ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2021-35)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ކުރަންޖެހޭ އެންމެހައި ކަންކަން ބަޔާންކޮށް، އޮތޯރިޓީ ހިންގުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ޑިރެކްޓަރުންގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އޮތޯރިޓީގެ މަގުސަދުތައް
(ހ) ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ދާއިރާއާއި ޓެލެކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓް ކުރުމަށް ބޭނުންވާ މިންވަރަށް އިންފޯކޮމިއުނިކޭށަންގެ ދާއިރާއާ ގުޅޭ ކަންކަމުގައި ދިވެހި ރައްޔިތުންގެ މަސްލަހިަތުތައް ހިިމާޔަތްކުރުމާއި، އިންވެސްޓްމަންޓްތަކަށް މަގުފަހިވާފަދަ ވެށްޓެއް ދިވެހިރާއްޖޭގައި އުފެއްދުމަށް ޓަކައި އަންނަނިވި ކަންކަން ކުރުން.
- ޓެލެކޮމިއުނިކޭށަނާއި، ޕޯސްޓާއި، ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭގޮތުން ފޯރުކޮށްދެވޭ އިންފޯކޮމިއުނިކޭށަންގެ ހިިދުމަތްތަކެއް ކަމުގައި ހެދުމާއެކު، އިގްްތިސާާދީގޮތުން އެކަށީގެންވާ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި ގޮތެއްގައި ދިވެހިރާއްޖޭގެ އިގްްތިސާާދީ ބޭނުންތަކަށާއި އިޖުތިމާއީީ ބޭނުންތަކަށް ފުދޭ ގޮތެއްގެ މަތިން، ރަނގަޅު ފެންވަރެއްގައި ދެވޭ ހިިދުމަތްތަކަކަށް ހެދުން؛
- ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ސާިނާއަތު ކުރިއަރުވައި، ފުޅާކޮށް، ތަރައްގްީކުރުމާއި، އެ ކަންކަމަށް މަގުފަހިވާފަދަ ކަންކަމަށް ހިތްވަރުދީ، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ ޓެލެކޮމިއުނިކޭށަންސްގެ ހިިދުމަތްތަކަކީ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ، ބައިނަލްއަގްްވާމީ ވިޔަފާރީގައި ވާދަވެރި އަދި މުޖުތަމައީުގެ ބޭނުންތައް ފުއްދައިދެވޭ ފެންވަރުގެ ހިިދުމަތްތަކަކަށް ހެދުން.
(ށ) ކޮމިއުނިއުނިކޭށަނާއި ޕޯސްޓުގެ ހިިދުމަތާއި، ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭގޮތުން ފޯރުކޮށްދެވޭ އިންފޯކޮމިއުނިކޭށަންގެ ހިިދުމަތްތައް ފޯރުކޮށްދިނުމުގައި ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގްްވާމީ ފެންވަރުގައި ވާދަވެރި ވެށްޓެއް ގާއިމްކޮށް، ކުރިއެރުވުން.
(ނ) ޓެލެކޮމިއުނިކޭށަނާއި، ޕޯސްޓުގެ ސާިނާއަތުގެ ގައުމީ ސިޔާސަތުތައް ތަންފީޒުުކުރުން.
(ރ) މި ގާނޫނުގެ މަގްުސާަދުތައް ހާސިލުކުރުމަށް ޓަކައި، ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ހިިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދޫކޮށް، އެ ދާއިރާތަކުގެ އެންމެހައި ކަންކަން ރާވައި ހިންގުން.
3 ވަނަ މާއްދާ - އޮތޯރިޓީގެ އާންމު ބާރުތައް
މި ގަވާއިދުގެ 2 ވަނަ މާއްދާގައި އޮތޯރިޓީގެ މަގުސަދުތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން ހަދާ އެންމެހައި ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އޮތޯރިޓީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ - އޮތޯރިޓީގެ މަސައްކަތްތައް
ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ 16 ވަނަ މައްދާގެ ދަށުން ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
(ހ) ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
- ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޓެލެކޮމިއުނިކޭށަނާއި ރޭޑިއޯ ކޮމިއުނިކޭށަންގެ ކަންކަން ރެގިއުލޭޓް ކުރުން؛
- ޓެލެކޮމިއުނިކޭށަންގެ ސާިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން؛
- ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ދާއިރާ ތަރައްގްީ ކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭށަންގެ ސާިނާއަތު ކުރިއެރުވުން؛
- ޓެލެކޮމިއުނިކޭށަންގެ ސާިނާއަތާ ބެހޭގޮތުން، ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިިދުމަތްތަކާ ބެހޭގޮތުން، ނުވަތަ ހިިދުމަތް ބޭނުންކުރާ ނުވަތަ ހިިދުމަތަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން؛
- ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ސާިނާއަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމްކޮށް ކުރިއަރުވައި ތަރައްގްީކުރުން؛
- ޓެލެކޮމިއުނިކޭށަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން؛
- ޓެލެކޮމިއުނިކޭށަންގެ ހިިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާ ގުޅޭ އެނޫންވެސް ކަންކަން ހިންގައި ބެލެހެއްޓުން؛
- ހިިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލް ކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި ހިންގުން؛
- ޓެލެކޮމިއުނިކޭށަންގެ ސާިނާއަތުގައި ފޯރުކޮށްދޭ ހިިދުމަތްތަކާ ގުޅޭގޮތުން ހިިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ހިިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުން؛
- ޓެލެކޮމިއުނިކޭށަން ނަންބަރިންގ ޕްލޭނާއި، ޓެލެކޮމިއުނިކޭށަންގެ އެނޫން ހިިދުމަތްތައް ދިނުމުގައި އިލެކްޓްރޯނިކް ޒުަރީއާއިން އެޑްރެސްކުރުމާބެހޭ ފަންނީ އެންމެހައި ކަންކަމާއި، އިދާރީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން؛
- ޓެލެކޮމިއުނިކޭށަންގެ ހިިދުމަތްތައް ނުވަތަ ނެޓްވާރކްތައް އިންޓަރކަނެކްޓް ކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހިައްލުކުރުން؛
- ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭށަން އިކްއިޕްމަންޓް ބަލައި، ފާސްކޮށް، ހުއްދަ ދިނުން؛
- ޓެލެކޮމިއުނިކޭށަންގެ ހިިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން؛
- ސެޓެލައިޓުގެ ގުޅުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓް ކުރުމާއި، އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ޔޫނިއަންއާއި ބައިނަލްއަގްްވާމީ ކަމާބެހޭ ޖަމްއީިއްޔާތަކާއެކު ނުވަތަ އިދާރާތަކާއެކު އެ ކަންކަން ވިލަރެސް ކުރުން؛
- ޓެލެކޮމިއުނިކޭށަން ވަސީލަތްތައް ގާއިމުކުރުމުގައި ތިމާވެށި ހިިމާޔަތް ކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެލެކޮމިއުނިކޭށަންގެ ސާިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބާރުއަޅައި، ހިތްވަރުދިނުން؛
- ޓެލެކޮމިއުނިކޭށަންގެ ސާިނާއަތާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އާންމުންނަށް މައީުލޫމާތު ފޯރުކޮށްދީ އިރުށާާދު ދިނުން؛
- ޓެލެކޮމިއުނިކޭށަނާބެހޭ ބައިނަލްއަގްްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ޓެލެކޮމިއުނިކޭށަނާބެހޭ ބައިނަލްއަގްްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
(ށ) ސްޕެކްޓްރަމް ބެލެހެއްޓުމާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
- ދިވެހިރާއްޖޭގެ ރޭޑިއޯ ފްރިކްއެންސީ ސްޕެކްޓްރަމް ރާވައި ހިންގައި ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުން؛
- ރޭޑިއޯ ކޮމިއުނިކޭށަން އިކްއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުން؛
- ރޭޑިއޯ ފްރިކްއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރަންސް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ތަހިްގްީގްު ކުރުމާއި ފިޔަވަޅު އެޅުން.
(ނ) ޕޯސްޓުގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
- ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން؛
- ޕޯސްޓުގެ ހިިދުމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ހިިދުމަތުގެ ފެންވަރު ބެލުން؛
- ޕޯސްޓުގެ ދާއިރާ ރެގިއުލޭޓު ކުރުމާބެހޭ ބައިނަލްއަގްްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަށާްވަރާ ދިނުމާއި، ޕޯސްޓާބެހޭ ބައިނަލްއަގްްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން
(ރ) އިންފޯކޮމިއުނިކޭށަންގެ ދާއިރާއާ ގުޅޭގޮތުން، ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓު ކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- މި ގަވާއިދުގައި ކަނޑައަޅައިފައިވާ ދާއިރާގެ ތެރޭގައި އިންފޯކޮމިއުނިކޭށަންގެ ކަންކަން ރެގިއުލޭޓުކުރުން؛
- ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭށަންގެ ސާިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން؛
- ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭ އިންފޯކޮމިއުނިކޭށަންގެ ހިިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.
(ބ) ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން، ނުވަތަ އެހެން ގާނޫނަކުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ މަސައްކަތްތައް ކުރުން.
(ޅ) އޮތޯރިޓީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށް ޓަކައި ނުވަތަ ކުރުމަށް މަގުފަހި ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެނޫނަސް މި ގާނޫނު ހިންގުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
5 ވަނަ މާއްދާ - އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުން
އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްއެވެ.
6 ވަނަ މާއްދާ - ޗީފް އެގްޒެކްޓިވް
(ހ) ޗީފް އެގްޒެކްޓިވްގެ މަސްއޫލިއްޔަތުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ތަންފީޒުު ކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އޮތޯރިޓީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ކުރުން ހިމެނެއެވެ.
(ށ) ޗީފް އެގްޒެކްޓިވް އައްޔަނުކޮށް ވަކިކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އެ މަގާމަކީ ސިވިލް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ އެއް ފެންވަރުގެ ސިވިލް ސަރވިސްގެ މަގާމެކެވެ. އޭގެ އިތުރުން، ޗީފް އެގްޒެކްޓިވްކަމަށް އައްޔަނު ކުރެވޭ މީހަކީ، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގައި ހުރުން ލާޒިމް ކަމަށް ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ވާންވާނެއެވެ.
(ނ) ޓެލެކޮމިއުނިކޭށަންސްއާއި، ޕޯސްޓުގެ ދާއިރާއާއި، ޓެލެކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރަން ބޭނުންވާ ނިސްބަތަށް އިންފޯކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓް ކުރުމާއި، ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ދާއިރާތައް ތަރައްގްީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އޮތޯރިޓީގެ ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، މާލީ ހިސާބުތައް އޮޑިޓް ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަކީ ޗީފް އެގްޒެކްޓިވްގެ މަސްއޫލިއްޔަތެކެވެ.
(ރ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، އޮތޯރިޓީ ތަމްސީލު ކުރަންޖެހޭ ކަންކަމުގައި އޮތޯރިޓީ ތަމްސީލު ކުރާނީ، އޮތޯރިޓީގެ ޗީފް އެކްޒެކްޓިވްއެވެ.
(ބ) އޮތޯރިޓީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެގޮތުން މުވައްޒަފުންނަށް ބޭނުންވާ ތައީުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
7 ވަނަ މާއްދާ - އޮތޯރިޓީގެ މުވައްޒަފުން
(ހ) އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބޭނީ، ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.
(ށ) އޮތޯރިޓީގެ ފަންނީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް އޮތޯރިޓީގެ ބޯޑުން އެކުލަވައިލައި، ބޯޑުގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ އޮނިގަނޑު ފާސްކުރާންވާނެއެވެ. އަދި އެ އޮނިގަނޑުގައި، އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކުގެ ށަރުތުތަކާއި، އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅައިފައި އޮންނާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީގެ ބޯޑުން އެކުލަވައިލާ އޮނިގަނޑުގައިވާ ގޮތުގެ މަތިން އޮތޯރިޓީގެ މަށާްވަރާއާއެކު އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަނުކޮށް ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ރ) އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުގެ ފެންވަރާއި އެ މުވައްޒަފުންނަށް ލިބިދެވޭނެ މުސާރައާއި އީިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާގެ މަތިން އޮތޯރިޓީގެ ބޯޑުގެ މަށާްވަރާޔާއެކު ސިވިލް ސަރވިސް ކޮމިށަނުންނެވެ.
8 ވަނަ މާއްދާ - ކޮންޓްރެކްޓް މުވައްޒަފުން
(ހ) އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތަކެއް ނުވަތަ ހިާއްސާަ މަސައްކަތްތަކެއް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުގެ މަށާްވަރާގެ މަތިން "ކޮންޓްރެކްޓް މުވައްޒަފުން" ގެ ގޮތުގައި އޮތޯރިޓީއަށް މުވައްޒަފުން ހޯދިދާނެއެވެ.
(ށ) ކޮންޓްރެކްޓް މުވައްޒަފުން ހޯދުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ ވެސް، އެ ގާނޫނާއި، އެ ގަވާއިދުތަކެވެ.
9 ވަނަ މާއްދާ - އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުން
އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ނުވަތަ މަސައްކަތަކުން ބައެއް، ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) އާ ނުވަތަ އެނޫންވެސް ގާނޫނަކާ ހިިލާފުނުވާނެ ގޮތުގެ މަތިން ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. އެގޮތުން ހަވާލުކުރެވޭ މަސައްކަތެއް ހަވާލުކުރާންވާނީ، އެކަމަށް ޓަކައި ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
10 ވަނަ މާއްދާ - މާލީ ކަންކަން
(ހ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން އޮތޯރިޓީއަށް ލިބިދެވޭނެއެވެ. މިނިސްޓްރީގެ ލަފާގެ މަތިން، އޮތޯރިޓީގެ ބޯޑުން އޮތޯރިޓީގެ ބަޖެޓް އެކުލަވައިލައި، އޮތޯރިޓީގެ ބޯޑުން އެ ބަޖެޓު ފާސްކޮށް، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ޓަކައި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވާންވާނެއެވެ.
(ށ) އޮތޯރިޓީގެ އެންމެހައި ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓާންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
11 ވަނަ މާއްދާ - އޮޑިޓް ކުރުން
ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު، އޮތޯރިޓީގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އަދި ބޯޑުން އެކަމަށް އައްޔަނުކުރާ އެކައުންޓެންޓަކު މެދުވެރިކޮށް އޮޑިޓް ކުރާންވާނެއެވެ.
12 ވަނަ މާއްދާ - އަހަރީ ރިޕޯޓު
ވޭތުވެދިޔަ އަހަރު އޮތޯރިޓީ ހިންގިގޮތުގެ ރިޕޯޓެއް، އޮޑިޓް ކޮށްފައިވާ ހިސާބުތަކާއެކު، ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކޮށް، ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ފާސްކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅާންވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީ، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވާންވާނެއެވެ.
13 ވަނަ މާއްދާ - މަސައްކަތްތައް ވަޒަންކޮށް ބެލެހެއްޓުން
ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގެ އިތުރުން، އެ ގާނޫނުގެ ދަށުން ލައިސަންސް ދޫކުރާ ފަރާތްތަކާއި، ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ސާިނާއަތާއި، ޓެލެކޮމިއުނިކޭށަންގެ ދާއިރާއަށް ބޭނުންވާ ނިސްބަތަށް އިންފޯކޮމިއުނިކޭށަންގެ ސާިނާއަތުގެ ބައިވެރިންގެ މަސައްކަތްތައް މޮނިޓަރކޮށް، ކޮންމެ މާލީ އަހަރެއް ނިމުމާއެކު، މަސައްކަތްތައް ވަޒަންކުރުމުގައި ފާހަގަކުރެވުނު މުހިންމު ކަންކަމާ ބެހޭގޮތުންނާއި، ހިާއްސާަކޮށް އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، އެކުލަވައިލާ ރިޕޯޓެއް، އޮތޯރިޓީން މިނިސްޓަރަށް ހުށަހަޅާންވާނެއެވެ. އެގޮތުން މިނިސްޓަރަށް ހުށަހަޅާ ރިޕޯޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ. މި ރިޕޯޓު ހުށަހަޅާނީ މިނިސްޓަރެވެ.
(ހ) ހިިދުމަތް ލިބިގަންނަ ފަރާތުގެ ހިތްހަމަޖެހުން ހުރި މިންވަރު؛
(ށ) ހިިދުމަތް ލިބިގަންނަ ފަރާތަށް ލިބޭ މަންފާތައް؛
(ނ) ހިިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިިދުމަތުގެ ފެންވަރު.
14 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
އޮތޯރިޓީގެ ނިންމުންތަކާމެދު ށަކުވާ ހުށަހެޅުމުގެ ފުރުސާަތު، ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 34/2021 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ށަކުވާ ހުށަހަޅާނެ ގޮތާއި، އެ ށަކުވާތަކަށް ޖަވާބު ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކާބެހޭ ގަވާއިދު) ގެ ދަށުން ލިބިދެވޭނެއެވެ.
15 ވަނަ މާއްދާ - ހިިދުމަތުގެ ފީ
އޮތޯރިޓީން ފޯރުކޮށްދޭ ހިިދުމަތްތަކަށް ހިިދުމަތުގެ ފީއެއް ނެގުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. އެގޮތުން ދެވޭ ހިިދުމަތަށް ފީ ނެގޭނެ މިންވަރު އޮތޯރިޓީގެ ބޯޑުން އެކުލަވައިލާ އުސޫލެއްގައި ބަޔާން ކުރާންވާނެއެވެ.
16 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) އޮތޯރިޓީގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފުންނަށް ލިބޭ މައީުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓާންޖެހޭ މައީުލޫމާތެވެ. އެފަދަ މައީުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ އަމަލެއް ކޮށްފި ކޮންމެ މުވައްޒަފަކާމެދު، ސިވިލް ސަރވިސްގެ ގަވާއިދުގައި އިސްލާހިީ ފިޔަވަޅުއެޅުމަށް ކަނޑައަޅައިފައިވާ އުސޫލުން އިސްލާހިީ ފިޔަވަޅުއެޅޭނެއެވެ.
17 ވަނަ މާއްދާ - ސިޔާސަތުތައް ކަނޑައެޅުން
(ހ) ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ މަގުސަދުތައް ހާސިލުވާނެ ގޮތުގެ މަތިން، އަދި އެ ގާނޫނުގެ އެއްވެސް އުސޫލަކާ ހިިލާފުނުވާނޭ ގޮތުގެ މަތިން ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ.
(ށ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
18 ވަނަ މާއްދާ - މިނިސްޓަރު އޮތޯރިޓީއަށް އަންގާ އެންގުންތަކާއި، އެއަށް އަމަލުކުރުން
(ހ) އޮތޯރިޓީން އަމަލުކުރާންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަދާކުރި ޒިންމާތަކާ ގުޅިގެން، ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން އެ ކަމެއް އެއީ ގާނޫނާ ހިިލާފު ކަމެއް ކަމަށް ފެނިއްޖެ ހާލަތުގައި އެ ކަމެއް އިސްލާހު ކުރުމަށް އެންގުމުގެ އިހިްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) އެކިއެކި ސިޔާސަތުތަކާ ގުޅިގެން މިނިސްޓަރު އަންގާ އެންގުންތަކަށް އޮތޯރިޓީން އަމަލުކުރާންވާނީ، އެ އެންގުމެއް ލިޔުމުން މިނިސްޓަރު އެންގުމުންނެވެ.
(ނ) މި މާއްދާގެ ދަށުން މިނިސްޓަރު އަންގާ އެންގުންތަކުގެ ރަޖިސްޓަރީއެއް އޮތޯރިޓީން ބަލަހައްޓަމުން ގެންދާންވާނެއެވެ.
19 ވަނަ މާއްދާ - އޮތޯރިޓީގެ ސިއްކަ
އޮތޯރިޓީގެ ރަސްމީ ސިއްކައެއް އޮންނާންވާނެއެވެ. ލިޔުމުން އޮތުން ގާނޫނުން ލާޒިމްކުރާ އެއްބަސްވުމެއްގައި އޮތޯރިޓީން ސޮއިކުރާ ހާލަތުގައި، އެ އެއްބަސްވުމެއްގައި ސިއްކަ އޮންނާން ޖެހޭކަމަށް ގާނޫނު ބަޔާންކުރާނަމަ، އެ ލިޔުމެއްގައި އޮތޯރިޓީގެ ސިއްކަ ޖަހާންވާނެއެވެ. އޮތޯރިޓީގެ ސިއްކަ ޖަހާ ކޮންމެ ލިޔުމެއްގައި އެކަމަށް ޓަކައި އޮތޯރިޓީން ހުއްދަ ދީފައިވާ އޮތޯރިޓީގެ ބޯޑުގެ މެންބަރަކު ނުވަތަ މެންބަރުން ސޮއި ކުރާންވާނެއެވެ.
20 ވަނަ މާއްދާ - ގަވާއިދު ހެދުމާއި، އުސޫލުތައް އެކުލަވައިލުން
ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގައި، އޮތޯރިޓީގެ ބޯޑުން ހެދުމަށް ކަނޑައަޅައިފައިވާ ގަވާއިދުތައް ފިޔަވައި އޮތޯރިޓީން ހަދާންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލައި، އެ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލުގެނެސް، އެކަންކަން ހިންގާނީ އޮތޯރިޓީންނެވެ.
21 ވަނަ މާއްދާ - އޮތޯރިޓީގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުން
(ހ) މި ގަވާއިދު އިސްލާހު ކުރުމާއި ބަދަލު ގެނައުމަކީ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ބާރެކެވެ. މިގޮތުން ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެގޮތުން މި ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނީ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް، މި ގަވާއިދަށް އިސްލާހިެއް ގެނެވޭނީ، ޑިރެކްޓަރުންގެ ބޯޑުން އެކަން ފާސްކޮށްގެންނެވެ. އަދި އެ އިސްލާހިަށް އަމަލުކުރެވޭނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާާއިއީު ކުރުމުންނެވެ.
22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއީުކުރާ ދުވަހުން ފެށިގެންނެވެ.
23 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގެ އީިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އީިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އީިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މުއާސާަލާތީ ހިިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، މުއާސާަލާތީ ހިިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މުއާސާަލާތީ ހިިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، މުއާސާަލާތީ ހިިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ރ) "ސްޕެކްޓްރަމް" ކަމަށް ބުނެފައި އެވަނީ، މުއާސާަލާތުތައް ގާއިމުކުރުމަށް ބޭނުންކުރާ އެންމެހައި ރޭޑިއޯ ކޮމިއުނިކޭށަން ފްރިކްއެންސީތަކަށެވެ.
(ބ) "ޓެލެކޮމިއުނިކޭށަން ނަންބަރިންގ ޕްލޭން" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިިދުމަތްތަކަށް ބޭނުންކުރާ ނަންބަރުތައް ބަހައިލެވިފައިވާ ގޮތާއި، ނަންބަރުތައް ބޭނުންކުރާނެ އުސޫލުތަކަށެވެ.
(ޅ) "ޓެލެކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، ވަޔަރު، ނުވަތަ ރޭޑިއޯ، ނުވަތަ އޮޕްޓިކަލް، ނުވަތަ އެހެނިހެން އިލެކްޓްރޯ މެގްނެޓިކް ނިޒާމްތަކެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ އިށާާރާތެއް، ނުވަތަ ސިގްނަލެއް، ނުވަތަ ލިޔުމެއް، ނުވަތަ ފޮޓޯއެއް، ނުވަތަ އަޑެއް ނުވަތަ އެއްވެސް ބާވަތެއް އިންޓެލިޖަންސެއް ބޭނުންކޮށްގެން ބަދަލުކުރުމާއި، ފޮނުވުމާއި، ލިބިގަތުމަށެވެ.
(ކ) "އިންފޯކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭށަންގެ ވަސީލަތްތައް ބޭނުންކޮށްގެން ހިިދުމަތްތައް ފޯރުވައިދެވޭ ތަފާތު ޓެކްނޮލޮޖީތަކަށާއި ހިިދުމަތްތަކަށެވެ.
(އ) "ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، އެއް ތަނުން އަނެއް ތަނަށް ފޮނުވޭ ސިޓީއާއި، ޕޯސްޓު ކާޑާއި، ޕާރުސަލާއި، އެނޫންވެސް އެފަދަ ތަކެތި ފޮނުވުމަށް ބޭނުންކުރާ އަސާސީ ޕޯސްޓާއި އެނޫންވެސް ކޫރިއަރގެ ހިިދުމަތްތަކަށެވެ.
(ވ) "ސިވިލް ސަރވިސް ގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.
(މ) "ސިވިލް ސަރވިސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައި ބަޔާންކުރާ ކޮމިށަނަށެވެ.
(ފ) "ޓެލެކޮމިއުނިކޭށަންގެ ސާިނާއަތު" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިިދުމަތް ފޯރުކޮށްދިނުމުގައި އަންނަނިވި ކަންކަން ށާާމިލުވާ ސާިނާއަތުތަކަށެވެ.
- ކެރިއަރެއްގެ ގޮތުގައި ހިިދުމަތް ފޯރުކޮށްދިނުން؛
- ހިިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ހިިދުމަތް ދިނުން؛
- ޓެލެކޮމިއުނިކޭށަންގެ ހިިދުމަތާ ގުޅިގެން މުދަލެއް ނުވަތަ ހިިދުމަތެއް ފޯރުކޮށް ދިނުން؛
- ހިިދުމަތް ލިބިގަންނަ ފަރާތަށް ބޭނުންވާނެ އިކުއިޕްމަންޓް ނުވަތަ އެހެނިހެން ޓެލެކޮމިއުނިކޭށަން އިކުއިޕްމަންޓް އިމްޕޯޓްކުރުން ނުވަތަ ތައްޔާރުކުރުން؛
- ޓެލެކޮމިއުނިކޭށަން ނެޓްވާރކް ނުވަތަ ޓެލެކޮމިއުނިކޭށަން އިކުއިޕްމަންޓްތައް ގާއިމްކުރުމާއި، މަރާމާތުކުރުމާއި، ޓެލެކޮމިއުނިކޭށަންގެ ހިިދުމަތަކަށް ގުޅުން ގާއިމުކުރުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން.
(ދ) "އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ޓެކްނޮލޮޖީއާއި ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ ކަންކަމާ ގުޅޭގޮތުން މަސައްކަތްކުރާ "އެކުވެރި ދައުލަތްތައް" (ޔުނައިޓެޑް ނޭށަންސް) ގެ އިދާރާއަށެވެ.
(ތ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
ކިޔުންތެރިންގެ ހިޔާލު