-

ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ށަކުވާ ހުށަހަޅާނެ ގޮތާއި، އެ ށަކުވާތަކަށް ޖަވާބު ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 34/2021)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ 26 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.  

(ށ) މި ގަވާއިދަށް ކިޔާނީ، "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ށަކުވާ ހުށަހަޅާނެ ގޮތާއި، އެ ށަކުވާތަކަށް ޖަވާބު ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އޮތޯރިޓީގެ ނިންމުންތަކާ ގުޅިގެން ށަކުވާ ހުށަހެޅުމަށާއި، އެ ށަކުވާތައް ބަލައި، އެ ށަކުވާތައް ބެލުމުގެ އިޖުރާއަތުތައް ކަނޑައަޅައި، އޮތޯރިޓީން އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ހުށަހެޅޭނެ މައްސަލަތައް

އޮތޯރިޓީން އަޅާ ފިޔަވަޅުތަކާއި، އޮތޯރިޓީގެ އެންގުންތަކާއި، އޮތޯރިޓީން ކުރާ އަމުރުތަކާއި، އެހެން ފަރާތްތަކާ ހަވާލުކުރާ ބާރުތައް އެ ފަރާތްތަކުން ތަންފީޒުުކުރާ ކުރުމުގައި، އޮތޯރިޓީން ނިންމާ ނިންމުމަކާ ގުޅިގެން މީހެއްގެ ހައްގަަކަށް އުނިކަން ލިބޭކަމަށް އޭނާއަށް ގަަބޫލުކުރެވޭނަމަ، އެފަދަ މައްސަލަތައް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

 

4 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި ބަލައިގަތުން

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ނިންމުމެއް އޮތޯރިޓީން ނިންމުމުގެ ސަބަބުން މީހެއްގެ ހައްގަަކަށް އުނިކަން ލިބޭކަމަށް އޭނާއަށް ގަަބޫލުކުރެވޭނަމަ، އޮތޯރިޓީގެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް ބަޔާންކޮށްދިނުން އެދި، އޭނާއަށް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) ށަކުވާ ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައިވާ "ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އޮތޯރިޓީއަށް ށަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. މި ފޯމާއެކުގައި، ށަކުވާ ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިމަނާންވާނެއެވެ.

(ނ) ށަކުވާ ހުށަހަޅާ ފޯމު ހުށަހަޅާނީ، އޮތޯރިޓީގެ ފްރަންޓް އޮފީހަށް ނުވަތަ އޮތޯރިޓީގެ ރަސްމީ އީ-މެއިލް އެޑްރެސް ކަމުގައިވާ [email protected] އަށެވެ.

(ރ) ށަކުވާ ހުށަހަޅާ ފޯމުގައި ހުށަހަޅާ ށަކުވާގެ މައުުލޫމާތު، ވީހާވެސް ތަފުސީލުކޮށް ހިމަނާންވާނެއެވެ. އަދި ހުށަހަޅާ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ވާނަމަ، އެ ލިޔުމެއްގެ ކޮޕީ ހުށަހަޅާންވާނެއެވެ.

(ބ) ހުށަހަޅާ ށަކުވާއާބެހޭ މައުުލޫމާތު ސިއްރުކުރަން ބޭނުންވާނަމަ، ށަކުވާ ހުށަހަޅާ ފޯމު ހުށަހަޅާނީ، ސިޓީއުރައެއްގައި ބަންދުކޮށް، އެ ސިޓީއުރައިގައި "ސިއްރު" ޖަހައި، "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" އަށް އެޑްރެސްކޮށްފައި، އޮތޯރިޓީގެ ފްރަންޓް އޮފީހަށެވެ.

(ޅ) ށަކުވާ ހުށަހަޅާ ފޯމު ބަލައިގަތުމަށްފަހު، ފޯމު ލިބުނުކަން، ފޯމު ހުށަހެޅި ފަރާތަށް އަންގާންވާނެއެވެ.

 

5 ވަނަ މާއްދާ - ށަކުވާ ބަލާ ކޮމިޓީ

(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތައް ބަލާނީ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން އެކުލަވައިލާ ކޮމިޓީއަކުންނެވެ. ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް، ވަކިކުރާނީ އޮތޯރިޓީގެ ބޯޑުންނެވެ.

(ށ) ކޮމިޓީގެ މެންބަރަކު ވަކިކުރުމަށް އޮތޯރިޓީގެ ބޯޑަށް ފެނިއްޖެ ހާލަތެއްގައި، ނުވަތަ ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއް ބެލުމުގައި ކޮމިޓީގެ މެންބަރަކު މި ގަވާއިދާ ހިިލާފުވާފަދަ އަމަލެއް ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ މެންބަރަކު ކޮމިޓީން ވަކިކުރެވޭނެއެވެ. ކޮމިޓީން މެންބަރަކު ވަކިކޮށްފިނަމަ، ނުވަތަ މެންބަރަކު އިސްތިއުުފާދީފިނަމަ، އެ މެންބަރެއްގެ ބަދަލުގައި މެންބަރަކު ކޮމިޓީއަށް އައްޔަނު ކުރާންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން އުފައްދާ ކޮމިޓީގެ މެންބަރަކު އިސްތިއުުފާދޭން ބޭނުންވެއްޖެނަމަ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އެކަން ހުށަހަޅައި، މެންބަރުކަމުން ވަކިވެއްޖެކަން ބޯޑު މެންބަރުންނަށް އެންގުމުން، އެ މެންބަރަކު ކޮމިޓީން ވަކިވީއެވެ.

 

6 ވަނަ މާއްދާ - ށަކުވާ ބެލުމުގައި އަމަލުކުރާނެ އުސޫލު

އޮތޯރިޓީއަށް ހުށަހެޅޭ ށަކުވާތައް ބެލުމުގައި ކޮމިޓީން އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަބަބުތައް ބަޔާންކޮށްދިނުން އެދި ހުށަހަޅާ ހުށަހެޅުމެއް، އޮތޯރިޓީއަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކާއި، އެ ނިންމުން ނިންމުމުގައި ރިއާޔަތްކުރި ކަންކަން، މައްސަލަ ހުށަހެޅި ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) ހުށަހެޅިފައިވާ ށަކުވާއެއް ބެލުމުގައި، އެ ށަކުވާއެއް ހުށަހެޅި ފަރާތުން ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ އިތުރުން، އެއްވެސް ފަރާތެއް ހާޒިރުކޮށްގެން ސުވާލުކުރަން ޖެހޭނަމަ، އެ ފަރާތެއް ހާޒިރުކޮށްގެން ސުވާލުކުރުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވެއެވެ. އަދި އެއްވެސް ލިޔެކިޔުމެއް އިތުރަށް ބޭނުންވާކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ލިޔެކިޔުމެއް ހޯދުމަށް އެންގުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވެއެވެ.

(ނ) ށަކުވާ ބެލުމަށް ޓަކައި ކޮމިޓީގެ ބައްދަލުވުން ބާއްވައި، ށަކުވާއެއް ބަލައި ނިންމާންވާނީ، ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ރ) ށަކުވާ ހުށަހަޅާ ފަރާތާއި، އެ ށަކުވާއެއްގައި ހިމެނޭ އެހެނިހެން ފަރާތްތަކާ ދެމެދު މަސްްލަހަތު ފުށުއަރާފަދަ ގުޅުމެއްވާ އެއްވެސް ފަރާތެއް ށަކުވާ ބަލާ ކޮމިޓީގައި ހިމެނޭނަމަ، އެ ށަކުވާއެއް ބެލުމުން އެ ފަރާތެއް އަމިއްލަޔަށް ތަނާޒުލުވެ، އެ ށަކުވާއެއް ބެލުމުގައްޔާއި، އެ ށަކުވާއާމެދު ގޮތެއް ނިންމުމުގައި ބައިވެރިވެގެން ނުވާނެއެވެ. އަދި ކުރިން އެކަން އެނގިފައި ނެތް ކަމުގައި ވިޔަސް، އެކަން އެނގޭ ހިނދުން ފެށިގެން، އެ މެންބަރަކު އެ މައްސަލައަކުން ތަނާޒުލު ވާންވާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ދެންތިބި މެންބަރުންނާއެކު ކޮމިޓީގެ ކޯރަމް ހަމަވާގޮތަށް އެ ށަކުވާއާ ގުޅޭ މައްސަލަ ބެލުން ކުރިޔަށް ގެންދާންވާނެއެވެ.

(ބ) ކޮމިޓީން ނިންމާ އެންމެހައި ކަންކަމުގެ ޔައުމިއްޔާއާއި ރިކޯޑުތައް ބަލަހައްޓާންވާނެއެވެ.

(ޅ) ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުނު ށަކުވާތަކާއި، ބަލައި ނިންމި މައްސަލަތަކުގެ ތަފާސްހިސާބު ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވައިލައި، ހިނގަމުންދާ އަހަރުގެ މާރިޗު މަހުގެ 31 ގެ ކުރިން ބޯޑަށް ހުށަހަޅާންވާނެއެވެ.

(ކ) ކޮމިޓީން ނިންމާ ނިންމުމެއްގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް، އެ ނިންމުން ބިނާކުރި ސަބަބުތައް ބަޔާންކޮށްފައިވާ ލިޔުން ދިނުމުގެ ސަބަބުން، ނުވަތަ އެ ލިޔުން އާންމުކުރުމުގެ ސަބަބުން، ނުވަތަ ހާމަކުރުމުގެ ސަބަބުން، އަންނަނިވި ކަންކަން މެދުވެރިވެދާނެ ހާލަތްތަކުގައި، އެ ލިޔުން ދިނުމަށް، ނުވަތަ އާންމުކުރުމަށް، ނުވަތަ ހާމަކުރުމަށް ކޮމިޓީއަށް ލާޒިމުވެގެނެއް ނުވެއެވެ.

  1. އެ މައްސަލައިގައި ހިމެނޭ މައުުލޫމާތަކީ ސިއްރުކުރަން ގާނޫނު ހުއްދަކުރާ މައުުލޫމާތެއް ކަމަށް ވުން؛
  2. އެހެން މީހެއްގެ މައްޗަށް އިންސްާފުވެރި ށަރީއަތެއް ހިންގުމަށް ހުރަސްއެޅޭފަދަ ކަމަކަށް ވެދާނެކަމަށް ފެނުން؛
  3. އެހެން މީހެއްގެ ޒާތީ މައުުލޫމާތެއް (އެއީ މަރުވެފައިވާ މީހެއް ކަމުގައި ވީނަމަވެސް) ހާމަވުން.

 

7 ވަނަ މާއްދާ - މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގަު

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ނިންމުމަށްފަހު، ކޮމިޓީން ނިންމިގޮތް ބަޔާންކޮށްފައި ދޫކުރާ ލިޔުމުގައި ބަޔާންކޮށްފައިވާ ސަބަބުތައް އެ ލިޔުން ރައްދުވާ ފަރާތަށް ގަަބޫލު ނުކުރެވޭނަމަ، އެ ލިޔުން އޭނާއަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކޮމިޓީގެ ނިންމުން އަލުން މުރާޖައާ ކޮށްދިނުން އެދި މިނިސްޓަރަށް ހުށަހެޅުމުގެ ހައްގަު، ލިޔުން ރައްދުވި ފަރާތަށް ލިބިގެންވެއެވެ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިނިސްޓަރަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހުޅެމުއް ހުށަހަޅާ ފަރާތުން، އެ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ކޮމިޓީގެ ނިންމުން މިނިސްޓަރު މުރާޖައާ ކުރާންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް ބަލާންވާނީ، މިނިސްޓަރު ނުވަތަ އޭނާ އެކަމަށް އައްޔަނުކުރާ މީހަކު ނުވަތަ ކޮމިޓީއަކުންނެވެ. މި މާއްދާގެ ދަށުން މައްސަލައެއް މުރާޖައާ ކުރުމުގައި، މައްސަލަ ހުށަހެޅި ފަރާތް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތަކުން ހާޒިރުވެގެން އެ ފަރާތުގެ ދިފާއުުގައި ވާހަކަދެއްކުމުގެ ފުރުސްަތު ދޭންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލައި ނިންމައި، އެ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ނިންމާ ނިންމުން، މައްސަލަ ހުށަހެޅި ފަރާތަށާއި އޮތޯރިޓީއަށް ލިޔުމުން އަންގާންވާނެއެވެ. އަދި މިނިސްޓަރު ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން، ރިޕޯޓެއްގެ ސިފައިގައި މިނިސްޓަރު ށާއިއުު ކުރާންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން މިނިސްޓަރަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، އެ މައްސަލައާ ގުޅޭގޮތުން އޮތޯރިޓީގެ ށަކުވާ ބަލާ ކޮމިޓީން ނިންމައިފައިވާ ނިންމުން ބަދަލުކުރުމަށް ނުވަތަ ބާތިިލުކުރުމަށް އެންގުމުގެ ބާރު، ނުވަތަ އެނޫންވެސް ފިޔަވަޅެއް އެޅުމަށް އޮތޯރިޓީއަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، އޮތޯރިޓީން ވަކި ނިންމުމެއް ނިންމައިފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ވާނަމަ، އެ ނިންމުމެއް ބަދަލުކުރުމަށް ނުވަތަ ބާތިިލު ކުރުމަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެނެއް ނުވެއެވެ.

 

8 ވަނަ މާއްދާ - ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ހައްގަު

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓަރު ނިންމާ ނިންމުން، އެ މައްސަލަ ހުށަހެޅި ފަރާތަށް ގަަބޫލު ނުކުރެވޭނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގަު، ށަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ހައްގަު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހުގައެވެ.

 

9 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ކޮމިޓީން ށަކުވާ ބަލައިގަތުމުގައްޔާއި، ށަކުވާ ތަހުގަީގަު ކުރުމުގައި ބައިވެރިވާ ކޮމިޓީގެ މެންބަރުން، އެ ށަކުވާއާ ގުޅޭ އެންމެހައި ކަންތައްތަކުގެ ސިއްރު ހިފަހައްޓާންވާނެއެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެ ގޮތުން މި ގަވާއިދު އިސްްލާހު ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރާނީ އޮތޯރިޓީންނެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުުކުރާ ދުވަހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް  ބުނެފައި އެވަނީ، މުއާސްަލާތީ ހިިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، މުއާސްަލާތީ ހިިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.

(ނ) "ޗީފް އެގްޒެކްޓިވް" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވްއަށެވެ.

(ރ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހުށަހެޅޭ ށަކުވާތައް ބެލުމަށް އޮތޯރިޓީގެ ބޯޑުން އެކުލަވައިލާ ކޮމިޓީއަށެވެ.

 

މައި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 43/2015)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު