-

ސައިކަލް ޓެކްސީ ގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-93)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 އޮކްޓޫބަރު 2016 ގައި)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2022-132 ގެ 43 ވަނަ މާއްދާގެ (ހ) އިން އުނިކުރެވިފައި)

 

(ތިރީގައި އެޓޭޗްކުރެވިފައި އެވަނީ މި ގަވާއިދުގެ ގެޒެޓްކުރެވުނު ޕީ.ޑީ.އެފް ކޮޕީއެވެ. މި ގަވާއިދުގެ ވޯޑް ފޮމޭޓް ތައްޔާރުމުގެ މަސައްކަތް ނިމުމާއެކު ވޯޑް ފޮމޭޓް އަޕްލޯޑް ކުރެވޭނެއެވެ)

 

1 ވަނަ ބާބު

ތައާރުފާއި ނަން

 

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މިއީ، ޤާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އަދި (ނ) އަށް ރިޢާޔަތްކޮށް އެ ޤާނޫނުގެ 3 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން، ސައިކަލް ބޭނުންކޮށްގެން ޓެކްސީގެ ޚިދުމަތް ދިނުމާބެހޭ ގޮތުން މިނިސްޓްރީން އެކުލަވައިލާފައިވާ ގަވާއިދެވެ.  

(ށ) މި ގަވާއިދަށް ކިޔާނީ "ސައިކަލް ޓެކްސީގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ސައިކަލް ޓެކްސީގެ ޚިދުމަތް ދެވޭނެ ގޮތާއި ރަޖިސްޓަރީކުރުން ލާޒިމުވުން 

ދިވެހިރާއްޖޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދެވޭ ީނ، ހަމައެކަނި މި ގަވާއިދުގެ ދަށުން ލައިސަންސް ިލބިފައިވާ ޓެކްސީ ސެންޓަރުތަކަށެވެ. އަދި އެފަދަ ސެންޓަރުތަކާ ގުޅިގެން ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ލިބި ަފއިވާ ފަރާތްތަކަށެވެ. އަދި ސައިކަލް ޓެކްސީގެ ގޮތުގައި ބޭނުންކުރެވޭނީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސައިކަލް ތަކެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދާނީ މިނިސްޓްރީންނެވެ. ނަމަވެސް، މި ގަވާއިދު ހިންގުމުގެ ބާރު އެހެން ފަރާތަކާ ހަވާލުކުރުމުގެ އިޚުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. ގަވާއިދު ހިންގުމުގެ ބާރުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ފޯމު ބަލައިގަތުމަށް ނުވަތަ ބަލައިނުގަތުމަށް ނިންމުމާއި އެފަދަ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގެ ބާރު ހިމެނިގެންވެއެވެ.

 

4 ވަނަ މާއްދާ - ޢަމަލުކުރަން ފަށާ ތާރީޚު

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ޓެކްސީ ސެންޓަރެއްގައި ހުންނަންޖެހޭ ޝަރުޠުތައް

މި ގަވާއިދުގެ ދަށުން، ސައިކަލް ޓެކްސީގެ ޚިދުމަތް ދޭ ޓެކްސީ ސެންޓަރުތަކަށް ދޫކުރެވޭ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ.

(ހ) ޤާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އާ އެއްގޮތަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ތަނަކަށްވުން.

(ށ) ޓެކްސީ ސެންޓަރު ހިންގުމުގެ ލައިސަންސް ލިބިއްޖެނަމަ އެފަރާތެއްގެ ނަމުގައި ޚިދުމަތް ދޭނެ މަދުވެގެން 20 (ވިހި) ސައިކަލް ގެންގުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތެއް ކަމުގައިވުން.

 

6 ވަނަ މާއްދާ - ޓެކްސީ ސެންޓަރު ލައިސަންސަށް އެދި ހުށަހެޅުން

(ހ) ޓެކްސީ ސެންޓަރު ލައިސަންސަށް އެދި ހުށަހަޅާނީ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ.

 

7 ވަނަ މާއްދާ - ޓެކްސީ ސެންޓަރުގެ ލައިސަންސް އައު ކުރުން

(ހ) ޓެކްސީ ސެންޓަރުގެ ލައިސަންސް އައުކުރަން ނުވަތަ އެއްވެސް ސަބަބަކާހުރެ އަލުން ހައްދަން ހުށަހަޅާއިރު އަންނަނިވި ލިޔުންތަކާއި މި މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާ ފީ ހުށަހަޅަންޖެހޭނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު.
  2.  އިތުރަށް ހުށަހަޅަންޖެހޭކަމަށް މިނިސްޓްރީން ކަނޑައަޅާ ލިޔެކިޔުންތަކާއި ތަކެތި.މި ނަންބަރުގެ ދަށުން އިތުރު ލިޔެކިޔުމެއް ނުވަތަ އެއްޗެއް ހުށަހަޅަންޖެހޭކަމަށް ކަނޑައަޅައިފިނަމަ އެކަން އާންމުކޮށް އިޢުލާންކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
  3. ހުށަހެޅުން ޕްރޮސެސްކުރުމަށް ނަގާ 100 (ސަތޭކަ) ރުފިޔާގެ އިދާރީ ފީ.

 

 

7 ވަނަ ބާބު

މާނަކުރުން

 

24 ވަނަ މާއްދާ - މާނަކުރުން

އެ ބަހެއް ނުވަތަ ބަސްތަކެއް ބޭނުންކޮށްފައިވާ ގޮތުން އެނޫން މާނައެއް ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ބަސްތަކަށް ދީފައިވަނީ އަންނަނިވި މާނަތަކެވެ.

(ހ) "ސައިކަލް" މިބަސް ބޭނުންކޮށްފައި އެވަނީ، ޤާނޫނު ނަންބަރު: 2009-05 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގައި މޮޓޯ ސައިކަލް އެ ބަސް ބޭނުންކޮށްފައިވާ މާނައިގައެވެ.  

(ށ) މިގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ލިޔުންތަކަކީ:-

  1. ލައިސަންސަށް އެދި ހުށަހެޅި ފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްނަމަ، އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ؛ ނުވަތަ  
  2. ލައިސަންސަށް އެދި ހުށަހެޅި ފަރާތް ފިޔަވައި ތިންވަނަ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްނަމަ، ރަޖިސްޓަރީގެ ކޮޕީގެ އިތުރުން، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އެފަރާތުގެ އުޅަނދު ޓެކްސީކުރާ އުޅަނދެއްގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދޭކަން ބަޔާންކޮށް އުޅަނދުގެ ވެރިފަރާތުން ސޮއިކޮށްފައިވާ ލިޔުމެއް.

(ނ) "އާންމުކޮށް ޝާއިޢުކުރުން" މި ބަސް ބޭނުންކޮށްފައިވަނީ، އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަކަށް މަޢުލޫމާތު ހާމަކުރުމުގެ މާނައިގައެވެ.

(ރ) "ސަލާމަތްތެރިކަމާއެކު ނުގެންދެވޭނެ މީހަކު" މިބަސް ބޭނުންކޮށްފައި އެވަނީ، އެ މީހެއްގެ ކިބައިގައި ހުރި ނަފުސާނީ ނުވަތަ ޖިސްމާނީ ބައްޔެއްގެ ސަބަބުން އެ މީހަކަށް ސަލާމަތްތެރިކަމާއެކު ފަސިންޖަރެއްގެ ގޮތުގައި އިށީނދެ ނީނދެވޭނެ ފަދަ މީހުންގެ މާނައިގައެވެ. މިސާލު:- ފުޓްރެސްޓާ ހަމައަށް ފައި ނުފޯރާ މީހުން، މަސްތުގެ ހާލަތުގައި ތިބި މީހުން

(ބ) ދަތުރެއް ކޮށްދިނުމަށް އިންކާރުކުރެވޭ ހާލަތުގައި "އެކަށީގެންވާ ސަބަބު" ބޭނުންކޮށްފައި އެވަނީ، އެ ފަސިންޖަރަކަށް ދަތުރެއް ކޮށްދީފިނަމަ، އެ ފަސިންޖަރަށް އަދި/ނުވަތަ ޑްރައިވަރަށް އަދި/ނުވަތަ މަގުމަތީގައި ތިބި މީހުނަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ދިމާވެދާނެކަމަށް އެކަށީގެންވާ މިންގަނޑުން ވަޒަންކުރެވޭ ހާލަތުގައެވެ. 

(ޅ) "މިނިސްޓަރު" އަދި "މިނިސްޓްރީ" މި ބަސްތައް ބޭނުންކޮށްފައި އެވަނީ، ނަންބަރު: 2009-05 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގައި އެ ބަސްތަކަށް ދެވިފައިވާ މާނައިގައެވެ.


 

އުވި ގަވާއިދު

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު