ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމާ ގުޅޭ އުސޫލު 2026
(އުސޫލު ނަންބަރު 2026-14)
(މި އުސޫލަށް އަމަލުކުރަން ފެށީ 6 މޭ 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހި ދައުލަތަށް 35 (ތިރީސް ފަހެއް) އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، ހިދުމަތްކުރި މުއައްސަސާއެއްގެ ނުވަތަ މުއައްސަސާތަކުގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ށަރަފުވެރި އިނާމު ކަމުގައިވާ "ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" ދިނުމާ ގުޅޭ ހަމަތަކާއި، ށަރުތުތަކާއި، އެ އިނާމު ދިނުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރާ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދިނުމާ ގުޅޭ އުސޫލު - 2026" އެވެ.
(ނ) މި އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވައިފައިވާ "ގައުމީ އިނާމާބެހޭ ކޮމިޓީ" އިންނެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދަކީ، ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކުގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި، މިހާރު ވެސް ހިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމެވެ.
3 ވަނަ މާއްދާ - މައިގަނޑު އުސޫލުތައް
މި އިނާމު ދިނުމާ ގުޅޭ މައިގަނޑު އުސޫލުތައް ތިރީގައި މިވަނީއެވެ.
(ހ) ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު އާންމުގޮތެއްގައި ދޭނީ، އަހަރަކު އެއްފަހަރު، އެކަމަށް ޓަކައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
(ށ) ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ށަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
(ނ) ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދޭނީ، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރަމުންދާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާ ނަމަ، އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތް ކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.
(ރ) ގާނޫނު ނަންބަރު 1997-01 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) ގެ ދަށުން އިއްޒަތް ދީފައިވާ މީހުންނާއި، ށަރަފުވެރިކަމުގެ ގައުމީ އިނާމު ނުވަތަ ހިތްވަރުދިނުމުގެ ގައުމީ އިނާމު ދީފައިވާ މީހުންގެ ތެރެއިން، އެ މީހަކު އަދާކުރި ނުވަތަ އަދާކުރާ ވަޒީފާއާ ގުޅުންހުރި ހިދުމަތަށް އިނާމު ދީފައިވާ މީހުން މި އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެއެވެ.
(ބ) 1 މޭ 2008 އާ ހަމައަށް ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މީހުންގެ ތެރެއިން، އެ މީހުން ކުރި ހިދުމަތްތަކުގެ އަގުވަޒަންކޮށ،ް 15 މޭ 2008 ގައި ސަރުކާރުން ދިން ށަރަފުގެ ފިލާ ލިބިފައިވާ މީހުން މި އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެއެވެ.
(ޅ) ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމާއި، ގައުމީ އިނާމަށް އެއް އަހަރެއްގެ ތެރޭގައި އެކަކުގެ ނަން ހުށަހަޅައިފައިވާ ނަމަ، އެ މީހަކަށް އެ އަހަރަކު ދޭނެ އިނާމެއް ކަނޑައަޅާނީ، ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
(ކ) ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ނުވަތަ ގައުމީ އިނާމަށް ނަން ހުށަހަޅާ ނަމަ، އެއް އަހަރެއްގެ ތެރޭގައި ނަން ހުށަހެޅޭނީ، އެ ދެ އިނާމުގެ ތެރެއިން ކޮންމެވެސް އެއް އިނާމަކަށެވެ.
(އ) ވަޒީފާ އަދާކުރުމުގައި މުވައްޒަފުންގެ އަމަލުތައް ބެހެއްޓުމަށް ކަނޑައަޅައިފައިވާ އުސޫލުތައް ބަޔާންކުރާ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެފައިވާ މީހެއް ކަމުގައި ނުވުން.
4 ވަނަ މާއްދާ - އިނާމު ދިނުމުގައި ބަލާ އަސާސީ ށަރުތުތައް
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް އެދި ނަން ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި އަސާސީ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.
(ހ) އިނާމަށް ނަން ހުށަހެޅިފައިވާ މީހަކީ، އެ މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ށ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާގެ މައްޗަށް ށަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަން ޖެހިފައިވާ ނަމަ، އެ ފައިސާއެއް ގަވާއިދުން ދައްކަމުން ގެންދާ މީހަކު ކަމުގައި ވުން.
(ނ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ގަވާއިދުން ދައްކަމުން ގެންދާ މީހަކު ކަމުގައި ވުން.
(ރ) އިނާމަށް ނަން ހުށަހެޅިފައިވާ މީހަކީ، އޭނާގެ މައްޗަށް ކޮރަޕްށަނުގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްށަނުގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހަކު ކަމުގައި ނުވުން.
(ބ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާއާބެހޭ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅިގެން، އެ މައްސަލައެއްގެ ތަހުގީގެއް އެ މީހާގެ މައްޗަށް ހިނގަމުންދާ މީހަކު ކަމުގައި ނުވުން.
(ޅ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާގެ މައްޗަށް ށަރުއީ ކޯޓެއްގައި ދައުވާއެއް އުފުލިގެން އެ މީހެއްގެ މައްޗަށް ށަރީއަތެއް ހިންގަމުންދާ މީހަކު ކަމުގައި ނުވުން.
(ކ) އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެފައިވާ މީހަކު ކަމުގައި ނުވުން.
5 ވަނަ މާއްދާ - އިނާމު ދިނުމަށް ކަނޑައެޅުމުގައި ބަލާނެ ކަންކަން
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް އެދި ނަން ހުށަހެޅޭ ފަރާތްތަކަށް އިނާމު ދިނުމަށް ކަނޑައެޅުމުގައި ބަލާނެ ކަންކަން ތިރީގައި މިވަނީއެވެ.
(ހ) މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލުކަމާއި ފަރުވާތެރިކަމާއި އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ މަސައްކަތްތައް.
(ށ) އެ މީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތް.
(ނ) އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތްކޮށްފައިވާ މިންވަރު.
(ރ) ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީ.
(ބ) އެ މީހެއްގެ މައްޗަށް މަދަނީ މައްސަލައެއް ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިގެން އެ މައްސަލައެއް ބަލަމުންދާކަން ނުވަތަ ނޫންކަން.
6 ވަނަ މާއްދާ - ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބިފައިވާ މީހެއްގެ އިނާމު ނިގުޅައިގަތުން
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބިފައިވާ މީހެއްގެ ކިބައިން، އިނާމު ނިގުޅައިގަންނަންޖެހޭ ފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ނުވަތަ ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އަދި އެ ކަމަކީ މި އިނާމު ނިގުޅައިގަންނަންޖެހޭ ފަދަ ކަމެއް ކަމުގައި ކޮމިޓީއަށް ފެނިއްޖެ ނަމަ، ތަފުސީލު ސަބަބާއެކުގައި އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ފޯމު ހުށަހެޅުމާއި، މައުލޫމާތު ހޯދުން
(ހ) މި އިނާމަށް ނަން ހުށަހެޅޭނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" https://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ، 2026 ޖޫން 11 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
(ށ) މައުލޫމާތު ހޯދުމަށް ގުޅާނީ، 3336262 ނަންބަރު ފޯނަށް ނުވަތަ 3323071 ނަންބަރު ފޯނަށް ނުވަތަ 7960844 ނަންބަރު ފޯނަށެވެ.
8 ވަނަ މާއްދާ - ޖަދުވަލު
މި އުސޫލުގައި ހިމެނޭ ޖަދުވަލުތަކަކީ، މި އުސޫލުގެ ބައެއްކަމުގައި ބެލޭނެއެވެ.
9 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު
ޖަދުވަލު 2
އިނާމަށް ހުށަހެޅޭ މީހާގެ ތައާރުފުގެ ނަމޫނާ (ތައާރުފު ލިޔެފައި އޮންނަންވާނީ A4 ސައިޒު ކަރުދާހުގެ އެއް ސަފުހާ އަށް ވުރެ ދިގުނުވާނޭހެން، ފަރުމާ ފޮންޓުގެ 14 ގައެވެ.)
ޖަދުވަލު 3
އަދާކުރި / އަދާކުރާ ވަޒީފާއާބެހޭ މައުލޫމާތު ހުށަހަޅާނެ ގޮތުގެ ނަމޫނާ ސިޓީ
މައި ގާނޫނު/ގަވާއިދު
ނެތް
ކިޔުންތެރިންގެ ހިޔާލު