-

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-07) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-245)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2020-07 (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްށަން

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން، އިލެކްށަންސް ކޮމިށަނަށް އެކަން އަންގާތާ، ލަސްވެގެން 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަހުގެ ތެރޭގައި، އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކޮމިޓީގެ އުމުރުގައި ބާކީ އޮތީ، 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބު ކުރުން ލާޒިމެއް ނޫނެވެ.

(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރުކަމުގެ މަގާމު ހުސްވެގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން، އިލެކްށަންސް ކޮމިށަނަށް އެކަން އެންގުމުގައި، އެ ކޮމިޓީއެއްގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާކަން ނުވަތަ ނޫންކަން، 14 (ސާދަ) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްށަން ބާއްވާނެ ތާރީހު، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 7/2020)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު