-

މަސްވެރިކަމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2011-21) 

 

1 ވަނަ މާއްދާ – ގާނޫނު ނަންބަރު 1987-05 (ދިވެހިރައްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން މި މިނިސްޓްރީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދު" ގެ 15 ވަނަ މާއްދާ ތިރީގައި މިދަންނަވާގޮތަށް އިސްލާހުކޮށްފީމެވެ.

15. ދިވެހިން މަސްވެރިކަންކުރާ ހިސާބުގައި ބިދޭސީން މަސްވެރިކަންކުރުން މަނާކުރުން.

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވާ "ދިވެހި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބު" ގައި، ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެންގޮތަކަށް ނަމަވެސް ބިދޭސީންނާގުޅިގެން ބިދޭސީން ހިމެނޭގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވަތެއްގެ މަސްވެރިކަންކުރުމަކީ މަނާކަމެކެވެ.

(ށ) މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، މިނިސްޓްރީއިން ހިންގާ މަސްވެރިކަމުގެ ރިސާރޗެއް ކުރުމުގައި ނުވަތަ މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި ހުއްދަ ލިބިގެން ރިސާރޗް މަސައްކަތެއް ކުރުމުގައި ބިދޭސީން ބައިވެރިކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

2 ވަނަ މާއްދާ – ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދަށް މި ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މަސްވެރިކަމުގެ ގަވާއިދު (0000-00)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މަސްވެރިކަމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 0000-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު