-

ކުނި މެނޭޖްކުރުމުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 90/2017)

 

1 ވަނަ މާއްދާ - 1 ގަވާއިދުގެ 8 ވަނަ މާއްދާއަށް (ޅ) އިތުރުކުރުން.

(ޅ) މި ގަވާއިދުގެ ދަށުން ނުރައްކާތެރި ކުނި މެނޭޖްކުރުމުގައްޔާއި، ނައްތާލުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ތަންފީޒީ އިދާރާއިން ކަނޑައަޅަންވާނެވެއެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އިސްލާހުކުރުމާއި، މި މާއްދާއަށް (ނ) އިތުރުކުރުން.  

އެއްތަނުން އަނެއްތަނަށް ކުނި އުފުލުން 25.

(ހ) ރާއްޖެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގައި އަމަލު ކުރަންޖެހޭނީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ، ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަ ުލކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތަށެވެ. މި މިންގަނޑުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު (ލ) ގެ 12 ވަނަ ނަންބަރުގައި ވާގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ނ) އެއްވެސް ފަރާތަކުން ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި، ރާއްޖޭން ބޭރުކުރާނަމަ، ބޭރުކުރުމަށް ކަނޑައެޅިފައިވާ ދުވަހުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން މި ގަވާއިދުގެ ޖަދުވަލު (ފ) ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ތަންފީޒީ އިދާރާއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. 

 

3 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު (ހ) ގެ 1.2 އަށް (ކ) އިތުރުކުރުން

(ކ) ވިޔަފާރިކުރާ ތަންނާއި ސައިހޮޓާ ރެސްޓޯރެންޓްފަދަ ތަންތަނުގެ ބޭރުގައި ކުނި ބެހެއްޓުމަކީ މަނާކަމެއްކަން އަންގައިދިނުމުގެ ގޮތުން ތަންފީޒީ އިދާރާއިން ތައްޔާރުކޮށްފައިވާ ނަމޫނާ ސްޓިކަރއާ އެއްގޮތް ސްޓިކަރއެއް އާންމުކޮށް ފެންނަ ގޮތަށް ހިއްޕާފައި ހުންނަން ވާނެއެވެ. މި ސްޓިކަރ ހަރުނުކުރާ ފަރާތްތައް މި ގަވާއިދުގެ ޖަދުވަލު (ލ) ގެ 15 ގެ ދަށުން ޖޫރިމަނާކުރެވޭނެއެވެ.

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގަވާއިދު

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 58/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު