ ހާލަތުގައި އެކަން) ކުރުމަށް ބޭނުންކުރާ އާލަތްތަކުގެ ތަފުސީލު؛
- ހިދުމަތްދިނުމުގައި ސެންސަރުކުރުމަށް ބޭނުންކުރާ އާލަތްތައް ހަމަޔަށް ބެހެއްޓުމާއި، އެ އާލާތްތައް ބޭނުންކޮށްގެން ސެންސަރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައިވާގޮތުގެ ތަފުސީލު؛
- ނަމާދުވަގުތު އަންގައިދޭ ލިޔުން ނުވަތަ ބަންގީގެ އަޑު ގެނެސްދޭނެ އިންތިޒާމް ހަމަޖައްސައިފައިވާގޮތުގެ ތަފުސީލު؛
- މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި މުއާމަލާތްކުރާނެ އިސް ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ނަކަލަކާއި، އެ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
- އަސާސީ ޕެކޭޖުގެގޮތުގައި ދައްކަން ހުށަހަޅާ ޗެނަލްތަކާއި، ގަންނަން ލި ބެން ހުންނާނެ އިތުރު ޗެނަލްތަކުގެ މައުލޫމާތު؛
- ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގައި ހިމަނާ ޗެނަލްތައް، ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގެ ލިޔުން؛
- ޗެނަލް އައިޑެންޓިފިކޭށަން ލޯގޯގެ ސޮފްޓް ކޮޕީއާއި ހާޑް ކޮޕީ (ކުލަކޮށް ތައްޔާރުކޮށްފައިވާ)؛
(ނ) ޑިޖިޓަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފަރާތަކުން، މަތީގައިވާ ބައިތަކާއެކު، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯޒަލެއް ތައްޔާރުކޮށްފައި ހުށަހަޅަންވާނެއެވެ.
- ފްރީކުއެންސީ ލައިސަންސް؛
- ޓްރާންސްމިޓިންގ ސިސްޓަމުގެ ސްޕެސިފިކޭށަން؛
- އިކުއިޕްމަންޓް ޕްރޮކިއުމަންޓް ޕްލޭން؛
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ މާލީ ހިސާބު؛
- ބިޒްނަސް ޕްލޭނާއި، ޑިޖިޓިއަލް ޓެރެސްޓްރިއަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ކޮންޓެންޓް ފޮނުވާނެ އޮޕަރޭޓަރުންނާއެކު ހަދައިފައިވާ އެގްރިމަންޓްތަކުގެ ކޮޕީ؛
- އެފެކްޓިވް ރޭޑިއޭޓެޑް ޕަވަރ (އީ.އާރު.ޕީ)؛
- ހިދުމަތް ފޯރުކޮށްދެވޭނެ ސަރަހައްދު ލަފާކުރާ ޗާޓު؛
- އެންޓެނާ ޕެޓާން، ހައިޓްސް، ޑިރެކްށަންސް؛
- ޓަވަރުތަކާއި ޗެނަލްތަކުގެ ކޯޑިނޭޓު.
(ރ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު ހުށަހަޅާއިރު، ލައިސަންސަށް އެދި ހުށަހަޅަންޖެހޭކަމަށް މި ގަވާއިދުގައި ބަޔާންކުރާ ލިޔުމެއް ހުށަހަޅައިފައިނުވާނަމަ، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ކޮމިށަނުން އެކަން އަންގައި، އަދި އެ ފަރާތުން އެ ލިޔެކިޔުންތައް ފުރިހަމަކޮށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ބ) ލައިސަންސަށް އެދި ހުށަހަޅާ ހުރިހާ ފަރާތަކަށްވެސް ކޮމިށަނުގެ ނިންމުން ލިޔުމަކުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. ލައިސަންސެއް ދޫނުކުރުމަށް ކޮމިށަނުން ނިންމައިފިނަމަ، ލައިސަންސް ދޫނުކުރަން ނިންމި ސަބަބު، އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
(ޅ) ކޮމިށަނުން ވަކި ފަރާތަކަށް ލައިސަންސް ދޫކުރުމަށް ނިންމައިފައިވާކަން އެ ފަރާތަށް އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތުން، ލައިސަންސް ފީ ކޮމިށަނަށް ދައްކަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް އަމަލުކޮށްފައި ނުވާނަމަ، އެ ފަރާތުން ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުން ބާތިލުވާނެއެވެ.
10 ވަނަ މާއްދާ - މުއާމަލާތް ކުރާނެ އިސް ފަރާތެއް ކަނޑައެޅުން
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބޭ ކޮންމެ ފަރާތަކުންވެސް، ކޮމިށަނާ މުއާމަލާތްކުރާނެ ފަރާތެއް ކަނޑައަޅައި، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "މުއާމަލާތްކުރާނެ އިސް ފަރާތުގެ މައުލޫމާތު ފޯމު" ފުރިހަމަކޮށްފައި، ކޮމިށަނަށް އެކަން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ކަނޑައަޅާ ފަރާތް ޖަވާބުދާރީވުމަށް އުޒުރުވެރިވެއްޖެނަމަ، ނުވަތަ މުއާމަލާތްކުރާ ފަރާތް ބަދަލުކުރާނަމަ، ވަގުތީގޮތުން މި މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރަންވާނީ ނުވަތަ މުއާމަލާތްކުރާ ފަރާތް ބަދަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "މުއާމަލާތްކުރާނެ އިސް ފަރާތުގެ މައުލޫމާތު ފޯމު" މެދުވެރިކޮށް ކޮމިށަނަށް އެންގުމަށްފަހުގައެވެ.
(ނ) މުއާމަލާތްކުރުމަށް ލައިސަންސް ލިބޭ ފަރާތުން ކަނޑައަޅައިފައިވާ ފަރާތް 14 (ސާދަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިވެހިރާއްޖެއިން ބޭރަށްދާނަމަ، ނުވަތަ އެ ފަރާތާ ގުޅޭ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ، ލިޔުމަކުން ކޮމިށަނަށް އެކަން އަންގަންވާނެއެވެ.
(ރ) ލައިސަންސް ލިބޭ ފަރާތުން މުއާމަލާތްކުރުމަށް ކަނޑައަޅައިފައިވާ ފަރާތް ކޮމިށަނުގެ އެންގުންތަކަށް ޖަވާބުދާރީނުވާ ހާލަތުގައި، ކުންފުނީގެ ހިއްސާދާރުން ހާޒިރުކޮށް މައުލޫމާތު ސާފުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ބ) ރީބްރޯޑްކާސްޓްކުރާ ފަރާތުން މި މާއްދާއާ ހިލާފުވެއްޖެނަމަ، ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ.
11 ވަނަ މާއްދާ - ލައިސަންސް ދޫކުރުން
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަކޮށް، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސްފީދެއްކުމުންނެވެ.
12 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
(ހ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހެވެ.
(ށ) ޑިޖިޓަލް ރީބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހެވެ. އަދި ފްރީކުއެންސީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން،އެ ލައިސަންސް އައުކުރުމަކީ ލައިސަންސް ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ.
13 ވަނަ މާއްދާ - ލައިސަންސް ފީ
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ފީ 2 (ދޭއް) ބަޔަކަށް ބެހިގެންވެއެވެ.
- ލައިސަންސް ދޫކުރާއިރު ދައްކަންޖެހޭ ރަޖިސްޓްރޭށަން ފީ.
- ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް ދައްކަންޖެހޭ އަހަރީ ފީ.
(ށ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތަށާއި، ޑިޖިޓަލް ޓެރެސްޓީރިއަލްރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްތަކަށް ދައްކަންޖެހޭ ރަޖިސްޓްރޭށަން ފީއާއި އަހަރީ ފީދައްކަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެމަތިންނެވެ.
(ނ) ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ދައްކަންޖެހޭ އަހަރީފީ، ކޮންމެ އަހަރެއްގެ މާރިޗުމަހުގެ ނިޔަލަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އަލަށް ލައިސަންސް ހޯދާފަރާތްތަކުން އެ އަހަރުގެ ބާކީ އޮތް މުއްދަތަށް ދައްކަންޖެހޭ އަހަރީ ފީއާއިރަޖިސްޓްރޭށަންފީ ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު އަހަރީ ފީ ދައްކައިފައިނުވާނަމަ،މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމާ ހަމައަށް، އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ނުދައްކާއޮތް ފަރާތްތަކުން، ފައިސާ ދައްކާ ދުވަހާ ހަމައަށް އަރައިފައިވާ ޖޫރިމަނާގެ ޖުމުލަ އަދަދު ކޮމިށަނަށް ދައްކަންވާނެއެވެ. އަދި މި އަދަދު 250،000 (ދެލައްކަ ފަންސާސްހާސް ރުފިޔާ) އަށްވުރެ އިތުރުވާނަމަ ދައްކަންޖެހޭނީ 250،000 (ދެލައްކަ ފަންސާސްހާސް ރުފިޔާ) އެވެ.
14 ވަނަ މާއްދާ - ލައިސަންސް އައުކުރުން
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އައުކުރުމަށް ބޭނުންވާނަމަ، ދޫކޮށްފައިވާ ލައިސަންސްގެމުއްދަތު ހަމަވާން 3 (ތިނެއް) މަސްދުވަހުގެ ކުރިން، ލައިސަންސް އައުކުރުމަށް ލިޔުމުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި، ލައިސަންސް އައުކުރަން ބޭނުންނުވާނަމަ، އެކަންވެސްމި މުއްދަތުގައި ކޮމިށަނަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ލައިސަންސް އައުކުރަން ހުށަހަޅައިފައިނުވާނަމަ، ލައިސަންސް އައުކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފީ ދެއްކުމަށްފަހު، ލައިސަންސް އައުކުރުމަށް އެދި ހުށަހެޅުމުންނެވެ.
(ނ) ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އައުކުރަން ހުށަހަޅާ ހުށަހެޅުންތައް ބަލައެއްނުގަނެވޭނެއެވެ.
(ރ) ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކާ، ލައިސަންސްގެ މުއްދަތުގެ ތެރޭގައި ހިލާފުވެއްޖެނަމަ، ލައިސަންސް އައުކޮށެއް ނުދެވޭނެއެވެ.
15 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން
(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ،ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށް ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ހިފަހައްޓައިފައިވަނިކޮށް ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅިއްޖެނަމަ، ކޯޓުން މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ލައިސަންސް ވަކިގޮތެއް ނިމެންދެން ލައިސަންސް ހިފެހެއްޓޭނެއެވެ.
(ނ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގައި، ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ގާ ނޫނާއިގަވާއިދާ ތަކުރާރުކޮށް ހިލާފުވާނަމަ، އަދި ރަނގަޅުކުރުމަށް އެންގުމުންވެސްރަނގަޅުނުކޮށްފިނަމަ، ކޮމިށަނުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމަށްފަހު،އެ ފަރާތުގެ ލައިސަންސް 90 (ނުވަދިހަ) ދުވަހަށްވުރެ ގިނަނުވާނެ މުއްދަތަކަށްހިފެހެއްޓުމަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، އެ ލައިސަންސް ބާތިލުކުރުމަށްޓަކައި ކޯޓަށް ހުށަހެޅޭނެއެވެ.
- ލައިސަންސް ލިބިފައިވާ ގާނޫނީ ށަހްސު އެދިގެން އުވަ އިލުން ނުވަތަ ރަޖިސްޓްރަރ އޮފް ކޮމްޕެނީ އެ ށަހްސު އުވައިލުން ނުވަތަ ށަރުއީ ކޯޓަކުންއުވައިލުން.
- ރަސްމީކޮށް ރީބްރޯޑްކާސްޓްކުރަން ފެށުމަށްފަހު، ކޮމިށަނުގެ ހުއްދަޔަކާ ނުލައި
ރީބްރޯޑްކާސްޓްނުކޮށް 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވުން؛ - ލައިސަންސް ލިބިފައިވާ ފަރާތުން ، ހުށަހަޅާ ހުށަހެޅުމެއްގައި ނުވަތަ ފޯރުކޮށްދޭމައުލޫމާތެއްގައި މި ގަވާއިދުގެ ދާއިރާގެ ތެރެއިން ކަމެއް ކޮމިށަނަށްއޮޅުވައިލައިފައިވާކަން ސާބިތުވުން ؛
- އެއްވެސް ސަބަބަކާހުރެ ކޮމިށަނުން ލައިސަންސް ހިފަހައްޓައިފައިވަނިކޮށްރީބްރޯޑްކާސްޓްކުރުން؛
- މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވުން؛
- މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވުން؛
- މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވުން؛
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އަންނަނިވި ހާލަތްތަކުގެ ތެރެއިންހާލަތެއް މެދުވެރިވެއްޖެނަމަ، ކޯޓަށް ހުށަހެޅުމަކާ ނުލައި، ލައިސަންސް ބާތިލުވާނެއެވެ.
- ކޮމިށަނުން ށާއިއުކުރާ "ލައިސަންސް ބާތިލްކުރުމުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ލިބިފައިވާ ފަރާތުން އެދިގެން ލައިސަންސް ބާތިލުކުރުން؛
- މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު
ލައިސަންސް އައުކުރަން ހުށަހަޅައިފައި ނުވުން؛ - މި ގަވާއިދުގެ 21 ވަނަ މާއްދާޔާ ހިލާފުވުން؛
(ނ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ހިދުމަތް ލިބޭ ފަރާތަށްއެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުންނެވެ.
17 ވަނަ މާއްދާ - ލައިސަންސަށް ބަދަލު ގެނައުން
ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދަށް އަންނަ ބަދަލަކާ ގުޅިގެން ނުވަތަ ކޮމިށަނުން ކަނޑައަޅައިފައިވާ ސިޔާސަތަށް އަންނަ ބަދަލަކާ ގުޅިގެން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް ގެންނަންޖެހޭ ބަދަލުގެނައުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - އަހަރީ ފީ
ރީބްރޯޑްކާސްޓުގެ ހިދުމަތްދޭ ފަރާތްތަކުން މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެމަތިން އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރިޗުމަހުގެ ނިޔަލަށް ދައްކަންވާނެއެވެ.
19 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތުގެ ހިއްސާ ބަދަލުކުރުން
(ހ) ރީބްރޯޑްކާސްޓުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިއްސާ ބަދަލުކޮށްފިނަމަ، އެ ބަދަލެއް ކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ ތަފުސީލު، ކޮމިށަނަށް ލިޔުމުން އަންގަންވާނެއެވެ. މި މުއްދަތުގެ ތެރޭގައިއަންގައިފައިނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތަކުން ހިއްސާ ބަދަލުކުރުމުން، އެ ފަރާތަކީ މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަނުވާ ފަރާތެއްކަމަށްވާނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކުރުމަށް، ކޮމިށަނުން ކޯޓަށް ހުށަހަޅަންވާނެއެވެ.
20 ވަނަ މާއްދާ - ޗެނަލް ރައިޓްސް އެއްބަސްވުން
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލެއް ފޮނުވަންވާނީ، ޗެނަލުގެ ވެރިފަރާތް ނުވަތަ ޗެނަލުގެ ވެރިފަރާތުން ޗެނަލުގެ ރައިޓްސް ދިނުމަށް އެކަށައަޅައިފައިވާފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.
(ށ) ރީބްރޯޑްކާސްޓްކުރާ ޗެނެލަކާ ގުޅިގެން ކޮޕީރައިޓްސްގެ މައްސަލައެއް މެދުވެރިވެއްޖެނަމަ، އެ ޗެނެލަކީ ޗެނަލުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ރީބްރޯޑްކާސްޓްކުރި ނުވަތަ އެ ޗެނަލެއްގެ ޗެނަލް ޑިސްޓްރިބިއުށަން ރައިޓްސް އޮތް ފަރާތަކުން ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ޗެނަލެއްކަން، ރީބްރޯޑްކާސްޓްކުރި ފަރާތުން ކޮމިށަނަށްސާބިތުކޮށްދޭންވާނެއެވެ. މިގޮތުން، ޑިސްޓްރިބިއުށަން ރައިޓްސް އޮތް ފަރާތުން ހުއްދަދޭނަމަ، އެ ފަރާތަކީ ޗެނަލުގެ ވެރިފަރާތުން ޑިސްޓްރިބިއުޓިންގ ރައިޓްސް ލިބިފައިވާ ފަރާތެއްކަންއަންގައިދޭ ލިޔުމެއް، ރީބްރޯޑްކާސްޓްކުރި ފަރާތުން ކޮމިށަނަށް ހުށަހަޅަންޖެހޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި، ރީބްރޯޑްކާސްޓްކުރި ޗެނެލަކީ ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބިފައިވާ ޗެނަލެއްކަމަށް ލައިސަންސް ލިބިފައިވާ ފަރާތަށްސާބިތުކޮށް ނުދެވިއްޖެނަމަ، އެ ޗެނަލް ރީބްރޯޑްކާސްޓްކުރި ފަރާތް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ހިދްމަތް ފެށުން
މި ގަވާއިދުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބުމަށްފަހު، އެ ލައިސަންސް ލިބުނު ތާރީހުން ފެށިގެން ހިދުމަތް ފެށުމަށް ކަނޑައަޅައިފައިވާ މުއްދަތަކީ 12 (ބާރަ) މަސްދުވަހެވެ. އަދި ހިދުމަތް ފެށުމަށް ކަނޑައަޅައިފައިވާ ތާރީހުން ފެށިގެން ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހިދުމަތްދޭން ފަށަންވާނެއެވެ.
22 ވަނަ މާއްދާ - ސްޓޭށަން އައިޑެންޓިފިކޭށަން
ލޯގޯ ނުވަތަ ސްޓޭށަން އައިޑެންޓިފިކޭށަން ހުރިހާ ވަގުތެއްގައިވެސް ވޯޓަރމާކެއްގެގޮތުގައި ސްކްރީނުން ފެންނަން ހުންނަންވާނެއެވެ. މި ވޯޓަރމާކު ހިމަނަންވަނީ، ބްރޯޑްކާސްޓްކުރާ ޗެނަލްއައިޑެންޓިފިކޭށަނާ ފުށުނާރާ ގޮތަށެވެ.
23 ވަނަ މާއްދާ - ހިދުމަތް މެދުކަނޑައިލުން
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލާނަމަ، އެކަމަށް ކަނޑައަޅައިފައިވާތާރީހުގެ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން، މެދުކަނޑައިލާ ސަބަބާއި، އަލުން ރީބްރޯޑްކާސްޓްކުރަން ފަށާނެ ތާރީހު ބަޔާންކޮށް، ލިޔުމަކުން ކޮމިށަނަށް ހުށަހަޅައިގެންއެކަމުގެ ހުއްދަ ހޯދަންވާނެއެވެ. އަދި މިގޮތަށް ވަގުތީގޮތުން މެދުކަނޑައިލާނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ކުރިން، ހިދުމަތްލިބިގަންނަ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
(ށ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއްގެ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުންއެއްވެސް ހިދުމަތެއް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ލިޔުމަކުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ހައްލުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވެންހުރި އެންމެހައިމަސައްކަތްތަކާއި، ކޮމިށަނަށް ކުރެވިދާނެ އެހެނިހެން ކަންކަންވެސް މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުން ކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ އެއްވެސް ފަރާތެއް ހިލާފުވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާ ފައިސާ ކޮމިށަނަށް ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް މެދުކަނޑައިލައިފައި ބޭއްވޭނީ އެންމެ ގިނަވެގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ މުއްދަތަށެވެ. ހިދުމަތްމެދުކަނޑައިލުމަށްފަހު ގިނަވެގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ހިދުމަތްފަށައިފައިނުވާނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހުލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ.
24 ވަނަ މާއްދާ - ޗެނަލް އުނިކުރުން
(ހ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނިކޮށްފިނަމަ، އެ އުނިކުރި ޗެނަލަކާބެހޭ މައުލޫމާތު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނިކޮށްފިނަމަ، ހިދުމަތް ލިބިގަންނަ ފަރާތާއި ހިދުމަތްދޭ ފަރާތާ ދެމެދު އެއްބަސްވެވޭއަދުލުވެރި ބަދަލެއް ދޭންވާނެއެވެ.
25 ވަނަ މާއްދާ - ހިދްމަތް ހުއްޓައިލުން
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުންގެންދާ ހިދުމަތް ހުއްޓައިލާނަމަ، ހިދުމަތް ހުއްޓައިލަން ގަސްތުކުރާ ތާރީހުގެ 15 (ފަނަރަ) ދުވަހުގެ ކުރިންލިޔުމަކުން ކޮމިށަނަށް އެކަން އަންގަންވާނެއެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކަށްވެސް،މި މުއްދަތުގެ ކުރިން އެކަން އަންގަންވާނެއެވެ.
(ށ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުންގެންދާ ހިދުމަތް ހުއްޓައިލާނަމަ، އެ ހިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތުގެ އަގު ނަގަންޖެހޭނީ ހިދުމަތް ހުއްޓައިލަން ކަނޑައަޅައިފައިވާ ތާރީހާ ހަމައަށެވެ.
(ނ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުންގެންދާ ހިދުމަތް ހުއްޓައިލާއިރު، ހިދުމަތް ހޯދަމުން ގެންދިޔަ ފަރާތްތަކުން މި މާއްދާގެ (ށ) ގައިބަޔާންކުރާ ތާރީހަށްވުރެ އިތުރަށް ފީ ދައްކައިފައިވާނަމަ، އިތުރަށް ދައްކައިފައިވާ ފައިސާ،ހިދުމަތް ހުއްޓައިލާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ފަރާތްތަކާ އަނބުރާ ހަވާލުކުރަންވާނެއެވެ.
(ރ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ފީ ނަގައިފައިވާ ހިދުމަތެއް ނުފެށުމުގެ ސަބަބުން ނުވަތަ ދެމުންގެންދިޔަ ހިދުމަތެއް ހުއްޓައިލުމުގެ ސަބަބުން ހިދުމަތް ހޯދަމުންދިޔަ ފަރާތަކަށް މާލީ ގެއްލުމެއް ލިބިއްޖެނަމަ، ށަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ ހައްގު، ހިދުމަތް ހޯދި ފަރާތަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހިދުމަތް ހުއްޓައިލުމަށްފަހު، އެހެން ހިދުމަތެއް ނުފަށާ 1 (އެކެއް) އަހަރުދުވަސް ވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ
26 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް
މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ކުރާ ކަމަކުން ހިދުމަތް ލިބިގަންނަ ފަރާތަށް މާލީގޮތުން ގެއްލުމެއް ލިބިއްޖެނަމަ، ށަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ ހައްގު ،ހިދުމަތް ހޯދި ފަރާތަށް ލިބިގެންވެ އެވެ.
27 ވަނަ މާއްދާ - ދިވެހި ޗެނަލްތައް
(ހ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން "ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު" ހުރިހައި ޕެކޭޖެއްގައިވެސް ހިމަނަންވާނެއެވެ. ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު، އެއް ޗެނަލަށްވުރެ ގިނައިން ބްރޯޑްކާސްޓްކުރާނަމަ، ހިމަނާނެ ޗެނަލެއް ކަނޑައަޅާނީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެވެ.
(ށ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ނެޓްވާރކްތަކުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ހިމަނަންވާނީ އެއްވެސް އަގަކާ ނުލައެވެ.
(ނ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ނެޓްވާރކްތަކުގައި ދިވެހިރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންގެ ޗެނަލްތައް ހަމަހަމަ އުސޫލެއްގެމަތިން ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވާ ބްރޯޑްކާސްޓަރުންގެ އަތުން ފީއެއް ނަގާނަމަ،އެ ފީއެއް ނަގަންވާނީ ކޮމިށަނަށް ހުށަހަޅައިގެން، އެކަން ފާސްކޮށްގެންނެވެ.
(ބ) މި ގަވާއިދުގެ 37 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ވަކި ފެންވަރެއްގެ ހިދުމަތެއްގެގޮތުގައި ދިނުމަށް ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން އެދިއްޖެނަމަ، އެ ފެންވަރުގެ ހިދުމަތެއްގެގޮތުގައި ރީބްރޯޑްކާސްޓްކުރެވޭ ބޭރުގެ ޗެނަލްތަކާ އެއް ހަމައެއްގައި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށްވެސް ފުރުސަތު ދޭންޖެހޭނެއެވެ.
28 ވަނަ މާއްދާ - ކޮމިށަނަށް ށަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުން
(ހ) ރީީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން، މި ގަވާއިދާ ހިލާފުވެފައިވާކަމަށް ފެނިއްޖެނަމަ، އެކަމުގެ ށަކުވާ ކޮމިށަނަށް ހުށަހެޅިދާނެއެވެ. ށަކުވާ ހުށަހަޅަންވާނީ، ކޮމިށަނުން ގާއިމްކޮށްފައިވާ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު" ގައި ކަނޑައަޅައިފައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާ ށަކުވާއަކީ އަސްލެއް ނެތި ހުށަހަޅައިފައިވާ ށަކުވާއެއްކަމުގައި ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި މެނުވީ، އެފަދަ ކޮންމެ ށަކުވާއެއް ކޮމިށަނުން ބަލަންވާނެއެވެ.
(ނ) ރީބްރޯޑްކާސްޓަރަކާ ގުޅޭގޮތުން ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ރަށު ކައުންސިލަށް ނުވަތަ އަތޮޅުކައުންސިލަށް ހުށަހެޅިދާނެއެވެ.
29 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތުން ހުށަހެޅޭ ށަކުވާ ބަލައިގަތުން
ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ މަރުކަޒުގައި، ށަކުވާއާއި މައްސަލަ ބަލައި، އެކަންކަން ރަނގަޅުކުރެވޭނެ ނިޒާމެއް، އެ ފަރާތަކުން ގާއިމްކުރަންވާނެއެވެ.
30 ވަނަ މާއްދާ - ކޮންޓެންޓަށް ޒިންމާވުން
ދިވެހިރާއްޖެއިން ބޭރުގެ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުނުވަތަ އެނޫންވެސް ގާނޫނަކާ ތައާރަޒުވާނަމަ، އެކަމުގެ ފުރިހަމަ ޒިންމާ އުފުލަންވާނީ،އެ ކޮންޓެންޓެއް ފޮނުވި ރީބްރޯޑްކާސްޓަރެކެވެ.
31 ވަނަ މާއްދާ - ކޮންޓެންޓަށް އުނިއިތުރު ގެނައުން
(ހ) ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ، ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ ކްލެސިފައިކުރުމުގެ މިންގަނޑުތަކަށް ފެތޭ ކޮންޓެންޓެއްކަމުގައި ވާންވާނެއެވެ.
(ށ)
- ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލް ފޮނުވަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑަށް ފެއްތުމަށްޓަކައިއުނިކުރެވޭ އުނިކުރުމާއި، މި ގަވާއިދުގެ 30 ވަނަ މާއްދާއަށް ފެތޭގޮތަށް އުނިކުރެވޭ އުނިކުރުން ފިޔަވައި، އިތުރު އެއްވެސް ބަދަލެއް ނުގެނެސް އެ ކޮންޓެންޓުގެ ފީޑް ލިބެމުންދާ ގޮތަށެވެ.
- ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ރީބްރޯޑްކާސްޓް ކުރަންވާނީ، ޗެނަލްތަކުގެ ކޮންޓެންޓަށް އެއްވެސް ބަދަލެއް ނުގެނެސް ނުވަތަ އުނި އިތުރެއް ނުގެނެސް ކޮންޓެންޓުގެ ފީޑު ލިބެމުންދާގޮތަށެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މިންގަނޑަށާއި، މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ނަމާދުވަގުތު ގެނެސްދިނުމާއި، މި ގަވާއިދުގެ 41 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޓެންޓް ފިޔަވައި، އެހެން އެއްވެސް ކޮންޓެންޓެއް ފޮނުވުމަކީ މަނާކަމެކެވެ.
32 ވަނަ މާއްދާ - ނަމާދު ވަގުތު
(ހ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާ ވަގުތުތަކުގައި އަންނަ ނަމާދު ވަގުތުތައް އަންގައިދިނުމުގެގޮތުން، މަދުވެގެން 10 (ދިހައެއް) ސިކުންތު ވަންދެން ލިޔުންކޮޅެއް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކޮށްފައި ނުވާނަމަ، އެ ރީބްރޯޑްކާސްޓަރަކާމެދު، އަންނަނިވި އުސޫލުން ފިޔަވަޅު އެޅޭނެއެވެ.
- ފުރަތަމަ ފަހަރުނަމަ، ނަސޭހަތްދިނުން؛
- (އެކެއް) ފަހަރަށްވުރެ ގިނަވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުން؛
33 ވަނަ މާއްދާ - ޗެނަލް ގިންތިކުރުން
(ހ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ގިންތިކޮށް ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ޗެނަލްތަކެއްކަމުގައި ވާންވާނެއެވެ.
(ށ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރާ ޗެނަލްތައް ގިންތި ކުރެވިފައިވާ ގޮތުގެ މައުލޫމާތު، ހިދުމަތް ލިބިގަންނަ ފަރާތަށް ފޯރުކޮށްދީ، ފަސޭހައިން އެ މައުލޫމާތު ލިބޭނެގޮތް، ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޗެނަލްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ.
34 ވަނަ މާއްދާ - އަސާސީ ޕެކޭޖް
(ހ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ އަސާސީ ޕެކޭޖެއް ހިމަނަންވާނެއެވެ. މި ޕެކޭޖް އެކުލަވައިލަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ބައިތައް އެންމެ މަދުމިނުން ހިމެނޭ ގޮތަށެވެ.
- ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ މައި ޓީވީ ޗެނަލް؛
- މި މާއްދާގެ (ހ) ގެ 1 ގައި ބަޔާންކޮށްފައިވާ ޗެނަލްގެ އިތުރުން، މަދުވެގެން 3 (ތިނެއް) ޗެނަލް؛
(ށ) އަސާސީ ޕެކޭޖުގެގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ޗެނަލްތަކާއި، ގަންނަން ލިބެން ހުންނަ އިތުރު ޗެނަލްތަކުގެ މައުލޫމާތު، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭނެފަދަ އިންތިޒާމް، ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
35 ވަނަ މާއްދާ - ޗެނަލް ޕެކޭޖް
(ހ) މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޕެކޭޖުގެ އިތުރުން، ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރާ ޗެނަލްތައް، ޕެކޭޖުގެގޮތުގައި ބައިކުރުމުގެ އިހްތިޔާރު، އެ ފަރާތްތަކަށް ލިބިގެންވެއެވެ. ޕެކޭޖް ނުހަދައި ހިދުމަތްދޭނަމަ ބެލޭ ނީ، އެ ފަރާތުން ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުވެރިކޮށް ދޫކުރާ ހުރިހާ ޗެނަލްތައް އެއްކޮށް އެއް ޕެކޭޖެއްގެގޮތުގައި ދެނީކަމުގައެވެ.
(ށ) ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރާ ފަރާތުން މީހުން ދިރިއުޅޭ ރަށްތަކުގައި ފޯރުކޮށްދިނުމަށް ހަދާ ކޮންމެ ޕެކޭޖަކާއެކު، މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޕެކޭޖް ހިމަނަންވާނެއެވެ.
(ނ) ޕެކޭޖްތަކުގައި ހިމަނައިފައިވާ ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުން ކޮމިށަނަށް އެކަން ހުށަހަޅައި، ލިޔުމުން ހުއްދަ ލިބިގެންނެވެ. ނަމަވެސް، ރީބްރޯޑްކާސްޓަރުގެ އިހްތިޔާރުން ބޭރުން ހިނގާ ކަމެއްގެ ސަބަބުން ޗެނަލެއް އުނިވެއްޖެނަމަ، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުން އެކަން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ރ) ބޭސިކް ޕެކޭޖާއި އެހެނިހެން ޕެކޭޖުތަކުގައި ހިމަނާ ޗެނަލްތަކުގައި، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ތައްޔާރުކޮށްފައިވާ ޗެނަލް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޗެނަލުގެ ވެރިފަރާތުން ނުވަތަ ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް ލިބިފައިވާ ފަރާތުން، އެ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ދީފައިވާކަމުގެ ލިޔުން
ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޮމިށަނަށް އެންގުމަކާ ނުލައި ޕެކޭޖަށް އުނިއިތުރު ގެނެސްފިނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
36 ވަނަ މާއްދާ - ހިދުމަތުގެ ބާވަތްތަކާއި އަގު ފާސްކުރުން.
ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އަގެއް ނަގަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ "އަގު ފާސްކުރުމަށް ހުށަހަޅާ ފޯމު" މެދުވެރިކޮށް އެ އަގެއް ހުށަހަޅައި، އެ އަގު ކޮމިށަނުން ފާސްކުރުމަށް ފަހުގައެވެ.
(ށ) ކޮންވެންށަނަލް ރީބްރޯޑްކާސްޓުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން އެހެން ފަރާތަކަށް ޗެނަލް ވިއްކާނަމަ، ޗެނަލް ވިއްކަންވާނީ އެއް އުސޫލެއްގެ މަތިން،އެއް އަގަކަށެވެ.
(ނ) ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުންދޭ ރީބްރޯޑްކާސްޓިންގއާ ގުޅޭ ހިދުމަތެއް ފިޔަވައި އެހެން އެއްވެސް ހިދުމަތެއް ރީބްރޯޑްކާސްޓިންގގެ ހިދުމަތާ އެއްކޮށްގެން (ޕެކޭޖްކޮށްގެން) ދޭނަމަ، އެ ހިދުމަތެއް ދިނުމުގެ ކުރިން ކޮމިށަނަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
(ރ) މި މާއްދާއާ އެއްގޮތްވާގޮތުގެމަތިން އަގު ފާސްކުރުމެއްނެތި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދީފިނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.
37 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު
(ހ)
- ކޮންވެންށަނަލް ރީބްރޯޑްކާސްޓިންގ ހިދުމަތްދޭ ފަރާތުން ފޮނުވާ އަޑާއި މަންޒަރުތައް ހުންނަންވާނީ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- ޑިޖިޓަލް ޓެރެސްޓޭރިއަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތުން ފޮނުވާ އަޑާއި، މަންޒަރާއި، އައު ޓެކްނޮލޮޖީ މެދުވެރިކޮށް ފޮނުވާ ކޮންޓެންޓް ނުވަތަ ސިގްނަލް ހުންނަންވާނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ
ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން، ސްޓޭންޑަޑް ޑެފިނިށަން ނުވަތަ ހައި ޑެފިނިށަން ނުވަތަ ކަނޑައަޅައިފައި ހުންނަ މި ނޫންވެސް އޯޑިއޯވިޒުއަލް ސްޓޭންޑަޑެއްގެ ހިދުމަތެއްގެގޮތުގައި ތަފާތު އަގެއް ނަގައިގެން ދޭ ހިދުމަތްތަކުގައި، އެ ހިދުމަތެއްގެ ފެންވަރު ހުންނަންވާނީ، ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، މަންޒަރާއި އަޑުގެ ކޮލިޓީ ނުގެއްލޭގޮތަށެވެ.
(ނ) ޑިޖިޓަލް ޓެރެސްޓޭރިއަލް ލައިސަންސް ލިބިފައިވާ ރީބްރޯޑްކާސްޓަރަކު، ޗެނަލެއްގައި ހިމެނޭ ތަފާތު ވައްތަރުގެ ޕްރޮގްރާމްތަކަށް މަލްޓިޕްލެކްސިންގ އޮޕަރޭށަންފުރިހަމަކޮށްފައިވާނަމަ، އަންނަނިވި މިންގަނޑުތަކަށް އަމަލުކުރަންވާނެއެވެ.
- މަލްޓިޕްލެކްސް ކޮންފިގަރޭށަންގެގޮތުގައި ހިމެނޭ ހައި ޑެފިނީށަނާއި ސްޓޭންޑަޑް ޑެފިނީށަން ކޮންޓެންޓް ގެނެސްދޭންވާނީ، މަލްޓިޕްލެކްސިންގ އޮޕަރޭށަން ގައިޑްލައިންއާ އެއްގޮތަށް، ކޮމިޔުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ ޓެކްނިކަލް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މަލްޓިޕްލެކްސް ސިސްޓަމް ބަލަހައްޓަންވާނީ،ޑިޖިޓަލް ޓެރެސްޓޭރިއަލް ރީބްރޯޑްކާސްޓްކުރުމަށް ފްރީކުއެންސީ ލިބިފައިވާ ޑިޖިޓަލް ޓެރެސްޓޭރިއަލް ރީބްރޯޑްކާސްޓަރެވެ.
- މަލްޓިޕްލެކްސިންގ އޮޕަރޭށަން ފަށާނަމަ، ނުވަތަ ބަދަލެއް ގެންނަނަމަ،އެ ބަދަލެއް ގެނައުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން، ލައިސަންސް ލިބިފައިވާ ޑިޖިޓަލް ޓްރެސްޓީރިއަލް ރީބްރޯޑްކާސްޓަރު، ކޮމިށަނަށް ލިޔުމުން އެކަންއަންގަންވާނެއެވެ.
- ޑިޖިޓަލް ޓެރެސްޓޭރިއަލް ލައިސަންސް ލިބިފައިވާ ރީބްރޯޑްކާސްޓަރު، ހައި ޑެފިނީށަން ނުވަތަ ސްޓޭންޑަޑް ޑެފިނީށަން ނުވަތަ ޑޭޓާ ކާސްޓިންގ ނުވަތަ ވަން ސެގުގެ ހިދުމަތްތައް ބްރޯޑްކާސްޓަރުންނަށް ދޭންވާނީ، އޭގެ މަންފާ ބެލުންތެރިންނަށް އޭގެ އެންމެ ފުޅާދާއިރާއެއްގައި ލިބޭނެ އުސޫލެއްގެ މަތިންނެވެ. މި ހިދުމަތް ދިނުމުގެ ކުރިން، ހިދުމަތް ދިނުމަށް ކަނޑައަޅާ އުސޫލު ކޮމިށަނަށް ހުށަހަޅާ ފާސްކުރަންވާނެއެވެ.
(ރ) އީ.ޕީ.ޖީ އޮޕަރޭށަން ފުރިހަމަކޮށްފައިވާނަމަ، ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ ހުންނަންވާނީ، ކޮމިޔުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓަރުގެ ޕްރޮގްރާމް ގައިޑުގައިވާ މައުލޫމާތު އެކުލަވައިލައިފައި ހުންނަންވާނީ، ބްރޯޑްކާސްޓް ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކުގެ ޕްރޮގްރާމް ގައިޑާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިން، މި ޕްރޮގްރާމް ގައިޑަކީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައިވާ ޕްރޮޕޯޒަލުގައި ބަޔާންކޮށްފައިވާ ވަސީލަތްތައް މެދުވެރިކޮށް އެކުލަވައިލައިފައިވާ ގައިޑަކަށް ވާންވާނެއެވެ.
(ބ) "އާރލީ ވޯނިންގ ބްރޯޑްކާސްޓިންގ ސިސްޓަމް" އެއް ޑިޖިޓަލް ޓެރެސްޓީރިއަލް ލައިސަންސް ލިބިފައިވާ ރީބްރޯޑްކާސްޓަރަކު ގާއިމްކު ރާނަމަ، އެ ސިސްޓަމެއް ހުންނަންވާނީ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެ ވަގުތަކު ބްރޯޑްކާސްޓްކުރަމުންދާ ކޮންޓެންޓެއް "އާރލީ ވޯނިންގ ބްރޯޑްކާސްޓިންގ ސިސްޓަމް" މެދުވެރިކޮށް ފޮނުވާ ކޮންޓެންޓަށް ބަދަލުކުރެވޭ ގޮތަށެވެ.
(ޅ) "އާރލީ ވޯނިންގ ބްރޯޑްކާސްޓިންގ ސިސްޓަމް" ބޭނުންކުރަން ފެށުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން، އެކަމުގެ ހުއްދައަށްއެދި ކޮމިށަނަށް ލިޔުމުން ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.
(ކ) ފޮނުވާ މަންޒަރުތަކާއި އެ މަންޒަރުތަކާ ގުޅޭ އަޑުތައް ހުންނަންވާނީ، އަޑާއި މަންޒަރު ދިމާވާގޮތަށް ނުވަތަ ސިންކްރޮނައިޒްވެފައެވެ.
38 ވަނަ މާއްދާ - ޖޫރިމަނާ ކުރުން
މި ގަވާއިދުގެ ޖަދުވަލުގެ 2 ގައިވާ އަމަލެއް ކޮށްފިނަމަ، އެ ޖަދުވަލުގައިވާ ގޮތުގެމަތިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
39 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތްތަކެއް އެއްކޮށްލުން
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް އެކުގައި ،އެއް ލައިސަންސެއްގެ ދަށުން ހިދުމަތްދޭގޮތަށް ހަމަޖައްސައިދެވޭނީ ، އެކަމަށް އެދި ކޮމިށަނަ ށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް އެ ހުރިހާ ފަރާތެއްގެ ކިބައިގައިވެސް ފުރިހަމަވާނަމަ، ކޮމިށަނުން ހުއްދަ ދޫކުރުމުންނެވެ.
40 ވަނަ މާއްދާ - ލައިސަންސް ބަދަލުކުރުން
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން އެހެން ފަރާތަކަށްއެ ލައިސަންސް ބަދަލުކުރަން ބޭނުންވެއްޖެނަމަ، ބަދަލުކުރެވޭ ލައިސަންސް ލިބޭފަރާތަކީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ. އަދި، އެކަން ކުރަންވާނީ އަންނަނިވި ލިޔުންތައް ކޮމިށަނަށް ހުށަހަޅައިގެންނެވެ.
- އެ ހިދުމަތް ބަދަލުކުރަން ނިންމިކަން އެނގޭނެ ލައިސަންސް ލިބިފައިވާ ފަރާތުގެބޯޑު ރިޒޮލިއުށަނެއް ނުވަތަ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ގަރާރެއް؛
- ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބަދަލުކުރަން ބޭނުންވާ ފަރާތަށް މި ހިދުމަތް ދިނުމަށްޓަކައި ދޫކޮށްފައިވާ އެންމެހައި ލިޔުންތައް؛
- ބަދަލުކުރެވޭ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ހިދުމަތްދިނުމުގައި ކޮމިށަނަށް މުއާމަލާތްކުރާނެ ފަރާތެއް ކަނޑައަޅައި، އެ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
(ށ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބަދަލުކުރާއިރު، ކުރިން ދޫކޮށްފައިވާ ލައިސަންސާ ގުޅޭ ހުރިހާ ލިޔުންތައް، ފަހުން ހަވާލުވާ ފަރާތުގެ ނަމަށް ކޮމިށަނުން ބަދަލުކުރަންވާނެއެވެ.
(ނ) ލައިސަންސް ބަދަލުކޮށްދިނުމަށްފަހު، ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ލައިސަންސް ބަދަލުކުރަން އެދުނު ފަރާތުން، ކުރިން ވެފައިވާ އެއްބަސްވުންތަކާއި އެފަދަ އެހެން މުއާމަލާތްތައް، ލައިސަންސް ބަދަލުވި ފަރާތުގެ ނަމަށް ބަދަލުކޮށް ނިންމުމަށްފަހު ކޮމިށަނަށް ހުށަހަޅަންޖެހޭ ލިޔުންތައް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
41 ވަނަ މާއްދާ - ކުއްލި ހާލަތު އިއުލާނު ކުރުން
(ހ) ގުދުރަތީ ކާރިޘާއެއް ނުވަތަ ހަނގުރާމައެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކައުވެދާނެ ފަދަ ކަމެއް ކުރިމަތިވެގެން ނުވަތަ އެ ނޫންވެސް ކުއްލި ހާލަތެއް މެދުވެރިވެގެން އެކަން ސަރުކާރުން އިއުލާނުކޮށްފިނަމަ، އެ އިރަކު ފޮނުވަމުންދާ ހުރިހާ ޗެނަލަކުންވެސް،މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ކޮންޓެންޓް، ވީ އެންމެ އަވަހަކަށް ރީބްރޯޑްކާސްޓްކުރަން ފަށަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ކޮ ންޓެންޓް ރީބްރޯޑްކާސްޓްކުރަންވާނީ، އެފަދަ ހާލަތެ އް މެދުވެރިވެއްޖެކަން ސަރުކާރުން އިއުލާނުކުރާ ވަގުތުން ފެށިގެން، މަދުވެގެން 6 (ހައެއް) ގަޑިއިރުވަންދެން، ކޮންމެ 15 (ފަނަރަ) މިނެޓަކުން 1 (އެކެއް) ފަހަރު، މަދުވެގެން 5 (ފަހެއް) ސިކުންތު ވަންދެނެވެ.
42 ވަނަ މާއްދާ - ދިވެހި ރައްޔިތުންގެ ހާއްސަ ށައުގެއް ހިމެނޭ އިވެންޓް
(ހ) ދިވެހިރައްޔިތުންގެ ހާއްސަ ށައުގެއް ހިމެނޭ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެއްވެސް ކޮންވެންށަނަލް ރީބްރޯޑްކާސްޓަރެއް ހޯދައިފިނަމަ، ގާނޫނުން ކަނޑައަޅައިފައިވާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް، އެ ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެ ރީބްރޯޑްކާސްޓަރު އަގަކާ ނުލައި ފޯރުވައިދޭންވާނެއެވެ. މިގޮތުން ފޯރުވައިދޭލިސްޓެޑް އިވެންޓް ބްރޯޑްކާސްޓްކުރުމުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ހޯދާ ވިޔަފާރީގެ ފައިދާއިން %50 (ފަންސާސް އިންސައްތަ) އަށްވުރެ މަދުނޫން، ދެފަރާތުން އެއްބަސްވާ އަދަދެއް ރީބްރޯޑްކަސްޓަރަށް ދޭންވާނެއެވެ.
(ށ) ދިވެހިރައްޔިތުންގެ ހާއްސަ ށައުގެއް ހިމެނޭ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެއްވެސް ކޮންވެންށަނަލް ރީބްރޯޑްކާސްޓަރެއް ހޯދައިފިނަމަ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ނޫން އެހެން ބްރޯޑްކާސްޓަރަކަށް ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު ވިޔަފާރީގެ އުސޫލުން ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) އެއްވެސް ހާލެއްގައި، ލިސްޓެޑް އިވެންޓެއް ފޯރުކޮށްދިނުމުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މަހްރޫމްވާނޭ ފަދަ ގޮތަކަށް ނުވަތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށްއެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ ޒަރީއާއިން ނުގެނެސްދެވޭފަދަ ގޮތަކަށް،ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ވަކި ހައްގުތަކެއް ކޮންވެންށަނަލް ރީބްރޯޑްކާސްޓަރު ހޯދުމަކީ މަނާކަމެވެ.
(ރ) ލިސްޓެޑް އިވެންޓެއް ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހައްގު އެންމެ ފުރަތަމަ ހޯދާ ފަރާތް ކަނޑައަޅާ ގޮތުގެމަތިން މެނުވީ، އެ ނޫން އެހެން ފަރާތަކަށް، އެ އިވެންޓެއް އިތުރު ފަރާތަކަށް ވިއްކުމުގެ ނުވަތަ ދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.
(ބ) ލިސްޓެޑް އިވެންޓެއް ފޯރުކޮށްދިނުމަށް ހިދުމަތް ލިބިގަންނަ ފަރާތުން ކޮންވެންށަނަލް ރީބްރޯޑްކާސްޓަރު ހާއްސަ އަގެއް ނަގައިގެން ނުވާނެއެވެ. އެހެންނަމަވެސް،ހައިޑެފިނިށަން ނުވަތަ ތްރީޑީ ނުވަތަ މި ނޫންވެސް މިފަދަ ހާއްސަގޮތަކަށް ދެވޭ އިތުރު ހިދުމަތެއް ފޯރުކޮށްދިނުމަށް ކޮމިށަނަށް ހުށަހަޅައިގެން ފާސްކުރާ އަގެއް ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) ދިވެހިރާއްޖޭގައި ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރެވޭނީ، މި ގަވާއިދުގައިވާ ގޮތުގެމަތިންކަން، އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު ވިއްކާ ފަރާތަށް ސާފުކޮށްދިނުމާއި، ވިއްކާ ފަރާތާއެކު ކަމާ ގުޅޭގޮތުން ސޮއިކުރާ ކޮންޓްރެކްޓް، މި ގަވާއިދާއެއްގޮތްވާ ގޮތުގެމަތިން އެކުލަވައިލުމަކީ އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު ހޯދާ ކޮންވެންށަނަލް ރީބްރޯޑްކާސްޓަރެއްގެ ޒިންމާއެކެވެ.
43 ވަނަ މާއްދާ - އަހަރީ ރިޕޯޓް
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ކޮންމެ އަހަރެއްގެ ޖޫންމަސް ހުސްވުމުގެ ކުރިން، އެ ފަރާތަކުން ފޯރުކޮށްދޭ ހިދުމަތާބެހޭ އަހަރީ ރިޕޯޓް އަންނަނިވި ބައިތައް ހިމެނޭނެހެން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން؛
- ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ހިދުމަތުގައި ހިމަނައިފައިވާ ޕެކޭޖުތަކުގެ ތަފުސީލު؛
- ހިދުމަތް ފޯރުކޮށްދީފައިވާ އާބާދީގެ ނިސްބަތާއި، ހިދުމަތް ފޯރުކޮށްދިން ސަރަހައްދުތައް؛
(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކޮށްފައިނުވާނަމަ، މި ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅިދާނެއެވެ.
44 ވަނަ މާއްދާ - މިހާރު ހިދުމަތްދޭ ފަރާތްތައް
މި ގަވާއިދުގައި ވަކި މުއްދަތެއްގައި ކުރުމަށް ކަނޑައަޅައިފައިވާ ކަންތައްތައް ފިޔަވައި އެހެނިހެން ކަންކަން، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަންވާނެއެވެ.
45 ވަނަ މާއްދާ - ފިޔަވަޅު އެޅުން
ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި މި ގަވާއިދާ ހިލާފުވެފައިވާކަމަށް ކޮމިށަނުން ނިންމައިފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތިރީގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅޭނެއެވެ.
- ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތްދިނުން؛
- މާފަށް އެދި ބަޔާނެއް ށާއިއުކުރަން އެންގުން؛
- އެއް ބާވަތެއްގެ ކުށެއް ކުރާ ދެވަނަފަހަރު، ކުށް ތަކުރާރުވިޔަ ނުދިނުމުގެގޮތުން ކުރަންޖެހޭ ކަންކަން އެންގުން؛
- އެއް ބާވަތެއްގެ ކުށެއް ތިންވަނަފަހަރު ތަކުރާރުކޮށްފިނަމަ، އިންޒާރުދިނުން؛
- ލައިސަންސް ދިނުމުގެ ށަރުތަކާ ދެފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ހިލާފުވެއްޖެނަމަ، ވޭތުވެދިޔަ އަހަރު އެފަރާތަށް ލިބުނު އާމްދަނީގެ %2 (ދޭއް އިންސައްތަ) އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން؛
- ލައިސަންސް ހިފެހެއްޓުން؛
- ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުން؛
46 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު،3 އެޕްރީލް 2012 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ، ނަންބަރު 2012-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އާއި، އެ ގަވާއިދުގެ އެންމެހައި އިސްލާހު ބާތިލުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ކޮމިށަނުން ލައިސަންސް ދޫކޮށްފައިވާ ރީބްރޯޑްކާސްޓަރުން، މި ގަވާއިދުގެ ދަށުން އަލަށް ކުރުމަށް ލާޒިމްކުރާ ތިރީގައިވާ އެންމެހައި ކަންކަން، މި ގަވާއިދު ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެއެވެ.
- މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން؛
- މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގެ ލިޔުން؛
- މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "މުއާމަލާތްކުރާނެ އިސްފަރާތުގެ މައުލޫމާތު" ފޯމު؛
- މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއާމަލާތްކުރުމަށް ލައިސަންސް ލިބޭ ފަރާތުން ކަނޑައަޅައިފައިވާ ފަރާތް 14 (ސާދަ) ދުވަހަށްވުރެ ދިގުމުއްދަތަކަށް ދިވެހިރާއްޖެއިން ބޭރަށް ދާނަމަ، ނުވަތަ އެ ފަރާތާ ގުޅޭ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ، ކޮމިށަނަށް ލިޔުމުން އެންގުން؛
- މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރީބްރޯޑްކާސްޓުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިއްސާ ބަދަލުކޮށްފައިވާނަމަ، އެ ބަދަލެއްގެ ތަފުސީލު ކޮމިށަނަށް ލިޔުމުން އެންގުން؛
- މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންވެންށަނަލް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނިކޮށްފައިވާނަމަ، އެ އުނިކުރި ޗެނަލަކާބެހޭ މައުލޫމާތު ކޮމިށަނަށް ހުށަހެޅުން؛
- މި ގަވާއިދުގެ 35 ވަނަ މާއްދާގައި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭސިކް ޕެކޭޖާއި އެހެނިހެން ޕެކޭޖުތަކުގައި ހިމަނާ ޗެނަލްތަކުގައި، ޗެނަލުގެ ވެރިފަރާތުން ނުވަތަ ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް ލިބިފައިވާ ފަރާތުން،އެ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ދީފައިވާކަމުގެ ލިޔުން ކޮމިށަނަށް ހުށަހެޅުން؛
(ނ) މި ގަވާއިދުގެ ދަށުން ށާއިއުކުރަން ކޮމިށަނުގެ މައްޗަށް ލާޒިމްވާ، ތިރީގައިވާ އެންމެހައި އުސޫލުތައް، މި ގަވާއިދު ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި ށާއިއުކުރަންވާނެއެވެ.
- މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޑިޖިޓަލް ޓެރެސްޓީރިއަލް ނެޓްވާރކް އޮޕަރޭޓްކުރުމުގެ އުސޫލު"
- މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ "ލައިސަންސް ބާތިލްކުރުމުގެ އުސޫލު"
- މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމު"
47 ވަނަ މާއްދާ - ލަފުޒުތަކާއި އޭގެ މާނަ
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކުގެ މާނަ ކުރާނީ ތިރީގައިމިވާ ގޮތަށެވެ.
"ރީބްރޯޑްކާސްޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން އެ ހިދުމަތް ޑިޖިޓަލް ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގ ނުވަތަ މިހާރުވެސް ފޯރުކޮށްދޭ އެހެނިހެން ޓެކްނޮލޮޖީ (ކޮންވެންށަނަލް) ގެ ތެރެއިން އެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށެވެ.
"ކޮންވެންށަނަލް ރީބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ފިޔަވައި، އެހެން އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމަށެވެ.
"ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ބޭނުންކޮށްގެން އަދި ކޮމިއުނިކޭ ށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ކަނޑައަޅައިފައިވާ ޑިޖިޓަލް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމަށެވެ.
"ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ހިދުމަތް ދިނުމަށް ގާނޫނަކުން ކަނޑައަޅައިފައިވާ ފަރާތަކަށެވެ
"ހިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ހިދުމަތް ލިބިގަންނަ ކޮންމެ ފަރާތަކަށެވެ.
"ރީބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ މަރުކަޒަކުން އެހެން ބައެއްގެ ކޮންޓެންޓެއް، އެއްވެސް އުނި އިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓް ކުރުމަށެވެ.
"ފްރީކުއެންސީ" ކަމަށް ބުނެފައި އެވަނީ، ވަޔަރލެސްކޮށް ބްރޯޑްކާސްޓްކުރުމަށް ބޭނުންކުރާވަސީލަތަކަށެވެ.
"ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތުން ފޮނުވާ ފަރާތްތަކަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ޕްރޮގްރާމްތަކުގެ މަންޒަރާއި އަޑަށެވެ.
"ވަސީލަތް" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓް ސިގްނަލް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެހައި އާލާތްތަކަށެވެ.
"ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގކޮމިށަނަށެވެ.
"ޗެނަލް ރަޖިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާފަރާތަކަށް، ވަކި ޗެނަލެއް ދެއްކުމަށް ކޮމިށަނުން ދޫކުރާ ހުއްދައަށެވެ.
"ޗެނަލް ޕެކޭޖް" ކަމަށް ބުނެފައި އެވަނީ، ތަފާތު ޗެނަލްތަކެއް އެއްކޮށްގެން ލިސްޓުކޮށް، ވަކި ނަމެއްގެ ދަށުން އެއް އަގަކަށް ދޫކުރާ ޕެކޭޖަކަށެވެ.
"ޗެނަލް" ކަމަށް ބުނެފައި އެވަނީ، ވަކި ސްޓޭށަނެއްގެ އައިޑެންޓިފިކޭށަނުގެ ދަށު ން ފޮނުވޭ ކޮންޓެންޓަށެވެ.
"ސެންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ފޮނުވާ އަޑު ނުވަތަ މަންޒަރު ކަނޑައިލުމަށްޓަކައި،މި ގަވާއިދުގައި ހުއްދަކުރެވިފައިވާ އުނިއިތުރު ގެނައުމަށެވެ.
"ދިވެހި ޗެނަލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޗެނަލްތަކަށެވެ.
"ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ކޮމިށަނުން ދޫކުރާ ލައިސަންސަށެވެ.
"ޓެކްނޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގައި ބޭނުންކުރެވޭ ހުރިހާވަސީލަތްތަކަށެވެ.
"އެކްސްކުލޫސިވިޓީ" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތަކުން ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބާރަށެވެ.
"ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޓީ/ރަށެއް ނުވަތަ އެ ސިޓީ/ރަށެއްގެއަވަށަކަށެވެ.
"ޕްލޭން" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް އެކަށައަޅައިފައިވާ ނެޓްވަރކް ކުރެހުމަށެވެ.
"ޓޫރިސްޓް ރިސޯޓް" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން، އެނދަށް ނުވަތަ ކޮޓަރިއަށް ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް އަގު ނަގައިގެން ހިދުމަތް ފޯރުކޮށްދޭ ހޮޓާ، ގެސްޓްހައުސް، އުޅަނދު އަދި އެނޫންވެސް އެފަދަ ތަންތަނަށާއި، ތަކެއްޗަށެވެ.
"މަލްޓިޕްލެކްސިންގ އޮޕަރޭށަން" ކަމަށް ބުނެފަ އެވަނީ، ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކުން ފޮނުވާ ކޮންޓެންޓް، އެއްކޮށް އެއް ސްޓްރީމެއްގެގޮތުގައި، އެއް ޗެނަލެއް މެދުވެރިކޮށް ފޮނުވުމަށެވެ.
"ސްޓޭންޑަޑް ޑެފިނީށަން ("އެސް.ޑީ") ކަމަށް ބުނެފައި އެވަނީ، އެ ކޮންޓެންޓުގައި ދައްކާމަންޒަރު އެނެލޮގް ބްރޯޑްކާސްޓިންގ ހިދުމަތާ އެއްގޮތަށް، ކޮންޓެންޓުގެ ކޮލިޓީއާއި ފޮޓޯ ކޮލިޓީހުންނަ މިންގަނޑަށެވެ.
"ހައި ޑެފިނިށަން ("އެޗް.ޑީ") ކަމަށް ބުނެފައި އެވަނީ، އެ ކޮންޓެންޓުގައި ދައްކާ މަންޒަރުގެފެންވަރަކީ ސްޓޭންޑަޑް ޑެފިނީށަނުގެ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި ހުންނަ މިންގަޑަކަށެވެ.
"ޑޭޓާ ކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޖިޓަލް ޓެލެވިޒަން ސިސްޓަމް މެދުވެރިކޮށް ޓެކްސްޓާއި ގްރެފިކްސް ފޮނުވުމަށެވެ.
"ވަން ސެގް ބްރޯޑްކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، އިންޓަރގްރޭޓެޑް ސަރވިސް ޑިޖިޓަލް ބްރޯޑްކާސްޓިންގ ޓެކްނޮލޮޖީ (އައި.އެސް.ޑީ.ބީ.ޓީ) ގެ ސިގުނަލުގައި ބޭނުންކުރާ ސެގްމަންޓްތަކުގެތެރެއިން މޮބައިލް ފޯނަށް ލިބޭގޮތަށް ފަރުމާކޮށްފައިވާ ސެގްމަންޓަށެވެ.
"އިލެކްޓްރޯނިކް ޕްރޮގްރާމް ގައިޑު ("އީ.ޕީ.ޖީ") ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓުގެ މައުލޫމާތުހޯދުމަށާއި، ކޮންޓެންޓް ރިކޯޑުކުރުމަށް ބޭނުންކުރެވޭނެ ޓީވީ ޕްރޮގްރާމް ށެޑިއުލް ދައްކުވައިދޭ އިލެކްޓްރޯނިކް ޕްރޮގްރާމް ގައިޑަށެވެ.
"ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް" ކަމަށް ބުނެފައި އެވަނީ، ޗެނަލުގެ ވެރިފަރާތް ފިޔަވައި،އެހެން ފަރާތަކުން ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިވާ ފަރާތެއް ކަމުގައިވުމަށެވެ.
"ލިސްޓަޑް އިވެންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންގެ ހާއްސަ ށައުގުވެރިކަން ހުރިނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި، އެފަދަ ކުޅިވަރު މުބާރާތްތަކާއި، ހަރާކާތްތަކަށެވެ.
"ރަސްމީކޮށް ރީބްރޯޑްކާސްޓްކުރަން ފެށުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ދޫކުރާ ރީބްރޯޑްކާސްޓްކުރާ ލައިސަންސެއް ލިބިގެން، ކޮމިށަނުން ފާސްކޮށްދީފައިވާ ޕެކޭޖެއްގެ ހިދުމަތްދޭން ފެށުމަށެވެ.
މި ގަވާއިދުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު