-

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 111/2015) 

 

1 ވަނަ މާއްދާ -  ތައާރަފު

މި ގަވާއިދަކީ ގަނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރީންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އަދި 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ -  ނަން

މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސޤ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - ދިވެހިރާއްޖެ އިން ބޭރަށް ގެންދާ ނުވަތަ ރާއްޖެއަށް އެތެރެކުރެވޭ ނަގުދު ފައިސޤ ރިޕޯޓުކުރުން.

ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ، 30،000 (ތިރީސްހާސް) އެމެރިކާ ޑޮލަރ ނުވަތަ މިއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރ، ނުވަތަ މި އަދަދަށްވާ ނުވަތަ އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހިރުފިޔާ ނުވަތަ ބޭރު ފައިސާ އެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު