gaanoon_logo
-

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-13)

(މި އުސޫލަށް އަމަލުކުރަން ފެށީ 3 ޖުލައި 2025 ގައި)

(މި އުސޫލުގެ 29 ވަނަ މާއްދާއިން ވަނީ އުސޫލު ނަންބަރު 2024-20 އުވާލެވިފައި)

 

ފުރަތަމަ ބާބު

އާންމު ބައިތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މީޑިއާގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން ނޫސްވެރިކަމުގެ އިނާމު ދިނުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުޞަދު

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މައިގަނޑު މަގުޞަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން.

(ށ) ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރަމުން ގެންދިޔުން.

(ނ) ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުން.

(ރ) ޒުވާން ނޫސްވެރިން އެ މީހުންގެ މަސައްކަތުގައި މޮޅުވެ، ދާއިރާގައި ކުރިއަރައިގެންދިއުމަށް މަސައްކަތްކުރުމަށް ބާރުއަޅައި ހިތްވަރު ދިނުން.

(ބ) ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ނޫސްވެރިންނާއި މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ގާބިލުކަން ހުރި ދާއިރާތައް ދެނެގަތުން.

 

3 ވަނަ މާއްދާ - އިނާމަށް ކުރިމަތިލެވޭނެ ދާއިރާތައް

މި އުސޫލުގެ ދަށުން އިނާމަށް ކުރިމަތިލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ކެޓަގަރީގެ ދަށުން ކަނޑައަޅައިފައިވާ 11 (އެގާރަ) ދާއިރާއަށާއި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިނާމުތަކަށެވެ.

(ހ) ކެޓަގަރީތައް:

  1. ނޫސްމަޖައްލާ ކެޓަގަރީ
  2. އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ

(ށ) ދާއިރާތައް:

  1. ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
  2. އިޖުތިމާއީ ދާއިރާ
  3. ސިޔާސީ ދާއިރާ
  4. ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ
  5. ވިޔަފާރިއާއި އިގުތިޞާދުގެ ދާއިރާ
  6. ކުޅިވަރުގެ ދާއިރާ
  7. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  8. ޑޮކިއުމަންޓްރީގެ ދާއިރާ
  9. ފީޗަރ ރިޕޯޓުގެ ދާއިރާ
  10. ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި، ފަންނުވެރިކަމުގެ ދާއިރާ
  11. ތިމާވެށްޓާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ އިތުރުން އަންނަނިވި އިނާމުތަކަށް ކުރިމަތިލެވޭނެއެވެ.

  1. އުންމީދީ ނޫސްވެރިޔާގެ އިނާމު
  2. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު.
  3. ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިންނާއި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިނާމުތަކުގެ ތެރެއިން، ހަމައެކަނި ނޫސްމަޖައްލާ ކެޓަގަރީން އިނާމަށް ހުށަހެޅޭނެ ދާއިރާތަކާއި އިނާމުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ؛
  2. ފީޗަރ ރިޕޯޓުގެ ދާއިރާ؛
  3. ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިންނާއި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިނާމުތަކުގެ ތެރެއިން، ނޫސްމަޖައްލާ ކެޓަގަރީންނާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމްގެ ކެޓެގަރީން ވަކިވަކިން ކޮންމެ ދާއިރާއަކަށް އިނާމު ހުށަހެޅޭނެ ދާއިރާތަކާއި އިނާމުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ:

  1. ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ؛
  2. އިޖުތިމާއީ ދާއިރާ؛
  3. ސިޔާސީ ދާއިރާ؛
  4. ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ؛
  5. ވިޔަފާރިއާއި އިގުތިޞާދުގެ ދާއިރާ؛
  6. ކުޅިވަރުގެ ދާއިރާ؛
  7. ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ؛
  8. ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ؛
  9. ޑޮކިއުމެންޓްރީގެ ދާއިރާ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާއަކަށާއި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިނާމަކަށް ހުށަހަޅައިފައިވާ އުފެއްދުމެއް، އިތުރު އެހެން ދާއިރާއަކަށް ނުވަތަ އިނާމަކަށް ހުށައެއް ނޭޅޭނެއެވެ.

(ކ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުންމީދީ ނޫސްވެރިޔާއާއި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް އުފެއްދުންތައް ހުށަހެޅުމުގައި މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އުސޫލު އިސްތިސްނާވާނެއެވެ.

(އ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އިތުރު އެހެން ދާއިރާއަކަށް ނުވަތަ އިނާމަކަށް އުފެއްދުމެއް ހުށަހަޅައިފި ނަމަ، އެ އުފެއްދުމެއް ތަކުރާރުނުވާނެގޮތަށް، ވަކި ދާއިރާއަކަށް ނުވަތަ އިނާމަކަށް އަލުން ހުށަހެޅުމަށް، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 2 (ދޭއް) ދުވަހުގެ މުއްދަތެއް، އެ އުފެއްދުމެއް ހުށަހެޅި ފަރާތަކަށް ދޭންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެފަދައިން އަމަލުނުކޮށްފި ނަމަ، އެފަދައިން ހުށަހަޅައިފައިވާ އެންމެހައި ހުށަހެޅުންތައް ބާތިލުވާނެއެވެ.

 

4 ވަނަ މާއްދާ - އިނާމު ދެވޭ ދާއިރާތަކާއި އިނާމުތައް މާނަކުރާ ގޮތް

މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކާއި، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިނާމުތައް މާނަކުރާ ގޮތް ތިރީގައި މިވަނީއެވެ.

 

(ހ) ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ:

މިއީ ރާއްޖޭގައި ހިނގައިފައިހުރި ޖިނާއީ ކަންކަމާއި، ހިނގަމުންދާ ޖިނާއީ ކަންކަމާއި ވިޔަފާރިއާއި ކޮރަޕްށަނާއި އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތައް، ފުންކޮށް މައުލޫމާތު ހޯދައިފައިވާ ރިޕޯޓުތަކުގެ މައްޗަށް ތަހުގީގާއި ދިރާސާކޮށް އުފައްދައިފައިވާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ. މީގެ ތެރޭގައި ވިސްލްބްލޯވަރސްގެ ފަރާތުން ފެންމަތިވާ މައުލޫމާތެއް ހުރި ނަމަ، މި ހުށަހެޅުމުގައި އެ މައުލޫމާތު ހިމެނިދާނެއެވެ. މި ދާއިރާއަކަށް ހަބަރެއް ހުށައެއް ނޭޅޭނެއެވެ.

 

(ށ) އިޖުތިމާއީ ދާއިރާ:

މިއީ ޞިއްހަތާއި ތައުލީމާއި ދިރިއުޅުމުގެ އާދަކާދަތަކާއި، އާންމު ދިރިއުޅުމަށް އަސަރުކުރާ ކަންތައްތަކާއި ގައުމުގައި ހިނގާ އިޖުތިމާއީ މައްސަލަތަކާއި އިޖުތިމާއީ ދިރިއުޅުން ރަނގަޅުކުރުމަށް ބާރުއަޅާ ކަންތައްތަކާއި އިޖުތިމާއީގޮތުން ހޭލުންތެރިކުރުމަށް އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ނ) ސިޔާސީ ދާއިރާ:

މިއީ، ރައްޔިތުންގެ މަޖިލީހާއި، ސިޔާސީ ޕާޓީތަކާއި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި ދައުލަތް ހިންގުމަށް ތަންފީޒުކުރެވެމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ރ) ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ:

މިއީ، ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާގައި ހިނގަމުންދާ މައްސަލަތަކާއި، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި، ހިނގަމުންދާ ގަޒިއްޔާތަކާއި، ނިމިފައިވާ ގަޒިއްޔާތަކާއި، ށަރުއީ ދާއިރާގެ ކަންކަމާއި ގާނޫނީ ދާއިރާގެ ކަންކަމާއި، އެ ކަންކަމަށް އަންނަ ބަދަލުތައް ހާމަކޮށްދިނުމާއި، އެ ކަންކަމާ ގުޅޭގޮތުން ނުވަތަ އެއިން ކަމަކާ ގުޅޭގޮތުން އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ބ) ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާ

މިއީ ވިޔަފާރިއާއި އިގްތިޞާދީ ހާލަތާއި، އެ ހާލަތަށް އަންނަމުންދާ ނުވަތަ އަތުވެދާނެ ބަދަލުތަކާއި އިގްތިޞާދީ ފުރުޞަތުތަކާއި އިގްތިޞާދު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ޅ) ކުޅިވަރުގެ ދާއިރާ

މިއީ ދިވެހިރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި، ދިވެހިރާއްޖެ ބައިވެރިވާ ބޭރުގެ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ހަރަކާތްތަކާއި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާއި، ކުޅިވަރުގެ ދާއިރާގައި ހުރި މައްސަލަތަކާއި، ކުޅިވަރާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތުތަކުގެ މައްޗަށް އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ކ) ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

މިއީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި މުޖުތަމައުގެ ތެރޭގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ށާއިއު ކޮށްފައިވާ ނޫސްވެރިކަމުގައި ބޭނުންކުރާ ތަސްވީރު (ފޮޓޯ ޖާނަލިޒަމް) އާއި، މީހުންގެ ތަސްވީރު (ޕޯޓްރެއިޓް) އާއި، ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ ހިމެނޭ ދާއިރާއެވެ.

*ފޮޓޯ ސްޓޯރީއަކީ، އެއް މައުޒޫއަކަށް، ފެށުމަކާއި މައިގަނޑަކާއި ނިމުމެއް ހިމެނޭ ތަސްވީރު ސްޓްރީމެކެވެ.

*ފޮޓޯ އެސޭއަކީ، މައުޒޫއަކާ ގުޅުންހުރިނަމަވެސް ތަރުތީބެއްނެތި އަތުރައިލެވިފައިވާ ތަސްވީރުތަކެކެވެ.

 

(އ) ޑޮކިއުމަންޓްރީގެ ދާއިރާ

މިއީ ހިނގައިފައިވާ ހަގީގީ ހާދިސާއެއްގެ ނުވަތަ ވަކި މީހަކާ ބެހޭގޮތުން، ނުވަތަ ވަކި މައުޒޫއެއްގެ ފެކްޗުއަލް އިންފޮމޭށަން ހިމެނޭހެން ނެރޭޓިވް ފޯމެޓަކަށް އުފައްދައިފައިވާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ. މި ދާއިރާއަށް ވަކިވަކި ހުށަހެޅުންތައް ނުވަތަ ޓީމް ހުށަހެޅުންތައް ވެސް ހުށަހެޅިދާނެއެވެ. ނަމަވެސް މި ދާއިރާއަށް ޓީވީ ޕްރޮގްރާމެއް ހުށަހަޅާއިރުގައި ހުށަހެޅޭނީ 60 (ފަސްދޮޅަސް) މިނިޓަށް ވުރެ ދިގުނޫން އަދި 5 (ފަހެއް) މިނިޓަށް ވުރެ ކުރު ނޫން އުފެއްދުމެކެވެ.

 

(ވ) ފީޗަރ ރިޕޯޓުގެ ދާއިރާ:

މިއީ، ނޫސްވެރިކަމުގެ އެކިއެކި ދާއިރާތަކުން ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ލިޔުމުގެ ޒަރީއާއިން ތައްޔާރުކުރާ ފީޗަރ ރިޕޯޓު ހިމެނޭ ދާއިރާއެވެ. މި ދާއިރާއަކަށް ހަބަރެއް ހުށައެއް ނޭޅޭނެއެވެ. އަދި އެހެން އެއްވެސް ދާއިރާއަކަށް ހުށަހަޅައިފައިވާ ހުށަހެޅުމެއް މި ދާއިރާއަށް ހުށައެއް ނޭޅޭނެއެވެ.

(މ) ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ:
މިއީ ލައިފްސްޓައިލް، އާރޓް، ކުރެހުންތެރިކަން، ލަވަޔާއި މިއުޒިކް، ފިލްމާއި މުނިފޫހިފިލުވުން، ކެއްކުމާއި ލިޔެފައިވާ ވާހަކައާ ގުޅޭގޮތުން ނޫސްވެރިކަމުގެ ނަޒަރަކުން އުފައްދައިފައިވާ އުފެއްދުންތަކެވެ. މި ދާއިރާއަށް ކެއްކުމުގެ ރެސިޕީއާއި، ވާހަކައެއްގެ ސިފައިގައި އެއްވެސް ހުށަހެޅުމެއް ހުށައެއް ނޭޅޭނެއެވެ.

 

(ފ) ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ:

މިއީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ އަދި ހިމާޔަތްކުރެވިފައިވާ އިކޯސިސްޓަމްތަކާއި ދޫނިސޫފާސޫފި، ތިމާވެށީގެ ގައުމީ ސިޔާސަތާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ސިޔާސަތުތައް ކަނޑައެޅުމަށް ވަކާލާތުކުރުމާއި، ތަރައްގީގެ މަށްރޫއުތަކުން ތިމާވެއްޓަށް ގެއްލުންދެނިވި ޕްރޮޖެކްޓުތަކުގެ މައުލޫމާތާއި ދެމެހެއްޓެނިވި ތިމާވެށި ކުރިއެރުވުން ހިމެނޭ ގޮތަށް އުފައްދައިފައިވާ ނޫސްވެރިކަމުގެ މަސައްކަތްތައް ހިމެނޭ ދާއިރާއެވެ.

 

(ދ) އުންމީދީ ނޫސްވެރިޔާގެ އިނާމު:

މިއީ ނޫސްވެރިކަމުގެ މައިދާނުގައި ކުރިޔަށްދިޔުމަށް ހިތްވަރުދިނުމުގެ ގޮތުން ނޫސްވެރިކަމުގެ މައިދާނަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އަމާޒުކޮށްގެން، އެ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފަރާތަށް ދިނުމަށް ހަމަޖައްސައިފައިވާ އިނާމެކެވެ. މިއީ ނޫސްވެރިކަމުގެ ވަކި ދާއިރާއަކަށް ހާއްޞަކޮށްގެން ދޭ އިނާމެއް ނޫނެވެ.

 

(ތ) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު:

މިއީ އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިޔަކަށް ދޭ ހާއްޞަ އިނާމެކެވެ. މި އިނާމު ހާއްޞަކޮށްފައިވަނީ ވަކި ދާއިރާއެއް ހާއްޞަކުރުމަކާ ނުލައި މުޅި އަހަރުގެ ތެރޭގައި ގެނެސްދީފައިވާ ހުށަހެޅުންތަކަށް ބަލައި، އެވްރެޖްކޮށް އެންމެ މޮޅު ނޫސްވެރިއަކަށެވެ.

 

(ލ) ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު: މިއީ ރާއްޖޭގެ އަތޮޅުތެރޭގައި ހިންގާ ކޮމިއުނިޓީ ނޫސްތަކަށް ހާއްޞަކޮށްފައިވާ އިނާމެކެވެ. މި އިނާމު ދިނުމުގައި ރަށެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ސަރަހައްދެއްގައި ފާހަގަކުރެވިފައިވާ މައްސަލަތަކުގެ އަޑު އިއްވަން ކުރެވުނު މަސައްކަތާއި، އެ ސަރަހައްދަކާ ގުޅޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ރިޕޯޓުތަކާއި ލިޔުންތަކަށް ބެލޭނެއެވެ. ރީޖަނަލް ނޫހެއްކަމުގައި ބަލާނީ، އެ ނޫހެއްގެ މައިގަނޑު ކޮންޓެންޓް އަތޮޅުތެރެއަށް ހާއްޞަކޮށްފައިވާ ނަމައެވެ. އަދި އެ ނޫހެއްގެ ތައާރުފު/މަގުޞަދުގައި، ކޮން ސަރަހައްދަކަށް ނިސްބަތްވާ ނުވަތަ ކޮން ސަރަހައްދަކާ ގުޅޭ ނޫހެއްކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

5 ވަނަ މާއްދާ - އިނާމަށް އެދި ހުށަހަޅާ ފޯމު

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށާއި އިނާމުތަކަށް އެދި ހުށަހަޅާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކުރާ އޮންލައިން ފޯމުންނެވެ.

 

6 ވަނަ މާއްދާ - އިނާމަށް އެދި ހުށަހެޅޭނެ ފަރާތްތައް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކާއި އިނާމުތަކުގެ ތެރެއިން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކާއި އިނާމުތައް ފިޔަވައި އެހެނިހެން ދާއިރާތަކަށާއި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފައިވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންނަށް ފަރުދީގޮތުންނެވެ.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކާއި އިނާމުތަކުގެ ތެރެއިން "އުންމީދީ ނޫސްވެރިޔާގެ އިނާމު" އާއި "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު" އާއި، "ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު" އަށް ނަން ހުށަހަޅާނީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާއަކުންނެވެ. އަދި މީޑިއާއިން މިއިން ކޮންމެ އިނާމަކަށް ހުށަހެޅޭނީ ގިނަވެގެން 1 (އެކެއް) ހުށަހެޅުމެވެ.

(ނ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކާއި އިނާމުތަކުގެ ތެރެއިން "އުންމީދީ ނޫސްވެރިޔާގެ އިނާމު" އާއި، "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު" އާއި، "ފީޗަރ ރިޕޯޓުގެ ދާއިރާ" އާއި، "ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ" އާއި، "ޑޮކިއުމެންޓްރީގެ ދާއިރާ" ފިޔަވައި ކޮންމެ ނޫސްވެރިއަކަށް ވެސް އިނާމަށް އެދި ހުށަހެޅޭނީ ގިނަވެގެން 1 (އެކެއް) ދާއިރާއަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޫސްވެރިންގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހިނގަމުންދާ ދައުރުގެ މެންބަރުންނާއި އިނާމުތަކަށް ނަން ހުށަހެޅުމަށް ހުޅުވައިލާއިރު އިދާރީ މުވައްޒަފެއްގެ މަގާމުގައި ހުރި ފަރާތަކަށް މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށާއި އިނާމުތަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ބ) މި އުސޫލުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ، 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާންވާނެއެވެ.

 

 

ދެވަނަ ބާބު

އިނާމަށް އެދި ހުށަހަޅަންވީ ގޮތާއި ހުށަހަޅަންވީ ތަކެތި

 

7 ވަނަ މާއްދާ - ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ" އަށް އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ. މި ދާއިރާއަކަށް ހަބަރެއް ހުށައެއް ނޭޅޭނެއެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދުނޫން، ޖުމުލަ 1 (އެކެއް) އުފެއްދުން، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 1 (އެކެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރު.އެލް. ލިންކް ލިސްޓުކޮށް، ހިމަނައިފައިވާ ޑޮކިއުމަންޓް ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން ޖުމުލަ 1 (އެކެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ރޭޑިއޯ ރިޕޯޓެވެ.

(ބ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވް ނުވަތަ ސީޑީގައި، (1280 x 720) 720p އަށް ވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ ސްކްރީންށޮޓް އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް، ޕީ.ޑީ.އެފް. ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށ،ް މަދުވެގެން ޖުމުލަ 9 )ނުވައެއް( މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް )ޖޮބް ރެފަރެންސް ލެޓަރ( ޕީ.ޑީ.އެފް. ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ސީވީ، 60 )ފަސްދޮޅަސް( ލަފުޒަށް ވުރެ ދިގުނުވާގޮތަށ،ް ނޫސްވެރިޔާގެ ކުރު ތައާރުފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއ،ް ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ. 

 

8 ވަނަ މާއްދާ - އިޖުތިމާއީ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އިޖުތިމާއީ ދާއިރާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތ،ި ތިރީގައި ބަޔާންކޮށްފައި މިވަނީއެވ.ެ 

(ހ) މި އިނާމަށް ހުށަހަޅަންވާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ ނަމަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 6 (ހައެއް) އުފެއްދުމުގެ ސުރުހީ، ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރް.އެލް ލިންކް ހިމަނައިފައިވާ ޑޮކިއުމަންޓެއް ޕީޑީއެފް ފޯމެޓްގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން މަދުވެގެން 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، 720p (1280 x 720) އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އެ އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި) ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 6 (ސްކްރީންށޮޓް) އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި މަސައްކަތްކުރި މުއްދަތު އެނގޭނޭހެން، އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީއާއި ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ސިޔާސީ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ސިޔާސީ ދާއިރާ" އިނާމަށް ހުށަހަޅަންވީ ގޮތާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި، ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 6 (ހައެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި ޔޫ.އާރު.އެލް ލިންކާއި، ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނެޓަށް ވުރެ ދިގުނޫން، މަދުވެގެން 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 )ތިނެއް( އުފެއްދުމެއް ފާހަގަކުރަންވާނެއެވ.ެ އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، (1280 x 720) 720p އަށް ވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 6 ސްކްރީންށޮޓް) އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ށަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި، ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 6 (ހައެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރު.އެލް ލިންކާއި، ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން، މަދުވެގެން 6 (ހައެއް) އުފެއްދުންތައް ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ޅ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ (1280 x 720/720p) އަށް ވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 6 ސްކްރީންށޮޓް) އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(އ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި ސީވީއާއި، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ (ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ) ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 6 (ހައެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫއާރުއެލް ލިންކާއި، ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ނަމަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން، މަދުވެގެން 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ ( 1280x720) 720p އަށް ވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން، ކެޕްށަން، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 6 ސްކްރީންށޮޓް) އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން، އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީއާއި ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށްވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓްގައި ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ކުޅިވަރުގެ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކުޅިވަރުގެ ދާއިރާ" އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި، ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 6 (ހައެއް) އުފެއްދުމުގެ ސުރުހީ، ކެޕްށަނާއި ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރު.އެލް ލިންކާއި، ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމްގެ ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން، މަދުވެގެން 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ ( 1280x720) 720p އަށް ވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 6 (ހައެއް) ސްކްރީންށޮޓް) އެނގޭނެގޮތަށް ލިސްޓުކޮށް، ހިމަނައިފައިވާ ޑޮކިއުމަންޓެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީއާއި، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

މި އުސޫލުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮޓޯ ޖާނަލިޒަމްގެ ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު އުފައްދައި، ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ފޮޓޯއެވެ.

(ށ) ފޮޓޯ ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ފޮޓޯގެ ސައިޒް 3MB އަށް ވުރެ ކުޑަނޫން ނުވަތަ ( 1280x720) 720p އަށް ވުރެ ފޮޓޯ ކޮލިޓީ ދަށްނޫން، ޖުމުލަ 6 (ހައެއް) އުފެއްދުން، އުފެއްދުން ށާއިއުކުރިއިރު އޮތް ކެޕްށަނާއެކު ހުށަހަޅަންވާނެއެވެ އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. 

(ނ) މި ދާއިރާއަށް ހުށަހަޅަނީ ފޮޓޯ ސްޓޯރީ ނުވަތަ ފޮޓޯ އެސޭ ނަމ،ަ މަދުވެގެން 6 (ހައެއް) މައުޒޫއަކަށް ހުށަހަޅަންވާނެއެވ.ެ ފޮޓޯ ސްޓޯރ/ީފޮޓޯ އެސ ހުށަހަޅާއިރު ކޮންމެ މައުޒޫއެއްގައި ސްޓްރީމެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) ފޮޓޯ ހިމަނަންވާނެއެވ.ެ ފޮޓޯ ސްޓޯރީއާއި ފޮޓޯ އެސޭގައި، ތަރުތީބާއި ތައާރުފާއި ކެޕްށަނެއް އޮންނަންވާނެއެވެ. 

(ރ) މި ދާއިރާއަށް ހުށަހަޅާ ހުރިހާ އުފެއްދުމެއްގެ ސުރުހ/ީކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ޔ.ޫއާރ.ުއެލް ލިންކް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއ،ް ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ބ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭ ހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ. 

(ޅ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީ، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ. 

 

14 ވަނަ މާއްދާ - ޑޮކިއުމަންޓްރީގެ ދާއިރާ

އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޑޮކިއުމަންޓްރީގެ" ދާއިރާއަށް އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު އުފައްދައި، ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ވީޑިއޯއެވެ.

(ށ) ވީޑިއޯ ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 60 (ފަސްދޮޅަސް) މިނިޓަށް ވުރެ ދިގުނޫން އަދި 5 (ފަހެއް) މިނިޓަށްވުރެ ކުރުނޫން، ވީޑިއޯގެ ކޮލިޓީ ( 1280x720) 720p އަށް ވުރެ ދަށްނޫން، ގިނަވެގެން 3 (ތިނެއް) އުފެއްދުން އަދި މަދުވެގެން 1 (އެކެއް) އުފެއްދުން ހުށަހެޅިދާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 1 (އެކެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) މި ދާއިރާއަށް ހުށަހަޅާ އުފެއްދުންތަކުގެ މައުލޫމާތު (ވީޑިއޯގެ ނަން/ކެޕްށަނާއި، ށާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ ސްކްރީން ށޮޓާއި، ޔ.ޫއާރ.ުއެލް ލިންކް ހިމެނޭ ނަމ،ަ އެ ލިންކް) ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއ،ް ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވ.ެ

(ރ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވ.ެ

(ބ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީއާއި، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ. 

 

15 ވަނަ މާއްދާ - ފީޗަރ ރިޕޯޓުގެ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ފީޗަރ ރިޕޯޓުގެ ދާއިރާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ފީޗަރ ރިޕޯޓެވެ.

(ށ) މި ދާއިރާއަށް ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދުނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް މަދުވެގެން 1 (އެކެއް) އަދި ގިނަވެގެން 3 (ތިނެއް) އުފެއްދުން ހުށަހެޅިދާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 1 (އެކެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) މި ދާއިރާއަށް ހުށަހަޅާ އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރު.އެލް ލިންކާއި (ލިންކް ހިމެނޭ ނަމަ، އެ ލިންކް) ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ބ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީއާއި، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީ.ޑީ.އެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ

މި އުސޫލުގެ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭގޮތަށް ޖުމުލަ 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 6 (ހައެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރު.އެލް ލިންކާއި މި މައުލޫމާތު ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން، މަދުވެގެން 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ 720p (1280 x 720) އަށް ވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 6 (ހައެއް) ސްކްރީންށޮޓް) އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީއާއި ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ

 

17 ވަނަ މާއްދާ - ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 3 (ތިނެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި ޔޫއާރުއެލް ލިންކާއި ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން، މަދުވެގެން 6 (ހައެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ 720p (1280 x 720) އަށް ވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި ބްރޯޑްކާސްޓްކުރި ތާރީހާއި މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 6 (ހައެއް) ސްކްރީންށޮޓް) އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި ސީވީ (ނޫސްވެރިޔާގެ ކުރު ތައާރުފެއް 60 ލަފްޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު" އަށް ހުށަހަޅަންވީ ގޮތާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ މީޑިއާއަކުން ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ މަދުވެގެން 6 (ހައެއް) އުފެއްދުމެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ށ) އިނާމަށް ހުށަހަޅާ ނަމަ، ހުށަހަޅާ ހުށަހެޅުންތަކުގެ ސުރުހީ/ކެޕްށަނާއި، އުފެއްދުންތައް ތައްޔާރުކޮށްފައިވާ ނޫސްވެރިންގެ މައުލޫމާތާއި، އުފެއްދުންތަކުގެ ޔޫ.އާރް.އެލް ލިންކާއި މީޑިއާގެ މަސައްކަތްތަކާ ގުޅޭ ސަމަރީއެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ނ) އިނާމަށް ހުށަހަޅާ މީޑިއާގެ ރަޖިސްޓަރީގެ ކޮޕީއަކާއި މީޑިއާގެ ފަރާތުން މި އިނާމުގައި ތަމްސީލުކުރާ ފަރާތެއްގެ ނަމާއި، މަގާމާއި، ފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު ހިމެނޭ ކަރުދާހެއް، ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - އުންމީދީ ނޫސްވެރިކަމުގެ އިނާމު

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އުންމީދީ ނޫސްވެރިޔާގެ އިނާމު" އަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްމަޖައްލާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގ މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މަސައްކަތްކޮށްފައިވާ، އަދި އެ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ އަދި ނޫސްވެރިކަމުގެ ދާއިރާގައި ގިނަވެގެން 3 (ތިނެއް) އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިނުވާ ނޫސްވެރިންނަށެވެ.

(ށ) މި އިނާމަށް ނޫސްވެރިޔަކު ހުށަހަޅާނީ، އޭނާ މަސައްކަތްކުރާ މީޑިއާގެ އިދާރާއިންނެވެ. ކޮންމެ މީޑިއާއަކުން މި އިނާމަށް ހުށަހެޅޭނީ އެންމެ ނޫސްވެރިޔެކެވެ.

(ނ) މި އިނާމަށް ހުށަހެޅޭނީ ކަމާބެހޭ ގާނޫނުތަކުގެ ދަށުން އެކަށައަޅާ ގަވާއިދުތަކާއި، އެ ގާނޫނުތަކުގައި ހިމެނިގެންވާ އުސޫލުތަކާއި ހަމަތަކާއި، އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާ އަދާކުރާ މީޑިއާއަކަށް އެންމެ ފައިދާހުރިގޮތުގައި މަސައްކަތްކޮށްފައިވާ އަދި ވަޒީފާގައި ދެމިހުރުމުގެ ށައުގުވެރިކަމާއި ގާބިލްކަން ހުރިކަމަށް އެ މީޑިއާއެއްގެ އެޑިޓަރު ފާހަގަކުރާ ނޫސްވެރިޔާއެވެ. އިނާމަށް ހުށަހަޅާއިރު، އުންމީދީ ނޫސްވެރިޔާގެ ގޮތުގައި އިސްވެރިޔާ ނުވަތަ އެޑިޓަރު އޭނާގެ ނަން ނޮމިނޭޓްކުރަނީ ކީއްވެގެންކަން ބަޔާންކޮށް އެ ނޫހެއްގެ އިސްވެރިޔާ ނުވަތަ އެޑިޓަރު އެ ނޫސްވެރިޔަކާ ބެހޭގޮތުން ރިކޮމެންޑޭށަން ސިޓީއެއް ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކަށަވަރުކޮށްދިނުމަށް ޓަކައި، ފޯމާއެކު އެކަން ކަށަވަރުކުރެވޭނެ ލިޔެކިޔުން މީޑިއާއަކުން ހުށަހަޅަންވާނެއެވެ. އަދި ނޫސްވެރިޔާ ލިޔެފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ނުވަތަ އުފައްދައިފައިވާ ޖުމުލަ 8 (އަށެއް) އުފެއްދުމެއް ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 4 (ހަތަރެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ބ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ސީވީއާއި، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށް ވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު" އަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހެޅޭނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްމަޖައްލާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގ މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މަސައްކަތްކޮށްފައިވާ، އަދި އެ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށެވެ.

(ށ) މި އިނާމަށް ނޫސްވެރިޔަކު ހުށަހަޅާނީ އޭނާ މަސައްކަތްކުރާ މީޑިއާގެ އިދާރާއިންނެވެ. އަދި ކޮންމެ މީޑިއާއަކުން މި އިނާމަށް ނޮމިނޭޓްކޮށް ހުށަހެޅޭނީ ގިނަވެގެން 1 (އެކެއް) ނޫސްވެރިޔާއެވެ.

(ނ) މި އިނާމަށް ހުށަހެޅޭނީ ނޫސްވެރިކަމުގެ ހަމަތަކާއި އަހުލާގީ މިންގަނޑުތައް ހިފަހައްޓާ، ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ނޫސްވެރިކަންކުރާ، ދާއިރާގައި ގާބިލުކަން ހުރިކަމަށް އެ މީޑިއާއެއްގެ އިސްވެރިޔާ ނުވަތަ އެޑިޓަރު ފާހަގަކުރާ ނޫސްވެރިޔާއެވެ. އިނާމަށް ހުށަހަޅާއިރު، އެންމެ މޮޅު ނޫސްވެރިޔާގެ ގޮތުގައި އެޑިޓަރު އޭނާގެ ނަން ނޮމިނޭޓްކުރަނީ ކީއްވެގެންކަން ބަޔާންކޮށް އެ ނޫހެއްގެ އެޑިޓަރު އެ ނޫސްވެރިޔަކާ ބެހޭގޮތުން ރިކޮމެންޑޭށަން ސިޓީއެއް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކަށަވަރުކޮށްދިނުމަށް ޓަކައި ފޯމާއެކު އެކަން ކަށަވަރުކުރެވޭނެ ލިޔެކިޔުން އެ މީޑިއާއަކުން ހުށަހަޅަންވާނެއެވެ. އަދި ނޫސްވެރިޔާ ލިޔެފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ނުވަތަ އުފައްދައިފައިވާ، ޖުމުލަ 10 (ދިހައެއް) އުފެއްދުމެއް ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 5 (ފަހެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ބ) ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި ސީވީއާއި، ނޫސްވެރިޔާގެ ކުރު ތައާރުފެއް (60 ލަފުޒަށްވުރެ ދިގުނުވާ ގޮތަށް) ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނެއެވެ.

ނޯޓު: ހުށަހެޅުންތައް އިވެލުއޭޓް ކުރާނެ ގޮތުގެ ތަފުސީލު ކޮންމެ އަހަރަކު ވެސް އިނާމަށް ހުށަހެޅުމަށް އިއުލާނު ކުރާއިރު އެ އިއުލާނުގައި ހިމަނަންވާނެއެވެ.

 

 

ތިންވަނަ ބާބު

ހުށަހެޅުންތައް ބަލައިގަތުމާއި، އިވެލުއޭޓްކުރުމާއި، އިނާމަށް ހޮވުން


21 ވަނަ މާއްދާ - އިނާމަށް ހުޅުވައިލުމާއި ހުށަހެޅުންތައް ބަލައިގަތުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާމުތަކަށް ނަން ހުށަހެޅުމަށް ހުޅުވައިލާނީ އާންމުކޮށް އިއުލާނުކޮށްގެންނެވެ. އެ އިއުލާނުގައި އިނާމުތަކަށް އެދި ހުށަހަޅާނެ ފޯމުތަކާއި، ފޯމުތައް ބަލައިގަންނާނެ ގޮތާއި، މާކްސް ދޭނެ ގޮތުގެ މިންގަނޑުތައް އާންމުކުރަންވާނެއެވެ. އަދި އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ސުންގަޑިއާ ހަމަޔަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިދާރާއިން ހުށަހެޅުންތައް ބަލައިގަންނަންވާނެއެވެ. ހުށަހެޅުންތައް ހުށަހަޅަންޖެހޭ ސުންގަޑި ހަމަވާފަހުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެއެވެ.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކާއި އިނާމުތަކަށް ހުށަހަޅާ ހުށަހެޅުންތައް މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލައިގަތުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަތޯ ޗެކްކޮށް ޗެކް ލިސްޓުގެ ކޮޕީއެއް، އެ އިނާމަކަށް ހުށަހެޅި ފަރާތަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ފޮނުވަންވާނެއެވެ.

 

22 ވަނަ މާއްދާ - ފަނޑިޔާރުންގެ ޕެނަލް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކާއި އިނާމުތަކަށް ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކޮށް އިންސާފުކުރުމަށް ޓަކައި ފަނޑިޔާރުންގެ ޕޫލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކުރަންވާނެއެވެ. އަދި ތިރީގައިވާ ޕެނަލްތަކަށް ފަނޑިޔާރުން ހަމަޖައްސަންވާނީ އެ ޕޫލުގެ ތެރެއިން 3 (ތިނެއް) ފަނޑިޔާރުންނަށް ވުރެ ގިނަނޫން އޮނަހިރި އަދަދެއްގެ މައްޗަށް ހިމެނޭގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްގެންނެވެ.

 

ޕެނަލް 1: "އުންމީދީ ނޫސްވެރިޔާގެ އިނާމު" އާއި، "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު" އާއި، "ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު" ގެ ފަނޑިޔާރުންގެ ޕެނަލް ވުރެ ގިނަނޫން، އޮނަހިރި އަދަދެއްގެ މައްޗަށް ހިމެނޭގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްގެންނެވެ.

 

ޕެނަލް 2: "ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ" އާއި، "އިޖުތިމާއީ ދާއިރާ" އާއި "ސިޔާސީ ދާއިރާ" އާއި، "ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ" އާއި "ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާ" އާއި، "ކުޅިވަރުގެ ދާއިރާ" އާއި "ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ" އާއި، "ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ" އާއި، "ފީޗަރ ރިޕޯޓުގެ ދާއިރާ": ނޫސްމަޖައްލާ ކެޓަގަރީގެ ފަނޑިޔާރުންގެ ޕެނަލް.

 

ޕެނަލް 3: "ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ" އާއި، "އިޖުތިމާއީ ދާއިރާ" އާއި "ސިޔާސީ ދާއިރާ" އާއި، "ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާ" އާއި، "ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ" އާއި، "ކުޅިވަރުގެ ދާއިރާ" އާއި "ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ" އާއި، "ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ" ގެ އޯޑިއޯ ވީޑިއޯ ޖާނަލިޒަމްގެ ކެޓަގަރީގެ ފަނޑިޔާރުންގެ ޕެނަލް.

 

ޕެނަލް 4: "ފޮޓޯ ޖާނަލިޒަމްގެ ދާއިރާ" އާއި، "ޑޮކިއުމެންޓްރީ ދާއިރާ" ގެ ފަނޑިޔާރުންގެ ޕެނަލް.

(ށ) ފަނޑިޔާރުންގެ ޕޫލުގައި ހިމަނަންވާނީ، އިނާމު ދޭ ދާއިރާއާ ގުޅޭ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، ރާއްޖޭގެ މީޑިއާގެ ވެށި ރަނގަޅަށް ދަސްވެފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ދިވެހިންގެ މައްޗަށެވެ.

(ނ) ފަނޑިޔާރުންގެ ޕެނަލް އެކުލަވައިލުމުގައި، ފަނޑިޔާރަކު 1 (އެކެއް) ޕެނަލަށްވުރެ ގިނަ ޕެނަލުގައި ހިމެނުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ ދަށުން ކަނޑައަޅާ ކޮންމެ ފަނޑިޔާރަކާއި މޯލްޑިވްސް މީޑިއާ ކައުންސިލާ ދެމެދު އެއްބަސްވުމެއް ހަދަންވާނެއެވެ. އެއްބަސްވުމުގައި، ދެ ފަރާތުގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުން މަސައްކަތްކުރަންވީ ގޮތާއި އެއްބަސްވުމުގެ މުއްދަތާއި، އުޖޫރައާއި، ފަނޑިޔާރުންނާ ހިއްސާކުރާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ ބައިތައް ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކަނޑައަޅާ ފަނޑިޔާރުން މަސައްކަތްކުރަންވާނީ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކުރާ އުޖޫރައަށެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް ފަނޑިޔާރުން ހިލޭސާބަހަށް ނުވަތަ ވޮލަންޓިއަރކޮށް މަސައްކަތްކުރުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

(ޅ) މި މާއްދާގެ ދަށުން ކަނޑައަޅާ ފަނޑިޔާރުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމާ ހިލާފުވާ ފަނޑިޔާރުންނާމެދު، މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ފިޔަވަޅު އެޅުމުގެ އިހްތިޔާރު އެ ކައުންސިލަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ހުށަހެޅުންތައް އިވެލުއޭޓް ކުރުމާއި، އިނާމަށް ހޮވުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކޮށް އިންސާފުކުރާނީ، މި އުސޫލުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ދާއިރާއަކަށް ހާއްޞަކޮށްފައިވާ ފަނޑިޔާރުންގެ ޕެނަލުންނެވެ.

(ށ) ފަނޑިޔާރުން މާކްސް ދޭނީ، މޯލްޑިވްސް މީޑިއާ ކައުންސިލުން އިއުލާނާއެކު އާންމުކުރާ މާކްސް ދޭނެ ގޮތުގެ މިންގަނޑުތަކާ އެއްގޮތަށެވެ. އިނާމަށް ހޮވޭނީ، އެ ދާއިރާއަކަށް ހުށަހަޅައި އިވެލުއޭޓްކުރި ހުށަހެޅުންތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބިފައިވާ އުފެއްދުމެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް އިނާމަށް ހޮވޭނީ، ހުށަހަޅާ ހުށަހެޅުންތައް އިންސާފުކޮށް މާކްސް ދިނުމަށްފަހު، އިވެލުއޭޓްކުރި ހުށަހެޅުންތަކުގެ އެވްރެޖް މާކުހަށް މަދުވެގެން 65% (ފަސްދޮޅަސްފަހެއް އިންސައްތަ) ލިބިފައިވާނަމައެވެ.

(ރ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކޮށް އިންސާފުކުރުމަށްފަހު، އިނާމު ލިބޭ ދާއިރާތަކުގެ އެންމެ މަތިން މާކްސް ލިބޭ 3 (ތިނެއް) އުފެއްދުމުގެ ނަން، ނޮމިނޭށަންސްގެ ގޮތުގައި އިނާމުދޭ ހަފުލާގައި އިއުލާނު ކުރަންވާނެއެވެ. އަދި އެ އުފެއްދުން ނިސްބަތްވާ ނޫސްވެރިއެއްގެ ކުރު ތައާރުފެއް ހާމަކުރަންވާނެއެވެ.

(ބ) "އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު" އާއި "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު" އާއި "ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު" އަށް ހުށަހެޅޭ ހުށަހެޅުންތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެ އިވެލުއޭށަނަށް ކޮލިފައިވާ ކޮންމެ ނޫސްވެރިޔަކާ ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއު ކުރަންވާނެއެވެ. އަދި އިންޓަވިއު ކުރާއިރު، އެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން ވާހަކަދެއްކުމަށް ގިނަވެގެން 10 (ދިހައެއް) މިނިޓުގެ ފުރުޞަތެއް ލިބޭނެއެވެ.

(ޅ) "އިޖުތިމާއީ ދާއިރާ" އާއި "ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ" އާއި "ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާ" އާއި "ސިޔާސީ ދާއިރާ" އާއި "ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ" "ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ" އާއި، "ކުޅިވަރުގެ ދާއިރާ" އާއި "ފޮޓޯ ޖާނަލިޒަމްގެ ދާއިރާ" އާއި، "ޑޮކިއުމެންޓްރީގެ ދާއިރާ" އަށް ހުށަހެޅޭ ހުށަހެޅުންތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެ އިވެލުއޭށަނަށް ކޮލިފައިވާ ކޮންމެ ނޫސްވެރިޔަކާ، ފަނޑިޔާރުންގެ ޕެނަލުން، އިންޓަވިއު ކުރަންވާނެއެވެ. އަދި އިންޓަވިއު ކުރާއިރު އެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން ވާހަކަދެއްކުމަށް، ގިނަވެގެން 5 (ފަހެއް) މިނިޓުގެ ފުރުޞަތެއް ލިބޭނެއެވެ.

(ކ) "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު" އަށް ހޮވޭ ފަރާތެއް ކަނޑައަޅާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުން އިންސާފުކޮށް މާކްސްދީގެންނެވެ. އަދި އާންމުންގެ ހޮވުމުންނެވެ.

 

24 ވަނަ މާއްދާ - ހުށަހަޅާ ހުށަހެޅުންތައް ބާތިލުކުރުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވާ ފޯމުތައް ފިޔަވައި، އެހެން އެއްވެސް މާއްދާއަކާ ހިލާފަށް ހުށަހަޅާ ފޯމާއި، މައުލޫމާތު ފުރިހަމަނުވާ ފޯމު ބާތިލުކުރެވޭނެއެވެ. ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ އެކަމަށް ހާއްޞަކޮށްފައިވާ ފޯމު މި އުސޫލާ އެއްގޮތަށް ހުށަހެޅުމަކީ ހުށަހަޅާ ފަރާތެއްގެ ޒިންމާއެކެވެ.

(ށ) ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުށަހެޅުންތައް އިނާމަށް ށަރުތު ހަމަވުމާއި، އުސޫލާ އެއްގޮތަށް ހުށަހަޅައިފައިވޭތޯ ބެލުމާއި، ޑިސްކޮލިފައިކުރުން ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ އިހްތިޔާރު، މި އުސޫލުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ޕެނަލަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - އިނާމު ނުދެވޭނެ ހާލަތުތައް

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ އިނާމުތަކުގެ ތެރެއިން އިނާމެއް ލިބޭނީ، ޖިނާއީ ކުށެއް ސާބިތުވެގެން އެ މީހަކަށް ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ލިބުނުތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވާ ނޫސްވެރިންނަށެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ކުށެއްގެ ރިކޯޑު ޖިނާއީ ތަހުގީގު ހިންގާ އިދާރާއެއްގައި އޮތް މީހަކަށް، އެ މީހަކު އިނާމު ލިބޭ މީހަކަށް ވެގެން ނުވާނެއެވެ.

  1. ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  2. ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  3. ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  4. ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް.
  5. ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް.
  6. ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް.
  7. ވައްކަން، ފޭރުން، ޓެކުން، މަކަރާއި ހީލަތްހެދުން މިއިން ކުށެއް.
  8. ކޮރަޕްށަން، ހިޔާނާތް ނުވަތަ ރިށްވަތު މިއިން ކުށެއް.

(ށ) އިނާމަށް ނަން ހުށަހެޅޭ ނޫސްވެރިންގެ ޖިނާއީ ކުށުގެ ރިކޯޑު، މި މާއްދާގެ ބޭނުމަށް ޓަކައި، މޯލްޑިވްސް މީޑިއާ ކައުންސިލުން ސާފުކުރާނެއެވެ.

(ނ) ނޫސްވެރިޔަކު މި އިނާމަށް ހޮވުމަށްފަހު، އިނާމު ހަވާލުކުރުމުގެ ކުރިން އޭނާގެ މައްޗަށް ޖިނާއީ ކުށެއްގައި ހުކުމެއް ކޮށްފި ނަމަ އެ ފަރާތަކަށް އިނާމެއް ނުލިބޭނެއެވެ. އަދި އެ ހާލަތުގައި، އިނާމު ލިބޭނީ، ކަނޑައެޅިފައިވާ މިންވަރަށް، އެންމެ މަތިން މާކްސް ހޯދައިފައިވާ ދެވަނަ ފަރާތަށެވެ.

 

26 ވަނަ މާއްދާ - އުސޫލުގައި ނުހިމެނޭ ކަންކަން

މި އުސޫލުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ މޯލްޑިވްސް މީޑިއާ ކައުންސިލުންނެވެ.

 

27 ވަނަ މާއްދާ - އުސޫލަށް އިޞްލާހު ގެނައުން

މި އުސޫލަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިޞްލާހެއް ގެނައުމުގެ އިހްތިޔާރު މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އިނާމަށް އެ އަހަރަކަށް އިއުލާނުކުރުމަށްފަހު މި އުސޫލަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

 

28 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން

މި އުސޫލަށް އަމަލުކުރާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުން މި އުސޫލު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

29 ވަނަ މާްއްދާ - އުވައިލެވޭ އުސޫލު

މި އުސޫލަށް އަމަލުކުރަން ފެށުމުން، 23 މޭ 2024 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ އުސޫލު ނަންބަރު 2024-20 (މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު) އުވުނީއެވެ.

 

މައި ގާނޫނު/ގަވާއިދު

ނެތް

 

އުވުނު އުސޫލު

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު (އުސޫލު ނަންބަރު 2024-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު