-

ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 186/2014) 

 

1 ވަނަ މާއްދާ - ތައާރަފް

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެޓްރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (17) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ މަގްސަދަކީ ޖަލުން ގައިދީއަކު ނުވަތަ ކުށުގު ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހަކު ފިލައިފިނަމަ، ނުވަތަ ފިލަން މަސައްކަތްކޮށްފިނަމަ، އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލިކަމަށް ބެލެވޭނެ ހާލަތްތައް

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތްކުގައި ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލިކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަނަށް ނިންމިދާނެއެވެ

(ހ) ޖަލުގެ ސަރަހައްދުން ނުވަތަ އެމީހަކު ބަންދުކޮށްފައިހުރި ޔުނިޓުން ނުވަތަ ގޮޅިން ނުވަތަ ޔާޑަށް ނެރެފައިވަނިކޮށް ފިލުން ނުވަތަ ފިލަން މަސައްކަތްކުރުން؛

(ށ) އެއްވެސް ބޭނުމަކަށް ޖަލުން ބޭރަށް ނެރެފައިވަނިކޮށް ފިލުން ނުވަތަ ފިލަން މަސައްކަތްކުރުން؛

(ނ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުން ދޫކޮށްލާފައިވަނިކޮށް ފިލުން ނުވަތަ ވަގުތީގޮތުން ޖަލުން ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ޖަލަށް އެނބުރި ނައުން؛

(ރ) ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ ފަރުވާދޭ އެނޫންވެސް ތަނެއްގައި އެޑްމިޓްކޮށްފައިވަނިކޮށް ފިލުން ނުވަތަ ފިލަން މަސައްކަތްކުރުން؛

(ބ) ގައިދީ ނުވަތަ ބަންދުމީހާ އެކި ހާލަތްތަކުގައި އެވަގުތަކު އެމީހަކު ހުރުމަށް ކަނޑައަޅާފައިވާ ނުވަތަ އަންގާ ތަނެއްގައި ނުހުރުން؛

 

7 ވަނަ މާއްދާ - ގައިދީއަކު ނުވަތަ ބަންދުމީހަކު ޖަލުން ފިލައިފިނަމަ އަމަލުކުރާނެ ގޮތް

(ހ) ޖަލުން ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލައިފިނަމަ ނުވަތަ ފިލަން މަސައްކަތްކޮށްފިނަމަ، އެޖަލެއްގެ ސެކިއުރިޓީ ޔުނިޓާ ހަވާލުވެހުރި އިސްއޮފިސަރަކު އެ ޖަލެއްގެ ޑައިރަކްޓަރ އޮފް ޕްރިޒަނަށް އެކަން ވަގުތުން އަންގަންވާނެއެވެ. އަދި ޑައިރަކްޓަރ އޮފް ޕްރިޒަން އެކަން ކޮމިށަނަރ އޮފް ޕްރިޒަންސަށް ވަގުތުން އަންގަންވާނެއެވެ. އަދި ގިނަވެގެން 24 ގަޑިއިރު ތެރޭގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް ކޮމިށަނަރ އޮފް ޕްރިޒަންސަށް ފޮނުވަންވާނެއެވެ. މިގޮތުން މި ރިޕޯޓުގައި އެންމެ މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ފިލާފައިވާ މީހާގެ ނަމާއި އެޑްރެސް އަދި އައީ.ޑީ ކާޑުގެ ނަންބަރާއި ފޮޓޯ؛
  2. ފިލާފައިވާ މީހާގެ ހުކުމާބެހޭ މައުލޫމާތު ނުވަތަ ޖަލުގައި ބަންދުކޮށްފައިވާ ސަބަބު؛
  3. ފިލާފައިވާ ސަބަބު އެނގޭނަމަ އެ ސަބަބު، ނުވަތަ ފިލިކަމަށް ގަބޫލުކުރެވޭ ސަބަބު؛
  4. ފިލާފައިވާ މީހާއަކީ މުޖުތަމައަށް ހުރި ނުރައްކަލެއްކަން ނުވަތަ ނޫންކަން؛
  5. ފިލިއިރު ހިނގަމުންދިޔަ ކަންތައްތައް؛
  6. ފިލާފައިވާ މީހާއާއި އެހެން ގައިދީންނާ ނުވަތަ އޮފިސަރަކާމެދު ހަމަނުޖެހުމެއް ހިނގާފައިވޭތޯ؛
  7. ޖަލުގެ ސެކިއުރިޓީގައި އެވެސް މައްސަލައެއްވޭތޯ؛
  8. ފިލި ވަގުތު ނުވަތަ ފިލާފައިވާކަމަށް ލަފާކުރެވޭ ވަގުތު؛
  9. ފިލިކަމަށް ލަފާކުރެވޭ ގޮތް އަދި ފިލަން ބޭނުންކުރި ވަސީލަތްތައް.

 (ށ) ޖަލުން ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލއިފިނަމަ ނުވަތަ ފިލަން މަސައްކަތް ކޮށްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރަންވާނެއެވެ.

  1. ޖަލުގައި ތިބެންޖެހޭ ގައިދީންނާއި ބަންދުމީހުންގެ އަދަދު ގުނައި ހުރިހާ އެންމެން ހަމަތޯ ބެލުން؛
  2. ގައިދީއަކު ނުވަތަ ބަންދުމީހަކު މަދުވެއްޖެނަމަ، ޖަލުގެ އެތެރެއާއި ޖަލުގެ ވަށައިގެންވާ ސަރަހައްދު ހޯދއި ބެލުން؛
  3. ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލިކަން ޔަގީން ވެއްޖެނަމަ، އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން؛
  4. ޖަލު އެލާޓްކޮށް ޖަލުގައި ތިބޭ ހުރިހާ ގައިދީންނާއި ބަންދުމީހުން ގޮޅިތަކަށް ލައި ތަޅުލުން؛
  5. ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލާފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމަކުން އެންގުން؛
  6. ފިލާފައިވާ ގައިދީގެ ނުވަތަ ބަންދުމީހާގެ މައުލޫމާތާއި ފޮޓޯއާއެކު އެ މީހަކު ހޯދުމަށް މީޑިއާތަކުގައި އާންމުކުރުން؛
  7. ފިލާފއިވާ މީހާ ދިރިއުޅޭކަމަށް މައުލާމާތު ލިބިފައިވާ ގެއެއްގައި  އެ މީހަކު ހުރިތޯ ބެލުން؛
  8. ފިލާފައިވާ މީހާގެ އާއިލާއަށް އެކަން އެންގުން؛

(ނ) ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލައިފިނަމަ ނުވަތަ ފިލަން މަސައްކަތް ކޮށްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ބަޔާންތައް ނަގަންވާނެއެވެ.

  1. އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން ނުވަތަ ޑިއުޓީއަށް ތިބި އޮފިސަރުން؛
  2. އެ ހާދިސާއާ ގުޅޭ އެހެނިހެން މުވައްޒަފުންނާއ ގައިދީންނާއި ގައިދީން ނުވަތަ ބަންދުމީހުން؛ 

(ރ) ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލައިނަމަ، އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ރަސްމީކޮށް އެކަމާގުޅޭ ލިޔެކިޔުންތަކާއެކު މޯލްޑިވްސް  ޕޮލިސް ސަރވިސްއަށް ހުށަހަޅަންވާނެއެވެ.

  

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު