ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށްގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
(އުސޫލު ނަންބަރު 2024-24)
(މި އުސޫލަށް އަމަލުކުރަން ފެށީ 17 ޖުލައި 2024 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ18 ވަނަ ބާބުގެ ދަށުން، ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީސްތަކުން، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށްގެންދިއުމުގައި، އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމުގެ ގޮތުން، އެ ގަވާއިދުގެ 18.13 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށްގެންދިއުމުގައި، އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކ،ީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދައުލަތުގެ ދިގުމުއްދަތުގެ އިގްތިސާދީ ލަނޑުދަނޑިތަކާ ނުވަތަ އިޖުތިމާއީ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް މަށްރޫއުތައް ހިންގުމަށް ބޭނުންވާ އޮނިގަނޑު އެކުލަވައިލުން.
(ށ) ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށްގެންދެވެނީ ހާމަކަން ބޮޑު، ޒިންމާދާރުގޮތެއްގައި، ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށްކަން ކަށަވަރުކުރުން.
(ނ) ދައުލަތުގެ ބަޖެޓުން ސީދާގޮތެއްގައި ފައިސާ ހަރަދުކުރެވެން ނެތް ހާލަތުގައި، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މަށްރޫއުތައް ހިންގޭނެ އުސޫލުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ކުރިޔަށްގެންދެވޭނެ މަށްރޫއުތައް
ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމަންޓުތަކުގެ އާންމު އުސޫލުތައް ނުހިނގާގޮތަށް، މި އުސޫލުގެ ދަށުން ކުރިޔަށްގެންދެވޭނީ ތިރީގައިވާ ފަދަ މަށްރޫއުތަކެވެ.
(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ޓަކައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޭގޮތަށް ހިންގާ މަށްރޫއުތައް.
(ށ) ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށްގެންދިއުމަށްޓަކައި އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް އާންމުކޮށް ހުޅުވައިލައިގެން ދައުލަތުގެ އޮފީހަކުން ކުރިޔަށްގެންދާ މަށްރޫއުތައް.
(ނ) ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލެއް ކަމަށް ނުބެލެވޭގޮތަށް އަމިއްލަ ފަރާތަކުން އިންވެސްޓްކޮށްގެން ކުރިޔަށްގެންދިއުމަށް ހުށަހަޅާޕްރޮޕޯޒަލްތައް.
4 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ހިންގާ މަށްރޫއުތައް
މި އުސޫލުގެ 3 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މަށްރޫއެއް ހިންގުމަށް ނުވަތަ އެފަދަ މަށްރޫއަކަށް ހަރަދުކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަތުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމައި، އެ ޕްރޮޕޯޒަލްތައް ކުރިޔަށްގެންދާނީ، ގަވާއިދު ނަންބަރު 2022-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުންނެވެ.
5 ވަނަ މާއްދާ - އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް އާންމުކޮށް ހުޅުވައިލައިގެން ކު ރިޔަށްގެންދާ މަށްރޫއުތައް
މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަށްރޫއުތައް ކުރިޔަށްގެންދާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މަށްރޫއެއް ކުރިޔަށްގެންދިއުމަށް، އެންމެ މަދުވެގެން ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ކަމާބެހޭ ދައުލަތުގެ އޮފީހަކުން، ޕްރޮޖެކްޓުގެ ކޮންސެޕްޓް ޕޭޕަރު ތައްޔާރުކޮށް، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. މި ކޮންސެޕްޓް ޕޭޕަރު ތައްޔާރުކުރުމުގައި ކަމާބެހޭ އިދާރާތަކާއި،ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕީ.ޕީ.ޕީ.) ގެ ބޭނުމަށް ޓަކައި މިނިސްޓްރީން ކަނޑައަޅާ ޓެކްނިކަލް ފަރާތްތަކުގެ ލަފަޔާއި މަށްވަރާ ހޯދަންވާނެއެވެ.
- ކުރިޔަށްގެންދަން ބޭނުންވާ މަށްރޫއުގެ ތަފުސީލު؛
- އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތު ނުވަތަ އިޖުތިމާއީ ސިޔާސަތު )އެ ސިޔާސަތަކީ ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސިޔާސަތެއް ކަމުގައި ވުން(؛
- މާލީގޮތުންނާއި އިގްތިސާދީގޮތުން ދައުލަތަށް ކުރާނެ އަސަރު؛
- އެ މަށްރޫއަށް ދައުލަތުން ދޭ މުގާބިލުގެ ތަފުސީލު؛
- މަށްރޫއުން ރައްޔިތުންނަށް ކުރާނެ ފައިދާ؛
- މަށްރޫއު ބައްޓަންކުރުމުގައި ސަރުކާރުން ކުރިޔަށްގެންދިއުމަށް ރާވައިފައިވާ ތަރައްގީގެ މަށްރޫއުތަކާއި، ހާސިލުކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ގުޅުންހުރި މިންވަރު؛
- އެފަދަ މަށްރޫއަކަށް މުޖުތަމައު ބޭނުންވެފައިވާ މިންވަރު؛
- ޕްރޮޖެކްޓުން މުޅި ގައުމުގެ ކުރިއެރުމަށް ލިބޭނެ ފައިދާއާއި މަންފާ؛
- ކޮސްޓް ބެނެފިޓް އެނަލިސިސް؛
- ވިޔަފާރި މޮޑެލް؛
- މަށްރޫއު ކުރިޔަށްގެންދިއުމަށް އެ އޮފީހަކުން ހުށަހަޅާ ޓަރމްސް،
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަށްރޫއު ކުރިޔަށްގެންދިއުމާމެދު ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމުން، ޕްރޮޕޯޒަލް ހުށަހެޅުމަށް އާންމު ކޮށް އިއުލާނުކުރުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ނ) އިއުލާނުކުރުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ހުއްދަ ދިނުމުން، އިއުލާނުކުރުމަށް ބޭނުންވާ ރިކުއެސްޓް ފޮރ ޕްރޮޕޯޒަލާއި ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރާނީ މަށްރޫއު ކުރިޔަށްގެންދިއުމަށް ހުށަހެޅި ދައުލަތުގެ އޮފީހަކުންނެވެ.
(ރ) ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދެއްގައި، މަށްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އިއުލާނުކުރާނީ މަށްރޫއު ކުރިޔަށްގެންދިއުމަށް ހުށަހެޅި ދައުލަތުގެ އޮފީހަކުންނެވެ.
(ބ) އިއުލާނުކުރުމުގެ ކުރިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ރިވިއުކުރުމަށް ޓެކްނިކަލް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
(ޅ) އިއުލާނާ ގުޅިގެން ލިބޭ ޕްރޮޕޯޒަލްތައް ބަލައިގަނެ، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓެކްނިކަލް ކޮމިޓީން އިވެލުއޭށަން ކުރިޔަށް ގެންދަންވާނެއެވެ.
6 ވަނަ މާއްދާ - އަމިއްލަ ފަރާތަކުން އިންވެސްޓްކޮށްގެން ކުރިޔަށްގެންދިއުމަށް ހުށަހަޅާ މަށްރޫއުތައް
މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން އިއުލާނުކުރުމަކާ ނުލައި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލެއް ކަމަށް ނުބެލެވޭ ޕްރޮޕޯޒަލެއް ކަމުގައި ބަލާނީ، މި އުސޫލުގެ މަގުސަދު ހާސިލުވާ ގޮތަށް، ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭގޮތަށް ކުރިޔަށް ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯޒަލްތަކެވެ. މިގޮތުން، މަށްރޫއަކަށް ހަމައެކަނި ފައިނޭންސިންގ ދޭގޮތަށް ހުށަހަޅާ ޕްރޮޕޯޒަލްތައް މި އުސޫލުގެ ދަށުން ކުރި ޔަކަށް ނުގެންދެވޭނެއެވެ.
7 ވަނަ މާއްދާ - އަމިއްލަ ފަރާތަކުން އިންވެސްޓްކޮށްގެން ކުރިޔަށްގެންދިއުމަށް ހުށަހަޅާ މަށްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅުން
މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލެއް ކަމަށް ނުބެލެވޭގޮތަށް އަމިއްލަ ފަރާތަކުން އިންވެސްޓްކޮށްގެން ކުރިޔަށްގެންދިއުމަށް ޕްރޮޕޯޒަލް ހުށަހަޅާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) ޕްރޮޕޯޒަލް ހުށަހަޅާނީ ތިރީގައިވާ އެޑްރެހަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް
ޓްރެތަރީ ބިލްޑިންގ، އަމީނީ މަގު، މާލެ.
ފޯނު: 3349200 +
އީމެއިލް: [email protected]
(ށ) ޕްރޮޕޯޒަލް ހުށަހަޅަންވާނީ ތިރީގައިވާ ބައިތައް ހިމެނޭ ގޮތަށެވެ.
- މިނިސްޓްރީން އާންމުކޮށްފައިވާ "ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތި ސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށްގެންދިއުމަށް ޕްރޮޕޯޒަލް ހުށަހަޅާ ފޯމު"؛
- ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މަށްރޫއުގެ ޕްރޮޕޯޒަލް؛
- ޕްރޮފޯޒަލް ހުށަހަޅާ ފަރާތުގެ ނަން؛
- މަށްރޫއު ހިންގުމަށް ހުށަހަޅާ ތަން؛
- މަށްރޫއު ހިންގުމަށް ބިން ބޭނުންވާ ނަމަ، ބޭނުންވާނެ ބިމާއި، އެ ބިމުގެ ބޮޑުމިން (ހެކްޓަރުން)؛
- މަށްރޫއުގެ މައިގަނޑު ބައިތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ގުޅުންހުރި މިންވަރު؛
- މަށްރޫއު ހިންގުމަށް ހުށަހަޅާ ވިޔަފާރި މޮޑެލްއާއި، މައިގަނޑު ކޮމާށަލް ޓަރމްސްތައް؛
- މަށްރޫއުގެ ޖުމުލަ އިންވެސްޓްމަންޓުގެ މިންވަރާއި، އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތް؛
- މަށްރޫއަށް ސަރުކާރުގެ ފަރާތުން ބޭނުންވާ ކޮމިޓްމަންޓެއް އޮތް ނަމަ، އެކަމުގެ ތަފުސީލު؛
- އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތު ނުވަތަ އިޖުތިމާއީ ސިޔާސަތު؛
- މާލީގޮތުންނާއި އިގްތިސާދީގޮތުން ދައުލަތަށް ކުރާނެ އަސަރު؛
- މަށްރޫއުގެ ފީޒިބިލިޓީ ސްޓަޑީ؛
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޖަމުއިއްޔާއެއް ނުވަތަ ޖަމާއަތެއް ނަމަ، ރަޖިސްޓަރީކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީއާއި، އަސާސީ ގަވާއިދުގެ ކޮޕީއާއި، ހިންގާ ގަވާއިދުގެ ކޮޕީ ނުވަތަ އެނޫން ވެސް ގާނޫނީ އެފަދަ ލިޔެކިޔުންތަކުގެ ކޮޕީ؛
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދިވެހި އަމިއްލަ ފަރުދެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބިދޭސީއެއް ނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީ؛
- މަށްރޫއުގެ ދާއިރާގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފަންނީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން؛
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ ކޮޕީ (މި އަކުރު މިހެން އޮތްކަމުގައި ވިޔަސް، ހުށަހެޅިފައިވާ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތުގެ އޮޑިޓުކޮށްފައިވާ މާލީބަޔާން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.)
(ނ) ޕްރޮޕޯޒަލް ލިބުނުކަން، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް، މިނިސްޓްރީން ލިޔުމަކުން އަންގަންވާނެއެވެ.
8 ވަނަ މާއްދާ - ޕްރޮޕޯޒަލްގެ ފިކުރީ މިލްކުވެރިކަން
ޕްރޮޕޯޒަލެއް ހުށަހެޅުމަށްފަހު، ޕްރޮޕޯޒަލާއި އެ ޕްރޮޕޯޒަލަކާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބޭނެއެވެ. އެހެންނަމަވެސް، ޕްރޮޕޯޒަލުގައި ހިމެނިފައިވާ އެންމެހައި ފިކުރީ މުދަލުގެ މިލްކުވެރިފަރާތަކީ ހަމައެކަނި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތެވެ.
9 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުމަށް ހިނގާ ހަރަދު
ޕްރޮޕޯޒަލް ހުށަހެޅުމުގައި ހިނގާ ހުރިހާ ހަރަދަކަށް ޒިންމާވާނީ، އެ ޕްރޮޕޯޒަލެއް ހުށަހަޅާ ފަރާތަކުންނެވެ.
10 ވަނަ މާއްދާ - އެސެސްމަންޓާއި ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުން
މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތައް އެސެސްކޮށް ޕްރޮޕޯޒަލާމެދު ގޮތެއް ނިންމާނީ، މި އުސޫލުގެ 11 ވަނަ މާއްދާއިން ފެށިގެން 14 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ އިޖުރާއަ ތުތަކާ އެއްގޮތަށެވެ.
11 ވަނަ މާއްދާ - އިނީށަލް އެސެސްމަންޓް
(ހ) ޕްރޮޕޯޒަލް ހުށަހެޅުމުން ހެދޭ އިނީށަލް އެސެސްމަންޓުގައި އަންނަނިވި ކަންކަން ފުރިހަމަވާކަން، ޓެކްނިކަލް ކޮމިޓީން ކަށަވަރުކުރަންވާނެއެވެ.
- ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް ހިމަނައިފައިވޭތޯ ބެލުން؛
- ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ދާއިރާގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ތަޖުރިބާއާއި، ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ހުރިތޯ ބެލުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ ނަމަ، ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ކުރިޔަށް ނުގެންދިއުމަށް ޓެކްނިކަލް ކޮމިޓީން ނިންމަންވާނެއެވެ. އަދި މިގޮތުގެ މަތީން ނިންމާ ނިންމުން، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
12 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ސްޓްރެޓީޖިކް އެސެސްމަންޓް
މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ޕްރޮޕޯޒަލްތަކަކީ ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުވާ މަށްރޫއުއެއްތޯ ދެނެގަނެ، އެ މަށްރޫއުން މުޖުތަމައަށް ކުރާނެ އަސަރު ދެނެގަތުމަށް ޓަކައި އެ ޕްރޮޕޯޒަލްތަކުގެ ސްޓްރެޓީޖިކް އެސެސްމަންޓެއް، ޓެކްނިކަލް ކޮމިޓީން ތައްޔާރުކުރަންވާނެއެވެ.
13 ވަނަ މާއްދާ - ޑީޓެއިލްޑް އެސެސްމަންޓް
(ހ) މި އުސޫލުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެސެސްމަންޓާ އެކުއެކީގައި، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، ޕްރޮޕޯޒަލުގެ ޑީޓެއިލްޑް އެސެސްމަންޓެއް، ޓެކްނިކަލް ކޮމިޓީން ތައްޔާރުކުރަންވާނެއެވެ.
- މަށްރޫއުން ރައްޔިތުންނަށް ކުރާނެ ފައިދާ؛
- ޕްރޮޕޯޒަލް ބައްޓަންކުރުމުގައި ސަރުކާރުން ކުރިޔަށްގެންދިއުމަށް ރާވައިފައިވާ ތަރައްގީގެ މަށްރޫއުތަކާއި، ހާސިލުކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ގުޅުންހުރި މިންވަރު.
- އެފަދަ މަށްރޫއަކަށް މުޖުތަމައު ބޭނުންވެފައިވާ މިންވަރު.
- ހުށަހަޅައިފައިވާ މަށްރޫއުން މުޅި ގައުމުގެ ކުރިއެރުމަށް ލިބޭނެ ފައިދާއާއި މަންފާ.
- މަށްރޫއުގެ ފީޒިބިލިޓީ؛
- މަށްރޫއަކީ ފަންނީގޮތުން ކުރިޔަށްގެންދެވިދާނެ މަށްރޫއެއްތޯ ދެނެގަތުން.
- މަށްރޫއު ފެށުމަށް ބޭނުންވާ ފައިނޭންސް،
- މުޖުތަމައަށާއި، ތިމާވެށްޓަށާއި، އިގްތިސާދަށް މަށްރޫއުން ކުރާނެ އަސަރު.
- ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ މަށްރޫއާއި އެފަދަ އެހެނިހެން މަށްރޫއުތައް ހިންގުމުގައި މަސައްކަތްކޮށްފައިވާ މިންވަރާއި، އެކަމުގެ ތަޖުރިބާ.
- ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
- ފައިސާ ހޯދާ ގޮތް (މަށްރޫއަށް އިންވެސްޓަރ ފަންޑުކުރުމަށް ރާވައިފައިވާ ގޮތް)؛
- ވިޔަފާރި މޮޑެލް (ހުށަހަޅައިފައިވާ ކޮމާށަލް ޓަރމްސްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު)؛
- ޑިއު ޑިލިޖަންސް؛
- އެތިކަލް މިންގަނޑުތައ:ް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބައިނަލްއަގުވާމީގޮތުން ބަލަހައްޓާ ބްލެކްލިސްޓެއްގައި ނަން ހިމެނިފައިވާ ފަރާތެއްކަމުގައި ނުވުން.
- އިންސޯލްވަންސީ: ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދަރަނިވެރިވެފައިވާ ނުވަތަ ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި ނުވުން.
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތް ނިސްބަތްވާ ގައުމުން ލާޒިމުކުރާ ގާނޫނީ ޒިންމާތައް އަދާކޮށްފައިވުން.
- ކުށުގެ ރިކޯޑު: ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ނުވަތަ އެ ފަރާތުގެ ޑައިރެކްޓަރުންނަކީ މަސައްކަތާ ގުޅުންހުރި ކަމަކުން ޖިނާއީ ކުށުގެ ރިކޯޑެއް އޮތް ބަޔަކުކަމުގައި ނުވުން.
(ށ) މި އުސޫލުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެސެސްމަންޓާއި ޑީޓެއިލްޑް އެސެސްމަންޓް ތައްޔާރުކުރުމުގައި ދައުލަތުގެ ކަމާ ގުޅޭ އެންމެހައި އޮފީސްތައް ބައިވެރިކުރަންވާނެއެވެ. އަދި މިކަމުގައި ފަންނީ ތަޖުރިބާކާރުންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ފަރާތްތަކުގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.
(ނ) ޕްރޮޕޯޒަލްގެ އިނީށަލް އެސެސްމަންޓާއި، ސްޓްރެޓީޖިކް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓ،ް ޓެކްނިކަލް ކޮމިޓީން ތައްޔާރުކުރުމަށްފަހު، އެ ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅަންވާނެއެވެ.
(ރ) ޕްރޮޕޯޒަލާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ނިންމިދާނެއެވެ.
- ހުށަހަޅައިފައިވާ ގޮތަށް ކުރިޔަށްގެންދަން ނިންމުމަށް؛
- ސީދާ މަށްވަރާއަކަށް ދިއުމަށް ނިންމުމަށް؛
- ކުރިޔަށްގެންދަން ނުފެންނަކަމަށް ނިންމުމަށް.
(ބ) މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގެ ކަންކަން އިތުރަށް ކުރިޔަށް ގެންދިއުމަށް ނުފެންނަކަމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް، މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރިޔަށްގެންދާ މަށްރޫއުތަކުގައި، އެ މަށްރޫއު ކުރިޔަށްގެންދާ ދައުލަތުގެ އޮފީހަކުން، އަދި މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރިޔަށްގެންދާ މަށްރޫއު ތަކުގައި، މިނިސްޓްރީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
14 ވަނަ މާއްދާ - ޕްރޮޕޯޒަލާ ގުޅޭ މަށްވަރާތައް ކުރިޔަށްގެންދިއުމާއި، ޓަރމްސް ފައިނަލައިޒްކުރުން
(ހ) މަށްރޫއުގެ ސްކޯޕާއި ޓަރމްސްތަކާއި އެހެނިހެން ކަންކަމާ ގުޅޭގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު، މި އުސޫލުގެ 13 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސީދާ މަށްވަރާއަށް ދިއުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ކަނޑައަޅާ ހާއްސަ ކޮމިޓީއަކުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ސީދާ މަށްވަރާ ކުރުމަށްފަހު، މަށްރޫއުގެ ޓަރމްސްތަކަށް ހުއްދަ ހޯދުމަށް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި އުސޫލުގެ 13 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސީދާ މަށްވަރާއަށް ދިއުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ހާލަތުގައި، މަށްރޫއުގެ ޓަރމްސްތަކާމެދު ސީދާ މަށްވަރާއަށް ދިއުމުގެ ކުރިން އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ފަހުމުނާމާ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ) އެއްގައި ސޮއިކުރުމަށް ދެފަރާތުންކުރެ ފަރާތަކަށް ފެންނަ ނަމަ، އެފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވިދާނެއެވެ.
15 ވަނަ މާއްދާ - މަށްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން
(ހ) މި އުސޫލުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން މަށްރޫއުގެ ޓަރމްސްއަށް ހުއްދަ ލިބުމުން، ސަރުކާރާއި މަށްރޫއު ހިންގުމަށް ކަނޑައަޅާ ފަރާތާ ދެމެދު މަށްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. މި އެއްބަސްވުން ބިނާކުރެވޭނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ އަދި މި އުސޫލުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ހުއްދަ ދީފައިވާ ޓަރމްސްގެ މައްޗަށެވެ.
(ށ) މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ، އެ މަށްރޫއެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ކަނޑައަޅާ ދައުލަތުގެ އޮފީހަކުންނެވެ.
(ނ) އެއްބަސްވުމުގައި، މަށްރޫއުގެ ކީ ޕާފޯމަންސް އިންޑިކޭޓަރސް (ކޭޕީއައި) އާއި، ޑޭޓާ އެއްކުރުމުގެ އުސޫލުތަކާއި، ރިޕޯޓިންގ ށެޑިއުލްތަކާއި، ޒިންމާދާރު ފަރާތްތަކުގެ ތަފުސީލު ހިމެނޭ ފުރިހަމަ މޮނިޓަރިންގ ޕްލޭނާ ގުޅޭ ކަންކަން ހިމަނައިފައި އޮންނަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ށަރުތުތައް ހިމަނަންވާނެއެވެ.
- އެ މަށްރޫއެއްގެ ބާވަތާއި، ތަފުސީލު؛
- އެ މަށްރޫއެއް ހިންގުމަށް އެއްބަސްވެފައިވާ މުއްދަތު؛
- އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެ ނަމަ އަމަލުކުރާނެ ގޮތް؛
- ފައިސާއެއް ނުވަތަ މުދަލެއް ދިނުމަށް އެއްބަސްވާ ނަމަ، އެ ކަމެއްގެ ތަފުސީލު؛
- އެ މަށްރޫއެއް ހިންގަންވީ ގޮތާއި ފެންވަރު؛
- މަށްރޫއު މޮނިޓަރކޮށް ރިޕޯޓްކުރާނެ ގޮތް؛
- އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެ ނަމަ އަމަލުކުރާނެ ގޮތް؛
- އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް؛
- އެކަށީގެންވާ އަވަސްމިނެއްގައި ކުރިޔަށްނުދާ ނަމަ، އަޅާނެ ފިޔަވަޅު؛
- ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް ބަޔާންކުރުން؛
- ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހޯދާ ނަމަ، އެ ސެކިއުރިޓީގެ ނުވަތަ ގެރެންޓީގެ ތަފުސީލާއި، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީ ދޭ ފަރާތާއި، ލިބޭ ފަރާތުގެ ތަފުސީލ.ު
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އެއްބަސްވުމާ އެއްގޮތަށް އިންވެސްޓްކުރާ ފަރާތުން އަމަލުނުކުރާ ހާލަތުގައި ނުވަތަ މަށްރޫއު ކުރިޔަށް ނުގެންދާ ހާލަތުގައި އެކަމުގެ ސަބަބުން ސަރުކާރުން މުދަލެއް ދީފައިވާ ނަމަ، އެ މުދަލެއް އަނބުރާ ނެގުން ނުވަތަ އެ މުދަލެއް އަނބުރާ ނެގޭނެ ހާލަތެއް ނެތް ނަމަ، އެ މުދަލުގެ އަގު ހޯދޭނެ ގޮތަކާއި މުއްދަތެއް، އެއްބަސްވުމުގައި ބަޔާންކުރަން ވާނެއެވެ.
16 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަންޓް އަދި/ ނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން
ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކ،ީ ދިވެހިރާއްޖޭގައި މަށްރޫއެއް ހިންގުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ރަޖިސްޓަރީކުރަންޖެހޭ ފަރާތެއް ކަމުގައި ވާ ނަމަ، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަށްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ކަންކަމުގެ ގާނޫނީ އިޖުރާތު ފުރިހަމަކުރަންވާނެއެވެ.
17 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާ
ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުން.
(ށ) ޕްރޮޕޯޒަލް އެސެސްކުރުމުގައި އިތުރު މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން ނުވަތަ ދައުލަތުގެ އޮފީހަކުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތު ހުށަހެޅުން.
(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ޔަގީންކޮށްދިނުން.
18 ވަނަ މާއްދާ - މިނިސްޓްރީގެ ނުވަތަ ދައުލަތުގެ އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް
މިނިސްޓްރީ ނުވަތަ ކަމާބެހޭ ދައުލަތުގެ އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައްޔާއި، އެ ޕްރޮޕޯޒަލްތައް އެސެސްކުރުމުގައްޔާއި، މި ކަންކަން ވިލަރެސްކުރުމުގައި އެންމެ އިސް ދައުރު އަދާކުރުން.
(ށ) ޕްރޮޕޯޒަލްތައް ލިބޭ މިންވަރަކުން ގަވާއިދުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަމުން ގެންދިއުން.
(ނ) ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ފުރިހަމަތޯ ބެލުން.
(ރ) ޕްރޮޕޯޒަލް އެސެސްކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެހެނިހެން ވުޒާރާތަކާއި އިދާރާތައް ބައިވެރިކުރުމުގެ ކަންކަން ހަމަޖެއްސުން.
(ބ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ކިބައިން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދުން.
(ޅ) ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އެ ޕްރޮޕޯޒަލުގެ ކޮމްޕްލައެންސް ނުވަތަ ނޮނ-ްކޮމްޕްލައެންސް އެންގުން.
(ކ) މި އުސޫލުގައި ކަނޑައަޅައިފައިވާ އެސެސްމަންޓް ކްރައިޓީރިއާގެ ދަށުން ޕްރޮޕޯޒަލް އެސެސްކުރުން.
(އ) ޕްރޮޕޯޒަލާ ގުޅޭ ހުށަހެޅުންތަކުގެ އިނީށަލް އެސެސްމަންޓާއި، ސްޓްރެޓީޖިކް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓް ހެދުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
(ވ) ޓެކްނިކަލް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
(މ) ޕްރޮޕޯޒަލާ ގުޅޭގޮތުން މަށްވަރާކުރުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން، މަށްރޫއަ ށް ހާއްސަ ކޮމިޓީއެއް އެކުލަވައިލައިފި ނަމަ، އެ ކޮމިޓީގެ މަސައްކަތްތަކަށް އެހީތެރިވެދިނުން.
19 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ދައުރު
(ހ) އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް އާންމުކޮށް ހުޅުވައިލައިގެން ކުރިޔަށްގެންދާ މަށްރޫއުތައް އިއުލާނުކުރުމާމެދު ގޮތެއް ނިންމުން.
(ށ) އިއުލާނު ކުރުމަކާ ނުލައި، އަމިއްލަ ފަރާތަކުން އިންވެސްޓްކޮށްގެން ކުރިޔަށްގެންދިއުމަށް ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން، އިނީށަލް އެސެސްމަންޓުން ފާސްވާ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުން.
(ނ) މަށްރޫއުގެ މައިގަނޑު ޓަރމްސްއަށް ގޮތެއް ނިންމުން.
(ރ) ކުރިން އެއްބަސްވެފައިވާ ޓަރމްސްއަށް ނުވަތަ ސަރުކާރުގެ ފަންޑިންގއަށް ނުވަތަ މަށްރޫއާބެހޭ މުހިންމު އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ހާލަތެއްގައި، އެ ބަދަލަކާ އެއްގޮތަށް ކުރިޔަށްގެންދިއުމުގެ ހުއްދަ ދިނުން.
20 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން
(ހ) ޕްރޮޕޯޒަލް އެސެސްކުރުމުގެ އެންމެހައި މަރުހަލާތަކުގައްޔާއި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިޔަށްގެންދަންވާނީ، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތައާރުޒުނުވާ ގޮތުގެ މަތީންނެވެ.
(ށ) މި އުސޫލުގައި ބަޔާންކޮށްފައިނުވާ ކަމަކާމެދު ގޮތެއް ނިންމަން ޖެހިއްޖެ ހާލަތެއްގައި، އެ ކަމާމެދު ގޮތެއް ނިންމާނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީންނެވެ.
21 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން
(ހ) މި އުސޫލުގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން މަށްރޫއުގެ އެއްބަސްވުމަކާ ހަމަޔަށް ގެންދާ ޕްރޮޕޯޒަލްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށާއިއުކުރާ މައުލޫމާތުގެ ތެރޭގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި، ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގެ ސްކޯޕް ހިމަނަންވާނެއެވެ.
(ނ) ވިޔަފާރީގެގޮތުން ހައްސާސް މައުލޫމާތުތައް ރައްކައުތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ޓަކައި އެއްވެސް މައުލޫމާތެއް ހާމަކުރުމުގެ ކުރިން، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން ނުވަތަ ކަމާބެހޭ ދައުލަތުގެ އޮފީހުން މަށްވަރާކުރަންވާނެއެވެ.
22 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށާއި، އިގްތިސާދު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކައުންސިލަށް ނުވަތަ ކަމާ ގުޅޭ ކޮމިޓީއަށެވެ.
(ނ) "ޓެކްނިކަލް ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނީ، އެ މަށްރޫއަކާ ގުޅިގެން މިނިސްޓަރ އޮފް ފިނޭންސް ކަނޑައަޅާ ފަރާތްތަކާއި، މަށްރޫއުގެ ދާއިރާއާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތްތަކުގެ މައްޗަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަށެވެ.
22 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
24 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ ޕްރޮޕޯޒަލްތައް
މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، މި އުސޫލުގެ މަގުސަދުތައް ހާސިލުވާގޮތަށް ހުށަހަޅައިފައިވާ ޕްރޮޕޯޒަލްތައް އަލުން ހުށަހެޅުމަކާ ނުލައި، މި އުސޫލުގެ ދަށުން ގަބޫލުކޮށް، މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އިވެލުއޭޓްކޮށް، އެ ޕްރޮޕޯޒަލަކާމެދު ގޮތެއް ނިންމިދާނެއެވެ. އަދި މިފަދައިން އިވެލުއޭޓް ކުރުމުގައި އެ ޕްރޮޕޯޒަލެއް އޮތް މަރުހަލާއަކަށް ރިއާޔަތްކޮށްގެން ކުރިޔަށް ގެންދެވިދާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން މި އުސޫލުގެ މަގުސަދުތައް ހާސިލުވާގޮތަށް މަށްރޫއެއް ކުރިޔަށްގެންދިއުމަށްއިއުލާނުކުރުމަށް ހުއްދަ ދީފައިވާ ނަމަ، އެ ހުއްދަޔާ އެއްގޮތަށް ކުރިޔަށްގެންދިއުމަށް މި އުސޫލުހުރަހެއް ނާޅައެވެ.
ކިޔުންތެރިންގެ ހިޔާލު