-

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު

(އުސޫލު - 2019-06-10)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

މި އުސޫލަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ގަނެވިއްކުމުގެ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓައި ރެގިއުލޭޓު ކުރުމަށްޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މިއުސޫލުގެ މައިގަނޑު މަގުސަދަކީ، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ހާއްސަކޮށްގެން ހިންގާ ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކާއި އެފަދަ އެހެން ވިޔަފާރިތައް ހިންގާ ފަރާތްތަކުން، ވަކި ތަނެއްގައި ގާއިމުވެގެން ވިޔަފާރިކުރާ އެހެން ފަރާތްތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ބާޒާރުތައް ހިންގޭނެ އުސޫލެއް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާނަކުރުން

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުކަމަށް ބުނެފައިއެވަނީ، ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން، އިމްޕޯޓްކޮށްފައިވާ މުދާ ވިއްކުމަށް ބާއްވާ އެކި ބާވަތުގެ ބާޒާރުތަކަށެވެ.

 

4 ވަނަ މާއްދާ - އުސޫލު ހިނގާނެ ފަރާތްތައް 

އިމްޕޯޓު މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް އިންތިޒާމުކުރާ ފެއަރ، ނައިޓްމާރކެޓ،ް މަގުމަތީބާޒާރު އަދި މިފަދަ އެހެން ވިޔަފާރިތައް ބާއްވާ ހުރިހާ ފަރާތްތަކުގެ މައްޗައް މި އުސޫލު ހިނގާނެއެވެ.

 

5 ވަނަ މާއްދާ - ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު އިންތިޒާމްކުރުމަށް ހުއްދަ ނަގަންޖެހޭ ފަރާތްތައް

(ހ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު އިންތިޒާމް ކުރުމުގެ ހުއްދައަށް އެދި ފޯމު ހުށަހެޅޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބް ޖަމްއިއްޔާ ތަކަށެވެ.

(ށ) އިމްޕޯޓް މުދަލުގެ ވިޔަފާރި ނުހިމެނޭގޮތަށް ހިންގާ ފެއަރތަކަށް މި އުސޫލުގެ ދަށުން ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ. 

(ނ) އިމްޕޯޓް މުދަލުގެ ވިޔަފާރި ނުކުރެވޭ ގޮތަށް ބާއްވާ ބާޒާރުތަކުގައި ދަޅު، ފުޅި އަދި ޕެކެޓްގައި ހުންނަ ބުއިންތައް ވިއްކުމަށް ނުވަތަ ކެންޓީނެއް ހިންގުމަށް މި އުސޫލުގެ ދަށުން ހުއްދަ ނަގާކަށް ނުޖެހޭނެއެވެ.

(ރ) އިމްޕޯޓް މުދަލުގެ ވިޔަފާރި ނުކުރެވޭ ގޮތަށް، ގާނޫނު ނަންބަރު 1978-48 (ކާނިވަލް، ފަންފެއަރ ފަދަ ތަންތަން ހެދުމުގެ ގާނޫނު) ގެ ދަށުން ހެދޭ ކާނިވަލް، ފަންފެއަރ ފަދަ ތަންތަން މި އުސޫލުން އިސްތިސްނާ ވާނެއެވެ.

 

6 ވަނަ މާއްދާ - ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރާނެ ފަރާތް

(ހ) ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރާނީ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލު މެދުވެރިކޮށެވެ. އަދި ރަށެއްގައި ނަމ،ަ ރަށު ކައުންސިލު މެދުވެރިކޮށެވެ.

(ށ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވުމަށް އެދި ހުށަހަޅާ ފަރާތުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، ޖަދުވަލު 1 ގައިވާ ފޯމު، ސިޓީއެއްގައިނަމ،ަ ސިޓީ ކައުންސިލަށް، ރަށެއްގައިނަމ،ަ ރަށު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަނަން (ވިޔަފާރި ނުވަތަ ޖަމިއްޔާގެ ރަޖިސްޓަރީގައިވާ ގޮތަށް) 
  2. ރަޖިސްޓަރީ ނަންބަރު 
  3. މާރކެޓް ބާއްވާ މުއްދަތު ފެށޭ ތާރީހް އި ނިންމާ ތާރީހް 
  4. މާރކެޓް ބާއްވާ ތަނުގެ ނަން ނުވަތަ ނިސްބަތްވާ ސަރަހައްދުގެ ނަމާއި، އެ ތަން ނުވަތަ ސަރަހައްދު އެ ފަރާތަކަށް ލިބިފައިވާ ކަމުގެ ލިޔުނ.ް 
  5. މާރކެޓް އިންތިޒާމްކުރުމާއި ހިންގުމުގައި ޒިންމާވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ފުރިހަމަ ނަމާއި މިހާރު ދިރިއުޅޭ އެޑްރެސް އަދި އައ.ިޑީ ކާޑުގެ ކޮޕީ 
  6. ފާހަގަކުރާ މުނާސަބަތުގެ ތަފްސީލު
  7. މި އުސޫލަށް އަމަލު ކުރާނެކަން ބަޔާންކޮށް ސޮއިކޮށްފައިވާ އިގްރާރު

 

7 ވަނަ މާއްދާ - ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުން

(ހ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވުމަށް ގަސްދުކުރާ ތާރީހުގެ 14 ދުވަސް ކުރިން އެކަމުގެ ހުއްދައަށް ހުށަހަޅަން ވާނެއެވެ.

(ށ) ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާ ތާރީހުން ފެށިގެން ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ފޯމު ބަލައިގަތް ކައުންސިލުގެ އިދާރާއިން ނިންމި ގޮތ،ް ފޯމު ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

(ނ) ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވޭނީ، އެންމެ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

 

8 ވަނަ މާއްދާ - ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން އެދޭ ފަރާތުން ކަށަވަރު ކުރަންޖެހޭ ކަންތައްތައް

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމަށް އެދި ހުއްދައަށް ހުށަހަޅާ ފަރާތުން، މިމާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައ،ް ބާޒާރު އިންތިޒާމު ކުރުމުގައި، އަދި ބާޒާރު ފަށައި، ނިމެންދެން ކަށަވަރު ކުރަންވާނެއެވެ.

(ހ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުގައި ބައިވެރިވާ ފަރާތްތަކަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއެއްކަން ކަށަވަރު ކުރަންވާނެއެވެ.

(ށ) ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުގައި ވިއްކަނީ، ހަމައެކަނި ދިވެހިރާއްޖޭގައި ގާއިމުވެގެން ހިންގާ ފިހާރައެއްގައި ނުވިކި ހުރި މުދާކަން ކަށަވަރު ކުރަންވާނެއެވެ.

(ނ) ކެއިން ބުއިމުގެ ހިދުމަތްދޭ ފަރާތެއްނަމ،ަ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނަގާފައިވާކަން ކަށަވަރު ކުރަންވާނެއެވެ.

(ރ) މިފަދަ ތަންތަނުގައި ވިއްކާ ހުރިހާ ބާވަތެއްގެ މުދަލުގައި އަގު ޖަހާފައި ހުންނަންޖެހޭނެއެވެ.

 

9 ވަނަ މާއްދާ - ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރުގައި ނުވިއްކޭނެ މުދާ

(ހ) ފެއަރ، ނައިޓްމާރކެޓްގައި ނުވަތަ މަގުމަތީބާޒާރުގައި، ޑޮކްޓަރެއްގެ ޕްރިސްކްރިޕްށަނަށް ނޫނީ ދޫކުރުން މަނާ އެއްވެސް ބޭހެއް ނުވިއްކޭނެއެވެ.

(ށ) ވިއްކަން ގަސްދުކުރާ އެއްޗަކީ ނުވަތަ މުދަލަކީ، ހާއްސަ ހުއްދައެއް ހޯދައިގެން ނޫނީ ނުވިއްކުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަނޑައަޅައިފައިވާ އެއްޗެއް ނުވަތަ މުދަލެއްނަމަ އެ ހުއްދަނެތި އެ މުދަލެއް ވިއްކައިގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - އެޕްލިކޭށަން ޕްރޮސެސިންގ ފީ

(ހ) ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން އެދި ހުށަހަޅަނީ، މީހުންގެއަބާދީ 2000 (ދެހާސް) އިން ދަށުގެ ރަށެއްގައިނަމ،ަ ޕްރޮސެސިންގ ފީގެ ގޮތުގައި، 10،000 (ދިހަ ހާސް) ރުފިޔާ ގެ ފީއެއް ދައްކަންވާނެއެވެ.

(ށ) ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން އެދި ހުށަހަޅަނީ، މީހުންގެއަބާދީ 2000 (ދެހާސް) އިން މަތީގެ ރަށެއްގައިނަމަ ނުވަތަ ސިޓީއެއްގައިނަމ،ަ ޕްރޮސެސިންގ ފީގެ ގޮތުގައި، 20،000 (ވިހި ހާސް) ރުފިޔާ ގެ ފީއެއް ދައްކަންވާނެއެވެ.

 

11 ވަނަ މާއްދާ - ގާނޫނަށާއި ގަވާއިދަށް އަމަލު ކުރުން

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުގައި ވިޔަފާރި ހިންގާ ފަރާތްތަކުން އެ ފަރާތަކުން ހިންގާ ވިޔަފާރި ހިންގަންވާނީ، އެ ވިޔަފާރިއަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައިހަދާފައިވާ ގާނޫނުތަކަށާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިއިން ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފަށް ވިޔަފާރީގެ މުއާމަލާތެއް ހިންގައިފިނަމަ އަދި މި އުސޫލާ ހިލާފުވެއްޖެނަމަ އެކަމެއްގައި ޒިންމާވާނީ، އެ ވިޔާފާރިއެއް ހިންގުމުގެ ހުއްދަ ނަގާފައިވާ ފަރާތެވެ.

 

12 ވަނަ މާއްދާ - ވިޔަފާރިހިންގުން މަނާގަޑިތައް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާންމު ކޮށްފައިވާ އިއުލާނެއްގައި ނުވަތަ ގަވާއިދެއްގައި ވިޔަފާރިކުރުމާއި ހިދުމަތް ދިނުން މަނާކަމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުން ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

 

13 ވަނަ މާއްދާ - އެކި މުނާސަބަތުތަކާއި ގުޅުވައިގެން ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުން

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް، ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަން ވާނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެންނެވެ. އަދި މިގޮތުން، ފާހަގަކުރެވޭނެ މުނާސަބަތުތައް ކޮންމެ އަހަރަކު 1 (އެކެއް) ފަހަރ،ު ސިޓީއެއްގައިނަމ،ަ ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމ،ަ ރަށު ކައުންސިލުން އާންމުކޮށް އިއްލާނު ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - މިއު ސޫލާއި، އަމަލު ކުރަންޖެހޭ ގަވާއިދާއި ގާނޫނާ ހިލާފަށް ހިންގާ ކަންތައްތައް ބެލުން

(ހ) ފެއަރ، ނައިޓްމާރކެޓުއް ނުވަތަ މަގުމަތީބާޒާރެއް ބާއްވާ ފަރާތަކުން މި އުސޫލުގައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމ،ަ ނުވަތަ އެފަދަ ބާޒާރެއް ހިންގުމުގައި މި އުސޫލާއި ހިލާފުވެއްޖެނަމ،ަ ހުއްދަ ދޫނުކުރުމަށް ނުވަތަ ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމަށް ސިޓީ ކައުންސިލު ނުވަތަ ރަށު ކައުންސިލަށް އިހްތިޔާރު ލިބިގެންވެއެވެ.

(ށ) ފެއަރ، ނައިޓްމާރކެޓްގައި ނުވަތަ މަގުމަތީބާޒާރުން ހިދްމަތް ލިބިގަންނަ ފަރާތަކުން އެ ހިދްމަތް ލިބިގަތުމުގައި ހިދްމަތް ދިންފަރާތުން ގާނޫނާ ނުވަތަ ގަވާއިދާ ހިލާފު އަމަލެއް ހިންގައިގެން ހިދްމަތް ލިބިގަންނަ ފަރާތުން މާރކެޓްގެ އިދާރީ ކަންކަން އިންތިޒާމްކުރާ ފަރާތައް ށަކްވާއެއް ހުށަހަޅައިފި ނަމަ އެ ކަމެއް ހައްލު ކޮށްދިނުމުގައި އެހީތެރިވާން ޖެހޭނެއެވެ.

(ނ) މި އުސޫލުގެ ބޭނުމަށް، މާރކެޓްގެ އިދާރީ ކަންކަން އިންތިޒާމްކުރާ ފަރާތަކީ، މި އުސޫލުގެ ދަށުން މާރކެޓް ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެވެ.

 

15 ވަނަ މާއްދާ - އަމަލު ކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

 

ޖަދުވަލު 1

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް އުސޫލު

ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު (ކޮންސޮލިޑޭޓެޑް) - (ކޮންސޮލިޑޭޓެޑް ނަންބަރު 2019-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު