-

ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-82)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 އޮގަސްޓް 2025 ގައި)

 

ގަވާއިދު ނަންބަރު 2022-01 (ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ލައިސަންސްތައް، އެ ލައިސަންސުގެ މުއްދަތުގައި ދެމިއޮންނާނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހަވާލާދޭ މާއްދާ 

އަރިމަތީ ސުރުހީ

ތަފުސީލު

ޖޫރިމަނާ ދައްކަންޖެހޭ އުސޫލު

ޖޫރިމަނާގެ އަދަދު

14 ވަަނަ މާއްދާގެ (ބ)

ލައިސަންސް ފީ

ކަނޑައަޅައިފައިވާ މުއްދަތަކުގައި އަހަރީ ފީ ނުދެއްކުން

މީލާދީ އަހަރުގެ މާރިޗު 31 ގެ ފަހުން އަހަރީ ފީ ދެއްކުން

އަހަރީ ފީގެ %1 (އެކެއް އިންސައްތަ) ޖޫރިމަނާ ކުރެވޭނެއެވެ. 

 

4 ވަނަ މާއްދާ -  

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މީގެ ކުރިން އަމަލުކުރަމުންއައި އެންމެހައި ގަވާއިދުތަކާ ގުޅިގެން އަހަރީ ފީ ނުދައްކާ ހުރި ފަރާތްތަކާމެދު އަމަލުކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. އެއީ މީލާދީ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ފަހުން އަހަރީ ފީ ދައްކާ ނަމަ، އަހަރީ ފީ ގެ %1 (އެކެއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ނެގުމެވެ. 

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު