-

ވައިގެ މަގުން ރާއްޖެއަށް އެތެރެވުމުގެ ގަވާއިދު (ނަންބަރު 4/2010) އަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 29/2017)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކުރުން.

(ނ) ދިވެހި ޕާސްޕޯޓަކާއެކު އެހެން ގައުމެއްގެ ޕާސްޕޯޓު ލިބިފައިވާ ދިވެހިރައްޔިތަކު ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ އެ މީހަކަށް ލިބިފައިވާ ބޭރު ގައުމެއްގެ ޕާސްޕޯޓުގައި ކަމަށްވެފައި، އެ މީހަކު ދިވެހިރާއްޖެއިން ފުރަން ބޭނުންވަނީ އެ މީހަކަށް ލިބިފައިއޮތް ދެވެހި ޕާސްޕޯޓުގައި ނަމަ، މި ހާލަތުގައި، އެ މީހަކު ފުރުވައިލެވިދާނެއެވެ. އެހެންނަމަވެސް، މި ހާލަތުގައި، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެވި ބޭރު ގައުމެއްގެ ޕާސްޕޯޓުގައި، އެ މީހަކު ދިވެހިރާއްޖެއިން ފުރިކަމަށް ތައްގަނޑުޖަހައެއް ނުދެވޭނެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 4/2010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-04)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު