-

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013)

އަށް 4 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 40/2021)

 

ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. (ހ)
(9) ބިލް އޮފް ލޭޑިންގ، އެއަރވޭ ބިލް، ކަސްޓަމްސް އެކްސްޕޯޓް ޑެކްލަރޭށަން، ކަސްޓަމްސް އިމްޕޯޓް ޑެކްލަރޭށަން، އިމްޕޯޓްކުރުމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި އެކްސްޕޯޓްކުރުމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރުތަކެއް އިތުރުކުރުން.

14. (ހ)

(12-1) ފައިސާއިން ދޭ އުޖޫރައިގެ ތަފުސީލު؛

(12-2) ފައިސާއިން ނޫންގޮތަށް ދޭ އުޖޫރައިގެ ތަފުސީލު؛

(12-3) އުޖޫރައިގެ ގޮތުގައި ފައިސާއިން ލިބޭ އާމްދަނީގެ ތަފުސީލު؛

(12-4) އުޖޫރައިގެ ގޮތުގައި ފައިސާއިން ނޫންގޮތަށް ލިބޭ އާމްދަނީގެ ތަފުސީލު؛

(12-5) އުފުލޭ މުދަލެއް، ނުވަތަ ނުއުފުލޭ މުދަލެއް، ނުވަތަ ފިކުރީ މުދަލެއް، ނުވަތަ ޣައިރު މާއްދީ މުދަލެއް ތަސަައްރުފުކޮށްގެން ލިބޭ އާމްދަނީގެ ތަފުސީލު؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ހަތަރުވަނަ ބާބުގެ ފުރަތަމަ މާއްދާގެ ގޮތުގައި، އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

އޮޑިޓްކުރުން17-1.

(ހ) ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް، ގާނޫނުގެ ތިންވަނަ ބާބުގެ ދަށުން އޮޑިޓްކުރުމުގައި މީރާއިން އަަމަލުކުރާންވާނީ "ރިސްކް ބޭސްޑް ޓެކްސް އޮޑިޓިންގ" ގެ އުސޫލުތަކާ އެއްގޮތަށް، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކޮންމެ އޮޑިޓެއް ވެސް ކުރިޔަށް ގެންދާންވާނީ،  އެ އޮޑިޓުގެ ސްކޯޕް އަދި އެ އޮޑިޓެއްގައި ފާހަގަކުރެވޭ ރިސްކްތަކަށް ރިއަާޔަތްކުރުމަށްފަހު، "އޮޑިޓް ޕްރޮސީޖަރ" ތައް ކަނޑައަޅައި، އެ ޕްރޮސީޖަރތައް ހިމެނޭ ގޮތަށް އެކުލަވައިލެވޭ އޮޑިޓް ޕްލޭނަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
  2. އޮޑިޓްކުރުމުގައި ޓެކްސް ދައްކާ ފަރާތުގެ އެންމެހައި މުއަާމަލާތްތަކަށް ބެލުމުގެ ބަދަލުގައި ސާމްޕަލްގެ ގޮތުގައި ހޮވައިލެވޭ މުއަާމަލާތްތަކުން ނެރެވޭ ނަތީޖާއަށް ބަލައިގެން އޮޑިޓް ނިންމިދާނެއެވެ.
  3. އޮޑިޓެއް ނިންމުމުގައި، މި މާއްދާގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ނެގުނު ސާމްޕަލްގައި ހިމެނޭ އެއް މުއަާމަލާތް ނުވަތަ އެއް ބާވަތުގެ ގިނަ މުއަާމަލާތްތަކުން ފާހަގަ ކުރެވުނު މައްސަލަތަކުގެ އަދަދު ނުވަތަ ނަތީޖާ މެޓީރިއަލް ނޫންނަމަ، އަދި އެ އޮޑިޓުގައި ބެލުނު ހުރިހާ މުއަާމަލާތްތަކުން ފާހަގަކުރެވުނު މައްސަލަތަކުގެ ޖުމުލަ އަދަދު ނުވަތަ ނަތީޖާ މެޓީރިއަލް ނޫންނަމަ، އެ އޮޑިޓްކުރެވޭ މުއްދަތަށް އަދަދެއް ކަނޑަނާޅައި އެ އޮޑިޓް ނިންމިދާނެއެވެ.
  4. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް އޮޑިޓެއްގައި އެ އޮޑިޓްކުރެވޭ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން ކަނޑައަޅައިފައިވާ ޓެކުހުގެ އަދަދަށް އޮޑިޓުން ގެނެވޭ މުޅި ޖުމުލަ ބަދަލަކީ، މެޓީރިއަލިޓީ ތްރެށޯޯލްޑްގެ ގޮތުގައި މީރާއިން ކަނޑައަޅައިފައި އޮންނަ އަދަދު ނަމަ، ނުވަތަ އެއަށްވުރެ ކުޑަ އަދަދެއް ނަމަ، އެ އޮޑިޓްކުރެވޭ މުއްދަތަށް އަދަދެއް ކަނޑަނާޅައި    އެ އޮޑިޓް ނިންމިދާނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތުން އެ އޮޑިޓްކުރެވޭ މުއްދަތަށް ޓެކްސް ބަޔާނެއް ހުށަހަޅައިފައި ނުވާނަމަ، މި މާއްދާ އެ އޮޑިޓަކަށް ރައްދެއް ނުވާނެއެވެ.


4 ވަނަ މާއްދާ -ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރުތަކެއް އިތުރުކުރުން.

23. (ހ)

(8) އެ ފަރާތުގެ ބޭންކް ސްޓޭޓްމަންޓްތަކުގައި ހިމެނޭ މައުލޫމާތު ނުވަތަ ބޭންކް އެކައުންޓް މެދުވެރިކޮށް ކުރާ މުއަާމަލާތްތައް އަންގައިދޭ އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ މައުލޫމާތު؛

(9) އެ ފަރާތުން ނަގުދު ފައިސާއިން ކޮށްފައިވާ ހަރަދު؛

(10) އެ ފަރާތުން ނަގުދު ފައިސާއިން ނޫން ގޮތަކަށް ކޮށްފައިވާ ހަރަދު؛

(11) އެ ފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަަތުތަކާއި އަރަންޏާއި ދަރަނީގެ މައުލޫމާތު؛

(12) އެ ފަރާތުން މުދާ ގަތުމަށް ނުވަތަ ހިިދުމަތް ފޯރުވައިދިނުމަށް ހަރަދުކުރާ މިންވަރާއި، އެ މުދަލެއް ވިއްކާއިރު ނުވަތަ ހިިދުމަތް ފޯރުވައިދޭއިރު ފައިދާގެ ގޮތުގައި އިތުރުކުރާ މިންވަރު؛

(13) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ސަިނާއަަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުގެ އާމްދަނީ؛

(14) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ސަިނާއަަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުން މުދާ ގަތުމަށް ނުވަތަ ހިިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ ހަރަދުގެ ނިސްބަތާއި ފައިދާގެ ނިސްބަތް

(15) އުޖޫރަ ދޭ ފަރާތުގެ އާމްދަނީއާއި ހަރަދުގެ ބަޔާންތަކާއި ހިސާބުތައް.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރުތަކެއް އިތުރުކުރުން.

23. (1-ށ)
މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރުގެ ނުވަތަ (14) ވަނަ ނަންބަރުގެ ބޭނުމަށް އަންނަނިވި މައުލޫމާތު ބޭނުންކުރެވިދާނެއެވެ.

  1. މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކުގައި ހިމެނޭ މައުލޫމާތު؛ 
  2. ދައުލަތުގެ އިދާރާތަކުން އާންމުކުރާ މައުލޫމާތު؛
  3. ދައުލަތުގެ އިދާރާތަކުން މީރާއަށް ފޯރުކޮށްދޭ މައުލޫމާތު؛
  4. އެ ސަިނާއަަތެއްގެ ރަސްމީ ފަރާތްތަކުން އާންމުކުރާ މައުލޫމާތު.

(2-ށ)

ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން އަދަދެއް ކަނޑައެޅުމުގައި، ނުސީދާކޮށް އާމްދަނީ ހިސާބުކުރުމަށް ނުވަތަ ދެނެގަތުމަށް، އަންނަނިވި އިންޑައިރެކްޓް އިންކަމް މެށަރމަންޓް މެތަޑްތައް ނުވަތަ އެނޫންވެސް މެތަޑްތައް ބޭނުންކުރެވިދާނެއެވެ.

  1. ސޯރސް އެންޑް އެޕްލިކޭށަން އޮފް ފަންޑްސް މެތަޑް؛
  2. ބޭންކް ޑިޕޮޒިޓްސް އެންޑް ކޭށޯް އެކްސްޕެންޑިޗަރ މެތަޑް؛
  3. މާކަޕް މެތަޑް؛
  4. ޔުނިޓް އެންޑް ވޮލިއުމް މެތަޑް؛
  5. ނެޓް ވާރތު މެތަޑް.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. (ރ) ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާން ހުށަހަޅައިފައިވަނިކޮށް، އެ ބަޔާން ނިސްބަތްވާ މުއްދަތަށް މީރާއިން ނިންމުމެއް ނިންމައިފިނަމަ، އެ މުއްދަތަށް އެ ފަރާތުން ހުށަހަޅައިފައިވާ ބަޔާން، މީރާއިން ނިންމައިފައިވާ ނިންމުމަކަށް ބަދަލު އަންނަ ގޮތަށް، އެ ފަރާތަކަށް އިސްލާހަެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ހާލަތުގައި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން މީރާގެ ނިންމުމާމެދު އެ ފަރާތަކަށް އިއުތިރާޒު ކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައްކާންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން 24

(ހ) ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅާ އަދަދު އެ ކަނޑައެޅުން ނިސްބަތްވާ ފަރާތަށް އެ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ލިޔުމުން އަންގާ އެންގުމަށް ހަވާލާދޭނީ، "ދައްކާންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" މިފަދައިންނެވެ.

(ށ) ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، މީރާއިން ކަނޑައަޅާ އަދަދު ހިސާބުކުރުމަށް މީރާއިން ބޭނުންކުރި އަސާސްތަކާއި އެ ހިސާބުކުރުމުގެ ތަފުސީލު ހާމަކުރުމުގައި، ތިންވަނަ ފަރާތެއްގެ މައުލޫމާތު ހާމަކުރާންވާނީ، ގާނޫނުގެ 15 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ސިއްރު ހިފެހެއްޓުމާ ހިިލާފުނުވާ ގޮތުގެ މަތީންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35. (ހ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނިންމި ނިންމުމަކާމެދު، ނުވަތަ މީރާއިން ނިންމި ނިންމުމަކާމެދު ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރާނަމަ، އެކަން މީރާއަށް ހުށަހަޅާންވާނީ، އެ އިއުތިރާޒުކުރާ ނިންމުމެއް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާއިން އެ ފަރާތަކަށް އެންގި ތާރީހިުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، "އިއުތިރާޒުކުރާކަމުގެ އެންގުން" (MIRA 903) ފޯމު މެދުވެރިކޮށް، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރުތަކެއް އިތުރުކުރުން.

35. (1-ށ)
ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ އިއުތިރާޒު ކުރާކަމުގެ އެންގުމަކަށް ބާރުދިނުމުގެ ގޮތުން، އެ އިއުތިރާޒު ކުރާކަމުގެ އެންގުން ރައްދުވާ "ދައްކާންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" ފޮނުވުމާ ހަމައަށް، މީރާއަށް ހުށަހެޅުމަށް މީރާއިން ލިޔުމުން އެދިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން މީރާއަށް ހުށަހަޅައިފައިނުވާ ލިޔެކިޔުމާއި ހެކި ހުށަހެޅުމުގެ ފުރުސަަތެއް ނޯންނާނެއެވެ.

(2-ށ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާނާއި، އެނޫންވެސް ލިޔެކިޔުންތަކާއި، އެ ބަޔާންތަކުގައި ނުވަތަ ލިޔެކިޔުންތަކުގައި އެ ފަރާތުން ހިސާބުކޮށްފައިވާ އަދަދުތަކާއި، ހިމަނައިފައިވާ މައުލޫމާތަކީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާއިން ނިންމި ނިންމުމެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާ އުނިކުރުން.

އިއުތިރާޒު ނުކުރެވޭނެ ކަންތައްތައް 37. (އުނިކުރެވިފައި)

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ އަށްވަނަ ބާބު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 އަށްވަނަ ބާބު

ލިބެންވާ ފައިސާ ހޯދުން

ޓެކުހާއި ޓެކުހާ ގުޅޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުން 41

ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޓެކްސް ގާނޫނެއްގެ ދަށުން ދައްކާންޖެހޭ ފައިސާއެއް ނުދައްކައި ހުރި ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމުގެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަކި ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު ވަކިން ނުވަތަ އެކުއެކީގައި އެޅުމުގެ އިހިުތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެންވެއެވެ.

 

ޓެކުހާއި، ޓެކުހާ ގުޅޭ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދުން 42

ޓެކްސް ދައްކާ ފަރާތަކާމެދު މި ގަވާއިދުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދިޔަ ނަމަވެސް، އިންސްޓޯލްމަންޓްތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަަތު، ކަނޑައަޅާ އުސޫލެއްގެ ދަށުން މީރާއަށް ދެވިދާނެއެވެ.

 

ޓެކުހާ ގުޅޭ ޖޫރިމަނާއާއި  އިންޓްރެސްޓް ހިނގަމުން ދިއުން 43

ޓެކްސް ގާނޫނެއްގެ ދަށުން ދައްކާންޖެހޭ ފައިސާ ނުދައްކައި ހުރި ފަރާތަކާމެދު މި ގަވާއިދުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅެއް އަޅައިފައި އޮތް ނަމަވެސް، ނުވަތަ މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަަތު އެ ފަރާތަށް ދީފައި އޮތް ނަމަވެސް، ދައްކާންޖެހި ނުދައްކައި ހުރި ފައިސާ ނުދެއްކުމުގެ ސަބަބުން އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އަރާނަމަ، އެ ފަރާތުން ދައްކާންޖެހޭ ފައިސާ އެއްކޮށް ހަލާސްކުރުމާ ހަމަޔަށް އެ ޖޫރިމަނާ ނުވަތަ އިންޓްރެސްޓް އަރަމުންދާނެއެވެ.

 

ޓެކުހާއި، ޓެކުހާ ގުޅޭ ފައިސާ ނުދައްކާ ފަރާތްތަކާމެދު އަަމަލުކުރާނެ އުސޫލުތައް ހެދުން 44

ޓެކްސް ގާނޫނެއްގެ ދަށުން ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމުގައްޔާއި، ޓެކްސް ގާނުނެއްގެ ދަށުން ދައްކާންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައްޔާއި، އެ ފަރާތްތަކުގެ ނަން ހާމަކުރުމުގައްޔާއި، ޓެކްސް ފައިސާ ދައްކާންޖެހި ނުދައްކާ ފަރާތްތަކުގެ ތެރެއިން ހޯދައި ނުފެނިފައިވާ ފަރާތްތަކާމެދު އަަމަލުކުރާންވާނީ އެ ކަންކަމާ ގުޅޭގޮތުން މީރާއިން އެކުލަވައިލައި އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
 
ޓެކުހަށް ނުވާ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުން 44-1.
މީރާއަށް ބަލައިގަންނަ ޓެކުހަށް ނުވާ ފައިސާއެއް ނުދައްކައި ހުރި ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމުގެ ގޮތުން، ގާނޫނުގެ 50 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަކި ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު ވަކިން ނުވަތަ އެކުއެކީގައި އެޅުމުގެ އިހިުތިޔާރު، މީރާއަށް ލިބިގެންވެއެވެ.
 
ޓެކުހަށް ނުވާ ފައިސާ  ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން 44-2.
މީރާއަށް ބަލައިގަންނަ ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި މީރާއިން އަަމަލުކުރާނީ، ޓެކްސް ގާނުނެއްގެ ދަށުން ދައްކާންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް، މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވައިލައި އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
 
ދައުލަތުގެ އިދާރާއަކުން ހިިދުމަތެއް ދިނުން ހިފެހެއްޓުން 44-3.
ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތަކަށް ހިިދުމަތް ދިނުން ހިފެހެއްޓުމަށް، ގާނޫނުގެ 50 ވަނަ މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީރާއިން ދައުލަތުގެ އިދާރާއަކަށް އެންގުމުން، އެ ފައިސާއާ ގުޅުންހުރި ހިިދުމަތްތައް   އެ ފަރާތަކަށް ދިނުން، އެހެން ގޮތަކަށް މީރާއިން އެންގުމާ ހަމައަށް މެދުކަނޑައިލާންވާނެއެވެ.
 
ޓެކުހަށް ނުވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދުން 44-4.
(ހ) ޓެކުހަށް ނުވާ ފައިސާ  ނުދައްކާ ފަރާތަކާމެދު ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދިޔަ ނަމަވެސް، އިންސްޓޯލްމަންޓްތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަަތު، އެ ފައިސާގެ ބެލެނިވެރި އިދާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މީރާއަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އަށް އަަމަލުކުރާނީ، ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ( ގެ 11.07-1 ވަނަ މާއްދާއާ ހިިލާފުނުވާ ގޮތުގެ މަތީންނެވެ.

 

ޓެކުހަށް ނުވާ ފައިސާ  ނުދައްކާ ފަރާތުގެ   މައުލޫމާތު ދައުލަތުގެ އިދާރާތަކާ ހިއްސާކުރުން 44-5.

(ހ) ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތުގެ މައުލޫމާތު،  އަންނަނިވި އިދާރާތަކާ މީރާއިން ހިއްސާކުރެވިދާނެއެވެ.

  1. މިނިސްޓްރީ އޮފް ފިނޭންސް؛
  2. އެ ފައިސާގެ ބެލެނިވެރި އިދާރާ؛
  3. އެޓަރނީ ޖެނެރަލްގެ އޮފީސް.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިދާރާތަކާ މައުލޫމާތު ހިއްސާކުރެވޭނީ މީރާއާއި އެ އިދާރާއިން އެއްބަސްވެ ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.60.

(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި އަދަދަކަށްވުރެ ކުޑަ އަދަދެއްގެ ޗެކުން ފައިސާ ބަލައިނުގަތުމުގެ އިހިްތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ތޭރަވަނަ ބާބަކީ އެ ގަވާއިދުގެ ފަނަރަވަނަ ބާބުކަމުގައި ހަމަޖައްސައި، އެ ގަވާއިދުގެ 64 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް ބާބުތަކެއް އިތުރުކުރުން.

ތޭރަވަނަ ބާބު:

މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ

މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެދި ހުށަހެޅުން 64-1.

(ހ) ގާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގައި ކަނޑައަޅައިފައިވާ ގޮތާ ހިިލާފަށް ޓެކްސް ދައްކާން ޖެހިއްޖެކަމަށް ނުވަތަ ދައްކާން ޖެހިދާނެކަމަށް ގަބޫލުކުރެވޭނަމަ، މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް މެދުވެރިކޮށް އެކަން ހަައްލުކުރުމަށް، އެ ފަދަ އެއްބަސްވުމެއް ރައްދުވާ ފަރާތަކުން ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާނީ، ގާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 51-1 ވަނަ މާއްދާގެ ދަށުން ވެފައިވާ އެ އެއްބަސްވުމުގައި، މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް މެދުވެރިކޮށް އެ ފަދަ މައްސަލަތައް ހަައްލުކުރުމަށް، އެ އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުން އެއްބަސްވެފައިވާނަމައެވެ.

(ނ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް މެދުވެރިކޮށް މައްސަލަ ހަައްލުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅާންވާނީ، "މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ ކުރިޔަށް ގެންދިއުމަށް އެދުން" (MIRA 921) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

 

މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެދެވިދާނެ ހާލަތުތައް 64-2.

މި ގަވާއިދުގެ 1-64 ގެ ދަށުން، މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެދެވިދާނެ ކަންކަމުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ޓްރާންސްފަރ ޕްރައިސިންގއާ ގުޅޭ މައްސަލަތައް؛

(ށ) ޖުރިޑިކަލް ނުވަތަ އިކޮނޮމިކް ޑަބަލް ޓެކްސޭށަންއާ ގުޅޭ މައްސަލަތައް؛

(ނ) ވަޒަންވެރިފައިވާ ގައުމު ކަނޑައެޅުމާ ގުޅޭ މައްސަލަތައް؛

(ރ) ދާއިމީ މަރުކަޒަށް ނިސްބަތްވާ ފައިދާގެ މިންވަރު ކަނޑައެޅުމާ ގުޅޭ މައްސަލަތައް؛

 

މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ ބެހިގެންވާ މަރުހަަލާތައް 64-3

(ހ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރގެ ފުރަތަމަ މަރުހަަލާގައި ހިމެނޭނީ އަންނަނިވި ކަންކަމެވެ.

  1. މީރާއަށް މައްސަލަ ހުށަހެޅުން؛ 
  2. އެ މައްސަލައަކީ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްތޯ މީރާއިން ކަނޑައެޅުން؛
  3. އެހެން ކޮމްޕިޓަންޓް އޮތޯރިޓީއަކާ މަށޯްވަރާކުރުމެއް ނެތި، މީރާއަށް އެކަނި މައްސަލަ ހަައްލުކުރެވެން އޮތްނަމަ، މީރާއިން އެ މައްސަލަ ހަައްލުކޮށްދިނުން.

(ށ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރގެ ދެވަނަ މަރުހަަލާގައި ހިމެނޭނީ، ފުރަތަމަ މަރުހަަލާގައި މައްސަލަ ހަައްލުނުވާ ހާލަތުގައި، އެއްބަސްވުމުގައި ދިވެހިރާއްޖެ ފިޔަވައި ބައިވެރިވާ ގައުމާ ނުވަތަ ގައުމުތަކާ މަށޯްވަރާކޮށްގެން މައްސަލަ ހަައްލުކުރުމެވެ.

 

ޓެކްސް ގާނޫނެއްގެ ދަށުން އަދާކުރާންޖެހޭ އިލްތިޒާމަކަށް ބަދަލެއް ނައުން 64-4

(ހ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފައިވީ ނަމަވެސް، ޓެކްސް ގާނޫނެއްގެ ދަށުން އަދާކުރާންޖެހޭ އިލްތިޒާމަކުން އެ ފަރާތެއް އިސްތިސްނާއެއް ނުވާނެއެވެ.

(ށ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ނިމުމުން، އިތުރަށް މީރާއަށް ޓެކްސް ދެއްކިފައިވާކަމަށް ކަނޑައެޅޭ ހާލަތުގައި، އިތުރަށް ދެއްކިފައިވާ އަދަދަކީ ޓެކްސް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަނބުރައި ރައްދުކުރެވޭނެ އަދަދެކެވެ.

 

ހުށަހެޅުން އަނބުރާ ގެންދިއުން 64-5.
މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް މި ބާބުގެ ދަށުން ހުށަހަޅައިފައިވާ ހުށަހެޅުމެއް އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވާނަމަ، އެ ކަން ލިޔުމުން މީރާއަށް އަންގާންވާނެއެވެ.

 

މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދަން ހުށަނޭޅޭނެ ހާލަތުތައް 64-6.ޓެކްސް އެޕީލް ޓްރައިބިއުނަލުން ނުވަތަ ދިވެހިރާއްޖޭގެ ށަރުއަީ ކޯޓަކުން ނިހާއީ ހުކުމެއް ކޮށްފައި އޮތްކަމަކާ ގުޅިގެން، މިއުޗުއަލް

އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް ހުށަހެޅުމުގެ ފުރުސަަތެއް ނޯންނާނެއެވެ.

 

ސާދަވަނަ ބާބު:

އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭށަން

 

މާނަކުރުން 64-7.

މި ބާބާއި، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ބޭނުމަށް، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) "ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނަކަށް ނުވާ، ދިވެހިރާއްޖޭގެ ކޮންމެ ފައިނޭންށަލް އިންސްޓިޓިއުށަނަކަށެވެ.

  1.  (ށ) "ދިވެހިރާއްޖޭގެ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ:
    ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ އެއްވެސް ބްރާންޗެއް ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފައިނޭންށަލް އިންސްޓިޓިއުށަނަކަށް؛
  2. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ދިވެހިރާއްޖޭގައި ހުރި ކޮންމެ ބްރާންޗަކަށެވެ.

(ނ) "ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، ކަސްޓޯޑިއަލް އިންސްޓިޓިއުށަންތަކަށާއި، ޑިޕޮޒިޓަރީ އިންސްޓިޓިއުށަންތަކަށާއި، އިންވެސްޓްމަންޓް އެންޓިޓީތަކަށާއި، ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުނިތަކަށެވެ.

(ރ) "ކަސްޓޯޑިއަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއް އެއީ އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންށަލް އެސެޓްތައް ބަލަހައްޓައިދިނުން ކަމުގައިވާ އެންޓިޓީތަކަށެވެ. އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންށަލް އެސެޓްތައް ބަލަހައްޓައިދިނުމަކީ އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއް ކަމުގައި ބެލެވޭނީ، ފައިނޭށަލް އެސެޓް ބަލަހައްޓައިދީގެންނާއި އެއާ ގުޅުންހުރި މާލީ ހިިދުމަތްތައް ފޯރުކޮށްދީގެން ލިބޭ ޖުމުލަ އާމްދަނީ، އަންނަނިވި މުއްދަތުތަކުގެ ތެރެއިން ކުރު މުއްދަތުގައި އެ އެންޓިޓީގެ ޖުމުލަ އާމްދަނީގެ %20 (ވިހި އިންސައްތަ) އާ އެއްވަރުނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމައެވެ.  

  1. އެ ފަދަ އެންޓިޓީއެއްތޯ ބަލާ އަހަރުގެ ކުރީ އަހަރުގެ 31 ޑިސެންބަރު (ނުވަތަ ހިސާބުކުރުމުގެ މުއްދަތަކީ ކަލަންޑަރު އަހަރެއް ނޫންނަމަ ހިސާބުކުރުމުގެ މުއްދަތުގެ ފަހު ދުވަސް) އަށް ނިމުނު 3 (ތިނެއް) އަހަރުގެ މުއްދަތު؛
  2. އެ އެންޓިޓީ އުފެދުނު ފަހުން ހިނގައިފައިވާ މުއްދަތު.

(ބ) "ޑިޕޮޒިޓަރީ އިންސްޓިޓިއުށަން" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ނުވަތަ އެ ފަދަ އެހެން ވިޔަފާރިއެއް ހިންގާ، އެ ވިޔަފާރީގެ އާންމު މަސައްކަތުގެ ތެރޭގައި ޑިޕޮޒިޓް ބަލައިގަތުން ހިމެނޭ އެންޓިޓީތަކަށެވެ

(ޅ) "އިންވެސްޓްމަންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ:

  1. އެ އެންޓިޓީގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި، އަންނަނިވި ހަރަކާތްތަކާއި އޮޕަރޭށަންތަކުގެ ތެރެއިން 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރަކަށް ކޮށްދޭ ނުވަތަ ކަސްޓަމަރެއްގެ ބަދަލުގައި ކުރާ އެންޓިޓީތައް:
    (i) މަނީ މާކެޓު އިންސްޓްރުމަންޓްތައް ގަނެވިއްކުން (ޗެކު، ބިލު، ޑިޕޮޒިޓް ސެޓުފިކެޓު، ޑިރިވެޓިވް، ނުވަތަ އެ ފަދަ އެހެން އިންސްޓްރުމަންޓްތައް)؛ ބޭރު ފައިސާ ގަނެވިއްކުން؛ އިންޓްރެސްޓް ރޭޓު އަދި އިންޑެކްސް އިންސްޓްރުމަންޓް އެކްސްޗޭންޖް ކުރުން؛ ޓްރާންސްފަރ ކުރެވޭ ސެކިއުރިޓީ ގަނެވިއްކުން؛ ނުވަތަ ކޮމޯޑިޓީ ފިއުޗަރޒް ގަނެވިއްކުން؛
    (ii) އިންޑިވިޖުއަލް ނުވަތަ ކަލެކްޓިވް ޕޯޓްފޯލިއޯ މެނޭޖުކުރުން؛
    (iii) އެހެން ފަރާތެއްގެ ބަދަލުގައި ފައިނޭންށަލް އެސެޓް ނުވަތަ ފައިސާ އިންވެސްޓުކުރުން، ނުވަތަ އެޑްމިނިސްޓަރކުރުން، ނުވަތަ މެނޭޖުކުރުން؛
  2. ޑިޕޮޒިޓަރީ އިންސްޓިޓިއުށަނަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުށަނަކުން ނުވަތަ ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުންޏަކުން ނުވަތަ މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިންވެސްޓްމަންޓް އެންޓިޓީއަކުން މެނޭޖްކުރާ، އަދި އެ އެންޓިޓީއެއްގެ ޖުމުލަ އާމްދަނީ ލިބެނީ މައިގަނޑުގޮތެއްގައި ފައިނޭންށަލް އެސެޓްތަކުގައި އިންވެސްޓުކުރުމުން ނުވަތަ ރީއިންވެސްޓުކުރުމުން ނުވަތަ ފައިނޭންށަލް އެސެޓް ގަނެވިއްކުމުން ކަމުގައިވާ އެންޓިޓީތަކަށެވެ.

(ކ) މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރު އެ އެންޓިޓީއަކަށް ރައްދުވާނީ، އަންނަނިވި މުއްދަތުގެ ތެރެއިން ކުރު މުއްދަތުގެ ތެރޭގައި ރެލަވަންޓް ހަރަކާތްތަކަށް ނިސްބަތްވާ ޖުމުލަ އާމްދަނީ، އެ އެންޓިޓީގެ އާމްދަނީގެ  %50 (ފަންސާސް އިންސައްތަ) އާ އެއްވަރުވާނަމަ ނުވަތަ އެއަށްވުރެ ބޮޑުވާނަމައެވެ.

  1. އެ ފަދަ އެންޓިޓީއެއްތޯ ބަލާ އަހަރުގެ ކުރީ އަހަރުގެ 31 ޑިސެންބަރަށް ނިމުނު 3 (ތިނެއް) އަހަރުގެ މުއްދަތު؛
  2. އެ އެންޓިޓީ އުފެދުނު ފަހުން ހިނގައިފައިވާ މުއްދަތު.

(އ) "ފައިނޭންށަލް އެސެޓް" ގެ މާނައިގެ ތެރޭގައި، ސެކިއުރިޓީ (މިސާލަކަށް ކޯޕަރޭށަނެއްގެ ސްޓޮކް؛ ގިނަ ބައެއްގެ ހިއްސާ އޮންނަ ނުވަތަ ހިއްސާ ގަނެވިއްކުން އާންމުންނަށް ހުޅުވައިލެވިފައިވާ ޕާޓްނަރށޯިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ޕާޓްނަރށޯިޕް މަސްލަހަަތު ނުވަތަ ބެނެފިށަލް އޯނަރށޯިޕް މަސްލަހަަތު؛ ނޯޓު، ބޮންޑު، ޑިބެންޗަރ ނުވަތަ އެނޫންވެސް ދަރަނިވެރިކަން އަންގައިދޭ އެއްޗެއް)، ޕާޓްނަރށޯިޕް މަސްލަހަަތު، ކޮމޯޑިޓީ، ސްވޮޕް (މިސާލަކަށް، އިންޓްރެސްޓް ރޭޓު ސްވޮޕް، ކަރަންސީ ސްވޮޕް، ބޭސިސް ސްވޮޕް، އިންޓްރެސްޓް ރޭޓް ކެޕް، އިންޓްރެސްޓް ރޭޓް ފްލޯ، ކޮމޯޑިޓީ ސްވޮޕް، އިކުއިޓީ ސްވޮޕް، އިކުއިޓީ އިންޑެކްސް ސްވޮޕް އަދި އެނޫންވެސް އެ ފަދަ އެއްބަސްވުންތައް)، އިންށޯުއަރެންސް ކޮންޓްރެކްޓް ނުވަތަ އެނުއިޓީ ކޮންޓްރެކްޓް، ނުވަތަ، ފިއުޗަރޒް ނުވަތަ ފޯވަރޑް ކޮންޓްރެކްޓް ނުވަތަ އޮޕްށަން ވެސް ހިމެނޭގޮތުން ސެކިއުރިޓީއެއްގެ ނުވަތަ ޕާޓްނަރށޯިޕް މަސްލަހަަތެއްގެ ނުވަތަ ކޮމޯޑިޓީއެއްގެ ނުވަތަ ސްވޮޕެއްގެ ނުވަތަ އިންށޯުއަރެންސް ކޮންޓްރެކްޓެއްގެ ނުވަތަ އެނުއިޓީ ކޮންޓްރެއްގެ އެއްވެސް މަސްލަހަަތެއް ހިމެނެއެވެ.  އެހެންނަމަވެސް، ފައިނޭންށަލް އެސެޓުގެ މާނައިގެ ތެރޭގައި ބިން ނުވަތަ އިމާރާތުގެ މާނައިގެ ތެރޭގައި ހިމެނޭ މުދަލެއްގައި ދަރަންޏަކަށް ނުވާގޮތަށް އަދި ސީދާގޮތުން އޮންނަ މަސްލަހަަތެއް ނުހިމެނޭނެއެވެ.

(ވ) "ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުނި" ކަމުގައި ބުނެފައި އެވަނީ، އިންށޯުއަރެންސް ކުންފުނިތަކުގެ ތެރެއިން (އިންށޯުއަރެންސް ކުންފުންޏެއްގެ ހޯލްޑިންގ ކުންފުނި ވެސް ހިމެނޭގޮތުން)، ކޭށޯް ވެލިއު އިންށޯުއަރެންސް ކޮންޓްރެކްޓް ނުވަތަ އެނުއިޓީ ކޮންޓްރެކްޓް ދޫކުރާ ނުވަތަ އެ ފަދަ ކޮންޓްރެކްޓަކާ ގުޅިގެން އެއްވެސް އަދަދެއް ދައްކާންޖެހޭ ކޮންމެ އެންޓިޓީއަކަށެވެ.

(މ) "ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ:

  1. ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުންޏަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުށަނަކުން ނުވަތަ ޑިޕޮޒިޓަރީ އިންސްޓިޓިއުށަނަކުން ހިންގާ ބާވަތުގެ މާލީ ނުވަތަ ގަނެވިއްކުމުގެ ހަރަކާތަކާ ގުޅުންހުރި ޒިންމާއެއްގެ ދަށުން ލިބޭ ފައިސާއަށް ރައްދުނުވާ ގޮތަށް، ދައުލަތުގެ އެންޓީޓީތަކަށް، ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ނުވަތަ ޖަމާއަަތްތަކަށް، ނުވަތަ ސެންޓްރަލް ބޭންކަށް؛  
  2. ބްރޯޑް ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑަކަށް، ނެރޯ-ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑްތަކަށް، ދައުލަތުގެ އެންޓިޓީއެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަަތެއްގެ ނުވަތަ ސެންޓްރަލް ބޭންކުގެ ޕެންށަން ފަންޑްތަކަށް، ކޮލިފައިޑް ކްރެޑިޓް ކާޑް ދޫކުރާ ފަރާތްތަކަށް؛
  3. ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެ އެންޓިޓީ ބޭނުންކޮށްފާނެކަމުގެ ރިސްކު ކުޑަކަމަށް ބެލެވޭ އަދި މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންޓިޓީތަކާ އެއްގޮތް ސިފަތަކެއް އެކަށީގެންވާ މިންވަރަކަށް ހުރި، އަދި ދިވެހިރާއްޖޭގެ ގާނޫނެއްގައި ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް އެންޓިޓީއަކަށް، އެއީ    އެ އެންޓިޓީ ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި އޮންނަ އޮތުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ މަގުސަދުތަކާ ފުށުނާރާނަމަ؛
  4. އެގްޒެމްޓް ކަލެކްޓިވް އިންވެސްޓްމަންޓް ވެހިކަލަށް؛ ނުވަތަ
  5. އެ ޓްރަސްޓެއްގެ ޓްރަސްޓީއަކީ ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއް ކަމުގައި ވާނަމަ އަދި މި ގަވާއިދުގެ ދަށުން އެ ޓްރަސްޓުގެ ރިޕޯޓަބަލް އެކައުންޓުތަކާ ގުޅިގެން ރިޕޯޓުކުރާންޖެހޭ އެންމެހައި މައުލޫމާތު އެ ޓްރަސްޓީ ރިޕޯޓުކުރާނަމަ، އެ ގޮތުން ރިޕޯޓުކުރާ ނިސްބަތުން، ޓްރަސްޓަކަށެވެ.

(ފ) "ޕްރީއެގްޒިސްޓިންގ އެކައުންޓް" ކަމަށް ބުނެފައި އެވަނީ، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގައި 31 ޑިސެންބަރު 2020 އާ ހަމައަށް ހުރި ފައިނޭންށަލް އެކައުންޓުތަކަށެވެ.

(ދ) "ނިއު އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންގައި ހުރި 1 ޖަނަވަރީ 2021 ގައި ނުވަތަ އޭގެ ފަހުން ހުޅުވައިފައިވާ ފައިނޭންށަލް އެކައުންޓްތަކަށެވެ.

(ތ) "ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ފަރުދުންގެ ނަމުގައި އޮންނަ ޕްރީއެގްޒިސްޓިންގ އެކައުންޓަށެވެ.

(ލ) "ލޯވަރ ވެލިއު އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، 31 ޑިސެންބަރު 2020 ގައި އެ އެކައުންޓުގެ ޖުމުލަ ބާކީ ނުވަތަ ވެލިއު 1,000,000 (އެއް މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުނޫން، ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓުތަކަށެވެ.

(ގ) "ހައި ވެލިއު އެކައުންޓު" ކަމަށް ބުނެފައި އެވަނީ، 31 ޑިސެންބަރު 2020 ގައި ނުވަތަ އޭގެ ފަހުން އަންނަ އެއްވެސް އަހަރެއްގެ 31 ޑިސެންބަރުގައި، އެ އެކައުންޓުގެ ޖުމުލަ ބާކީ ނުވަތަ ވެލިއު، 1,000,000 (އެއް މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑު، ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓުތަކަށެވެ.

(ޏ) މި ބާބުގައި އެހެން ގޮތަށް މާނަކޮށްދީފައި ނުވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، މި ގަވާއިދުގެ 8-64 ވަނަ މާއްދާގައި ހަވާލާދީފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑުގައި، އެ އިބާރާތް ނުވަތަ އެ ލަފުޒެއް މާނަކޮށްފައިވާ ގޮތަށެވެ.

 

ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް 64-8.

(ހ) ގާނޫނުގެ 2-51 ވަނަ މާއްދާގެ ބޭނުމަށް ކޮމަން ރިޕޯޓިންގ ސްޓޭންޑަޑަކީ އޯ.އީ.ސީ.ޑީއިން ށާއިއުކޮށްފައިވާ، "ސްޓޭންޑަޑް ފޮރ އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންށަލް އެކައުންޓް އިންފޮރމޭށަން އިން ޓެކްސް މެޓަރޒް (ސެކަންޑް    އެޑިށަން)" ގެ ބާބު B ގައި (ގެނެވޭ އިސްލާހުތައް ވެސް ހިމެނޭގޮތުން) ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، މައުލޫމާތު ހުށަހެޅުމާއި، ރިކޯޑު ބެލެހެއްޓުމާއި، ޑިއުޑިލިޖެންސް ކުރިޔަށް ގެންދިއުމަކީ، މި ބާބު ރައްދުވާ ފައިނޭންށަލް އިންސްޓިޓިއުށަންތަކުގެ ޒިންމާއެކެވެ.

 

ޕްރީއެގްޒިސްޓިންގ އެކައުންޓްތައް 64-9.

(ހ) ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓެއް 31 ޑިސެންބަރު 2020 ގެ ނިޔަލަށް ހައި ވެލިއު އެކައުންޓަކަށް ވެފައި ނުވިޔަސް، އެ އަހަރާ ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ އެންމެ ފަހު ދުވަހުގައި އެ އެކައުންޓު ހައި ވެލިއު އެކައުންޓަކަށް ވެއްޖެނަމަ، ހައި ވެލިއު އެކައުންޓަކަށް އެ އެކައުންޓު ވި އަހަރާ ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ ތެރޭގައި އެ އެކައުންޓާ ގުޅޭގޮތުން، އެ ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑުގައި ބަޔާންކޮށްފައިވާ ފުޅާ ދާއިރާގައި ރިވިއުކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރިވިއުއެއް ފުރިހަމަކުރާންވާނެއެވެ. އަދި އެ ރިވިއުގެ މައްޗަށް ބިނާކޮށް     އެ އެކައުންޓު ރިޕޯޓަބަލް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، އެ އެކައުންޓު ރިޕޯޓަބަލް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅުނު އަހަރާއި އެ އަހަރާ ވިދިގެން އަންނަ ކޮންމެ އަހަރަކަށް ނިސްބަތްވާ، އެ އެކައުންޓާ ގުޅޭގޮތުން ކޮމަން ރިޕޯޓިންގ ސްޓޭންޑަޑުގެ ދަށުން ރިޕޯޓުކުރާންޖެހޭ މައުލޫމާތު، އަހަރަކު އެއްފަހަރު، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނުން ރިޕޯޓު ކުރާންވާނެއެވެ.

(ށ) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑުގެ ބޭނުމަށް:

  1. ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓުތައް ރިވިއުކުރުން 31 ޑިސެންބަރު 2021 ގެ ނިޔަލަށް ފުރިހަމަކުރާންވާނެއެވެ.
  2. އެކައުންޓުގެ ޖުމުލަ ބާކީ ނުވަތަ ވެލިއު، 31 ޑިސެންބަރު 2020 ގައި 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޕްރީއެގްޒިސްޓިންގ އެންޓިޓީ އެކައުންޓުތަކުގެ ރިވިއުތައް 31 ޑިސެންބަރު 2021 ގެ ނިޔަލަށް ފުރިހަމަ ކުރާންވާނެއެވެ.
  3. ޕްރީއެގްޒިސްޓިންގ އެންޓީޓީ އެކައުންޓެއްގެ ޖުމުލަ ބާކީ ނުވަތަ ވެލިއު 31 ޑިސެންބަރު 2020 ގައި 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނަމަވެސް، އޭގެ ފަހުން އަންނަ ކަލަންޑަރު އަހަރެއްގެ 31 ޑިސެންބަރުގައި އެ އެކައުންޓުގެ ޖުމުލަ ބާކީ ނުވަތަ ވެލިއު 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވެއްޖެނަމަ، އެ ބޮޑުވާ އަހަރާ ވިދިގެން ފެށޭ އަހަރުގެ ނިޔަލަށް، އެ އެކައުންޓުތަކުގެ ރިވިއުތައް ފުރިހަމަ ކުރާންވާނެއެވެ. 

ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން 64-10.

(ހ) ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަަމަލުކުރާން ފަށާ ތާރީހިުގައި، އެއްވެސް ފަރާތަކީ "ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" އެއްނަމަ، މި މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީ ކުރުމަށް، އެ ގަވާއިދަށް އަަމަލަކުރާން ފަށާ ތާރީހިުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅާންވާނެއެވެ.

(ށ) ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަަމަލުކުރާން ފަށާ ތާރީހިުގެ ފަހުން ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއް ކަމުގައިވާ ފަރާތްތަކުން، ށަރުތުު ފުރިހަމަވި ތާރީހިުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅާންވާނީ، "ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން ރަޖިސްޓަރީކުރުން" (MIRA 119) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

 

ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ރިޕޯޓު 64-11.

(ހ) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑުގެ ދަށުން މައުލޫމާތު ހުށަހަޅާންޖެހޭ ފަރާތްތަކުން، ކޮންމެ ކަލަންޑަރު އަހަރަކަށް ހުށަހަޅާންޖެހޭ މައުލޫމާތު ހިމަނައިގެން ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، "ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ރިޕޯޓު" (MIRA 922) ފޯމު ހުށަހަޅާންވާނެއެވެ.

(ށ) މި ބާބުގެ ބޭނުމަށް މައުލޫމާތު ހުށަހަޅާންޖެހޭ ފުރަތަމަ ކަލަންޑަރު އަހަރަކީ 2021 ވަނަ އަހަރެވެ.

 
މައުލޫމާތު ހުށަނޭޅުމުގެ އަދަބުތައް 64-12.
ކޮމަން ރިޕޯޓިންގ ސްޓޭންޑަޑާ އެއްގޮތަށް، ގާނޫނުގެ 3-51 ވަނަ މާއްދާގެ ދަށުން ހުށަހަޅާންޖެހޭ މައުލޫމާތު ހުށަނޭޅުމުގެ އަދަބު ކަނޑައަޅާނީ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުންނެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 75 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

ބެނެފިށަލް އޯނަރށޯިޕްގެ މައުލޫމާތު 75-1.

(ހ) ބެނެފިށަލް އޯނަރށޯިޕްގެ މައުލޫމާތު، އަންނަނިވި ހާލަތުތަކުގައި މީރާއަށް ނެގިދާނެއެވެ.

  1. ގާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން އެދޭ އެދުމެއްގެ ބޭނުމަށް؛
  2. ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން ލިބިދެވޭ އިނާޔަތްތަކާއި ލުއިތައް ތަންފީޒުު ކުރުމުގެ ބޭނުމަށް؛
  3. މީރާއިން ކުރިޔަށް ގެންދާ އޮޑިޓެއް ނުވަތަ ތަހުގެީގެެއްގެ ބޭނުމަށް؛
  4. އިންޓަރނޭށަނަލް ޓެކްސް ކޮމްޕްލައަންސް ރިސްކްތައް ދެނެގަތުމަށް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް މީރާއިން ހޯދާ ބެނެފިށަލް އޯނަރށޯިޕްގެ މައުލޫމާތު ހިއްސާކުރާނީ ނުވަތަ ބަދަލުކުރާނީ އެ އެއްބަސްވުމެއްގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެ ފިޔަވައި އެ އެއްބަސްވުމެއްގައި ބައިވެރިވެފައިވާ އެހެން ގައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތަކަށް އެ އެއްބަސްވުމެއްގެ ދަށުން ލިބިދެވޭ އިނާޔަތްތަކާއި ލުއިތައް ލިބޭނީ، އެ ފަރާތުގެ ބެނެފިށަލް އޯނަރުން ވެސް އެ ގައުމެއްގައި ވަޒަންވެރިވެފައިވާ ނަމައެވެ. 

ޓެކްސް ރޫލިންގ އިސްލާހުކުރުން 75-2.

ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަަމަލުކުރާން ފަށާ ތާރީހިުން ފެށިގެން، ޓެކްސް ރޫލިންގ TR-2015/A2 (އިއުތިރާޒުކުރާ މައްސަލަ ބަލާ މަރުހަަލާގައި ލިޔެކިޔުން ހުށަޅަހެޅުން) އުވުނީއެވެ.

 

15 ވަނަ މާއްދާ - މި ގަވާއިދަށް އަަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހިުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު