-

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 6/2014)

 

1 ވަނަ މާއްދާ - ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދަށް އަމަލުކުރަން ފެށުން.

3. (ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ 1 ފެބުރުވަރީ 2014 އިން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، 1 ފެބުރުވަރީ 2014 ގެ ކުރިން އެގްރިމެންޓް ކޮށްފައިވާ ޕްރޮޖެކްޓްތަކުން މި ގަވާއިދުގް 14 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ 1 މޭ 2014 އިން ފެށިގެންނެވެ.

 

2  ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1697/2013) 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-1697)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު