-

މައާފުފިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-37) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2017-36)

(މި ގަވާއިދުގެ 4 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2016-101 އުވާލެވިފައި)

 

މިއީ ގަވާއިދު ނަންބަރު 2016-37  (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އަންނަނި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ބާވަތުގެ ކުށްކުށުގެ އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މި ގަވާއިދުގެ ދަށުން އެކުލަވައިލާންވާނެއެވެ. އަދި ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) އާއި މި ގަވާއިދާ ހިލާފު ނުވާނެގޮތުގެ މަތިން، އެ އުސޫލު ތަންފީޛުކޮށް ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ނ) އާއި (ރ) އިތުރުކުރުން.

(ނ) މި މާއްދާގެ (ށ) ގައިވާ އަސާސީ މިންގަނޑު އެހެން އޮތްނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ މީހަކު އަމިއްލައަށް އެދިގެން ފަރުވާ ފުރިހަމަކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެމީހެއްގެ މައްޗަށް ޑްރަގް ކޯޓުގައި ދައުވާ އުފުލި، ޑްރަގް ކޯޓުން އެ މީހެއްގެ މައްޗަށް ކުރާ ރިހެބިލިޓޭށަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަކުރުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ މައްޗަށް އުފުލާފައިވ،ާ އަދި އުފުލަންޖެހިފައިވާ އެހެނިހެން ޖިނާއީ ކުށްކުށުގެ ދައުވާތައް ކުރިޔަށް ނުގެންދަން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފިނަމަ،  އެ މީހަކު ހުރި ހާލަތަށް ބަލައި އެ މީހާގެ މައްޗަށް ތަންފީޛުކުރަންޖެހޭ ހުކުމްތަކަށް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައިވާ ގިންތިތަކުން ކުރެ ގިންތިއަކަށް ނިސްބަތްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ގޮތެއް ކަނޑައެޅިދާނެއެވެ.

(ރ) މަސްތުވާތަކެތި ބޭނުންކުރާ މީހަކު އަމިއްލައަށް އެދިގެން ުނވަތަ އެ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގައި ދައުވާ އުފުލި، ޑްރަގް ކޯޓުން އެ މީހެއްގެ މައްޗަށް ކުރާ ރިހެބިލިޓޭށަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަކުރާ ހާލަތުގައި، އެ މީހާގެ މައްޗަށް ތަންފީޛުކުރަންޖެހޭ އެހެން ހުކުމެއް އޮތްނަމަ، އެ މީހަކު ހުރި ހާލަތަށް ބަލައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައިވާ ގިންތިތަކުން ކުރެ ގިންތިއަކަށް ނިސްބަތްކޮށް މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އަދަބު ލުއިކޮށްދެވިދާނެއެވެ.


3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެހެނިހެން ށަރުތުތައް 5.

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ ކުށްތަކެއް ކުރުމާ ގުޅިގެން މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ލުއިކޮށްދިނުމުގައި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުގެ އިތުރުން އަންނަނިވި ށަރުތުތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2016-101 (ކުށުން ދުރުހެލިވެގެން، މުޖުތަމައަށް އަނބުރާ އައުމަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދު) އުވުނީއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވިގޮތަށް މާއްދާއެއް އިތުރުކޮށް، ގަވާއިދުގެ މާއްދާތައް ތަރުތީބުކުރުން. 

މޮނިޓަރުކުރުން 7.

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަދަބު ލުއިކޮށްދީފައިވާ މީހެއްގެ މައްޗަށް ކަނޑައަޅާ ށަރުތުތަކާ އެއްގޮތަށް އެ މީހަކު އަމަލުކުރަމުންދާކަން ނުވަތަ ނުކުރާކަން މޮނިޓަރކޮށް ބެލެހެއްޓުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޒިންމާއެކެވެ.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މައި ގަވާއިދު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ އުސޫލު (ގަވާއިދު ނަންބަރު 2016-37)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-37)

 

އުވުނު ގަވާއިދު

ކުށުން ދުރުހެލިވެގެން، މުޖުތަމައަށް އަނބުރާ އައުމަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-101)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު