-

މުސާރައާ ބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޒުކުރުމާ ބެހޭ ގަވާއިދު 2016 (ގަވާއިދު ނަންބަރު 2016-98) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-33)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 މާރިޗު 2017 ގައި)

 

1 ވަނަ މާއްދާ - ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) އަންނަނިވިގޮތަށް އިސްލާހުކުރުން. 

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާގެ އެއްވެސް އަދަދެއް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގާނީ 1 ޖުލައި 2017 އިން ފެށިގެންނެވެ. 

 

2 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން. 

(1) ވަޒީފާ އަދާކުރާ ފަރާތުން ހުށަހަޅާ ށަކުވާ ބެލުމަށްފަހު، އެ ށަކުވާއަށް ޖަވާބުދާރީވުމަށް ވަޒީފާ ދޭ ފަރާތަށް އެއް ހަފުތާގެ މުއްދަތު ދިނުން

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-98)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-98)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު