-

މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-20) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(ގަވާއިދު ނަންބަރު 2023-28)

(މި އުސޫލަށް އަމަލުކުރަން ފެށީ 22 އޮގަސްޓް 2023 ގައި)

 

އުސޫލު ނަންބަރު 2023-20 (މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު) އަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 9 ވަނަ މާއްދާގެ (ކ) އަންނިވި ގޮތަށް އިސްލާޙުކުރުން.

(ކ) އުމުރުން 10 (ދިހައެއް) އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ، މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއްގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަންވާނީ، ކާކުކަން އެނގޭގޮތަށް ސްޓާފް ކާޑު އަޅައިގެން، މޫނު ފެންނަ ގޮތަށެވެ. އަދި މޫނުބުރުގާ އަޅާ މުވައްޒަފުން ދަރިވަރުންނާ މުއާމަލާތުކުރާ ހުރިހައި ވަގުތެއްގައި ހުންނަންވާނީ ސްޓާފް ކާޑު އަޅައިގެންނެވެ.

 

2 ވަނަ މާއްދާ - މި އުސޫލަށް ޢަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު