-

ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އިންޓާރނަލް ޑިސިޕްލިނަރީ ގަވާއިދު

(ގަވާއިދު ނަންބަރު 135/2015)

1 ވަނަ މާއްދާ - ތައާރުރު

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (14) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އިންޓާރނަލް ޑިސިޕްލިނަރީ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އިންޓާރނަލް ޑިސިޕްލިނަރީ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މިގަވާއިދުގެ މަގުސަދަކީ ޖަލުގައި ހަދާފައިވާ ގަވާއިދުތަކާ ހިލާފުވާ ގައިދީންނާއި ބަންދުމީހުންނަށް ފިޔަވަޅު އެޅުމާއި، ޖަލުގެ އަމަންއަމާންކަމާ މަސްލަހަތު ދެމެހެއްޓުމާއި، ޖަލުގައި ކުށެއްނުކޮށް ރަނގަޅަށް ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ކުށްކުރާ ގައިދީންނާއި ބަންދުމީހުންގެ ފަރާތުން ލިބިދާނެ އުނދަގުލަކާއި ގެއްލުމަކުން ސަލާމަތްކޮށްދިނުމާއި، ޖަލު އޮފިސަރުންނާއި މުވައްޒަފުން އެމީހުންގެ ވާޖިބުތައް އަދާކުރުމަށް މަގުފަހިކޮށްދިނުމާއި، ގައިދީންނާއި ބަންދުމީހުން ކުށްކުރާ ރޭޓް މަދުކުރުމެވެ. 

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މިގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މިގަވާއިދަށް އަމަލު ކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ޖަލު ކުށްތައް

ގައިދީއަކު ނުވަތަ ބަންދުމީހަކު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އޭނާ އެކުރަނީ ޖަލު ކުށެއް ކަމުގައި ބެލެވޭނެއެވެ.

(ހ) ޖަލުގައި ހަމަނުޖެހުން އުފެއްދުން ނުވަތަ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުން؛

(ށ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޖަލު އަމުރުތަކާ އެއްގޮތްވާގޮތުގެ މަތިން ޖަލު އޮފިސަރުންނާއި މުވައްޒަފުން ކުރާ އަމުރަކާ ހިލާފުވުން؛

(ނ) ދިވެހިރާއްޖޭ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޖަލު އަމުރުތަކުގެ ދަށުން ޖަލުގައި ގެންގުޅުން މަނާކަމަށް ކަ ނޑައަޅާފައިވާ އެއްވެސް އެއްޗެއް އަތުގައި ބެހެއްޓުމާއި، އެފަދަ އެއްޗެއް ލިބިގަތުމާއި، އެފަދަ އެއްޗެއް ބޭނުންކުރުމާއި އަދި އެފަދަ އެއްޗެއް ހޯދަން މަސައްކަތްކުރުން؛

(ރ) ޖަލު ތެރޭގައި އަހުލާގު ހިފެހެއްޓުމަށް ކަ ނޑައޅާފައިވާ މިންގަ ނޑާ ހިލާފަށް ނުވަތަ އެހެން

ގައިދީންނާއި ބަންދުމީހުންގެ ސަލާމަތާއި މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން؛

(ބ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ކުރާ އެއްވެސް ޖަލު އަމުރަކާ ގައިދީއަކު ނުވަތަ ބަންދުމީހަކު ހިލާފުވުން؛

(ޅ) ޖަލު ބަލަހައްޓާ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ކުރުން.

 

7 ވަނަ މާއްދާ - ޖަލު ކުށެއްކޮށްފިނަމަ އަމަލު ކުރާނެ ގޮތް

ގައިދީއަކު ނުވަތަ ބަންދުމީހަކު ޖަލު ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

(ހ) ޖަލު އޮފިސަރު އެކަން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ވަގުތުން އެންގުން؛

(ށ) އެ ހާދިސާއަކާ ގުޅޭ ރިޕޯޓާއި އެނޫންވެސް ލިޔެކިޔުންތައް ޖަލު އޮފިސަރު ފުރިހަމަ ކުރުން؛

(ނ) ޖަލު ކުށެއް ކޮށްފި ނަމަ މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މައްސަލަ ތަހުގީގު ކުރުން؛

(ރ) ކުށް ސާބިތުވާނަމަ މިގަވާއިދުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން؛ 

 

8 ވަނަ މާއްދާ - ހާދިސާ ރިޕޯޓް ތައްޔާރު ކުރުން

ގައިދީއަކު ނުވަތަ ބަންދުމީހަކު ޖަލު ކުށެއް ކޮށްފިނަމަ، އެކަމާގުޅޭ، ހާދިސާ ރިޕޯޓު، އެކަމާގުޅޭ ޖަލު އޮފިސަރަކު، ތައްޔާރު ކުރަންވާނެއެވެ. 

 

9 ވަނަ މާއްދާ - މައްސަލަ ތަހުގީގު ކުރުން

(ހ) ގައިދީއަކު ނުވަތަ ބަންދުމީހަކު ޖަލު ކުށެއް ކޮށްފިނަމަ، އެމައްސަލައެއް އެންމެ ފުރަތަމަ ބަލާނީ، އެޖަލެއްގައި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ޑައިރެކްޓަރ އޮފް ޕްރިޒަން އުފައްދާ ސެކްށަނަކުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކްށަނަށް ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން ކަ ނޑައަޅާ ފަރާތަކުން މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމައްސަލައެއް ބަލައި ނިންމުމަށްފަހު، ނިންމި ގޮތެއް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ނ) ގައިދީއަކު ނުވަތަ ބަންދުމީހަކު ކޮށްފައިވާ ޖަލު ކުށެއް ތަހުގީގު ކުރުމުގެ މަރުހަލާގައި އެމީހަކަށް ދިފާއުގައި ވާހަކަ ދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގައި އެކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާ ސުވާލުކޮށް ނަގަންޖެހޭ ބަޔާންތައް ނަގަންވާނެއެވެ. 

 

10 ވަނަ މާއްދާ - މައްސަލަ ނިންމުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގައިދީއަކު ނުވަތަ ބަންދުމީހަކު ކުރިކަމަށް ތުހުމަތުކުރެވޭޖަލު ކުށެއް ތަހުގީގު ކުރުމަށްފަހު، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ، އެމީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށާއި ކުށުގެ ބާވަތަށާއި ހާލަތްތަކަށް ބަލައި އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. ކުށުގެ ތުހުމަތުގައިވާ މީހާގެ އަމަލުތައް ރަނގަޅުކުރުމަށް އޭނާ އެއްބަސްވެއްޖެނަމަ، އޭނާގެ އަމަލުތައް ބެލުމަށް 2 (ދޭއް) މަސްދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މައްސަލަ ފަސްކުރުމާއި، އަދި އެ މުއްދަތުގައި އޭނާގެ އަމަލުތައް އިސްލާހުކޮށްފިނަމަ އެ މައްސަލަ ކުރިއަށް ނުގެންދިއުން؛ ނުވަތަ
  2. މައްސަލަ ބެލުމަށްޓަކައި ޑިސިޕްލިނަރީ ބޯޑަށް ފޮނުވުން؛

(ށ) ގައިދީއަކު ނުވަތަ ބަންދުމީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، ޖަލުގެ މަސްލަހަތު ހަމަޖެއްސުމަށްޓަކައި، އެ މީހެއްގެ މައްސަލަ ނިމެންދެން، އޭނާ ބަންދުކޮށްފައި ހުރި ތަންނޫން އެހެންތަނަކަށް ބަދަލުކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. 

 

11 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުން

(ހ) މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލަތައް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި މިގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބަލައި ފިޔަވަޅު އަޅަންވާނެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑުން މައްސަލައެއް ބެލުމުގައި އެ މީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އެއްވެސް ފަރާތެއްގެ އިރުށާދަކަށް ނުވަތަ ނުފޫޒަކަށް ނުލެނބި، މިނިވަންކަމާއެކު އެއްވެސް ފަރާތަކަށް ބުރަނުވާ ހާލަތުގައެވެ.

(ނ) ޑިސިޕްލިނަރީ ބޯޑުން އެ ބޯޑަށް ހުށަހެޅޭ މައްސަލައެއް ބަލަމުންދާ ދިއުމުގައިއެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާއަށް އަނގަބަހުން ކަންކަން ހުށަހެޅުމާއި މައްސަލައާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

(ރ) ޑިސިޕްލިނަރީ ބޯޑުން އެ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބަލަމުންދާ ދިއުމުގައި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް އޭނާގެ ފަރާތުން ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށާއި ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް އޭނާ ކަ ނޑައަޅާ މީހަކު އައްޔަނުކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

(ބ) ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިނގާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޑިސިޕްލިނަރީ އަޑުއެހުމެއް ބާއްވައި އެމައްސަލަ ނިންމަންވާނެއެވެ.

 

12 ވަނަ މާއްދާ - ޖަލު ކުށްތަކާ ގުޅިގެން ފިޔަވަޅުއެޅުން

(ހ) ގައިދީއަކު ނުވަތަ ބަންދުމީހަކުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ބެލުމަށްފަހު، އެ މީހަކާމެދު ފިޔަވަޅުއެޅުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމައިފިނަމަ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ލިޔުމަކުން އެކަން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑުން ގައިދީއަކަށް ނުވަތަ ބަންދުމީހަކާމެދު ފިޔަވަޅުއެޅުމަށް އަންގައިފިނަމަ އެޖަލެއްގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެ ފިޔަވަޅެއް ލަސްނުކޮށް ތަންފީޒު ކުރަންވާނެއެވެ. އަދި އެކަން އެމީހަކަށް ލިޔުމަކުން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ޖަލު ކުށްތަކަށް އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑު 

(ހ) ޖަލު ކުށްތަކަށް މި ގަވާއިދުގެ ދަށުން އަދަބު ކަ ނޑައަޅާއިރު ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ މައްޗަށް ތަފާތު ދެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ ދެ މައްސަލަ ކުރިއަށް ގެންދަންވާނީ ތަފާތު ދެ މައްސަލައެއްގެ ގޮތުގައެވެ. އަދި ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިވާ ސަބަބަށްޓަކައި އެ މީހެއްގެ މައްޗަށް އަދަބު ކަ ނޑައެޅުމުގައި، އޭނާގެ މައްޗަށް ހުށަހަޅާފައިވާ އެހެން މައްސަލަތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.

(ނ) ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކަށް އަދަބު 
ކަނޑައެޅުމުގައި، އެ މީހެއްގެ މައްޗަށް ހުށަހެޅިގެން އަދަބު ކަ ނޑައެޅިފައިވާ ނުވަތަ ނިމިފައިވާ އެހެން މައްސަލަތަކަށް ރިއާޔަތްކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. އެހެން ނަމަވެސް، ތަހުގީގަށް ސާބިތު ނުވުމުގެ ސަބަބުން ފިޔަވަޅު ނާޅައި ހުންނަ މައްސަލަތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.

(ރ) އެއްވެސް ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް ޖިސްމާނީ އަނިޔާއެއް ލިބޭފަދަ އަދަބެއް ދީގެންނުވާނެއެވެ.

(ބ) އެއްވެސް ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް ކެއިންބުއިމަށް ދެވޭ މިންވަރު އެމީހަކަށް ދޭ އަދަބެއްގެ ގޮތުން މަދުކޮށްގެން ނުވާނެއެވެ.

(ޅ) ތަހުގީގުގެ ބޭނުމަށް ނުވަތަ ށަރީއަތުގެ ބޭނުމަށް ބަންދުކޮށްފައިވާ މީހެއްގެ އިނާޔަތުގެ ތެރެއިން އޭނާ ޖަލުގައި ބަންދުކުރެވުނު ކުށުން ބަރީއަވުމަށްޓަކައި ކުރަންޖެހޭ މުއާމަލާތް ކުރުމަށް ބޭނުންވާ އިނާޔަތްތައް އެ މީހަކަށް ދޭ އަދަބެއްގެ ގޮތުން އުނިކޮށްގެން ނުވާނެއެވެ.

(ކ) ހުކުމް ތަންފީޒު ކުރަމުންގެންދާ ގައިދީއަކު ނުވަތަ ބަންދުމީހަކު އެ ގައިދީއަކަށް ނުވަތަ ބަންދުމީހެއްގެ މައްޗަށް ކުރެވިފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމަށް ބޭނުންވާ އިނާޔަތްތައް އެމީހަކަށް ދޭ އަދަބެއްގެ ގޮތުން އުނިކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ކުށުގެ ރިކޯޑު ބެލެހެއްޓުން

(ހ) ގައިދީންނާއި ބަންދުމީހުން ކުރާ ޖަލު ކުށާބެހޭ މައުލޫމާތު ރަޖިސްޓަރީއެއްގައި ލިޔެ ޑައިރެކްޓަރ އޮފް ޕްރިޒަން ބަލަހައްޓަންވާނެއެވެ. އަދި އޭގެ ކޮޕީއެއް، އެމީހެއްގެ ފައިލުގައި ހިމަނަންވާނެއެވެ.

(ށ) ގައިދީންނާއި ބަންދުމީހުން ކުރާ ޖަލު ކުށްތަކާއި އެކަމާ ގުޅިގެން އެ ގައިދީންނަށް ނުވަތަ ބަންދުމީހުންނަށް ދެވޭ އަދަބުތަކުގެ މައުލޫމާތު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ހުށަހަޅަންވާނެއެވެ.

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު