-

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު (އުސޫލު ނަންބަރު 2022-11) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-34)

(މި އުސޫލަށް އަމަލުކުރަން ފެށީ 20 އޮކްޓޫބަރު 2024 ގައި)

 

އުސޫލު ނަންބަރު 2022-11 (ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ ފައިސާ ދައްކައިފައި ނުވާ ނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހެޅުމަށް ނުވަތަ ފައިސާ ދެއްކުމަށް އަންގައި ނޯޓިހެއް ("ފުރަތަމަ ނޯޓިސް") ފޮނުވުން.

(ށ) ފުރަތަމަ ނޯޓިހުގައި ބަޔާންކޮށްފައިވާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ ފައިސާ ދައްކައިފައި ނުވާ ނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހެޅުމަށް ނުވަތަ ފައިސާ ދެއްކުމަށާއި، މި މުއްދަތުގެ ތެރޭގައި ބަޔާން ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ ފައިސާ ދައްކައިފައި ނުވާ ނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އަޅާނެކަން އަންގައި ނޯޓިހެއް ("ފައިނަލް ނޯޓިސް") ފޮނުވުން.

 

2 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު (އުސޫލު ނަންބަރު 2022-11)

 

ކޮންސޮލިޑޭޓެޑް އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު