-

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2014-18)

 

1 ވަނަ މާއްދާ – ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

3. (ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި އެރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާފައި ނުވާނަމަ، އަދި އެފަދަ ރަށެއްގެ ފަޅުތެރޭގައި އެހެން ރަށެއް ނުވަތަ ރަށްރަށް ނުހިމެނޭނަމަ، އަދި އެރަށެއްގެ ފަޅުގެ ސަރަހައްދު އެރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 1000 (އެއް ހާސް) މީޓަރަށްވުރެ އިތުރުވާނަމަ، އެރަށުގެ ފަޅުގެ ސަރަހައްދަކީ، ރަށުގެ ހޭޅިފަށުން ފެށިގެން 1000 (އެއް ހާސް) މީޓަރާއި ހަމައަށް އޮންނަ ސަރަހައްދެވެ. އަދި ރަށުގެ ހޭޅިފަށުން ފެށިގެން، ފަރުގެ ބޭރުކައިރިއާއި ހަމައަށް އޮންނަ ސަރަހައްގުގެ ތެރެއިން 1000 މީޓަރަށޤވުރެ އިތުރުވާ ސަރަހައްދާމެދު، އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  1. ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 1000 (އެއް ހާސް) މީޓަރަށްވުރެ އިތުރުވާނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން، އެންމެ ބޮޑުވެގެން 2000 (ދެ ހާސް) މީޓަރާ ހަމައަށް އޮންނަ ސަރަހައްދު، ޓޫރިސްޓް ރިޒޯޓް ކުއްޔަށް ހިފާފައިވާ ފަރާތުން އެދޭނަމަ، ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދުގެ ތެރޭގައި ހިމެނިދާނެއެވެ. ނަމަވެސް، މިގޮތަށް ހިނެނޭނީ އެސަރަހައްދުގައި ކޮޓަރިތައް ނުވަތަ އެހެންވެސް ރިޒޯޓް ފެސިލިޓީސް ތަރައްގީކުރާނަމައެވެ.
  2. ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 1000 (އެއް ހާސް) (މީޓަރަށްވުރެ ބޮޑުނަމަ، 1000 (އެއް ހާސް) މީޓަރަށްވުރެ ބޮޑުވާ ސަރަހައްދު ( 1000 (އެއް ހާސް) މީޓަރުންފެށިގެން ފަރުގެ ބޭރުކައިރިއާ ހަމއަށް އޮންނަ ސަރަހައްދު) ވަކި ލީސް އެގްރީމެންޓެއްގެ ދަށުން ޓޫރިސްޓް ރިޒޯޓް ކުއްޔަށްހިފާފައިވާ ފަރާތަށް، ކުއްޔަށް ދެވިދާނެއެވެ. ނަމަވެސް، މިގޮތަށް ވަކި ލީސް އެގްރީމެންޓެއްގެ ދަށުން އެ ސަރަހައްދުކުއްޔަށް ދެވޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީއިން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ރަށް ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށެވެ. 

 

2 ވަނަ މާއްދާ – ގަވާއިދުގެ 8 ވަނަ މާއްދާއަކީ 9 ވަނަ މާއްދާކަމަށް ކަނޑައެޅުމަށްފަހު 8 ވަނަ މާއްދަގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކޮށް، ނަންބަރު ތަރުތީބު ކުރުން.

8. މިގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ރިޒޯޓުގެ ފަޅުގައި، ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި ސާރފިންގ ސަރަހައްދުތަކާއި މިނޫންވެސް ޓޫރިސްޓް އެޓްރެކްށަންސް ގޮތުގައި މިނިސްޓްރީއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ހިމެނޭނަމަ، އެ ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭ ގޮތަށެވެ. އަދި މިގޮތަށް ކަނޑައެޅޭ ސަރަހައްދުތައް މިނިސްޓްރީއިން އާންމުކޮށް އިއުލާނުކުރަންވާނެއެވެ. އަދި މިފަދަ ސަރަހައްދުތައް ބޭނުންކުރުމާ ބެހޭ އުސޫލެއް މިނިސްޓްރީއިން ކަނޑައެޅުމަށްފަހު އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ – މި އިސްލަހަށް އަމަލުކުރާނީ، މި އިސްލަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-07)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު