-

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-34)

(މި އުސޫލަށް އަމަލުކުރަން ފެށީ 26 ސެޕްޓެމްބަރު 2023 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

(ށ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވުމަށް އެދި ހުށަހަޅާ ފަރާތުނ،ް މިނިސްޓްރީން ކަނޑައަޅާ އޮންލައިން ފޯމު މެދުވެރިކޮށ،ް އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވުމުގެ ހުއްދައަށް އެދި ހުށަހަޅާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައ،ި މިނިސްޓްރީން ނިންމި ގޮތ،ް ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށ،ް ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަންވާނީ ކޮންމެ ވެސް މުނާސަބަތަކާ ގުޅުވައިގެންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ފެއަރ، ނައިޓްމާރކެޓެއް ނުވަތަ މަގުމަތީބާޒާރެއް ބާއްވާ ފަރާތަކުން މި އުސޫލުގައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ނުވަތަ އެފަދަ ބާޒާރެއް ހިންގުމުގައި މި އުސޫލާ ހިލާފުވެއްޖެނަމަ، ހުއްދަ ދޫނުކުރުމުގެ ނުވަތަ ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމު އުނިކުރުން.

 

6 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި އުސޫލު

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު (އުސޫލު - 2019-06-10)

 

ކޮންސޮލިޑޭޓެޑް އުސޫލު

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު - (ކޮންސޮލިޑޭޓެޑް ނަންބަރު 2019-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު