-

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 69/2018) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 1078/2019)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10 (ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން އެއްވެސް ބިމެއް 10 (ދިހައެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ދޫކުރަންވާނީ މިނިސްޓްރީގެ މަށްވަރާއާއި ހުއްދަޔާއެކު، ބިމާބެހޭ ކަންކަން ބަލަހައްޓާ ސަރުކާރުގެ ވުޒާރާއަކުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

13 (ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރާއްޖޭގެ އެއްވެސް ރަށަކުން 10،000 (ދިހަ ހާސް) އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުގެ އިދާރާއެއްގެ ބޭނުމަކަށް ވެސް އަދި އަމިއްލަ ފަރާތެއްގެ ބޭނުމަކަށް ވެސް ދޫކުރެވޭނީ މިނިސްޓްރީގެ މަށްވަރާއާއި ހުއްދަޔާއެކު، ބިމާބެހޭ ކަންކަން ބަލަހައްޓާ ސަރުކާރުގެ ވުޒާރާއަކުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23 (ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ އެކަމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ފަހުން ހަވާލުވާ ސަރުކާރުގެ ވުޒާރާއަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރު ކުރުން.

23 (ބ) "މިނިސްޓަރ" ކަމަށް ބުނެފައި އެ ވަނީ، މިނިސްޓަރ އޮފް ނޭށަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 69/2018)

 

ކޮންސޮލިޑޭޓް ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 69/2018) (ކޮންސޮލިޑޭޓެޑް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު