އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-07)
1 ވަނަ މާއްދާ - ތައާާރަފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫޫލުން ހިންގުމުގެ ގާނޫނު) ގެ 6-56 ވަނަ މާއްދާގެ (ރ) ގެ ދަށުން، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށްޓަކައި، އިލެކްށަންސް ކޮމިށަނުން ހަދައި ހިންގާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު'' އެވެ.
2 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާ އެކުގައި އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތަރައްގީީއަށް މަސައްކަތް ކުރުމަށްޓަކައި، އެ ރަށުގެ ނުވަތަ އެ ސިޓީގެ އަންހެނުންގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އިންތިހާބުކުރާ އަންހެނުންގެ ތަރައްގީީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި ބާއްވާ އިންތިހާބެވެ.
(ށ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫޫލުން ހިންގުމުގެ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ރ) ގެ ދަށުން އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނީ އެއް ދުވަހެއްގައެވެ.
(ނ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާއްސޫަ އުސޫލުތަކާއި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ނުވަތަ މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައިނުވާ އެންމެހައި އުސޫލުތަކާއި ކަންކަމާ ގުޅޭ ގޮތުން އަމަލު ކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާާންމު ގާނޫނު) އާއި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫޫލުން ހިންގުމުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.
3 ވަނަ މާއްދާ - އިންތިހާބު ހިންގައި ބެލެހެއްޓުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، މި އިންތިހާބުގެ އިތުރު ބުރުތަކާއި ބައި-އިލެކްށަންތަކާބެހޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓައި ވިލަރެސްކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.
(ށ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ ކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
- އިންތިހާބީ ދާއިރާތައް ކަނޑައެޅުން؛
- ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގެ ސޫައްހަކަން ކަށަވަރުކުރުން؛
- އިންތިހާބަށް ބޭނުންވާ ތަންތަނާއި ވަސީލަތްތައް ހޯދުން؛
- އިންތިހާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުން؛
- ވޯޓު ފޮށި ބަހައްޓާނެ ތަންތަން ހޯދުމާއި އެ ތަންތަން އިންތިޒާމުކުރުން. މިގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ވޯޓު ފޮށި ބަހައްޓާނަމަ، އެއްވެސް އަގަކާ ނުލައި، ވޯޓު ފޮށި ބެހެއްޓުން.
- ވޯޓުލާ މަރުކަޒަށް ބޭނުންވާ އޮފިށަލުން ހޯދުމާއި އެ މީހުން ތަމްރީންކުރުން؛
- އިންތިހާބާބެހޭ ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން؛
- އިންތިހާބުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުން؛
- އިންތިހާބުގެ ކަންކަން ހިންގުމަށް ފޯކަލް ޕޮއިންޓުން ހަމަޖެއްސުން.
- އިންތިހާބުގެ މަސައްކަތަށް ސިވިލް ސަރވިސްގެ މުވައްޒަފުން ބޭނުންވެގެން އިލެކްށަންސް ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެ މީހުން ވީއްލުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް، އިންތިހާބާ ގުޅޭ އެހެން ކަމެއްގެ އެހީތެރިކަމަށް އިލެކްށަންސް ކޮމިށަނުން އެދިއްޖެ ނަމަ، އެ އެދުނު ކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ.
(ރ) އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން ހޯދުމުގައި ސިވިލް ސަރވިސް ކޮމިށަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ. އަދި މިފަދައިން އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މީހުން ޒިންމާދާރު ކުރުވައި، އެ މީހުންނާމެދު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެ މީހުންނާމެދު ފިޔަވަޅު އެޅުމަކީ ސިވިލް ސަރވިސް ކޮމިށަނުގެ ޒިންމާއެކެވެ.
4 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދު
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި ގޮތުގެ މަތިން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.
(ހ) ރަށެއްގައި ނަމަ 5 (ފަހެއް) މެންބަރުން.
(ށ)
- ސިޓީއެއްގައި ނަމަ، ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 10,000 (ދިހަހާސް) މީހުންނާއި 30,000 (ތިރީސްހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ، 6 (ހައެއް) މެންބަރުން.
- ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 30,000 (ތިރީސްހާސް) މީހުންނާއި 60,000 (ފަސްދޮޅަސް ހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ، 10 (ދިހައެއް) މެންބަރުން.
- ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 60,000 (ފަސްދޮޅަސް ހާސް) މީހުންނަށްވުރެ އިތުރު އަދަދެއް ނަމަ، 18 (އަށާރަ) މެންބަރުން.
5 ވަނަ މާއްދާ - އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ހޯދައި، މަށްވަރާ ކުރާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިލެކްށަންސް ކޮމިށަނުން އުފައްދާ "އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ" ގައެވެ.
6 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުން
އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިން އިންތިހާބުގެ ކަންތައްތައް ހިންގުމަށްޓަކައި ރަށު/ އަތޮޅު/ ސިޓީ އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށްޓެއް ބަހައްޓާ ކޮންމެ ގައުމެއްގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފޯކަލް ޕޮއިންޓުންނެވެ.
7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށްވެސް ލިބިގެންވެއެވެ.
(ށ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށްޓަކައި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސޫައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން، އިލެކްށަންސް ކޮމިށަނުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.
(ނ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބޭނުންކުރާނީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އެއް ރަޖިސްޓަރީއެވެ.
8 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓުދިނުމަށްޓަކައި ރީ-ރަޖިސްޓަރީ ކުރުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށް ޓަކައި ރީ-ރަޖިސްޓަރީކުރާނީ، ގަވާއިދު ނަންބަރު 2020-06 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު) ގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
9 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަމަށް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އެއީ ކޮން އިންތިހާބެއް ކަމާއި، އެ އިންތިހާބަކާބެހޭ އިތުރު މައުލޫމާތު.
- އިންތިހާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު.
- އިންތިހާބަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭ ށަރުތުތައް.
- އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތީގެ ތަފުސީލު.
- އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތި ހުށަހަޅަންޖެހޭ ތަނާއި، ތާރީހާއި، ވަގުތު.
- ވޯޓު ނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި.
- ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ކަނޑައަޅައިފައިވާ ތާރީހާއި ވަގުތު.
- އެ އިންތިހާބަކާބެހޭ ހާއްސޫަ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތު.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ މައުލޫމާތާއެކު ތިރީގައި ބުނެފައިމިވާ ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ 1,500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާގެ އިދާރީ ފީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެ މީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ގަރާރު.
- އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެކަން ބަޔާންކޮށް އެ މީހާ ހުށަހަޅާ ގަރާރު.
- އެ މީހަކު އެ އިންތިހާބުގައި ހާއްސޫަ ނިށާނެއް ބޭނުންކުރުމަށް ގަސްތުކުރާނަމަ، އެ ނިށާން.
- މީގެ އިތުރުން، މި މާއްދާގެ ދަށުން ކުރާ އިއުލާނުގައި، ހުށަހަޅަންޖެހޭ ތަކެތި ކަމަށް ބަޔާންކުރާ ލިޔެކިޔުންތައް.
10 ވަނަ މާއްދާ - ކުރިމަތިލާ ކޮމިޓީ ބަދަލުކުރުމާއި، އެއް ކޮމިޓީއަށްވުރެ ގިނަ ކޮމިޓީއަށް ނުވަތަ ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތި ނުލުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އެކަކަށް އެއް ކޮމިޓީއަށްވުރެ ގިނަ ކޮމިޓީއަށް ކުރިމައްޗެއް ނުލެވޭނެއެވެ.
(ށ) ލޯކަލް ކައުންސިލް އިންތިހާބުގައި، ރަށު ކައުންސިލް، ނުވަތަ އަތޮޅު ކައުންސިލް، ނުވަތަ ސިޓީ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލައިފައިވާ ފަރާތްތަކަށް، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމައްޗެއް ނުލެވޭނެއެވެ.
(ނ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި، އެއް ކޮމިޓީއަކަށް ކުރިމަތިލައިފައިވާ މީހަކަށް، އޭނާގެ ނަން އަނބުރާ ގެނެސް، އެހެން ކޮމިޓީއަކަށް ކުރިމަތިލެވިދާނެއެވެ.
11 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުން
(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް، މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.
(ށ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސޫަތު ހުޅުވިއްޖެކަން އަންގަން ކުރާ އިއުލާނުގައި، މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭށަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހިމަނަންވާނެއެވެ. މީގެ ތެރޭގައި ހިމެނޭ، އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރާއިރު ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން އެއް ނިށާނެއް ހުށަހަޅައިފައިވާނަމަ، އެ ނިށާން ފާސްކުރުމުގައި އިސްކަންދޭނީ ކުރިން ނިށާން ހުށަހެޅި ފަރާތަށެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް، ޕާޓީގެ ނިށާން، ޕާޓީގެ ހުއްދައާއެކު ބޭނުންކުރެވިދާނެއެވެ. ސިޔާސީ ޕާޓީއެއްގެ ނިށާން ނުވަތަ އެ ނިށާނާ އެއްވައްތަރުގެ ނިށާނެއް އެ ޕާޓީ ފިޔަވައި އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.
12 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތަކަށް ވުން؛
- ކުރިމަތިލާ ރަށަށް ނުވަތަ ސިޓީއަށް ނިސްބަތްވާ އަންހެނަކު ކަމުގައި ވުން.
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
- ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން؛
- މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށް ވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން؛
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން؛
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ވުން؛
- ޖިނާއީ އެއްވެސް ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުުކުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ކުޑަކުއްޖަކާ މެދު ބަދުއަހްލާގީީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އާިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛
- މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި ޖިނާއީ އެހެން ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައި ވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައި ވުން.
13 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެންޑިޑޭޓުންގެ ނަން އިއުލާނުކުރުން
މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާާންމު ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އަންގައި އިއުލާނުކޮށް، އިލެކްށަންސް ކޮމިށަނުގެ އޮފީހުގައްޔާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް އެ އިއުލާނު ބަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.
14 ވަނަ މާއްދާ - ނަން އަނބުރާ ގެންދިއުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެ ނަމަ، ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިއުލާނު ކުރުމުގެ ކުރިން، އެ ކެންޑިޑޭޓަކަށް ނަން އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތުލުން އޮންނަ ތަނާއި ތާރީހާއި ގަޑި، ކެންޑިޑޭޓުންނަށް އަންގައި، އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގުރުއަތުލުން ބާއްވަންވާނީ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ނުވަތަ އެ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިން ކެންޑިޑޭޓަކު، މަންދޫބަކު އައްޔަނު ކުރާނަމަ، އެ މީހަކު މަންދޫބަކަށް އައްޔަނު ކުރިކަމުގެ ލިޔުމަކާއެކު ގުރުއަތު ނަގާ ތަނަކަށް، އެ މަންދޫބުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑާއެކު އެ މީހަކު ފޮނުވަންވާނެއެވެ. އަދި އެ ލިޔުމުގައި މަންދޫބުގެ ފުރިހަމަ ނަމާއި، އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
(ރ) ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުމަށް ކެންޑިޑޭޓަކު ނުވަތަ އޭނާ އައްޔަނުކުރާ މަންދޫބަކު ހާޒިރު ނުވެއްޖެނަމަ، އެ ކެންޑިޑޭޓެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.
16 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ މުއްދަތު
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމަށް މަދުވެގެން 28 (އަށާވީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
17 ވަނަ މާއްދާ - ތާއީދު ހޯދުމަށް މަސައްކަތްކުރުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް، ތާއީދު ހޯދުމަށް، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްގުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ތިރީގައިމިވާ ކަންކަން ކުރެވިދާނެއެވެ.
- ތާއީދު ހޯދުމުގެގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން.
- ސޫުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ހަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން.
- ތާއީދު ހޯދުމުގެގޮތުން މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި، ސްޓިކާއާއި، ލިޔުންފަދަ ތަކެތި ބެހުމާއި، އެ ތަކެތި އާންމުކޮށް ފެންނާނެހެން ބެހެއްޓުން.
- ނިށާނާއި، ނިށާންޖަހައިފައިވާ ތަކެތި ގެންގުޅުމާއި، އެ ތަކެތި ބޭނުންކުރުން.
- އިސްތިހާރުކުރުން.
- އިންތިހާބުތަކާބެހޭ އާންމު ގާނޫނު ހިމެނޭގޮތުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާބެހޭ ގަވާއިދުތަކާ ހިލާފުނުވާ ކަންކަން ކުރުން.
18 ވަނަ މާއްދާ - ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ތިރީގައި ބަޔާކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލުކުރަންވާނެއެވެ.
- ވަކި ޖިންސެއްގެ މީހަކަށް ވާތީ، ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށްޓަކައި، ނުވަތަ ވަކި ބަހުރުވަޔަކުން ވާހަކަދައްކާ ކަމަށްޓަކައި، އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓުދިނުމަށް ނުވަތަ ނުދިނުމަށް އޮތް ސަބަބެއްކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެއެވެ.
- ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް ބާއްވަންވާނީ އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- ދީނީ އެކިއެކި މުނާސަބަތުތަކުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.
- ކިޔަވައިދޭ ތަންތަނާއި، މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީތަކުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.
- ކިޔަވައިދޭ ތަންތަނާއި އިޖުތިމާއާީ ކަންކަން ހިންގާ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތަކާއި، ކައުންސިލްތަކުގެ އިދާރާތަކާއި، އެ އިދާރާތަކުގެ ގޯތިތެރެ، އިންތިހާބަށް ކެންޕޭންކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކިޔަވައިދޭ ތަންތަނުގެ ގޯއްޗާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ ހުއްދަ ލިބިގެންނެވެ.
- އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު، އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
- ތާއީދު ހޯދުމުގެގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު، ނުވަތަ ނިށާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް، އެހެން ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް، ގެއްލުންދީގެން ނުވާނެއެވެ.
- ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން ކެންޕޭން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމުކޮށްގެން ނުވާނެއެވެ.
- އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް، މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ބިމެއްގައި ބަހައްޓަންވާނީ އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ.
- އިންތިހާބަށް ތާއީދު ހޯދުމުގެގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިސްތިހާރާއި، ބިލްބޯޑާއި، ބެނަރ ފަދަ ތަކެތި، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަކީ އެ ކެންޑިޑޭޓެއްގެ ނުވަތަ އެ ބެހެއްޓި ފަރާތެއްގެ ޒިންމާއެކެވެ.
- ތާއީދު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެންނެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
- ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރުކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.
- ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ ރިށްވަތުގެގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާ ދީގެން ނުވާނެއެވެ. އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެއެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ގަވާއިދު ނަންބަރު 58/2013 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން ކެންޑިޑޭޓަކު ނުވަތަ އެހެން ފަރާތްތަކުންވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނަށް ކުނި އަޅައިގެން ނުވާނެއެވެ.
- ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން ބާއްވާ ހިނގައިލުންތަކާއި، ޖަލްސާތަކާއި، އެހެނިހެން ސިޔާސީ ހަރަކާތްތަކުގައި އުފެދޭ ކުނިބުނި، އެ ހަރަކާތެއް އިންތިޒާމުކުރި ފަރާތަކުން، އެ ހަރަކާތެއް ނިމުމާއެކު ނަގައި، ސާފުކުރަންވާނެއެވެ.
- ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ކަރުދާހާއި، ޕްލާސްޓިކުން ހަދައިފައިވާ ޕޯސްޓަރުތަކާއި، ލީފްލެޓް ފަދަ ތަކެތީގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ.
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދައިފައިފާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެގޮތުން ނުވަތަ ތާއީދު ނުކުރުމުގެގޮތުން، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެކަމުގެ ސަބަބުން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލޭނެއެވެ.
- ކެންޑިޑޭޓަކު ތާއީދު ހޯދުމުގެގޮތުން ދައްކާ ވާހަކައެއްގައި ނުވަތަ އެނޫން ގޮތަކުންވެސް އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުން.
- ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީީގަތް އޮޅިގެންދާ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭގޮތުން ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުން.
- މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުން.
- ތާއީދު ހޯދުމުގެގޮތުން ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ބާއްވާ ށޯޯތަކާއި، ރެލީތަކާއި، ވެހިކަލް ބުރުތަކަށް އެހެން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ހުރަސްއެޅުން.
19 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުން
(ހ) ކޮންމެ ކެންޑިޑޭޓަކަށްވެސް، ވޯޓުނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި، ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު އައްޔަނު ކުރެވިދާނެއެވެ.
(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަންދޫބު އައްޔަނުކުރުމުގެ ފުރުސޫަތު ލިބޭނީ، އިލެކްށަންސް ކޮމިށަނުން އެކަމަށްޓަކައި އިއުލާނު ކުރުމުން ދެވޭ މުއްދަތުގައި އެކަމަށް އެދޭ ކެންޑިޑޭޓުންނަށެވެ.
(ނ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން.
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.
- އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ ވެރިއެއް ކަމުގައި ނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައި ނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން.
20 ވަނަ މާއްދާ - ރާއްޖޭގެ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގެ ފަރާތްތަކަށް ހަރަކާތްތެރިވާނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިލެކްށަންސް ކޮމިށަނުން ހުޅުވައިލާ ފުރުސޫަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުންނެވެ.
21 ވަނަ މާއްދާ - ބައިނަލްއަގުވާމީ ފަރާތްތަކުން އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ހަރަކާތްތެރިވާނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިލެކްށަންސް ކޮމިށަނުން ހުޅުވައިލާ ފުރުސޫަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުންނެވެ.
22 ވަނަ މާއްދާ - މޮނިޓަރ ކުރުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް މޮނިޓަރކުރުމަށް ހަރަކާތްތެރިވާނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިލެކްށަންސް ކޮމިށަނުން ހުޅުވައިލާ ފުރުސޫަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ފަރާތްތަކެވެ.
(ށ) ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކަށާއި، ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރުކުރުމަށް ފާސް ދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް އިންތިހާބުގައި ވޯޓުނެގުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށްވުރެ %10 (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.
23 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އަމަލުކުރަންވީ ގޮތް
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކަންތައްތައް ކުރިއަށްދާއިރު އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑަށް އަމަލުކުރަންވާނެއެވެ.
(ށ) ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް ހިނގަމުންދާއިރު، އެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން، އޮބްޒާވަރުންނަށާއި މޮނިޓަރުންނަށާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ހަރަކާތްތެރިވެވިދާނެއެވެ.
(ނ) ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ފަރާތުން އޮބްޒާވަރުން ނުވަތަ މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެދިއްޖެ ނަމަ، އެ ވަގުތަކާ ހަމައަށް އެ ވޯޓުލާ މަރުކަޒަކަށް ވޯޓުލީ މީހުންގެ އަދަދާއި ބާކީ ހުރި ވޯޓުކަރުދާހުގެ އަދަދު ހާމަކޮށްދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ރ) އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބާބެހޭ ކަންކަމުގައި އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ އޮފިށަލުންނަށް ފުރިހަމަ އެއްބާރުލުންދީ އެހީތެރިކަން ދޭންވާނެއެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސްވަރެއްގެ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
24 ވަނަ މާއްދާ - އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން
އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، މި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ކޮށްފިނަމަ، ނުވަތަ ކުރަން އުޅޭކަން ކަށަވަރުވެއްޖެ ނަމަ، އެ އޮބްޒާވަރެއްގެ ނުވަތަ މޮނިޓަރެއްގެ ނުވަތަ މަންދޫބެއްގެ ފާސް ހިފަހައްޓައި އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހްތިޔާރު، އެ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން އެ ކަމަށް އިޖާބަނުދީފިނަމަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އެ މީހެއްގެ ފާސް އަތުލައި، އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.
25 ވަނަ މާއްދާ - ވޯޓުނެގުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
(ހ) ވޯޓުނެގުމަށް ބޭނުންވާ ހުރިހާ ތަކެތި، ވޯޓުނަގަން ފަށާ ވަގުތު ޖެހުމުގެ ކުރިން ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަން ވާނެއެވެ.
(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަން ވާނެއެވެ.
(ނ) ވޯޓު ނެގުމުގެ މަސައްކަތް ފެށުމުގެ ކުރިން، ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ހުރިހާ އޮފިށަލުން، ވޯޓުލާ މަރުކަޒަށް ހާޒިރުވެ، ވޯޓު ފޮށީގެ ވެރިޔާގެ ބެލުމުގެ ދަށުން، ވޯޓު ފޮށީގެ ވެރިޔާވެސް ހިމެނިގެން، އޮފިށަލުންގެ ހުވާ ކުރަންވާނެއެވެ. އަދި އިގުރާރުގައި ހުރިހާ އޮފިށަލުން ސޮއިކުރަންވާނެއެވެ.
26 ވަނަ މާއްދާ - ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުން
ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެ ރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ވޯޓުފޮށި ބަހައްޓާނެ ސަރަހައްދު ކަނޑައަޅައި، އަދި އެ ސަރަހައްދަށް ވޯޓުދޭނީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި ވޯޓު ފޮށި ބަހައްޓައިފައިވަނީ އިމާރާތެއްގެ ތެރޭގައިނަމަ، މުޅި އެ އިމާރާތަކީ ވޯޓުފޮށި ބަހައްޓައިފައިވާ ސަރަހައްދުކަމުގައި ބަލަންވާނެއެވެ.
27 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ތަކެތި
ވޯޓު ނަގާދުވަހު ކުރުން މަނާ ކަންތައްތައްކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި އަތްދަބަހާއި އަޑު ނުވަތަ މަންޒަރު ރެކޯޑުކުރެވޭ ފަދަ ތަކެއްޗާއި ފައިލު ފަދަ، ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލޭ އެއްވެސް ވަސީލަތެއް، ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.
28 ވަނަ މާއްދާ - ވޯޓިންގ ބޫތު
(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް މަދުވެގެން
1 (އެކެއް) ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މީހާ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ.
(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް، މިގޮތުން ވޯޓުކަރުދާހުގެ ފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު އަމަލުތައް އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަގޮތަށް ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.
29 ވަނަ މާއްދާ - ވޯޓު ނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު
(ހ) އިލެކްށަންސް ކޮމިށަނުން ފާސްކޮށްފައިވާ، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި، ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު އަދާކުރަންވާނެއެވެ.
(ށ) ވޯޓު ކަރުދާސް ދޫކުރުމުގެ ކުރިން، ވޯޓު ކަރުދާހުގައި އިލެކްށަންސް ކޮމިށަނުން ފޮނުވައިފައިވާ ސްޓޭމްޕް ޖަހަންވާނެއެވެ.
(ނ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން، އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފަށް ކުރާ އަމަލަކަށް ޒިންމާވާންޖެހޭނީ އެ މީހެކެވެ. އަދި މިފަދައިން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލެއް ކޮށްފިނަމަ، އެ މީހަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.
30 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް އައްޔަނުކުރާ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ
ވޯޓުލާ މަރުކަޒަށް އައްޔަނުކުރާ ވެރިޔާއާ އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަވާލުކުރާ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކުރަންވާނެއެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ ވޯޓުނަގާ މަރުކަޒަށް އައްޔަނުކުރެވޭ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާއެވެ.
- އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ މަރުކަޒެއްގެ ވޯޓުފޮށްޓާއި، ވޯޓުލުމަށް ބޭނުންވާ ސާމާނާއި، މުހިންމު ލިޔެކިޔުންތަކާ ހަވާލުވުމާއި، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެއްޗަށް ޒިންމާވުން.
- ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ރާވައި، އެ ކަންތައްތައް ކުރުވުމާއި، އެ ކަމާގުޅޭ އިންތިޒާމު ހަމަޖެއްސުން.
- ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ މީހުންނާ ބައްދަލުކޮށް ވޯޓުލުމުގެ ކަންތައް ކުރިއަށްގެންދާނެ ގޮތް އޮޅުންފިލުވައިދީ، ވަކިވަކި މީހުންގެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުން.
- ވޯޓުކަރުދާސް އަޅައިފައި ހުންނަ ސެކިއުރިޓީ އުރަ، ވޯޓުލުމުގެ 30 (ތިރީސް) މިނެޓުގެ ކުރިން ކަނޑައި، ވޯޓުކަރުދާސް ގުނައި، ހުރި އަދަދު ކަށަވަރުކުރުން.
- ވޯޓު ނަގަން ފެށުމުގެ ކުރިން ވޯޓުލާން އެންމެ ފުރަތަމަ އަންނަ 2 (ދޭއް) މީހުންނަށާއި، ވޯޓުލާ މަރުކަޒުގައި ތިބިނަމަ، ކެންޑިޑޭޓުންގެ މަންދޫބުންނާއި، ހުއްދަދެވިފައިވާ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް، ވޯޓުފޮށި ހުޅުވައި، ވޯޓުފޮށި ހުރީ ހުސްކޮށްކަން ކަށަވަރުކޮށްދިނުމަށްފަހު، ވޯޓުފޮށީގެ މަތި ރަނގަޅަށް ޖަހައި، 4 (ހަތަރެއް) ފަރާތުގައި ޕުލްޓައިޓް ސީލް އެޅުވުން.
- ވޯޓުލާ މަރުކަޒަށް ވަނުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަކުރާ މީހުންނަށް ގާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުން އެ ފުރުސަތު ތަނަވަސް ކޮށްދިނުން.
- ވޯޓުލާ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން މީހަކު ފޮނުވަންވެއްޖެ ހާލަތެއްގައި ކޮމިށަނުން ފޮނުވާ މީހަކަށް ވޯޓުލާ މަރުކަޒަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން. އަދި އެފަދަ މީހަކަށް އެ މަރުކަޒަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެއީ އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ފަހުއެވެ.
- ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ މަސައްކަތް ކުރިޔަށްދަނީ އަމަލު ކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
- ވޯޓުލާންދާ މީހުންގެ ތެރެއިން ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަމަށް ބުނާ މީހުންގެ ކިބައިގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަން ކަށަވަރުކޮށް، ވޯޓުލުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ހުއްދަ އެ މީހަކަށް ދިނުން.
- ވޯޓުނަގާ ދުވަހު، ވޯޓުނަގާ މަރުކަޒުގައި، ވޯޓުލާން އަންނަ މީހުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންގެ ފަރާތުން، ވޯޓުލުމާ ގުޅޭގޮތުން ހުށަހަޅާ ށަކުވާ ބަލައިގަނެ، ވަގުތުން އެޅެންހުރި ފިޔަވަޅެއް އެޅުން. ވަގުތުން ހައްލުނުކުރެވޭ މައްސަލަތައް ރަށު/އަވަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ރިޕޯޓުކުރުން.
- ވޯޓުލާން އަންނަ މީހެއްގެ ނަން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އޮތުމާއެކު، އިދާރީ ސަބަބަކާހުރެ އެ މީހަކު ވޯޓުލާންޖެހޭ މަރުކަޒުގައިވާ ފައިނަލް ރަޖިސްޓަރީގައި އެ މީހާގެ ނަން ހިމެނިފައި ނުވާނަމަ، އިލެކްށަންސް ކޮމިށަނަށް އެކަން އަންގައި، ކޮމިށަނުން އިރުށާދުދޭ ގޮތެއްގެ މަތިން އެ މީހާގެ ނަން ރަޖިސްޓަރީއަށް އިތުރުކޮށް އޭނާއަށް ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދިނުން. އަދި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި މިކަން ފާހަގަކުރަންވާނެއެވެ.
- ވޯޓުލާ މަރުކަޒުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
- ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް ނިމުމުން، ވޯޓުކަރުދާސްތަކާއި ވޯޓުލުމުގައި ބޭނުންކުރި އިންތިހާބާބެހޭ ހުރިހާ ލިޔެކިޔުމެއް ބަންދުކޮށް ކޮމިށަނުން ކަނޑައަޅައިފައިވާ ފަރާތަކާ ހަވާލުކުރުން.
- ވަގުތީ ނަތީޖާ ވޯޓުނެގި މަރުކަޒުގައި އާންމުކޮށް ފެންނާނޭހެން ބެހެއްޓުމަށްފަހު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނަށް އެ ނަތީޖާ ފޮނުވުން.
- ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
- ވޯޓުލާ ވަގުތުގައްޔާއި ވޯޓު ގުނުމުގެ ކަންކަން ކުރިޔަށްދާ ވަގުތުގައި، ވޯޓުލާ މަރުކަޒާއި އެ މަރުކަޒު ހިމެނޭ ސަރަހައްދުގައި މަސޫްލަހަތު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ވޯޓުލާ މަރުކަޒުގެ ސަރަހައްދުގައި ގަވާއިދާ ހިލާފުކަމެއް ހިނގާނަމަ، އެކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، ފުލުހުންގެ އެހީތެރިކަން ހޯދުން.
- ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާދެމެދު ކަން ހިނގައިދިޔަގޮތުގެ ރިޕޯޓު ލިޔެ އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސްމީހާ (ވޯޓުފޮށީގެ ވެރިޔާ) ސޮއިކޮށް، ވޯޓު ގުނުމުގައި އިސްކޮށް ހުރި ފަރާތަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ލައްވާ ސޮއިކުރުވުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވުން.
- ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ނެގުމާއި ވޯޓު ގުނުމާއި ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ކަމެއް ކުރަން ޖެހިއްޖެނަމަ، އެކަމެއް އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
31 ވަނަ މާއްދާ - ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންނަށް ފާހަގަޖެހުމުގައި އެހީތެރިވެދިނުން
(ހ) ވޯޓުކަރުދާހުގައި އަމިއްލަޔަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓްފޮށީގެ ވެރިޔާގެ ހުއްދަޔާއެކު އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަކަމެކެވެ. އަދި މިކަމުގައި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި، އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ވޯޓު ނެގުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަންވާނެއެވެ. އަދި ވޯޓުލުމުގައި އެހީތެރިވެދެނީ ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލެއް ނޫންނަމަ، އެހީތެރިވެދޭ މީހާ ވާންވާނީ އެ ވޯޓު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހަކަށެވެ. އަދި މިގޮތުން، އެ މީހަކަށް ވޯޓުލުމުގައި އެހީވެދެވޭނީ 1 (އެކެއް) ފަހަރުއެވެ.
(ށ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުންކަމަށް ބަލައިގެން، ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.
- ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރުނުވާ މީހުން.
- ދެއަތް ބޭނުންނުކުރެވޭ މީހުން.
- މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެ މީހެއްގެ އަތުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރުނުވާ މީހުން.
(ނ) ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ބަލައިގެން، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭވަރުގެ މީހަކަށް، ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ފުރުސޫަތު ވޯޓުލާ މަރުކަޒުގެ ވެރިޔާ ދީގެން ނުވާނެއެވެ.
32 ވަނަ މާއްދާ - ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުން
ވޯޓުލާން އަންނަ މީހާ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޕާސްޕޯޓު ކާޑު، ނުވަތަ ޕާސްޕޯޓް، ނުވަތަ ފޮޓޯ ޖަހައިފައިވާ ޑްރައިވިންގ ލައިސަންސް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުސޫަތު ދެވޭނީ، އޭނާ ހުށަހަޅާ، ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނުގެ ސިފަޔާ އަޅައިބެލުމަށްފަހު، އެއީ އެ މީހާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
33 ވަނަ މާއްދާ - ވޯޓު އަދި ވޯޓު ކަރުދާސް
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުދޭންވާނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މައްދާގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހުގައެވެ.
34 ވަނަ މާއްދާ - ބާތިިލު ވޯޓާއި ސޫައްހަ ވޯޓު
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިިލު ވޯޓެކެވެ.
- އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މައްދާގައިވާ ގޮތުގެ މަތިން އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ވޯޓު.
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައި ނުވާ ވޯޓު.
- ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
- ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު.
- އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާނަމަ، އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް.
- އެ ކޮމިޓީއަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާނަމަ، އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް.
(ށ) ސޫައްހަ ވޯޓު ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފާހަގަޖަހައިފައިވާ ވޯޓުތަކަށެވެ.
- ކޮމިޓީއަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު.
- އެ ކޮމިޓީއަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން ޖަހައިފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއް ކަމުގައި ދެނެގަނެވޭނެ ވޯޓު.
- ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖަހާއިރު ތަފާތު މިސްރާބަށް ޖަހައިފައިވާ ނުވަތަ ރަނގަޅު ފާހަގަޖެހުމުގައި ފާހަގައިގެ ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރިނަމަވެސް، އެ މީހަކު ވޯޓުދޭން ބޭނުން ކެންޑިޑޭޓުންގެ ނަމާ ދިމާގައި ޖަހައިފައިވާ ފާހަގައަކީ ރަނގަޅު ފާހަގައިގެ ވައްތަރެއްކަމުގައި ދެނެގަނެވޭ ވޯޓު.
- ފާހަގަޖެހުމަށް ހާއްސޫަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް، އެ ކޮމިޓީއަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދު ކެންޑިޑޭޓުގެ ނަމާ ދިމާގައި ނުވަތަ ނިށާނުގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު.
(ނ) ބާތިިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓުގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި، އެ ވޯޓު އެއީ ބާތިިލު ވޯޓެއްކަން ނުވަތަ ބާތިިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުގުނުމުގެ އިސްވެރިޔާއެވެ.
35 ވަނަ މާއްދާ - ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓު
(ހ) ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ނަގަން ފެށުމާއި، ވޯޓު ނަގައި ނިމުމާ ދެމެދު، ކަން ހިނގައިދިޔަގޮތުގެ ރިޕޯޓެއް ލިޔެ، އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، ވޯޓު ގުނުމުގައި އިސްކޮށް ހުރި ފަރާތާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.
(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ބޭނުންކުރާނީ، ކަންހިނގައިދިޔަ ގޮތުގެ 1 (އެކެއް) ރިޕޯޓެވެ.
36 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ދިނުން
ކޯޓު އަމުރަކަށް މެނުވީ، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ، އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.
37 ވަނަ މާއްދާ - ވަގުތީ ނަތީޖާ އިއުލާނުކުރުން
(ހ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނު ކުރުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ނަތީޖާ ފޮނުވުމުން، ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، އިލެކްށަންސް ކޮމިށަނުން ވަގުތީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަތީޖާ އިއުލާނުކުރާނީ، ވޯޓުލާ މަރުކަޒުތަކުން ފޮނުވާ ނަތީޖާތަކަކީ އެ މަރުކަޒެއްގައި އިއުލާނުކުރި ނަތީޖާކަން ކަށަވަރުކުރުމަށް ފަހުގައެވެ.
38 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނު ކުރުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް، ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަން ވާނެއެވެ.
39 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވޭ ގޮތް
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ މީހުންގެ ތެރެއިން އެ ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވާނީ ވޯޓުދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުން، އެ ކޮމިޓީއަކަށް އެ ރަށަކުން ނުވަތަ އެ ސިޓީއަކުން ހޮވަންޖެހޭ މެންބަރުންގެ އަދަދު ހަމަވާ ވަރަށެވެ.
(ށ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާއިރު، އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުން އެ ކޮމިޓީއަކަށްއެ ރަށަކުން ނުވަތަ އެ ސިޓީއަކުން ހޮވަންޖެހޭ މެންބަރުންގެ އަދަދު އެ ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަން ވާނެއެވެ.
40 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަންޖެހުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އެއްވެސް ރަށަކުން ނުވަތަ ސިޓީއަކުން އެ ކޮމިޓީއަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތިން އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކެންޑިޑޭޓަކު ހޮވެންދެން މިގޮތުގެ މަތިން ވޯޓު ނަގަމުން ގެންދާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ އިންތިހާބުގެ އިތުރު ބުރުގައި ވޯޓުދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓަކު އެ ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ.
41 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރުގައި މި ގަވާއިދުގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ކަންތައްތައް
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވާއިރުވެސް، ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓުނެގުމަށް ތައްޔާރުވުމާ ގުޅޭގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު ގުނުމާއި، ނަތީޖާ އިއުލާނު ކުރުމާއި، އިންތިހާބާބެހޭ ށަކުވާއާއި، ފައިސާއާއި މާލީ ކަންކަމާ ގުޅޭ ގޮތުންނާއި، އިންތިހާބާބެހޭ ކުށާއި އަދަބާ ގުޅޭގޮތުން އަމަލުކުރަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
42 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލީ މެންބަރުންގެ އަދަދު އެއްވަރުވުން ނުވަތަ މަދުވުން
ކޮމިޓީއެއްގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށް ވެފައި، އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރުނަމަ، ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިހާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީކަމަށް އިއުލާނު ކުރަން ވާނެއެވެ.
43 ވަނަ މާއްދާ - އިންތިހާބަށް މީހަކު ކުރިމަތިނުލުމާއި، ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު މަދުވުން
ކޮމިޓީއެއްގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުމުން އެއްވެސް މީހަކު އެ އިންތިހާބަށް ކުރިމަތިނުލައިފިނަމަ، ނުވަތަ އެ ރަށަކުން ނުވަތަ އެ ސިޓީއަކުން އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރަށް އެ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިނުލައިފިނަމަ، އަލުން އެ ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެންބަރުން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންތިހާބުކުރުމަށްޓަކައި، އެ މަގާމްތަކުގެ ދައުރު ހަމަވުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން، މި ގަވާއިދގެ 9 ވަނަ މާއްދާގެ ދަށުން އިއުލާނު ކުރަން ވާނެއެވެ.
44 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްށަން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަން ވާނެއެވެ. ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވިއިރު ކޮމިޓީގެ އުމުރުގެ 1 (އެކެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައި އިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ހިނގަމުންދާ ދައުރު ހަމަވަންދެނެވެ.
45 ވަނަ މާއްދާ - ވޯޓުގެ ސިއްރުކަން ޔަގީންކުރުން
ވަކި ވޯޓު ފޮށްޓަކަށް ވޯޓުލާންޖެހުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތެއް މެދުވެރިވާ ހާލަތްތަކުގައި ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި ހާއްސޫަ ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތްތަކުގައި ވެސް، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާނު ކުރަންވާނީ އެ ވޯޓުލާ މަރުކަޒެއްގައެވެ.
46 ވަނަ މާއްދާ - ސެކިއުރިޓީ އުރަތައް ކެނޑުން
ވޯޓުލީ މީހުންގެ ވޯޓު ކަރުދާސްތައް ލައި ބަންދުކޮށްފައިވާ ހާއްސޫަ ސެކިއުރިޓީ އުރަތައް، އަންނަނިވި ހާލަތްތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައި، އެ ވޯޓުކަރުދާސްތައް އަލުން ގުނިދާނެއެވެ.
- ވޯޓުލާ މަރުކަޒަކުން ފޮނުވައިފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ ހެދުމުގައި އެއްވެސް މައްސަލައެއް ހުރިކަން އިލެކްށަންސް ކޮމިށަނަށް ފާހަގަވުން.
- ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާ ބެހޭގޮތުން އެއްވެސް ފަރާތަކުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން އެ ކަމަކީ ތަހުގީީގު ކުރަންޖެހޭވަރުގެ ހެކިހުރި ށަކުވާއެއްކަމުގައި އިލެކްށަންސް ކޮމިށަނަށް ފެނިއްޖެ ނަމަ، އެ ތަހުގީީގީެއްގެ ބޭނުމަށް.
- ވޯޓުކަރުދާސްތައް ލައި ބަންދުކޮށްފައިވާ ހާއްސޫަ ސެކިއުރިޓީއުރަ ކެނޑުމަށް ށަރުއާީ ކޯޓަކުން އިލެކްށަންސް ކޮމިށަނުގެ މައްޗަށް އަމުރެއް ނެރުން.
- ވޯޓުގެ ސޫައްހަކަމާމެދު ސުވާލު އުފެދޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެންނަ މިނޫންވެސް އެހެނިހެން ހާލަތެއް މެދުވެރިވުން.
47 ވަނަ މާއްދާ - ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސޫަ ސެކިއުރިޓީ އުރަތައް ކެނޑުމުގައި އަމަލުކުރާނެ ގޮތް
(ހ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސްތައް ލައި ބަންދުކޮށްފައިވާ ހާއްސޫަ ސެކިއުރިޓީއުރަތައް ކަނޑަންވާނީ، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފަރާތަކުންނެވެ. މި ގޮތުން އައްޔަނުކުރާ މީހުން، އެއްވެސް ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތުގައި، އިންތިހާބާ ބެހޭގޮތުން ލިބޭ އެއްވެސް މައުލޫމާތެއް، އިލެކްށަންސް ކޮމިށަން ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް ށަރުއާީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން މިއިން އިސްތިސްނާވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީއުރަ ކަނޑާނަމަ، އެ ރަށުން / ސިޓީން އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް އެ އުރަ ކެނޑުމުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން، އީމެއިލަކުން، ނުވަތަ އެސްއެމްއެސްއަކުން، ނުވަތަ ސިޓީއަކުން، ނުވަތަ ފެކްސް މެސެޖަކުން، ސެކިއުރިޓީއުރަ ކެނޑުމަށް ހަމަޖެހިފައިވާ ވަގުތާއި ތަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ، އެކަމަށް ހާއްސޫަކޮށްފައިވާ ތަނަކަށް، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނުމުގެ ހުއްދަ ދޭންވާނެއެވެ.
(ރ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސޫަ ސެކިއުރިޓީ އުރަތައް ކަނޑައި ވޯޓުކަރުދާސް އަލުން ގުނުމުގެ މަސައްކަތްތައް ހިނގައިދިޔަގޮތުގެ ރިޕޯޓެއް ލިޔެ، އަންނަނިވި ހުރިހާ މައުލޫމާތެއް ހިމެނޭގޮތަށް، އެ މަސައްކަތާ ހަވާލުވެހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ސޮއިކުރުމަށްފަހު، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- ވޯޓުލާ މަރުކަޒުގެ ނަންބަރު.
- ސެކިއުރިޓީއުރަ ކެނޑި ތާރީހާއި ވަގުތު.
- ސެކިއުރިޓީ އުރައިގައި ހުރި ވޯޓުކަރުދާސްތައް ގުނަން ފެށި ގަޑިއާއި، ގުނައި ނިންމި ގަޑި.
- ސެކިއުރިޓީ އުރަ އަލުން ބަންދުކުރި ގަޑި.
- ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، އެ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
- ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތް ބެލުމަށް އެއްވެސް ކެންޑިޑޭޓެއް، ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު ހާޒިރުވިނަމަ، އެ މީހެއްގެ ނަމާއި، އެޑްރެހާއި، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
- ސެކިއުރިޓީ އުރައިގައި ހުރި ސޫައްހަ ވޯޓުކަރުދާހުގެ އަދަދު.
- ސެކިއުރިޓީ އުރައިގައި ހުރި ބާތިިލު ވޯޓުކަރުދާހުގެ އަދަދު.
- ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުގެ އަދަދު.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓު ހޯދުމަށް، އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު، ނުވަތަ އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކެންޑިޑޭޓުން ނެރޭ ސިޔާސީ ޕާޓީއަކުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް، އިލެކްށަންސް ކޮމިށަނުން، އެ ފަރާތަކަށް ދޫކުރަންވާނެއެވެ.
(ޅ) ސެކިއުރިޓީ އުރަ ކަނޑައި، އަލުން ގުނުމުގެ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާކަހަލަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ އެއްވެސް ލިޔުމެއްގައި ނުވަތަ އެއްޗެއްގައި އެ މަސައްކަތާ ހަވާލުވެގެން ތިބި މީހުން ފިޔަވައި އެހެން ފަރާތަކުން އަތްލައިގެން ނުވާނެއެވެ.
48 ވަނަ މާއްދާ - ސެކިއުރިޓީ އުރަ އަލުން ބަންދުކުރުން
ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސޫަ ސެކިއުރިޓީ އުރަ ކެނޑުމުގެ ބޭނުން ފުރިހަމަކުރުމަށްފަހު، ވޯޓުކަރުދާސް ބަންދުކުރުމަށް ހާއްސޫަކޮށްފައިވާ ސެކިއުރިޓީ އުރައިގައި އަލުން ބަންދުކުރަންވާނެއެވެ.
49 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
އިލެކްށަންސް ކޮމިށަނުގެ ވަގުތީ މުވައްޒަފުންނާއި، ދާއިމީ މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އައްޔަނު ކޮށްފައިވާ ކޮމިޓީތަކާއި ބިއުރޯތަކުގެ މެންބަރުންނާއި، ފޯކަލް ޕޮއިންޓުންނާއި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ކޮމިށަނުން ކަނޑައަޅާ އޮފިށަލުންނާއި، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ މަސައްކަތް ހަވާލުކުރެވޭ އެހެނިހެން ފަރާތްތައް، އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިރީގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވާން ވާނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ގާނޫނުތަކާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދާއި، އިންތިހާބު ހިންގުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހަކާ ހަވާލުކުރާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.
- ވޯޓުދޭ މީހުންނާއި، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ސިޔާސީ ޕާޓީތަކަށް، ގާނޫނުގެ ދަށުން ލިބިފައިވާ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުން.
- އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތް، ތެދުވެރިކަމާއި އިހްލާސޫްތެރިކަމާއެކު ކުރުން.
- އިންތިހާބުގެ މަސައްކަތުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ތަބާނުވުން.
- އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތުގައި ވަކި ކެންޑިޑޭޓަކަށް، ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކަށް، ނުވަތަ ތާއީދުނުކުރާ ފަރާތަކަށް ބުރަނުވުން.
- މަސައްކަތް ހަވާލުވާ ވަގުތުން ފެށިގެން އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވަކިފަރާތަކަށް ނުޖެހި ތިބޭ ބައެއްކަމުގައި ވުން.
- އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށް، އެކަމަށް ބާރުއެޅުން.
50 ވަނަ މާއްދާ - އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެއްދުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އައްޔަނުކުރާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި އަތޮޅު/ ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކުންނެވެ.
51 ވަނަ މާއްދާ - ރަށު/އަވަށު/ސިޓީ ފޯކަލް ޕޮއިންޓުން ށަކުވާ ބަލައިގަތުން
(ހ) ރަށު/އަވަށު/ސިޓީ ފޯކަލް ޕޮއިންޓަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، ދުވަހުން ދުވަހަށް އެ މައްސަލައަކާމެދު ފިޔަވަޅު އަޅަންވާނެއެވެ. އަދި ފޯކަލް ޕޮއިންޓަށް އެ މައްސަލަ ހައްލު ނުކުރެވިއްޖެ ހިނދެއްގައި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެދިފައިވާނަމަ، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ ލަފާ ހޯދިދާނެއެވެ. އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުވެފައި ނެތްނަމަ، މިފަދަ މައްސަލަތަކުގައި ގައުމީ ކޮންޕްލައިންޓްސް ބިއުރޯގެ ލަފާ ހޯދިދާނެއެވެ.
(ށ) މާލެ ސިޓީގައިނަމަ، އިންތިހާބާބެހޭ މައްސަލަ ހުށަހަޅާނީ ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނަށެވެ.
52 ވަނަ މާއްދާ - ވޯޓުފޮށީގެ ވެރިޔާއާއި، ކޮމްޕްލެއިންޓްސް އޮފިސަރު
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުނަގާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ބަލައި، ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ ވޯޓުނަގާ ކޮންމެ މަރުކަޒެއްގައި ހުންނަ ވޯޓުފޮށީގެ ވެރިޔާއެވެ. އަދި ވޯޓު ގުނުމުގައި ދިމާވާ މައްސަލަތައް ބަލައި، ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ ވޯޓުގުނުމުގެ އިސްވެރިޔާއެވެ.
(ށ) ވޯޓުނަގާ މަރުކަޒަށް ހުށަހެޅޭ މައްސަލަތައް ބަލައި، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނީ ކޮމްޕްލެއިންޓްސް އޮފިސަރެވެ. އޭނާއަށް ނުނިންމޭ ނުވަތަ ހައްލުނުކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދާނީ ރަށު ފޯކަލް ޕޮއިންޓުން ނުވަތަ އިލެކްށަންސް ކޮމިށަނުންނެވެ.
(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ ވެރިޔާ ނުވަތަ ކޮމްޕްލެއިންޓްސް އޮފިސަރު ނިންމާ ނިންމުންތަކާ ހިތްހަމަނުޖެހޭނަމަ، ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ. މާލެ ސިޓީގައި ނަމަ، ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.
53 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ ރަށު/އަވަށު ފޯކަލް ޕޮއިންޓުންނަށާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، އިލެކްށަންސް ކޮމިށަނަށެވެ. މިގޮތުން އާންމުގޮތެއްގައި ރަށުން ހުށަހަޅާ ށަކުވާތައް ހުށަހަޅާނީ އެ ރަށެއްގައި ގާއިމުކޮށްފައިވާ ރަށު/އަވަށު ފޯކަލް ޕޮއިންޓަށެވެ. އަތޮޅެއްގައި ހިމެނޭ ރިސޯޓުތަކާއި ސިނާއާީ މަސައްކަތްކުރާ ރަށްރަށުން ށަކުވާ ހުށަހަޅާނީ އެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މާލެއާއި ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓައިފައި ހުންނަ ގައުމުތަކުން ށަކުވާ ހުށަހަޅާނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.
(ށ) ރަށު/އަވަށު ފޯކަލް ޕޮއިންޓުންނާއި، އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ.
(ނ) އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާނަމަ، އެ ށަކުވާއެއްގެ ތަފުސީލު، ހެއްކާއި ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތައް ވެސް ބެލޭނީ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާގެ ގޮތުގައެވެ. ށަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހިމަނަންވާނެއެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމްއާިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާނަމަ، ށަކުވާ ހުށަހަޅާ ފޯމުގައި، އެ ފަރާތެއްގެ ތައްގަނޑު ޖަހައި، މަސްއޫލުވެރި ފަރާތެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ރ) މި މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހުށަހަޅާ މައްސަލައަކާމެދު އަމަލުކުރިގޮތް، މައްސަލަ ހުށަހެޅި ފަރާތަށް، މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ލިބޭނެގޮތް ހަމަޖައްސަންވާނެއެވެ.
54 ވަނަ މާއްދާ - ށަކުވާތަކާއި މައްސަލަތައް ބެލުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުން/ވޯޓުފޮށީގެ ވެރިންނަށާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތައް ބަލައި، ވަގުތުން ފިޔަވަޅު އަޅަންޖެހޭ ށަކުވާތަކަށް، ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.
55 ވަނަ މާއްދާ - ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން
(ހ) އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުންނަށާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. އެ ށަކުވާތައް ދަފުތަރުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުގެ އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
- ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު (ނަމާއި، އެޑްރެހާއި، އެނގޭނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު)
- ހުށަހެޅި ށަކުވާގެ ބާވަތް (ށަކުވާގެ ކުރު ހުލާސޫާއަކާއެކު)
- ހުށަހެޅުނު ށަކުވާއާ ގުޅިގެން އަމަލުކުރި ގޮތް ނުވަތަ ނިންމި ގޮތް.
(ށ) ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެޅެންހުރި ފިޔަވަޅެއް އަޅައި، ކޮންމެ ދުވަހަކު ވެސް، އެ ދުވަހެއްގެ ކޮމްޕްލެއިންޓްސް ރިޕޯޓު، އަންގައިފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.
(ނ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ރިޕޯޓެއް ތައްޔާރުކޮށް، ރަސްމީ ނަތީޖާ އިއުލާނުކުރާތާ 12 (ބާރަ) ދުވަހުގެ ތެރޭގައި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އިލެކްށަންސް ކޮމިށަނަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
56 ވަނަ މާއްދާ - ކުށާއި އަދަބު
އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްފިނަމަ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާއާއި 75 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.
57 ވަނަ މާއްދާ - އިންތިހާބާބެހޭ ރިޕޯޓު ތައްޔާރުކުރުން
އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާބެހޭ ރިޕޯޓެއް، އިންތިހާބު ބާއްވާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.
58 ވަނަ މާއްދާ - އިންތިހާބާބެހޭ ފޯމުތައް އާންމުކުރުން
މި ގަވާއިދުގައި ހަވާލާދީފައިވާ ފޯމުތައް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓާއި، ކޮމިށަނުގެ ވެބްސައިޓުގައި މި ފޯމުތައް ށާއިއުކުރަންވާނެއެވެ. މީގެ އިތުރުން، އިލެކްށަންސް ކޮމިށަނުންނާއި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތަންތަނުން މި ފޯމު ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
59 ވަނަ މާއްދާ - ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން
އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.
60 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން
އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސޫަތު ހުޅުވިއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމާއި އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރުމާ ދެމެދު މި ގަވާއިދަށް އެއްވެސް އުނިއިތުރެއް ނުގެނެވޭނެއެވެ.
61 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
62 ވަނަ މާއްދާ - މާނަކުރުން
(ހ) "އިންތިހާބު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫޫލުން ހިންގުމުގެ ގާނޫނު) ގެ 6-56 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށެވެ.
"އިންތިހާބާބެހޭ އާންމު ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫޫލުން ހިންގުމުގެ ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫޫލުން ހިންގުމުގެ ގާނޫނު) އަށެވެ.
"އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ދިނުމަށާއި މަށްވަރާކުރުމަށް އިލެކްށަންސް ކޮމިށަނުން އުފައްދާ ކޮމިޓީއަށެވެ.
"ރީ-ރަޖިސްޓަރީ" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުން އޮންނަ ދުވަހު، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި އެ މީހާ ވޯޓުލުމަށް ރަޖިސްޓަރީވުމަށެވެ.
"ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓުފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓުގުނުމުގެ ކަންތައްތައް ހިންގާނީ ވެސް މި މަޒުކަޒުގައެވެ.
"ވޯޓިންގ ބޫތު" ކަމުގައި ބުނެފައި އެވަނީ، ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ހުންނަން ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ.
"އޮބްޒާވަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮބްޒާވްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
"މޮނިޓަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުނަގާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި، ވޯޓުގުނާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ.
"ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމުގައި ބުނެފައި އެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި ސިޔާސީ ޕާޓީގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.
"ވޯޓުނެގުމާބެހޭ ކަންކަން ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާއި، ވޯޓު ގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް ކޮމިށަނުން އައްޔަނުކޮށްފައި ތިބޭ މީހުންނަށެވެ.
"އާއިލީ މެންބަރު" ކަމުގައި ބުނެފައި އެވަނީ، މަންމައެއް، ނުވަތަ ބައްޕައެއް، ނުވަތަ ދަރިއެއް، ނުވަތަ އަނތްބެއް، ނުވަތަ ފިރިއެއް، ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހަކަށެވެ.
"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓް ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ، އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ފޮޓޯ ޖެހި ލިޔުންތަކަށެވެ.
"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.
"ފޯކަލް ޕޮއިންޓު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާއި، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މިނޫންވެސް މަސައްކަތްތައް އެ ރަށެއްގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަށެވެ.
(ށ) މި ގަވާއިދުގައި ބުނެފައިވާ އިންތިހާބާބެހޭ ކަންކަމުގައި ދުވަސް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ނ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އާިބާރާތްތައް، އެ ލަފުޒުތައް ނުވަތަ އާިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އާިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އާިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު