-

އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 60/2013)

 

ގާނޫނު ނަންބަރު 5/1987 "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" ގެ 3 ވަނަ މާއްދާގެ (ހ) ދަށުން ހަދާފައިވާ "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓުކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު" ގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކޮށްފީމެވެ.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. މޮނިޓަރކުރުމާއި ކޮންޓްރޯލްކުރުމާއި ސަރވޭލަންސް ބެލެހެއްޓުމުގެ ނިޒާމް

(ހ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ އެކިއެކި ކަންކަން ބެލެހެއްޓުމުގެ ބޭނުމުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މަސްވަރާގެ މަތިން ނުވަތަ އެފަރާތްތަކާ ގުޅިގެން މިގަވާއިދުގެ ދަށުން ހިނގާ ކަންކަން މޮނިޓަރކޮށް، ކޮންޓްރޯލްކޮށް، ސަރވޭލަންސް ބެލެހެއްޓުމުގެ ނިޒާމެއް މިނިސްޓްރީން ރާވައި ތަންފީޒު ކުރަންވާނެއެވެ.

(ށ) މިގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށްޓަކައި ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ހަރަކާތްތައް ބެލުމަށްޓަކައި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތިން އަދި މިނިސްޓްރީއިން ކަނޑައަޅައި އިއުލާނުކޮށްފައިވާ މިންގަނޑުތަކަށް ފެތޭ "ވެސަލް ލޮކޭޓިންގ ޑިވައިސް" އެއް ހަރުކޮށްފައި ހުންނަން ވާނެއެވެ.

(ނ) މިމާއްދާގެ (ށ)ގެ ދަށުން މަސްވެރިކަންކުރުމުގެ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ ހުރިހާ އުޅަނދުފަހަރެއްގައި 01 ޖޫން 2014 އިން ފެށިގެން ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ރ) މިމާއްދާގެ (ށ)ގެ ދަށުން އުޅަނދުގައި ހަރުކުރުމަށް ލާޒިމުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކޮށްފައި ނުވާ އުޅަނދުފަހަރަށް 01 ޖޫން 2014 އިން ފެށިގެން މަސްވެރިކަންކުރުމުގެ ލައިސަންސް ދުލެއް ނުކުރެވޭނެއެވެ. އަދި އައުކޮށެއްވެސް ނުދެވޭނެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރާނީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު 2009  

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު