ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު
(އުސޫލު ނަންބަރު 2024-09)
(މި އުސޫލަށް އަމަލުކުރަން ފެށީ 29 ފެބުރުވަރީ 2024 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދިވެހިންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ފަރާތްތަކަށާއި ކިޔަވަމުންދާ ފަރާތްތަކަށް ލޯނުގެ ގޮތުގައި މާލީ އެހީ ދިނުމާއި، ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި، ލޯނު ދޭނެ ކަންތައްތަކާއި، ލޯނުގެ ބޭނުންހިފުމާއި، ލޯނު އަނބުރާ ދެއްކުމާ ގުޅޭ ކަންކަން ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔަނީ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށް ބޭނުންވާ، ގާބިލު ދިވެހީން ބިނާކޮށް، ވަޒީފާއަށް ނެރުމަށް، ސަރުކާރުގެ މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތުގެ ދަށުން، ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ މާލީ އެހީ، ލޯނުގެ ގޮތުގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
3 ވަނަ މާއްދާ - ލޯނުގެ ކެޓަގަރީތައް
މި އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ، 2 (ދޭއް) ކެޓަގަރީއަކަށެވެ. އެއީ، އަލަށް ކިޔަވަން ފަށާ ފަރާތްތަކުގެ ކެޓަގަރީއާއި، މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ކެޓަގަރީއެވެ.
(ހ) އަލަށް ކިޔަވަން ފަށާ ފަރާތްތައް.
އަލަށް ކިޔަވަން ފަށާ ފަރާތްތައް ކަމުގައި ބަލާނީ، މި އުސޫލުގައިވާ ގޮތުގެ މަތީން ލޯނު ދިނުމަށް އިއުލާނު ކުރާ އަހަރުގެ ޖަނަވަރީމަހުގެ 1 ނުވަތަ އޭގެ ފަހުން ޕްރޮގްރާމެއްގައި ކިޔަވަން ފަށާ ފަރާތްތަކަށެވެ.
(ށ) މިހާރު ކިޔަވަމުންދާ ފަރާތްތައް.
މިހާރު ކިޔަވަމުންދާ ފަރާތްތައް ކަމުގައި ބަލާނީ، މި އުސޫލުގައިވާ ގޮތުގެ މަތީން ލޯނު ދިނުމަށް އިއުލާނު ކުރާ އަހަރުގެ ޖަނަވަރީމަހުގެ 1 ގެ ކުރިން ޕްރޮގްރާމެއްގައި ކިޔަވަން ފަށާ ފަރާތްތަކަށެވެ.
4 ވަނަ މާއްދާ - ލޯނަށް އެދެވޭނެ ފަރާތްތަކުގެ ށަރުތުތައް
(ހ) މި އުސޫލުގެ ދަށުން ލޯނަށް އެދެވޭނީ، އަންނަނިވި ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ، ދިވެހި ރައްޔިތަކަށް ވުން؛
- ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުން؛
- އެމް.އެން.ކިއު.އެފް. ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެށަނަލްޕްރޮގްރާމެއް / ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވުން؛
- ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން. ޕްރޮފެށަނަލް ޕްރޮގްރާމެއް ނުވަތަ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާނަމަ، އެމް.އެން.ކިއު.އެފް. ގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތަކަށް ވުން؛
- ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން، ހިލޭ ނުވަތަ ލޯނެއްގެ ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށް ވުން؛
- މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް އެ ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފައިވުމާއެކު، ލޯނަށް އެދި ހުށަހަޅަން ދިން މުއްދަތު ހަމަވީއިރު، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށް ވުން؛
- ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި، ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރެއް ހުރި ފަރާތަކަށް ވުން. މިގޮތުން ހުށަހަޅާ ގެރެންޓަރަކީ ލޯނު ނަގާ ފަރާތުގެ "އާއިލީ މެންބަރަކަށް" ވުން. އަދި އެ ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސްފަހެއް) އަހަރާ ދެމެދުގެ މީހަކަށް ވުން؛
- ކިޔަވަން އެދޭ ފެންވަރުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެމ.ްއެން.ކިޔު،އެފް.ގައި ކަނޑައަޅައިފައިވާ އެންޓްރީ ކްރައިޓްރީއާ ފުރިހަމަވާ ފަރާތަކަށް ވުން؛
- "ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާއެއްގެ ޕްރޮގްރާމެއް ފުރިހަމަކުރަން އެދޭ ފަރާތަކަށް ވުން؛
- ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ފަރާތެއް ނަމަ، ރާއްޖޭގައި ފުރިހަމަކުރެވެން ނެތް ޕްރޮގްރާމެއް ފުރިހަމަކުރަން އެދޭ ފަރާތެއް ކަމުގައި ވުން؛
- މިނިސްޓްރީން އިއުލާނު ކޮށްފައިވާ ފުލް ސްކޮލަރށިޕަކަށް ހޮވިފައިވާކަމަށް ސްކޮލަރށިޕް ދޭ ފަރާތުން އަންގައިފައިވާ ފަރާތެއް ކަމުގައި ނުވުން؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްލޮޓަކަށް ލޯނަށް ކުރިމަތިލާނަމަ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވުން.
(ށ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ކޮންސިއުލަރ މިށަންތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލީ ފަރާތްތަކަށާއި، މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ކެޓަގަރީގައި ހިމެނޭ ފަރާތްތައް މި ށަރުތުން އިސްތިސްނާކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކުރާ އިއުލާނުގައި ވަކި ދާއިރާތަކަކަށް ރާއްޖެއިން ބޭރުން ކިޔެވުމަށް ޖާގަ ކަނޑައެޅިފައިވާ ނަމަ، އެ ދާއިރާތަކަށް ކުރިމަތިލާ ފަރާތްތައް ވެސް މި ށަރުތުން އިސްތިސްނާކުރެވޭނެއެވެ.
5 ވަނަ މާއްދާ - ފުރިހަމަކުރެވޭނެ ޕްރޮގްރާމްތަކާއި ކިޔަވަންދެވޭނެ ގައުމުތައް
(ހ) ލޯނު ދިނުމަށް ހުޅުވައިލައިފައިވާ ފުރުސަތުތަކުގެ ތަފުސީލާއި، ހުޅުވައިލައިފައިވާ ޖާގައިގެ އަދަދާއި، ކިޔަވަން ދެވޭ ގައުމުތަކުގެ ތަފުސީލާއި، ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލާއި، ލޯނާއި ގުޅޭ އިތުރު މައުލޫމާތު ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކުރާ އިއުލާނުގައި ބަޔާންކުރެވޭނެއެވެ.
(ށ) މި އުސޫލުގައިވާ ގޮތުގެ މަތީން ކިޔަވަން އެދޭ ޕްރޮގްރާމަކީ، ތިރީގައި ބަޔާންކޮށްފައިވާ ފެންވަރުތަކުގެ ތެރެއިން ފެންވަރަކަށް ފެތޭ، އަދި އެ މުއްދަތުގެ ޕްރޮގްރާމަކަށް ވާންވާނެއެވެ.
- ޑިޕްލޮމާ ޕްރޮގްރާމެއް ފުރިހަމަކުރާނަމަ، 2 (ދޭއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައި ވުން؛
- ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީ އޮނަރސްއާއެކު ފުރިހަމަކުރާ ޕްރޮގްރާމެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ނުވުން؛
- މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނަމަ، 2 (ދޭއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ވުން؛
- ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނަމަ، 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ވުން؛
- އެމ.ްބ.ީބ.ީއެސް. ޕްރޮގްރާމެއް ނަމަ، އިންޓާންށިޕާއެކު 6 (ހައެއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން؛
- ޕައިލެޓް ލައިސަންސް ޕްރޮގްރާމެއް ނަމަ، 2 (ދޭއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން؛
- އެހެނިހެން ލައިސަންސް ޕްރޮގްރާމެއް ނަމަ، 3 (ތިނެއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން.
(ނ) މި އުސޫލުގެ ދަށުން ލޯނު ނަގައިގެން، ކިޔަވަން އެދުނު ޕްރޮގްރާމް، ބޭނުން ކޮންމެ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ދެވިދާނެއެވެ. ނަމަވެސް، އެ ފުރުސަތު ހަމަޖައްސައި ދޭއިރު، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތްކޮށް ލޯނުގެ ޖުމުލަ ކަނޑައަޅާނީ، ލޯނަށް ހޮވުނު ފަރާތުން އިހްތިޔާރުކުރާ އިއުލާންކުރި ގައުމަކާއި ކިޔަވަންދާ ގައުމަކާ އަޅާކިޔައި ހަރަދު ކުޑަ ގައުމެއްގެ ރޭޓުންނެވެ.
(ރ) ދިވެހިރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ ލޯނެއް އެހެން ގައުމެއްގައި ކިޔެވުމަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ލޯނު ނަގާ ފަރާތް ކިޔެވުމަށް އިހްތިޔާރުކޮށްފައިވާ ޕްރޮގްރާމް ހިންގުން ރާއްޖޭގެ މަރުކަޒުން ހުއްޓައިލައި އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިނުދޭ ޕްރޮގްރާމެއްކަމަށް ވެއްޖެނަމަ ނުވަތަ ދިވެހިރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިދޭ ޕްރޮގްރާމެއްކަމަށް ވިޔަސް އެ ފަރާތަށް އެ މަރުކަޒެއްގައި ކިޔަވަން ފުރުސަތު ނުލިބޭ ހާލަތެއްގައި، އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު އެ ފަރާތަށް ދެވޭނެއެވެ. މި ހާލަތުގައި ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި މާއްދާގެ (ނ) ގައިވާ ގޮތަށެވެ.
(ބ) ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނު ލިބިގެން ކިޔަވަމުން އަންނަ ފަރާތެއް، ފުރިހަމަކުރަމުންދާ ޕްރޮގްރާމުގެ ބާކީއޮތް ބައެއް އެޑްވާންސްޑް ސްޓޭންޑިންގއާއެކު ދިވެހިރާއްޖޭގެ މަރުކަޒެއްގައި ފުރިހަމަކުރެވޭ ހާލަތެއްގައި، އެގޮތަށް އެދޭނަމަ، އެ ފަރާތަކަށް ދިވެހިރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ. މި ހާލަތުގައި ޕްރޮގްރާމުގެ ބާކީއޮތް ބަޔަށް ފައިސާދޭނީ، ދިވެހިރާއްޖޭގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.
(ޅ) ބޭރު ގައުމެއްގައި ކިޔަވަމުންދާ ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ޖަމާކުރުމަށްފަހު، އެހެން ގައުމަކަށް ކިޔެވުން ބަދަލުކުރުމަށް އެދިއްޖެނަމަ، އެކަން ކޮށްދޭނީ، ލޯނުގެ ދަށުން ކިޔަވަން ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުން، ލޯނުގެ ޖުމުލަ އަދަދު އިތުރުކޮށް ނުދެވޭ ގޮތަށެވެ. ބަދަލުވާ ގައުމުގެ ރޭޓް ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ ދަށް ނަމަ، ޕްރޮގްރާމުގެ ބާކީއޮތް ބަޔަށް ފައިސާ ހަމަޖައްސައިދެވޭނީ ބަދަލުވާ ގައުމަކަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.
(ކ) ލޯނު ނަގައިގެން ފުރިހަމަކުރަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި، އެ އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެކެވެ. މި މާއްދާއިން އިސްތިސްނާވާނީ، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކެވެ.
(އ) ޕްރޮފެށަނަލް ދާއިރާތަކުން ނުވަތަ ލައިސަންސިންގ ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ދޭނީ، ކިޔެވި ދާއިރާއިން މަސައްކަތްކުރުމަށް ހުއްދަދޭ ރެގިޔުލޭޓަރީ އޮތޯރިޓީން (މިސާލު، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭށަން އޮތޯރިޓީ) އެ ޕްރޮގްރާމަކަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ ފަރާތްތަކުން ގަބޫލުކުރާ މަރުކަޒެއްގައި، ގަބޫލުކުރާ ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ.
6 ވަނަ މާއްދާ - ލޯނަށް އެދި ހުށަހެޅުން
(ހ) ލޯނަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އިއުލާނު ކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހައި ލިޔުންތަކާ އެކުގައެވެ.
(ށ) ލޯނަށް އެދޭ ކޮންމެ ފަރާތަކުން ވެސް ހުށަހަޅަންވާނީ، 1 (އެކެއް) އެޕްލިކޭށަނެވެ. 1 (އެކެއް) އެޕްލިކޭށަނަށްވުރެ ގިނަ އެޕްލިކޭށަން ހުށަހަޅައިފިނަމަ، އެ ފަރާތެއްގެ އެޕްލިކޭށަންތައް ބާތިލުވާނެއެވެ.
(ނ) މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ކެޓެގަރީން އެޕްލިކޭށަން ހުށަހަޅާ ފަރާތްތަކުން މިހާރު ކިޔަވަމުންދާކަމާއި، ޕްރޮގްރާމް ނިންމުމަށް އޮތް މުއްދަތު އެނގޭނ،ެ ކިޔަވަމުންދާ މަރުކަޒުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
7 ވަނަ މާއްދާ - ލޯނުގެ ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް އިސްކަންދޭނެ ތަރުތީބު
ލޯނު ލިބޭނެ ފަރާތްތައް ހޮވުމަށް އިސްކަންދޭނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށްކުރާ އިއުލާނާ އެކު ށާއިއުކޮށްފައިވާ "ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ ގޮތާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
8 ވަނަ މާއްދާ - ފުރުސަތުގެ ބޭނުން ހިފުމަށް ދޭ މުއްދަތު
(ހ) ކިޔެވުމަށް އެދި ހުށަހަޅައިފައިވާ ޕްރޮގްރާމް ފެށުމަށް ލިބޭނީ، ލޯނު ހަމަޖެހުނުކަން އަންގާ ލިޔުމުގައިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮގްރާމް ނުފަށައިފިނަމަ، ނުވަތަ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައިގެން މުއްދަތު އިތުރުނުކޮށްފިނަމަ، ލޯނުގެ ފުރުސަތު ބާތިލުވާނެއެވެ.
(ށ) ލޯނު ހަމަޖެހުނުކަން އަންގާ ލިޔުން ލިބުމަށްފަހު، ލޯނުގެ ފައިސާ ލިބެން ބޭނުންވާ ދުވަހުގ،ެ މަދުވެގެން ސަރުކާރު ބަންދު ނޫން 40 (ސާޅީސް) ދުވަހުގެ ކުރިން މިނިސްޓްރީއަށް ފުރިހަމަކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ ފައިސާ ދޫކުރުމަށް އެދޭ ފޯމު" އަދި އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަންވާނެއެވެ. މި ގޮތަށް ލޯނުގެ ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ ފައިސާ ދޫކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކުގައެވެ.
(ނ) ލޯނު ލިބިފައިވާ ފަރާތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮގްރާމް ނުނިންމިއްޖެ ހާލަތެއްގައި، ނުނިންމުނު ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އަންގައި، ޕްރޮގްރާމުގެ ބާކީބައި ފަސްކުރުމުގެ ހުއްދަ މަރުކަޒުން ލިބިފައިވާކަމުގެ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ - ލޯނުގައި ހިމެނޭނެ ހަރަދުތައް.
(ހ) ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަކަށެވެ.
- ޕްރޮގްރާމާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ؛
- ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)؛
- އަލަށް ކިޔަވަން ފަށާ ފަރާތްތަކުން ޕްރޮގްރާމް ފެށުމަށް ޓަކައި، ކިޔަވާ މަރުކަޒު ހުންނަ ގައުމެއްގެ ސިޓީ ނުވަތަ ރަށަށް ށެޑިއުލްޑް ފްލައިޓެއްގައި އެންމެ ފަސޭހައިން ދެވޭނެ އެއަރޕޯޓަކަށް ދިޔުމަށާއި، ޕްރޮގްރާމް ނިމުމުން، އެ ގައުމެއްގެ އެ އެއަރޕޯޓުން އެ ފަރާތެއްގެ ރަށާ އެންމެ ކައިރި އެއަރޕޯޓަކަށް ދަތުރު ކުރާނެ ށެޑިއުލްޑް ފްލައިޓެއްގެ ޓިކެޓް؛
- ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ބުކް އެލަވަންސް؛
- ޕްރޮގްރާމް އަލަށް ފަށާ ފަރާތްތަކަށް އެސްޓެބްލިށްމެންޓް އެލަވަންސް (1 ފަހަރު)؛
- ޕްރޮގްރާމް ނިމިގެން އެނބުރި އައުމަށް ޑިޕާޗަރ އެލަވަންސް؛
- ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ހެލްތު އިންށުއަރެންސް؛
- ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތަކަށް ވީޒާ ފީ؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު؛
- ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ފަރާތެއް، ރާއްޖޭގައި ނުހިންގާ ޕްރޮގްރާމެއް ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭނަމަ ލޯނު ދެވޭނީ، ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ޕްރޮގްރާމް ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ލިބޭނަމައެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ޕްރޮގްރާމުގެ ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ނުލިބޭ ހާލަތްތަކުގައި، ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް އެ ފަރާތަކަށް އެހިނދަށް ކޮށްފައިވާ ހަރަދުގެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. އެހެންކަމުން، މި ހާލަތުގައި އެ ފަރާތް ބެލެވޭނީ، މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އަލަށް ކިޔަވަން ފަށާ ފަރާތެއްގެ ގޮތުގައެވެ.
(ށ) ރާއްޖޭގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަށެވެ.
- އަލަށް ކިޔަވަން ފަށާ ފަރާތްތަކުން ޕްރޮގްރާމް ފެށުމަށް ޓަކައި، ކިޔަވާ މަރުކަޒު ހުންނަ ރަށަށް ވައިގެމަގުނ/ް ކަނޑުމަގުން ދިޔުމަށާއި، ޕްރޮގްރާމް ނިމުމުން ކިޔެވި މަރުކަޒު ހުންނަ ރަށުން ވައިގެމަގުނ/ް ކަނޑުމަގުން އެ ފަރާތެއްގެ ރަށަށް ދަތުރުކުރާނެ ޓިކެޓް ހަރަދު؛
- މަރުކަޒެއްގައި އެންރޯލްވެގެން ކިޔަވާނަމަ، ޕްރޮގްރާމާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ؛
- ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ބުކް އެލަވަންސް؛
- ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު؛
- ރާއްޖޭގައި ތިބެގެން، ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
- އުސޫލު ނަންބަރު 2023-16 (ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު) ގެ ދަށުން އެ ސްކީމުގައި ކިޔަވާ ފަރާތެއް، ލޯނު ސްކީމުގެ ދަށުން ރާއްޖޭގައި ކިޔެވުމަށް ހޮވިއްޖެނަމަ، އެ ފަރާތެއްގެ ޓިއުށަން ފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ ބަޔާއި، މި މާއްދާގެ (ށ) ގެ ދަށުން ދިނުމަށް ކަނޑައަޅައިފައިވާ އެހެނިހެން ހަރަދުތައް ދެވޭނެއެވެ.
10 ވަނަ މާއްދާ - ލޯނުގެ ޖުމުލަ އަދަދު ކަނޑައެޅުމާއި ފައިސާ ޖަމާކުރުން
(ހ) ލޯނަށް އެދޭ ކޮންމެ ފަރާތަކަށްވެސް ދޫކުރާނެ ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު،މިނިސްޓްރީންނެވެ.
(ށ) ލޯނުގެ ފައިސާ ޖަމާކޮށްދޭނީ، މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާ ދެމެދު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ގައި ސޮއިކުރުމަށްފަހުގައެވެ.
(ނ) ލޯނުގެ ފައިސާ ޖަމާކުރެވޭނީ އުސޫލެއްގެ ގޮތުން ހަމައެކަނި ލޯނު ލިބޭ ފަރާތުގެ ނަމުގައި ދިވެހިރާއްޖޭގެ ބޭންކެއްގައި ހުޅުވައިފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ. ނަމަވެސް، ލޯނު ލިބޭ ފަރާތަކީ 18 (އަށާރަ) އަހަރު ނުވާ ފަރާތެއް ކަމުގައިވާނަމަ،އެ ފަރާތުން ކަނޑައަޅ،ާ މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ "އާއިލާ" މެންބަރެއްގެ ނަމުގައި ދިވެހިރާއްޖޭގެ ބޭންކެއްގައި ހުޅުވައިފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްދެވިދާނެއެވެ. އަދި މިގޮތަށް ފައިސާ ޖަމާކޮށްދެވޭނީ، ލޯނު އަނބުރާ އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވެ އިގުރާރުގައި އެ ފަރާތުން ސޮއިކުރުމުންނެވެ.
(ރ) ލޯނުގެ ފައިސާ ދޫކުރާނީ، އިންސްޓޯލްމަންޓުގެ ގޮތުގައެވެ. އެއީ ކޮންމެ އަހަރަކު 2 (ދޭއް) އިންސްޓޯލްމަންޓެވެ. ފުރަތަމަ އިންސްޓޯލްމަންޓަށްފަހު، ދެން ކޮންމެ ފަހަރަކު ވެސް އިންސްޓޯލްމަންޓަށް އެދެންވާނީ، ލޯނު ނެގި ފަރާތުން ކިޔަވަމުންދާކަން މިނިސްޓްރީއަށް ކަށަވަރު ކުރެވޭ ފަދަ ލިޔުމެއް، އެ ދަރިވަރަކު ކިޔަވާ މަރުކަޒު މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުމުންނެވެ.
11 ވަނަ މާއްދާ - ޓޮޕްއަޕް ލޯނު
މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް މި އުސޫލުގެ ދަށުން ހަމަޖައްސައިދެވޭނެއެވެ.
12 ވަނަ މާއްދާ - ޓޮޕްއަޕް ލޯނު ދިނުމުގެ ށަރުތާއި ކަންކަން
މި އުސޫލުގެ ދަށުން ޓޮޕްއަޕް ލޯނަށް އެދެވޭނީ ދަރިވަރުގެ އި ހްތިޔާރުން ބޭރުން ދިމާވާ އަންނަނިވި ސަބަބަކާ ގުޅިގެން، އެ ކަންކަމަށް ހިނގާނެ ހަރަދުތަކަށެވެ.
(ހ) ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ މަރުކަޒުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ހުއްޓައިލުން.
(ށ) ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ވަގުތީގޮތުން މެދުކަނޑައިލުން.
(ނ) ޕްރޮގްރާމް ފުރިހަމަކުރަމުންދާ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލް ވީއިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ހަރަދުތަކަށް މަރުކަޒުން ބަދަލުތަކެއް ގެނައުން.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރޮގްރާމަށް އެންރޯލް ވީއިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ހަރަދުތަކަށް ބަދަލު އައިސްގެން ޓޮޕްއަޕް ލޯނު ދެވޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.
13 ވަނަ މާއްދާ - ޓޮޕްއަޕް ލޯނުގެ ޖުމުލަ އަދަދު ކަނޑައެޅުން
ޓޮޕްއަޕް ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު، މިނިސްޓްރީންނެވެ. ލޯނުގެ މުޅި ޖުމުލައިގެ ގޮތުގައި ބެލެވޭނީ،ލޯނުގެ ގޮތުގައި ފުރަތަމަ ދޫކޮށްފައިވާ އަދަދާއި ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރެވޭ އަދަދާ އެކުގައެވެ. މިގޮތަށް އެއްކުރެވޭނީ، މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާ ދެމެދު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ތަކެވެ. މި މިނިސްޓްރީ މެދުވެރިވެގެން ކޮމާރށަލް ބޭންކްތަކާއެކު ވެފައިވާ މަތީ ތައުލީމާއި ތަމްރީނަށްދޭ ލޯނުތަކުގެ އެއްބަސްވުންތައް އެކެއް ނުކުރެވޭނެއެވެ.
14 ވަނަ މާއްދާ - ލޯނުގެ އެއްބަސްވުން އިސްލާހުކުރުން
ޓޮޕްއަޕް ލޯނު ދިނުމުގެ ކުރިން، މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުން، އަންނަނިވި ކަންކަން ހިމެނޭހެން އިސްލާހުކުރަންވާނެއެވެ.
(ހ) ޓޮޕްއަޕް ލޯނުގެ ފައިސާ ޖަމާކުރެވެނީ، ކުރިން ލޯނު ޖަމާކުރި އެކައުންޓު ނޫން އެހެން އެކައުންޓަކަށް ކަމުގައި ވާނަމަ، ކުރިން ލޯނު ޖަމާކުރި އެކައުންޓާއި، އިތުރު ފައިސާ ޖަމާކުރެވޭ އެކައުންޓުގެ ތަފުސީލު.
(ށ) އިތުރު ފައިސާ ދޫކުރުމުން، ލޯނުގެ ޖުމުލަ އަދަދަށް އަންނަ ބަދަލާއި، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް އަންނަ ބަދަލު.
(ނ) އެއްބަސްވުން އަލަށް އެކުލަވައި ލިއިރު ގެރެންޓީ ދިން ފަރާތް އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރަންވާނެކަން، ނުވަތަ ކުރިން ގެރެންޓީ ދިން ފަރާތް ނޫން އެހެން ފަރާތެއް ލޯނަށް ގެރެންޓީ ދޭކަމުގައި ވާނަމަ، އެ ފަރާތުން ގެރެންޓީ ދޭންވާނީ، ހަމައެކަނި އިތުރަށް ދޫކުރެވޭ ފައިސާގެ އަދަދަށް ނޫންކަމާއި، ގެރެންޓީ ދޭންވާނީ މުޅި ލޯނުގެ ޖުމުލަ އަދަދަށްކަން.
(ރ) މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުމަށް ބަދަލުގެންނަން ޖެހޭކަމަށް މިނިސްޓްރީއަށް ފާހަގަކުރެވޭ އިތުރު ކަންކަން.
15 ވަނަ މާއްދާ - ލޯނުގެ ފައިސާ އަނބުރާ ދެއްކުން
(ހ) ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ޖުމުލަ ފައިސާ (ލޯނުގެ ގޮތުގައި ނެގި ފައިސާއާއި، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި އެ ފައިސާގެ %1 (އެކެއް އިންސައްތަ) އަށްވާ ޖުމުލަ މިންވަރު)، ޕްރޮގްރާމް ނިމޭ ތާރީހުން ފެށިގެން، ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ޕްރޮގްރާމް ނިމޭ ތާރީހު ކަމުގައި ބަލާނީ، ތައުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ކޯސް ފެށޭ ތާރީހާއި ނިމޭ ތާރީހު ނުވަތަ ކޯހުގެ މުއްދަތު އެނގޭނެހެން އަނ-ްކޮންޑިށަނަލް އޮފަރ ނުވަތަ ޕްލޭސްމަންޓް ލެޓަރގައިވާ ތާރީހަށެވެ.
(ށ) ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ޖުމުލަ ފައިސާ (ޓޮޕްއަޕް ލޯނުގެ ފައިސާއާއި، ކުރިން ލޯނުގެގޮތުގައި ނެގި ފައިސާއާއި، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި ލޯނުގެ ޖުމުލަ ފައިސާގެ %1 (އެކެއް އިންސައްތަ) އަށްވާ މިންވަރު)، ޕްރޮގްރާމް ނިމޭ ތާރީހުން ފެށިގެން، ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ޕްރޮގްރާމް ނިމޭ ތާރީހު ކަމުގައި ބަލާނީ، ތައުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ކޯސް ފެށޭ ތާރީހާއި ނިމޭ ތާރީހު ނުވަތަ ކޯހުގެ މުއްދަތު އެނގޭނެހެން އަނ-ްކޮންޑިށަނަލް އޮފަރ ނުވަތަ ޕްލޭސްމަންޓް ލެޓަ ރގައިވާ ތާރީހަށެވެ.
(ނ) ލޯނު ނަގާ ފަރާތާއެކު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" އާ އެއްގޮތަށް ލޯނުގެ ޖުމުލަ ފައިސާ އަނބުރާ ދައްކަމުން ގެންދަންވާނެއެވެ. ލޯނު އަދާކުރަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ދިޔަނަމަވެސް، ލޯނު އަދާކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގައިފައި އޮންނަންވާނެއެވެ.
(ރ) ލޯނު ނެގި ފަރާތުން އެއްވެސް ސަބަބަކާ ހުރެ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންވާނީ، އެ މަސްއޫލިއްޔަތު އުފުލުމަށް އެއްބަސްވ،ެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރި ގެރެންޓަރެވެ.
(ބ) ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ކަނޑައަޅާނީ، ލޯނުގެ ގޮތުގައި ނަގާ ފައިސާގެ ޖުމުލަ އަދަދުގެ މައްޗަށް ބިނާކޮށެވެ. ލޯނު އަދާކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ލޯނު އަނބުރާ ދައްކަންވާނެއެވެ.
(ޅ) ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ލޯނު ފައިސާ އަނބުރާ އަދާކޮށް ނިމުމާ ދެމެދު ލޯނު އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އެއްވެސް ފަރާތަކާ ގުޅޭނެ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެކަން ލިޔުމުން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ކ) ލޯނު ފައިސާ އަދާކުރަމުން ނުދާނަމަ، ލޯނު ނެގި ފަރާތާއެކު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ގައި ވާގޮތަށް ނުވަތަ ށަރުއީ ކޯޓެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - ލޯނު ދޫކުރުމުގައި އަމަލުކުރެވޭނެ އާންމު އުސޫލުތައް
(ހ) ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓުގެ ތެރެއިން އެއްވެސް ދާއިރާއަކަށް ލޯނު ދޭނެ ފުރުސަތުގެ އަދަދު ވަކިން ކަނޑައަޅައި އިއުލާނުކޮށްފިނަމަ، އެފަދަ ދާއިރާއަކުން ލޯނު ހޯދުމަށް އެދެންވާނީ، އެ ދާއިރާއަކަށް ކަނޑައެޅިފައިވާ ފުރުސަތުތަކަށެވެ.
(ށ) ހުޅުވައިލައިފައިވާ ސްލޮޓަކަށް ކަނޑައަޅައިފައިވާ އަދަދަށް ޖާގަ ހަމަ ނުވާނަމަ، އެ ސްލޮޓްތަކަށް ޖާގަ ހަމަކުރާނީ، މިނިސްޓްރީން އެކުލަވައިލައިފައިވާ ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ނ) ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއިން ބޭރުގައި "މިހާރު ކިޔަވަމުންދާ" ފަރާތްތަކަށް ލޯނު ދިނުމުގައި އިސްކަންދެވޭނީ، ޕްރޮގްރާމް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށެވެ. މި ކެޓެގަރީން ހޮވޭ ފަރާތްތަކަށް، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ލޯނުން ފައިސާ ދޫކުރާނީ، ލޯނަށް އިއުލާނުކުރާ ތާރީހުން ފެށިގެން ޕްރޮގްރާމުގެ ބާކީ މުއްދަތަށް ކުރަންޖެހޭ ހަރަދުތަކަށެވެ.
(ރ) އެއްވެސް ފަރާތެއް ލޯނު ދިނުމަށް ހޮވުނު ސްލޮޓް ފިޔަވައި އެހެން ސްލޮޓަކަށް ބަދަލެއް ނުކުރެވޭނެއެވެ.
(ބ) ލޯނަށް ހޮވޭ ފަރާތްތަކުގެ ވަގުތީ ނަތީޖާ އާންމު ކުރަންވާނެއެވެ. މި ނަތީޖާއާ ގުޅޭ އެއްވެސް ށަކުވާއެއް އޮތްނަމަ، ވަގުތީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭށަނަށް އެއްވެސް އުނިއިތުރެއް / ބަދަލެއް ނުގެނެވޭނެއެވެ. ށަކުވާ ހުށަހަޅަން ދޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލޯނަށް ހޮވޭ ފަރާތްތަކުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.
(ޅ) މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބޭ ފަރާތްތަކާ ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރާ އެންމެހައި އުސޫލުތައް، މި އުސޫލާ ފުށުނާރާނޭހެން، ލޯނަށް ހޮވޭ ފަރާތްތަކުގެ މައްޗަށް ވެސް ހިނގާނެއެވެ.
(ކ) ތައުލީމު ހާސިލުކުރަމުންދާ މަރުކަޒުން އެއްވެސް ސަބަބަކާހުރެ ދަރިވަރު ވަކިކޮށްފިނަމަ، ނުވަތަ މަރުކަޒުން ޕްރޮގްރާމް ހުއްޓައިލައިފިނަމަ، ނުވަތަ ދަރިވަރު އަމިއްލަ އިހްތިޔާރުގައި ކިޔެވުން ހުއްޓައިލައިފިނަމަ، ނުވަތަ ޕްރޮގްރާމުން ފެއިލްވެއްޖެނަމަ، އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެހައިތަނަށް އެ ފަރާތަކަށް ދޫކޮށްފައިވާ ފައިސާއާއި އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި އެފައިސާގެ %1 (އެކެއް އިންސައްތަ) އަށްވާ މިންވަރު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ އަދާކުރަންވާނެއެވެ.
(އ) ލޯނު ނަގައިފައިވާ ފަރާތް، އިސްލާމްދީނަށާއި ދިވެހި ދައުލަތުގެ އަމުރުތަކަށް ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ. އަދި ކިޔަވަނީ ރާއްޖެއިން ބޭރު ގައުމެއްގައި ކަމަށްވާނަމަ، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ވ) މި އުސޫލުގެ ތެރެއިން ލޯނަށް އެދި ނުވަތަ ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް ސައްހަ ނޫން މައުލޫމާތު ހިމަނައިފައިވާކަން ނުވަތަ މައުލޫމާތު ފުރިހަމަނުކޮށް އެޕްލިކޭށަން ހުށަހެޅިކަން މިނިސްޓްރީއަށް އެނގޭ ހިސާބުން،އެޕްލިކޭށަން ބާތިލުވާނެއެވެ. އެކަން އެނގުނީ ލޯނު ލިބޭކަމުގެ ލިޔުން ދޫކުރި ފަހުން ކަމުގައި ވިޔަސް، ނުވަތަ ލޯނު ނަގައިފައިވާ ފަރާތް ކިޔަވަން ފެށިފަހުން ކަމުގައި ވިޔަސް،އެ ފަރާތެއްގެ އެޕްލިކޭށަނާއި އެ ފަރާތަކަށް ދޫކޮށްފައިވާ ލޯނު ބާތިލުވާނެއެވެ. މި ހާލަތުގައި ލޯނުގެ ގޮތުގައި ނުވަތަ ޓޮޕްއަޕް ލޯނުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައިވާނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފައިސާއެއް އަނބުރާ ދައްކަންވާނެއެވެ.
(މ) ލޯނަށް ނުވަތަ ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ހަގީގަތާ ހިލާފު މައުލޫމާތެއް ދީފައިވާކަމަށް ނުވަތަ ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ ކަމެއް ތަހުގީގު ކުރުމަށް، ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައި،ށަރުއީ ކޯޓުތައް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.
(ފ) މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު (މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކް (އެމ.ްއެން.ކިޔު،އެފް)) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކަށާއި، ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.
(ށ) "އެމ.ްއެން.ކިއ.ުއެފް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކަށެވެ.
(ނ) "ފުލްޓައިމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމ.ްކިއ.ުއޭ) އިން ފުލްޓައިމް ޕްރޮގްރާމްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގްރާމްތަކަށެވެ. އެއީ، މަދުވެގެން އަހަރަކު 120 (އެއްސަތޭކަ ވިހި) ކުރެޑިޓުގެ ރޭޓުން ފުރިހަމަކުރާ ޕްރޮގްރާމްތަކެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާއަށެވެ.
(ބ) "ޑިފޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް، މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ރީޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުން، ނުވަތަ އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ދިއުމެވެ.
(ޅ) "ފުލް ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ލޯނުނަގާ ފަރާތުން ކިޔެވުމަށް ޓަކައި އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ސްކޮލަރށިޕްތަކަށެވެ.
(ކ) "އެޑްވާންސްޑް ސްޓޭންޑިންގ" ކަމަށް ބުނެފައި އެވަނީ، ކުރިން ކިޔެވި ޕްރޮގްރާމުގެ މޮޑިއުލް ނުވަތަ މޮޑިއުލްތަކެއް ވަޒަންކޮށް، ފަހުން ކިޔަވާ ޕްރޮގްރާމުގެ މޮޑިއުލެއް ނުވަތަ މޮޑިއުލްތަކެއް ކިޔަވަން ނުޖެހި ޕްރޮގްރާމް ފުރިހަމަކުރާގޮތަށް ހަމަޖައްސައިފައިވުމަށެވެ.
(އ) "ޓޮޕްއަޕް ލޯނު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ދަރިވަރު ކިޔަވަމުންދާ ޕްރޮގްރާމުގެ މުއްދަތުގައި، ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރުވާ މުއްދަތަށް ދޭ ލޯނަށެވެ.
(ވ) "އާއިލީ މެންބަރު" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އެއްބަނޑުއެއްބަފާ / އެއްބަނޑު / އެއްބަފާ ދައްތައެއް، ނުވަތަ ބޭބެއެއް، ނުވަތަ ކޮއްކޮއެއް، ނުވަތަ މައިފުށުގެ / ބަފައިފުށުގެ ބޮޑުބޭބެއެއް، ނުވަތަ ބޮޑުދައިތައެއް، ނުވަތަ ލޯނަށް އެދޭ ފަރާތުގެ އަމިއްލަ ދަރިއެއް ނުވަތަ ގާނޫނީގޮތުން އެ ފަރާތާ ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
(މ) "ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ލޯނު އެއްބަސްވުމުގައި ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ ލޯނާ ގުޅިގެން ގެރެންޓަރު އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އަދާކުރާނެ ކަމުގެ ޔަގީންކަން ދީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތަކަށެވެ.
(ފ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިން، ނުވަތަ ގާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
18 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހު
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު