-

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-18)

(މި އުސޫލަށް އަމަލުކުރަން ފެށީ 25 މޭ 2023 ގައި)

ފުރަތަމަ ބާބު

އާންމު ބައިތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަހްލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ހިތްވަރުދިނުމުގެގޮތުން އިނާމު ދިނުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މައިގަނޑު މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި އަހްލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން.

(ށ) ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން، ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެންދިޔުން.

(ނ) ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުން.

(ރ) ޒުވާން ނޫސްވެރިން އެ މީހުންގެ މަސައްކަތުގައި މޮޅުވެ، ދާއިރާގައި ކުރިއަރައިދިއުމަށް މަސައްކަތްކުރުމަށް ބާރުއަޅައި ހިތްވަރު ދިނުން.

(ބ) ނޫސްވެރިކަމުގެ ފަންނުގައި އެކްސެލެންސް ސްޓޭންޑަޑްތައް ދެމެހެއްޓުމަށް ޓަކައި ނޫސްވެރިންނާއި މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ގާބިލުކަން ހުރި ދާއިރާތައް ދެނެގަތުން.

 

3 ވަނަ މާއްދާ - އިނާމަށް ކުރިމަތިލެވޭ ދާއިރާތައް

މި އުސޫލުގެ ދަށުން އިނާމަށް ކުރިމަތިލެވޭނީ، ތިރީގައިވާ 2 (ދޭއް) ކެޓަގަރީން، 12 (ބާރަ) ދާއިރާއަކަށެވެ.

(ހ) ކެޓަގަރީތައް

  1. ނޫސްމަޖައްލާ ކެޓަގަރީ؛
  2. ބްރޯޑްކާސްޓިންގ ކެޓަގަރީ.

(ށ) ދާއިރާތައް

  1. ތަހްގީގީ ނޫސްވެރިކަން؛
  2. ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާ؛ 
  3. ސިޔާސީ؛
  4. ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ؛
  5. ވިޔަފާރިއާއި އިގްތިސާދު؛
  6. ކުޅިވަރު؛
  7. ފޮޓޯ ޖަރނަލިޒަމް؛
  8. ވީޑިއޯ ޖަރނަލިޒަމް؛
  9. ގްރެފިކްސްއާއި އިލެސްޓްރޭށަންސް؛ 
  10. ފީޗަރ؛
  11. އުންމީދީ ނޫސްވެރިޔާ؛
  12. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ.

(ނ) މި 12 (ބާރަ) ދާއިރާގެ ތެރެއިން "އުންމީދީ ނޫސްވެރިޔާ" އާއި، "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ" އާއި، "ފޮޓޯ ޖަރނަލިޒަމް" ފިޔަވައި، ކޮންމެ ދާއިރާއަކުން، މަތީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ކެޓަގަރީން ވަކިވަކިން ކޮންމެ ދާއިރާއަކަށް އިނާމު ދެވޭނެއެވެ.

 

4 ވަނަ މާއްދާ - އިނާމު ދެވޭ ދާއިރާތައް މާނަކުރާ ގޮތް

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތައް މާނަކުރާ ގޮތް ތިރީގައި މިވަނީއެވެ.

 

(ހ) ތަހްގީގީ ނޫސްވެރިކަމުގެ ދާއިރާ:

މިއީ، ރާއްޖޭގައި ހިނގައިފައިހުރި ޖިނާއީ ކަންކަމާއި، ހިނގަމުންދާ ޖިނާއީ ކަންކަމާއި، ވިޔަފާރިއާއި، ކޮރަޕްށަނާއި، އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތައް ފުންކޮށް މައުލޫމާތު ހޯދައިފައިވާ ރިޕޯޓުތަކުގެ މައްޗަށް ތަހްގީގާއި ދިރާސާކޮށް އުފައްދައިފައިވާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ. މީގެ ތެރޭގައި ވިސްލްބްލޯވާރސްގެ ފަރާތުން ފެންމަތިވާ މައުލޫމާތެއް ވާނަމަ މި ހުށަހެޅުމުގައި ހިމެނިދާނެއެވެ. މި ދާއިރާއަކަށް ހަބަރެއް ހުށައެއް ނޭޅޭނެއެވެ.

 

(ށ) ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާ:

މިއީ، ދެމެހެއްޓެނިވި ތަރައްގީއާއި، ތާރީހާއި، ސަގާފަތާއި، ފަންނުވެރިކަމާއި، ތިމާވެށްޓާއި، އިޖުތިމާއީ ދާއިރާއިން ތައްޔާރުކޮށްފައިވާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ. މި އުސޫލުގެ ބޭނުމަށް ޓަކައި މި ދާއިރާތައް މާނަކުރާގޮތް ތިރީގައި މިވަނީއެވެ. 

(އިޖުތިމާއީ): މިއީ، ސިއްހަތާއި، ތައުލީމާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، އާންމު ދިރިއުޅުމަށް އަސަރުކުރާ ކަންތައްތަކާއި، އިޖުތިމާއީ ދިރިއުޅުން ރަނގަޅުކުރުމަށް ބާރުއަޅާ ކަންތައްތަކާއި، އިޖުތިމާއީގޮތުން ހޭލުންތެރިކުރުމަށް އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ. 

(ތާރީހާއި ސަގާފަތް): މިއީ، ތާރީހާ ގުޅުންހުރި ލިޔުންތަކާއި، އާކިއެލޮޖިކަލް ހޯދުންތަކާއި، ސަގާފަތާ ގުޅުންހުރި ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ. 

(ފަންނުވެރިކަން): މިއީ، އާޓާއި ކުރެހުންތެރިކަން، ލަވަޔާއި މިއުޒިކް، ފިލްމާއި މުނިފޫހިފިލުވުން، ކެއްކުމާއި އަދި ލިޔެފައިވާ ވާހަކަޔާ ގުޅޭގޮތުން ނޫސްވެރިކަމުގެ ނަޒަރަކުން އުފައްދައިފައިވާ ހަބަރާއި ރިޕޯޓެވެ. މި ދާއިރާގައި ކެއްކުމުގެ ރެސިޕީ އަދި ވާހަކައެއްގެ ސިފައިގައި އެއްވެސް ހުށަހެޅުމެއް ހުށަހެޅިގެން ނުވާނެއެވެ. 

(ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީ): މިއީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ އަދި ހިމާޔަތްކުރެވިފައިވާ އިކޯސިސްޓަމްތަކާއި، ދޫނިސޫފާސޫފި، ތިމާވެށީގެ ގައުމީ ސިޔާސަތާއި ސްޓްރައިވިންގ އެންވަޔަރަންމެންޓަލް ޖަސްޓިސްއާއި، ތަރައްގީގެ މަށްރޫއުތަކުން ގެއްލުންދެނިވި ޕްރޮޖެކްޓްތަކުގެ މައުލޫމާތާއި، ދެމެހެއްޓެނިވި ތިމާވެށި ކުރިއެރުވުން ހިމެނޭ ގޮތަށް އުފައްދައިފައިވާ ނޫސްވެރިކަމުގެ މަސައްކަތްތައް ހިމެނޭ ދާއިރާއެވެ.

 

(ނ) ސިޔާސީ ދާއިރާ: 

މިއީ، ރައްޔިތުންގެ މަޖިލީހާއި، ސިޔާސީ ޕާޓީތަކާއި، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި، ދައުލަތް ހިންގުމަށް ތަންފީޒު ކުރެވެމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ރ) ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ:

މިއީ، ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާގައި ހިނގަމުންދާ މައްސަލަތަކާއި، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި، ހިނގަމުންދާ ގަޒިއްޔާތަކާއި، ނިމިފައިވާ ގަޒިއްޔާތަކާއި، ށަރުއީ ދާއިރާގެ ކަންކަމާއި ގާނޫނީ ދާއިރާގެ ކަންކަމާއި، އެކަންކަމަށް އަންނަ ބަދަލުތައް ހާމަކޮށްދިނުމާއި، އެ ކަންކަމާ ނުވަތަ އެއިން ކަމަކާ ގުޅޭގޮތުން އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ބ) ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ:

މިއީ، ވިޔަފާރިއާއި އިގުތިސާދީ ހާލަތާއި، އެ ހާލަތަށް އަންނަމުންދާ ނުވަތަ އަތުވެދާނެ ބަދަލުތަކާއި، އިގްތިސާދީ ފުރުސަތުތަކާއި، އިގްތިސާދު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ޅ) ކުޅިވަރުގެ ދާއިރާ: 

މިއީ، ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި، ރާއްޖެ ބައިވެރިވާ ބޭރުގެ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކާއި، ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާއި، ކުޅިވަރުގެ ދާއިރާގައި ހުރި މައްސަލަތަކާއި، ކުޅިވަރާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތުތަކުގެ މައްޗަށް އުފައްދާ ނޫސްވެރިކަމުގެ އުފެއްދުންތައް ހިމެނޭ ދާއިރާއެވެ.

 

(ކ) ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ: 

މިއީ، ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި މުޖުތަމައުގެ ތެރޭގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ށާއިއުކޮށްފައިވާ ނޫސްވެރިކަމުގެ ބޭނުންކުރާ ތަސްވީރާއި (ފޮޓޯ ޖަރނަލިޒަމް) މީހުންގެ ތަސްވީރު (ޕޯޓްރެއިޓް) އަދި ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ* ހިމެނޭ ދާއިރާއެވެ.

*ފޮޓޯ ސްޓޯރީއަކީ، އެއް މައުޒޫއަކަށް، ފެށުމަކާއި މައިގަނޑަކާއި ނިމުމެއް ހިމެނޭ ތަސްވީރު ސްޓްރީމެކެވެ. 

*ފޮޓޯ އެސޭއަކީ، މައުޒޫއަކާ ގުޅުންހުރި ނަމަވެސް، ތަރުތީބެއް ނެތި އަތުރައިލެވިފައިވާ ތަސްވީރުތަކެކެވެ.

 

(އ) ވީޑިއޯ ޖަރނަލިޒަމްގެ ދާއިރާ: 

މިއީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ށާއިއުކޮށްފައިވާ އޮންލައިން ވީޑިއޯއާއި، ބްރޯޑްކާސްޓް ވީޑިއޯއާއި، ނިއުސް ޑޮކިއުމެންޓްރީ ހިމެނޭ ދާއިރާއެވެ. ގްރޫޕް އުފެއްދުމުގެ ގޮތުގައި މަތީގައިވާ ދާއިރާތަކަށް ހުށަހެޅޭނެއެވެ. މި ދާއިރާއަށް ޕޯސްޓްކޮށް، ބްރޯޑްކާސްޓްކޮށްފައިވާ ޕްރޮގްރާމާއި، ސްޓޮކް ފުޓޭޖާއި، އާކައިވް ފުޓޭޖާއި، ހަމައެކަނި އިންޓަވިއު ހުށައެއް ނޭޅޭނެއެވެ. ނިއުސް ޑޮކިއުމެންޓްރީ ހުށަހަޅާއިރުގައި ހުށަހެޅޭނީ، 30 (ތިރީސް) މިނިޓަށް ވުރެ ދިގުނޫން ވީޑިއޯއެވެ.

 

(ވ) ގްރެފިކްސްއާއި އިލެސްޓްރޭށަންސްގެ ދާއިރާ:

މިއީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ށާއިއުކޮށްފައިވާ ގްރެފިކްސްއާއި ކުރެހުންތަކުގެ ދާއިރާއެވެ. މި ދާއިރާއަށް ހުށަހެޅޭނީ، އިންފޮގްރެފިކްސްއާއި، އިލަސްޓްރޭށަންސާއި، ކެރިކެޗަރ ކާޓޫނު ފަދަ ވިޒުއަލްސް އެވެ.

 

(މ) ފީޗަރ ދާއިރާ:

މިއީ، ނޫސްވެރިކަމުގެ އެކިއެކި ދާއިރާތަކުން ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ލިޔުމުގެ ޒަރީއާއިން ތައްޔާރުކުރާ ފީޗަރ ރިޕޯޓު ހިމެނޭ ދާއިރާއެވެ. މި ދާއިރާއަކަށް ހަބަރެއް ހުށައެއް ނޭޅޭނެއެވެ.

 

(ފ) އުންމީދީ ނޫސްވެރިޔާގެ އިނާމު: 

މިއީ، ނޫސްވެރިކަމުގެ މައިދާނުގައި ކުރިޔަށްދިޔުމަށް ހިތްވަރުދިނުމުގެ ގޮތުން ޒުވާން ނޫސްވެރިންނަށް އަމާޒުކޮށްގެން، އެ މީހުންނަށް ދިނުމަށް ހަމަޖައްސައިފައިވާ އިނާމެކެވެ. މި އިނާމު ހާއްސަކުރެވިފައިވަނީ، ނޫސްވެރިކަމުގެ މައިދާނަށް އަލަށް ނުކުންނަ ނޫސްވެރިންނަށެވެ.

 

(ދ) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު:

މިއީ، އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިޔަކަށް ދެވޭ ހާއްސަ އިނާމެކެވެ. މި އިނާމު ހާއްސަކޮށްފައިވަނީ، ވަކި ދާއިރާއެއް ހާއްސަކުރުމަކާ ނުލައި މުޅި އަހަރުގެ ތެރޭގައި ގެނެސްދީފައިވާ ހުށަހެޅުންތަކަށް ބަލައި، އެވްރެޖްކޮށް އެންމެ މޮޅު ނޫސްވެރިއަކަށެވެ.

 

5 ވަނަ މާއްދާ - އިނާމަށް އެދި ހުށަހަޅާ ފޯމު

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައިވާ "އުންމީދީ ނޫސްވެރިޔާ" ގެ އިނާމަށް އެދި ހުށަހަޅަންވާނީ، މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު" އެވެ.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގައިވާ "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ" ގެ އިނާމަށް އެދި ހުށަހަޅަންވާނީ، މި އުސޫލުގެ ޖަދުވަލު 2 ގައިވާ "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު" އެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ 2 (ދޭއް) ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ އިނާމަށް އެދި ހުށަހަޅަންވާނީ، މި އުސޫލުގެ ޖަދުވަލު 3 ގައިވާ "ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު" އެވެ.

 

6 ވަނަ މާއްދާ - އިނާމަށް އެދި ހުށަހެޅޭނެ ފަރާތްތައް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން "އުންމީދީ ނޫސްވެރިޔާ" އާއި "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ" ފިޔަވައި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންނަށް ފަރުދީގޮތުންނެވެ.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން "އުންމީދީ ނޫސްވެރިޔާ" އާއި، "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ" އާއި، "ފީޗަރ" ދާއިރާ ފިޔަވައި ކޮންމެ ނޫސްވެރިއަކަށް ވެސް އިނާމަށް އެދި ހުށަހެޅޭނީ ގިނަވެގެން 1 (އެކެއް) ދާއިރާއަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޫސްވެރިންގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލުގައި ހިނގަމުންދާ ދައުރުގެ މެންބަރުންނާއި އިދާރީ މުވައްޒަފެއްގެ މަގާމުގައި ހުރި ފަރާތަކަށް މި އިނާމަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާންވާނެއެވެ.

 

ދެވަނަ ބާބު

އިނާމަށް އެދި ހުށަހަޅަންވީ ގޮތާއި ހުށަހަޅަންވީ ތަކެތި

 

7 ވަނަ މާއްދާ - ތަހްގީގީ ނޫސްވެރިކަން

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ތަހްގީގީ ނޫސްވެރިކަން" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ. މި ދާއިރާއަކަށް ހަބަރެއް ހުށައެއް ނޭޅޭނެއެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ދިގުމިނުގައި 300 (ތިން ސަތޭކަ) ލަފުޒަށްވުރެ މަދުނޫން، ޖުމުލަ 1 (އެކެއް) އުފެއްދުމުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ. އަދި އިނާމަށް މާކްސް ދޭން ބޭނުންވާ 1 (އެކެއް) އުފެއްދުން ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 1 (އެކެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރު.އެލް ލިންކް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، ޖުމުލަ 1 (އެކެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ، ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި 720p (1280 x 720)  އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ ސްކްރީން ށޮޓް އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ސީވީ، 60 (ފަސްދޮޅަސް) ލަފުޒަށްވުރެ ދިގުނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އިޖުތިމާއީ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އިޖުތިމާއީ" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ދިގުމިނުގައި 300 (ތިން ސަތޭކަ) ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 12 (ބާރަ) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) ރިޕޯޓު ފާހަގަކުރަންވާނެއެވެ. 

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 12 (ބާރަ) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫއާރްއެލް ލިންކާއި ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް ހުށަހަޅަންވާނެއެވެ. އަދި އެ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ، ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި 720p (1280 x 720) އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 3 (ތިނެއް) ސްކްރީން ށޮޓް އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ސީވީ، 60 (ފަސްދޮޅަސް) ލަފުޒަށް ވުރެ ދިގު ނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ސިޔާސީ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ސިޔާސީ" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ދިގުމިނުގައި 300 (ތިންސަތޭކަ( ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 12 އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) ރިޕޯޓު ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 12 (ބާރަ) އުފެއްދުމުގެ އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫއާރްއެލް ލިންކާއި ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް ހުށަހަޅަންވާނެއެވެ. އަދި އެ ޑޮކިއުމަންޓުގެ ސޮފްޓު ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުން ފާހަގަކުރަންވާނެއެވެ.

(ރ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ، ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި 720p (1280 x 720) އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 3 (ތިނެއް) ސްކްރީން ށޮޓް އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރު، 60 (ފަސްދޮޅަސް) ލަފުޒަށްވުރެ ދިގުނުވާ ގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއްގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ށަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ( ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 12 (ބާރަ) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓް ކުރަން ބޭނުންވާ 3 (ތިނެއް) ރިޕޯޓު ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 12 (ބާރަ) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫއާރްއެލް ލިންކާއި ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ކަރުދާހެއް ހުށަހަޅަންވާނެއެވެ. އަދި އެ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ، ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި 720p (1280 x 720) އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 3 ސްކްރީން ށޮޓް އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރާއި، 60 (ފަސްދޮޅަސް) ލަފުޒަށްވުރެ ދިގުނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ވިޔަފާރިއާއި އިގްތިސާދު

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށްވުރެ މަދު ނޫން ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 12 (ބާރަ) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3) ތިނެއް) ރިޕޯޓު ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 12 (ބާރަ) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިން، ޔޫއާރްއެލް ލިންކާއި، ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް ހުށަހަޅަންވާނެއެވެ. އަދި އެ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ، ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި 720p (1280 x 720) އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، އަދި ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 3 ސްކްރީން ށޮޓް އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރާއި، 60 (ފަސްދޮޅަސް) ލަފުޒަށްވުރެ ދިގުނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކުޅިވަރު

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކުޅިވަރު" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ތަކެއްޗެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ދިގުމިނުގައި 300 (ތިންސަތޭކަ( ލަފުޒަށް ވުރެ މަދު ނޫން، ހަބަރާއި ރިޕޯޓު ހިމެނޭ ގޮތަށް ޖުމުލަ 12 (ބާރަ) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) ރިޕޯޓު ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 12 (ބާރަ) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫއާރްއެލް ލިންކާއި، ސަމަރީއެއް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް ހުށަހަޅަންވާނެއެވެ. އަދި އެ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ، ހަމައެކަނި ވީޑިއޯ ރިޕޯޓެވެ.

(ބ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި 720p (1280 x 720) އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 3 ސްކްރީން ށޮޓް އެނގޭނެގޮތަށް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއް، ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ، މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރާއި، 60 (ފަސްދޮޅަސް) ލަފުޒަށް ވުރެ ދިގު ނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ފޮޓޯ ޖަރނަލިޒަމް

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ފޮޓޯ ޖަރނަލިޒަމް" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ފޮޓޯއެވެ.

(ށ) ފޮޓޯ ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ފޮޓޯގެ ސައިޒް 3MB އަށްވުރެ ކުޑަނޫން ނުވަތަ 720p (1280 x 720) އަށްވުރެ ފޮޓޯ ކޮލިޓީ ދަށްނޫން، ޖުމުލަ 12 (ބާރަ) އުފެއްދުން، ށާއިއުކުރިއިރު އޮތް ކެޕްށަނާއެކު، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) މި ދާއިރާއަށް ހުށަހަޅަނީ ފޮޓޯ ސްޓޯރީ ނުވަތަ ފޮޓޯ އެސޭނަމަ، މަދުވެގެން 3 (ތިނެއް) މައުޒޫއަކަށް ހުށަހަޅަންވާނެއެވެ. ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ ހުށަހަޅާއިރު، ކޮންމެ މައުޒޫއެއްގައި ސްޓްރީމެއްގެ ގޮތުގައި، މަދުވެގެން 5 (ފަހެއް) ފޮޓޯ ހިމެނެންވާނެއެވެ. ފޮޓޯ ސްޓޯރީއާއި ފޮޓޯ އެސޭގައި، ތަރުތީބާއި ތައާރަފަކާއި ކެޕްށަނެއް އޮންނަންވާނެއެވެ.

(ރ) މި ދާއިރާއަށް ހުށަހަޅާ ހުރިހާ އުފެއްދުމެއްގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ޔޫ.އާރު.އެލް ލިންކް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓެއްގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ބ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ޅ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރު، 60 (ފަސްދޮޅަސް) ލަފުޒަށް ވުރެ ދިގު ނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއްގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ވީޑިއޯ ޖަރނަލިޒަމް

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ވީޑިއޯ ޖަރނަލިޒަމް" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ވީޑިއޯއެވެ.

(ށ) ވީޑިއޯ ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، ވީޑިއޯގެ ކޮލިޓީ 720p (1280 x 720) އަށްވުރެ ދަށްނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) މި ދާއިރާއަށް ހުށަހަޅާ އުފެއްދުންތަކުގެ މައުލޫމާތު (ވީޑިއޯގެ ނަން/ކެޕްށަނާއި، ށާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 3 ސްކްރީން ށޮޓާއި، ޔޫ.އާރު.އެލް ލިންކް ހިމެނޭނަމަ އެ ލިންކް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ބ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރު، 60 (ފަސްދޮޅަސް) ލަފުޒަށް ވުރެ ދިގު ނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއްގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ގްރެފިކްސްއާއި އިލަސްޓްރޭށަން

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ގްރެފިކްސްއާއި އިލަސްޓްރޭށަން" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ އިންފޮގްރެފިކްސްއާއި، އިލަސްޓްރޭށަންސްއާއި، ކެރިކެޗަރއާއި، ކާޓޫނާއި، މި ނޫން ވެސް ގްރެފިކްސްއެވެ.

(ށ) ހުށަހެޅުންތައް ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، ޖުމުލަ 12 (ބާރަ) އުފެއްދުން، ޕެންޑްރައިވް ނުވަތަ ސީޑީގައި ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކޮށް، އެ އުފެއްދުން (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ނ) މި ދާއިރާއަށް ހުށަހަޅާ ހުރިހާ އުފެއްދުމެއްގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ޔޫ.އާރު.އެލް ލިންކް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ، ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ބ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރު، 60 (ފަސްދޮޅަސް) ލަފުޒަށް ވުރެ ދިގު ނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ފީޗަރ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ފީޗަރ" ދާއިރާގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހަޅަންވާނީ، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫސްވެރިޔަކު ލިޔެ ނުވަތަ އުފައްދައި ނުވަތަ ތައްޔާރުކޮށް މީޑިއާގައި ށާއިއުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ފީޗަރ ރިޕޯޓެވެ.

(ށ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި ދިގުމިނުގައި 300 (ތިންސަތޭކަ) ލަފުޒަށްވުރެ މަދުނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުމުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ. އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކޮށް، އެ އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ނ) ނޫސް މަޖައްލާ ކެޓަގަރީއަށް ހުށަހަޅާ 3 (ތިނެއް) އުފެއްދުމުގެ ސުރުހީ/ކެޕްށަނާއި، ށާއިއުކުރި ތާރީހާއި، މީޑިއާގެ ނަމާއި، ދިގުމިނާއި، ޔޫ.އާރު.އެލް ލިންކް ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ރ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ، އަދި 30 (ތިރީސް) މިނިޓަށްވުރެ ދިގުނޫން، މަދުވެގެން 3 (ތިނެއް) އުފެއްދުން ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ. އުފެއްދުންތަކުގެ ގޮތުގައި ހުށަހެޅޭނީ، ހަމައެކަނި ވީޑިއޯ ފީޗަރ ރިޕޯޓެވެ.

(ބ) ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ، ޕެންޑްރައިވްގައި ނުވަތަ ސީޑީގައި 720p (1280 x 720) އަށްވުރެ ވީޑިއޯ ކޮލިޓީ ދަށްނުވާ ގޮތަށެވެ. އަދި އުފެއްދުންތަކުގެ މައުލޫމާތު (ރިޕޯޓުގެ ނަން/ކެޕްށަނާއި، ބްރޯޑްކާސްޓްކުރި ތާރީހާއި، މީޑިއާގެ ނަމާއި، އުފެއްދުމުގެ ދިގުމިނާއި، ކޮންމެ ހުށަހެޅުމަކުން ނަގައިފައިވާ މަދުވެގެން 3 ސްކްރީން ށޮޓް) ލިސްޓުކޮށް ހިމަނައިފައިވާ ޑޮކިއުމަންޓުގެ ސޮފްޓް ކޮޕީ (ޕީޑީއެފް ފޯމެޓުގައި) ހުށަހަޅަންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރު ކުރުމަށް ޓަކައި، މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭހެން އެ މިޑީއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް (ޖޮބް ރެފަރެންސް ލެޓަރ) ޕީޑީއެފް ފޯމެޓުގައި، އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

(ކ) ހުށަހަޅާ ފަރާތުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ވަނަވަރު، 60 (ފަސްދޮޅަސް) ލަފުޒަށްވުރެ ދިގުނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އުންމީދީ ނޫސްވެރިޔާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން "އުންމީދީ ނޫސްވެރިޔާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހެޅޭނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްމަޖައްލާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގ މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސްދުވަހު މަސައްކަތްކޮށްފައިވާ، އަދި އެ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ ދާއިރާގައި 3 (ތިނެއް) އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައި ނުވާ ނޫސްވެރިންނަށެވެ.

(ށ) މި އިނާމަށް ނޫސްވެރިޔަކު ހުށަހަޅާނީ، އޭނާ މަސައްކަތްކުރާ މީޑިއާގެ އިދާރާއިންނެވެ. ކޮންމެ މީޑިއާއަކުން މި އިނާމަށް ހުށަހެޅޭނީ، އެންމެ ނޫސްވެރިޔެކެވެ.

(ނ) މި އިނާމަށް ހުށަހެޅޭނީ، ކަމާބެހޭ ގާނޫނުތަކުގެ ދަށުން އެކަށައަޅާ ގަވާއިދުތަކާއި، އެ ގާނޫނުތަކުގައި ހިމެނިގެންވާ އުސޫލުތަކާއި، ހަމަތަކާއި، އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާ އަދާކުރާ މީޑިއާއަކަށް އެންމެ ފައިދާހުރިގޮތުގައި މަސައްކަތްކޮށްފައިވާ އަދި ވަޒީފާގައި ދެމިހުރުމުގެ ށައުގުވެރިކަމާއި ގާބިލުކަން ހުރިކަމަށް އެ މީޑިއާއެއްގެ އިސްވެރިޔާ ނުވަތަ އެޑިޓަރު ފާހަގަކުރާ ނޫސްވެރިޔާއެވެ. އިނާމަށް ހުށަހަޅާއިރު، އުންމީދީ ނޫސްވެރިޔާގެ ގޮތުގައި އެޑިޓަރު އޭނާގެ ނަން ނޮމިނޭޓްކުރަނީ ކީއްވެގެންކަން ބަޔާންކޮށް، އެ ނޫހެއްގެ އެޑިޓަރު އެ ނޫސްވެރިޔަކާ ބެހޭގޮތުން ރިކޮމެންޑޭށަން ސިޓީއެއް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކަށަވަރުކޮށްދިނުމަށް ޓަކައި، ފޯމާއެކު އެކަން ކަށަވަރުކުރެވޭނެ ލިޔެކިޔުން އެ މީޑިއާއަކުން ހުށަހަޅަންވާނެއެވެ. އަދި ނޫސްވެރިޔާ ލިޔެފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ނުވަތަ އުފައްދައިފައިވާ ޖުމުލަ 6 (ހަޔެއް) އުފެއްދުމެއް ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ބ) ހުށަހަޅާ ނޫސްވެރިޔާގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ސީވީ، 60 (ފަސްދޮޅަސް) ލަފުޒަށް ވުރެ ދިގު ނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ" ގެ އިނާމަށް ހުށަހަޅަންވީ ގޮތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އިނާމަށް ހުށަހެޅޭނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސް މަޖައްލާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގ މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި، ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށެވެ.

(ށ) މި އިނާމަށް ނޫސްވެރިޔަކު ހުށަހަޅާނީ، އޭނާ މަސައްކަތްކުރާ މީޑިއާގެ އިދާރާއިންނެވެ. ކޮންމެ މީޑިއާއަކުން މި އިނާމަށް ހުށަހެޅޭނީ، އެންމެ ނޫސްވެރިޔެކެވެ.

(ނ) މި އިނާމަށް ހުށަހެޅޭނީ، ނޫސްވެރިކަމުގެ ހަމަތަކާއި އަހުލާގީ މިންގަނޑުގައި ހިފަހައްޓާ، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ނޫސްވެރިކަންކުރާ، ދާއިރާގައި ގާބިލުކަން ހުރިކަމަށް އެ މީޑިއާއެއްގެ އިސްވެރިޔާ ނުވަތަ އެޑިޓަރު ފާހަގަކުރާ ނޫސްވެރިޔާއެވެ. އިނާމަށް ހުށަހަޅާއިރު، އެންމެ މޮޅު ނޫސްވެރިޔާގެ ގޮތުގައި އެޑިޓަރު އޭނާގެ ނަން ނޮމިނޭޓްކުރަނީ ކީއްވެގެންކަން ބަޔާންކޮށް، އެ ނޫހެއްގެ އެޑިޓަރު އެ ނޫސްވެރިޔަކާ ބެހޭގޮތުން ރިކޮމެންޑޭށަން ސިޓީއެއް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކަށަވަރުކޮށްދިނުމަށް ޓަކައި، ފޯމާއެކު އެކަން ކަށަވަރުކުރެވޭނެ ލިޔެކިޔުން އެ މީޑިއާއަކުން ހުށަހަޅަންވާނެއެވެ. އަދި ނޫސްވެރިޔާ ލިޔެފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ނުވަތަ އުފައްދައިފައިވާ ޖުމުލަ 6 (ހަޔެއް) އުފެއްދުމެއް ހުށަހަޅަންވާނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓްކުރަން ބޭނުންވާ 3 (ތިނެއް) އުފެއްދުމެއް ފާހަގަކުރަންވާނެއެވެ.

(ބ) ހުށަހަޅާ ނޫސްވެރިޔާގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، ސީވީ، 60 (ފަސްދޮޅަސް) ލަފުޒަށް ވުރެ ދިގު ނުވާގޮތަށް، ނޫސްވެރިޔާގެ ކުރު ތައާރަފެއް ހިމަނައިފައިވާ ޕްރޮފައިލް ލިޔުންކޮޅެއް (ޕީޑީއެފް ފޯމެޓުގައި) އެމް.އެމް.ސީ. އިން މި އިނާމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ހުށަހެޅުންތައް ބަލައިގަތުމާއި، އިވެލުއޭޓްކުރުމާއި، އިނާމަށް ހޮވުން

 

19 ވަނަ މާއްދާ - އިނާމަށް ހުޅުވައިލުމާއި ހުށަހެޅުންތައް ބަލައިގަތުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާމުތަކަށް ނަން ހުށަހެޅުމަށް ހުޅުވައިލާނީ، އާންމުކޮށް އިއުލާނުކޮށްގެންނެވެ. އެ އިއުލާނުގައި، އިނާމުތަކަށް އެދި ހުށަހަޅާ ފޯމުތަކާއި، މާކްސްދޭނެގޮތުގެ މިންގަނޑުތަކާއި، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު އާންމުކުރެވޭނެއެވެ. އަދި އިއުލާނުގައި ބަޔާންކުރާ މުއްދަތުގެ ސުންގަޑިއާ ހަމަޔަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިދާރާއިން ހުށަހެޅުންތައް ބަލައިގަންނަންވާނެއެވެ. ހުށަހެޅުންތައް ހުށަހަޅަންޖެހޭ ސުންގަޑި ހަމަވާފަހުން އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެއެވެ.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާމުތަކަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަތޯ ޗެކްކޮށް، ޗެކް ލިސްޓުގެ ކޮޕީއެއް، އެ ހުށަހެޅުމެއް އިދާރާއަށް ގެނައި ނުވަތަ އީ-މެއިލްކުރި ފަރާތަކަށް ދޫކުރަން/ ފޮނުވަންވާނެއެވެ.  

 

20 ވަނަ މާއްދާ - ފަނޑިޔާރުންގެ ޕެނަލް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކޮށް އިންސާފުކުރުމަށް ޓަކައި މަދުވެގެން 7 (ހަތެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޕޫލެއް ކައުންސިލުން ފާސްކުރަންވާނެއެވެ. އަދި ތިރީގައިވާ ޕެނަލްތަކަށް ފަނޑިޔާރުން ހަމަޖައްސަންވާނީ، އެ ޕޫލުގެ ތެރެއިން 3 (ތިނެއް) ފަނޑިޔާރުންނަށް ވުރެ ގިނަ ނޫން އޮނަހިރި އަދަދެއްގެ މައްޗަށް ހިމެނޭގޮތަށެވެ.

ޕެނަލް 1: އުންމީދީ ނޫސްވެރިޔާއާއި އެންމެ މޮޅު ނޫސްވެރިޔާގެ ފަނޑިޔާރުންގެ ޕެނަލް.

ޕެނަލް 2: ތަހްގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ، ސިޔާސީ، ށަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގްތިސާދު، ކުޅިވަރު، އަދި ފީޗަރގެ އޮންލައިން ކެޓަގަރީގެ ފަނޑިޔާރުންގެ ޕެނަލް.

ޕެނަލް 3: ތަހްގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ، ސިޔާސީ، ށަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގްތިސާދު، ކުޅިވަރު، އަދި ފީޗަރގެ ބްރޯޑްކާސްޓިންގ ކެޓަގަރީގެ ފަނޑިޔާރުންގެ ޕެނަލް.

ފެނަލް 4: ފޮޓޯ ޖަރނަލިޒަމް، ވީޑިއޯ ޖަރނަލިޒަމްގެ ފަނޑިޔާރުންގެ ޕެނަލް.

ޕެނަލް 5: ގްރެފިކްސްއާއި އިލެސްޓްރޭށަންސްގެ ފަނޑިޔާރުންގެ ޕެނަލް.

(ށ) ފަނޑިޔާރުންގެ ޕޫލުގައި ހިމަނަންވާނީ، އިނާމު ދެވޭ ދާއިރާއާ ގުޅޭ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، ރާއްޖޭގެ މީޑިއާގެ ވެށި ރަނގަޅަށް ދަސްވެފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ދިވެހިންގެ މައްޗަށެވެ.

(ނ) ފަނޑިޔާރުންގެ ޕެނަލް އެކުލަވައިލަވައިލުމުގައި، ފަނޑިޔާރަކު އެއް ޕެނަލަށްވުރެ ގިނަ ޕެނަލެއްގައި ތަކުރާރުކުރުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ ދަށުން ކަނޑައަޅާ ކޮންމެ ފަނޑިޔާރަކާ، މޯލްޑިވްސް މީޑިއާ ކައުންސިލާ ދެމެދު އެއްބަސްވުމެއް ހަދަންވާނެއެވެ. އެ އެއްބަސްވުމުގައި ދެ ފަރާތުގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުން މަސައްކަތްކުރަންވީ ގޮތާއި، އެއްބަސްވުމުގެ މުއްދަތާއި، އުޖޫރައާއި، ފަނޑިޔާރުންނާ ހިއްސާކުރާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ ބައިތައް ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކަނޑައަޅާ ފަނޑިޔާރުން މަސައްކަތްކުރަންވާނީ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކުރާ އުޖޫރައަށެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހިލޭސާބަހަށް ނުވަތަ ވޮލަންޓިއަރކޮށް މަސައްކަތްކުރުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

(ޅ) މި މާއްދާގެ ދަށުން ކަނޑައަޅާ ފަނޑިޔާރުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމާ ހިލާފުވާ ފަނޑިޔާރުންނާމެދު، މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ހުށަހެޅުންތައް އިވެލުއޭޓް ކުރުމާއި އިނާމަށް ހޮވުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކޮށް އިންސާފުކުރާނީ، މި އުސޫލުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އެ ދާއިރާއަކަށް ހާއްސަކުރެވިފައިވާ ފަނޑިޔާރުންގެ ޕެނަލުންނެވެ.

(ށ) ފަނޑިޔާރުން މާކުސް ދޭނީ، މި އުސޫލާއެކު ހިމަނައިފައިވާ އެ ދާއިރާއަކަށް ހާއްސަ ޖަދުވަލެއްގައި ކަނޑައަޅައިފައިވާ މާކްސްދިނުމުގެ މިންގަނޑުތަކަށެވެ. އިނާމަށް ހޮވޭނީ، އެ ދާއިރާއަކަށް ހުށަހަޅައި އިވެލުއޭޓްކުރި ހުށަހެޅުންތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބިފައިވާ އުފެއްދުމަށެވެ.

(ނ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް އިނާމަށް ހޮވޭނީ، ހުށަހަޅާ ނޫސްވެރިންގެ ހުށަހެޅުންތައް އިންސާފުކޮށް މާކްސްދިނުމަށްފަހު، އެ ހުށަހެޅުމަކަށް މަދުވެގެން %65 (ފަސްދޮޅަސްފަހެއް އިންސައްތަ) މާކްސް ލިބިފައިވާނަމައެވެ.

(ރ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކޮށް އިންސާފުކުރުމަށްފަހު، އިނާމު ލިބޭ ދާއިރާތަކުގެ އެންމެ މަތިން މާކްސް ލިބޭ 3 (ތިނެއް) އުފެއްދުމުގެ ނަން، ނޮމިނޭށަންސްގެ ގޮތުގައި އިނާމުދޭ ހަފުލާގައި އިއުލާނު ކުރެވޭނެއެވެ. އަދި އެ އުފެއްދުން ނިސްބަތްވާ ނޫސްވެރިއެއްގެ ކުރު ތައާރަފެއް ހާމަކުރެވޭނެއެވެ.

(ބ) އެންމެ އުންމީދީ ނޫސްވެރިޔާއާއި އެންމެ މޮޅު ނޫސްވެރިޔާގެ އިތުރުން އިނާމަށް ހުށަހެޅޭ ހުށަހެޅުންތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެ އިވެލުއޭށަނަށް ކޮލިފައިވާ ކޮންމެ ނޫސްވެރިޔަކާ، ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއު ކުރަންވާނެއެވެ. އިންޓަވިއު ކުރާއިރު، އޭނާ ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން ވާހަކަދެއްކުމަށް ގިނަވެގެން 10 (ދިހައެއް) މިނިޓުގެ ފުރުސަތެއް ލިބޭނެއެވެ.

(ޅ) އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ހޮވޭ ފަރާތެއް ކަނޑައަޅާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުން އިންސާފުކޮށް މާކްސްދީ، އާންމުންގެ ހޮވުމުންނެވެ.

 

22 ވަނަ މާއްދާ - ހުށަހަޅާ ހުށަހެޅުންތައް ބާތިލުކުރުން

(ހ) މި އުސޫލުގެ އެއްވެސް މާއްދާއަކާ ހިލާފަށް ހުށަހަޅާ ފޯމާއި، މައުލޫމާތު ފުރިހަމަނުވާ ފޯމު ބާތިލު ކުރެވޭނެއެވެ. ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ އެކަމަށް ހާއްސަކޮށްފައިވާ ފޯމު، މި އުސޫލާ އެއްގޮތަށް ހުށަހެޅުމަކީ، ހުށަހަޅާ ފަރާތެއްގެ ޒިންމާއެކެވެ.

(ށ) ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުށަހެޅުންތައް އިނާމަށް ށަރުތު ހަމަވުމާއި، އުސޫލާ އެއްގޮތަށް ހުށަހަޅައިފައިވޭތޯ ބެލުމާއި، ޑިސްކޮލިފައިކުރުން ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ އިހްތިޔާރު، މި އުސޫލުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ޕެނަލަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - އިނާމު ނުދެވޭނެ ހާލަތުތައް

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ އިނާމުތަކުގެ ތެރެއިން އިނާމެއް ލިބޭނީ، ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ލިބުނުތާ 3 (ތިނެއް) އަހަރު ވެފައިވާ ނޫސްވެރިންނަށެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ކުށެއްގެ ރިކޯޑު، ޖިނާއީ ތަހްގީގު ހިންގާ އިދާރާއެއްގައި އޮތް މީހަކަށް ވެގެން ނުވާނެއެވެ.

  1. ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛ 
  2. ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  3. ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  4. ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނުނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  5. ގާނޫނު ނަންބަރު 2011-17 (މަސްތުވާ ތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  6. ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  7. ވައްކަން، ފޭރުން، ޓެކުން، މަކަރާއި ހީލަތް މިއިން ކުށެއް؛
  8. ކޮރަޕްށަން، ހިޔާނާތް ނުވަތަ ރިށްވަތު މިއިން ކުށެއް.

(ށ) އިނާމަށް ނަން ހުށަހެޅޭ ނޫސްވެރިންގެ ޖިނާއީ ކުށުގެ ރިކޯޑު، މި މާއްދާގެ ބޭނުމަށް ޓަކައި، މޯލްޑިވްސް މީޑިއާ ކައުންސިލުން ސާފުކުރާނެއެވެ

(ނ) ނޫސްވެރިޔަކު މި އިނާމަށް ހޮވުމަށްފަހު، އިނާމު ހަވާލުކުރުމުގެ ކުރިން އޭނާގެ މައްޗަށް ޖިނާއީ ކުށެއްގައި ހުކުމެއް ކޮށްފިނަމަ، އެ ފަރާތަކަށް އިނާމެއް ނުލިބޭނެއެވެ. އަދި އިނާމު ލިބޭނީ، ކަނޑައެޅިފައިވާ މިންވަރަށް އެންމެ މަތިން މާކްސް ހޯދައިފައިވާ ދެވަނަ ފަރާތަށެވެ.

 

24 ވަނަ މާއްދާ - އުސޫލުގައި ނުހިމެނޭ ކަންކަން

މި އުސޫލުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ އެ ކަމެއް ނިންމާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުންނެވެ.

 

25 ވަނަ މާއްދާ - އުސޫލު އިސްލާހުކުރުން

މި އުސޫލަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިސްލާހެއް ގެނައުމުގެ އިހްތިޔާރު، މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އިނާމަށް އެ އަހަރަކަށް އިއުލާނުކުރުމަށްފަހު، މި އުސޫލަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

 

26 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން

މި އުސޫލަށް އަމަލުކުރާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި ވާނެއެވެ)

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު