ޖިއޮގްރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު (އުސޫލު ނަންބަރު 2025-25) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު
(އުސޫލު ނަންބަރު 2026-22)
(މި އުސޫލަށް އަމަލުކުރަން ފެށީ 20 އޮގަސްޓު 2026 ގައި)
ޖިއޮގްރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމިޓީ 6.
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، އަންނަނިވި ފަރާތްތަކާއި، ދާއިރާތަކުގެ މައްޗަށް އެކުލެވޭ "ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް މިނިސްޓަރު އެކުލަވައިލަންވާނެއެވެ.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛
- ބިން ސާވޭކޮށް ޗާޓު ހެދުމާ ގުޅޭ ފަދަ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ގައުމީ ތަރައްގީގެ ރޭވުންތެރިކަމާ ގުޅޭ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ދިވެހިބަހުގެ އެކަޑަމީގެ މެންބަރެއް؛
- ފަތުރުވެރިކަމުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ތިމާވެށީގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ދަނޑުވެރިކަމާއި ދިރޭތަކެތީގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރެއް؛
- ދާހިލީ ސަލާމަތާއި ފަންނީކަންކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ދިފާއީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
2 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި އުސޫލު
ޖިއޮގުރާފިކް ތަންތަނަށް ނަން ކިއުމުގެ އުސޫލު (އުސޫލު ނަންބަރު 2025-25)
ކިޔުންތެރިންގެ ހިޔާލު