-

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމާ ގުޅޭ އުސޫލު

(އުސޫލު ނަންބަރު 2024-08)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ފެބުރުއަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، ހިދުމަތްކުރި މުއައްސަސާއެއްގެ ނުވަތަ މުއައްސަސާތަކުގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ށަރަފުވެރި އިނާމު ކަމުގައިވާ "ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" ދިނުމާ ގުޅޭ ހަމަތަކާއި ށަރުތުތަކާއި، އެ އިނާމު ދިނުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރާ އުސޫލެވެ. 

(ށ) މި އުސޫލަށް ކިޔާނީ، "ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމާ ގުޅޭ އުސޫލު - 2024" އެވެ.

(ނ) މި އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފައިވާ "ގައުމީ އިނާމާބެހޭ ކޮމިޓީ" އިންނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދަކީ، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކުގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި، މިހާރު ވެސް ހިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން، އެ މުއައްސަސާއެއްގެ ނުވަތަ މުއައްސަސާތަކުގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މުވައްޒަފުންނާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމެވެ.

 

3 ވަނަ މާއްދާ - މައިގަނޑު އުސޫލުތައް

މި އިނާމު ދިނުމާ ގުޅޭ މައިގަނޑު އުސޫލުތައް ތިރީގައި މިވަނީއެވެ.

(ހ) ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އާންމު ގޮތެއްގައި ދޭނީ، އަހަރަކު އެއްފަހަރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

(ށ) ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ށަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

(ނ) ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނީ، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރަމުންދާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ، އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި، ނުވަތަ ހިދުމަތް ކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

(ރ) ގާނޫނު ނަންބަރު 1997-01 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) ގެ ދަށުން އިއްޒަތް ދީފައިވާ މީހުންނާއި، ށަރަފުވެރިކަމުގެ ގައުމީ އިނާމު ނުވަތަ ހިތްވަރުދިނުމުގެ ގައުމީ އިނާމު ދީފައިވާ މީހުންގެ ތެރެއިން، އެ މީހަކު އަދާކުރި ނުވަތަ އަދާކުރާ ވަޒީފާއާ ގުޅުންހުރި ހިދުމަތަށް އިނާމު ދީފައިވާ މީހުން، މި އިނާމަށް ހުށަހެޅުމުން އިސްތިސްނާ ވާނެއެވެ.

(ބ) 1 މޭ 2008 އާ ހަމައަށް ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މީހުންގެ ތެރެއިން، އެ މީހުން ކުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، 15 މޭ 2008 ގައި ސަރުކާރުން ދިން ށަރަފުގެ ފިލާ ލިބިފައިވާ މީހުން މި އިނާމަށް ހުށަހެޅުމުން އިސްތިސްނާ ވާނެއެވެ.

(ޅ) ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމާއި، ގައުމީ އިނާމަށް އެއް އަހަރެއްގެ ތެރޭގައި އެކަކުގެ ނަން ހުށަހަޅައިފައިވާނަމަ، އެ މީހަކަށް އެ އަހަރަކު ދޭނެ އިނާމެއް ކަނޑައަޅާނީ، ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

 

4 ވަނަ މާއްދާ - އިނާމު ދިނުމުގައި ބަލާ އަސާސީ ށަރުތުތައް

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް އެދި ނަން ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި އަސާސީ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) އިނާމަށް ނަން ހުށަހެޅިފައިވާ މީހަކީ، އެ މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ށ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާގެ މައްޗަށް ށަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިފައިވާ ނަމަ، އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ވުން.

(ނ) އިނާމަށް ނަން ހުށަހެޅިފައިވާ މީހ،ާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ވުން.

(ރ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާއަކީ އޭނާގެ މައްޗަށް ކޮރަޕްށަނުގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްށަނުގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހަކު ކަމުގައި ނުވުން.

(ބ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާއާބެހޭ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅިގެން އެ މައްސަލައެއްގެ ތަހުގީގެއް، އެ މީހާގެ މައްޗަށް ހިނގަމުންދާ މީހަކު ކަމުގައި ނުވުން.

(ޅ) އިނާމަށް ނަން ހުށަހެޅިފައިވާ މީހާގެ މައްޗަށް ށަރުއީ ކޯޓެއްގައި ދައުވާއެއް އުފުލިގެން އެ މީހެއްގެ މައްޗަށް ށަރީއަތެއް ހިންގަމުންދާ މީހަކު ކަމުގައި ނުވުން.

(ކ) އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެފައިވާ މީހަކު ކަމުގައި ނުވުން.

 

5 ވަނަ މާއްދާ - އިނާމު ދިނުމަށް ކަނޑައެޅުމުގައިބަލާނެ ކަންކަން

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް އެދި ނަން ހުށަހެޅޭ ފަރާތްތަކަށް އިނާމު ދިނުމަށް ކަނޑައެޅުމުގައި ބަލާނެ ކަންކަން ތިރީގައި މިވަނީއެވެ.

(ހ) މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަމާއެކުގައި ކޮށްފައިވާ މަސައްކަތްތައް.

(ށ) އެ މީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތް.

(ނ) އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރު.

(ރ) ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީ.

(ބ) އެ މީހެއްގެ މައްޗަށް މަދަނީ މައްސަލައެއް ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަން.

 

6 ވަނަ މާއްދާ - ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބިފައިވާ މީހެއްގެ އިނާމު ނިގުޅައިގަތުން

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިފައިވާ މީހެއްގެ ކިބައިން، އިނާމު ނިގުޅައިގަންނަންޖެހޭ ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އަދި އެކަމަކީ މި އިނާމު ނިގުޅައިގަންނަންޖެހޭ ފަދަ ކަމެއް ކަމުގައި ކޮމިޓީއަށް ފެނިއްޖެނަމަ، ތަފުސީލު ސަބަބާއެކު އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ޖަދުވަލު

މި އުސޫލުގައިވާ ޖަދުވަލުތަކަކީ، މި އުސޫލުގެ ބައެއް ކަމުގައި ބެލޭނެއެވެ.

 

8 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

މައި ގާނޫނު/ގަވާއިދު

(ނެތް)

 

ގުޅުންހުރި ގާނޫނު

ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު (ގާނޫނު ނަންބަރު 1979-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު