-

ޑޮނޭށަންގެ ގޮތުގައި ދޭ ފައިސާ އުނިކުރުން - އާމްދަނީން ނަގާ ޓެކްސް

(ޓެކްސް ރޫލިންގ ނަންބަރު 2024-11)

(މި ރޫލިންގއަށް އަމަލުކުރަން ފަށާނީ/ފެށީ 1 މާޗް 2024 ގައި)

 

މިއީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ގާނޫނަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެޣުމުގެ ގާނޫނު) އަށެވެ. އަދި ގަވާއިދަށް ހަވާއިދަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ، ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ އަވާއިދު) އަށެވެ. 

 

1 ވަނަ މާއްދާ - ތައާރުފު

މި ރޫލިންގގެ މަގުސަދަކީ، 21 ބަނަ މާއްދާ މީރާއިން މާނަކުރާ ގޮތް ބަޔާންކުރުމެވެ. 

 

2 ވަނަ މާއްދާ - ގާނޫނުގެ 21 ވަނަ މާއްދާގައި ވަނީ:

ޑޮނޭށަން

(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވ ނަމަވެސް، ދައުލަތުގެ އޮފީހަކަށް ނުވަތަ ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭށަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާއަކީ އެ ފައިސާ ދިން ހިސާބުކުރާ މުއްދަތުގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ ޢަދަދެކެވެ. 

 

3 ވަނަ މާއްދާ - އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ 50 ވަނަ މާއްދާގައި ވަނީ: 

ޖަމްއިއްޔާއަކަށް ޑޮނޭށަންގެ ގޮތުގައި ދައްކާ ފަރާތުން ދައްކާ ފައިސާ އުނިކުރުން. 

ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭށަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސ،ާ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އުނިކުރެވޭނީއެ ފައިސާ ދިން ތާރީހުގައި އެ ޖަމްޢިއްޔާއެއް މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ށާއިޢުކުރާ ލިސްޓުގައި ހިމެނޭ ކަމުގައިވާނަމައެވެ.

 

4 ވަނަ މާއްދާ - ރޫލިންގ

ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ޑޮނޭށަންގެ ގޮތުގައި އުނިކުރެވޭނީ، ފައިސާއިން ދޭ ޑޮނޭށަން އެކަންޏެވެ.

5 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ، 1 މާރިޗު 2024 އިން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 2010-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު