ޕާސްޕޯޓާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2017-83)
(މި ގަވާއިދުގެ 1ވަނަ މާއްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2012-17 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 1978-79 (ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާއާއ،ި ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އިން މޯލްޑިވްސް އިމިގްރޭށަނަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔަނީ "ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު" އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ނ) މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދު ނަންބަރު 2012-17 (ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު) އާއ،ި އެ ގަވާއިދަށް ގެނެވުނު އިސްލާހުތައް ބާތިލުވާނެއެވެ.
2 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު
(ހ) ދިވެހި ޕާސްޕޯޓަކީ ދައުލަތުގެ ވަރަށް މުހިންމު ރަސްމީ ލިޔުމެކެވެ. އެހެންކަމުން ޕާސްޕޯޓު ލިބޭ ކޮންމެ މީހަކުވެސް އެ ޕާސްޕޯޓު ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންގެ ޕާސްޕޯޓާއ،ި އަމިއްލަ ޕާސްޕޯޓު ނުބެލެހެއްޓޭ ފަރާތްތަކުގެ ޕާސްޕޯޓު ބެލެހެއްޓުމަކީ އެފަރާތްތަކުގެ މަންމ،ަ ބައްޕ،ަ ނުވަތަ ށަރުއީ ބަލަދުވެރިޔާގެ ޒިއްމާއެކެވެ.
(ށ) ދިވެހި ޕާސްޕޯޓަކީ ދިވެހިސަރުކާރުގެ މިލްކެކެވެ. މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއްގައ،ި ގާނޫނީގޮތުން ހުއްދަލިބިފައިވާ ފަރާތަކުން އެދިއްޖެނަމަ ޕާސްޕޯޓު އެފަރާތަކާ ހަވާލުކުރަންޖެހޭނެއެވެ.
(ނ) ކޮންމެ އުމުރެއްގެ ދިވެހިރައްޔިތަކަށްވެސް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނީ އެފަރާތަކަށް ދޫކޮށްފައިވާ ވަކި ޕާސްޕޯޓެއްގައެވެ.
(ރ) އެއްވެސް ބޭނުމަކަށް ސަރުކާރުގެ އިދާރާއަކަށް ނުވަތަ އެނޫންވެސް ތަނަކަށް ޕާސްޕޯޓު ހަވާލުކޮށްފިނަމ،ަ ޕާސްޕޯޓު އެފަރާތަކާއި ހަވާލުވިކަމުގެ ލިޔުމެއ،ް އެ ޕާސްޕޯޓުގެ ތަފްސީލު ހިމެނޭގޮތަށ،ް ޕާސްޕޯޓު ނިސްބަތްވާ ފަރާތަށް ދޭންޖެހޭނެއެވެ. އަދި މިފަދަ ލިޔުމެއް ހޯދުމަކީ ޕާސްޕޯޓު ނިސްބަތްވާ ފަރާތުގެވެސް ޒިއްމާއެކެވެ. މިގޮތުން ދެވޭ ލިޔުމުގައި ތިރީގައިވާ މައުލޫމާތު ހިމެނިފައި ހުންނަންވާނެއެވެ.
- ޕާސްޕޯޓު ނިސްބަތްވާ ފަރާތުގެ ނަން
- ޕާސްޕޯޓު ނަންބަރު
- ޕާސްޕޯޓު ހަވާލުކުރެވުނު ބޭނުން.
- ޕާސްޕޯޓު ހަވާލުކުރެވުނު ތާރީހު.
- ޕާސްޕޯޓާ ހަވާލުވި ފަރާތުގެ ނަން، ސޮއި އަދި ތައްގަނޑު.
3 ވަނަ މާއްދާ - އެއްޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރުން
(ހ) ކޮންމެ ދިވެހިރައްޔިތަކަށްވެސް ދޫކުރެވޭނީ އެއް ޕާސްޕޯޓެވެ.
(ށ) ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިށަލް ޕާސްޕޯޓު ލިބިފައިވާ ފަރާތްތަކަށ،ް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ނުވަތަ އޮފިށަލް ޕާސްޕޯޓެއް ދޫކުރެވޭނީ އެފަރާތެއްގެ އޯޑިނަރީ ޕާސްޕޯޓު މޯލްޑިވްސް އިމިގްރޭށަންގެ ބެލުމުގެ ދަށުގައި ބޭއްވުމަށްފަހުގައެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު އެއް ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު މިހާރު ދޫކޮށްފައިވާ ފަރާތްތައ،ް މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އޯޑިނަރީ ޕާސްޕޯޓު މޯލްޑިވްސް އިމިގްރޭށަނާ ހަވާލުކުރަންވާނެއެވެ.
(ރ) ވިޒާއަށް އެދި ޕާސްޕޯޓު އެހެން އިދާރާއަކާ ހަވާލުކޮށްފައިވާ ފަރާތެއް ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެ ހާލަތެއްގައި އެފަރާތަކަށް ދޫކުރެވޭނީ ދަތުރުކުރުމުގެ ވަގުތީ ލިޔުމެކެވެ.
(ބ) ޑިޕްލޮމެޓިކް ާޕސްޕޯޓާއި އޮފިށަލް ޕާސްޕޯޯޓު ދޫކޮށްފައިވާ ފަރާތްތަކުގެތެރެއިން ފަރާތަކަށް އެ ޕާސްޕޯޓު ބޭނުންކުރުމުގެ ހައިސިއްޔަތު ނެތިއްޖެނަމ،ަ މޯލްޑިވްސް އިމިގްރޭށަންގެ ބެލުމުގެ ދަށުގައިވާ އެ ފަރާތެއްގެ އޯޑިނަރީ ޕާސްޕޯޓު އެފަރާތަކުން އެދުމުން އަނބުރާ އެފަރާތަކާ ހަވާލުކުރަންވާނެއެވެ.
4 ވަނަ މާއްދާ - ޕާސްޕޯޓުގެ ބާވަތްތައް
(ހ) ދިވެހިރާއްޖޭގައި ބޭނުންކުރާ ޕާސްޕޯޓުތަކުގެ ތެރޭގައި ހިމެނެނީ 7 (ހަތެއް) ބާވަތެއްގެ ޕާސްޕޯޓެވެ. މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދެއްގައި "ޕާސްޕޯޓު" މާނަކުރެވެނީ ތިރީގައިވާ ހުރިހާ ބާވަތެއް ހިމެނޭ ގޮތަށެވެ.
- އޯޑިނަރީ ޕާސްޕޯޓު (އީ ޕާސްޕޯޓު)
- (ނޮން އީ ޕާސްޕޯޓު)
- އޮފިށަލް ޕާސްޕޯޓު (އީ ޕާސްޕޯޓު)
- ޑިޕްލެމެޓިކް ޕާސްޕޯޓު (އީ ޕާސްޕޯޓު)
- ޑިޕްލެމެޓިކް ޕާސްޕޯޓު (ނޮން އީ ޕާސްޕޯޓު)
- ދަތުރުކުރުމުގެ ވަގުތީ ލިޔުން (ޓެމްޕަރަރީ ޓްރެވެލް ޑޮކިއުމަންޓް)
- ސަރޓިފިކެޓް އޮފް އައިޑެންޓްޓީ
5 ވަނަ މާއްދާ - އޮޑިނަރީ ޕާސްޕޯޓު
(ހ) އޯޑިނަރީ ޕާސްޕޯޓަކީ ދިވެހިރައްޔިތުން ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެވެ. އޯޑިނަރީ ޕާސްޕޯޓުގެ 2 (ދޭއް) ވައްތަރެއް ދޫކުރަން ހަމަޖެހިފައިވެއެވެ. އެއީ 32 (ތިރީސް ދޭއް) ސަފުހާގެ ޕާސްޕޯޓާއ،ި 48 (ސާޅީސް އަށެއް) ސަފުހާގެ ޕާސްޕޯޓެވެ.
(ށ) އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ދޫކުރެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓެވެ.
- މީލާދީ ގޮތުން 10 (ދިހައެއް) އަހަރު ފުރިފައިވުން.
- ޕާސްޕޯޓާ ހަވާލުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވެވޭނެ ފަރާތެއް ކަމުގައިވުން. މިފަދަ މީހުންކަމުގައި ބެލެވޭނީ ތިރީގައިމިވާ މީހުންނެވ.ެ
(ހ) ހެލިފެލިވެ އުޅެވޭވަރުގެ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.
(ށ) ރާއްޖޭގައި ހުރި މީހެއްކަމުގައި ވުން.
(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް މީލާދީ ގޮތުން 70 (ހަތްދިހަ) އަހަރު ފުރިފައިވާ ފަރާތްތަކަށް ދޫކުރެވޭނީ އޯޑިނަރީ ނޮނ-ްއިލެކްޓްރޯނިކް ޕާސްޕޯޓެވެ.
(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތަކުނ،ް މަގްބޫލު އުޒުރަކާއެކު އެފަރާތުގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓަކަށް އެދިއްޖެ ހާލަތެއްގައި އެފަރާތަށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - އޮފިށަލް ޕާސްޕޯޓު
ވޮލިއުމް: 46 އަދަދު: 143 ދިވެހިސަރުކާރުގެ ގެޒެޓް
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
(ހ) އޮފިށަލް ޕާސްޕޯޓަކީ، ސަރުކާރުގެ ރަސްމީ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ. އޮފިށަލް ޕާސްޕޯޓު ދޫކުރެވޭނީ، ތިރީގައިވާ ފަރާތްތަކަށް އެފަރާތެއް ނިސްބަތްވާ ސަރުކާރުގެ އިދާރާއަކުން އެދުމުންނެވެ.
- ޑެޕިއުޓީ މިނިސްޓަރުންނާއި، އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސާ ފަރާތްތައް.
- ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް.
- ސިޓީ ކައުންސިލްތަކުގެ ރައީސުން.
- މޯލްޑިވްސް އިމިގްރޭށަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭށަން އޮފިސަރުން ފެށިގެން މަތީ މަގާމުގައި ތިބި މުވައްޒަފުން.
- ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ރަސްމީކަމަކާ ގުޅިގެން ދެ ގައުމެއްގެ ދެމެދުގައި ވާހަކަދެއްކުމަށް ފޮނުވާ ވަފުދެއްގެ މެންބަރުންގެ ތެރޭގައި ހިމެނޭ މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރަޖައިގައި ނުހިމެނޭ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީ ދަރަޖައިގެ ފަރާތްތައް.
- ރާއްޖޭގެ ކުޅިވަރު އެސޯސިއޭށަންތަކުގެ ރައީސުންނާއި ނައިބު ރައީސުން.
- ސިޓީ ކައުންސިލްތަކުގެ ރައީސުން ފިޔަވައި، ކައުންސިލްތަކުގައި ހިމެނޭ އެހެނިހެން މެންބަރުންނާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުން.
- ށަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ފަރާތްތައް.
- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެމްބެސެޑަރުން.
- ގާނޫނު ނަންބަރު 2013-05 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދައުރެއްގެ 4 (ހަތަރެއް) އަހަރުދުވަސް ފުރިހަމަކުރުމަށްފަހު މެންބަރުކަމުން ވަކިވެފައިވާ ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގެ 1، 2، 3، 4، 5، 6 އަދި 7 ގައި ހިމެނޭ ފަރާތްތަކުން އޮފިށަލް ޕާސްޕޯޓު ހެއްދުމަށް އެދި ފޯމު ހުށަހަޅާއިރު، ޕާސްޕޯޓަށް ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ޕާސްޕޯޓަށް އެދޭ ފަރާތުގެ މަގާމު އަދި މި މާއްދާގެ (ހ) ގެ 5 ގައި ހިމެނޭ ފަރާތެއްނަމަ، ކުރަން ގަސްތުކުރާ ދަތުރުގެ ތަފުސީލު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓު ހަވާލުކުރާނީ ޕާސްޕޯޓުގެ ވެރިފަރާތަށެވެ. އަދި މި މާއްދާގެ (ހ) ގެ 6،5 އަދި 7 ގައި ހިމެނޭ ފަރާތްތަކަށް ދޫކުރެވިފައިވާ ޕާސްޕޯޓު އޮންނަންވާނީ މޯލްޑިވްސް އިމިގްރޭށަންގެ ބެލުމުގެ ދަށުގައެވެ.
(ރ) މި މާއްދާގެ (ހ) ގެ 6،5 އަދި 7 ގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓު ބޭނުންކުރެވޭނީ ރަސްމީ ދަތުރުތަކުގައްޔާއި، އެފަރާތެއް ނިސްބަތްވާ މުއައްސަސާގެ ފަރާތުން ފޮނުވައިގެން ހިންގޭ ވާރކްށޮޕް ނުވަތަ ޓްރޭނިންގ ކޯސް ފަދަ ކަންތައްތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުގައި އެކަންޏެވެ. އޮފިށަލް ޕާސްޕޯޓު ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއް ނިސްބަތްވާ މުއައްސަސާއިން ދަތުރުގެ ތަފުސީލު ބަޔާންކޮށް ސިޓީއަކުން މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުން، އެފަރާތަކާ ޕާސްޕޯޓު ހަވާލުކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރަސްމީ ދަތުރު ނިންމާފައި ރާއްޖެއަށް އެނބުރި އައުމަށްފަހު، އޮފިށަލް ޕާސްޕޯޓު އިމިގްރޭށަނާ ހަވާލުކުރުމަށްފަހު އެފަރާތުގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު އިމިގްރޭށަނުން ހޯދަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ 1، 2، 3، 4، 5، 6 އަދި 7 ގައި ހިމެނޭ ފަރާތްތަކަށް ދޫކުރެވޭ އޮފިށަލް ޕާސްޕޯޓަކީ، އެފަރާތެއް އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ދޫކުރެވޭ އެއްޗަކަށްވާހިނދު، އެ ޕާސްޕޯޓު ބޭނުންކުރުން މަނާކުރުމާއި، އެ ޕާސްޕޯޓު ކެންސަލްކުރުމަށް އެދި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުގެ އިހްތިޔާރު އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ހ) ގެ 7،6،5،4،3،2،1 އަދި 7 ގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓު، ބޭނުން ނުވަތަ ހައިސިއްޔަތު ނެތިދިޔުމަށްފަހު ނުވަތަ މަގާމުން ވަކިވުމަށްފަހު، ނުވަތަ ދޫކުރެވިފައިވާ ބޭނުން ނިމުމަށްފަހު، އެ ޕާސްޕޯޓެއް ކެންސަލްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
(އ) މި މާއްދާގެ (ހ) ގެ 1، 2، 3، 4، 8، 9، އަދި 10 ގައިވާ ފަރާތްތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓު، ރަސްމީ ދަތުރުތަކާއި، އަމިއްލަ ދަތުރުތަކުގައި، ބޭނުން ކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ޑިޕްލޮމެޓިކް ޕާސްޕޯޓު
(ހ) ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އެންމެ މަތީ އިމްތިޔާޒު ލިބިގެންވާ ފަރާތްތައް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ.
(ށ) ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކުރެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.
- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެފަރާތްތަކުގެ އަނބިންނާއި، ފިރިން ބައްޕައާއި މަންމަ، ދަރިން، އެ ދަރިންގެ އަނބިންނާއި، ފިރިން.
- ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފަރާތްތަކާއި، ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިކަމުގެ ދަރަޖަ ދައުލަތުން ދީފައިވާ ފަރާތްތަކާއި، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވާފައިވާ އިއްޒަތްތެރިންނާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
- ގާނޫނު ނަންބަރު 2013-05 (ރައްޔިތުންގެ މަޖިލީހުގެ އިމްތިއާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކޮށްފައިވާ މީހުން.
- އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
- ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ މުށީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ ފަރާތްތަކާއި އެފަރާތްތަކުގެ އަނބިންނާއި ފިރިން.
- ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން 15 (ފަނަރަ) އަހަރަށްވުރެ ދިގުމުއްދަތަކަށް ކޮށްފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
- ސުޕްރީމް ކޯޓާއި، ހައި ކޯޓުގެ ފަނޑިޔާރުންނާއި، އަދި ސުޕްރީމް ކޯޓުގެ "ޖަސްޓިސް ރިޒައަނޑް" ލަގަބު ލިބިގެން ރިޓަޔަރ ކޮށްފައިވާ ފަނޑިޔާރުންނާއި އެފަރާތްތަކުގެ އަނބިންނާއި ފިރިން.
- ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭށަނާއި އެފަރާތުގެ އަނބިންނާއި ފިރިމީހާ.
- ޗީފް އޮފް ޑިފެންސް ފޯސް، ކޮމިށަނަރ އޮފް ޕޮލިސްއާއި، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސްއާއި، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއާއި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި އެފަރާތްތަކުގެ އަނބިންނާއި ފިރިން.
- މުސްތަގިއްލު ކޮމިށަންތަކުގެ ރައީސުންނާއި، ރައީސުންގެ އަނބިންނާއި ފިރިން.
- މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސާއި، ރައީސްގެ އަނބިންނާއި، ފިރިމީހާ.
- ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ މިށަންތަކުގެ ފަސްޓް ސެކެރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިންނާއި މިށަންތަކުގެ 2 ވަނަ އަދި 3 ވަނަ ސެކްރެޓަރީންނާއި އެޓާޗޭ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް (އަނބިންނަށާއި ފިރިންނަށް ދޫކުރާނީ އެ ފަރާތެއް މަސައްކަތްކުރާ ތަނެއްގައި އެ ފަރާތަކާއެކު ތިބޭގޮތަށް ހަމަޖެހިފައިވާ ފަރާތްތަކަށެވެ.)
- ބައިނަލްއަގްވާމީ ޖަމާއަތްތަކާއި، ސަރަހައްދީ ޖަމާއަތްތަކުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ، އަނބިންނާއި، ފިރިން.
- ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ، އަންޑަރ ސެކްރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެފަރާތްތަކުގެ އަނބިންނާއި ފިރިން އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުންނާއި އެފެންވަރުގެ ފަރާތްތަކުގެ އަނބިންނާއި ފިރިންނާއި ޕާމަނަންޓް ސެކެރެޓަރީއާއި ޗީފް އޮފް ޕްރޮޓޮކޯލް.
- ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި، އެފަރާތުގެ އަނބިން ނުވަތަ ފިރިމީހާ.
- މިނިވަން މުއައްސަސާތައްކަމުގައިވާ ނޭށަނަލް އިންޓެގްރިޓީ ކޮމިށަނާއި، އެންޓި-ކޮރަޕްށަން ކޮމިށަނާއި، ސިވިލް ސަރވިސް ކޮމިށަނާއި، އިލެކްށަން ކޮމިށަންގެ ނައިބު ރައީސުންނާއި، މޯލްޑިވްސް އިމިގްރޭށަންގެ ޑެޕިއުޓީ ކޮންޓްރޯލަރާއި އެފަރާތްތަކުގެ އަނބިންނާއި ފިރިން.
(ނ) ޑިޕްލޮމެޓިކް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.
- ރައީސުލްޖުމްހޫރިއްޔާގެ ދަރިންގެ ތެރެއިން އުމުރުން 10 (ދިހައެއް) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށް.
- ދިވެހިދައުލަތުގެ އެންމެ މަތީ އިމްތިޔާޒު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން ދުވަސްވެފައިވާ، ހެލިފެލިވެ އުޅެވޭވަރުގެ ސިއްހަތެއްގައި ނެތް މީހުން.
8 ވަނަ މާއްދާ - ދަތުރުކުރުމުގެ ވަގުތީ ލިޔުން (ޓެމްޕަރަރީ ޓްރެވެލް ޑޮކިއުމަންޓް)
(ހ) ދަތުރުކުރުމުގެ ވަގުތީ ލިޔުމަކީ، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެ ކޮންމެ ދިވެހިރައްޔިތަކަށް ކުރު މުއްދަތަކަށް ނޫނީ ކަނޑައެޅޭ ވަކި މުއްދަތަކަށް ސިންގަލް/ރިޓާން ޖާނީއަކަށް ދޫކުރެވޭ ލިއުމެކެވެ. މި ލިޔުން ދޫކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.
- އެއްވެސް ސަބަބަކާހުރެ ޕާސްޕޯޓެއް ދޫކުރަން ސަރުކާރަށް ނުފެންނަ މީހުންނަށް ކަނޑައެޅިގެން ވަކި ދަތުރެއް ކުރުމަށް ވަކި މުއްދަތަކަށް.
- އަވަސްގޮތެއްގައި ނުވަތަ ކުއްލި ހާލަތެއް ދިމާވެގެން ރާއްޖެއިން ބޭރަށް ދާންޖެހޭ މީހަކަށް ގަވާއިދުން ޕާސްޕޯޓެއް ހައްދާނެ މުއްދަތު ނެތުން ނުވަތަ މިފަދަ ހާލަތެއް ދިމާވާއިރު ޕާސްޕޯޓު އަތުޖެހޭ ހިސާބުގައި ނެތުން ނުވަތަ ޕާސްޕޯޓެއް ހެއްދުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަ ނުކުރެވޭފަދަ ހާލަތެއް މެދުވެރިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތެއް ނޫން ހާލަތްތަކުގައިވެސް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރަން ފެނިއްޖެނަމަ، އެފަދަ ލިޔުމެއް ދޫކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތްތަކުގައިވެސް، ކަމުގެ ބާވަތަށް ބަލައި ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫނުކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - ސަރޓިފިކެޓް އޮފް އައިޑެންޓިޓީ (ސީއައި)
(ހ) ސަރޓިފިކެޓް އޮފް އައިޑެންޓިޓީއަކީ، ރާއްޖެއިން ބޭރުގައި ދަތުރުކުރާ ދިވެހިރައްޔިތުންގެ ޕާސްޕޯޓަށް ދިމާވާ މައްސަލަތަކުގައްޔާއި، ޕާސްޕޯޓު ނެތް ހާލަތްތަކުގައި ރާއްޖެއަށް އެނބުރި އައުމަށް (އޮންލީ ރިޒާން ޖަރނީ) ދޫކުރާ ވަގުތީ ސަރޓިފިކެޓެކެވެ. މޯލްޑިވްސް އިމިގްރޭށަނުން ހުއްދަދޭ ފަރާތްތަކަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ދޫކުރާނީ ރާއްޖެއިން ބޭރުގައިވާ ފޮރިން މިށަންތަކުންނެވެ. މި ލިޔުން ދޫކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.
- ރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ ތެރެއިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދާފައިނުވާ ކުދިން ރާއްޖެއަށް ގެނައުމަށް؛
- ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ގެއްލިގެން ރާއްޖެއަށް އެނބުރި އައުމަށް؛
- ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ހަލާކުވެގެން ރާއްޖެއަށް އެނބުރި އައުމަށް؛ އަދި
- ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓުގައި ވިޒާ ޖެހުމަށް ފޮރިން މިށަނަކާ ހަވާލުކޮށްފައިވާ ހާލަތްތަކުގައި ރާއްޖެއަށް އެނބުރި އައުމަށް.
- މި މާއްދާގެ (ހ) ގެ 1، 2، 3، އަދި 4 ގައި ބަޔާންކުރާ ހާލަތްތައް ނޫން ހާލަތްތަކުގައި ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ދޫކުރުމަށް ފެނިއްޖެނަމަ، އެފަދަ ލިޔުމެއް ދޫކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ..
(ށ) ރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ ތެރެއިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދާފައިނުވާ ކުދިން ރާއްޖެއަށް ގެނައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށް މޯލްޑިވްސް އިމިގްރޭށަންގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ދިވެހިރާއްޖެއިން ބޭރުގައި ހުރި ފޮރިން މިށަންތަކަށް އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ހުދު ބެކްގްރައުންޑެއް ހުރި، ނަގާފައިވާތާ (އެކެއް) 1 މަސްދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ (އެކެއް) 1 ގަނޑު ފޮޓޯ؛
- އުފަންދުވަހުގެ ސެޓުފިކެޓު؛
- އުފަންދުވަހުގެ ސެޓްފިކެޓު ނެތް ހާލަތެއްގައި، ފޫޅުމާ ފޯމު؛
- ކުއްޖާގެ މަންމައާއި ބައްޕަގެ ކައިވެނީގެ ސެޓްފިކެޓު؛ އަދި
- ބެލެނިވެރިންގެ ޕާސްޕޯޓުގެ ޑާޓާ ޕޭޖުގެ ކޮޕީ
(ނ) ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ގެއްލިއްޖެ ހާލަތެއްގައި، އެ މީހަކު ރާއްޖެއަށް އެނބުރި އައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށްޓަކައި މޯލްޑިވްސް އިމިގްރޭށަންގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ފޮރިން މިށަންތަކަށް އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ހުދު ބެކްގްރައުންޑެއް ހުރި، ނަގާފައިވާތާ (އެކެއް) 1 މަސްދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ (އެކެއް) 1 ގަނޑު ފޮޓޯ؛
- ޕާސްޕޯޓު ގެއްލުނު ކަމުގެ ވެރިފައި ކުރެވިފައިވާ ޕޮލިސް ރިޕޯޓު (އިނގިރޭސި ބަހުން ނުވަތަ ދިވެހި ބަހުން) އަދި؛
- ޕާސްޕޯޓުގެ ޑާޓާ ޕޭޖުގެ ކޮޕީ (ލިބެން އޮންނަމަ)
(ރ) ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ހަލާކުވެފައިވާ ހާލަތުގައި ރާއްޖެއަށް އެނބުރި އައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށް މޯލްޑިވްސް އިމިގްރޭށަންގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ފޮރިން މިށަންތަކަށް އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ހުދު ބެކްގްރައުންޑެއްގައި ހުރި، ނަގާފައިވާ ޕާސްޕޯޓް ސައިޒުގެ 1 (އެކެއް) މަސްދުވަސް ހަމަނުވާ ގަނޑު ފޮޓޯ:
- ޕާސްޕޯޓު ހަލާކުވާން މެދުވެރިވި ސަބަބު ތަފުސީލުކޮށް ބަޔާންކޮށްފައިވާ ޕާސްޕޯޓުގެ ވެރިފަރާތުގެ ސިޓީ އަދި
- ހަލާކުވެފައިވާ ޕާސްޕޯޓުގެ ކޮޕީ (ހަލާކުވެފައިވާ ސަފުހާތައް ހިމެނޭ ގޮތަށް)
(ބ) ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ވިޒާ ޖެހުމަށް ފޮރިން މިށަންތަކަށް ޕާސްޕޯޓު ހަވާލުކުރަންޖެހޭ ހާލަތެއްގައި، އެ މީހަކު ރާއްޖެއަށް އެނބުރި އައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށް މޯލްޑިވްސް އިމިގްރޭށަންގ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ފޮރިން މިށަންތަކަށް އަންނަނިވި ލިއެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ހުދު ބެކްގްރައުންޑެއްގައި ހުރި، ނަގާފައިވާ 1 (އެކެއް) މަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ 1 ގަނޑު ފޮޓޯ:
- ޕާސްޕޯޓުގައި ވީޒާ ޖެހުމަށް ހަވާލުކުރިކަމުގެ ލިޔުމެއް (ބަލައިގަތް ކަމުގެ ރަސީދު)
10 ވަނަ މާއްދާ - ޕާސްޕޯޓުގެ މުއްދަތާއި، ޕާސްޕޯޓުގައި ދެވޭނެ ގައުމުތައް ކަނޑައެޅުން
(ހ) ޕާސްޕޯޓެއް ދޫކުރާއިރު އެ ޕާސްޕޯޓުގައި، ވަކި ގައުމުތަކަކަށް ދިޔުމަށް ހުއްދަ ނުކުރުމާއި ޕާސްޕޯޓު ޕާސްޕޯޓުގެ މުއްދަތާއި، ބޭނުންކުރެވޭނެ މުއްދަތު (ވެލިޑިޓީ) ކުޑަކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ގައުމުތައް ކަނޑައެޅުން ލިބިގެންވެއެވެ.
- އޯޑިނަރީ ޕާސްޕޯޓާއި، އޮފިށަލް ޕާސްޕޯޓު އަދި ޑިޕްލޮމެޓިކް ޕާސްޕޯޓުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ. 5 (ފަހެއް) އަހަރު ހަމަވުމަށްފަހު، އެ ޕާސްޕޯޓުގެ ބޭނުމެއް ނުކުރެވޭނެއެވެ.
- ދަތުރުކުރުމުގެ ވަގުތީ ލިޔުމުގެ އެންމެ ދިގު މުއްދަތަކީ 1 (އެކެއް) އަހަރުދުވަހެވެ. އަދި މި ލިޔުން ބޭނުންކުރެވޭނީ އެންމެ ދަތުރަކަށެވެ. ދަތުރު ނިންމާފައި އެނބުރި ރާއްޖެއަށް އައުމުން މި ލިޔުން ކެންސަލްވާނެއެވެ.
11 ވަނަ މާއްދާ - ޕާސްޕޯޓަށް އެދޭ ފޯމު ބަލައިގަތުމާއި، ޕާސްޕޯޓު ދޫކުރުން
(ހ) ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފޯމު އިމިގްރޭށަނުން ބަލައިގަންނަން ފަށާނީ، އެއިރެއްގައި ޕާސްޕޯޓަށް އެދޭ ފޯމު ހަމަޖެހިފައިވާ އުސޫލަކާ އެއްގޮތަށް، ކަނޑައެޅިފައިވާ ވަގުތުތަކުގައި، ކަނޑައެޅިފައިވާ ތަންތަނުންނެވެ. ބަލައިގަތުމާއި، ޕާސްޕޯޓު ފޯމު ބަލައިގަތުމަށްފަހު ދޫކުރެވޭ ރަސީދުގައި ޕާސްޕޯޓު ބަލައި އަންނަވީ ތާރީހާއި ގަޑި ބަޔާންކޮށްފައި ދޫކުރުން އޮންނަންވާނެއެވެ.
(ށ) ޕާސްޕޯޓު ހަދައިދެވޭނީ ރަސްމީ، ބަންދު ނޫން ކޮންމެ، ދުވަހެއްގެ ރަސްމީ، ގަޑީގައެވެ. މިނޫން ވަގުތެއްގައި ޕާސްޕޯޓު ހަދައިދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ. މިފަދަ ހާލަތްތަކުގައި ޕާސްޕޯޓް ހަދައިދެވޭނީ، އެ މީހަކު ދަތުރުކުރުމަށް، ހަމަޖެހިފައިވާ ބޯޓު ފުރުމުގެ މަދުވެގެން 4 (ހަތަރެއް) ގަޑިއިރު ކުރިން މޯލްޑިވްސް އިމިގްރޭށަނުގައި، އެދުމުންނެވެ. އަދި، މިފަދަ ހާލަތްތަކުގައި، ފުރަން ގަސްތުކުރާ ބޯޓުން ޖާގަ ލިބިފައިވާކަން ޔަގީންކޮށްދިނުމަށްޓަކައި، "ރިޒަރވޭށަން ކޮންފަރމޭށަން" ސްލިޕެއް ހުށަހަޅަންޖެހޭނެއެވެ.
- ރާއްޖެއިން ބޭރަށްގޮސް ފަރުވާ ނުހޯދައިފިނަމަ ފުރާނައަށް، ނުރައްކާވެދާނެކަމަށް ނުވަތަ ހަށިގަނޑުގެ ގުނަވަނެއް ބޭނުން ނުކުރެވިދާނެކަމަށް، ބަޔާންކޮށްފައިވާ ޑޮކްޓަރ ސެޓްފިކެޓެއް އޮތުން.
12 ވަނަ މާއްދާ - ޕާސްޕޯޓު ހެއްދުން
(ހ) ޕާސްޕޯޓު ހެއްދުމަކީ، އެ މީހެއްގެ އަމިއްލަ، ޒިއްމާއަކަށްވާ ހިނދު ދުރާލައި ޕާސްޕޯޓު ހެއްދުމަށް ހާއްސަ ސަމާލުކަން ދޭންޖެހޭނެއެވެ.
(ށ) ދިވެހި ޕާސްޕޯޓެއް ބޭނުންވާ މީހާ "ދިވެހި ޕާސްޕޯޓަށް އެދޭ ފޯމު" އެޕްލިކޭށަން ފޯމު ނަމްބަރު IM01 ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް އިމިގްރޭށަނަށް ނުވަތަ ޕާސްޕޯޓަށް އެދޭ ފޯމު ބަލައިގަތުމުގެ ހުއްދަ ދީފައިވާ ފަރާތަކަށް ހުށަހެޅުމުން ޕާސްޕޯޓެއް ހަދައިދެވޭނެއެވެ.
(ނ) ޕާސްޕޯޓަށް އެދޭ ފޯމު ފުރިހަމަވީކަމުގައި ބެލެވޭނީ ފޯމާއެކު ހުށަހަޅަންޖެހޭ ތިރީގައިވާ ތަކެތި، ހުށަހެޅުމުންނެވެ.
- މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު،
- 10 ރ (ދިހަ ރުފިޔާ) ގެ ރެވެނިއު ސްޓޭމްޕް.
- ނެގިފަހުން 1 (އެކެއް) މަސްދުވަސް ނުވާ ޕާސްޕޯޓު ސައިޒުގެ 1 (އެކެއް) ގަނޑު ފޮޓޯ. މިގޮތުން ހުށަހަޅާ ފޮޓޯއަކީ މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅާފައިވާ ޕާސްޕޯޓު ފޮޓޯގެ މިންގަނޑުތަކާ އެއްގޮތަށް ނަގާފައިވާ ފޮޓޯއަކަށް ވާންޖެހޭނެއެވެ. (ފޮޓޯގެ މިންގަނޑާބެހޭ މައުލޫމާތު ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު، IM 01 ގައްޔާއި އިމިގްރޭށަންގެ ވެބްސައިޓް (www.immigration.gov.mv) އިން ލިބެން ހުންނާނެއެވެ.)
- ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ފީ.
(ރ) ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާ ފޯމުގައި، ދޮގު މައުލޫމާތު ދީފައިވާނަމަ އެ ފޯމެއް ބާތިލުކުރެވޭނެއެވެ. އަދި އެފަދައިން ކަންތައްކުރި ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.
(ބ) ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އަދި ޕާސްޕޯޓު ދޫކުރެވޭއިރު އެ މީހެއްގެ އައިޑެންޓިޓީ އޮޅުންފިލުވުމަށް ކުރެވޭ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދޭންޖެހޭނެއެވެ. މިގޮތުން ސުވާލު ކުރެވޭއިރު ފުރިހަމަ އެއްބާރުލުން ނުދީފިނަމަ، އެ ވަގުތު އެ ފޯމު ބަލައިގަތުމުގެ ނުވަތަ އެ ޕާސްޕޯޓު ދޫނުކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
(ޅ) ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 10 (ދިހައެއް) އަހަރު ނުފުރޭ ކުދިން ޕާސްޕޯޓުގައިވާ ފޮޓޯ ބަދަލުކުރަންޖެހިގެން ޕާސްޕޯޓު އާކުރާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެންސަލޭށަން ފީ ނުނަގައި އާ ޕާސްޕޯޓެއް ހަދައިދެވޭނެއެވެ.
(ކ) ޕާސްޕޯޓުގެ ގަނޑު ހުސްވެގެން އާ ޕާސްޕޯޓަކަށް އެދި ހުށަހަޅައިފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެންސަލޭށަން ފީ ނުނަގައި އާ ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. ޕާސްޕޯޓުގެ ގަނޑު ހުސްވިކަމުގައި ބެލެވޭނީ ބޭނުން ނުކޮށް ގިނަވެގެން 4 (ހަތަރެއް) ސަފުހާ އޮތްނަމައެވެ.
(އ) ޕާސްޕޯޓާއި ދަތުރުކުރުމުގެ ވަގުތީ ލިޔުމުގެ އަގުތައް ތިރީގައި މިވަނީއެވެ.
- އޯޑިނަރީ ޕާސްޕޯޓު (32 ސަފުހާ) 1000 (އެއްހާސް ރުފިޔާ)
- އޯޑިނަރީ ޕާސްޕޯޓު (48 ސަފުހާ) 1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ)
- އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު (32 ސަފުހާ) 600 (ހަސަތޭކަ ރުފިޔާ)
- އޮފިށަލް ޕާސްޕޯޓު (48 ސަފުހާ) 750 (ހަތްސަތޭކަ ފަންސާސް ރުފިޔާ)
- ޑިޕްލޮމެޓިކް ޕާސްޕޯޓު (48 ސަފުހާ) 1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ)
- ޑިޕްލޮމެޓިކް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު (32 ސަފުހާ) 1200 (އެއްހާސް ދުއިސައްތަ ރުފިޔާ)
- ސަރޓިފިކެޓް އޮފް އައިޑެންޓިޓީ 100 (ސަތޭކަ ރުފިޔާ)
- ދަތުރުކުރުމުގެ ވަގުތީ ލިޔުން 250 (ދުއިސައްތަ ފަންސާސް ރުފިޔާ)
(ވ) ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގެ މުއްދަތު 8 (އަށެއް) މަސްދުވަހަށްވުރެ އިތުރުނަމަ މުއްދަތު ހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100 (ސަތޭކަ ރުފިޔާ) ކެންސަލޭށަން ފީގެ ގޮތުގައި ދައްކަންޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތީ 8 (އަށެއް) މަސްދުވަހަށްވުރެ ކުރު މުއްދަތެއްނަމަ، ކެންސަލޭށަން ފީ ދައްކާކަށެއް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސް ގުނާނީ، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހަޅާ ދުވަހުން ފެށިގެންނެވެ. ޕާސްޕޯޓު ކެންސަލޭށަން ފީ ނެގުމަށް އަހަރު ގުނާނީ، އަހަރެއް ނުވަތަ އަހަރެއްގެ ބައެއް ނުވަތަ އެންމެ ދުވަހެއް ކަމުގައިވިއަސް އަހަރެއްގެ ގޮތުގައެވެ.
13 ވަނަ މާއްދާ - ޕާސްޕޯޓު ހަވާލުކުރުން
(ހ) އީ ޕާސްޕޯޓު ހަވާލުކުރެވޭނީ އެ ޕާސްޕޯޓު ނިސްބަތްވާ ފަރާތަށެވެ.
(ށ) މަގުބޫލު އުޒުރެއް މެދުވެރިވެގެން މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވެވެންނެތް ފަރާތްތަކުގެ ޕާސްޕޯޓާ ހަވާލުވާން އަންނަ ފަރާތްތަކާ ޕާސްޕޯޓު ހަވާލުކުރެވޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވުމުންނެވެ.
- ޕާސްޕޯޓާ ހަވާލުވާން އަންނަ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އޮތުން.
- ޕާސްޕޯޓު އެ މީހަކާ ހަވާލު ކޮށްދިނުމަށް އެދި، ޕާސްޕޯޓު ނިސްބަތްވާ ފަރާތުގެ ސިޓީ އަދި މި ސިޓީގައި އެ މީހަކު ޕާސްޕޯޓާ ހަވާލުވުމަށް ހާޒިރުވެވެންނެތް ސަބަބު ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ.
- ބަލިހާލު ހުރިގޮތުން ސިޓީއެއް ފޮނުވެންނެތް ފަރާތްތަކުގެ ޕާސްޕޯޓު ހަވާލުކުރެވޭނީ އެ މީހެއްގެ ށަރުއީ ބަލަދުވެރިޔާއަށެވެ. ށަރުއީ ބަލަދުވެރިއެއްކަން ސާބިތުކޮށްދިނުމަކީ އެ މީހެއްގެ ކަމެކެވެ.
14 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އާކުރުން
(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ހުންނަ ގައުމުތަކުގައި މިށަން މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅިދާނެއެވެ.
(ށ) ރާއްޖެއިން ބޭރުގައި ހުރެގެން، ޕާސްޕޯޓު އާކުރަން އެދޭނަމަ، އާންމުކޮށް ޕާސްޕޯޓު އާކުރާ އުސޫލުން މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް (ފޮޓޯއާއި މައުލޫމާތު އެކުލެވިފައިވާ ސަފުހާ) ގެ ކޮޕީއަކާއެކު ޕާސްޕޯޓަށް އެދޭ ފޯމު ހުށަހެޅުމުން، ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމުގައި، ޕާސްޕޯޓަށް އެދި ހުށަހަޅާ މީހާގެ ސޮއިގެ އަސްލު ނުވަތަ އިނގިލީގެ ނިށާން އޮންނަން ޖެހޭނެއެވެ.
(ނ) ޕާސްޕޯޓަށް އެދޭ ފޯމު ހުށަހަޅާއިރު އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓު ހުށަހެޅެން ނެތްނަމަ، ޕާސްޕޯޓާ ހަވާލުވާތާ 1 (އެކެއް) މަސްދުވަހުގެތެރޭގައި ކުރިން ބޭނުންކުރި ޕާސްޕޯޓު ކެންސަލްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅާނެކަމަށް އިގްރާރުވެ ޕާސްޕޯޓަށް އެދޭ ފޯމާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި މި ސިޓީގައި ޕާސްޕޯޓާ ހަވާލުވާން ހާޒިރުވާނެ ފަރާތުގެ ނަމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ.
15 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުން
ށަރުއީ ކޯޓެއްގެ ހުކުމަކާ ނުވަތަ އަމުރަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓަން ޖެހިއްޖެނަމަ، އެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - ޕާސްޕޯޓު ގެއްލުން
(ހ) ޕާސްޕޯޓު ގެއްލިއްޖެނަމަ ނުވަތަ ވަގަށްނަގައިފިނަމަ، ލަސްނުކޮށް މޯލްޑިވްސް އިމިގްރޭށަނަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އަދި، ރާއްޖެއިން ބޭރުގައިނަމަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނަށް ހުށަހެޅުމުގެ އިތުރުން އެ ގައުމެއްގައި އެންމެ ކައިރީގައިހުރި ފުލުހުންގެ އޮފީހަށް އަންގަން ޖެހޭނެއެވެ.
(ށ) ޕާސްޕޯޓު ގެއްލިޖެނަމަ ޕާސްޕޯޓު ހަދައިދެވޭނީ، ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިއާޔަތްކޮށް އެފަރާތުގެ އިހުމާލު އޮތްކަމަށް ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބުމުންނެވެ. އަދި ޕާސްޕޯޓު ގެއްލުނީ އިހުމާލުންނަމަ، އާ ޕާސްޕޯޓެއް ހަދައިދެވޭނީ، ތިރީގައި މިދަންނަވާ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު، އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ.
- އޯޑިނަރީ ޕާސްޕޯޓު (32 ސަފުހާ)
(ހ) ފުރަތަމަ ފަހަރު 5000 (ފަސް ހާސް ރުފިޔާ)
(ށ) ދެވަނަ ފަހަރު 10000 (ދިހަ ހާސް ރުފިޔާ)
(ނ) ތިންވަނަ ފަހަރު 20000 (ވިހި ހާސް ރުފިޔާ) - އޯޑިނަރީ ޕާސްޕޯޓު (48 ސަފުހާ)
(ހ) ފުރަތަމަ ފަހަރު 7000 (ހަތް ހާސް ރުފިޔާ)
(ށ) ދެވަނަ ފަހަރު 14000 (ސާދަ ހާސް ރުފިޔާ)
(ނ) ތިންވަނަ ފަހަރު 25000 (ފަންސަވީސް ހާސް ރުފިޔާ) - ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު (އާދައިގެ ޕާސްޕޯޓު)
(ހ) ފުރަތަމަ ފަހަރު 2500 (ދެހާސް ފަސް ސަތޭކަ ރުފިޔާ)
(ށ) ދެވަނަ ފަހަރު 5000 (ފަސް ހާސް ރުފިޔާ)
(ނ) ތިންވަނަ ފަހަރު 10000 (ދިހަ ހާސް ރުފިޔާ)
(ނ) ރެސިޑެންސް ވީޒާ ލިބިގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކާއި، 6 (ހައެއް) މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ކޯހެއްގައި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ ޕާސްޕޯޓު ގެއްލިއްޖެނަމަ އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓު ގެއްލުނުއިރު އެފަރާތެއް އުޅެމުންދާ ގައުމެއްގެ ޕޮލިސް ރިޕޯޓު (އިގިރޭސި ބަހުން ތަރުޖަމާ ހިމެނޭގޮތަށް) ޕާސްޕޯޓަށް އެދޭ ފޯމާއެކު، ހުށަހެޅުމުންނެވެ. މިގޮތަށް ހުށަހަޅާ ޕޮލިސް ރިޕޯޓަށް ބެލުމަށްފަހު، ޕާސްޕޯޓު ހަދައިދެވޭނީ މި މާއްދާގެ (ހ) ގެ 1 ވަނަ ނުވަތަ 2 ވަނަ ނުވަތަ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަކުން ޖޫރިމަނާކުރުމަށްފަހު، އެ ޖޫރިމަނާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، ދައްކަންވާނީ ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާއިރުއެވެ. ރެސިޑެންސް ވީޒާ ފިޔަވައި އެހެން ވީޒާއެއްގައި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތެއްގެ ޕާސްޕޯޓު ގެއްލިއްޖެނަމަ، އެފަރާތެއް، ރާއްޖެއަށް އައުމަށް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރެވޭނެއެވެ.
(ރ) ރާއްޖެއިން ބޭރުގައި ވަނިކޮށް، އެއްފަހަރަށްވުރެ ގިނަ ފަހަރު ޕާސްޕޯޓު ގެއްލިއްޖެނަމަ، ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތް ރާއްޖެއަށް އައިސްގެން، މެނުވީ ޕާސްޕޯޓު އާކުރުމުގެ ކަންތައް ކުރިޔަށް ގެންގޮސް ނުދިނުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. މިގޮތުން ރާއްޖެއަށް އަންނަން ޖެހިއްޖެނަމަ، ރާއްޖެއަށް އައުމަށްޓަކައި ދޫކުރެވޭނީ ދަތުރުކުރުމުގެ ވަގުތީ ލިޔުމެކެވެ.
(ބ) ޕާސްޕޯޓު ގެއްލިގެން ރިޕޯޓުކުރާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވާތާ 1 (އެކެއް) އަހަރުދުވަސް ފަހުން، ގެއްލިގެން ރިޕޯޓުކޮށްފައިވާނަމަ، ޖޫރިމަނާގެ ފައިސާ ނުނަގައި، ޕާސްޕޯޓު އައުކޮށްދެވޭނެއެވެ.
17 ވަނަ މާއްދާ - ޕާސްޕޯޓު ހަލާކުވުން
(ހ) ޕާސްޕޯޓު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ، އަލުން ޕާސްޕޯޓު ހަދައިދޭނީ، ޕާސްޕޯޓު ހަލާކުވާން ދިމާވި ސަބަބު ބަޔާންކޮށް ސިޓީއަކާއި، ހަލާކުވި ޕާސްޕޯޓު، ފޯމާއެކު، ހުށަހެޅުމުންނެވެ.
(ށ) ޕާސްޕޯޓު ހަލާކުވެގެން އަލުން ޕާސްޕޯޓު ހައްދާއިރު، އެންމެ ފަހުން ބޭނުންކުރި ޕާސްޕޯޓުގައި އޮތް ބާކީ މުއްދަތު 8 (އަށެއް) މަސްދުވަހަށް ވުރެ އިތުރުނަމަ، މުއްދަތު ހަމަވާން އޮތް ކޮންމެ އަހަރަކަށް ކެންސަލޭށަން ފީ ގޮތުގައި 100 (ސަތޭކަ ރުފިޔާ) ދައްކަންޖެހޭނެއެވެ. 8 (އަށެއް) މަހަށްވުރެ މުއްދަތު ކުރުނަމަ، ކެންސެލޭށަން ފީ ދައްކާކަށް ނުޖެހޭނެއެވެ.
(ނ) ޕާސްޕޯޓު ހަލާކުވީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް، މޯލްޑިވްސް އިމިގްރޭށަނުން ނިންމައިފިނަމަ އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓު ހަލާކުވާން ދިމާވި ސަބަބާއި ކަމުގެ ބާވަތަށް ބަލައި، ތިރީގައި މިދަންނަވާ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު އެ ފައިސާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކަންވާނީ، ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ.
- އޯޑިނަރީ ޕާސްޕޯޓު (32 ސަފުހާ)
(ހ) ފުރަތަމަ ފަހަރު 5000 (ފަސް ހާސް ރުފިޔާ)
(ށ) ދެވަނަ ފަހަރު 10000 (ދިހަ ހާސް ރުފިޔާ)
(ނ) ތިންވަނަ ފަހަރު 20000 (ވިހި ހާސް ރުފިޔާ) - އޯޑިނަރީ ޕާސްޕޯޓު (48 ސަފުހާ)
(ހ) ފުރަތަމަ ފަހަރު 7000 (ހަތް ހާސް ރުފިޔާ)
(ށ) ދެވަނަ ފަހަރު 14000 (ސާދަ ހާސް ރުފިޔާ)
(ނ) ތިންވަނަ ފަހަރު 25000 (ފަންސަވީސް ހާސް ރުފިޔާ) - ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު (އާދައިގެ ޕާސްޕޯޓު)
(ހ) ފުރަތަމަ ފަހަރު 2500 (ދެހާސް ފަސް ސަތޭކަ ރުފިޔާ)
(ށ) ދެވަނަ ފަހަރު 5000 (ފަސް ހާސް ރުފިޔާ)
(ނ) ތިންވަނަ ފަހަރު 10000 (ދިހަ ހާސް ރުފިޔާ)
18 ވަނަ މާއްދާ - ކުރުން މަނާ ކަންތަންތައް
(ހ) ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުން، ނުވަތަ އެނޫންވެސް ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.
- ޕާސްޕޯޓުގައި ތައްގަނޑުޖަހައި، އޭގައި ހާއްސަ ބަޔާންތައް ލިޔުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން ޕާސްޕޯޓުގައި އެއްވެސް ތައްގަނޑެއް ނުވަތަ ލިޔުމެއް ލިޔުން. ކުއްލި ހާލަތްތަކުގައި ގުޅަންވީ ފަރާތުގެ މައުލޫމާތު ފުރިހަމަކުރުމަށް، ޕާސްޕޯޓުގައި ހާއްސަކުރެވިފައިވާ ބައިގައި، ފަންސުރަކުން، މައުލޫމާތު ފުރިހަމަކުރުމާއި އިސްލާހުކުރުން މި މާއްދާ މަނައެއްނުކުރެއެވެ.
- އެއްވެސް ބޭނުމަކަށް ޕާސްޕޯޓު ރަހުނުކުރުން.
- ގަސްތުގައި ޕާސްޕޯޓަށް ގެއްލުންދިނުން.
- ޕާސްޕޯޓު ވިއްކާލުން ނުވަތަ ވިއްކާލަން މަސައްކަތްކުރުން.
- ޕާސްޕޯޓު ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ޕާސްޕޯޓު ބޭނުންކުރުން.
- ގާނޫނީގޮތުން ބާރުލިބިފައިނުވާ ފަރާތަކުން، އެހެން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުން.
- ޕާސްޕޯޓަށް އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނައުން.
- ޕާސްޕޯޓާ އެއްގޮތް (ކައުންޓަރފީޓް) ޑޮކިއުމަންޓެއް އުފައްދައި، އޭގެ ރަސްމީ ބޭނުންކުރުން
(ށ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފިނަމަ ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅޭނެއެވެ.
19 ވަނަ މާއްދާ - ޕާސްޕޯޓު ކެންސަލްކުރުން
(ހ) ޕާސްޕޯޓު ހައްދާފައިވާ މީހަކު މަރުވެއްޖެނަމަ، އެ މީހެއްގެ ބަލަދުވެރިން އެ މީހެއްގެ ޕާސްޕޯޓު ކެންސަލް ކުރުމަށްޓަކައި 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ށ) އެކަށީގެންވާ ސަބަބައެއް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް ޕާސްޕޯޓު ކެންސަލް ކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. ޕާސްޕޯޓު ކެންސަލް ކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.
- ށަރުއީ ކޯޓަކުން ފޮނުވާ އަމުރަކާ ގުޅިގެން އެ އަމުރެއްގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓު.
- އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެ މީހެއްގެ ސަބަބުން ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް ފޯރާފާނެކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓު.
- އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެހެނިހެން ގައުމުތަކުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާކަމަށް ށައްކުކުރެވޭ މީހުންގެ ޕާސްޕޯޓު.
- ދައުލަތުގެ އިސް މަގާމު ފުރުއްވުމަށްފަހު މަގާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިށަލް ޕާސްޕޯޓު އަދި ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓު.
- ޕާސްޕޯޓު ހެއްދުމަށްފަހު ބަލައިނާންނާތީ 6 (ހައެއް) މަސްދުވަހަށްވުރެ ގިނަ ދުވަހު މޯލްޑިވްސް އިމިގްރޭށަނުގައި ބެހެއްޓިފައިވާ ޕާސްޕޯޓު.
20 ވަނަ މާއްދާ - ޕާސްޕޯޓު ކެންސަލް ކުރެވޭނެ މުއްދަތު
ޕާސްޕޯޓު ކެންސަލް ކުރެވޭނެ މުއްދަތު ކަނޑައަޅާނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނެވެ.
21 ވަނަ މާއްދާ - ކެންސަލް ކުރެވޭނެ ގޮތް
(ހ) ޕާސްޕޯޓު ކެންސަލްކުރުމަށް އެދޭ ފަރާތަކީ ދިވެހިރާއްޖޭގައި ހުރި މީހެއްނަމަ އެ ފަރާތުގެ ޕާސްޕޯޓު ކެންސަލް ކުރުމަށްފަހު އެކަން ފޯނުން އެ ފަރާތަށް އެންގުމަށްފަހު، ޕާސްޕޯޓު ކެންސަލް ކޮށްފައިވާކަން ލިޔުމުން އެފަރާތަށް އަންގަންވާނެއެވެ.
(ށ) ރާއްޖެއިން ބޭރުގައިވާ މީހެއްނަމަ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީއަށް ނުވަތަ ކޮންސިއުލޭޓަށް ޕާސްޕޯޓު ކެންސަލްކުރިކަން ލިޔުމުން އަންގަންވާނެއެވެ.
(ނ) ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ނެތް ގައުމެއްނަމަ އެ ގައުމެއްގެ ފޮރިން މިނިސްޓްރީއަށް ޕާސްޕޯޓު ކެންސަލް ކުރިކަން ލިއުމުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އަދި (ނ) ގައިވާ ފަދައިން ޕާސްޕޯޓު ކެންސަލްކުރިކަން ވެރިފަރާތަށް އެންގުމަށްފަހު، އެކަން މޯލްޑިވްސް އިމިގްރޭށަނަށް ލިޔުމަކުން އަންގަންވާނެއެވެ.
22 ވަނަ މާއްދާ - މުއްދަތު ހަމަވުން
ޕާސްޕޯޓެއް ކެންސަލް ކުރެވިފައިވާ މުއްދަތު ހަމަވުމުން، އެ މީހަކު ޕާސްޕޯޓަށް އެދި ހުށަހެޅުމުން ޕާސްޕޯޓު އަލުން ހަދައި ދެވޭނެއެވެ.
23 ވަނަ މާއްދާ - މާނަ
މި ގަވާއިދުގައި، އެހެން ގޮތަކަށް ބުނެފައިނުވާހައި ހިނދަކު:
(ހ) "ކެންސަލް" ކަމަށް ބުނެފައި އެވަނީ، ޕާސްޕޯޓު ބާތިލު ކުރުމަށެވެ.
(ށ) "ބަނދަރު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލެވިފައިވާ އަދި އިމިގްރޭށަންގެ ހިދުމަތް ގާއިމުކުރެވިފައިވާ ބަނދަރުތަކެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ޕާސްޕޯޓާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2017-83)
ކިޔުންތެރިންގެ ހިޔާލު