ނޭށަނަލް ސެޓުފިކެޓު ދިނުމުގައި އަމަލުކުރާނެ އުސޫލު
(އުސޫލު ނަންބަރު 2025-16)
(މި އުސޫލަށް އަމަލުކުރަން ފެށީ 27 އޮގަސްޓު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ( ގެ 50 ވަނަ މާއްދާގެ (ބ) އާއި، 52 ވަނަ މާއްދާގެ (ކ) އާއި، 60 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީ ވެފައިވާ ތަމްރީނުދޭ މަރުކަޒުތަކުން ނޭށަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްތަކުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން، ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިހާނުތައް ކުރިޔަ ށްގެންދިޔުމާއި، ކޮމްޕިޓެންސީ ބޭސްޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ސެޓުފިކެޓު ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ނޭށަނަލް ސެޓުފިކެޓު ދިނުމުގައި އަމަލުކުރާނެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑަށް ހިންގާ ޕުރޮގުރާމުތަކުގައި ބައިވެރިވާ ފަރާތްތައް އިމްތިހާނުކޮށް، ކޮމްޕިޓެންސީ ބޭސްޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ނޭށަނަލް ސެޓުފިކެޓު ދިނުމުގައި އަމަލުކުރާނެ މިންގަނޑެއް އެކަށައެޅުމާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑަށް ޕުރޮގުރާމު ހިންގުމަށް އޮތޯރިޓީ ގައި ރަޖިސްޓަރީ ވެފައިވާ ތަމްރީނުދޭ މަރުކަޒުތައް ޒިންމާދާރުކުރުވުމެވެ.
3 ވަނަ މާއްދާ - އިމްތިހާނުގައި ބައިވެރިވެވޭނެ ފަރާތްތައް
އިމްތިހާނުގައި ބައިވެރިވެވޭނީ، އޮތޯރިޓީ ގައި ރަޖިސްޓަރީ ވެފައިވާ ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑަށް ތަމްރީނުދޭ ޕުރޮގުރާމުތަކުގެ ތިޔަރީ އާއި އަމަލީ ބައިތައް ފުރިހަމަކޮށް ޕްރީ އެސެސްމަންޓުން ފާސްވެފައިވާ ފަރާތްތަކަށެވެ.
4 ވަނަ މާއްދާ - އިމްތިހާނު ދިނުމުގައި ބަލާނެ ކަންކަން
އިމްތިހާނު ދިނުމުގައި ބަލާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
(ހ) ޕްރީ އެސެސްމަންޓް ރިޕޯޓު.
(ށ) ދަރިވަރުންގެ ހާޒިރީ.
(ނ) ތަމްރީނުދޭ މަރުކަޒުތަކުން އިމްތިހާނަށް ދައްކަންޖެހޭ ފީ ދައްކައިފައިވުން.
5 ވަނަ މާއްދާ - ތާރީހާއި އެސެސަރުން ކަނޑައެޅުން
(ހ) އިމްތިހާނުތައް ކުރިޔަށްގެންދިއުމަށް ތާރީހާއި އެސެސަރުން ކަނޑައަޅާނީ އޮތޯރިޓީީންނެވެ.
(ށ) ޕުރޮގުރާމު އެސެސްކުރުމަށް ކަނޑައަޅާ ފަރާތަކީ އޮތޯރިޓީ ގެ އެސެސަރުންގެ ރަޖިސްޓަރީ ގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސެސަރުން ކަނޑައެޅުމުގައި އޮތޯރިޓީީން ކުރިޔަށްގެންދާ އެސެސަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
(ނ) އެސެސްކުރާ ފަރާތަކީ އެސެސްކުރަން ކަނޑައަޅައިފައިވާ ޕުރޮގުރާމުގައި ކިޔަވައިދ ފައިވާ ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.
(ރ) ޕްރީ އެސެސްމަންޓް ރިޕޯޓު އޮތޯރިޓީ އަށް ހުށަހަޅާތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނޭށަނަލް އެސެސަރެއް ހަމަޖެހޭނެ ދުވަހެއް ބެލުމަށްފަހު، އިމްތިހާނު ބާއްވާނެ ތާރީހެއް، ތަމްރީނުދޭ މަރުކަޒަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެސެސަރެއް ލިބެން ނެތް ނަމަ، ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ތަމްރީނުދޭ މަރުކަޒަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ޅ) އިމްތިހާނަށް އެސެސަރެއް ހަމަޖެއްސުމާއެކު، އިމްތިހާނު ކުރިޔަށްގެންދިއުމަށް އެސެސަރާއެކު އެއްބަސްވުން ހަދަންވާނެއެވެ.
(ކ) އެސެސަރުންގެ އުޖޫރަ ހަމަޖައްސާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އޮތޯރިޓީންނެވެ.
6 ވަނަ މާއްދާ - އެސެސަރުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން
އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އޮތޯރިޓީ ގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެސެސަރ ރަޖިސްޓްރޭށަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ކުރިން، އެ ލިޔުންތަކުގެ ސައްހަކަން، ލިޔުންތައް ހުށަހަޅާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.
7 ވަނަ މާއްދާ - އެސެސަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް
އެސެސަރުންގެ ކިބައިގައި އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާންވާނެއެވެ.
(ހ) އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީީ ވުމަށް ހުށަހަޅައިފައިވާ ޕުރޮގުރާމުގެ ދާއިރާއިން އެ ފެންވަރަށް ވުރެ މަތީ ލެވެލެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 1 (އެކެއް) އަހަރުދުވަހުގެ އަމލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުން. ނުވަތަ،
(ށ) އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީީ ވުމަށް ހުށަހަޅައިފައިވާ ޕުރޮގުރާމުގެ ދާއިރާއިން އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށް، 2 (ދޭއް) އަހަރުދުވަހުގެ އަމލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
(ނ) އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީީ ވުމަށް ހުށަހަޅައިފައިވާ ޕުރޮގުރާމުގެ ދާއިރާއިން މެދުނުކެނޑި 5 (ފަހެއް) އަހަރުދުވަހުގެ އަމލީ ތަޖުރިބާ ލިބިފައިވުމާއެކު، އެ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ފަރާތަކަށް ވުން.
8 ވަނަ މާއްދާ - މަރުކަޒުގެ ޒިންމާ
(ހ) އެސެސްމަންޓުގެ ތާވަލާ އެއްގޮތަށް ކުރިޔަށްގެންދިޔުމަށް އިމްތިހާނު ބާއްވާނެ ތަނާއި، އެސެސްމަންޓަށް ބޭނުންވާ އެންމެހައި ތަކެތި، ތަމްރީނުދޭ މަރުކަޒުން ހަމަޖައްސަންވާނެއެވެ.
(ށ) އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް އިމްތިހާނާ ގުޅުންހުރި ހުރިހާ މައުލޫމާތު، އިމްތިހާނު ބާއްވާ ތަނާއި، ވަގުތާއި ތާރީހު، ތަމްރީނުދޭ މަރުކަޒުން ދަރިވަރުންނަށް އަންގަންވާނެއެވެ.
(ނ) ޕްރީ އެސެސްމަންޓް ރިޕޯޓު ފޮނުވުމުގެ ކުރިން ކޮމްޕިޓެންސީ ބޭސްޑް އެސެސްމަންޓަށް އޮތޯރިޓީ ގައި ރަޖިސްޓަރީ ވެފައިވާ ނޭށަނަލް އެސެސަރަކު ހުރިކަން ކަށަވަރުކުރަން ވާނެއެވެ.
9 ވަނަ މާއްދާ - ރީ އެސެސްމަންޓު ދިނުން
(ހ) އިމްތިހާނުން ފާސްނުވާ ދަރިވަރުންނަށް ރީ އެސެސްމަންޓު ދިނުމަށް އެދި ހުށަހަޅާނީ ދަރިވަރު ކިޔެވި ތަމްރީނުދޭ މަރުކަޒުންނެވެ.
(ށ) ރީ އެސެސްމަންޓަކަށް އެދޭ ނަމަ، ދަރިވަރުންގެ ނަތީޖާށީޓު، ތަމްރީނުދޭ މަރުކަޒަށް އޮތޯރިޓީން ފޮނުވާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅަން ވާނެއެވެ.
(ނ) ރީ އެސެސްމަންޓެއް ދޭނީ، އެސެސްމަންޓް ބޭއްވިތާ މަދުވެގެން 15 (ފަނަރަ) ދުވަސް ވުމުންނެވެ.
(ރ) ރީ އެސެސްމަންޓުގައި ބައިވެރިވެވޭނީ، މި އުސޫލުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރީ އެސެސްމަންޓަށް ކަނޑައަޅައިފައިވާ ފީ، ތަމްރީނުދޭ މަރުކަޒުން އޮތޯރިޓީ އަށް ދެއްކުމުންނެވެ.
(ބ) ދަރިވަރަކަށް ރީ އެސެސްމަންޓުގައި ބައިވެރިވެވޭނ 2 (ދޭއް) ފަހަރުއެވެ. ދެވަނަފަހަރަށް ރީ އެސެސްމަންޓުގައި ބައިވެރިވެގެން ފާސްނުވާ ނަމަ، އެ ދަރިވަރަށް އެސެސްމަންޓު ދެވޭނ ފާސްނުވާ ޔުނިޓްތަކުން ޕްރީ އެސެސްމަންޓުން ފާސްވުމަށްފަހުގައެވެ.
10 ވަނަ މާއްދާ - ރީޗެކްކުރުން
(ހ) އޮތޯރިޓީން ކޮންޕިޓެންސ ބޭސްޑް އެސެސްމަންޓު ރިޕޯޓ،ް ތަމްރީނުދޭ މަރުކަޒުން ފޮނުވާތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެސެސްމަންޓު ޕޭޕަރު ރީޗެކްކުރަން އެދޭ ދަރިވަރުންގެ ނަންތައް ފޮނުވަންވާނެއެވެ.
(ށ) އިމްތިހާނު ކަރުދާސް ރީ-ޗެކް ކުރާނީ، ރީޗެކް ކުރުމަށް މި އުސޫލުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފީ، ތަމްރީނުދޭ މަރުކަޒުން އޮތޯރިޓީ އަށް ދެއްކުމުންނެވެ.
(ނ) އިމްތިހާނު ޕޭޕަރު ރީ-ޗެކް ކުރާނީ، އޮތޯރިޓީ ގެ އެސެސްމަންޓް ކޮމިޓީންނެވެ.
11 ވަނަ މާއްދާ - ސެޓުފިކެޓު ދޫކުރުން
(ހ) ނޭށަނަލް ސެޓުފިކެޓު ދޫކުރާނީ، އޮތޯރިޓީ ގެ ނޭށަނަލް ކޮންޕިޓެންސ ސްޑޭންޑަޑަށް ފަރުމާކޮށްފައިވާ ޕުރޮގުރާމުތަކުގެ ކޮމްޕިޓެންސީ ބޭސްޑް އެސެސްމަންޓުގެ ހުރިހާ ޔުނިޓުތަކުން ފާސްވާ ފަރާތްތަކަށް އޮތޯރިޓީންނެވެ.
(ށ) މަތީ ތައުލީމާއި ތަމްރީނުދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ތަމްރީނުދޭ މަރުކަޒަކުން ކޮމްޕިޓެންސީ ސްޑޭންޑަޑަށް ތައްޔާރުކޮށް ހިންގައިފައިވާ ޕުރޮގުރާމަކީ އޮތޯރިޓީން އެންޑޯސްކޮށްފައިވާ ޕުރޮގުރާމެއް ނަމަ ސެޓުފިކެޓު ދޫކުރާނީ ތަމްރީނުދޭ މަރުކަޒުންނެވެ.
12 ވަނަ މާއްދާ - ސެޓުފިކެޓު ރިޕްލޭސްމަންޓް ލިޔުން
އޮތޯރިޓީން ދޫކޮށްފައިވާ ނޭށަނަލް ސެޓުފިކެޓު ނުވަތަ ޓްރާންސްކްރިޕްޓް ގެއްލިގެން އަލުން ސެޓުފިކެޓު ނުވަތަ ޓްރާންސްކްރިޕްޓް ހޯދުމަށް އެދުމުން ދޫކުރާނީ ކޯސް ފުރިހަމަކޮށްފައިވާކަން އަންގައިދޭ ސެޓުފިކެޓުގެ ނުވަތަ ޓްރާންސްކްރިޕްޓްގެ ރިޕްލޭސްމަންޓް ލިޔުމެކެވެ.
13 ވަނަ މާއްދާ - ހިދުމަތްތަކަށް ކަނޑައަޅާ ފީ
(ހ) ތަމްރީނުދޭ މަރުކަޒުން ކޮންމެ ދިވެހި ރައްޔިތަކަށް އިމްތިހާނަށް ދައްކަންޖެހޭ ފީ 500 (ފަސް ސަތޭކަ) ރުފިޔާ.
(ށ) ތަމްރީނުދޭ މަރުކަޒުން ބިދޭސީ ރައްޔިތަކަށް އިމްތިހާނަށް ދައްކަންޖެހޭ ފީ 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ.
(ނ) ރީ އެސެސްމަންޓް ދެވޭ ކޮންމެ ދަރިވަރަކަށް ދައްކަންޖެހޭ ފީ 1,000 (އެއް ހާސް) ރުފިޔާ.
(ރ) ރީޗެކް ކުރެވޭ ކޮންމެ އިމްތިހާނު ކަރުދާހަކަށް ދައްކަން ޖެހޭ ފީ 300 (ތިން ސަތޭކަ) ރުފިޔާ.
(ބ) ރ މާރކް ކުރުމާއި ރިޕޯ ތައްޔާރުކުރާ ކޮންމެ އިމްތިހާނު ކަރުދާހަކަށް ދައްކަންޖެހޭ ފީ 2,000 (ދެހާސް) ރުފިޔާ.
(ޅ) ރިޕްލޭސްމަންޓް ސެޓުފިކެޓަކަށް 100 (އެއްސަތޭކަ) ރުފިޔާ.
(ކ) ރިޕްލޭސްމަންޓް ޓްރާންސްކްރިޕްޓަކަށް 100 (އެއްސަތޭކަ) ރުފިޔާ.
(އ) މި މާއްދާގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސ،ް "މޯލްޑިވްސް ޕޮލިޓެކްނިކް" އިން ހިންގާ ޕުރޮގުރާމުތަކުން މި މާއްދާގެ (ހ) އާއި، (ނ) އާއި، (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފީ ތަކެއް ނުނަގާނެއެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.
(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ " އަށެވެ.
(ށ) "ޕްރީ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭނެކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށް ޓަކައި ބޭނުންކުރާ މިންގަނޑާ އަޅައި ބަލައި، މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި، މައުލޫމާތާއި، މަސައްކަތު އަހްލާގު އެ މީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށް ޓަކައި، ތަމްރީނުދޭ ފަރާތުން ކުރިޔަށްގެންދާ އިމްތިހާނަށެވެ.
(ނ) "ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރުތަކަށް އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑުތަކަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ބ) "ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ޕުރޮގުރާމުތައް ހިންގުމަށް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަރުކަޒުތަކަށެވެ.
(ޅ) "ނޭށަނަލް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑުގައި ބަޔާންކުރާ، އަދި އެ ސްޓޭންޑަޑަށް ހިންގާ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕުރޮގުރާމުތައް ނިންމާ ދަރިވަރުން އިމްތިހާނުކޮށް، އެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް މި އޮތޯރިޓީން ދޫކުރާ ސަނަދަށެވެ.
(ކ) "އިމްތިހާނު" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭނެކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށް ޓަކައި ބޭނުންކުރާ މިންގަނޑާ އަޅައިބަލައި، މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި، މައުލޫމާތާއި، މަސައްކަތު އަހްލާގު އެ މީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށް ޓަކައި، ނޭށަނަލް އެސެސަރުން މެދުވެރިކޮށް އޮތޯރިޓީން ކުރިޔަށްގެންދާ އިމްތިހާނަށެވެ.
15 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު