ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް)" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު (އުސޫލު ނަންބަރު 2022-12) އަށް 2 ވަނަ އިސްލާހު ގެނައުމުގެ އުސޫލު
(އުސޫލު ނަންބަރު 2025-29)
(މި އުސޫލަށް އަމަލުކުރަން ފެށީ 16 ނޮވެމްބަރު 2025 ގައި)
އުސޫލު ނަންބަރު 2022-12 (ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި، އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް.) ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހުށަހަޅާ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުން 10.
(ހ) އޯ.އީ.ސީ.އެމް. އެއްގެ ގޮތުގައި ހުށަހަޅާ ސަރަހައްދުތަކުގެ ބައުންޑަރީ، ރިޒޯޓުގެ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި ރިޒޯޓުގެ ފަރާތުން ހުށަހަޅާ ބައުންޑަރީއަކީ ރިޒޯޓުގެ ސަރަހައްދުގެ އިމުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ސަރަހައްދަކަށް ވާންވާނެއެވެ. އެ ސަރަހައްދަކީ ވޯޓަރ ވިލާ ފިޔަވައި، މިހާރު ރިޒޯޓުގައި ހުރި އިންފްރާސްޓްރަކްޗަރއާއި، ކުރިޔަށް އޮތް ތަނުގައި ރިޒޯޓުގައި ގާއިމުކުރުމަށް ގަސްތުކުރާ އިންފްރާސްޓްރަކްޗަރއާއި، ބްރައިންއާއި ސީއައުޓްފޯލްއާއި ވެލި ޕަމްޕްކުރާ ސަރަހައްދުތަކާ މަދުވެގެން 100 (އެއްސަތޭކަ) މީޓަރު ދުރުގައި އޮތް ސަރަހައްދަކަށް ވާންވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު