-

ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު (ގަވާއިދު ނަންބަރުު 229/2015) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 55/2017)

 

1 ވަނަ މާއްދާ - 1 .ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުން.

(ކ) މި މާއްދާއަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2019 އިން ފެށިގެންނެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އަށް ނަންބަރެއް އިތުރުކުރުން.

6. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ކެޓަގަރީ "އޭ" ގެ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އަތުގައި އެ އުޅަނދަކާ އެކަށޭނަ ޓަނޭޖް އެންޑޯޒު ކޮށްފައިވާ ނިޔަމިކަމުގެ ސަނަދު ނުވަތަ ނެވިގޭށަންގެ ރޮނގުން އެއަށްވުރެ މަތީ ފާހެއް އޮތުން ލާޒިމުކޮށްފައިވީނަމަވެސް، މަސްވެރިކަމަށް ރަޖިސްޓަރީ ކޮށްފައިވާ ކެޓަގަރީ "އޭ" ގެ އުޅަނދުތަކުގެ ކެޕްޓަނުންގެ އަތުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 އޮތުމުން ފުދޭނެއެވެ.

 

3 ވަބނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާއަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2018 އިން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާ އުނިކޮށް ނަންބަރު ތަރުތީބު ކުރުން.

 

5 މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 229/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު