މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު
(އުސޫލު ނަންބަރު 2023-20)
(މި އުސޫލަށް އަމަލުކުރަން ފެށީ 24 ޖުލައި 2023 ގައި)
1 ވަނަ މާއްދާ - ތައާރުފު
މިއ،ީ ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނާއި 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ މުދައްރިސުން ހިފަހައްޓަންޖެހޭ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލެވެ.
2 ވަނަ މާއްދާ - ނަން
މި އުސޫލަށް ކިޔާނީ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މައިގަނޑު މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މުދައްރިސުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކު، ޒަމާނުއްސުރެ ދިވެހި މުޖުތަމައުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހްތިރާމު އިތުރުކޮށް ދެމެހެއްޓުން.
(ށ) މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަހުލާގާއި އާދަތައް ހަރުދަނާކޮށް، ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި، އިހުލާސްތެރި، ޒިންމާދާރު އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުން.
(ނ) ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެފަދަ، އުނގެނުމަށް ފަހި މާހައުލެއް ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނުގައި ގާއިމުކުރުން.
(ރ) އުނގަންނައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި، ތަފާތު ކުރުންތަކާއި، އެކި ބާވަތުގެ އަނިޔާވެރިކަމާއި، ހަނގާކުރުމާއި، ގޯނާކުރުންފަދަ ނޭދެވޭ އަސަރުކުރުވަނިވި އެންމެހައި ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކައުތެރި މާހައުލަކަށް ހެދުން.
4 ވަނަ މާއްދާ - މުދައްރިސުންގެ ސުލޫކީ މިންގަނޑުގެ އަސާސްތައް
މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާވެފައިވަނީ އަންނަނިވި މައިގަނޑު 7 (ހަތެއް) އަސާސްގެ މައްޗަށެވެ.
(ހ) ދަރިވަރުންގެ ކަރާމާތާއި ރައްކައުތެރިކަން.
(ށ) ތައުލީމީ ދާއިރާގެ އިތުބާރ.ު
(ނ) ދަރިވަރުންގެ ފަރުދީ ތަފާތުތައް.
(ރ) ފަންނީ އަދި ރަސްމީ ގުޅުން.
(ބ) ފަންނީ އަހުލާގު؛
(ޅ) ތެދުވެރިކަމާއި އިހުލާސްތެރިކަން.
(ކ) ޒަމާނާ އެކަށޭނަ އިލްމާއި ފަންނުވެރިކަން.
5 ވަނަ މާއްދާ - މުދައްރިސުންގެ ސުލޫކީ މިންގަނޑު
ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނާއި، 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ޕްރޮގްރާމްތަކުގައި، މަސައްކަތްކުރާ މުދައްރިސުން އަމަލުކުރުމަށް، މި އުސޫލުގެ 4 ވަނަ މާއްދާގައިވާ އަސާސްތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލައިފައިވާ، މުދައްރިސުންގެ ސުލޫކީ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
6 ވަނަ މާއްދާ - ދަރިވަރުންގެ ކަރާމާތާއި ރައްކައުތެރިކަން ކަށަވަރުކުރުން
ދަރިވަރުންގެ ކަރާމާތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކޮންމެ މުދައްރިސަކުމެ:
(ހ) ތިމާގެ ޒިންމާގެ ދަށުގައިވާ ކޮންމެ ދަރިވަރަކަށް ރައްކައުތެރިކަން ދޭންވާނެއެވެ.
(ށ) ދަރިވަރުންނަށް ރައްކައުތެރިކަމާއި ހިމާޔަތް ލިބިދޭ މާހައުލެއް ސްކޫލުގައި ގާއިމުކުރުމަށް މަސައްކަތްކުރަން ވާނެއެވެ.
(ނ) ހަނގާކުރުމާއި، އެކި ބާވަތުގެ ގޯނާކުރުމާއި، އަނިޔާވެރިކަމުން ރައްކައުތެރިވެފައިވާ އަމާން މާހައުލެއް، ދަރިވަރުންނަށް ގާއިމުކޮށްދޭން ވާނެއެވެ.
(ރ) އެއްވެސް ދަރިވަރަކަށް ރަހުމުކުޑ،ަ ލާއިންސާނީ އަދަބެއް ނުވަތަ ކުއްޖާ ލަދުގަންނާނެފަދަ އަދަބެއް ދީގެން ނުވާނެއެވެ.
(ބ) ދަރިވަރަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެއެވެ.
(ޅ) ހަނގާކުރުމާއި، ބިރުދެއްކުމާއި، ބޭއިންސާފުން ކަންކަން ކުރުމާއި، ދަރިވަރުންގެ މެދުގައި ތަފާތުކުރުންފަދަ އަމަލުތައް ނުކުރުމާއި، އެފަދަ އަމަލުތައް އެހެން ދަރިވަރުންނާއި މުވައްޒަފުންގެ ފަރާތުން ހުއްޓުވުމަށް މަސައްކަތްކުރަން ވާނެއެވެ.
(ކ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު)، ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު)، ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު)، ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު)، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށާއި، ކުޑަކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކުން ތަންފީޒުކުރާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކަށް އަހުލުވެރިވެ، އެއާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.
(އ) ދަރިވަރުންގެ ހައްގުތަކަށް ރައްކައުތެރިވެ، އެ ހައްގުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަން ވާނެއެވެ.
(ވ) ދަރިވަރުންގެ ކިބައިގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، އެ ހައްގުތަކަށް އިހްތިރާމު ކުރުމުގެ ސިފަ ހަރުލައްވަން މަސައްކަތްކުރަން ވާނެއެވެ.
(މ) އިތުރު އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ހާލަތްތައް މެދުވެރިވެފައިވާ ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެދާނެފަދަ ދަރިވަރުން ދެނެގަނެ، އެ ދަރިވަރުންނަށް އެހީތެރިވާން ވާނެއެވެ.
(ފ) އެއްވެސް ދަރިވަރަކަށް ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ ގޯނާކުރުންފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
(ދ) ދަރިވަރުންނާގުޅޭ އެންމެހައި ކަންކަމުގައި ދަރިވަރުންގެ ކަރާމާތަށް އުނިކަމެއް ނާންނާނެހެން އޯގާތެރިކަމާއެކު މުއާމަލާތުކުރަން ވާނެއެވެ.
7 ވަނަ މާއްދާ - ތައުލީމީ ދާއިރާގެ އިތުބާރު ދެމެހެއްޓުން
ތައުލީމީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ކޮންމެ މުދައްރިސަކުމެ:
(ހ) ކުރާ މަސައްކަތުގައި ތިމާއަކީ ތެދުވެރި، އިހުލާސްތެރި، ނަޒާހަތްތެރި، ޒިންމާދާރު އަދި އިންސާފުވެރި މީހަކަށް ވާންވާނެއެވެ.
(ށ) ދަރިވަރުންނަށް ބޭނުންވާ މައުލޫމާތާއި ހުނަރު ފޯރުކޮށްދެވޭފަދަ ފަންނީ މީހަކަށާއި ގާބިލުމީހަކަށް ވާންވާނެއެވެ.
(ނ) ކިޔަވައިދިނުމުގައި ކުރާ ކޮންމެ ކަމެއް ކުރަންވާނީ ތައުލީމީ ދާއިރާއަށް އޮންނަ އިތުބާރާއި ޔަގީންކަން ދެމެހެއްޓޭނެ ގޮތަށެވެ.
(ރ) އިސްލާމީ ށަރީއަތާއި އިސްލާމީ އަގީދާއާ އެއްގޮތަށް، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއި، އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅޭ މީހަކަށް ވާންވާނެއެވެ.
(ބ) ތިމާއާ ހަވާލުކުރެވިފައިވާ ޒިންމާތައް އެކަމަށް ކަނޑައެޅިފައިވާ ވަގުތަށް ފަރުވާތެރިކަމާއެކު ނިންމަން ވާނެއެވެ.
(ޅ) މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ސިއްރުތައް ހިފެހެއްޓުމާއެކު، އެފަދަ އެއްވެސް މައުލޫމާތެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.
(ކ) ތިމާ އުޅޭ މުޖުތަމައުގެ މަސްލަހަތާއި އަމަންއަމާންކަން ގެއްލޭފަދަ ފިކުރުތަކާއި އަމަލުތަކުން އެއްކިބާ ވާންވާނެއެވެ.
(އ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށާއި ގަވާއިދުތަކަށް އިހްތިރާމުކޮށް އަމަލުކުރަން ވާނެއެވެ.
(ވ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްގެން ނުވާނެއެވެ.
(މ) ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާން ކޮށްފައިވާފަދަ ޓެރަރިޒަމުގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ކުރަން އުޅުމާއި، އެފަދަ އަމަލެއް ހިންގުމުގައި އެހީތެރިވެދިނުމާއި، ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް، އެފަދަ ކަމަކަށް ހިތްވަރުދިނުމާއި، ޓެރަރިޒަމުގެ އަމަލުތަކަށް ހިތްވަރުދިނުމުގެ ގޮތުން ބޭނުންކުރެވޭފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ފޮޓޯއާއި ވީޑިއޯތައް އާންމުކުރުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާފަދަ އަމަލުތައް ކުރުމާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ކޮށްގެން ނުވާނެއެވެ.
(ފ) އޮރިޔާންކާޑު ގެންގުޅުމާއި، އެހެން މީހަކަށް ދެއްކުމާއި، ފެތުރުންފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.
(ދ) ދައުލަތާއި، ސަރުކާރާއި، މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.
(ތ) މިނިސްޓްރީން ކަންކަން ރާވައިފައިވާ ގޮތްތައް ދެނެގަނެ، އެ ކަންކަމާބެހޭ މައުލޫމާތު، ތައުލީމީ ދާއިރާގެ ހިއްސާދާރުންނަށް އޮޅުންފިލުވައިދޭން ވާނެއެވެ.
(ލ) ތައުލީމީ ދާއިރާގެ ތަސައްވަރު ރަނގަޅުކުރުމަށާއި، އުނގަންނައިދިނުން ކުރިއަށްދާ ގޮތާމެދު މުޖުތަމައު ދެކޭގޮތް ރަނގަޅުކުރަން މަސައްކަތްކުރަން ވާނެއެވެ.
(ގ) ދަރިވަރުންނަށް މަގު ދައްކައިދީ ތަރުބިއްޔަތާއި ތައުލީމު ދިނުމުގައި އިސްލާމްދީނާ ހިލާފު އެއްވެސް ކަމެއް، ނުވަތަ އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.
(ޏ) ރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ ހިލާފު، އެއްވެސް ކަމެއް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ލިބޭފަދަ ކަމެއް ކޮށްގެންނުވާނެއެވެ.
8 ވަނަ މާއްދާ- ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް އިހްތިރާމުކުރުން
ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް އިހްތިރާމުކުރުމުގެ ގޮތުން ކޮންމެ މުދައްރިސަކުމެ:
(ހ) އުނގަންނައިދިނުމުގައި ހުރިހާ ދަރިވަރުން ށާމިލުކުރުމާއެކު، ދެ ޖިންސުގެ މެދުގައިތަފާތުކުރުމެއް ނެތި ތައުލީމު ފޯރުކޮށްދޭން ވާނެއެވެ.
(ށ) ދަރިވަރުންގެ ވިސްނުމާއި ފިކުރު، އަދި ޖިސްމާނީ ގާބިލުކަމާއި ނަފްސާނީ ގާބިލުކަމުގައި ހުންނަ ތަފާތުތަކަށް ރިއާޔަތްކުރުމާއެކު، ދަރިވަރުންގެ ކިބައިގައި ހުރި ގާބިލުކަމަށް ބިނާކޮށް އުނގަންނައިދޭން ވާނެއެވެ.
(ނ) ދަރިވަރުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ހުރިހާ ދަރިވަރުން ށާމިލުކުރަން ވާނެއެވެ.
(ރ) ދީނީ، ގައުމީ، ނަސްލ،ީ ޖިންސީ ފަދަ އެއްވެސް ތަފާތުކުރުމެއް ނެތި ދަރިވަރުންނާ މެދު ހަމަހަމަ ކަމާއެކު މުއާމަލާތު ކުރަން ވާނެއެވެ.
(ބ) ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ފޯރުކޮށްދިނުމުގަޔާއި، ފުރުސަތުތަކަށް ވާސިލުވުމުގަޔާއި، ފުރުސަތުތަކުން ނަތީޖާ ހާސިލުކުރުމަށް އެހީތެރިވުމުގައި، އެ ދަރިވަރެއްގެ ބޭނުންތަކަށް ރިއާޔަތްކުރަން ވާނެއެވެ.
(ޅ) ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް އިހްތިރާމު ކުރުމާއެކު، ހުރިހާ ދަރިވަރުންނާމެދު އިންސާފާއި ހަމަހަމަކަމާއެކު އަމަލުކުރަން ވާނެއެވެ.
(ކ) ދަރިވަރުގެ އަމިއްލަވަންތަކަމާއި، ހުނަރާއި، ޖިސްމާނީ، ނަފްސާނީ، ސިއްހީ، ޖަޒުބާތީ ދުޅަހެޔޮކަން ކުރިއަރުވަން މަސައްކަތްކުރަން ވާނެއެވެ.
9 ވަނަ މާއްދާ - ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުން
ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމުގެ ގޮތުން ކޮންމެ މުދައްރިސަކުމެ:
(ހ) ތިމާގެ އުޅުންތަކާއި ގުޅުންތައް ބަހައްޓަންވާނީ، އިސްލާމީ، ދިވެހި މުޖުތަމައު ގަބޫލުކުރާ މިންގަނޑުގެ ތެރޭގައެވެ.
(ށ) އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި، ބެލެނިވެރީންނާއި، ދަރިވަރުންނާއެކު ދެ ފަރާތަށް ވެސް އިހްތިރާމުކުރ،ާ އިހްތިރާމު ލިބިދޭ، އަބުރުވެރި ގުޅުމެއް ގާއިމުކޮށް ދަމަހައްޓަންވާނެއެވެ.
(ނ) މަސައްކަތުގެ މާހައުލާއި މަސައްކަތުގެ މާހައުލުން ބޭރުގައި ވެސް، ތިމާގެ އުޅުންތަކާއި ގުޅުންތައް، މުދައްރިސުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ހިފަހައްޓަންވާނެއެވެ.
(ރ) ތިމާއާއި ދަރިވަރުންނާ ދެމެދު އުފެދިފައިވާ ރަސްމީ ގުޅުން ނާޖާއިޒު ގޮތެއްގައި ބޭނުންކޮށްގެން ނުވާނެއެވެ.
(ބ) ދަރިވަރަކާއެކު އެއްވެސް ބާވަތެއްގެ ނޭދެވޭ ގުޅުމެއް ބާއްވައިގެން ނުވާނެއެވެ.
(ޅ) އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުއާމަލާތުކުރުމުގައި ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭގޮތަށް، ސްޓާފް ކާޑު އަޅައިގެންނެވެ.
(ކ) އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު، އަދި ދަރިވަރުންނާ މުއާމަލާތް ކުރާއިރު ހުންނަންވާނީ، ތިމާއަކީ ކާކުކަން އެނގޭ ގޮތަށެވެ.
(އ) މީސްމީޑިއާގައި މުއާމަލާތުކުރުމުގައި އެއްވެސް ފަރާތެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް އައިސްދާނެ ނުވަތަ ބަދުނާމުވެ އަބުރަށް ހުތުރުވެދާނެފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
(ވ) ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ އަމަލެއް ކޮށްގެންނުވާނެއެވެ.
(މ) މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް، ރިވެތި ނަމޫނާއަކަށް ވުމާއެކު ތިމާގެ އަގުވެއްޓޭފަދަ، އެއްވެސް އަމަލެއް މީސްމީޑިއާގައި ކޮށްގެން ނުވާނެއެވެ.
(ފ) މަސައްކަތުގެ މާހައުލާއި މަސައްކަތުގެ މާހައުލުން ބޭރުގައި ވެސް، ވާހަކަދެއްކުމުގައްޔާއި މުހާތަބު ކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުމާއި، މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ތިމާ ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާވާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، މުވައްޒަފަކު ރުޅިއެރުވުމަށް މަސައްކަތްކުރުންފަދަ ކަމެއް ކޮށްގެންނުވާނެއެވެ.
(ދ) މަސައްކަތުގެ މާހައުލާއި މަސައްކަތުގެ މާހައުލުން ބޭރުގައި ވެސް ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯނާކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވާފަދަ، އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ތ) މަސައްކަތުގެ މާހައުލާއި މަސައްކަތުގެ މާހައުލުން ބޭރުގައި ވެސް މާރާމާރީ ހިންގުމާއި، ހަނގާކުރުމާއި ގޯނާކުރުންފަދަ، އެއްވެސް އަމަލެއް ކޮށްގެންނުވާނެއެވެ.
(ލ) ތިމާއާއެކު މަސައްކަތްކުރާ މުވައްޒަފުންގެ ނުވަތަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާއި މުއައްސަސާތަކުގެ ގަދަރާއި، ކަރާމާތާއި، އަބުރަށް ހުތުރުވާފަދަ،އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.
(ގ) ތިމާއާއެކު މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭގޮތުންނާއި، ތިމާ މަސައްކަތްކުރާ އޮފީހާ ގުޅޭގޮތުންނާއި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާއި މުއައްސަސާތަކާ ގުޅޭގޮތުން، ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.
(ޏ) ތައުލީމީ ދާއިރާއާގުޅޭ ކަންކަމުގައި، މި ނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.
(ސ) ވަޒީފާއާ ގުޅޭގޮތުން މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތެއް މުވައްޒަފުގެ ފުށުން ހޯދަން ބޭނުންވެއްޖެ ހާލަތެއްގައި، އުނިއިތުރު ކުރުމެއް ނެތި، އެ މައުލޫމާތެއް މިނިސްޓްރީއަށް ފޯރުކޮށްދީ، އިދާރީ ތަހު ގީގުތަކަށް މުވައްޒަފުން ދޭންވާ ބަޔާންތަކާއި މައުލޫމާތު ފޯރުކޮށްދޭން ވާނެއެވެ.
10 ވަނަ މާއްދާ - މަސައްކަތުގެ ފަންނީ އަހުލާގު ދެމެހެއްޓުން
މަސައްކަތުގެ ފަންނީ އަހުލާގު ދެމެހެއްޓުމުގެ ގޮތުން ކޮންމެ މުދައްރިސަކުމެ:
(ހ) ދަރިވަރުންނާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި މިނިސްޓްރީން އެކަށައަޅ،ާސިޔާސަތުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެ ކަންކަން ތަންފީޒުކުރަން ވާނެއެވެ.
(ށ) ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް، ގައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ގާބިލިއްޔަތުތަކާއި ހުނަރުތަކާއި ސިފަތައް ހަރުލެއްވުމަށް މަސައްކަތް ކުރަންވާނެއެވެ.
(ނ) އުނގެނުމަށް ދަރިވަރުންނަށް ހިތްވަރުދީ، ދަރިވަރުންގެ ކިބައިގައި ކިޔެވުމުގެ ރޫހު އާލާކުރުވަން މަސައްކަތްކުރުމާއެކު، ދަރިވަރުންނަށް އުނގަންނައިދިނުމަށް ސްކޫލުން ކަނޑައަޅައިފައިވާ ބައިތައް އުނގަންނައިދީ، ކޮންމެ ދަރިވަރަކަށް ވެސް، އެ ދަރިވަރަށް ހާސިލުވާންޖެހޭ މިންވަރަށް ހާސިލުވަމުންދާކަން ކަށަވަރުކުރަން ވާނެއެވެ.
(ރ) މިނިސްޓްރީން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު، ޒިންމާދާރުކަމާއެކު އަދާކުރަން ވާނެއެވެ.
(ބ) ފިލާވަޅުތަކަށް ތައްޔާރުވުމުގެ ގޮތުން ލެސަން ޕްލޭން ހެދުމާއި އުނގަންނައިދިނުމަށް ބޭނުންވާ ކިޔަވައިދިނުމުގެ އެހީތައް ތައްޔާރުކުރުންފަދަ އެންމެހައި ކަންކަން ކުރަންވާނެއެވެ.
(ޅ) މަސައްކަތާ ގުޅޭގޮތުން ތިމާއަށް އަންގާ އެންގުންތަކަށް ކިޔަމަންވެ، ހަވާލުކުރާ މަސައްކަތްތައް ކުރަންވާނެއެވެ.
(ކ) މަސައްކަތު ގަޑ،ި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ވަޒީފާއަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރަން ވާނެއެވެ.
(އ) ކުރާ މަސައްކަތުގެ ފެންވަރާއި މިންވަރު، ކާމިޔާބީއާއި ނާކާމިޔާބީ އަމިއްލައަށް ބަލައި ވަޒަންކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށް އަބަދުވެސް މަސައްކަތްކުރަން ވާނެއެވެ.
(ވ) ޕްރޮފެށަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުތަކުގައި އަމަލީގޮތުން ބައިވެރިވެ، ލިބޭ ފުރުސަތުގެބޭނުން ހިފައި، އަމިއްލަ ފަންނީ ގާބިލިއްޔަތާއި ހުނަރުވެރިކަން ކުރިއަރުވައި ތަރައްގީކުރަން ވާނެއެވެ.
(މ) މަސައްކަތް ބަލައި ފެންވަރު ވަޒަންކުރުމަށް ތިބޭ ވެރިން، ތިމާގެ މަސައްކަތާ ގުޅޭގޮތުން ދޭ ހިޔާލުތަކާއި އިރުށާދުތަކާ އެއްގޮތަށް، ކަންކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކަންކުރާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވާނެއެވެ.
(ފ) ދަރިވަރުންނަށް އަމާޒުކޮށްގެން ރާވައި ހިންގާ ކޮންމެ ހަރަކާތަކީ ވެސް، ދަރިވަރުންނަށް އިތުރު މައުލޫމާތާއި ކުރިއެރުން ލިއްބައިދޭ ނުވަތަ ދަރިވަރުންގެ އާންމު ދިރިއުޅުމަށް ފައިދާކުރަނިވ،ި އަދި ދަރިވަރުން ށައުގުވެރިވާފަދަ ހަރަކާތްތަކަކަށް ހަދަން މަސައްކަތްކުރަން ވާނެއެވެ.
(ދ) ދީނާއި ގައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމައުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ ގާބިލު ދަރިވަރުން އުފެއްދުމަށް މަސައްކަތްކުރަން ވާނެއެވެ.
(ތ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އެއްބައިވަންތަކަމާއި، ދިވެހި ގައުމިއްޔަތާއި ށަރަފު، ހިފަހައްޓާ ދަރިވަރުން އުފެއްދުމަށް މަސައްކަތްކުރަން ވާނެއެވެ.
(ލ) ސަގާފީ އަމިއްލަވަންތަ ކަމަށާއި، ދިވެހިބަހަށާއި، ގައުމުގެ އާދަކާދަތަކަށާއި، އެހެން މީހުންގެ ވިސްނުމަށާއި ފިކުރަށް އިހްތިރާމުކުރާ ދަރިވަރުން އުފެއްދުމަށް މަސައްކަތްކުރަން ވާނެއެވެ.
(ގ) އެހެނިހެން ނަސްލުތަކާއި އަނެކުންނާއި ތިމާއާ ހުންނަ ތަފާތުތައް ގަބޫލުކުރުމާއި، އަނެކުންނަށް އިހްތިރާމުކުރުމާއި، އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި އެކުވެރިކަން ބޭއްވުމުވެ، ރީތި ސިފަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރަން ވާނެއެވެ.
(ޏ) ތިމާވެށްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، ގުދުރަތީ ރީތިކަމާއި، ވަސީލަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމާއި، ތިމާވެށި ނުސާފުވާފަދަ އަމަލުތަކާއި، ގުދުރަތީ ވެށި ހަލާކުވެގެންދާފަދަ އަމަލުތަކުން ދުރުހެލިވުމަށް ދަރިވަރުންނަށް ދަސްކޮށްދޭން ވާނެއެވެ.
(ސ) ދަރިވަރުގެ އަމިއްލަ ސާފުތާހިރުކަމާއި، ދިރިއުޅޭ ތަނާއި، ވަށައިގެންވާ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ އާދަ، ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރަން ވާނެއެވެ.
(ޑ) ދަރިވަރުން ގަވާއިދުން ސްކޫލަށް ހާޒިރުކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް، ކަމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރަންވާނެއެވެ.
(ޒ) ތިމާއާ ހަވާލުވެފައިވާ ދަރިވަރުންގެ ކުރިއެރުމަށް ތަފާތު ފުރުސަ ތުތައް ހޯދައިދީ، އެކަމަށް މަގުފަހިކޮށްދޭން ވާނެއެވެ.
(ޓ) ދަރިވަރުންނާ ގުޅޭގޮތުން، ތިމާ ކުރާ ކޮންމެ ކަމެއްގައި ދަރިވަރުންގެ މަސްލަހަތުއިސްކުރަން ވާނެއެވެ.
(ޔ) ދަރިވަރުންގެ ސިއްހަތަށާއި ހެދިބޮޑުވުމަށާއި ދުޅަހެޔޮކަމަށް ސަމާލުކަންދިނުމާއެކު، އެފަދަކަމަކަށް ހުރަސްއެޅޭފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމ،ަ އެކަމަށް ކަނޑައަޅައިފައިވާ އުސޫލުތަކުގެ ތެރެއިން، އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަންވާނެއެވެ.
(ޕ) އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތްކުރުމާއި، ތިމާއާއެކު މަސައްކަތްކުރާ އެހެން މީހުންނަށް މަސައްކަތުގައި އެހީތެރިވާން ވާނެއެވެ.
(ޖ) މަސައްކަތާ ގުޅޭގޮތުން ތިމާއަށް ލިބޭ މައުލޫމާތާއި ދަސްވެފައިވާ އެއްޗެހި އެހެން މުވައްޒަފުންނާ ހިއްސާކޮށް އުނގެނުމުގެ ސަގާފަތެއް ގާއިމުކުރަން މަސައްކަތްކުރަން ވާނެއެވެ.
(ޗ) ތިމާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިގެންނުވާނެއެވެ.
(ހހ) ތިމާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ސިޔާސީގޮތުން، ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރަންވާނެއެވެ.
(ހށ) މަސައްކަތުގެ މާހައުލުގައި ނުވަތަ ދަރިވަރުން ބައިވެރިކޮށްގެން ސިޔާސީ ވާހަކަ ދެއްކުމާއި، ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ވަޒީފާގެ މާހައުލުގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުންފަދަ ކަންކަން ކޮށްގެން ނުވާނެއެވެ.
(ހނ) މަސައްކަތުގެ ރަސްމީގަޑީގައި ނުވަތަ ރަސްމީގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅެންޖެހޭ އެއްވެސް ވަގުތެއްގައި،އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ.
11 ވަނަ މާއްދާ - މަސައްކަތުގައި ތެދުވެރިވުމާއި އިހުލާސްތެރިވުން
މަސައްކަތުގައި ތެދުވެރިވުމާއި އިހުލާސްތެރިވުމުގެ ގޮތުން ކޮންމެ މުދައްރިސަކުމެ:
(ހ) ކުރާ މަސައްކަތުގައި ތިމާއަކީ ތެދުވެރި، އިހުލާސްތެރި، ނަޒާހަތްތެރި، ޒިންމާދާރު އަދި އިންސާފުވެރި މީހަކަށް ވާންވާނެއެވެ.
(ށ) ޒިންމާ އަދާކުރުމުގައްޔާއި، ތަޖުރިބާތައް ހިއްސާކުރުމުގައްޔާއި، އިލްމީ ގާބިލުކަން ބޭނުންކުރުމުގައި ތެދުވެރިވެ، އިހުލާސްތެރި ވާންވާނެއެވެ.
(ނ) އުނގަންނައިދިނުމަށް ހިންގާ ހަރަކާތްތަކުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޒިންމާ އަދާކުރަންވާނެއެވެ.
(ރ) ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ހިންގާ އިމްތިހާނުތަކާއި އެސެސްމަންޓްފަދަ ކަންކަން ކުރުމުގައި ތެދުވެރިވެ، އިހުލާސްތެރި ވާންވާނެއެވެ.
(ބ) ސްކޫލުގެ ވަސީލަތްތައް ބޭނުންކުރަންވާނީ އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ.
12 ވަނަ މާއްދާ - ޒަމާނާ އެކަށޭނަ އިލްމާއި ފަންނުވެރިކަން ހުރުން
ޒަމާނާ އެކަށޭނަ އިލްމާއި ފަންނު ލިބިފައިވާ މުދައްރިސަކަށް ވުމުގެ ގޮތުން ކޮންމެ މުދައްރިސަކުމެ:
(ހ) މަސައްކަތާގުޅޭ އެންމެފަހުގެ ހޯދުންތަކަށް އަހުލުވެރިވެ، އަމިއްލަ ފަންނީ ގާބިލިއްޔަތާއި ހުނަރުވެރިކަން ކުރިއަރުވައި ތަރައްގީކުރަން ވާނެއެވެ.
(ށ) އުނގެނުމާއި އުނގަންނައިދިނުމުގައި ޒަމާނީ ގޮތްތަކާއި ވައްޓަފާޅިއާއި އުކުޅުތައް ބޭނުންކުރަން ވާނެއެވެ.
(ނ) އިލްމީ ގާބިލުކަމާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ޓަކައި، މިނިސްޓްރީންނާއި ސްކޫލުގެ ފަރާތުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންވާނެއެވެ.
(ރ) މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޒަމާނީ ގޮތްތަކާއި، އުކުޅުތަކާއި، ވަސީލަތްތައްބޭނުންކުރުމަށް އެހެން މީހުންގެ ފަރާތުން އެއްބާރުލުމާއި، އެހީތެރިކަމާއި، ލަފަޔާއި އިރުށާދު ހޯދައި، ތިމާ ކުރާ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއަރުވައި ހިފެހެއްޓުމުގެ ޒިންމާ އަމިއްލައަށް އުފުލަން ވާނެއެވެ.
13 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނީ، ތިރީގައި ބަޔާންކޮށްފައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާވެ، ވަޒީރަށެވެ.
(ނ) "ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައި މިވާ ތަންތަނަށެވެ.
- ސަރުކާރު ސްކޫލްތައް؛
- އަމިއްލަ ސްކޫލްތައް؛
- ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕ.ީޕ.ީޕީ) ސްކޫލްތައް؛
- ކޮމިއުނިޓީ ސްކޫލްތައް.
(ރ) "ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.
- ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން؛
- ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ، އެ ފެންވަރުގެ ތަންތަން؛
- ޓިއުށަން ދޭ ތަންތަން؛
- ގުރްއާން ކްލާސްތައް؛
- ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީނު ދޭ ތަންތަން؛
- 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭށަނުގައި ރަޖިސްޓަރީކޮށްގެން ހިންގާ، މަތީގައިވާ ނަންބަރުތަކުގައި ހިމެނިފައިނުވާ އެހެނިހެން ތަންތަން.
(ބ) "މުދައްރިސުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ރ) ގައި މުދައްރިސެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދުމަށް ލާޒިމުކޮށްފައިވާ ފަރާތްތަކަށެވެ.
(ޅ) "އަހުލާގީ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކާއި، އަދަބު އަހުލާގާއި، އުޅުމާއި ގުޅުމާއި، މަސައްކަތުގެ އަހުލާގާއި، އިސްލާމީ، ދިވެހި މުޖުތަމައު ގަބޫލުކުރާ އެންމެހައި ސިފަތަކުގެ މިންގަނޑަށެވެ.
(ކ) "ތައުލީމީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނަށެވެ.
(އ) "ސުލޫކު" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ އަމަލާއި ބަހުން ފެންނަން ޖެހޭނެކަމަށް އިސްލާމީ، ދިވެހި މުޖުތަމައު ގަބޫލުކުރާ ހަރުދަނާ ރިވެތި އުޅުންތަކާއި، ގުޅުންތަކާއި، މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކަށެވެ.
(ވ) "މަސައްކަތުގެ ފަންނީ އަހުލާގު" ކަމަށް ބުނެފައި އެވަނީ، އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭގޮތުންނާއި ދަރިވަރުންނާގުޅޭ އެކިއެކި ކަންކަން ކުރުމުގައި މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ މައުލޫމާތާއި، ސިފަތަކާއި، ހުނަރުތަކާއި، އާދަތަކާއި، ދަރިވަރުންނާމެދު މުދައްރިސެއްގެ އަމަލުތައް ބަހައްޓަންވީ ގޮތާއި މުއާމަލާތު ކުރަންވީ ގޮތަށެވެ.
14 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މި އުސޫލަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-20)
ކިޔުންތެރިންގެ ހިޔާލު